Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

ލޯބިވަން ޔާރާއޭ 13

ifoo Level 1010 Stories100 Comments100 Login500 Login500 Comments100 Stories1K Comments
November 22, 2019 6 Mins Read
23 Comments

ދެލޯ މެރެމުންދިޔަ ޔަނާލް ފެނި އިކާންއަށް ޔަނާލްގެ ނަމުން ގޮވާލާ ދުވެފައި ގޮސް ޔަނާލްގެ ހަށިގަނޑުގައި ހިފަހައްޓާލެވުނީ ކިރިޔާއެވެ. އޭރު ޔަނާލްގެ ހަށިގަނޑުގައި އެއްވެސް ހަރަކާތެއްނެތެވެ. ދެލޯ މެރިފައިވީއިރު މޫނު މަތީގައިވީ ވަރުބަލިކަމެވެ. ހާސްވެފައިހުރި އިކާން މަޑުމަޑުން ޔަނާލްގެ ކޮލުގައި އަތުން ކޮއްޓާލިއެވެ. ދެތިން ފަހަރު ތަކުރާރުކުރުމުންވެސް ޔަނާލްގެ ފަރާތުން ހަރަކާތެއް ނުފެނުމުން އިކާން އިތުރަށް ހާސްވިއެވެ. އެވަގުތު އިކާންގެ ފަހަތުން ހޯލްވޭއިން ނުކުމެގެން އައި މިކާލްއަށް އެމަންޒަރުތައް ފެނި އަވަސް ފިޔަވަޅުތަކެއްގައި އެދިމާލަށް ދެވުނެވެ. ” އިކް… ޔަނާލް… ކިހިނެއްވީ ޔަނާލްއަށް… ” މިކާލްއަށް އަވަސް އަވަހަށް ސުވާލުކޮށްލެވުނެވެ. ” އަހަރެން އައިއިރު ޔަނާލް ވެއްޓެންދަނީ… މިކް… ކާރު ނެރޭ… އަވަހަށް ހޮސްޕިޓަލަށް ދާން… ” އިކާން ޔަނާލްގެ ހަށިގަނޑު އޭނަގެ އަތްދަނޑި މައްޗަށް ލަމުން އެހެން ބުނުމާއެކު މިކާލް އަވަސް އަވަހަށް ވެއްޓިފައި އޮތް ޔަނާލްގެ ކްލަޗް ނަގާ ކާރު ނެރުމަށް އަވަސްވެގަތެވެ. މިކާލް ކާރު ގެނެސް މަޑުކޮށްލާ ފަހަތު ޝީޓުގެ ދޮރު ހުޅުވާލުމާއެކު އިކާން ޔަނާލްއާއެކު ފަހަތު ޝީޓަށް އެރިއެވެ. މިކާލް އަވަސް އަވަހަށް ޑްރައިވިން ޝީޓަށް އަރާ ހޮސްޕިޓަލަށް ދިއުމަށް ކާރު ދުއްވާލިއެވެ.

ކާރުގައި އިންއިރުވެސް އިކާންގެ ނަޒަރު ޔަނާލްގެ މޫނުން ވަކިނުވެއެވެ. ލޯމެރިފައިވުމުން އެދެލޮލުގެ އެސްފިޔަތަކުގެ ދިގުކަން ހާމަވެއެވެ. މޫނުމަތިން ވަރުބަލިކަން ފެންނަމުން ދިޔައިރުވެސް ޔަނާލްގެ ރީތިކަން ފަނޑުކޮށެއްނުލައެވެ. މޫނު މަތީގެ އެއްފަރާތުން އިސްތަށިކޮޅެއް ޔަނާލްގެ މޫނު މައްޗަށް ނިވާއެޅުމާއެކު އިކާން މަޑުމަޑުން އޭނަގެ އިނގިލިތަކުން އެއިސްތަށިކޮޅު އެއްފަރާތްކޮށްލިއެވެ. ކާރު ދުއްވަމުންދިޔަ މިކާލް އެމަންޒަރުތަކަށް ދޭތެރެއަކުން ކާރުގެ ލޯގަނޑުކޮޅުން ނަޒަރެއްދެއެވެ. އެއިން ކޮންމެ ފަހަރަކު އިކާންގެ ހަރަކާތްތަކާއި މޫނުމަތީގެ އަސަރުތަކުން ޔަނާލްއާމެދު ކަންބޮޑުވެފައިވިކަން ހާމަވެއެވެ. އެކަން އެނގިގެންދިޔަ މިކާާލްގެ ހިތަށް އުފާވެރިކަމެެއްވެސް ވެރިވިއެވެ. އެކުވެރިޔާގެ ހިތުގެ ޒަޚަމްތަކަށް ޝިފާއެއް ލިބި ދިރިއުޅުން އުފާވެރިކޮށްދިނުމަށް މިކާލްއަށް އެދެވުނެވެ. މަލްހާގެ ހުސްކަން ފުރައިދޭނެފަދަ އަންހެން ކުއްޖަކު އިކާންގެ ހަޔާތަށް އައުން އޮތީ މާދުރުގައި ނޫންކަން މިކާލްގެ ހިތް ބުނެލިއެވެ.

ހޮސްޕިޓަލަށް އާދެވުމާއެކު ލަސްނުކޮށް ޔަނާލް ގޮވައިގެން އިކާން ހޮސްޕިޓަަލަށް އައެވެ. ފަހަތުން މިކާލްވެސް ވަނެވެ. ޔަނާލް ގެނައުމާއެކުހެން ފަރުވާދެވެން ފެށިއެެވެ. ހޮސްޕިޓަލުގެ ގޮނޑި ބަރިތަކުން ގޮނޑިއެއްގައި އިން އިކާންގެ ހިތް ވަނީ ނުތަނަވަސްކަމުން ފުރިފައެވެ. ދެއަތް ޖޯޑުކޮށްލައިގެން އިނދެ ފައިތަޅުވަމުންދިޔަ ގޮތުން އެހިތުގެ ނުތަނަވަސްކަން އިންތިހާއަށް ބޮޑުވެފައިވާކަން މިކާލްއަށް އެނގުނެވެ. ” އިކް… ރިލޭކްސް… ޝީ ވިލް ބީ އޯކޭ… ” އިކާންގެ ކޮނޑުގައި އޭނަގެ އަތް ބާއްވާލަމުން މިކާލް ބުނެލިއެވެ. އެކަމަށް އެއްބަސްވަމުން އިކާންވެސް މަޑުމަޑުން ބޯ ޖަހާލިއެވެ. އެހެނަސް އޭނަގެ ހތަކަށް އެއްވެސް ހަމަޖެހުމެއް ނުލިބެއެވެ. ދެމީހުންވެސް މަޑުކޮށްލައިގެން ތިބީ ޑޮކްޓަރުގެ ބަހެއް ލިބޭނެ އިރަކަށެވެ.

ކުރިމަތީގައި ހުރި ކޮޓަރީގެ ދޮރު ހުޅުވާލަމުން ޑޮކްޓަރު ނުކުތުމާއެކު އިކާންއަށް ވަގުތުން ގޮނޑިން ތެދުވެވުނެވެ. އޭނައަށް އަވަސް ފިޔަވަޅުތަކެއްގައި ޑޮކްޓަރުގެ ގާތަށް މިސްރާބުޖެހުނެވެ. ” ޑޮކްޓަރ… ހައު އިޒް ޝީ ނައު… އީޒް އެވްރިތިން އޯކޭ… ” ކެތްމަދުވެފައިވި މީހަކު ފަދައިން އިކާންއަށް އަހާލެވުނެވެ. ”ޑޮކްޓަރ ޔަނާލް ކިހިނެއްތޯ… ކިހިނެއްވެގެންތޯ ޔަނާލްއަށް މިހެން ދިމާާވީ… ” މިކާލްވެސް އަވަސް އަވަހަށް އިކާންގެ ފަހަތުގައި ހުއްޓިލާާ ސުވާލުކުރިއެވެ. އޭނަވެސް ހުރީ ޑޮކްޓަރު ބުނާ އެއްޗެއްގެ އިންތިޒާރުގައެވެ. ” ކުޑައިރުކޮޅަކުން ހޭއަރާނެ… ބްލަޑް ޕްރެޝަރ ދަށްވުމުގެ ސަބަބުން މިހެން ދިމާވީ… ބްލަޑް ޕްރެޝަރ ދައްވީމަ ހަށިގަނޑުގައި އޮކްސިޖަން ދަތުރުކުރާ މިންވަރު މަދުވާނެ… އޭގެ ސަބަބުން ހަށިގަނޑުގެ އެކި ގުނަވަންތަކުގެ މަސައްކަތްތަކަށް ބުރުއަރާ… ބްލަޑް ޕްރެޝަރ ދަށްވީމަ ބައެއް ކަހަލަ އަލާމާތްތައްވެސް ފެންނާނެ… މިސާލަކަށް ބޯ އެނބުރުން… ވަރުބަލިވުން… ބޮލުގަ ރިހުންފަދަ ކަންކަން… މިކަންކަން ފެނުމުންވެސް ޕޭޝަންޓް މާބޮޑު ފަރުވާތެރިކަމެއް ނުބެހެއްޓީހެން އަޅުގަނޑަށް ހީވަނީ… އައިވީއެއް ގުޅާލެވިފަ ވާނެ… ފުޅި ހުސްވީމަ ދޫކޮށްލެވޭނެ… މީ ބޭނުންވާނެ ބޭސްތައް… ” ޑޮކްޓަރު ތަފްސީލާއެކު ކިޔައިދިނެވެ. މިކާލް ބޭސް ސިޓީގައި ހިފަމުން ޝުކުރުއަދާކުރުމާއެކު ހޭއެރުމުން އޭނައަށް އަންގާލަން ބުނެފައި ހިނިތުންވެލާފާ ޑޮކްޓަރު ހިނގައިގަތެވެ. ” އަހަރެން އަންނާނަން ބޭސް ނަގައިގެން އިނގޭ… ” މިކާާލް މިހެން ބުނުމާއެކު އިކާާން ބޯ ޖަހާލިއެވެ. މިކާލް ހިނގައިތުމާއެކު ފުން ނޭވައެއް ދޫކޮށްލަމުން އިކާން ޔަނާލް އޮތް ކޮޓަރިއަށް ބަލައިލިއެވެ. މަޑުމަޑުން ގޮސް އިކާން ކޮޓަރީގެ ދޮރު ހުޅުވާލިއެވެ.

ދޮރު ހުޅުވާލި އިކާންގެ ލޮލުގައި އެންމެ ފުރަތަމަވެސް އަޅައިގަތީ އެނދުގައި ލޯ މެރިފައި އޮތް ޔަނާލްއެވެ. ބަނޑާ ހަމައަށް ހުދު ކުލައިގެ ބެޑް ޝީޓު އަޅާލެވިފައިވީރު ވާއަތް ވަނީ ބަނޑު މަތީގައި ބޭއްވިފައެވެ. ކަނާއަތް ލަންބާލާާ ކަންފަތް ކައިރީގައި ބޭއްވިފައި އޮތްއިރު އެމޫނު މަތީގައިވި މައުސޫމްކަމުން ކޮންމެ މީހެއްގެ ހިތްވެސް ދަމައިގަންނާނެއެވެ. އިކާންއަށް ހޭވެރިކަންވީ ނަރުސް ކުއްޖާ ކަރުކެހިލުމުންނެވެ. އޭރު ނަރުސް ކުއްޖާ ހުރީ އިކާން ދޮރުމަތީގައި ހުރުމުން ނުނިކުމެވިފައެވެ. އެކަން ނަގައިގަނެވުނު އިކާން މަޢާފަށް އެދެމުން އެއްފަރާތަކަށް ޖެހިލިއެވެ. އެއާއެކު ނަރުސް ކުއްޖާ ހެވިފައިހުރެ އެކޮޓަރިން ނުކުތެވެ. އިކާންއަށް އަނެއްކާވެސް އެނދުގައި އޮތް ޔަނާލްއަށް ބަލައިލެވުނެވެ. އެވަގުުތު އިޚްތިޔާރުން ބޭރުގައި ޔަނާލްއާއި ގާތަށް ފިޔަވަޅު އަޅަން ފެށުނެވެ.

އެނދުގެ އެއްފަރާތުގައި ހުރި ގޮނޑީގައި އައިސް އިކާންއަށް އިށީންދެވުނެވެ. އޭރުވެސް އޭނަގެ ނަޒަރު ހުއްޓިފައިވީ ޔަނާލްއަށެވެ. އެހާ ގާތުން އެމޫނު ފެނުމުން އިކާންގެ ހިތުގެ ވިންދު އަވަސްކުރުވިއެވެ. މިފަހަރުވެސް ޔަނާލްގެ ރީތިކަން ފެނި އިކާންގެ މުޅި ވިސްނުން އެސޫރަ ހިޞާރުކޮށްލިއެވެ. އެއޮމާން މޫނުގައި ބީހިލުމަށް އޭނަގެ ހިތް އެދުނު ވަގުތު އިކާން ހައިރާންވެސްވިއެވެ. ދުވަހަކުވެސް މަލްހާ ފިޔަވާ އެހެން އަންހެން ކުއްޖެއްގެ ހަށިގަނޑުގައި އިނގިލި ކުރި ޖައްސާލަންވެސް އޭނާ ބޭނުންވެފައެއްނުވެއެވެ. އިކާންއަށް ޔަގީންވި އެއްކަމަކީ އޭނަގެ އިހުސާސްތަކަށް ބަދަލެއް ގެނުވައިފިކަމެވެ. މަޑުމަޑުން މަލްހާގެ ހަނދާންތައް އޭނައާ ދުުރުވާކަމުގެ އިހުސާސް އިކާންއަށް ކުރެވެމުންދެއެވެ. މަލްހާގެ ބަދަލުގައި އޭނަގެ ޚިޔާލީ ދުނިޔެއަށް ޔަނާލްގެ ހަނދާންތައް އަތްގަދަކުރެއެވެ. ސިކުނޑިއަށް ވެރިވަމުންދިޔަ ޚިޔާލުތަކުގެ ސަބަބުން އިކާން ދެފަރާތަށް ބޯ ހޫރުވާލިއެވެ. އެޚިޔާލުތަކުން އޭނައަށް ނުތަނަވަސްކަމެއް ގެނުވައެވެ. އެޚިޔާލުތައް ސިކުނޑިން ނެެރެ އެއްލާލުމަށް އިކާން ޖީބުގައި އޮތް ފޯނު ނެގިއެވެ. ފޯނު ނަގާ ބަލައިލަން އުޅުނު ވަގުތު ބަނޑު މަތީގައި ބާއްވާލެވިފައިވި ޔަނާލްގެ އަތަށް ހަރަކާތެއް ގެނުވިހެން އިކާންއަށް ހީވިއެވެ. ފޯނު އަނބުރާ ޖީބަށް ލަމުން އިކާން އޭނަގެ ފުރިހަމަ ސަމާލުކަން ޔަނާލްއަށް ހުއްޓާލިއެވެ.

މަރާލެވިފައިވި ދެލޯ ކުޑަކޮށް ތަގުޅިކޮށްލާ މަޑުމަޑުން އެސްފިޔަތައް ދުުރުކޮށްލަމުން ޔަނާލް ދެލޯ ހުޅުވާލިއެވެ. އެއާއެކު މަޑުމަޑުން އިކާންއަށް ޔަނާލްގެ ނަމުން ގޮވާލެވުނެވެ. ދެލޯ ހުޅުވާލި ޔަނާލްއަށް އިރުކޮޅަކު އެކި ދިމަދިމާލަށް ބަލަން އޮވެވުނެވެ. އޮވެވުނީ ހޮސްޕިޓަލެެއްގައިކަން އިނގުނު ހިނދު ކުއްލިއަކަށް ކޮޅަށް ތެދުވެވެން އުޅުނެވެ. އެހެނަސް އެވަގުތު ބޮލަށްއެރި އެނބުރުމާއެކު ޔަނާލްއަށް ދެލޯ މަރާކެވުނުއިރު މީހަކު އޭނަގެ ހަށިގަނޑުގައި ހިފަހައްޓާލަމުން އެނދުގައި ބާއްވާލިކަން އިނގުނެވެ. ވަރުބަލިކަމާއެކު ދެލޯ ހުޅުވާލި ޔަނާލްއަށް އިކާން ފެނުމާއެކު ދެލޯ ބޮޑުކޮށްލެވުނެވެ. ” އިކާން… މިތާ… އަހަރެން… މިތަނަށް… ކިހިނެއް… ” ސިކުނޑި ރަނގަޅަށް މަސައްކަތްކުރަން ފެށި ވަގުތު ލިބުނު ހާސްކަމުގައި ޔަނާލްއަށް ވާހަކަދެކެވުނެވެ. ” ޔަނާލް.. ޔަނާލް ރިލޭކްސް… އަހަރެން ޔަނާލް ހޮސްޕިޓަލަށް ގެނައީ… ޖަލްސާ ނިންމާފަ ނުކުންތަނުން ޔަނާލް އަނބުރައިގަތީ… ދެތިން ފަހަރު ގޮވާލުމުންވެސް ޔަނާލް ހަރަކާތެއްކޮށްނުލީމަ ހޮސްޕިޓަލަށް ގެންނަން ޖެހުނީ… ” އިކާން ބުނެލިއެވެ. ” މިހާރު އަހަރެން ރަނގަޅޭ… ޕްލީސް އަހަރެން ގެއަށް ދާން ބޭނުން… ” ޔަނާލް ތެދުވަން އުޅުމާއެކު އިކާން އަވަސް އަވަހަށް އެކަން މަނާކުރިއެވެ. ”ޔަނާލް މޮޔަވީތަ… އަމިއްލަ ހާލަތު ދެކެބަލަ… ބްލަޑް ޕްރެޝަރ ވަރަށް ދަށްވެފަ ހުރީ… ދެންމެވެސް ބޮލަށް އެނބުރުންއެރީނު… އައިވީ ފުޅި ހުސްވީމަ ޔަނާލް ދޫކޮށްލެވޭނީ… ރަނގަޅު ނުވަނީހެން ދިޔައިމަ ޔަނާލްއަށް ކަމެއްވެއްޖިއްޔާ އަހަރެން ކިހިނެެއް ހަދާނީ… ” އިކާންއަށް ބުނެވުނު އެއްޗެއް ރޭކާލީ މާފަހުންނެވެ. އެވަގުތު އޭނައަށް ވާހަކަ ދެއްކުނީވެސް ތަންކޮޅެއް ބާރަށެވެ. އިކާން ބުނި އެއްޗެއް ދޭހަކުރަން ނޭނގުނު ޔަނާލްއަށްވެސް އިކާންއަށް ބަލަހައްޓައިގެން އޮވެވުނެވެ. އެހެނަސް އެތޫނު ދެލޮލުގައިވި އެއްޗެއް ދެނެގަތުމަށް ޔަނާލް ނުކުޅެދުނެވެ. ” އައި މީން… އަހަންނަށް ޔަނާލް ފެނުނީމަ… މިވަގުތު އަހަރެންގެ ރެސްޕޮންސިބިލިޓީއެއް ޔަނާލް ސަލާމަތްތެރިކަމާއެކު ބެލެހެއްޓުމަކީ… ” ހަމައަކަށް އެޅެން މަސައްކަތް ކުރަމުން އިކާން ބުނެލިއެވެ. ޚުދު އިކާންވެސް ހުރީ އޭނައަށް އެހެން ބުނެވުމުން ހައިރާންވެފައެވެ.

ދެމީހުންގެ ދެމެދަށް ވެރިވި ހަމަހިމޭންކަން ފޫއަޅުވާލީ މިކާލް ދޮރު ހުޅުވާލުމުންނެވެ. އެތެރެއަށް ވަން މިކާލްގެ އަތުގައި ބޭސް ކޮތަޅުގެ އިތުރުން އިތުރު ކޮތަޅެއްވެސް ހުއްޓެވެ. ”ޔަނާލް… ކިހިނެއް މިހާރު… އިކް ޑޮކްޓަރަށް ގޮވިންތަ… ” ލޯ ހުޅުވައިގެން އޮތް ޔަނާލް ފެނި ކޮތަޅުތައް ބަހައްޓަމުން މިކާލް ބުނެލިއެވެ. ޑޮކްޓަރަށް ނުގޮވޭކަންވެސް އިކާން ހަނދާންވީ އެހިސާބުންނެވެ. އިކާންގެ ހަމަހިމޭންކަމާއި އޭނާ އެހެން ބުނުމުން އިކާންއަށް ވީގޮތް ފެނި މިކާލްއަށް ޑޮކްޓަރު ކައިރި ނުބުނާކަން އިނގުނެވެ. ޔަނާލްއަށް ހިނިތުންވުމެއް ރައްދުކުރަމުން ޑޮކްޓަރު ކައިރި ބުނެފަ އެބައަންނަ ކަމަށް ބުނެ މިކާލް އަނެއްކާވެސް ބޭރަށް ނުކުތެވެ. ޑޮކްޓަރު އައިސް އަދިވެސް އެއްފަހަރު ޔަނާލް ޗެކްކުރިއެވެ. ޑޮކްޓަރުގެ ބައެެއް ސުވާލުތަކަށް ޔަނާލް ޖަވާބުދިންއިރު އެއްވެސް ވަރަކަށް މިދިޔަ ދުވަސްކޮޅު ސިއްޙަތާމެދު ފަރުވާލެެއް ނުބަހައްޓާކަން ދޭހަވިއެވެ. ޑޮކްޓަރު އެކަންކަން ފާހަގަކޮށް އިތުރު ސަމާލުކަންދޭންވީ ކަންކަންވެސް ފާހަގަ ކުރިއެވެ. އިރުކޮޅަކު ޔަނާލްގެ ހާލަތާމެދު ވާހަކަ ދެއްކުމަށްފަހު ޑޮކްޓާރާއެކު މިކާލްވެސް ބޭސްކޮތަޅު ހިފައިގެން ނުކުތެވެ. އެއާއެކު އަނެެއްކާވެސް އިކާން އާއި ޔަނާލް އެކަނިވިއެވެ. އިކާންއާއެކު އެކަނިވުުމުން ޔަނާލް ނުތަނަވަސްވާންފެށިއެވެ. ދެމީހުންގެ ދެމެދަށް ވެރިވެފައިވި ހަމަހިމޭންކަން އޭނައަކަށް ކަމަކުނުދިޔައެވެ. ޔަނާލް މަޑުމަޑުން ކެއްސާލުމާއެކު އިކާންއަށް އަވަސް އަވަހަށް ބަލައިލެވުނެވެ. ” ފެންފޮދެއް ބޯލަންވީނު… ” ކޮންމެވެސް ވަރެއްގެ ކަންބޮޑުވުމަކާއެކު އިކާން ބުނެލުމާއެކު ޔަނާލް ތެދުވަން އުޅުނެވެ. އެވަގުތު އިކާން އޭނަ އިން ގޮނޑިން ތެދުވެ ޔަނާލްއަށް ތެދުވުމަށް އެހީތެރިވިއެވެ. ޔަނާލްގެ ހަށިގަނޑުގައި ހިފަހައްޓާލާ ކައިރިކޮށްލުމަށްފަހު ބާލީސް އެނދުގައި ލައްކޮށްލަދިނެވެ. ޔަނާލް ބާލީހުގައި ލައްވެލުމާއެކު އިކާން ޔަނާލްގެ ހަށިގަނޑުން ދޫކޮށްލާ މިކާލް ގެނައި ކޮތަޅުން ކުޑަ ފެންފުޅިއެއް ކަނޑާލާ ޔަނާލްއަށް ދިއްކޮށްލިއެވެ. ޔަނާލް ފެން ފުޅީގައި ހިފާ ފެން ފޮދެއް ބޯލިއެވެ.

އަނބުރާ އިކާންއަށް ފެންފުޅި ދިން ޔަނާލްގެ ނަޒަރު އެވަގުތު ކޮޓަރީގެ ދޮރު ހުޅުވާލާ އެތެރެއަށް ވަން ޔަލްވީ އާއި ޔުސްރާއަށް ހުއްޓުނެވެ. ” މަންމާ.. ދޮންތާ… ” ޔަނާލްއަށް މަޑުމަޑުން ކިޔާލެވުނެވެ. ” ނާލް… ދަރިފުޅު ކިހިނެއްވީ… ” ކަންބޮޑުވެފައިވި ޔުސްރާއަށް ޔަނާލްގެ ގާތަށް އަވަސް އަވަހަށް ހިނގައިގަންނަމުން އަހާލެވުނެވެ. ” ނާލް… ރަނގަޅުތަ… ކިހިނެއްތަވީ… ” ޔަނާލްއަށް އެއްޗެކޭ ނުބުނެވެނީސް ޔަލްވީވެސް އައިސް ޔަނާލްގެ ގާތުގައި މަޑުކޮށްލަމުން ބުނެލިއެވެ. ” މަންމާާ… ދޮންތާ… ކިހިނެެއް އަޅުގަނޑު ހޮސްޕިޓަލުގަ ކަމެެއް އިނގުނީ… ” ޔަނާލްއަށް އެމީހުންގެ ސުވާލުތަކަށް ޖަވާބުދިނުމުގެ ބަދަލުގައި އޭނަގެ ހިތުގައި އުފެދުނު ސުވާލު ކޮށްލެވުނެވެ. ” އަހަރެން ބުނީ… ބޭސް ނަގަން ދިޔަ ވަގުތު ޔަނާލްގެ ފޯނު ރިންގުވީމަ ބަލާލިއިރު ޔަނާލްގެ މަންމަ ގުޅާތީ ފޯނު ނެގީ… ” އެވަގުތު އެންމެންގެ ނަޒަރު އެތެރެއަށް ވަން މިކާލްއަށް ހުއްޓުނެވެ. ” ބުނެބަލަ ނާލް… ކިހިނެއްތަވީ… ” ވީގޮތެެއް ނޭނގޭތީ ޔުސްރާގެ ކަންބޮޑުވުން ހިނދެއް ހިނދަކަށް ބޮޑުވަމުން ދިޔައެވެ. ” އާންޓީ… ޔަނާލް ރަނގަޅުވާނެ އަދި… އައިވީ ފުޅި ހުސްވީމަ ދޫކޮށްލެވޭނެކަމަށް ޑޮކްޓަރު ބުނީ… ” އިކާން ޔުސްރާގެ ގާތަށް ޖެހިލާ ކަންތައް ހިނގާދިޔަ ގޮތާއެކު ޑޮކްޓަރު ހިއްސާކުރި ވާހަކަތައްވެސް ކިޔައިދިނެވެ. ” ޔަނާލް… މަންމަ އެހެންވީމައޭ ބުނަނީ ކައިގެންނޭ އޮފީހަށް ދާނީ… ކިތަންމެ ބުރަކޮށް އުޅުނަސް އަމިއްލަ ސިއްޙަތަށް ބަލަންވާނެއްނު ނާލް… ގޮއްސަ އޯޑަރުކޮށްގެންވެސް ކޮންމެވެސް އެއްޗެއް ކާނަމޭ ބުނާނެ… ނޫނީ މިހާރު ކައިފީމޭ ބުނާނީ… މަންމަ ނާލްއަށް އިތުބާރުކޮށްފަ ބުނާ އެއްޗެެއް ގަބޫލުކުރީމަ މިހެންމިވީ… ކެއުމުގަ ދެން މަންމަ ޔަނާލްއަށް އިތުބާރުކުރުމެއް ނޯންނާނެ… ” ހިތްހަމަނުޖެހުން އެކުލެވިފައިވި އަޑަކުން ޔުސްރާ ބުނެލިއެެވެ. ”މަންމާ ސޮރީއޭ… ދެން އެހެނެއްނުވާނެ… މަންމައަށްވެސް އިނގޭނެ ނުލާހިކު ބިޒީކޮށްކަން އުޅެނީ… ” އިކާންމެންވެސް ހުއްޓަ މަންމަ އެފަދައިން ބުނުމުން ލަދުގަން ޔަނާލް ވާހަކަ ދެއްކީ މަޑުމަޑުންނެވެ. ” ވަރަށް ބޮޑަށް ޝުކުރިއްޔާ އިކާން… އިކާންއަށް ނުފެނުނުނަމަ ނޭނގެ ޔަނާލްއަށް ކިހިނެއްކަމެއްވެސް ވާނީ… ” ޔަނާލްގެ ވާހަކައަށް އެއްޗެއް ބުނުމެއްނެތި ޝުކުރުވެރި ނަޒަރަކުން އިކާންއަށް ބަލައިލަމުން ޔުސްރާ ބުނުމާއެކު އިކާން ހިނިތުންވެލަމުން ބޯ ޖަހާލިއެވެ. ” މަންމަ އަންނާނަން ނާލްއަށް އެއްޗެއް ހިފައިގެން… އެއްޗެއް ކާންވާނެއެއްނު… ޔަލްވީ މަޑުކުރޭ ނާލް ކައިރީގަ… ” ޔުސްރާ އެހެން ބުނުމުން ޔަލްވީ ބޯ ޖަހާލިއެވެ. ” ދޮންތަވެސް ދޭ މަންމައާއެކު… އޭރުން ފަސޭހަވާނީ… އަހަރެން އޮންނާނަމޭ… ރޭގަނޑު އެކަނި ދިޔުމަށްވުރެ ރަނގަޅުވާނެ ދެމީހުން ދިޔައިމަ… ” ޔަނާލް ކަންބޮޑުވެފައިވި ފަދައިން އެހެން ބުނުމާއެކު ޔަލްވީވެސް އެކަމާ އެއްބަސްވިއެވެ. ” އެކަމަކު ނާލް އެކަނި… ” ޔުސްރާއަށް ކަންބޮޑުވެފާ ބުނެވުނެވެ. ” މިކާލް ދާންވީނު ކާރުގަ އާންޓީއާ ޔަލްވީ ގެއަށް ލާން… ނިމުނީމަ އަންނަން… އަހަރެން ޔަނާލް ކައިރި މަޑުކުރާނަން… ” އިކާން ބުނުމުން ފުރަތަމަވެސް ޔުސްރާއާ ޔަނާލް ދެކޮޅުހެދިއެވެ. ” އާންޓީ… އެއީ އެހާބޮޑު ކަމެެއް ނޫނޭ… އަހަރެން މަޑުކޮށްލާނަން…” އިކާން އާއި މިކާލް ކުރުނުކޮށް ކިޔަން ފެށުމުން އެންމެ ފަހުން ޔުސްރާ ގަބޫލުވިއެވެ. މިކާލްގެ ފަހަތުން ދެމީހުންވެސް ހިނގައިގަތީ އަވަހަށް އަންނާނެކަމަށް ބުނަމުންނެވެ.

މިކާލްމެން ދިޔުމާއެކު އަނެއްކާވެސް ޔަނާލް އާއި އިކާންގެ ދެމެދަށް ހަމަހިމޭންކަން ވެރިވިއެވެ. އެމީހުން ދިޔަތާ އިރުކޮޅެއްވީތަނާ ނަރުސް ކުއްޖަކު އައިސް ވަނެވެ. ނަރުސް ކުއްޖާގެ އަތުގައި އޮތް އިންޖަކްޝަން ފެނި ޔަނާލްގެ ހިތުގައިވި ނުތަނަވަސްކަން އިތުރުވިއެވެ. ” ސިސްޓަރ ޕްލީސް… އައި ޑޯންޓް ވޯންޓް ދިސް… ” ޔަނާލް ބުނެލި ގޮތުން ނަރުސް ކުއްޖާ ހިނިތުންވެލަމުން އެހާ ތަދުނުވާނެކަމުގައި ބުނެލިއެވެ. އިކާންއަށްވެސް ޔަނާލްގެ މޫނުމަތިން ނުތަނަވަސްކަން ހާމަވިއެވެ. ”ޔަނާލް ރިލޭކްސް… ވަރަށް ކުޑަކުޑަކޮށް ތަދުވާނީ… ” އިކާން ގޮނޑިން ތެދުވެ ޔަނާލްއާ ކައިރިވެލާ ބަނޑު މަތީގައި ބޭއްވިފައިވި ޔަނާލްގެ އަތް މަތީ އޭނަގެ އަތް ބާއްވާލާ ލޮލާއިލޯ ސީދާކޮށްލަމުން ބުނެލިއެވެ. ހިތުގެ ހިނގުން އަވަސްވެގެންދިޔަ އެވަގުތު ޔަނާލްގެ ހުރިހާ ސަމާލުކަމެއް އިކާންއަށް ހުއްޓި އެތޫނު ދެލޮލުގެ ތެރެއަށް ގެއްލުނެވެ. އިންޖަކްޝަން ދިނުމަށް ތައްޔާރުވަމުންދިޔަ ނަރުސް ކުއްޖާއަށް އެމަންޒަރުތައް ފެނި ހިނިތުންވެލެވުނެވެ. އިކާންގެ ފުން ދެލޮލުގެ ތެރެއަށް ގެނބިގެން ހިނގައިދާނެހެން ހީވި ވަގުތުކޮޅަކަށްފަހު ޔަނާލްގެ ދެލޯ ތަގުޅިކޮށްލީ އަތަށް އިހުސާސްކުރެވުނު ތަދުގެ ސަބަބުންނެވެ. އޭރު އިކާން އާއި ނަރުސް ކުއްޖާގެ ތުންފަތުގައިވީ ކާމިޔާބީގެ ހިނިތުންވުމެކެވެ. ނަރުސް ކުއްޖާ ހިނިތުންވެލާފާ ދިޔުމުން އިކާންވެސް ހިނިތުންވެލާ އަލުން ގޮނޑީގައި އިށީނެވެ. އޭރު ޔަނާލްވެސް އޮތީ ދެލޯ ހުޅުވައިގެންނެވެ. ކޮޓަރިއަށް ވެރިވެފައިވި ހަމަހިމޭންކަމާއެކު ހަށިގަނޑުގައިވި ވަރުބަލިކަމުން ޔަނާލްގެ ދެލޯ މެރެމުންދިޔައެވެ. މަޑުމަޑުން ދެލޯ މެރެމުން ގޮސް ޔަނާލް ނިދީގެ ތެރެއަށް ފީނައިގަތެވެ. ފޯނާއި ކުޅެން އިނދެފައި އޭނާ ޔަނާލްއާ ވާހަކަ ދެއްކުމުންވެސް ޔަނާލްގެ ޚަބަރެއްނުވުމުން އިކާން އިސްއުފުލާ ބަލައިލި ވަގުުތު ނިދިފައި އޮތް ޔަނާލް ފެނި އިކާންއަށް ހިނިތުންވެލެވުނެވެ. ހިނދުކޮޅަކު އެމޫނަށް ބަލަހައްޓާއިގެން އިނުމަށްފަހު އިކާންއަށް އޭނަގެ އަތް އުފުލާލާ މަޑުމަޑުން އެއޮމާން މޫނުގައި ފިރުމާލެވުނެވެ. އެހިނދު އޭނަގެ ހިތަށް ވެރިވި އިހުސާސާއެކު ދެވަނަ ފަހަރަށްވެސް އިކާންއަށް އެއަމަލު ތަކުރާރުކޮށްލެވުނެެވެ.

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

ifoo

Level 1010 Stories100 Comments100 Login500 Login500 Comments100 Stories1K Comments

I'm a girl who loves to read and write stories ❤️❤️❤️???... I love to read comments too ❤️❤️❤️???... Writing story is a hobby ???... Author of Inthizaarugaa Hunnamey Loabin ❤❤❤, Vindhey Loabi Thee Edhey ❤️❤️❤️ and Loabivan Yaaraaey...

Other Articles

Previous

ރާސްތާ2 ސަތާރަވަނަ ބައި

Next

ވަޢުދު (ތިރީސްވަނަ ބައި)

Next
November 22, 2019

ވަޢުދު (ތިރީސްވަނަ ބައި)

Previews
November 22, 2019

ރާސްތާ2 ސަތާރަވަނަ ބައި

23 Comments!

  1. ifoo says:
    November 22, 2019 at 6:54 pm

    Salaam all ❤️❤️❤️???…. Here is the next part of Loabivan yaaraaey ❤️❤️❤️… Mi part mee yanaal and ikaan ah special part eh ???… E dhekudhin ge bai mi part ga bodah genesdhevifa vaany… Hope all will like this part too ???… Waiting for comments… Next part In Sha Allah on Tuesday night ???… Thankyou soooooo much dear readers ifoo ah thidhey support ah ❤️❤️❤️??????…

  2. ? says:
    November 22, 2019 at 7:01 pm

    Yay me first

    1. ifoo says:
      November 22, 2019 at 7:19 pm

      Congratulations ???…

  3. Yanaa says:
    November 22, 2019 at 7:33 pm

    Varah ?????????❤❤
    varah ?????????❤❤
    varah ?????????❤❤
    reethi ?????????❤❤
    maa sha Allah.?????❤❤
    Curiously ????????❤
    waiting ????????❤❤
    for ?????????❤❤
    the ?????????❤❤
    next ?????????❤❤
    part.?????????❤❤
    Lysm sis ❤❤❤❤

    1. ifoo says:
      November 23, 2019 at 11:53 am

      Awwwwnn ❤️❤️❤️???… Yanaa ❤️❤️❤️… Thankyou soooooo much dear for the colourful Comment ???❤️❤️❤️???… V v v ufaavehje ingey ???… Keep waiting dear… Much more loves from me ❤️❤️❤️??????…

  4. Izabell says:
    November 22, 2019 at 8:55 pm

    Varah reethi mi part vx, Masha Allah ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ Varah reethi hisaabakun thi nimmaaly alhe, hama kiyaa hithun indhaaa e nimunyy.?????????? When is next part

    1. ifoo says:
      November 23, 2019 at 12:07 pm

      Awwwwnn ❤️❤️❤️???… That’s soooooo sweet ❤️❤️❤️???…. Thankyou soooooo much ❤️❤️❤️??????… V v v ufaavehje comment kohleema ???… Hope to see ur comment more often ???… Next part In Sha Allah Tuesday night ga ???… Keep waiting for the next part ???… Much loves ❤️❤️❤️??????…

  5. Muslim says:
    November 22, 2019 at 9:00 pm

    Wowww…v reethi Ma Sha Allah❤️❤️❤️❤️lysm ifoo sis

    1. ifoo says:
      November 23, 2019 at 12:10 pm

      Awwwwnn ???❤️❤️❤️… Thankyou soooooo much ❤️❤️❤️??????… It means a lot for me ???… Much more loves dear ❤️❤️❤️??????…

  6. Imkko says:
    November 22, 2019 at 9:24 pm

    Wow v reethi …. love this story from the start …. keep your work like this ….. im so happy tht yana n ikaan ge special part otheema …. v exciting ehn ve …. curiously waiting for the next part dear …. love this story n love u ifoo❤❤❤

    1. ifoo says:
      November 23, 2019 at 12:42 pm

      Awwwwnn ???❤️❤️❤️… Thankyou soooooo much Imkko ❤️❤️❤️??????… It means a lot for me ???… V v v ufaavehje Much more loves dear ❤️❤️❤️??????…

  7. Kylie says:
    November 22, 2019 at 10:29 pm

    V reethi mi part vx….. Waiting fr nxt part….. LYSM ifoo sis…..

    1. ifoo says:
      November 23, 2019 at 12:43 pm

      Kylie ❤️❤️❤️… Thankyou soooooo much ❤️❤️❤️???????… Much more loves dear ❤️❤️❤️??????…

  8. Dhonthy says:
    November 22, 2019 at 10:48 pm

    Ifoo darloo mibai haadha reechchey. Amazing. Marvellous. Fantastic. Nice. Good. Pretty. And I am curious.

    1. ifoo says:
      November 23, 2019 at 12:55 pm

      Awwwwnn ❤️❤️❤️??????… Dhontha ❤️❤️❤️… Thankyou soooooo much for the comment ❤️❤️❤️???????… V v v ufaavehje ???… Much more loves dear ❤️❤️❤️??????…

  9. Maisha maii says:
    November 22, 2019 at 11:04 pm

    ❤❤❤Wow
    ????varah reethi mi part vx
    ??waiting for next part

    1. ifoo says:
      November 23, 2019 at 12:56 pm

      Maii ❤️❤️❤️.. Thankyou soooooo much for the comment ❤️❤️❤️???????… Much more loves ❤️❤️❤️??????…

  10. Kairaa says:
    November 22, 2019 at 11:08 pm

    V reethi mi bai vx…..whn nxt….waiting….ly ifoo sis

    1. ifoo says:
      November 23, 2019 at 12:57 pm

      Kairaa❤️❤️❤️.. Thankyou soooooo much for the comment ❤️❤️❤️???????… Next part In Sha Allah Tuesday night ga ???… Much more loves dear ❤️❤️❤️??????…

  11. Psycho lover says:
    November 24, 2019 at 10:22 pm

    Ifoo… I need to tell u something… Plzzz take this positive… E cover pic badhalu kurevidhaane tha? Eythi ehaa riihcheh nuun… No offense ingey… Just telling… Baeh miihun alah vhk eh kiyaa iru balaane cover ah… E coverge sababun vx mi kahala riithi story eh nukiyaa miihun eba dhuukohlaa… ehnve mi bunii ??? no offense… Anyway vhk vrh riithi

  12. @Ikleel says:
    November 25, 2019 at 8:30 pm

    Just beautiful…❤❤????…Its awesome…❤❤????…Mi part vex vrh vrh reethi…❤❤????..Sifa kurunthah vrh habeys..❤❤????..Manzaru thah vrh reethi koh loa kurimathy sifa vaa kahala story kiyamun dhaairu…❤❤????….Your doing a great job ifoo…❤❤????…Waiting for next part…❤❤????..Hope next part miahvure reethi vaane kamah…❤❤????.. Wish you all the best ifoo…❤❤????..Much loves..❤❤????
    THE BEST WRITTER
    ❤❤❤❤????

  13. ifoo says:
    November 26, 2019 at 5:05 pm

    Dear readers… I’m sorry to say that tonight I won’t be able to upload a new part… Bodu kameh dhimaa vegen story ge masaikah kuriah nugendhevi othy… In Sha Allah new episode eh Friday night ga kiyaalan libeyne… Once again sorry readers…

  14. Maiii says:
    November 29, 2019 at 10:01 pm

    Its ok ifoo☺☺☺… Mirey up kolla dhveyne tha?????

Comments are closed.

Next Episodeލޯބިވަން ޔާރާއޭ 14←


All Right Reserved!