Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ތެދުވެރި ލޯބި- 7

♡Maii♡ Level 310 Stories100 Comments100 Login
November 25, 2019 3 Mins Read
13 Comments

ޝަން އަށް ވެސް އައިޝަން ކުރަން އުޅުން ކާމިޔާބެއް ނުވިއެވެ. ވީ ނާކާމިޔާބެވެ.

***

”ދޮންތާ…..” ޔަނާލް ޔާޝާއަށް ގޮވާ އަޑައް ޔާޝާ އައިސް ކޮޓަރިއަށް ވަނެވެ.

”ދޮންތަގެ ފޯން ރިންގް ވާއިރު ވެސް ދޮންތަ ތިހުންނަނީ ބޭރުގަ. ދެންވެސް އަވަހައް ފޯން ނަގާބަލަ” ޔާޝާ އަތައް ފޯނުު ދެމުން ޔަނާލް ބުނެލިއެވެ.

”ހަލޯ” ޔާޝާ ފޯނު ނެގި ގޮތައް ބުނެލިއެވެ.

”މިރޭ އަށެއް ޖަހާކަން ހާއިރު ދެޑީ ވެގެން ހުންނާތި. އަހަރެންް މަންމަ އަށާއި ގޭ އެހެންް މީހުންނަށް ޔާޝާ އިންޓްރޮޑިޔުސް ކޮށްދޭން ބަލާ ދާނަން އެހާއިރު. އޯކޭ ދެން ބޭއްވީ” ޝާމް ބުނެލަން ބޭނުންވާ އެތި ބުނެފަ ޔާޝާ އެއްޗެކޭ ބުނާނެ ފުރުސަތެއް ނުދީ ފޯން ކަނޑާލިއެވެ.

ކޮޓަރި ތެރެއަށްް ފުން ނޭވައެއް ދޫކޮށްލުމަށްފަހު އަނެއްކާވެސް ޔާޝާ ކުރަން އުޅުނުު މަސައްކަތައިގެން ކުރިޔައް ދިޔައެވެ.

***

ރޭގަނޑުގެ ވަގުތެވެ. ޝާމް ގޭ އެންމެން އިންތިޒާރު ކުރަމުން ދިޔައީ ޔާޝާ ފެނިލާނެ ވަގުތަކަށެވެ.

“އަނހާ މިއޮއް އައީ ދޯ” ސޯފާގައި އިިށީީނދެ އިން ޝަމްރާ (ޝާމްގެ މަންމަ) ކޮޅަށް ތެދުވެލާފައިި ހިނިތުން ވެލަމުން ބުނެލިއެވެ.

ޔާޝާ، ސިޓިިންްގ ރޫމްގައިި އިިން ޝަަައިިމަަންް (ޝާމްް އެއްބަަަނޑު އެެެއްްބަަފާާ ދޮޮޮންބެ) އަށާއި އޭނަގެ އަންހެނުން މިންހާ އަދި އޭގެ އިތުރުުންް ޝަމްރާ އަށް ހިނިތުންވުމެއް ރައްދު ކޮށްލިއެވެ. ޝާމް ގޭގައި މާގިނަަ މީހުނެއްް ނޫޅެއެވެ. ޝާމް އާ ނުލައި އުޅެނީ 3 މީހުނެވެ. ނަމަވެސް އެއީ ވަރަށް ތަނަވަސް ވަރަށް މުއްސަނދި އާއިލާއެކެވެ. ގޭ ދެބުރި އަށް ހަދާފައި ވާއިރު މަތީގައި 3 ކޮޓަރި އަދި ތިރީގައި 3 ކޮޓަރި ހުރެއެވެ. ތިރީގައި ހުންނަ ދެކޮޓަރި އަށް ހަދާފައި ވަނީ ބަދިގެއާއި, ކާގެއެވެ. ބާކީ އިންް އެއްކޮޓަރީީގަައިި ނިިދަަނީީ ޝަަމްރާ އާާާއި ޝާމްްގެެ ބަަައްޕަަ ހާޝިމްއެވެ.

އަވަހައް އާދޭ މިތާ އިށީންނަން. މަންމަ އެބަ އަންނަން ބައްޕަ އަށް ގޮވާލާފަ” ޝަމްރާ ބުނެލިއެވެ.
ޔާޝާ އިށީންތަނުން ޝާމް ވެސް ޔާޝާ ކައިރީ އިށީނެވެ.
”ޝާމް… މީތަ ތިބުނާ ޔާޝާ ކިޔާ ކުއްޖަކީ؟” ޝައިމަން އަހާލީ ޔާޝާގެ މޫނަށް ނަޒަރެއް ދެމުންނެވެ.

”އާނ. މީ” ޝާމް ކުރުގޮތަކަށް ޖަވާބު ދިނެވެ.
މިންހާ ވެސް ޔާޝާ އަށް ހީލިއެވެ. މާގިނަ އިރު ތަކެއް ނުވެ، ޝަމްރާ އާއި ހާޝިމް ވެސް ކޮޓަރިން ނުކުތެވެ. އެގޭ ހުރިހާ މީހުން ވެސް ޔާޝާ އަށް ވަރަށް ރަނގަޅެވެ. އެހެންކަމުން ޔާޝާ ހުންނަނީ ނުލައިހިކު ހިތްހަމަ ޖެހިފައެވެ.

”ޔާޝާ އަންނަން ވާއިރަށް ހުންނާނެ ކެއުމެއް ތައްޔާރު ކޮއްފަ! އެހެންވީމާ ހުރިހާ އެންމެންވެސް ހިނގާ ކާން” މިންހާ ބުނެލީ ހުރިހާ މީހުންގެ މޫނަށް ނަޒަރެއް ދެމުންނެވެ.
ރޭގަނޑުގެ ކެއުމަށް ހުރިހާ މީހުން އިންސާފު ކުރަމުން ދިޔައިރު، އެންމެންގެ މޫނު މަތީގައި ވެސް ފާޅުވެފައި ވަނީ އުފަލާއި، ހިތްހަމަ ޖެހުމެވެ. އެހެންމީހުން ފިޔަވައި މިންހާގެ މޫނުން އުފަލާއި އެއްވަރަށް ވަރުބަލިކަން ފެންނަން ހުއްޓެވެ.
”މިން… ވަރުބަލި ވެފަ ދޯ! ދޭ ކޮޓަރިއަށް އަރާމް ކޮށްލަން” މިންހާގެ 6 މަސް ފުރިފައިވާ ބޮޑު ބަނޑުގައި އަތް ޖައްސާލަމުން ޝައިމަން ބުނެލިއެވެ. އެއާއެކު ޝަމްރާ ވެސް އަރާމް ކޮށްލަން ދިއުމަށް މިންހާ ކައިރީ ބުނެލިއެވެ.

ޔާޝާ. އެއްޗެކޭ ހީނުކުރައްޗ.ޭ އަނެއްކަ ޔާޝާ ހީކޮއްފާނެ ޔާޝާ އައިމަ ކަމައް އަހަރެން މިވަންނަނީ. މާދަން ވެސް އަދި އަންނާތި” ކާގެއިން ނުކުންނަމުން ޔާޝާ ކޮނޑުގައި އަތް ޖައްސާލާފައި މިންހާ މަޑުމަޑުން ބުނެލިއެވެ. އެއާއެކު ޔާޝާ ބޯ ޖަހާލާފައި، ހިނިތުންވެލިއެވެ.

”މަންމާ! ބައްޕާ! އަހަރެން ބޭނުން ވީހާވެސް އަވަހަކަށް ޔާޝާ އާ ކައިވެނި ކުރަން” ޝައިމަން އާއި މިންހާ ދިޔުމުން ޝާމް ހާޝިމް އާއި ޝަމްރާ އަށް ބަލާލާފައި ބުނެލިއެވެ.

”ބައްޕަގެ އެއްވެސް މައްސަލަ އެއް ނެެތް. ދަރިފުޅު ބޭނުން ގޮތަކަށް ނިންމާ” ހާޝިމް ބުނެލިއެވެ.

”މަންމަ އަށް ވެސް އެންމެ ރަނގަޅު. އެކަަމަކު ކައިވެނީގެ ފަހުން މާގިނައިން ރައްޓެހިންނާއެކީ ބޭރުގަ ނޫޅޭތި. ގިނަ ވަގުތު ހޭދަކުރަން ވާނީ އަނބިމީހާ އާއެކު” ޝަމްރާ ބުނެލިއެވެ.

”ޔާޝާ ގޭގަ ހުންނަނީ ޔާޝާ އެކަނިތަ؟ މިހެން މި އަހާލީ ޔާޝާގެ މައިންބަފައިން ދުނިޔޭގަ ނެތް ވާހަކަ ތަންކޮޅެއް ކުރީ ދުވަހަކުު ޝާމް ބުނެލީމަ” ޝަމްރާ އަހާލިއެވެ.

”ކޮއްކޮ އެށް އެކަނި ހުންނަނީ” ޔާޝާ އިސްޖަހާލަމުން ބުނެލިއެވެ.

”އެހެންތަ… ޔާޝާ ޝާމް އާ އިނދެގެން މިގެއަށް އަންނަ އިރަށް ކޮއްކޮ ވަރަށް އެކަނި ވާނެ ދޯ؟ މަންމަ އަށް ފެންނަނީ މަތީގައި ހުރި ހުސް ކޮޓަރީގައި ޔާޝާގެ ކޮއްކޮ ބަހަށްޓަން” ޝަމްރާ ބުނެލިއެވެ. ހާޝިމް ވެސް އެގޮތައް އެއްބަސް ވިއެވެ. މިދެމީހުން އެއްބަސް ވުމުން ޔާޝާ ހުރީ ވަރަށްް ހިތްހަމަ ޖެހިފައެވެ.

”ނޫން މަންމާ… އޭނަ ކޮއްކޮ ބަހައްޓާނީ އޭނަ ގޭގަ” ޝާމް ހިތްހަމަ ނުޖެހިފައި ބުންޏެވެ.

ވަގުތުން ޔާޝާގެ މޫނުގެ ކުލަވަރު ބަދަލުވިއެވެ. ޔާޝާގެ ހުރިހާ ވެސް މީހަކީ ޔަނާލް އެވެ. ޔަނާލް އާ ވަކިން އުޅެން ޔާޝާ އަށް ކެއްވާނެހެވެ. ޝާމް ޔާޝާ އާއިި ދޭތެރޭ ނުވިސްނަނީހެވެ؟ ނޫނީ ލޯބިވެޔޭ ކިޔައިން ޝާމް އެހަދަނީ މަކަރުހެވެ.

”ޔާޝާ ދެން ހިނގާ ގެއަށް ދާން” މިހެން ބުނުުުމުުންް ޔާޝާ ބޯ ޖަހާލިއެވެ. ޝަމްރާ ގާތު އަދި އެހެން ދުވަހަކުން އަންނާނަން ކަމަށް ބުނެ, ޔާޝާ ޝާމް އާއެކީ ގެއަށްް ދާންް ނުކުތެވެ.

”ހާޝިމް… ޝާމް އަދިވެސް އެގޮތް ގަނޑެށް ބަދަލެއް ނުވޭ ދޯ؟ އެހެރީ ޔާޝާ އާދޭތެރޭ ކަންތައް ކުރި ގޮތް. އޭނަ ކޮއްކޮ މިގޭގައި ބެހެއްޓޭނަ ވާހަކަ ބުނީމަ ޔާޝާ ހުރީ ވަރަށްް އުފަލުން. އެކަމް ޝާމްް އެކަންް ވެސް އެ މަނާ ކުރީ” ޝާމް އާއި ޔާޝާ ދިއުމުން ޝަމްރާ ހިތްހަމަ ނުޖެހިފައި ހާޝިމް ކައިރީ ބުނެލިއެވެެ.

”އެއީ އަބަދުވެސް ޝާމްގެ ގޮތެއް ނުން. އަޅާ ނުލާ… ހިނގާ ކޮޓަރި އަށް ދާން” ހާޝިމް ބުނެލިއެވެ.

****

”ޔާޝާ އައި ލަވް ޔޫ. ކީއްވެ ޔާޝާ އަަަހަަރެެންް ލޯބި ހުށަނާޅަނީސް އެހެން މީހަކާ ތި ގުޅުނީ؟ އަހަރެން ހާދަ ދެރަވެޔޭ ހާދަ ޖެލަސް ވެޔޭ ޔާޝާ އެހެންް މީހަކާ އެކީ އުޅޭތަން ފެނުނީމަ” ފޯނު ސްކްރީން ގަނޑުގައި އިން ޔާޝާގެ ފޮޓޯ އަކަށް ބަލައިން އިނދެގެން ދެލޮލުން ކަރުނަ ބާލަމުން އައިޝަންް ކިޔަމުން ދިޔައެވެ. މުޅި ކެބިން ތެރެ ގުގުމާލެވިފައި ވަނީ އައިޝަންގެ އެ ފިރިހެންވަންތަ އަޑުން ކިޔަމުން ދިޔަ ޔާޝާ އާއި ބެހޭ ފަށުވި ބަސްތަކުގެ އަޑުންނެވެ.

”ސަރ މިއޮތީ މިިއެެއްްޗެެހިި ނިންމާލެވިފަ. ރަނގަޅު ތޯ ޗެކްކޮށްލަ ދީބަލަ” އައިޝަންް ސިހިގެން ދިޔައީ ކުއްލިއަކަށް ޔާޝާ ވަނުމުންނެވެ. އަވަހައް ޔާޝާ އަށް ނޭނގޭ ގޮތައް ދެލޮލުން އައިސް ހުރި ކަރުނަ ތަށް ފޮހެލާފައި ޔާޝާ އާ ދިމާލައް ބަލާލާފައި, ޔާޝާ ދިމާ ކޮއްގެން ހުރި ގަނޑު ތަކުގައި ހިފާލިއެވެ.

”ސަރ ތަންކޮޅެއް ކުރީ ދުވަހަކު ބުނީމޭނުން ވަރަށް ބޮޑު ވާހަކަ އެއް ބުނާނަމޭ. މިގަޑީގަ ބުނެބަލަ” ޔާޝާ ބުނެލިއެވެ.

”ޔާޝާ… މިހާރު އެވާހަކަ ބުނަން މާލަސް ވެއްޖެ. މިހާރު އެވާހަކަ ބުންޏަސް ކުރެވޭނެ އެއްވެސް ކަމެއް ނެތް” އައިޝަންގެ އަޑުގައި ކުރެހިފައިވީ ހިތާމައެވެ.

 

-.*ނުނިމޭ*.-

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

♡Maii♡

Level 310 Stories100 Comments100 Login

??

Other Articles

Previous

ވަޢުދު (އެއްތިރީސްވަނަ ބައި)

Next

ވަމޭ ގާތުގައި ޓްރެއިލާރ

Next
November 25, 2019

ވަމޭ ގާތުގައި ޓްރެއިލާރ

Previews
November 25, 2019

ވަޢުދު (އެއްތިރީސްވަނަ ބައި)

13 Comments!

  1. Maisha maii says:
    November 25, 2019 at 5:29 pm

    Hey all… Miothy thedhuveri loabi part 7 vx up kolla dheefa.. Ummeedhu kuran hurihaa kudhinnah vx kamudhaane kamah. Kiyaalaafa comment eh kohlahchey. Have a nice day

  2. ރާނީ says:
    November 25, 2019 at 5:51 pm

    V reethi… Ekam thankolheh kuree

    1. Maisha maii says:
      November 25, 2019 at 9:32 pm

      Thanks lullu???? next part mi ah vureh dhigu kohlaanan☺☺☺

    2. Maisha maii says:
      November 25, 2019 at 9:33 pm

      Sorry… Lullu mi liyevunee?..
      Raanee*

  3. Lullu says:
    November 25, 2019 at 7:11 pm

    Aishan haadha dhera vaane ey dhw…???Shaam loabi vaahen hiyyei nuvey yaasha dhekii??
    Mi part varah reethi.

    1. Maisha maii says:
      November 25, 2019 at 9:35 pm

      Yeah aishan v dhera vaane, ekam keehkuraanee??.
      Thanks lullu❤❤❤

  4. Yanaa says:
    November 25, 2019 at 7:14 pm

    Aishan varah dhera vaane???
    ❤❤❤❤❤varah❤❤❤❤❤❤
    ❤❤❤❤❤❤varah❤❤❤❤❤
    ❤❤❤❤❤❤❤❤reethi❤❤❤
    ❤❤❤❤maa sha Allah.❤❤❤
    ❤❤❤❤waiting ❤❤❤❤❤❤
    ❤❤❤for ❤❤❤❤❤❤❤❤
    ❤❤the ❤❤❤❤❤❤❤❤❤
    ❤next ❤❤❤❤❤❤❤❤❤
    part.❤❤❤❤❤❤❤❤❤❤❤

    1. Maisha maii says:
      November 25, 2019 at 9:36 pm

      Awwwn thank you so much the beautiful colourful comment????
      Keep waiting for next???

  5. Izabell says:
    November 25, 2019 at 7:32 pm

    Alheyyy Aishan ah ehen nuhadhabala, haadha dhera ve e, but mi part vx varah reethi, Masha Allah ❤❤❤❤❤❤❤❤❤❤❤❤❤❤❤❤ varah kiyaa hiyy vey next part, alhe avahah up kollahche.

    1. Maisha maii says:
      November 25, 2019 at 9:38 pm

      Mai vx v dhera veyey aishan ah evaa hithun. But kureveynii vx keeh..
      Thank you so much izabell????????? ya i will try avahah up kuran. Keep waiting??

  6. Kairaa says:
    November 26, 2019 at 10:04 am

    Vvvv reethi mi bai vx……alhey kihineh vaanee aishan aa yaashaa aa gulhuviyyaa…..yaashaa aa shaam aa nugulhuvahchey……hehehehe….v furihama mi bai vx……..nxt part avahah up kohla dhehchey ingey…..waiting…..ly maii

    1. Maisha maii says:
      November 26, 2019 at 6:30 pm

      Awwn thankssss kairaa❤❤❤… Adhi hama gulhi dhaane ehnnun yaasha and aishan vx dhw. Hehe???… Mai aslu ulhunee miadhu up kohlan ekam 300 words delete vegen alun liyan jehunee… Mihaaru liyevijje 500 word.. 1000 words liyelaafa up kohladheynan. Tomorrow noony Thursday ga up kollaanan☺☺☺.. Keep waiting??… Lym kai❤

  7. Maisha maii says:
    November 27, 2019 at 7:20 pm

    Hey guys… Mihaaru part 8 submit kohlaifin

Comments are closed.

Next Episodeތެދުވެރި ލޯބި- 8←


All Right Reserved!