އެއްމެ ފަހުން އިސްރާ އަށް ބޮލަށް އުނދަގޫ ވާވަރަށް ކިޔަން ފެށީމައި އިސްރާ ހިތާ ހިތާ ކިޔާލި އެވެ. “މީނަގެ ބައްޕަ ވެސް ކަމެއް ބޭނުން ވެއްޖިއްޔާ އަބަދު ކައިރީގައި ވިއްދާ ފައި… ހަމަ އަނީލްގެ މިޒާޖު… ޕިސް ޕިސް ޕިސް..”

***

މިހެން ކިޔާފައި ކޭކު ބަޖިޔާ ހަދާ ނިންމާލި އިރު ތިންގަޑި ސާޅީސް ފަހެއް ވެއްޖެ އެވެ. އައިނާ އިސްރާ ކައިރީ އަވަހަށް ތައްޔާރު ވާން ދާށޭ ބުނެލި އެވެ. އިސްރާ ތައްޔާރު ވެގެން އައި އިރު ހަތަރު ގަޑި ފަނަރަ ވެއްޖެ އެވެ. އޭރު އައިނާ އަދިވެސް ތައްޔާރު ވެގެން ނުނިކުމެއެވެ. “ދަރިފުޅާ!! ކީއްވެ މަންމަ ކައިރީ ތައްޔާރު ވާށޭ ބުނީ.. އަނެއްކާ އަޝްހާ އާއި ރައްޓެހި ކުއްޖަކު އަންނަނީތަ؟؟” އައިނާ ނިކުތީމައި އަހާލިއެވެ. “ނޫނޭ މަންމާ.. އެއައީ ކަންނޭނގެ!!” ގޭގެ ދޮރުގައި ޓަކި ޖަހާލި އަޑު އިވުނީމައި އައިނާ ބުނެލިއެވެ. ދޮރު ހުޅުވާފައި ވަތް މީހެއްގެ ސަބަބުން އިސްރާގެ ހިތް ނުހުއްޓުނީ ކިރިޔާއެވެ. އެއީ ދެވަނަ އެހެންމީހެއް ނޫނެވެ. އަނީލް އެވެ. “ކީއްކުރަން މިތަނައް ތިއައީ؟؟ މިހާރު މިގެއަށް ވެސް އަންނަން ފެށީތަ؟” އިސްރާ ރުޅި އައިކަމަށް ހެދެމުން , ދެއުކުޅުގައި އަތް ވިއްދާލަމުން ބުނެލިއެވެ. ޚަޤީޤަތުގައި އަނީލް އައީމައި އިސްރާގެ ހިތް އުފަލުން ނަށަނީ އެވެ. އެކަން އައިނާ އަށް ފާހަގަ ނުކުރެވުނަސް އަނީލް އައް ފާހަގަ ކުރެވުނެވެ. “މަމްމް.. ޑޭޑް މިތަނަށް ގެނައީ އަހަންނޭ..” އައިނާ މިހެން ބުނުމުން އިސްރާ ސުވާލުގެ ނަޒަރަކުން އައިނާ އާއި ދިމާލަށް ބަލާލިއެވެ. “އެކީއްކުރަން؟؟” އިސްރާ ދެލޯ ބޮޑު ކޮށްލައިފައި ބުނެލިއެވެ. “އެއީ… ދެންން… މަމް އަށްވެސް އިނގޭނު އަޅުގަނޑު ބައްޕަ ބޭނުންވިކަން… ދެން ބައްޕަ ލިބުނީމައި ގެއަށް ވެސް އަންނަން ވާނު ދޯ؟” އައިނާ , އިސްރާ އަށް ނުފެންނާނެހެން އެއްލޯ މަރާލަމުން އަނީލް އަށް ދޯ އެއްލި އެވެ. އަނީލް ބޯޖަހާލި އެވެ.

އިސްރާ އެއްވެސް އެއްޗެކޭ ނުބުނެ ބަދިގެއައް ދިޔައެވެ. ކާތަށިމަތި ބަލާލި އެވެ. ހުސް އަނީލް އަށް ކަމުދާ ތަކެއްޗެވެ. ބަޖިޔަލާއި ކޭކެވެ. އިސްރާ ހީކުރީ އިއްތިފާޤު ކަމަށެވެ. ނަމަވެސް , އޭނާ އަށް ނޭނގެނު ކަމަކީ އެއީ ރޭވުމެއްގެ ދަށުން ހިނގާ ކަމެއް ކަމެވެ. އައިނާ އާއި އަނީލް ގޮސް މޭޒުދޮށުގައި އިށީންދެލި އެވެ. އައިނާ އިނީ އޭނާގެ މަންމަ އާއި ބައްޕަ އާއި އެކު ތިބެވުނީމައި އުފަލުން ނެވެ. އިސްރާ ދެމީހުންނަށް ސައި އަޅާފައި ސިޓިންގ ރޫމަށް ނިކުތެވެ. އެތާގައި އިން ތިން ސަރަންފީ ގޮނޑީގެ ތެރެއިން ގޮނޑިއެއްގައި އިށީންދެލިއެވެ. އެތެރެއިން އައިނާ އާއި އަނީލް ވާހަކަ ދަށްކާ އަޑު އިވެއެވެ. އިރުކޮޅެއްނުވެ ދެމީހުންވެސް ނިކުމެއްޖެ އެވެ. އަނީލް އެތަނުން ސަރަންފީ ގޮނޑިއެއްގައި އިށީންދެލިއެވެ. “އެބަ އަންނަން ފާޚަނައަށް ވަދެލާފައި…” އިސްރާ އެއްޗެކޭ ބުނަން އަނގަ ހުޅުވާލާ އިރަށް އައިނާ މިހެން ކިޔާ ފައި ދުއްވައި ގަތެވެ. އިސްރާ އެތަނުން ދާން ބަހަނާ އެއް ދައްކަނީ ކަން އިނގެއެވެ. އަނީލް އިސްރާ އާއި ދިމާ އަށް ބަލާލި އެވެ. ”އިރާ ހަމަ އަސްލަށް ވެސް މާފެއް ނުކުރާނަންތަ?” އަނީލް މިހެން ބުނުމުން އިސްރާ އަނީލް އާއި ދިމާ އަށް ލޯ އަޅާލިއެވެ. “ހެހެ.. އިރާ ކިތައްމެ ރުޅި އަންނަ ކަމަށް ހެދުނަސް ރުޅިއެއް ނާދެވޭނެ. އިނގޭތަ.. މިހާރު ތިހުރީ އަހަރެން އައިމަ ވަރަށް އުފަލުން. ތިމޫނައް ބަލާލިއަސް އެބަ އިނގެއޭ އެކަން..” އަނީލް މިހެން ބުނީމައި އިސްރާ ގޮނޑިން ތެދުވެފައި ހަށަން ބަނދެލިއެވެ. “އަނީލް އަދިވެސް ތިއުޅެނީ އަހަންނައް ދެވުނު އަނިޔާ ކުޑަވެގެންތަ?” އިސްރާ މިހެން ކިޔާފައި ދާން ހެދުމުން އަނީލް އިސްރާ އަތުގަ ހިފާ ހުއްޓުވާފައި ވާހަކަ ދައްކަން ފެށިއެވެ. “އިރާ އެއް ފަހަރުވެސް އަހަރެން ދައްކާ ވާހަކަ އަޑު އެހިންތަ? ނޫނީ އެގޮތައް ކަންތައް ކުރި ސަބަބު ހޯދިންތަ? މަސައްކަތް ކުރިންތަ?” އަނީލް މިހެން ބުނުމުން އިސްރާ ގާތައް ރުޅި އައެވެ. “އަނީލް އެއްނު އަހަރެން ބޭނުން ނެތިގެން އެއްލާލީ.. ދުވަހަކުވެސް ނާންނާނަމޭ ކިޔައިފައި.. ދެން މިހާރު ކިހިނެތް ވެގެން ތިއުޅެނީ…” އިސްރާ މިހާ ހިސާބައް ބުނެވުނު ތަނާ ގޭގެ ގޯތިތެރެން ދޮރާ ކައިރިން އޯޑިއޯ އެއްގެ އަޑު އިވުނެވެ. އެއީ އިއްޔެ އަނީލް ޚަދީޖާގާތު އިސްރާގެ ވާހަކަ ކިޔައިދިން ވަގުތު އަޝްހާ ރިކޯޑު ކުރި އޯޑިއޯ އެވެ. އެއަޑު އިވިފައި އިސްރާ އިނީ ބުނާނެ އެއްޗެއްވެސް ނޭނގިފައެވެ. އިސްރާ ދުވެފައި ދޮރުމައްޗައް އެރިއިރު އައިނާ ފޯނެއް ހިފައިގެން އިނެވެ. އައިނާ ހިނގާލައިފައި އިސްރާ އާއި އެއްވަރަށް މަޑު ކޮށްލާފައި ހިނގައިގަތެވެ. އަދި އަނީލް އާއި އިސްރާގެ ދެމެދައް އިސްރާ އައް ފުރަގަސްވާގޮތައް މަޑުކޮއްލިއެވެ. “މިކަން ކޮއްމެސް އެއްގޮތަކަށް ނިންމަ. މަންމަ އާއި ބައްޕަ އަބަދު ފައިޓްކުރަން ނުޖެހޭނެ ގޮތަކަށް ނިންމާތި!!..” އައިނާ މިހެން ކިޔާފައި މަޑުކޮށްލުމެއްނެތި ކޮޓަރިއައް ވަދެ ދޮރު ޖެހިއެވެ. އިސްރާ ވާހަކަ ނުދައްކާނެހެން ހީވި ވަގުތު ކޮޅަކައްފަހު އަނީލް މާޔޫސް ކަންމަތީ ގެއައްދާން ނިކުންނަން ދިޔައެވެ. އިސްރާގެ ނިންމުން ބަދަލެއް ނުވާނެއެވެ. އަނީލް ހިތައް އަރަމުން ދިޔައެވެ. އޭނާ އަށް އެނގިގެންނާއި ނޭނގި އިސްރާގެ ހިތުގައި ޖެއްސިއްޖެއެވެ. އަނީލްގެ ބޭވަފާތެރިކަން އިސްރާގެ އަރުތެރޭގައި ހިފާފައިވަނީ ދުވަހަކުވެސް ނުފިލާނެ ވަރަށެވެ.

“ނީލް!!!!…” އަނީލް ދޮރާށިންބޭރައް އަޅައަޅާހުރި ފިޔަވަޅު ހުއްޓުނީ އިސްރާ އެގޮތައް އޭނާ އާއި މުޚާތަބު ކުރީމައި އެވެ. ‘ނީލް’ މިލަފުޒަކީ އިސްރާ ދިރިހުރިހާމެ ހިނދަކު ނުކިޔަން ވަޢުދު ވެފައިވާ ލަފުޒެކެވެ. ދެން މިހާރަކު އެއަޑު އެއިވެނީ ކީއްވެހެއްޔެވެ. އެއަޑު ހުވަފެނަކައް ވެއްޖިއްޔާ އޭނާގެ ހިތެކޭ ތަޅައިގެން ގޮއްސައި އޮތް ބިއްލޫރި ކޮޅުތަކެކޭ ތަފާތެއް ނުވާނެއެވެ. އެހައިރާން ކަންމަތީ އަނީލް އެނބުރުނީ ޔަޤީން ކޮއްލަން ވެގެންނެވެ. އަނީލް އެނބުރުނުއިރު އިސްރާ ހުރީ ކައިރީގައެވެ. ހުވަފެނެއްހެން ހައްތަހާވެސް ހީވާތީ ލޯމަރައިލައިފައި ހުޅުވާލިއިރުވެސް އިސްރާ ހަމަ އެގޮތައް އިނެވެ. ހުވަފެނެއްކަން ޔަޤީން ވާހާ އިރުކޮއްފައި އަނީލް ދާން އުޅުނެވެ. ނަމަވެސް ޙަޤީޤަތެއްކަން އިނގުނީ އިސްރާ ބާރަކަށް އަނީލްގެ ގައިގައި ބައްދާލުމުންނެވެ. އަދި އަޑުން އަޑުނަގައި ރޯންފެށުމުންނެވެ. “ނީލް! އަހަންނައް މާފު ކުރޭ.. އައިމް ވެރީ ސޮރީ.. އަހަންނައް މާފުކުފުރޭ..” އިސްރާ އަށް ގިސްލެވޭވަރުން ވާހަކަ ކުރިއަށް ގެންދެވޭ ވަރެއް ނުވިއެވެ. އަނީލް ވީއުފަލެއްގެ ބޮޑުކަމުން އިސްރާ އޭނާގެ ގަޔާލައި އިތުރައް ބޮނޑިކޮށްލިއެވެ. އެގޮތައް އިރުގަނޑެއް ވަންދެން ތިބެފައި އަނީލް އިސްރާ ދުރުކޮއްލިއެވެ. އޭރު ރުއިން ހުއްޓުނު ނަމަވެސް ގިސްލެވެމުންދިޔައެވެ. “ދެން ބުނެބަ އަހަންނައް މާފު ކޮއްފިންތަ؟” އަނީލް އިސްރާ ކުރެން އަހާލިއެވެ. އިސްރާ އަނީލް އަށް ކިރިޔާ ފާހަގަ ވާވަރަށް ބޯޖަހައިލިއެވެ. އަނީލް އުފަލުން އަނެއްކާވެސް އިސްރާގެ ގައިގައި ބައްދައިލިއެވެ. “އެހެމް އެހެމް..” އައިނާ ލާނެއް ވެލައިފައި ކަރުކެހިލުމުން އިސްރާ ވަގުތުން ދުރައް ޖެހުނެވެ. އައިނާ މަޑު މަޑު ފިޔަވަޅުތަކެއްގައި އައިސް އެދެމީހުންގެ ކުރިމަތީގައި ހުއްޓުނެވެ. “ސޯ…….. މަޖިލިސް ނިމުނީ ކިހިނެތް؟” އައިނާ ޖަވާބު އެނގިހުރެ ޔަޤީން ކޮއްލަންވެގެން ސުވާލު ކުރިއެވެ. “ރައީސާ ކަމަނާ ވިދާޅުވީ އެއްޗާންސް ލިބިދާނެޔޯ؟” އަނީލް އެއްލޯ މަރާލަމުން މިހެން ބުނުމުން އައިނާ ޔެސް ޔެސް ކިޔާފައި ކުޑަ ކުއްޖެއް ހެން ފުންމަން ފެށިއެވެ. “އެކަމް އަދި އަހަރެން މާފެއް ނުކުރަމެއްނު؟” އަނީލް ބުނި އެއްޗަކުން އިސްރާ ދެލޯ ބޮޑުކޮއްލައިފައި ބަލާލިއެވެ. އައިނާ ހިނިގަނޑު މަތަކުރަން އަނގަމަތީ ބާރަކައް އަތް އެޅިއެވެ. “އޯހް ޑިއާރ.. އަހަންނައް މާފުކުރޭ.” އިސްރާ މިހެން ބުނުމުން އަނީލް ގުޑް އޭ ބުނެލިއެވެ. “ގޮތެއްގެ މަތިން……..” އަނީލް ވިސްނަން ހުރިކަހަލަ ގޮތަކައް ހަދަމުން ޝަރުތު ކުރިއެވެ. “ކޮންކަމެއް؟؟؟؟” އިސްރާ ގަޔާވެފައި އަހާލިިއެވެ. އައިނާ ވެސް އިނީ އަނީލް ބުނާނެ އެއްޗެއް ނޭނގޭތީއެވެ. “މިރޭ އަހަންނާއެކު އެގެއައް ބަދަލުވުން.. މަންމަ މެން އެބަތިބި އަހަރެން އިސްރާ ގެންނަންދެން…” އަނީލްގެ އެޝަރުތު އިވުމުން އިސްރާ ހިތް ނުހުއްޓުނީ ކިރިޔާ އެވެ. “އެ.. އެ.. އެކީއްކުރަން… އަހަންނައް ހަމަ މިގޭގަވެސް އުޅެވިދާނު.. ދެން.. އަ.ނީ.ލް.ލް.. ތީ ކޮންކަހަލަ ޝަރުތެއް.. ޝަރުތަކައް ވާކަހަލަ އެއްޗެއް ނަމަވެސް ރަނގަޅެއްނު؟ މިހާރު ޚަދީޖާ ދައްތަ ގާތު ބުނީތަ؟ ޕިސް ޕިސް..” އިސްރާ ނުދާން ވެގެން ބަހަނާތައް ދައްކަން ފެށިއެވެ. އޭނާ ގޮސް އުޅޭނީ ކިހިނެއް ހެއްޔެވެ؟ އެގޭގައި ނުލާހިކު މީހުން ގިނަވާނެއެވެ. “ބޭނުމެއް ނޫންތަ އަހަރެންގެ މާފެއް؟ އަހަންނައް އޯކޭ.. އަނާ ދާނަން ދޯ ޑޭޑް އާއެކީ؟؟” އަނީލް އައިނާ އާއި ދިމާލައް ބަލާލަމުން ބުނެލިއެވެ. “ޔެސް ޑޭޑް އައިމް ރެޑީ..” އައިނާ މިހެން ބުނުމުން އިސްރާ އައިނާ އާއި ދިމާލައް ބަލާލިއެވެ. “ނޫން.. ދެން.. އަހަރެން ބޭނުމޭ އަނީލްގެ މާފު……………. އޯކޭ.. އަހަރެން ގޮސްދާނަން..” އަނީލްގެ ހިނިތުން ވުން ފުޅާވީ އިސްރާގެ ނިންމުން ބަދަލު ކުރުމުންނެވެ. “ސޯ.. މަޣުރިބު ނަމާދު ކޮއްލައިގެން އަހަރެން އަންނާނަން ބަލާ.. ރެޑީވެގެން ތިބެއްޗޭ..” އަނީލް މިހެން ކިޔައިފައި މިސްކިތައް ދިޔައެވެ. އައިނާ ދުވެފައި އެއްޗެހިތައް ޕެކް ކޮއްގެން ނަމާދުކޮއްގެން ނިކުތް އިރު އަނީލް ރެނޮލްޓް ޓްރައިބާރ ކާރުގައި ބަލައި އައިސް އޮތެވެ. އޭރު އިސްރާ ވެސް ދަބަހެއް ހިފައިގެން ނިކުތެވެ. “އިރާ އާދެބަލަ” އަނީލް އިސްރާ އަށް ގޮވައިލައިފައި ބުންޏެވެ. އަނީލް އިސްރާ އަތައް އޮޅައިލައިފައި އޮތް ގަނޑެއްދިނެވެ. އިސްރާ ސުވާލުމާކެއްގެ ތެރޭގައި އިނދެ ގަނޑުނިއުޅާލިއރު އޭގައި އޮތީ ދެބު ގެއެއްގެ ރީތި ކުރެހުމެކެވެ. “ނީލް މީ؟؟؟” އިސްރާ އޭނާގެ އަތައް ކުރެހުމެއް ދިން ސަބަބެއް ނޭންގުނެވެ. “ތީ މީގެ ސާދަ އަހަރު ކުރިން އަހަރެން މިގެ ހަދަންވެގެން ކުރެހި ކުރެހުމެއް. އޭރުގެ ޙާލަތު ދިމާކުރި ގޮތުން ނުބުނެވުނީ…” އިސްރާ އުފަލުން ގޮސް ލޮލުން ކަރުނަ އައެވެ. “އަނހާ ރޮނީތަ..” އަނީލް އަށް އިސްރާ ރޯހެން ހީވެގެން ބުނެލިއެވެ. “ނޫން..” އިސްރާގެ ޖަވާބު ވަރަށްވެސް ކުރެވެ. “ހިނގާ ދާން”

އަނީލް އިސްރާ އާއި އައިނާގެ ދަބަސް ޑިކީ ތެރެއައް ލައިފައި އިސްރާ އަށް ޑްރައިވަރ ސީޓް އާއި ޖެހިގެން އިން ސީޓްގެ ދޮރުފަތް ހުޅުވާލަ ދިނެވެ. އެއީ އިސްރާ އަރަން ދިމާކޮއްލައިފައި ހުރީ އައިނާ ކައިރީ ފަހަތު ސީޓުގައި އިށީންނާށެވެ. އެންމެން އަރައި ހަމަޖެހުމުން އަނީލް ކާާރު ދުއްވައިލިއެވެ. “ޑޭޑް ދީބަލަ ފޯނު” އައިނާ އަނީލް އަށް ގޮވައިލައިފައި ފޯނުދޭން އެދުނެވެ. އައިނާ ފަރިތަ ކަމާއެކީ ނަންބަރުތަކެއް ލިޔެފައި ގުޅަލިއެވެ. “ހަލޯ.. އަނާ ދޯ..” އެކޮޅުން ފޯނު ނެގި ރީމާ އައިނާ ހެން ހީވެގެން އަހާލިއެވެ. “ހޫމް. ވަރަށް ވަރުގަދަ ސެންސެއް.. ތިއެއްނޫނޭ ޕްލޭން ވޯރކްޑް..” އައިނާ މިހެން ކިޔައިފައި މިއަދު ހިނގި ކަންތައް ރީމާ އާއި ހިއްސާ ކުރިއެވެ. “އަސްލުވެސްތަ!!! ދެންނުޖެހޭނޭނު އަހަރެން ދެގެއަކައް ދުވާކައް.. ސީދާ އަޝޫ މެންގެއައް.. ހެހެ” ރީމާ ހިނިގަނޑަކާއެކު މިހެން ބުނެލުމުން އައިނާ އަށްވެސް ހެވުނެވެ. “ހެހެ.. ނޫނޭ ރީމް.. އަހަރެމެންގެ ގެ ހެދީމައި ފަހުން ބަދަލުވާގޮތަށޭ.. އޭތް ދެން ބާއި.. މާދަން ގުޅާންނަ އިނގޭ..” އައިނާ ފޯނުކޯލް ކުރު ކޮށްލަމުން އަނީލް އާއި އިސްރާ އާއި ދިމާއަށް ބަލާލިއެވެ.

***

“ނީލް..” އިސްރާ އަނީލް އަށް ބަލާލަމުން ސަމާލުކަން ހޯދާލުމައް ގޮވާލިއެވެ. “ހޫމްމް… ކީކޭ.. ކިހިނެތްވީތަ މާލޯބިން ތިގޮވާލީ؟؟” އަނީލް މަޖާވެލައިފައި ކާރުގެ ސްޕީޑް ބާރުކޮއްލަމުން ބުނެލިއެވެ. “އިނގޭތަ މާދަން އެއީ ކޮންދުވަހެއްކަން؟” އިސްރާ ދިރާސާ ކުރާ މީހެއް ފަދައިން އަނީލްހެ މޫނު ސްކޭން ކުރަމުން ބުނެލިއެވެ. “އާން… އެއީ އާދިއްތައެއްނު؟؟” އަނީލް ނިކަން ވިސްނާފައި ދިންޖަވާބުން އިސްރާގެ މުޅިމޫޑު ޚަރާބު ވިއެވެ. “ދެންން.. ނީލް.. އެހެނެއްނޫނޭ….. ޑޭޓް އަކީ ކޮބާހޭ..” އިސްރާ ކުޑަކޮއް ހިތްހަމަ ނުޖެހިފައި ބުނެލިއެވެ. “މާދަން އެއީ ސައުވީސް ނޮ.ވެ.މް.ބާ.ރ…. ވަޓް މަޑުކޮއްބަލަ.. މާދަން އެއީ….” އަނީލް އެއްޗެއް ވިސްނުނުފަދައި ލަސްލަހުން ކިޔައިލިއެވެ. “ޔެސް އެގްޒެކްޓްލީ..” އިސްރާ އުފާވެލައިފައި އެއްބަސް ވިއެވެ. “އަހަރުމެންގެ ފޯރޓީންތް ވެޑިންގ އެނީވާރސަރީ” އަނީލް އުފާވެލައިފައި ބުނެލިއެވެ. “އޭން.. ކާކުގެ އެނިވާރސަރީއެކޭ؟؟” އައިނާ ފޯނު ކަނޑައިލައިފައި އިސްއުފުލާލި ވަގުތު އަނީލް އަށް ބުނެވުނީ މިހެން ނެވެ. “އަވާރ” އަނީލް ކުރުކޮށް ބުނި ލަފުޒުގެ ސަބަބުން އައިނާ އުފަލުން ދޮރުހުޅުވާފައި ބޭރައް ފުއްމާނުލީ ކިރިޔާ އެވެ. “އަސްލުވެސްތަ؟ އޯއެމްޖީ އޯއެމްޖީ..” އުފަލުން އައިނާ އައް ކިޔޭ ނުކިޔޭ ނޭންގުނެވެ.

***

ރަށުގެ ތާރުމަގުން ލައިފައި ހެޔޮވަރު ދުވެއްޔެއްގައި އައި ކާރު މަޑުކޮއްލީ ގަނޑުވަރެއްހައި ތަނަވަސް ބޮޑު ރީތި ގެއެއް ކުރިމައްޗަށެވެ. ‘ކްރިސްޓަލްގެ’ އޭ ބުނީމައި ނޭންގޭ މީހެން ނުހުންނާނެއެވެ. އެކާރު ފެނުމުން ސެކިއުރިޓީ ގާޑު ގޭޓް ހުޅުވާލާ ދިނެވެ. ވޯކްވޭ އިންލައިފައި ކާރުގޭގެ ދޮރުމައްޗައް މަޑު ކޮށްލިއެވެ. އެގެފެނިފައި އިސްރާގެ ހިތް ނުތަނަވަސް ވާންފެށިއެވެ. އަނީލް އަކީ މިފެންވަރުގެ މީހެއްކަމެއް ކުރިއަކޫ ނޭންގެއެވެ. އަނީލް އާއި އިނދެގެން ސާދަ އަހަރު ވީއިރު ފިރިމީހާގެ ގެ މިފެނުނީ އަލަށެވެ. އިސްރާގެ ޙާލު އެނގިގެން ތޯއްޗެކެވެ. އަނީލް އިސްރާގެ އަތުގައި ހިފައިގެން ގެއަށް ވަންނަން މިސްރާބުޖެހީ އައިނާގެ ފަހަތުންނެވެ. ގެއިން މަރުޙަބާކީ އިސްރާގެ އެއްމެ ދުވަސްވީ އެކުވެރިޔާ އާޝިޔާ އާއި ޚަދީޖާ އާއި އިޔާޒު އެވެ. އައިނާ ވަތްއިރު އަޝްހާގެ ހިލަމެއްވެސް ނެތެވެ. “އާޝިޔައްތާ.. ކޮބާ އަޝޫ؟” ދެކޮޅުބަލާލަމުން އައިނާ އާޝިޔާކުރެން އަހާލިއެެވެ. “އޯހް އަނާ.. އަހަރެންމިހުރީ އޭ.. ކޮބާ ޕްލޭން ކާމިޔާބުތަ؟ އަހަރެން އޭރުވެސް ބުނީމެއްނު އަހަރެންގެ މާސްޓަ މައިންޑްއިން ރާވާ ކަންތައް ފްލޮޕެއް ނުވާނޭ..” އަޝްހާ ފުރަތަމަވެސް ބުނި ވާހަކަ އަކުން އައިނާ އާއި އަނީލްގެ ދެލޯ ކާއްޓެކޭ އެއްގޮތެވެ. އެދެމީހުން ތިބި ގޮތުން އަދި އެކަކައްވެސް އެވާހަކަ ނޭންގޭކަން އަޝްހާ އަށް ރޭކާލިއެވެ. އަޝްހާވެސް ކުރެވުނު ކަންތަކުގެ މޮޔަހިތައް އަރަމުން ދިޔައެވެ. “މިހާރު މިއަޝްހާ ކޮންކަމެއްކުރީ؟؟” އާޝިޔާ ނުރުހުންވެފައި ސުވާލިކުރިއެވެ. އައިނާ އާއި އަޝްހާ ކިޔައި ނުދޭނެކަން އިނގުމުން އަނީލް އޭގެ ތަފުސީލު ކިޔައިދިނެވެ. “ޕިސް ޕިސް… އަނީލް ތިވަރު ނުކުރިއަސް އަހަރެން އައިސް ދާނަމޭ!!! ރީތިކޮށް ހަމަޖެހިގެންވެސް ވާހަކަ ދެއްކުނީސް އެއްނު؟” “އާން… ފުރަތަމަ ދިޔަދުވަހުވެސް ރުޅިއައިސްގެން ޓޮމާޓޯ އެއްހެން… ދެވަނައަށް ދިޔަދުވަހު ވާހަކަ ނުދައްކާ ދާންވެގެން އަނެއްކާ އިރާ ތިބުނީ ހަމަޖެހިގެން ވާހަކަ ދެއްކޭނެ ނޫންހޯ؟” އަނީލް އެއްމެ ތަންފުކެއްވެސް ދޫނުކޮށް ފެށިއެވެ. “ބަލަ ދޮންބޭ!! ކާކުގެ ބެސްޓް ފްރެންޑެއް…” އާޝިޔާ ބުމަ ހިއްލާލާފައި ބުނެލިއެވެ. ހީވަނީ ހަމަ އަޝްހާ ހެންނެވެ. އާޝިޔާ މިހެން ބުނުމުން އެކަން އެބައިނގެއޭ އަނީލް ބުނެލިއެވެ. “ޕިސް ޕިސް ސާބަސް.. ބޮޑެތިވެ ދަރިންނަށް ތޭރަ ސާދަ އަހަރުވާއިރުވެސް ތިހުންނަނީ އަދި ފަސް އަހަރު ކުދިންގެ ވިސްނުން..” އެމީހުންނާއި ދިމާއަށް ބަލާލާފައި އިސްރާ ގެންގޮސް ސޯފާގައި ޚަދީޖާގާތު ބޭންދިއެވެ. އެހެން މީހުންވެސް ގޮސް ސޯފާތަކުގައި ހަމަޖެހިލިއެވެ.

“މަންމާ އިނގޭތަ؟ މާދަން އެއީ އަހރުމެންގެ ފޯރޓީންތް ވެޑިންގ އެނިވާސަރީ..” އަނީލް ދަތްޕިލަ އަތައް ނަގައިގެން އިނދެ ބުނެލިއެވެ. “އެހެންތަ؟ އެހެންވީ އިރު ޖެހޭނެ ގްރޭންޑް ޕާރޓީ އަކައް ހަދަން.. މަޝްހޫރު ބިސްނަސް ކުރާ މީހުންނާއި ނޫސް ވެރިންނާއި ދެން ފެމިލީ.. ނޫސްތަކުގެ ހެޑް ލައިންގަ ‘މަޝްހޫރު ޒުވާން ވިޔަފާރިވެރިޔާ އަނީލްގެ އަންހެނުންނާއި އަންހެން ދަރި އަދި އެމީހުންގެ ސާދަވަނަ ވެޑިންގ އެނިވާސަރީގެ ގްރޭންޑް ސެލެބްރޭޝަން’…..” އެހެން އެކަކައްވުރެ ކުރިން ފެށި އިޔާޒުގެ ވާހަކަ ނިންމި އިރު އިސްރާ އާއި އިސްރާ ކައިރީ އިން އައިނާ ތިބީ އަނގަ ނަގައިގެންނެވެ. އެއީ އެމީހުން ހުވަފެނަކުވެސް ނުދޭކޭ ކަންތައް އިޔާޒު ކިޔުމުންނެވެ. އިޔާޒު މާދަމާގެ ޝެޑިއުލް ރާވާލިއެވެ. ” އެތެދެއް އިޔާޒު ބުނިހެން ރަނގަޅު ވާނެ.. އަދި އިޝާ އަށް ނުގޮވާ.. އެހެން ވީމާ މިރޭ އެންމެން ކައިގެން އަށް ގަޑި ބަޔައް ބާޒާރު ކުރަން…” ޚަދީޖާވެސް މިހާރު ބޭނުމީ އަނީލްގެ ދިރިއުޅުން އެއްމެ ފުރިހަމަ އަށް އެއްމެ އުފާވެރިކޮށްވެ. ހިތް ނުތަނަވަސް ބެފައި ތިބީ އައިނާ އާއި އިސްރާ އެވެ. އެހާ މީހުން ގިނަ ތަންތަނައް ގޮސް ނޫޅޭ ތީވެ ދެމީހުންވެސް ޖެހިލުން ވަނީ އެވެ. “އެކަމަކު އަހަރެން…………..” “ދަރިފުޅާ… މަންމަ އަށް ޓަކާވެސް..” ޚަދީޖާ އިސްރާގެ ޙާލު އިނގުނެވެ. ނަމަވެސް މިޢާއިލާ ތެރޭގައި އުޅޭ އިރު އެކަހަލަ ކަންތައްތަކާވެސް ކުރިމަތި ލާން ޖެހޭނެއެވެ. “ތިޔެއްނޫނޭ… ދަރިފުޅާ! މަންމަ އަށް ޢާއިލާ އާއި ބެހޭ ގޮތުން ކިޔައިދީބަލަ……” ޚަދީޖާ އެއްމެ އިނގެން ބޭނުންވި މަޢުލޫމާތު ހޯދަނވެގެން އަހާލި އެވެ. “ހަނދާން ވާން ފެށި އިރުއްސުރެ އުޅެނީ މަންމަ އާއި ބައްޕަ ކައިރީ… ހީކުރީ މަންމަ އަކީ މިރަށު މީހެއް ކަމައް….

އެއީ އަހަރެންނަށް އުމުރުން ސޯޅަ އަހަރުގައި. މަންމަ ނިޔާވިދުވަހު އެޝޮކުގައި ބައްޕަވެސް ނިޔާވީ.. ބައްޕަ އަކީ ހާރޓް ޕޭށަންޓެއް… ބައްޕަ އަކީ މިރަށައް އުފަން މިރަށު މީހެއް..” އިސްރާ ކިޔައި ދިނެވެ. “ދޮންބެދައްތަ ނުބުނަމެއްނު ދޮންބެދައްތަގެ މަންމަގެ ރަށެއް!!!” އަޝްހާ ބުނެލިއެވެ. “އެތެދެއް އިރާ ބުނެބަލަ..” އަނީލްވެސް އިނގެން ބޭނުންވިވަރުން ބުނެލިއެވެ. “މާލެ، ހ. ޕިންކްރޯޒް” އިސްރާ މިހެން ބުނެ ނިމުނު އިރު ޚަދީޖާ ހުރީ ކޮޅަށެވެ. “އިސްރާ ތިހަމަ ތެދުތަ؟ ކިހިނެތް އިނގެނީ؟؟” “ލައްބަ.. އިހަކަށް ދުވަހު ކޮޓަރި ސާފު ކުރަނިކޮށް ފެނުނީ މަންމަ އާއި ބައްޕަގެ ކައިވެނީގެ ސެޓްފިކެޓް. އޭގައި އޮތީ އެހެން.” އިސްރާ ޔަޤީން ކަމާއެކު ބުނެލިއެވެ. “މާމަ އާއި ކާފަ އަށް ކިޔަނީ ކޮން ނަމެއް؟؟” އައިނާ އެހެން ބުނީ ޚަދީޖާގެ ހިތުގައި އޮތް ސުވާލު އިނގިގެން ތޯއްޗެކެވެ. “ބައްޕަ އަށް ކިޔަނީ އިބްރާހިމް ޢަލީ.. މަންމަ އަށް ކިޔަނީ……” އިސްރާ މިހާހިސާބައް ބުނި އިރު ޚަދީޖާ ހުރީ ނޭވާ ހިފަހައްޓައިލައި ގެންނެވެ. “ޙާޖަރާ ޔޫސުފް” އިސްރާ އަށް ބުނެނީ މިހާ ހިސާބަށެވެ. ޚަދީޖާ އިސްރާގެ ގައިގައި ބާރަށް ބައްދައިގަތެވެ. “ތީ ހަމަ އަސްލައްވެސް ޙާޖަރާގެ ކުއްޖެއްތަ؟” ޚަދީޖާ އިސްރާ ދުރުކޮށްލަމުން ބުނެލިއެވެ. “ލަ.. ލައްބަ” އިސްރާ ކުޑަކޮށް ހާސްވާ ގޮތް ވިއެވެ. “މަންމާ ކިހިނެތްވީ؟” އިޔާޒަށް ނީންދެވިގެން އަހާލިއެވެ. “މަންމަގެ ނަމަކީ ޚަދީޖާ ޔޫސުފް. އުފަނރަށަކީ މާލެ. އެޑްރެހަކީ ހ. ޕިންކްރޯޒް..” ޚަދީޖާ ނުސީދާކޮށް ބުނި ނަމަވެސް އެންމެންނަށްވެސް އެބުނީ ކީކޭކަން އިނގުނެވެ. އެންމެން ވެސް ތިބީ ލިބުނު ޚަބަރަކުން ޝޮކް ޖެހިފައެވެ. “އެކަމަކު މަންމާ.. ކާފަ ބުނީ ދެކުދިންނޭ ތިބެނީ.. އެހެންކަމަށް ވާނަމަ ކީއްވެ ދެކުދިންނޭ ބުނީ.. ވަރަށް ބޮޑު ކަމެއްވީމައެއްނު؟” އަނީލް އެހެންބުނީ އޭނާއަށް ކާފަ ދޮގު ހަދަން ޖެހުނު ސަބަބެއް ނުވިސްނުމުންނެވެ. “ދޮންތަ (ޙާޖަރާ) ، ހުމައިދާއި އަހަންނަކީ އަކީ އޭރު މަޝްހޫރު ވިޔަފާރިވެރިޔާ ޔޫސުފް މުޙައްމަދުގެ ދަރިން.. އިބްރާހީމާއި ޙާޖަރާ ދިމާވީ އިބްރާހީމް އޭނާގެ ބައްޕަގެ އެދުމަށް މާލެ އައި ދަތުރަކު.. ދޮންތަ ހުރިހާ ވާހަކަ އެއް އަހަންނަށް ކިޔާދޭނެ… ދޮންތަ އެއްމެ ބޮޑު ވާނީ.. ދެން އިންނާނީ އަހަރެން.. އަނީލް މެންގެ ބޮޑު ތިއްތި އަކީ އެއްމެ ކުޑަމީހާ…

ދޮންތަ އިބްރާހީމާ އިންނަން ބައްޕަ ކައިރީ އެދުމުން ބައްޕަ ވަގުތުން ދެކޮޅުހެދި.. އިބްރާހީމަކީ އެހާ ފޯރާ މީހެއްނޫން.. އަނެއްކާ އަނެއްކޮޅުން ބައްޕަ އޮތީ ބައްޕަގެ ވިޔަފާރި ޕާރޓްނަރެއްގެ ދަރިއަކާއި ކައިވެނު ހަމަޖައްސާ ނިމިފައި.. ކައިވެނި ކުރަން ހަފްތާ އަކަށް ވެފައި ހުއްޓާ ދޮންތަ ފިލީ.. ބައްޕަ ވަރަށް ރުޅި އައި.. އަދި ބުނި ތިމަންނަގެ ނުހުންނާނެއޭ ޙާޖަރާ ކިޔާ ދަރި އަކުވެސް.. މަންމަ ވަރަށް އާދޭސް ކުރި ތިހެން ނުހަދާށޭ ކިޔައިފައި.. ދެން މަންމަ ހާރޓް އެޓޭކެއް ޖެހިގެން މަރުވީ… އަހަރެން އެހީ ކައިވެނި ކެންސަލް ދޯއޭ.. މިހާރު އެހުނު މޮޔަ.. އަހަރެއް ފަހުން ހަމަ އެމީހާގެ ދެން އިން ކުއްޖާޔާ އަހަރެންގެ ކައިވެނި ހަމަ ޖެއްސި.. އޭރު އަހަރެންގެ ވެސް ކަމުދާ މީހަކު ހުރޭ.. ވަގުތުން އެޚިޔާލު ދޫކޮށްލީ ދޮންތަހެން އަހަރެން ހަދައިފިއްޔާ އަނެއްކާ ބައްޕަ…….. ދޮންތަ ފިލިއިރު ހުމައިދު އަށް ވާނީ ގާތް ގަނޑަކަށް އެގާރަ އަހަރު.. އަހަރެން ހެޔޮ ހިތުން އިނިން… ހީކުރި ގޮތާޚިލާފައް އިސްމާޢީލް ވަރަށް ހެޔޮ.. އެކަމަކު އަހަރެން ދުވަހަކުވެސް ހީނުކުރަން އަހަރެންގެ ބައްޕަހެން އިސްމާޢިލު އަނީލް އަށް އެހެން ހަދައިފާނެ ކަމަށް… މިއަދު ވަރަށް އުފާ ވެއްޖެ ތިއީ އަހަރެންގެ ދޮންތަ ކުއްޖެއްކަން އިނގުނީމައި.” ޚަދީޖާ އިސްރާގެ މޫނު ދެފަރާތުގައި ހިފަހައްޓާލަމުން ބުނެލިއެވެ. “ބަލާބަލަ.. ދޮންތަގެވެސް ހުންނާނީ މަޑު މުށިކުލައިގެ ލޮލެއް.. އިސްރާގެ ވެސް މިހުރީ މަޑު މުށި ކުލައިގެ ލޮލެއް…” ޚަދީޖާ އިސްރާގެ ލޮލައް ބަލާލާފައި ބުނެލިއެވެ. “އެހެންވީމާ…. ކޮއްމެ ގޮތެއްވިއަސް އިރާގެ ރޫޓް މިނިމެނީ މިގެއައް ދޯ މަންމާ” އަނީލް ޚަދީޖާ އަށް ދޯއެއް ދެމުން މަޖާވެލައިފައި ބުނެލިއވެ. ޚަދީޖާ ވެސް ހޫމް އެއް އަޅުވާލިއެވެ. “ކޮބާ އެންމެން.. ދެންދޭ ނަމާދައް.. ނަމާދު ކޮށް ނިމިގެން އަންނަން ވާއިރަށް ކެއުން ހުންނާނީ ތައްޔާރު ވެފައި…” އާޝިޔާ އިޝާ ނަމާދަށް ބަންގި ގޮވާ ނިމުމުން ބުނެލިއެވެ. އަނީލް އާއި އިޔާޒު މިސްކިތައް ދާން ހިނގައި ގަތެވެ. އަޝްހާ ދިޔައީ އައިނާގެ ކޮޓަރި ދައްކާށެވެ. “އަނާ އަހރެންގެ ކޮޓަރި އާއި ޖެހިގެން ކަނާ އަތައް އޭނީ އަނާގެ ކޮޓަރި.. ދޭބަލަ.. ތަޅުދަނޑި އިންނާނާ އެތެރޭގައި.. އަހަރެން މިދަނީ ނަމާދު ކުރަން.. އަނާވެސް ދޭ ނަމާދު ކޮށްލައިގެން އަންނަން…” އަޝްހާ ބާޒާރު ކުރަން ދާހިތުން އަވަހަށް ބުނެލާފައި ، ކޮޓަރި އަށް ވަދުނެވެ. އައިނާ ވެސް ކޮޓަރި އަށް ވަދުނެވެ. ތަނަވަސް ރީތި ކޮޓަރި އެކެވެ. މުޅި ކޮޓަރީގައި މެގަންޓާ ކުލަ ލެވިފައި ވާއިރު  އެވަށް އެނދުގައިވެސް އަޅައިފައި ވަނީ ކޮޓަރި އާއި ގުޅޭނެހެން ލައިލެކްމާ ކުރަހައި ފައިވާ ބެޑްޝީޓް އެކެވެ. އައިނާ އަވަސް ވެގަތީ ނަމާދު ކުރާށެވެ.

***

އާޝިޔާ ދިޔައީ އިސްރާ ގޮވައިގެން އަނީލްގެ ކޮޓަރި ދަށްކާށެވެ. އާޝިޔާ ދިޔައީ އެގޭގެ ކަންހިނގާގޮތް ކިޔައިދެމުންނެވެ. ޚަދީޖާ އަކީ ގަވާއިދައް ލޯބި ކުރާ މީހެއް ކަމުން އެގޭގައި ހުރިހާ އެނމެން އެއްކޮށް ކާން އަރަން ޖެހޭނެ ކަމަށާއި މެންދުރު ކައިގެން އެނމެން އެއްކޮށް ވާހަކަ ދައްކާލަން ތިބުމަކީ އާދައެއްކަން ކިޔައިދެމުން ދިޔައެވެ. “އާޝި އަށް އިނގޭތަ؟ ކިޔަވަން ދިޔައީމައި އަހަރެން ފޫހިވެގެން ކުރާނެ ކަމެއް ނޭނގުނު…” “ދެން ކޮއްމެ ދުވަހަކު އަހަރެން ހަނދާނުގައި ބީޗައް ދޯ ދަނީ؟” އާޝިޔާ އަހާލިއެވެ. “ކިހިނެތް އިނގުނީ؟” އިސްރާ ހައިރާންވެފައި އަހާލިއެވެ. “އާފްޓަ އޯލް ކާކުގެ ބެސްޓް ފްރެންޑެއް؟؟” އާޝިޔާ އެއްލޯ މަރާލަމުން ބުނެލިއެވެ. “އަން މިއޮތް އާދެވުނީ… އިސްރާ ކޮއްމެ ދުވަހަކު މިކޮޓަރިއަށް ވަދެފައި ނިކުންނަން ވެއްޖިއްޔާ އިލޮއްޓަކަށް ވާނެ.. މިހާރު ތިހުރީ ދަނޑި ބުރިއެއް ހެން ވިއްޔާ..” އާޝިޔާ އިސްރާ އާއި ސަމާސާ އެއް ކޮށްލިއެވެ. “އަހަންނަކަށް ނޭނގެ އޭރު އެއްގޮތަކަށްވެސް އަޝްހާ އެއީ އާޝިގެ ކުއްޖެއް ކަމެއް…” އިސްރާ އާޝިޔާ ގާތު ބުނެލިއެވެ. “ޔާ.. އަހަންނަވެސް ނޭނގެ އައިނާ އެއީ އިސްރާގެ ކުއްޖެއް ކަމެއް.. ދެން އެއްގޮތަކުން ރަނގަޅެއްނު.. އަނާ އާއި އަޝޫ ދެމީހުންވެސް އެއީ ބެސްޓް ފްރެންޑް… އެމީހުންމެ މޮމްސް ގޮތައް..” އާޝިޔާ އިސްރާ އަށް ބަލާލަމުން ބުނެލިއެވެ. “އާޝީ… އަނީލް ކީއްވެ މިހާ އެތެރެއިން އިންނަ ކޮޓަރިއެއް ގައި އުޅެނީ..” އިސްރާ އާޝިޔާ ކުރެން އަހާލިއެވެ.  އާޝިޔާ އާސްކް ޔުއާރ ހަޒް އޭ ބުނަމުން އޭނާގެ ކޮޓަރިއަށް ވަދުނެވެ. އިސްރާވެސް ދެކޮނޑު ހިތްލާ ލައިފައި ކޮޓަރިއައްވަދެ ނަމާދު ކުރަން އަވަސް ވެގަތެވެ.

***

އަނީލް އާއި އިޔާޒު ގެއައް އައިރު އެންމެން ތައްޔާރުވެގެން ތިއްބެވެ. “އެންމެން ނަކަށް ކާރަކަށް ނޭރޭނެ އެއްނު؟” ޚަދީޖާ ބުނެލިއެވެ. “ނުކާތަ ދަނީ؟” އާޝިޔާ އަހާލި އެވެ. “ޔެސް” “ޔެސް” އައިނާ އާއި އަޝްހާ ދެމީހުން އެއް ފަހަރާ ބުނެލިއެވެ. “އޯކޭ” އާޝިޔާ ބުނެލިއެވެ. “އެހެން ވީމައި އަހަންނާ އިޔާޒު ދާނަން އިސްރާ އާއި އާޝިޔާ ގޮވައިގެން ސައިކަލުގަ… ދެން ޑްރައިވަރަށް ގުޅަބަ އިޔާޒު.. މަންމަ އަށް އެރިދާނު ކާރުގެ ކުރިއަށް!!!! އަނާ އާއި އަޝްކޮ އަރާނެ ފަހަތައް.. އަހަރުމެންގެ ފަހަތުން ކާރު އަންނާނެ…” އަނީލް ހަދަން ވީގޮތް ކިޔައި ދިނެވެ. ޑްރައިވަރު އައުމުން އެންމެން ނައްޓާލިއެވެ. އެރޭ ބާޒާރު ކޮށް ނިމިގެން އައިއިރު ބާރަޖަހަން ކައިރި ވެއްޖެއެވެ.

***

ކްރިސްޓަލް ގޭގެ ކޮޅުކޮޅަށް ފެންނަނީ ނޯކަރު ވަށި ގަނޑު ތަކާއި އެއްޗެހި ހިފައިގެން ދުވާތަނެވެ. ދެނޯކަރަކު ބޮކިފަތިތަށް އެލުވަން ހަރުގަނޑައްވެސް އަރައި ތިއްބެވެ. “މަންމާ.. މަންމާ..” އައިނާ ގޮވާ އަޑަށް ކާގޭ ގައި އިން އިސްރާ ދުވެފައި މައްޗައް އެރި އެވެ. “ކިހިނެތްވީ؟” ކޮޓަރީގައި އިން އަނީލް ވެސް އައިނާ މާ ބާރަކަށް ގޮވާތީ އައެވެ. “އަޅެ މަންމާ.. މިހެދުން ވަރަށް ބޮޑު… ހީވަނީ ގޯންޏެއް ހެން..” އައިނާ އޭނާ އަށް ގަތް ހެދުމަށް އީޝާރާތް ކުރަމުން ބުނެލިއެވެ. “ތީ އެއްވެސް ކަމެއް ނޫނެއްނު… ހިނގާ ދާން އާހެދުމެއް ގަންނަން…” އަނީލް އައިނާގެ ބޮލުގައި ފިރުމާލަމުން ބުނެލިއެވެ. އައިނާ ހެދުން ގަނެގެން އައި އިރު އަޝްހާ އެދެމީހުންގެ މަސައްކަތައިގެން އުޅުނެވެ. “އަނާ އަވަސް ހިނގާ ދާން..” އައިނާ އާއި އަޝްހާ ، އަޝްހާގެ ކޮޓަރި އަށް ދިޔައެވެ. އިރުކޮޅެއްނުވެ އަޝްހާގެ ކޮޓަރި ހީވަނީ ކަރުދާހުގެ ތޫފާނެއް އައިސް އޮތްހެންނެވެ. އެދެކުދިން ތިބީ މިރޭ އޮންނާ ޕާރޓި އަށް މާކަފާށެވެ. އިރުކޮޅަކުން އަނީލް އާއި އިޔާޒު އައިސް އުނދަގުލެއް ކޮށްފާނެއެވެ. އިސްރާ ދިޔައީ އައިނާ އާއި އަޝްހާ އަށް ހެނދުނުގެ ނާސްތާ ކުރަން ގޮވާށެވެ. އާޝިޔާ ދިަޔއީ އެމީހުންނަށް ކިހާވަރެއް ވިތޯ ބަލާށެވެ. އިސްރާ އާއި އާޝިޔާ އަށް ތަޅުގައި ހިފުނީ އެއްފަހަރާއެވެ. ދެމީހުންވެސް ހިނިތުން ވެލާފައި ކޮޓަރި ތެރެއަށް ވަތްއިރު ހިތް ނުހުއްޓުނީ ކިރިޔާ އެވެ. ބާރަކަށް ދެމީހުން ހަޅޭއް ލަވައި ގަތެވެ. މިއަޑަށް ކޯރިޑޯގައި ތިބި އަނީލް އާއި އިޔާޒުވެސް ކޮޓަރިއަށް އައީ ހާސް ކަމާއެކުއެވެ. އެދެމީހުން ވަދެވުނުކަމެއް ނޭނގެއެވެ. އިސްރާ އާއި އާޝިޔާ ގޮސް އޮޅުލައި ގަތެވެ. އެމީހުންނަށް ފެނުނީ އައިނާ އާއި އަޝްހާ ބިރުވެރި ގޮތަކަށް މޭކަޕް ކޮށްފައި ހުއްޓައެވެ. އަދި އަނީލް އާއި އިޔާޒު ކަމަށް ހީކޮށް އެދެމީހުން ސިއްސުވާލެވުނީ އެވެ. އަބަދުވެސް ޖިންނި ، ބިރުވެރި އެއްޗެހިދެކެ ބިރުގަންނަ އިސްރާ އާއި އާޝިޔާ މޭގަނޑު އަނގައަށް ނައީ ކިރިޔާ އެވެ. އެދެމީހުން ގައިން ދޫކޮށްލައިފައި އައިނާ އާއި އަޝްހާ އާއި ދިމާއަށް ބަލާލިއެވެ. “ތީ ކޮންކަމެއް؟؟” އިސްރާ އައިނާ ކުރެން އަހާލިއެވެ. ފަހަތުގައި އަނީލް އާއި އިޔާޒު ތިބެގެން އަނގަމަތީ އަތް އަޅައިގެން ހެނީ އެވެ. އެމީހުންނަށް ދޭވެގެން އުޅުނު ލަނޑު މިލިބުނީ އެއްމެ ނުލިބޭންވީ ފަރާތަށެވެ. “މީ މަމް… އަނެއް މީ.. އެއީ……….” “ޑޭޑް މެން އުނދަގޫ ކުރާތީވެ އެމީހުންނަށް ދޭންވެގެން ހެދި ގޮތެއް މީ.. އާއެހެންޏަ…. އަހަރުމެން ހަދާ މާކޮޅު ކޮންމެސް މީހަކަށް ދޭށެ ކިޔައިފައި ހިފައިގެން ދަނީ…” އައިނާ އަށް ވުރެ ކުރިން އަޝްހާ ތެދައް ބުނެލިއެވެ. އަޝްހާ ބުނެލި އެއްޗަކުން އަނީލް އާއި އިޔާޒުގެ ދެލޯ ބޮޑުވިއެވެ. ވަގުތުން އިސްރާ އާއި އާޝިޔާ އެދެމީހުންނާއި ދިމާއަށް އެނބުރުނެވެ. އަޝްހާ ތަނަށް ބޮމެއް ގޮށްވާލައިފައި ޓަޗެއް ޖަހާލިއެވެ. “ހިނގާ ޕޮޕް ކޯން ހިފައިގެން ޝޯވް ބަލަން އަންނަން..” އަޗްހާ އެއްލޯ މަރައިލައިފައި ބުނެލިގޮތުން އައިނާ ގާތަށްވެސް ހިނި އައެވެ. “އެތެދެއްތަ؟؟؟” އާޝިޔާ އިޔާޒު ކުރެން އަހާލިއެވެ. “އާން.. ނޫން.. މީ އެހެން.. ނޫން..” އިޔާޒު އަނީލް އަށް ބަލާލާފައި ލޮލުން ކިޔާދޭށޭ ބުނެލިއެވެ. އަނީލްވެސް ލޮލުން މަކަށް ނުކެރޭނެއޭ ބުނެލިއެވެ. އިސްރާ އާއި އާޝިޔާ ދެމީހުން ދެމީހުންނަށް ބަލާލައިފައި ބިނދި ބިނދިފައި ހޭންފެށިއެވެ. އެހުނުމުގައި އައިނާ އާއި އަޝްހާ ވެސް ބައިވެރި ވިއެވެ.

އަޝްހާ ، އިޔާޒު އާއި އަނީލް ދެމީހުން ދެމީހުންނަށް ބަލާލާފައި ހީގަތްވަގުތު އެއްލޯ މަރައިލައިފައި އެހެން ބުނެލީ އެދެމީހުންނަށް ފަހުމް ވާނޭ ގޮތަށެވެ. އިސްރާ އާއި އާޝިޔާ އެދެމީހުންނަށް ވާގޮތެއް ބަލައިލާންވެގެން އެހެން ބުނެލީ އެވެ. އަނީލް އާއި އިޔާޒުއަށް އެކަން އިނގުމުން ވަރަށް ރަކި ވިއެވެ. “އާން އަދި އެބަޖެހޭ އެއްޗެއް ގަނެލަން..” މިހެން ކިޔައިފައި އެދެމީހުން ނިކުމެގެން ދިޔައެވެ. “އެބައަންނަން ކޮޓަރިއަށް ވަދެލާފައި..” އަނީލް ނިކުމެފައި މިހެން ކިޔައިފައި އޭނާގެ ކޮޓަރިއަށް ދިޔައެވެ. އިޔާޒު ސިޓިންގ ރޫމްގެ ކަންކަން ހުރިގޮތް ބަލާލަން ތިރިޔަށް ދާން ހިގައިގަތެވެ.

***

“އައްސަލާމް ޢަލައިކުމް” ކޮނޑުގައި ބެކްޕެކެއް އަޅުވައިގެން ހުރި މެދު އުމުރު ފިރިހެނަކު ގޮވާލިއެވެ. އެމީހާގެ ކަނާތް ފަރާތުގައި ދޮން ރީތި މެދު އުމުރެއްގެ މީހަކު އިނެވެ. އެފިރިހިން މީހާގެ އަނެއްފަރާތުގައި ބުރުގާނާޅާ އަންހެން ކުއްޖަކު އިނެވެ. ބަލާބެލުމަށް ގާތްގަނޑަކަށް ވާނީ ނަވާރަ އަހަރެވެ. އަނެއް އަންހެން މީހާ ކައިރީ ގާތްގަނޑަކަށް އުމުރުން ސާދަ ވަރަކަށް އަހަރު ފިރިހެން ކުއްޖެއް ހުއްޓެވެ. އޭނާގެ ލޯ ރޭބަން އަވިއައިނަކުން ފޮރުވައިލެވިފައި ވާއިރު އިސްތަށިގަނޑު ވަނީ ރީތި ވަރަކަށް ކޮށާލެވިފައެވެ.

“އޯ މައި ގޯޑް!!!! ތިއްތި……. ވަޓް އަ ޕްލެސެންޓް ސަޕްރައިޒް!!!! މަންމާ! ދޮންބޭ! އެންމެން އާދެބަލަ..” ސިޑިން ފައިބަމުން އައި އިޔާޒު އަށް ދޮރުމަތީ ތިބި މީހުން ފެނިފައި އުފަލުން ސިޑިން ނުވެއްޓުނީ ކިރިޔާ އެވެ. “ހުމައިދު!! ކޮންއިރަކު އައީ؟… މަރިއަމް އާއި ދެކުދިން ވެސް ގޮވަގެންތަ؟ ވަރަށް ބަރާބަރަށޭ ތިއައީ… އަހަރެމެންނަށް ސަޕްރައިޒެއް ދިނީތީ ހުމައިދަށް ވެސް އެބައޮތޭ ސަޕްރައިޒެއް… އިސްރާ…” ޚަދީޖާ މިހެން ކިޔައިފައި އިޔާޒު އަންނާށޭ ބުނެގެން އެދިމާ އަށް އައި އިސްރާ ފެނިގެން ގޮވާލި އެވެ. “މީކޮން ކުއްޖެއް؟… ހާދަ ދަންނަ ވައްތަރެއް ޖަހައޭ..” ހުމައިދު އިސްރާ އަށް ބަލާލަމުން ލޯކުޑަކޮށްލައިފައި ހަނދާން އާކުރާ ގޮތަކަށް ހަދާލަމުން ބުނެލިއެވެ. “ހީވެއޭ؟؟ ޔަޤީނެއް ނޫންތަ؟ ހުމައިދު ހަނދާންވޭތަ ދޮންތަ؟” ޚަދީޖާ ހުމައިދުގެ ކުރީގެ ހަނދާނެއް އާދޭތޯ ބެލިއެވެ. “ދޮންތަ ދޯ؟ އަހަރެން ދޮންތަ މަތިން ވަރަށް މިސްވޭ.. މިހާޜުވެސް ހިތައް އަރާ ދޮންތަ ފެންނާނެ ނަމައޭ..!” ހުމައިދުގެ ލޮލަށް ކަރުނަ ޖަމާވާތީ ދުރުބަލާލަމުން ބުނެލިއެވެ. “ހުމޭ… މީ އިސްރާ.. އިސްރާ އަކީ އަހަރުމެން ދޮންތަގެ ކުއްޖެއް!!!” ޚަދީޖާ މިހެން ބުނާއިރަށް ހުމައިދު އިސްރާ އަށް ބަލާލިއެވެ. އާނއެކެވެ! އެއީ ހަމަ އޭނާގެ ދޮންތަގެ މޫނެވެ. ވައްތަރުމިވީ މިހެންވެތާއޭ ހުމައިދުގެ ހިތަށް އެރިއެވެ. “އެހެންތަ!!!! ދެން ކޮބާ ދޮންތަ…” ހުމައިދު އޭނާގެ ދޮންތަ ގާތު އަދި ވަރަށް އުފާވެރި ޚަބަރެއް ވެސް ދޭން އެބައޮތެވެ. ހުމައިދު ހުރީ އޭނާގެ ދޮންތަ ފެންނަން އުޅޭކަމަށް ވަރަށް އުފަލުން ނެވެ. “ދޮންތަ ނެތް..” ޚަދީޖާ އިސްޖަހާލަމުން އެހެން ބުނަން ޖެހުނީ ހުމައިދުގެ އުފާވެރިކަން ގެއްލުވާލަން ޖެހޭތީވެ އެވެ. އަދީ އިސްރާ ކިޔައިދިން ވާހަކަތައް ހުމައިދު އާއި ހިއްސާ ކުރިއެވެ. “އަޅެ.. ދޮންތަ އެދިޔައީ.. ބައްޕަ ބުނުއްވީ ދޮންތަ ފެނުނު ދުވަހަކުން ބައްޕަގެ ފަރާތުން މާފަށް އެދެއްޗޭ.. އެއީ ބައްޕަގެ ވަޞިއްޔަތެއް! ދޮންތަ ކިހާ އުފާވީސް އެހެން އެވާހަކަ އިވުނުނަމަ… އަޅޭ..މަންމަ ވެސް ބައްޕަ ވެސް… މިހާރު ދޮންތަ ވެސް… ތިއްތަ ނުދާނަންދޯ އެހާ އަވަހަކަށް…” ހުމައިދު އޭނާގެ ދޮންތަ މަތިން އަދި މާބޮޑަށް ހަނދާންވާން ފެށިއެވެ. ކުރިން ކޮއްމެ ވެސް ދުވަހަކުން ބައްދަލުވާނޭކަމުގެ އުފާވެރިކަން އޮތެވެ. ނަމަވެސް ދެން ދުނިޔެ މައްޗަކުން ދިމަލެއް ނުވާނެއެވެ. ކޮއްމެ ނަމާދަކަށް ފަހު ސުވަރުގެއިން އޭނާ އާއި ދޮންތަ އާއި ބައްދަލު ވުމަށް އެދި އެއްކަޢުވަންތަ ﷲ ޙަޟުރަތަށް ދުޢާ ދަންނަވާނީ އެވެ.

“އަޝޫ.. ދެންގެނެބަލަ.. މަންމާ.. ނިކަން ބަލަ އަޝޫ.. އަޝޫ.. އަ.ޝް.ހާ” ފަހަތުން އައި އައިނާގެ އަތުގައި ނުޖެހޭން ވެގެން ދުވެފައި ސިޑިން ފައިބައިގެން އައި އަޝްހާ ގޮސް ވަނީ އިސްރާގެ ފަހަތަށެވެ. އިސްރާގެ އަނެއްފަރާތުގައި އިން އަނީލް ވެގެން އުޅޭ ގޮތެއް އޮޅުން ފިލުވިއެވެ. “އަޝޫ ނުދިނޭ އަހަރެންގެ ޑައިރީ އެއް.. ދެން ތިދީ” އައިނާ އެފޮތް އަތުލެވޭތޯ އުޅުނެވެ. “ނުދޭނަން.. އަހަރެން މިކިޔާފައި ދޭނީ..” އަޝްހާ މިހެން ކިޔާފައި ފޮތް ހުޅުވާލިއެވެ. “ނޫން..” އައިނާ މިހެން ކިޔާފައި ފޮތް އަތުލިއެވެ. އެހެންމީހުން ތިބީ އަޝްހާ އާއި އެއްކޮށް އިން އަންހެން ކުއްޖެއް ނޭންގިފައެވެ. “މީ ކޮން ކުއްޖެއް؟ އެން ކޮބާ އަނީލްގެ ވައިފް؟” ހުމައިދު ސުވާލު ކުރިއެވެ. “ތިއްތި އަށް ކިހިނެތް އިނގުނީ؟” އިޔާޒު ހުމައިދަށް އެވާހަކަ ތަށް އިނގުނީ ކިހިނެތް ކަމެއް ނޭނގުނެވެ. “އަނީލް ކިޔައިދިނޭ!! ހުރިހާ ވާހަކަ އެއް!!” ހުމައިދަށް ހުރިހާ ވާހަކަ އެއް އިނގޭކަން އެންމެނަށް އިގުނެވެ. “މީޓް މައި ވައިފް.. އިސްރާ..” އަނީލް ކައިރީ އިން އިސްރާ އަށް އިޝާރާތް ކުރަމުން ބުނެލިއެވެ. “އޭން؟؟ އިސްރާއޭ؟؟” ހުމައިދު އެވާހަކަ ސިކުނޑި އަށް ނަގައި ގަންނަން އިރުކޮޅެއް ނެގިއެވެ. “ޔެސް..” އަނީލް ބުނެލިއެވެ. “ދެން މީ އައިނާ.. މައި ޑޯޓާ..” އަނީލް އައިނާ އަށް އިޝާރާތް ކުރަމުން ބުނެލިއެވެ. “އެހެންތަ ވަނީ؟” ހުމައިދު ، އައިނާ އަނީލް އާއި ވައްތަރުކަން ފާހަގަ ކުރެވުނެވެ.

“ތިއްތި އެން ތިއްތި ދައްތަ؟ ކޮންއިރަކު އައީ.. ހައިފާ ދައްތަ އާއި ހާނިމްބެ ވެސް؟” އަޝްހާ ގޮސް ހައިފާ ގައިގައި ބައްދައި ގަތެވެ. “ހޫމްމް.. އަޝްކޮ ކައިރިއަށޭ މިއައީ..” ހާނިމް އަޝްހާގެ ކޮލުގައި ހިފާލަމުން ބުނެލިއެވެ. “އެހެންވީމައި އިސްރާ ދައްތަ އަކީ ކަޒިންގެ އިތުރުން ފަހަރިއެއްދޯ..” އަޝްހާހެން އަބަދުވެސް އަނގަ ހިމޭނުން ލައިގެން ނީންދެވޭ ހައިފާ ބުނެލިއެވެ. އެންމެން ހީލި އަޑު ވެސް ފަނޑުގޮތަކަށް އިވުނެވެ. “ދެންންން….. ގޭތެރެ މިރީތި ކުރެވެނީ ކޮންކަމަކަށޭ….” ހާނިމް ފަރާތް ފަރާތއް އެނބުރެމުން އަހާލި އެވެ. “އޯހް… ހުރިހާ ކަމެއް ކިޔައިދިން އިރުވެސް އެވާހަކަ ކިޔައި ނުދެވޭދޯ؟ މިއީ މިގޭގައި އަލަށް ތަޢާރަފުވި ކަޕްލްގެ ފޯރޓީންތް ވެޑިންގ އެނިވާރސަރީ..” އިޔާޒު ދެއަތް ޖޯޑު ކޮށްލައިގެން އިނދެ ބުނެލިއެވެ. “އެހެންމާ ޕާރޓީ އެއްދޯ.. ވާއު..” ހައިފާ ޕާރޓީ އެއް ޚިޔާލަށް ގެންނަމުން ބުނެލިއެވެ. “ހައި.. ހިނގާ ކޮޓަރި ދައްކަން… އަނާވެސް އާދެބަލަ އަހަންނާ އެކީ..” އަޝްހާ ހައިފާގެ އަތުގައި ހިފާލަމުން ބުނެލިއެވެ. “އަޝްކޮ.. ހައި ނުކިޔާށޭ… ހައި ދައްތަ ކިޔާ!!” ހައިފާ އަޝްހާގެ ދަށްބޮލުގައި ޖަހާލަމުން ބުނެލިއެވެ. “ދޮންތްސް! އަހަރެންވެސް ގެންދެބަ..” ހާނިމް ހައިފާ އަށް ގޮވާލަމުން ބުނެލި އެވެ. “ޔާ.. ހާނިމްބެ ވެސް އާދެ..” އަޝްހާ ހާނިމް އަށް ވެސް ގޮވިއެވެ. “އޭނީ އަނާގެ ކޮޓަރި އާއި ޖެހިގެން އަހަރެންގެ ކޮޓަރި.. އަހަރެންގެ ކޮޓަރި އާއި ޖެހިގެން އެކޮޅަށް އޭނީ ހައި ދަ.އް.ތަގެ ކޮޓަރި.. އަނާގެ ކޮޓަރި އާއި ޖެހިގެން އެކޮޅަށް އޭނީ ހާނިމްބެގެ ކޮޓަރި.. އަނާ އާދެބަ އަހަންނާ އެކު..” އަޝްހާ ހުރިހާ އެއްޗެއް އެއް ފައްޗަކަށް އަމުނާލައިފައި އައިނާ އަށް ގޮވައިފައި ހައިފާގެ ކޮޓަރި އަށް ވަދުނެވެ. އައިނާ އަޝްހާގެ ފަހަތުން ކޮޓަރިއަށް ވަދުނެވެ. “އަނާ ކީއްވެ މާމަޑުން ތީނީ.. ވާހަކަ ދައްކަބަލަ..” ހައިފާ ، އައިނާ މާދުރުން ، ވާހަކަ ނުދައްކާ އުޅޭތީވެ ބުނެލިއެވެ. “އެއީ އަނާގެ ގޮތް.. މިގޮތަށް އަދި ދިމާވީމަ ތަނކޮޅެއް ބީރައްޓެހީ ދޯ؟ އެހެން ފެނުނީމަ ހަމަ އަހަރެން އުޅޭހެން އަނާ ވެސް ދުވަސްކޮޅަކުން އުޅޭނެ..” އަޝްހާ އައިނާ އަށް ދޯ އެއްލަމުން ބުނެލިއެވެ. “ނޫން.. އެހެނެއްނޫން އަޝޫ.. ކީކޭ ކިޔާފަ ގޮވަންވީ؟؟ އައިނާ ކިޔާގޮތަށް ހައި ދައްތަ ތަ؟” އައިނާ އަހާލިއެވެ. “އާނ.. ދެކުދިންވެސް އެހެން ކިޔަ.. އަޅޭ.. ހައި ދައްތަ އަތަކުނެތޭ ލާނެ ޕާރޓީ އަށް ލާނެ ހެދުމެއް ވެސް..” ހައިފާ ކިންގ ސައިޒް އެނދުގެ ކޮޅުގައި އިށީންނަމުން ބުނެލިއެވެ. “ނޫން.. އެބޮތް.. އަހަރެންނަށް ގަތް ހެދުން ބޮޑު ވެގެން އާހެދުމެއް ގަތުނީ އެބައަންނަން..” އައިނާ މިހެން ކިޔައިފައި ދުމެއް ޖަހާފައި ނިކުމެގެން ގޮއްސި އެވެ. އިރުކޮޅަކުން ހަމަ ޕާރޓި އަށް އެންމެން ގަތް ކަހަލަ ހެދުމެއް ހިފައިގެން އައެވެ. “އެމީހުން ގޮއްސި އަނެއްކާ މިރޭ ޕާރޓި އަށް ލާނެ ހެދުމެއް ގަންނަން… ހައި ދައްތަ ބަލާ އައިމަ އަހަރެން ބުނީ އެބައޮތޭ ހެދުމެއް..”އައިނާ ކޮޓަރިއަށް ވަދެފައި ބުނެލިއެވެ. ހައިފާ އެހެދުން ހޮވަރުތޯ ބަލާލަން ފާޚާނައަށް ވަދުނެވެ. “ވާއު.. ބަރާބަރު ހަމަ..” ހައިފާ ހެދުންލައިގެން ފާކާނައި ނިކުތުމުން އަޝްހާ ބުނެލިއެވެ. ހީވަނީ ހަމަ ހައިފާ އަށް މިން ނަގައިގެން ފަހާފައި އިން ހެދުމެއް ހެންނެވެ. “އަޝު ހިނގާ މާތައް ހަރުކުރަން މެއިޑްސް އަތައް ދޭން ދާން..” އައިނާ މިހެން ކިޔައިފައި ނިކުމެގެން ދިޔައެވެ. “ހައި ދައްތަ ދެން ރެސްޓް ކޮށްލާ.” އަޝްހާވެސް މިހެން ކިޔައިފައި އައިނާގެ ފަހަތުން ނިކުމެގެން ދިޔައެވެ. ދެމީހުން ވަށިގަނޑުތަކަށް މާތައް އަޅައިފައި ހިފައިގެން ގޮސް ޙަވާލު ކުރިއެވެ. އައިނާ ވެސް ވަރުބަލި ވެފައިވާތީ އާ އެއްކޮށް ގޮސް ކޮޓަރި އަށް ވަދުނެވެ. ކޮޓަރީގެ ސައިޑް ޓޭބަލް މަތީގައި ކާތަބަކެއް އިނެވެ. އެއީ އިސްރާ ނޫން ދެވަނަ މީހެއްގެ ކަމެއްނޫންކަން އިނގުނެވެ. އޭނާ ނުކާތީވެ އޭނާގެ ލޯބިވާ މަންމަ ކުރި ކަމެކެވެ. ކާތަށި މަތިނެގިއިރު އެރިމީރުވަހުން ބަނޑު ފުރޭހާ ވިއެވެ. ނަމަވެސް މެންދުރު ނަމާދު ނުކޮށް ހުރުމާއެކު އައިނާ އަވަސް ވެގަތީ ނަމާދު ކުރާށެވެ.

***

ކްރިސްޓަލްގެ ބޮކިފަތިތަކަކުން ދިއްލާލެވިފައިވާއިރު ހީވަނީ ސަހަރެއްގެ މެދުގައި އިން ގަނޑުވަރެއްހެންނެވެ. މީޑިއާތަކުންނާއި ރާއްޖޭގެ މަޝްހޫރު ވިޔަފާރިވެރިންވެސް މިޕާރޓީ އަށް އައިސް ތިއްބެވި އެވެ. އެޕާރޓީ އެއްމެ ހިއްގައިމު ކޮށްފައިވަނީ އެލެން ވޯކާގެ ޑީޖޭ އަށް އައިސެލިން ސޮލްހީމް ކިޔައިފައިވާ ‘ފޭޑެޑް’ ލަވައިގެ ހިތްގައިމު އަޑުންނެވެ. އިރު އިރުކޮޅާއި ލަވަ ބަދަލު ވެއެވެ. ކެމީލާ އާއި އެރިއާނާ ގެ އިތުރުން ޝޯންގެ ހިތްގައިމު ލަވަތައްވެސް އިވެއެވެ. ޚަދީޖާ އާއި މަރިޔަމް ތިބީ ޕްލެއިން ކަޅު ދިގު ހެދުމެއް ލައިފައި ލައިމް ކުލައިގެ ބުރުގަލެ އަޅައިގެންނެވެ. މަރިއަމްގެ ހެދުމުގައި އެކުލައިގެ މިނާ ކޮއްމެސް ވަރަކަށް ހަރުކުރެވިފައި ހުއްޓެވެ. އައިނާ ، އަޝްހާ އަދި ހައިފާ ތިބީ ވަށްތިރި ކޮށް ފަހާފައި އިން ހެދުމެއް ލައިގެންނެވެ. ހީވަނީ ‘ސިންދަރެއްލާ’ ހެންނެވެ. ތަފާތަކީ ހެދުން މަޑު ފެހި ކުލައިގައި ހުރުމުންނެވެ. އިސްރާ އިނީ ޕްލެއިން ބްލެކް އަބާޔާ އަކާއިލައިމް ކުލައިގެ ޝޯލެއް އަޅައިގެންނެވެ. ޢަރަބި ސްޓައިލަށް އަޅާފައި ހުރުމުން ހީވަނީ މެލޭޝިޔާ ކުއްޖެއް ހެންނެވެ. އަނީލް ހުދާއި ކަޅު ކޯޓް ފަޓުލޫނުގައި މަޑު ފެހި ކުލައިގެ ޓައި އެއް އަޅައިގެންނެވެ. އެހެން މީހުން ކަޅު ފަޓުލޫނު ލައިފައި މަޑު ފެހި ކުލައިގެ ގަމީސް ލައިގެންނެވެ. އައިނާ ، އަޝްހާ އަދި ރީމާ އެއްކޮށް އުޅުނެވެ. ހައިފާ ރައްޓެހިން ކޮޅެއް ހޯދައިގެން އެމީހުންނާއި އެކީ އުޅުނެވެ. އިސްރާ އިނީ ފިނިވަފައެވެ. އެކަން އަނީލް އަށް ފާހަގަ ވުމުން އިސްރާގެ އަތުން ދޫވެސް ނުކުރެއެވެ. ދާހާ ތަނަކަށް ދަނީ އިސްރާ ގޮވައިގެންނެވެ. “މިސްޓަ އަނީލް..” ޓީވީ މޯލްޑިވްސްގެ ނޫސްވެރިއެއް އަނީލް ކައިރިއަށް އައިސް ގޮވާލިއެވެ. “ފެމިލީގެ ފޮޓޮއެއް ލިބިދާނެތަ؟” އެމީހާ އަނީލް ގާތު އެދުނެވެ. “ލައްބަ.. ވައި ނޮޓް؟ އައިނާ.. އާދެބަލަ..” އަނީލް އައިނާ އަށް ގޮވާލައިފައި އައުމަށް އެދުނެވެ. އައިނާ ، އަނީލް އަދި އިސްރާ ފޮޓޮއަކަށް އެތުރިގެން ތިބި ގޮތް ވަރަށް ވެސް ރީއްޗެވެ. އެ ޢާއިލާ އެގޮތުގައި އުފަލާއި ހިތްހަމަ ޖެހުމުގައި ލައްވާތޯ އަބަދައް ދުޢާ ކުރަމެވެ.

 • – ނިމުނީ –
 • ***
 • އަޅުގަނޑުގެ ފުރަތަމަ ވާހަކަ ސީރީޒް ކާމިޔާބު ކަމާއެކު ނިންމާލުމުގެ ތަޢުފީޤު ދެއްވި މާތް ﷲ އަށް ޙަމްދުކުރަމެވެ. އަޅުގަނޑު މިވާހަކަ ލިޔަން އެއްބާރުލުން ދެއްވި ހުރިހާ އެންމެންނަށް ޝުކުރު އަދާ ކުރަމެވެ. ޚާއްޞަ ކޮށް އަޅުގަނޑުގެ މަންމަ އާއި ބައްޕަ އަށެވެ. އަޅުގަނޑުގެ ވާހަކައިގައި ހުރި ކުއްތަށް ފާހަގަ ކޮށްލެއްވި ރަނގަޅުކުރަން ކިޔުންތެރިންނަށް ޖަޒާކަﷲ ޚައިރަން.. އަޅުގަނޑުގެ ވާހަކަ ކެތްތެރިކަމާ އެކީ ކިޔާލެއްވި ހުރިހާ ކިޔުންތެރިންނަށް ވަރަށް ވަރަށް ބޮޑަށް ޝުކުރިއްޔާ.. އާވާހަކަ އަކާ އެކު ބައްދަލު ކުރުމުގެ އުއްމީދުގައި ‘އައިނާ’ މިވާހަކަ އާއެކު ނިންމާލަމެވެ. ކިޔުންތެރިންނަށް ޚާއްޞަ ކޮށް ވަރަށް ބޮޑަށް ޝުކުރިއްޔާ
 • .
 • .
 • .

103

6 Comments

 1. Yanaa

  November 25, 2019 at 9:01 pm

  Mi story varah varah reethi..maa sha Allah..😍😍😍😍😍❤❤❤❤❤

  • A aaR

   November 28, 2019 at 2:21 pm

   thnx yanaa

 2. Liyaa

  November 25, 2019 at 9:37 pm

  Mashaa allah v reethi vaahaka yae 😀💞❤️

  • A aaR

   November 28, 2019 at 2:21 pm

   thnx liyaa

 3. heyo edhey

  November 27, 2019 at 10:30 am

  Varah kaamiyaabu kamaaeky vaahaka thi nimmaaly 🙂…feshuneehsure mivaahaka kiyamun midhany…13yrs ge kujjakaa balaafa varah bodu than rangalhu….adhi umuraa gulhey vaahaka liyaa kujjeh kan ingeythee varah ufaa vejje 🙂…Dhen Ahna story ehga ekm miah vure sifakurun ithuru kohlaafa basthah fashuvi kohlan mashakaiy kurahchey…Try ur best dear 🙂….u can do
  …u have the talent….tc <3

  • A aaR

   November 28, 2019 at 2:22 pm

   thnk u v much heyo edhey

Comments are closed.