ކެހިވެރި ދުނިޔެ
ޢަހަރެން މި ދުނިޔެއަށް ނޭވާލުމާއެކު އަހަރެންގެ މަންމަ މި ދުނިޔެއަށް އެންމެ ފަހު ނޭވާ ދޫކޮށްލިއެވެ..ލޯބިވާ ބައްޕައަށް މަޖުބޫރުވީ މަންމަ އެއްގެ ޒިންމާވެސް ކޮނޑުގަ އަޅުވާށެވެ..ނަމަވެސްް ބައްޕަގެ ވަޒީފާގެ ގޮތުން އަބަދު އުޅުއްވަން ޖެހުނީ ކަނޑުމަތީގައެވެ..އެހެންކަމުން ބައްޕަ އަހަރެންގެ މުސްތަގުބަލަށްޓަކާ އެހެން ކައިވެންޏެއް ކޮށް ދޮންމަންމައެއް ހޯދައިދިނެވެ..ނަމަވެސް ކީއްތޯއެވެ..ދޮންމަންމަ ވާނީ ހަމަ ދޮން ނިޔަދުރަކަށެވެ..
ޢުމުރުން އެންމެެ 6 އަހަރުގައި ދޮންމަންމަ ގޭތެރޭގެ ކަންތައް އަހަންނަށް ޖެއްސިއެވެ..އުމުރުގެ ޅަކަމާއެކު ގިނަ ކަންތައް އެހާ ރަނގަޅަކަށް ނުކުރެވުނެވެ..އެއިން ކޮންމެ ފަހަރަކު ކަންކަށިމައްޗަށް ހޫނު އެތި ފަހަރެއް ލިބެއެވެ..ރުއީމެވެ..އާދޭސް ކުރީމެވެ..ނަމަވެސް އެ ހިލަ ހިތަށް ވާނޭ އަސަރެއް އޮންނާނެ ހެއްޔެވެ؟..މިއާ ހިލާފަށް ދޮންމަންމަ ކުރީގެ ކައިވެންޏެއް ކޮށް ލިބުނު ދަރި އާ މެދު ކަންތައް ކުރަނީ ޖަވާހިރެއް ފަދައިންނެވެ..މި މަންޒަރުތައް އެންމެ ގާތުން ދެކެން އަހަރެން ހުރީމެވެ…ހިތުގަ ރިއްސާލައެވެ..ރޮވެއެވެ..ނަމަވެސް ކުރާނެ ކަމެއް އެބަ އޮއެއް ހެއްޔެވެ؟؟..ދޮންމަންމަގެ ހަރުކަށި އިންޒާރުތަކާ ހެދި ބައްޕަ އަށްވެސް އަންގާލެވޭކަށް ނެތެވެ..ބައްޕައަށް އަންގައިފިއްޔާ ބައްޕަގެ ދުވަސް ދުއްވާނެ ކަމަށް ބުނި ދުވަހު އަހަރެންގެ ފައި ދަށުން ބިންގަނޑު ދެމިގެން ނުދިޔައީ ކިރިޔާއެވެ..ބައްޕަ ކައިރީ ނުބުނާނަން ކަމަށް ވަޢުދު ވީމެވެ..އޭރު އަހަރެންގެ ޅަ ސިކުނޑިއަށް ވިސްނޭނީ ފަހެ ކޯއްޗެއް ހެއްޔެވެ؟
ޢަހަރެންގެ ޢުމުރުން 7 އަހަރަށް ލުމާއެކު ރަށު މަދަރުސާއަށް ކިޔަވަން ވެއްދުނެވެ..އޭރުވެސް ދޮންމަންމަގެ އަނިޔާ ތަކަށް އެއްވެސް ބަދަލެއް ނާދެއެވެ..ފިލާވަޅެއް ހަދާލާނެ ވަގުތެއް ވެސް ވަނީ މަދު ފަހަރަކު އެވެ..
ޢުމުރުން ދޮށި ވަމުން ދިޔަ ވަރަކަށް ދޮންމަންމަގެ އަނިޔާތައް ވެސް ދިޔައީ އިތުރުވަމުންނެވެ..ހަށިގަނޑުގެ އެތަން މިތަނުގައި ވަކި އަޅާ ލޭ ނޫފައިގެން ގޮސްފައި ހުރެއެވެ..ހާދަ ތަދެއް ވިއެވެ..ރުއީމެވެ..އަޑުންއަޑު ނަގާ ރުއީމެވެ..އާދޭސް ކުރީމެވެ..ދޮންމަންމާއެވެ….އަހަންނަށް ވަރަށް ތަދުވެއެވެ..ދެފަައި ހިފައި އާދޭސް ކުރަމެވެ..ތިހެން ނަހަދާށެވެ..ލިބުނު ޖަވާބު ވަރަށް ވެސް ހިއްޗެވެ..ކަލޭގެ ތި ކަރުނަތައް ގޮސް އެހެން މީހަކަށް ދަށްކާށެވެ. ކޮންމެހެން އަހަރެންނަށް ދުއްޕާނު ބޮޑު ކުރާނެ ކަމެއް ނެތެވެ… ސުންޕާ އަންހެނާއެވެ..އަހަރެންގެ ލޯ ކުރިމަތިން ރައްކާވާން އުޅޭށެވެ… އެ ބަސްތަކަކީ ދުވަހެއްގެ ކޮޅުން ވެސް ދޮންމަނމަ އަހަންނާ ދިމާލަށް ކިޔާފާނރ ކަމަށް އުންމީދު ކުރި ބަސްތަކެއް ނޫނެވެ.. ..ނަމަވެސް ކުރާނީ ކީއް ހެއްޔެވެ؟.. ކެތްކުރުން ނޫންކަމެއް ނެތެވެ..
އެއީ ވެސް މީގެ ތެރެއިން ދުވަހެކެވެ..ގޭތެރޭގެ ކަންތައް ނިންމާލައިފައި އައިސް ހަމަޖެހިލާފައި ފިލާވަޅުތައް ހަދަން ޖައްސާލީމެވެ..އަހަރެންގެ ހަޔާތަށް އަންނަން އުޅޭ ތޫފާނުގެ ކުޑަވެސް ހިލަމެއް ނުވާ ފަދައިންނެވެ..
ދޮރުގައި ޓަކި ތަޅާހެން ހީވެގެން ގޮސް ދޮރު ހުޅުވާލީމެވެ..ދޮންމަންމަ ކަމަށް ހީކޮށެވެ..ނަމަވެސް އަހަންނަށް ކުރެވުނީ ކުށް ހީއެކެވެ..ދިގު އިސްކޮޅަކާއެކު އިސްތަށިތައް ފަޅަން ފަށާފައިވާ ތުބުޅިއެއް ލާފައި އަހަރެން ކުރިމަތީ އެހުރީ ދޮންމަންމަގެ ރަންދަރި ނޫން ދެވަނަ މީހެއް ނޫނެވެ..އޭނާ މިގަޑީގައި އަހަރެންގެ ކޮޓަރިއަށް އަންނަން ޖެހޭ ސަބަބެއް އަހަންނަށް ވިސްނާ ވިސްނާ ނޭނގުނެވެ..އެހެން ހުއްޓާ އޭނާ ހުޅުވާފައި ހުރި ތަންކޮޅުގެ ދޭތެރެއިން ކޮޓަރިއަށް ދެމިގަތެވެ.. ތަންޑު ވެސް އެޅުވިއެވެ..އަދި އަހަރެން އަތުގަ ހިފާ އެނދު މައްޗަށް އެއްލިއެވެ..ހަރަކާތްތައް އަވަހެވެ..އޭނަ ލައިގެން ހުރި އެއްޗެހިތައް ބާލައި އަހަރެން ގަޔަށް ފުންމައިގަތީ ސިންގާއެއް އޭގެ ޝިކާރައަކާ މެދު އަަމަލު ކުރާ ފަދައިންނެވެ..މިއީ ބިރުވެރި ހުވަފެނަކަށް ވާނެ ނަމައޭ ހާސް ފަހަރު ހިތަށް އެރިއެވެ.. ދޮންމަންމަގެ ވަކި ތަކާ ކުރަމުން ދިޔަ ހަނގުރާމައިން ސަލާމަތް ނުވެވި އުޅެނިކޮށް މި ލައިގަތީ ކޮންފަދަ މުސީބާތަކާ ހެއްޔެވެ؟
******
އެންމެ ފަހުން އޭނާ ހުއްޓާލީ އަހަރެންގެ އެންމެ އަގުބޮޑު ހަޒާނާ ވެސް އަހަރެންގެ އަތުން ފޭރިގަތުމަށްފަހުއެވެ…ރޮއެގެން މީހެއްގެ ލޮލުން ކަރުނަ ހުސްވާނެ ނަމަ މިއަދު އަހަރެންގެ ލޮލުން ކަރުނަ ހުސްވީސްކަން ގައިމެވެ..މިހިނދުން މިހިނދަށް އަހަރެންގެ ފުރާނަ ގެންދަވާނޭ ނަމައެވެ..ދިރިހުރުމުގެ ބޭނުމެއް ނެތެވެ..ހުސް ކެއްސެވެ..އަހަރެން ހަމަ މިހާ ބަދު ނަސީބު ހެއްޔެވެ؟..އަހަންނަށް އެއްވެސް އުފަލެއް ނެތީ ހެއްޔެވެ؟؟
ދުވަސްތައް އޭގެ އެންމެ ހަލުވި މިނުގައި ފާއިތުވަމުން ދެއެވެ..އެރެއަށްފަހު އޭނާގެ އެއްވެސް ހިލަމެއް ނުވެއެވެ..ދޮންމަންމަ ފަރާތުން އެނގިގެން ދިޔައީ އޭނާ ރަށުން ފުރައިގެން ދިޔަކަމެވެ..އެ ދިޔަ ތަނެއް ނޭނގެއެވެ..އަޖައިބެއް ކަހަަލަ ކަމެކެވެ..އަމިއްލައަށް ކުރި ކުށް ފޮރުވަންވެގެން ރަށުން ފިލީއެވެ..ފިރިހެނުންނަކީ ހާދަ ހެއްވާ ބައެކެވެ….
އޭގެ ފަހުން މަހެއް ހަމަވާން ކައިރިވެއްޖެއެވެ..އާދައިގެ މަތިން މިއަދުވެސް އަހަރެން އުޅުނީ ބަދިގެ ތެރޭގައި މީރު އެއްޗެއް ހަދާލާށެވެ..ގަރުދިޔަ ކެކިގެން ދިޔަ ވަގުތު އަރައިގެން އައި ވަހުން އަހަރެންނަށް އޯކަށް ދެމި ގަނެވުނެވެ..ބޮލަށް އެނބުރުން އަރައިގެން ވެއްޓެން ދިޔައެވެ..އެތާ ހުރި ގޮނޑިއެއްގައި ހިފާލެވުނީ ކިރިޔާއެވެ..ދެވަނަ ސިކުނތުގައި ޒިންކު ތެރެއަށް މިއަދު ހެނދުނު ކެއި ހުރިހާ އެއްޗެއް ހޮޑަށް ދުއްވާލެވުނެވެ.. އަހަންނަށް ފަހަތަށް ޖެހިގަނެވުނެވެ…ސިކުނޑީގެ ކަނަކުން އިންޒާރެއް ދެމުން ދިޔައެވެ..ހިތް ހީވީ މޭކަށި ފަޅާލައިފައި ނުކުމެދާނެ ހެންނެވެ….އަހަރެން ބަނޑުގައި ފިރުމާލީމެވެ…ބޭއިޙްތިޔާރުގައި ދެފަރާތަށް ބޯ ހޫރައިލެވުނެވެ..ނޫނެކެވެ..މިއީ އަހަންނަށް ހީވާ ހީވުމެެކެވެ..ނަމަވެސް….ލޮލަށް ފެނި އަތްލެވުނީމަ ދޮގު ކުރެވޭނެ ހެއްޔެވެ.؟..ހުރި ތަނަށް ތިރިވެ ބާރަށް ރޮއެގަނެވުނެވެ..ބިން ފަޅާލައިފައި އަޑިއަށް ހިނގައި ދާނަމޭ ހިތަށް އެރިއެވެ..ޔާﷲ ޢެވެ..މި އަޅާ ކުރިމަތި ލާން މިޖެހުނީ ކޮންފަދަ އިމްތިހާނަކާ ހެއްޔެވެ..؟މި އަނިޔާވެރި ދުނިޔޭގައި ދެން އެންމެ ސިކުންތު ކޮޅެއްވެސް ހޭދާ ކޮށްލަން ބޭނުމެއް ނޫނެވެ..މިއަޅާގެ ފުރާނަ މިިނދުން މިހިނދަށް ގެންދަވާށެވެ..އުފަލޭ މިކިޔާ އެއްވެސް އެއްޗެއް މި އަޅާއަށް ހައްގެއް ނޫނެވެ..މިއަޅާ އަކީ ބަދު ނަސީބު ވެރިއެކެވެ…އަޅާލާނެ އެއްވެސް މީހެއް ނެތް އާރެއް ބާރެއް ނެތް ނިކަމެއްޗެކެވެ…
******،
އަހަންނަށް ހޭލެވުނީ އަސުރު ނަމާދު ބަންގީގެ އަޑަށެވެ..ތެދު ވާން ުުއުޅެނިކޮށް ބޮލަށް އެނބުރުން އަރައިގެން ދިޔައެވެ..ހިތްވަރު ކޮށްލާފައި ތެދު ވީމެވެ..އއަހަރެން ލޮލުގައި އަޅައިގަތީ އެނދުގެ ކަނެއްގައި ބާއްވާލެވިފައި އޮތް ސިޓީ އަކަށެވެ..ހުޅުވާފައި ކިޔާލީމެވެ..
އައިރާއަށް…..
އައިރާއެވެ…އަހަންނަށް މިހާރު އައިރާގެ ނަން ވެސް ކިޔާލާނެ ހައްގެއް ނެތެވެ…އައިރާ އަހަރެން ދެކެ ވަރަށް ރުޅި އަންނަކަން އަހަންނަށް އެނގެއެވެ…ނާރަންވި ސަބަބެއް ވެސް ނެތެވެ…އަހަރެން ކުރީ މީހަކަށް ބަލައިގަނެވޭނެ ފަދަ ކަމެއް ނޫނެވެ..އަހަރެންނަކީ ސަޒަާ ހައްގު މީހަކީމެވެ..އައިރާއެވެ..އަހަންނަށް މާފު ކުރާށެވެ..އަހަންނަށް ކުރެވުނީ ވަރަށް ބޮޑު ކުށެކެވެ.. އައިރާގެ މާފު އަހަންނަށް ހައްގެއް ނޫނެވެ..ނަމަވެސް އަހަރެން ވާހަކައެއް ބުނެލަން ހެއްޔެވެ…އަހަރެން ކުރި ކުށުގެ ސަޒާ ލިބެންނާ ލިބެން ޖެހޭނީ އަހަންނަށް އެކަނި ނޫނެވެ…އަހަރެންގެ މަންމަ އަށްވެސް ސަޒާ ހައްގެވެ..އޮޅުން ނުފިލި ދޯއެވެ..ފަހަރެއްގަ އަހަރެން މި ކިޔައި ދޭން އުޅެ ވާހަކަ އައިރާއަށް ގަބޫލު ކުރަން ދަތިވެދާނެއެވެ….އައިރާއެވެ..އަހަރެން އެ ރޭ އައިރާގެ އިއްފަތްތެރިކަމަށް އަރައިގަތީ އަހަރެން ބޭނުންވެގަނަކުން ނޫނެވެ..މަންމަ އަހަންނަށް މަޖުބޫރު ކުރީ އެވެ…ދޮންބައްޕަގެ ފުރާނަ ދުއްވާލަނެ ކަމުގެ އިންޒާރު ދިނީއެވެ..މަންމަގެ އެދުމަކާ ދެކޮޅު ނުހަދަން ވެގެން އަހަރެން އެއްބަސް ވީމެވެ..ހިތުން ރުހުމަކުން ނޫނެވެ..މަންމަ އަށް ވީތީއެވެ…އަންހެން ކުއްޖެއްގެ އިއްފަތް ނަގާލުން އެއީ އަހަރެން ހުވަފެނުގައި ވެސް ކުރަން ހިތައް އަރުވާފައިވާ ކަމެއް ނޫނެވެ..އަދި ހާއްސަ ކޮށް އަހަރެންގެ ކޮއްކޮ އެއްގެ މަގާމު ގަ ހުރި ކުއްޖާއެވެ..އައިރާއެވެ..މަންމަ އައިރާގެ ފުރާނަ ނަގާލަންވެސް ފަހެއް ނުޖެހޭނެއެވެ..އެއީ ކޮންކަމަކަށް ކަން އެނގޭ ހެއްޔެވެ؟…ދޮންބައްޕަގެ މުދާގަނޑުގެ ދަހި ވެތި ކަމުގައެވެ..ދޮން ބައްޕަ ނެތް ދުވަހަކުން އައިރާ އަށް އެ މުދާ ވާރުތަވާނެތީއެވެ…އައިރާގެ އިއްފަތްތެރިކަންވެސް އަހަރެން ލައްވާ ނަގުވާލީ އައިރާ ބަލިވެ އިންނާނެ ކަމުގެ އުންމީދުގައެވެ…އޭރުން ދޮންބައްޕަގެ ރުޅިވެރި ނަޒަރާ އައިރާ ކުރިމަތި ލާން ޖެހޭނެތީއެވެ… މިހާރު ދެރަވެއެވެ..މަންމަގެ ބަހަށް ނުގަބޫލުންވިއަސް އަމަލު ކުރެވުނީތީއެވެ… އެ ރެއަށްފަހު ފުރަތަމަ ފަހަރަށް މަންމަ އާ މެދު ހިތުގައި ފޫހިކަން އުފެދުނެވެ..
އައިރާއެވެ….އަހަރެން އައިރާއާ ދުރަށް ދިޔައީ އައިރާގެ ނަފުރަތު އަހަންނަށް އަމާޒު ވާން ނޭދޭތީއެވެ..މި ސިޓީ ވެސް އައިރާ އާ ހަމައަށް ފޯރު ކޮށްދިނީ އަވަށްޓެރި ތޫބާ އެވެ…އަހަރެން ނުބުންޏަސް އަހަަރެން އައިރާގެ ކަންތައް ބަލަމެވެެ…މަންމަގެ އަނިޔާތަކާ ދެކޮޅަށް އައިރާ ހަނގުރާމަ ކުރާ ތަން ފެނުމުން ރޮވެއެވެ…އެތައް ދުވަހެއްގެ ނިދި ނަގާލީ އެ މަންޒަރުތަކެވެ…މަންމަ އާ ދެކޮޅަށްް އަޑު އުފުލަނަ ކިތަންމެ ފަހަރަކު ހިތައް އެރިއެވެ..ނަމަވެސް މަންމައަށް ވީތީ ހަނު ހުރީއެވެ…އައިރާ ތީ އަހަރެންގެ ކޮއްކޮ އަކަށް ވި ނަމަވެސް އަހަންނަށް އައިރާ އާ މެދު ދެކެވުނީ އެހެން ގޮތަކަށެވެ…މިބުނަން އުޅޭ އެތި ސާފު ނުވެދާނެއެވެ..ރީއްޗަށް ބުނެފާނަމެވެ…އަހަރެން އައިރާ ދެކެ ވަރަށް ލޯބިވެއެވެ…އެ ރެއަށްވުރެ ކުރިންވެސް އަހަރެން އައިރާ ދެކެ ލޯބި ވީމެވެ…އަހަރެން އައިރާ ދެކެ ވީ ހަގީގީ ތެދުވެރި ސާފް
ތާހިރު ލޯތްބެކެވެ…އައިރާ އަށް އެއްވެސް ކަމަކަށް އަހަރެން މަޖުބޫރެއް ނުކުރާނަމެވެ…އަހަރެން ހަމަކަނި މި އަންގައި ދިނީ އަހަރެންގެ ހިތުގެ ހާލަތެވެ…އަހަންނަށް މާފު ކުރާށެވެ………
….އަޔާޝް…
ސިޓީ ކިޔައި ނިމުނު އިރު އަހަންނަށް ރަނގަޅަށް ރޮވުނެވެ..މުދަލަށްޓަކައި އިންސާނުން މިހާ އަމިއްލަ އެދުމުން ފޯ ވެދާނެ ކަމެއް އަހަންނެއް ހިއެއް ނުކުރަމެވެ…ކޮންމެ ގޮތެއްވިއަސް އަހަންނަށް ދޮންމަންމަ އޭ މި ކިއުނީ އިންސާނެއްގެ ސިފައިގައި ހުރި ޝައިޡާނަކަށެވެ…އަޔާޝް އަހަރެން ދެކެ ލޯބި ވާަކަން ހާމަ ކުރުމުން ހިތަށް ނޭނގެ ގޮތެއް ވިއެވެ..އަޔާޝް ގެ ހުރިހާ ވާހަަކައެއް އަހަންނަށް ގަބޫލުކުރެވުނެވެ..އެއީ ފައިތުވި ދުވަސް ތަކުގައި އޭނާގެ އުޅުން އަހަރެން ވަރަށް ރަނގަޅަށް ދަސްކޮށްފައިވާތީއެވެ….ކޮންމެއަކަސް އަހަރެންގެ ހިތް އޭނާގެ މައްޗަށް ސާފުވިއެވެ…..
******
އަހަރެން ބަލިވެ އިން ހަބަރު ދޮންމަންމައަށް ލިބުމާއެކު ހީވީ އެއްފަހަރާ ދެޢީދު އައިސްގެން އުޅޭ ހެންނެވެ..ނަމަަވެސް އެ އުފާވެރިކަން ދައްކުވައިދިނީ އަލިފާނުގެ ހަމަލާތަކުންނެވެ… ފަންވަތެއްގައި ހުޅެއް ހިފާލި އުސޫލުން ރަށު ތެރެއަށް އަހަރެން ރަށް މެދަށް ބަލިވެ އިން ވާހަކަ ފެތުރުނެވެ..މީހުންގެ މަލާމާތާ ފުރައްސާރައާ ކުރިމަތި ލާން ޖެހުނެވެ…ބައްޕަގެ ކަންފަތާ ހަމައަށް މި ވާހަކަ ފޯރުމާއެކު ރަށަށް ދުރުވިއެވެ..އަދި ދޮންމަންމަ ލަފާ ކުރި ގޮތަށް އަހަރެން ދިމާލަށް ހަޑި އެއްޗެހި ގޮވިއެވެ…ގޭން ނެރެ އެއްލާލަންވެސް އުޅުނެވެ…ނަމަވެސް ދުނިޔޭގެ ލަދަށްޓަކައި އެކަން ނުކުރީއވެ…މިހާރު އަހަރެން ނުރޯ އެންމެ ރެއެއް ވެސް ނުދެއެވެ..ހިތް ވަރު ކޮށްގެން ހުއްޓާވެސް އޭގެ އެންމެ ފަހުގެ ވާ ފަށް ކަޑައިގެން ދިޔައީ ބައްޕަގެ ބަސްތަކުންނެވެ…އެންމެ ފަހަރަކުވެސް އަހަރެން ދައްކާ ވާހަކަ އަޑު އެހިނަމައެވެ…އަމިއްލައަށް މަރުވާން އެތައް ފަހަރަކު ހިތައް އެރިއެވެ..ނަމަވެސް ކުފުރު މަރަކުން މަރު ނުވާންވެގެން ހުރީއެވެ..އަހަރެންގެ ހަށިގަނޑުގައި މިހާރު އެހެން ވިނދެއް ވެސް ޖަަހާނެއެވެ…އެ ފުރާނައަށްޓަކައި ނޫންނަމަ މިއަދު އަހަރެން ދުނިޔޭގައި ހުރުމުގެ އެއްވެސް ބޭނުމެއް ނެތޭވެ..އަހަރެން ކެތް ކުރާނަމެވެ..
********
ދުވަސް ތައް ފާއިތުވަމުންގޮސް އަހަރެންގެ ބަނޑަށް ދުވަސް ފުރި ވިހަން ކައިރިވެއްޖެެއެވެ..މީގެ 3 މަސް ކުރިން ސިކުނޑީގެ ސްޓްރޯކެއް ޖެހި ބައްޕަ ވަނީ މި ފަނާވަނިވި ދުނިޔެ އާ އަލްވަދާޢު ކިޔާފައެވެ..ބައްޕައަށް އަހަރެންގެ ހަގީގަތް ނޭނގި ހުއްޓާ ނިޔާވީމަ ވަރަށް ދެރަވިއެވެ…ލިބުނު ކާމިޔާބީއާއެކު ދޮންމަންމަ ވެސް ބައްޕަގެ މުދާގަނޑު ފޭރިގަނެގެން ދިރިއުޅުން މާލެ ބަދަލު ކުރިއެވެ..ނަމަވެސް ކަމާ ބެހޭ ފަރާތްތަކަށް އެއީ އޮޅުވާލުމަކުން ނެގުނު މުދާގަނޑެއްކަން އެނގި ދޮންމަންމަ ހައްޔަރު ކުރެވުނެވެ.. އެ ދުވަހަށްފަހު އަހަރެން އުޅެމުން ދިޔައީ ރައްޓެއްސެއްގެ ގޭގައެވެ..ނަމަވެސް އަދިވެސް އަޔާޝްގެ ހަބަރެއް ނުވެއެވެ…އަހަރެންވެސް މިވަނީ އަހަރެނގެ ހިތުގެ އަޑު އަޔާޝް އަށް އިއްވުމަށް ކެތްމަދުވެފައެވެ…
ބަނޑުގައި ރިއްސާތީ އަހަރެން ހޮސްޕިޓަލަށް ގެންދެވުނެވެ..ވަގުތުން އޮޕަރޭޝަން ތިއޭޓަރ އަށް ވެއްދުނެވެ…މެޝިންތަކުގެ އަޑުފަށްގަޑުން މުޅި އެތަން ދިޔައީ ގުގުމަމުންނެވެ..އޭރު އަހަރެންގެ ލޯ މެރެން ދިޔައެވެ..އެހިނދު ތުއްތު ކުއްޖެއްގެ ރުއިމުގެ އަޑު އަހަންނަށް އިވުނެވެ..ބޭއިޙްތިޔާޜުގައި ހިނިތުންވެވުނެވެ…ދެން ވީގޮތެއް ނޭނގުނެވެ..
*******
ޙޭލެވުނު އިރު އަހަރެން އޮތީ އެނދުމަތި ކުރެވިފައެވެ…ވަރަށް އުނދަގުލުން ލޯ ހުޅުވާލާނެ ވަރު ވިއެވެ..ވަގުތުން ދަރިފުޅު ދެކިލަން ބޭނުންވިއެވެ…ވަށައިގެން ނަޒަރު ހިނގަނިކޮށް އަހަންނަށް ފެނުނީ އެހެން މަންޒަރެކެވެ…އަހަރެންގެ ދަރިފުޅު ނަގައިގެން އެ ހުރީ އަޔާޝް ނޫން ދެވަނަ މީހެއް ނޫނެވެ…މިއީ ހުވަފެނެއް ހެއްޔެވެ…ހަމަ އެ ވަގުތު އަޔާޝް އަހަންނާ ވީ ފަރާތަށް އެނބުރުނެވެ…އަދި ހިނިތުންވެފައިހުރެ އަހަންނާ ދިމާލަށް އައެވެ…ނަމަވެސް ކުރާނީ ކީއް ހެއްޔެވެ..ކޮންމެ ފުރާނައެއްވެސް އޭގެ އަޖަލު ހަމަވުމުން ގެންދެވެއެވެ..އާއެކެެވެ…މަލަކުލްމައުތު އެ ހުރީ އަހަރެން ބަލާ އައިއްސައެވެ…ކުއްލިއަކަށް މެޝިންތައް ތެޅިގަތް އަޑު އިވުނެވެ..އޭރު އަޔާޝް އަޙަރެން ކައިރީ ހާސްވެފައި ހުއްޓެވެ..އަދި އަހަރެން އަތުގައި ހިފާލިއެވެ..އަދި ބުންޏެވެ..އައިރާ.އެވެ…އައިރާ ދެކެ އަދިވެސް އަހރެން ވަރަށް ލޯބިވަމެވެ.. އަހަރެން ދޫކޮށްފަ ނުދާށެވެ….އާދޭސްކުރަމެވެ…އަޔާޝް ރޮއެގަތެވެ…އޭރު އަހަރެން ދިޔައީ އަހަރެންގެ އެންމެ ފަހު ނޭވާތަކާ ހަނގުރާމަ ކުރަމުންނެވެ…އަހަރެންވެސް އުނދަގުލުން ބުނީމެވެ…އަޔާ..ޝް..އެވެ…އަ..ހަ..ރެ..ން އަ.ޔާ..ޝް.އަ..ށް މާފު ކޮ..ށް ފީމެވެ…އަހަރެ..ންގެ ދަރި..ފުޅަށް ރަނ..ގަޅަށް ބަލާ..ށެވެ…އެކަމަކު ދޮން..މަންމަަ..އެއް ހޯދަ..އި ނުދޭ..ށެވެ..އަ..ހަރެ..ން އަޔާ..ޝްދެކެ ވަރަ..ށް ލޯބި..ވަމެވެ..އެއާއެކު ކަރުނުން ފުރިފައިވާ ދެލޮލާއެކު އަޔާޝް ބޯ ޖަހާލިއެވެ..އަހަރެން އެންމެ ފަހު ނޭވާ ދޫކޮށްލީ ޝަހާދަތުގެ ދެ ކަލިމައިންނެވެ..ހަމަ އެވަގުތު އަޔާޝްއާ ތުއްތު ދަރިފުޅު އެކީގައި ރޮއެގަތް އަޑު ކެނޑިގެން ކަހަލަ ގޮތަކަށް އިވުނެވެ..އަހަރެން މަރުވެގެން ދިޔައީ މިހާ ޅަ އުމުރެއްގައި ވިހަން ޖެހުމާއެކު ގިނަ މައްސަލަ ތަކަކާ ކުރިމަތި ލާން ޖެހުމުންނެވެ..ﷲ ގެ އިރާދަފުޅާއެކު އަހަރެންގެ ދަރިފުޅަށް އެވަނީ ރަނގަޅު ގޮތެއް މެދުވެރި ކުރައްވާފައެވެ…އަހަރެން އަޔާޝް އަށް އިތުބާރު ކުރަމެވެ..އަހަރެން ނެތް ދުނިޔޭގައި ވެސް އޭނާ އަހަރެންގެ ދަރިފަޅު ރަނގަޅު ގޮތުގައި ބޮޑު ކުރާނެކަން އަހަންނަށް އެނގެއެވެ….އަހަރެންނަށް މި ދުނިޔެ ވެފައިވަނީ ކެހިވެރި ތަނަކަށެވެ..އަހަރެންގެ ދަރިފުޅަށް އެގޮތް ނުވުމަށް އެދި ދުޢާ ކުރީމެވެ..
ނިމުނީ
79 Comments!
Comments are closed.



Salaam…this is my very first story..hope u all will like it..mistake huriyyaa angaala dhinun edhen..eyrun dhen faharakun rangalhu kohlleveyne..?
?????varah imotional mi story…… Varah reethi….. Unmeedhu kuranii adhivc mi kahala loabi loabi story tah mi site in fennaane kamah??
Awwwn???..thankx my dear?❤
Alheyyyyy varah loabi mi story. Hama rovijje. Masha allah???❣️❣️❣️???
Thankx dear…??V ufaa vejje falak ah story kamu dhiyama..❤
Vv reethi engey eesher. Hope mikahala baivaru storys adhi fennaaney kamah ❤❤ and kiyaa nimun iru rovihjje..
Thankxx dear.?❤..iraadhu kurevviyya vrh avahah story eh fennane..insha allah
this is my first time reading a story on this site and i luved it babss..?? I’m so proud of uu..?? luv u forever..and i hope to read more of ur stories i luved it sooo much..but why did u write such a sad story..? i almost cried..?? even though it is ur first time..feels like ur an expert..?? I’m a big fan okay..I’ll come to get my autograph??..
I know its not my first time to say this..but i just cant stop thanking u for ur wonderful presence nd thoughtful efforts..i dont think i would have been able to make it so far without ur love, care, support, kindness, generosity nd every little or big things..thank u soo much my dear bestie…???❤
Ishaaaaa….I’m sooo proud of u….?? although it is your first time…i haven’t read a story like this before it’s very heart touching…and i luved it…also when i was reading it i could see it all in my mind….i hope you’d do all the things u luv and never give up on ur happiness for anyone …?? and I’ll always keep cheering u on… Hope to read more of ur stories soon…☺️☺️ i luv u ishaaa????
Thank u for ur luv nd well wishes..they’re greatly appreciated…my heart felt thanks for u being on my side always..?❤
vv reethi mi stry…
Thankxx dear..u r also a writer dhw..gud luck..??
isha i luv uuu..?? this is so amazing..I’m sooo proud of uu☺️☺️…i enjoyed it so much even though it was so sad..not lying i almost cried..??..it’s ur first story right? it’s just perfect…hope to read more of ur stories in the future..nd my only wish is for u to be happy with whatever u do??…promise me that ok?..??????
Thank u so much dear bestie??❤?
V reethi❤️
Thankx my dear sis?❤
This is the first and best story I have ever read with this much of interest…Varah reethi vaahaka eh…Mi vaahakaage nimmun kiyaalumun ehcheh mathin hadhaan vi?….Mikahala reethi vaahaka adhives fennaane kamah ummeedhu kuran….All the best
?not serious
Story habeys Hama ekam suvaalakii ayaash ah majubooru viyas e kotariah vadhe eynaage ihfaihtherikan nagaalan majubooru hey… mamma ge loa mathin e kotari ah vadhevunys… ekam eyna gaiga aih nulaa irugandeh kohfa nikumeveyne dhw
Rangalhu suvaaleh..aslu preg nuvejje nama dhon mamma ah shakku vedhaane…but eii 50/50 eh dhw..aslu story vrh odd vaane airaa preg nuvejje nama..ehnve..sorry for that..nd thankx❤?
Its hama habeys bestie ????
Keep it up
its so amaxing it is an different love story???
It is unique just like u
Luv u BB???
Awwwn??…thankx my dear…??❤
V nyc stryy
Btw Esherr boduvegen vaan beynun vany koachakahtha?just asking ….heheh
Thankxx dear?❤…nd proudly i can say that i wanna be a successful doctor….?❤
Varah reethi Masha Allah ? first aa balaafa Hama kaamiyaabu
Thankx dear yan..?❤
Hey girl u knw what… Furathama naxarun liyefa oiyy vaahaka eh dhw mee…. Ekm ninmun hama nujehey kan ingey thr… Feshunmaa kunnaa v rythi… Ekm maruvi gothaa maruvaan v gothaa maru vyma duaa kurumaa hama eh nujehey dhw…. Furathama naxarun liyaa vaahaka eh ga amihla myhaage mareh nuliyaane
Yhh..thankx for highlighting my mistake??…i will try to improve the mistakes…thankx?❤
Inthixaar eba kurevey Esherr ge ehn stry akah …
Mi stry vrh vrh vrh vx heart touching nd vrh rythi ma sha allah❤?
Vrh vrh ufaa vehjje luaaraa ge comment kiyaafa..vrh bodah thankxx❤?..insha allah i’ll come up with a new story soon…❤?
Vrh vrh vrh reethi❤❤
I’m so proud of you ??
Unmeedhu kuran varah avahah isha ge ehen story eh kiyaalan libey ne kamah
???
Very happy to see that u commented on my story…?..thanks my dear shahu?❤..nd i’ll come up with a new story soon..insha allah..❤
Love u more. .v ufavejje story kiyaalevunyma???????????????V V V V V V reethi story.
Thanks my dear… ❤️❤️❤️
So heart touching… ?i really like this story ?… I am waiting for ur next story.. ?
Awwwn ??… Thanks my dear…… ❤️❤️❤️
Maasha allah ishoo… Ur the best varah ufaavey thikala friend eh libuneethee… Kurin thy mai best friend eh but now ur my fav writer… Kuriyah othaag miyah vuren reethivaahaka thh libeynekah umeedhukuran…
My miss OBAAMAA…..
LOVE U ❤️❤️❤️❤️❤️❤️❤️❤️❤️
Alhe v ufaa vejje comment kiyaafa…no words to thank u..means a lot bestuu…??..thankxx a lot..nd insha allah will try to improve my writing skill…?
Best stry ever
Thankxx dear shahu?❤️
Omg.. So beautiful story.. ??maasha alllah.. I loved it.. ??i hope u keep writing stories.. ?
Thankxx dear layaa… ?u’ll get to read a new story soon.. Insha allah???❤️❤️
This is first time when i cried while reading a story ??… It is so heart touching.. ?.. I am looking forward for ur next story.. ??
Awwn..gud to hear that..??…insha allah v avahah Esherr ge new story eh fennaane..
So emotional…..it was like I was in that scene. Sifakurunthah v v reethi and story adhi maa maaa reethi
Awwn??…thankx a lot my dear..??❤
Hama rovigge?????keep it up
Thankx a lot?❤
Bestie haadha reechchey .u r so talented.best story ever??????
Means a lot to me..thanks for ur support to me throughout this…thank u soo much dear best frnd???
its my pleasur to support u ??kon iraku dhn ehn story eh kiyan libeyynyy waiting to read a story from u?❤❤❤
Insha allah…will try for the next week..thanks??❤
V salhi.
Thanks❤
V v v v v v reethi.
V reethi iburatheh dhey story eh?????speachless
Thanks dear❤
Alhey haadha avahah thi nimmaalyyyyy????? poor airaaa
Hehe..comment kohlyma ufaa vejje..thankx?❤
nice
Thank u soo much dear shifa?❤❤
So proud of you ishhh???
Best of luck babe
Thank u soo soo much my dear fai her??❤❤
Story V V reethi
Best of luck isher
Thanks?
Varah reethi vahakaeh ishaa…. Best of luck… Waiting for more stories…???
Love the story
Reethi vaahaka eh
Reethikan…
Reethi vaahak eh
Thank u soo much all??❤
??????
?❤️???❤️???❤️???❤️???❤️???❤️???❤️???❤️??
Just woww…..varah reethi mi story….neyge bunaane ehcheh vx….
Thank u sooo soo much kai???❤️❤️
Isherr.. Its a wonderful story. Its so awsome..? Mi vaahaka kiyamun dhiya iru vrh vx dheravi.. Waiting for more stories. Best of luv my sis. ???
Varah salhi mi story masha allah ??
Ehntha…. Happy to hear.. Thank you soo much dear queen
vrh vrh rh reethi maasha allah??