ހާސިލް ވުމަށް އެދި 22
ކާރުގައި އިނެގެން ކައިޒީން ދިޔައީ ގޭ އެންމެނަށް އެހަބަރު ދެމުންނެވެ. ކައިޒީން އެހެން ބުނުމާއިއެކު އެމީހުންވެސް ވަރަށް ހާސްވެފައި ތިބިކަން އެނގުނީ ވާހަކަދައްކަމުން ދިޔަ ގޮތުންނެވެ. އަދި ފަޒީލްއަށް ކިޔޭ ނުކިޔޭ އެއްޗެއްވެސް ނޭނގެއެވެ. ކައިޒީންވެސް ހުރީ އޭނާ އެކަނި ހުއްޓާ އެކަހަލަ ކަމެއް ވުމުން ބިރުގަނެފައިއެވެ. މީހާ ދިޔައީ ތުރުތުރު އަޅަމުންނެވެ.
ކާރު ހުޅުމާލޭގެ އެންމެ މަޝްހޫރު ހޮސްޕިޓަލް ކަމުގައިވާ ޓްރީ ޓޮޕް ހޮސްޕިޓަލަށް ވަން އިރު ޒިރާން އިނީ ހުއްޓުން އަރާފައިއެވެ. އެސްފިޔަވެސް ޖަހައި ނުލައި ކުރިމައްޗަށް ބަލަން އިން އިރު ނޭވާ ވެސް ހީވަނީ ތާށިވެފަައި ހުރި ހެންނެވެ. ކަޅިވެސް އެހެން އެއްވެސް ތަނަކަށް ޖަހާނުލައިއެވެ. ”ބައްޕާ.. ބައްޕާ..” ކައިޒީން އެތައް ފަހަރަކު ޒިރާން ތަޅުވައިލުމުންވެސް ރަނގަޅު ނުވުމުން އަޑުގެ ނެތްތަނަށް ރޯން ފެށިއެވެ. ކައިރީގައި ޑްރައިވަރު މީހާވެސް ގޮތް ހުސްވެފައި ކައިޒީންގެ ގާތުގައި ހުއްޓެވެ. އޭގެ އިރުކޮޅެއްފަހުން އެތަނަށް ޑޮކްޓަރަކާއިއެކީ ދެ ނަރުހުން އައެވެ.
******
”މާހިލް.. ބަ.. ބަ.. ކައި ބައްޕަ..” އީނާޝް އަށް ޖުމުލަ ފުރިހަމަ ކުރެވޭ ގޮތެއް ނުވިއެވެ. މާހިލްވެސް ހުރީ ވާނުވާގައިއެވެ. ވެގެން އުޅޭ ގޮތެއް އެއްވެސް ގޮތަކަށް ރޭކައިއެއް ނުލައިއެވެ. އީނާޝްގެ ރުއިމުގެ އަޑު މުޅި މަގުމަތީގައި ހަރުލާފައި ހުރިއިރު އެތަން ފެންނަ މީހަކުވެސް ހިތުގައި ޖެހޭނެކަން ކަށަވަރެވެ. ”ނާޝް.. ކިހިނެއް ވީ ތަ؟ ބައްޕައަށް ކިހިނެއްވީ؟ ރުއިން ހުއްޓާލާފަ ވެގެން އުޅޭ ގޮތެއް ކިޔާދީބަލަ ނާޝް.. ނާޝް ޕްލީޒް ތި ރުއިން ހުއްޓާލަބަލަ..” މާހިލްގެ ހިތްވެސް ހީވަނީ ފަޅައިގެން ހިނގާދާނެ ހެންނެވެ. ވެގެން އުޅޭ ގޮތެއް ނޭނގޭތީވެސް މާހިލްގެ ހިތުގައި ވަނީ ނުތަނަވަސްކަން އުފެދިފައިއެވެ. ”މާހިލް… ބައް… ބަ.. ކައި ބައްޕަ ހޮސްޕިޓަލަށް ގެންގޮސްފި.. ފަޔަށް ވަރަށް ތަދުވާތީ.. ދެނ.. ދެންމެ ކައި ގުޅާފަ އެބުނީ ބައްޕަ އިނީ ހުއްޓުން.. ހުއްޓުން އަރާފައިއޭ..” އީނާޝްއަށް ޖުމުލަ ފުރިހަމަ ކުރެވުނީ ވަރަށް ވަރުންނެވެ. އެހެން ބުނުމާއިއެކު އަނެއްކާވެސް އީނާޝް ރޯން ފަށިއެވެ. މިފަހަރު މާހިލްވެސް ހުރީ ބުނާނެ އެއްޗެއް ނޭނގިފައިއެވެ. އޭނާގެ ލޮލުގައިވެސް ކަަރުނަތަށް ދިޔައީ ވިދާ ބަބުޅަމުންނެވެ.
******
ފަޒީލްއަށް ހޮސްޕިޓަލުގެ އައިސީޔޫއާ ހަމައަށް ދެވުނު އިރު އޭނާގެ ހިތް ދިޔައީ ނޭނގޭ ބާރު މިނެއްގައި ތެޅެމުންނެވެ. ކައިޒީންވެސް ގޮނޑީގައި އިށީންދެލައިގެން އިނެ ދިޔައީ ހުއްޓާ ނުލައި އަދި ވަށައިގެން ވާ އެއްވެސް ކަމަކަށް ސަމާލުކަން ނުދީ ރޮމުންނެވެ. ނަބާޙު ކައިޒީންގެ ކައިރީގައި އިނެ ދިޔައީ ހިތްވަރު ލައިދެމުންނެވެ. ނަމަވެސް ކައިޒީން އެއަޑު އަހާ ހެންނެއް އެއްވެސް ވަރަކަށް ހިޔެއް ނުވެއެވެ. ފަޒީލްއާއިއެކު އައި އާރިފާގެ މޫނުމަތީގައި އެއްވެސް ކުލަވަރެއް ފެންނާކަށް ނެތެވެ. ކައިޒީންގެ ގާތުގައި އެހެން މީހަކު އިށީންދެ އިން އިރުވެސް އެއީ ކާކު ތޯވެސް ބަލައި ނުލައިއެވެ. އައި ގޮތަށް އައިސް ގޮޑީގައި އިށީންދެ ޑޮކްޓަރު ނުކުންނާނެ އިރަކަށް އިންތިޒާރު ކުރަން ފެށިއެވެ.
އެގޮތުގައި އެމީހުން ތިއްބާ ތިރީސް މިނެޓް ފަހުން ޑޮކްޓަރު އައިސީޔޫއިން ނުކުތެވެ. ނަމަވެސް ޑޮކްޓަރުގެ މޫނުމަތިންވެސް ފެނިގެން ދިޔައީ މާޔޫސްކަމެވެ. ”ތީ ޒިރާންގެ އާއިލާ މީހެއްތޯ؟” ޑޮކްޓަރުގެ ސުވާލާއެކު ފަޒީލް އަވަސްއަވަހަށް ބޯޖަހާލިއެވެ. އަދި ކިހިނެއް ވީ ތޯ ސުވާލު ކުރިއެވެ. ފަޒީލްގެ އެ ސުވާލަށް ޑޮކްޓަރު ޖަވާބު ނުދީ ހަމައެކަނި ބުނެލީ ޑޮކްޓަރާއިއެކު އައުމަށެވެ. އެވަގުތަކީ މާހިލްއާއި އީނާޝް އެތަނަށް އައި ވަގުތު ކަމުން އީނާޝްވެސް ޑޮކްޓަރާއިއެކު ދާން ބޭނުންވިއެވެ. ނަމަވެސް ޑޮކްޓަރު ދިޔައީ އެކަމާ ދެކޮޅު ހަދަމުންނެވެ. އީނާޝް ގޮތް ދޫކުރަން ނޫޅުމުން އެންމެ ފަހުން ޑޮކްޓަރު އެކަމަށް އެއްބަސްވިއެވެ.
*****
ކައިޒީން ހުއްޓާ ނުލައި ރޮމުން ދިޔައިރު ނަބާހުވެސް އިނީ އެކަމާ ހިތް މޯޅިވެފައިއެވެ. މާހިލްވެސް ގޮސް ކައިޒީންގެ ގާތު އިށީންދެ ނުރުއިމަށް ބުނެ ހިތްވަރުލައި ދެމުން ދިޔައެވެ. އޭރުވެސް މާހިލް އިނީ ކައިޒީންގެ ކައިރީގައި އެއިނީ ކާކުކަން ނޭނގިފައިއެވެ. އެންމެފަހުން އެއީ ކާކުތޯ ބަލައިލުމަށް ޝައުގުވެރިކަން އުފެދުނުލެއް ބޮޑުކަމުން ނަބާޙު ކައިރީގައި އޭނާއާއިއެކު އައުމަށް އެދުނެވެ. ނަބާހުވެސް އެއްވެސް އެއްޗެކޭ ނުބުނެ މާހިލްގެ ފަހަތުން ދިޔައެވެ.
ފަންސަވީސް ބުރީގެ އެ އިމާރާތުގެ އެންމެ ތިރީގައި މާހިލް އާއި ނަބާހު ގޮސް ހުއްޓެލިއެވެ. ނަބާހުގެ މޫނުމަތިން ނުތަނަވަސްކަން ފައުޅުވަމުން ދިޔައިރު އެ ފިނި މާހައުލުގައިވެސް ނަބާހު ވަނީ ދާ ހިއްލާ ފޯވެފައިއެވެ. މާހިލް ކުރަން އުޅޭ ކަންތައްތަކާއި އަދި ކުރަން އުޅޭ ސުވާލުތައް ނޭނގޭތީ އާއިއެކުއެވެ. ”ކޮން ނަމެއް ކިޔަނީ؟” މާހިލް ނަބާހުގެ މޫނަށް ވަރަށް ފުންކޮށް ބަލާލުމަށްފަހު އޭނާގެ ސުވާލުތައް ފެށިއެވެ. ”އަހަރެންނަށް ކިޔަނީ ނަބާހު..” އިސްދަށަށް ޖަހައިގެން ނަބާހު މާހިލް ކުރާ ހުރިހާ ސުވާލަކަށް ޖަވާބު ދެމުން ދިޔައިރު އެންމެ ހިނދުކޮޅަކަށްވެސް މާހިލްއާއި ދިމާ ބަލައެއް ނުލައިއެވެ. ”ކައިޒީން އާއި ނަބާހު ކޮން ގުޅުމެއް އޮތީ؟” އެންމެ ފަހުން މާހިލް ކުރި އެސުވާލުން ނަބާހުއަށް ހުރެވުނީ ހުއްޓުން އަރާފައިއެވެ. ދޭނޭ ޖަވާބެއް ނޭނގުމާއިއެކު ބިންފަޅާފައި އަޑިއަށް ދާނީއޭވެސް ނަބާހުގެ ހިތަށްއެރިއެވެ. ދެވަނަ ފަހަރަށްވެސް މާހިލް އޭނާގެ ސުވާލު ތަކުރާރު ކޮށްލިއެވެ. ނަބާހުއަކީ ދުވަހަކުވެސް މާޙިލްއަށް ފެނުނު ކުއްޖަކަށް ނުވާތީއެވެ. އަދި ހުރިހާ ދުވަހު ކައިޒީން ގޮވައިގެން ސުކޫލަށް ދިޔައިރު ސުކޫލުންވެސް ނަބާހު ނުފެނުމުން މާހިލްގެ ހިތުގައި ދިޔައީ ސުވާލުތައް ފުނިޖެހެމުންނެވެ.
******
”ސާރޖަރީ ކުރެވެން އޮތް އިރު ކީއްވެގެން ތޯ ނުކޮށް މިހުރީ؟” ޑޮކްޓަރުގެ ސުވާލާއެކު އީނާޝްއަށާއި ފަޒީލަށް އެކުއެކީގައި ދެމީހުންގެ މޫނަށް ބަލާލެވުނެވެ. ފަޒީލަށް ލިބުނު ސިހުމާއިއެކު އަނެއްކާވެސް ޑޮކްޓަރު ގާތު ތިބުނީ ކީކޭ ހެއްޔޭ އެހިއެވެ. ޑޮކްޓާރު އަނެއްކާވެސް ހަމަ އެބުނުން ތަކުރާރު ކޮށްލިއެވެ. ”ސާރޖަރީ ކުރެވެން އެބައޮތްތޯ؟ އެކަމަކު އަޅުގަނޑުމެން މެލޭސިއާއަށް ދެއްކުމުން ބުނީ ސާރޖަރީ ކުރެވެން ނެތް ވާހަކަ.. ލިބޭނީ ގެއްލުމޭ ބުނުއްވީ.. ދެން މިހާރު..” ފަޒީލް މެލޭސިއާގައި ވީ ކަންތައް ޑޮކްޓަރަށް ކިޔާލަދިނެވެ. ”އާދެ.. މި ސާރޖަރީ ކުރެވެން އޮތީ.. ޕެޝިއެންޓްގެ ފައިގައި މިހާރު ދަނީ ކެންސަރަށް މަގުފަހިވާ ބައެއް އުފެދެމުން.. ސާރޖަރީއެއް ކުރެވެން އޮއްވާ ނުކޮށް ހުރުމުން މިހެން މިދިމާވީ.. އަދި މާ ބޮޑަށް ފަރުވާ ކުޑަކޮށްލެވުމުން.. މިކަންތައް މާ ލަހުން އެނގުނު ނަމަ ޕޭޝިއެންޓްގެ ފައި ޖެހޭނީ ބުރިކޮށްލަން.. އެއީ މިހާރު ވެސް ވަރަށް ހައި ސްޕީޑެއްގައި އެބައި އުފެދެމުން ދާތީ.. ދެން މިއަދު ޕޭޝިއެންޓަށް ވަނީ ފިޓްވެސް ޖެހިފައި.. ވަރަށް ބާރު ތަދެއް އެރުމުން އެހެން އެ ވީ.. އަޅުގަނޑު ބޭނުން މެލޭސިއާގެ ރިޕޯޓްތައް ބަލައިލަން.. އެބަހުރިތޯ؟” ފަޒީލްއާއި އީނާޝްހުރީ ބުނާނެ އެއްޗެއް ނޭނގި، ލިބުނު ސިހުމުގައިއެވެ. އެހެންނުވާންވީ ފަހެ ކީއްވެ ހެއްޔެވެ. އީނާޝް ޑޮކްޓަރަށް ރިޕޯޓްތައް ދައްކަމުން ޒިރާން ރަނގަޅު ކުރެވޭނެ ހެއްޔޭ އެހިއެވެ. ނަމަވެސް ޑޮކްޓާރު އެސުވާލަށް ޖަވާބު ނުދީ ވަރަށް ފަރުވާތެރި ކަމާއިއެކު ރިޕޯޓަށް ބަލަމުން ދިޔައެވެ.
******
”އަޅުގަނޑަކީ ކައި ގެ ރައްޓެއްސެއް.. އެންމެ ކުޑައިރުން ސުރެ ދެމީހުން ވާހަކަ ދައްކަން.. މެސެޖްވެސް ކުރަން.. ދެން މިއަދު ކައި އަޅުގަނޑަށް ގުޅާފަ ދިން ހަބަރުން ހަމަ ނައިސް ނުހުރެވުނީ.. އެހައި އަވަހަށް އާދެވުނީވެސް އަޅުގަނޑު ހުޅުމާލޭގައި ހުރި ވަގުތެއްގައި ކައި ގުޅާފައި އެހެން ބުނުމުން.. ދެން އަދި ކައި އެކަނި ހުރި ވާހަކަ ބުނުމާއިއެކު..” ނަބާހު ހަމަ އެގޮތުގައި ހުރެ ވަރަށް ތަފްސީލްކޮށް ޖަވާބު ދިނެވެ. މާހިލްވެސް ހުރީ ނަބާހު އެހައި ތަފްސީލްކޮށް ޖަވާބު ދިނުމުން ހައިރާންވެފައިއެވެ. އެހެންކަމުން ނަބާހު ރަކިކޮށްލާނިއްޔޭ ހިތަށް އަރައި ނަބާހުއާއި ދިމާކުރަން ފެށިއެވެ. ދެމީހުން އެތަނުގައި ވާހަކަ ދައްކަން ތިބެފައި ކައިޒީންމެންގެ ގާތައް ދިޔައެވެ. އޭރު ދެމީހުންގެ ދެމެދުގައި ވަނީ ވަރަށް ގާތް ރައްޓެހިކަމެއް އުފެދިފައިއެވެ. ނަބާހުވެސް ފަހުން އެއްވެސް ޖެހިލުމެއްބެތި މާހިލްއާއި ވާހަކަ ދައްކަމުން ދިޔައެވެ.
މާހިލް ކައިޒީންގެ ގާތަށް ގޮސް ކައިޒީންގެ ދެކޮޑުގައި ހިފައި ކޮޅަށް ނެގިއެވެ. އަދި ކައިޒީން ގޮވައިގެން އޭނާ ހިތްހަމަ ޖައްސަލާން ހޮސްޕިޓަލުން ބޭރަށް ނުކުމެލިއެވެ. ނަބާހުވެސް އެދެ މީހުންގެ ފަހަތުން ދިޔައެވެ. ”ކައި.. ދެން ހުއްޓާލަބަ.. ބައްޕަ ރަނގަޅުވާނޭ.. އިރާދަ ކުރެއްވިއްޔާ ރަނގަޅުވާނޭ..” ”އެކަމަކު މާހިލްބޭ.. ބައްޕަ އިނީ ހުއްޓުން އަރާފައިއޭ.. ނޭވާވެސް ހިޔެއްނުވޭ ލީ ހެންނެއް..” ކައިޒީން ހުރީ ހަމަ ރަނގަޅަށްވެސް ހާސްވެފައިއެވެ. ނަމަވެސް މާހިލް އާއި ނަބާހު އެކި އެއްޗެހި ކިޔައިގެން ކައިޒީން ހަމައަކަށް އަޅުވާލިއެވެ.
******
”އަޅުގަނޑު މެލޭސިއާގެ އެ ޑޮކްޓަރާ ވާހަކަ ދައްކާލެވޭތޯ ބަލާނަން.. އިރާދަކުރެއްވިއްޔާ ޕޭޝިއެންޓް ރަނގަޅު ވާނެ… ސާރޖަރީ ކުރެވުމުން ހިނގޭނެ ކަމުގެ އުންމީދު އެބައޮތް..” ”ދެން ކޮން ދުވަހަކު ތޯ ސާރޖަރީ ކުރަނީ؟” އީނާޝް ވަރަށް ހާސްވެފައި ޖަވާބު ދިނެވެ. ޑޮކްޓަރު ބުނިހާވެސް އެއްޗަކީ ވީ ހާވެސް އަވަހަކަށް ކުރާނެއޭ އެވެ. އަދި އެންމެ ރަނގަޅޭ ބުނެ ޑޮކްޓަރު އެތަނުން ނުކުމެގެން ދިޔައީއެވެ.
އީޏާޝް އާއި ފަޒީލް އެކަކު އަނެކަކަށް ބަލާލިއެވެ. ފަޒީލް ހީވަނީ ބަސް ހުއްޓިފައި ހުރި މީހެއް ހެންނެވެ. ”ކީއްވެ ބާ މެލޭސިއާގެ ޑޮކްޓާރު އެހެން އެބުނީ.. ސާރޖަރީ ކުރެވެން އޮއްވަ އެހެން އެބުނީ އޭގެ ފަހަތުގައި ކޮންމެސް ކަމެއް ވާތީ.. އެކަމަކު ކޮން ކަމެއް؟ ކީއްވެ އެހެން އެހެދީ..” އީނާޝްގެ ސިކުނޑީގައި އުފެދިފައި ހުރި ހުރިހާ ސުވާލެއް ފަޒީލް އާއި ކުރިއެވެ. ”ހޫމް.. އެކަމާ ދެން ނުވިސްނާ.. އިރާދަކުރެއްވިއްޔާ ބޭބެ ރަނގަޅުވާނެ.. ހިނގާދެން ދާން ކައި މެން ކައިރިއަށް.. އެފަކީރު ހުރި ހާލެއްވެސް ނޭނގޭ..” ފަޒީލް އެހެން ބުނެފައި އެތަނުން ނުކުންނަން ހިނގާ ގަނެވެ. ނަމަވެސް އީނާޝް ހުރީ ކަމަކާ ވިސްނާށެވެ. ކޮންމެސް ކަމެއް ގޯސްކޮށް ވެއްޖެކަން އީޏާޝްގެ ހިތް ދިޔައީ ހުއްޓާ ނުލައި ބުނަމުންނެވެ.
އީނާޝްއަށް އާރިފާމެން ތިބި ހިސާބަށް ދެވުނު އިރު އެތަނުގައި ކައިޒީން އާއި މާހިލްގެ ކައިރީގައި ހުރި މީހާ ފެނުމުން ހުއްޓުން އަރާފައި ބަލަން ހުރުން ނޫން ކަމެއް އީނާޝްއަކަށް ނުކުރެވުނެވެ. އާރިފާވެސް އިނީ ހަމަ އެ ހައިރާންކަމުގައި އެ ޒުވާނާއާއި ދިމާލަށް ބަލާށެވެ.
~ ނުނިމޭ ~
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
21 Comments!
Comments are closed.







assalam alaikum.. here is the 22 part of the story.. hope all will like this part too.. but sorry for the delay.. nxt part insha allah day after tomorow..
inthizaara???kah ??fahu dhw.??.Anyways??? mi?? part ??varah?? varah ??varah ??reethi.??????.maa sha Allah.??curiously waiting ???for?? the?? next ??part.???
thanks yanaa… ya keep waiting
Finally, varah dhuvas fahun mi story ge part eh kiyaalan libijje, mi part vx varah reethi, Masha Allah ???❤❤❤❤❤❤❤?????❤❤❤❤ varah kiyaa hithun mi hury next part vx, when is next part
thanks izabell… mihaaru submit kohfa v… keep waiting…
Masha ?Allah varah lwbi ? mi ?part vs varah? curious? kohlaafa? thi ninmaaly? … when next part?
thanks friend… next part submit kohlaafa v.. keep waiting
Haadha dhuvahakah fahu story thi up kohly…… BTW Story hama habeys……. Waiting fr nxt……
ya… thanks kylie… ya keep waiting…
?????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????
thank u dear.. 🙂 🙂
Haadha dhuvahakah fahu ey mi storyge baeh kiyaalan mi libuny.. finally inthizaarah nimun aissi.. adhi Hama ehaa Rythi koh. Vr Rythi mi part vs
yea sorry for that.. thanks naiha.. keep waiting for next
Masha Allah haadha ryhchey mi part vs.. waiting for next..
thanks king.. ya keep waiting…..
Hei…… Vrh Rythi mi part vs….. keep going Inge….. Waiting waiting
thnaks mal.. ya keep waiting dear..
Wonderful
thanks meekko
Masha Allah…haadha reethi ey mi part vs….nxt part avahah up kohla dhehchey
thanks yanaa.. yeah mihaaru v submit kohfa.. keep waiting…….