ހިމާޔަތެއް ނެތިފައި 1 ވަނަ ބައި
ލޮލުން އޮހެމުން ދިޔަ ކަރުނަތައް އަތުގެ ނުފުށުން ފޮހެލުމަށްފަހު އެޒުވާނާއެ ތެދުވީ ކަށިންނެތް ހިތްވަރު ލައިގެންނެވެ. ތެދުވެ ވަށައިގެންވި މާހައުލަށް ނަޒަރު ހިންގާލެވުމާއެކު އަނެއްކާވެސް އެލޮލުގައި ބޮނޑިވެފައި ހުރި ކަރުނަތައް އޮހެންފެށިއެވެ. ވަށައިގެން އިވެމުންދާ ކުޑަކުދިންނާއި ، ބޮޑެތިމީހުންގެ އިތުރުން އުމުރުން ދުވަސްވީ މީހުންގެ ރުއިމާއި ގިސްލުމުގެ އަޑުން އޭނާގެ ކަންފަތްވީ ބައްވެފައެވެ. ޒަޚަމްވެފައި ތިބި މީހުންނަށް އެހީތެރިވަމުން ދިޔަ ޑޮކްޓަރުން އަވަސް ހަރަކާތްތަކާއި އެކު އެމީހުންނަށް ދެވެން އޮތްހާ ފަރުވާއެއްދެމުން ދިޔަނަމަވެސް އެތައްބަޔަކު މި ފަނާވަނިވި ދުނިޔެ ދޫކޮށް އެދަނީ ލޮލު ކުރިމަތީގައެވެ. ވޭނާ އުދާހުގެ ތެރޭ ހަށިތައް ފިސްވެގެންދާއިރު ޒަޚަމް ވެފައި ތިބި މީހުންގެ އާހުގެ އަޑުއިވޭ ކޮންމެ މީހެއްގެ ހިތް ރޮއްވާލައެވެ. ހޮސްޕިޓަލެއް ކަމަކު އެތަނެކޭ ލޭގެ ކޯރެކޭ ތަފާތެއް ނެތެވެ. މި ފަލަސްތީނުގެ ރައްޔިތުންގެ ސާފު ރަތްކުލައިގެ ލެއިން ހޮސްޕިޓަލުގެ މުށިތަކާއި ފާރުތައް ކަޅިވެފައި ވީ އިރު އެއީ ހޮސްޕިޓަލެކޭ ބުނެވޭނެ ޖާގައެއްނެތެވެ.
ހަށިގަނޑުގައި ލެވިފައިވާ ޒަޚަމްތަކުގައި އަޅަމުން ދިޔަ ވޭނަށް ވުރެއް މިއްލީގެ ހިތުގައި އަށަގަނެފައިވާ ބިރުވެރިކަން މާ ބޮޑެވެ. އާއިލާގެ އެންމެންގެ ހާލެއް ނޭނގި އޭނާގެ ހިތް ރޯމަހެއްހެން ތެޅެމުން ދިޔަ ނަމަވެސް، މީގެ ކުޑަ ހިނދުކޮޅެއްގެ ތެރޭ ހިނގައިދިޔަ ހާދިޘާއާއި އެކު ލިބުނު ޝޮކުގެ ސަބަބުން އޭނާގެ މުޅި ހަށިގަނޑު ހީވަނީ ހިލައިގެ ބުދެއްހެންނެވެ.
ހަރަކާތެއްކުރަން ނުކުޅެދިފައި އޭނާއަށް އެމެޖެންސީ ރޫމުގެ ކުރިމަތީ ހުރި ފާރުކައިރީ ލެނގިލައިގެން ހުރެވުނު އިރު ، އަދިވެސް ދެންމެ ހިނގައި ދިޔަ ހާދިޘާ ލޮލުކުރިމަތީ ފިލްމެއްގެ މަންޒަރުހެން ރިޕްލޭ ވަމުން ދިޔައެވެ. ލޮލުން އަންނަމުން ދިޔަ ކަރުނަތައް ހުއްޓުވުމަށްޓަކައި އެއްވެސް ކަމެއް ކުރަން
ނުކުޅެދިފައި އެ ނިކަމެތި އަންހެންކުއްޖާއަށް ހުރެވުނު އިރު މާތް ކަލާނގެއާއި ވަކީލްކޮށްލައިގެން އޭނާ އެހުރީ ކުރެވޭނެ އެއްވެސް ކަމެއް ނެތުމުންނެވެ.
މިއްލީއަކީ ފަލަސްތީނުގެ ގައްޒާއޭ ކިޔުނު އަވަށަކަށް އުފަން ކުއްޖެކެވެ. އޭނާ ހަނދާން ހުންނަން ފެށީއްސުރެއް އޭނާގެ އާއިލާގައި ތިބެނީ އޭނައާއި އޭނާގެ މަންމައާއި ބައްޕަގެ އިތުރުން އޭނާގެ އެއްބަނޑު އެއްބަފާ ބޭބެގެ އިތުރުން ބޭބެގެ އަންހެނުންނެވެ. ހަމަ އެއާއި މީގެ 3 ވަރަކަށް މަސްކުރިން ގެޔަށް ތަޢާރަފުވި އާ މެހެމާނާއެކު އާއިލާއަށް އުފާވެރިކަމުގެ ތަސައްލީއެއް ދަނީ ގެނެސްދެމުންނެވެ. އުމުރުން އެންމެ 16 އަހަރުގައި ކޮއްކޮއެއް ލިބުމުން މިއްލީ އެ ތުއްތު ކޮއްކޮ ދެކެ ވަނީ އަމަށަކު ލޮއެތްބެއް ނޫނެވެ.
އާއިލާގެ މާ ގިނަ މެންބަރުންތަކެއް ނެތުމާއެކު މިއްލީ އޭނާގެ އާއިލާގެ އެ އެންމެން ދެކެ ލޯބިވަނީ ވަރަށްވެސް ބޮޑަށެވެ. ވުމާއެކު އޭނާގެ ހިތުގައި އޮތް ހަމައެކަނި އޮތް ކަންބޮޑުވުމާއި ބިރަކީ އެކަކު އަނެކަކާއި ވަކިވެގެން
ހިނގައިދާނެކަމުގެ ބިރެވެ. ކޮންމެ ވަގުތަކުވެސް މި ދުނިޔެއާއި ޢަލްވަދާޢު ކިޔަން ޖެހިދާނޭކަމުގެ ބިރުވެރިކަން އޭނާގެ ނަފްސު ހިސޯރުކޮށްފައިވާއިރު އެ ފަސްގަނޑުގައިހިނގަމުންދާ ހަނގުރާމައިން ނިކުމެގެން ދާނޭ އެއްވެސް ގޮތެއްނެތެވެ. އާނއެކެވެ. އޭނާއަކީ ފަލަސްތީނުގެ ފަސްގަނޑަށް އުފަން ކުއްޖެއް ނަމަވެސް އޭނާއަށް މި ފަސްގަނޑުގައި މިނިވަންކަމާއެކު އުދުހިލާނެ ޖާގައެއް ނެތެވެ. ރޭގަނޑު ނިދުމަށްޓަކައި އިވެމުންދާ ނާނާތަކުގެ ބަދަލުގައި އޭނާއަށް ކުޑައިރުއްސުރެއް އިވެމުން ދިޔައީ ބޮމާއި ބަޑީގެ ވަޒަންތަކުގެ އަޑެވެ. އެކުވެރިންނާއެކު ކުޅެ ،މަޖާ ކޮށްލުމަށްޓަކައި ދާ ޕާކްތަކެކޭ ސުންނާފަތި ވެފައިވާ ގަބުރުސްތާނެކޭ ތަފާތެއް ނެތެވެ. ހިތްހަމަ ޖައްސާލުމަށްޓަކައި މަގެއްގެ މައްޗަށް ނުކުތެވުމާއެކު ކުރިމަތި ލާންޖެހެނީ އިޒްރޭލުގެ ސިފައިންގެ އަނިޔާތަކާއެވެ. ހަނގުރާމައިގެ މައިދާނެއްގައި އޭނާއާއި އޭނާގެ އާއިލާ
ގަނަތެޅެން ޖެހިފައިވާއިރު އެމީހުންނެކޭ އެއްފަދައިން އެތައް
ރައްޔިތުންނެއް އެހާލުގައި އުޅެމުން ދެއެވެ.
ކޮންމެ ދުވަހަކުމެ އިޒްރޭލުގެ ސިފައިންގެ ފަރާތުން ހިންގަމުންދާނިމުމެއް ނެތް ގަތުލު ޢާންމުގެގެ ސަބަބުން އެތައް ހާސް ފުރާނައެއް މި ދުނިޔެ ދޫކޮށްދާއިރު ނާއިންސާފުން އެމީހުންގެ ޖަލުތަކުގައި
ގައިދުކޮށްފައި ތިބި ރައްޔިތުންގެ ޢަދަދު ގައިމުވެސް ހަތަރުހާހަށް ވުރެއް ގިނައެވެ.
ބަނޑުހައި ހޫނު ކަމާއި ކެކުޅުމާއި ވޭނުގެ ކަނޑެއްގައި ބެހެމުންދާއިރު އެނިކަމެތި އަންހެންކުއްޖާއާއި އޭނާގެ އާއިލާގެ
ޙާލަށް މަދަދުވެރި ވާނޭ ފަރާތެއް ނެތެވެ.
މާދަމާ އިރު އަރާއިރު ދިރިހުންނާނޭ ކަމުގެ އެއްވެސް އުއްމީދެއް ނެތް އިރު
އެފަސްގަނޑުގައި ދިރިއުޅުމެކޭ މަރުވުމެކޭ ތަފާތެއް ނެތެވެ. އެތައް އެކުވެރީންނަކާއި ފެނި ދެމިތިބެނިވި އަވަށްޓެރިންތައް މަރުވެގެން ދަނީ ލޮލު ކުރިމަތީގައެވެ. މާތް ރަސްކަލާނގެ ރަޙުމަތްފުޅުން އަދި މިއްލީގެ އާއިލާ މީހަކަށް ގެއްލުމެއް އަދި ލިބިފައި ނެތެވެ. ވުމާއެކު އޭނާއެކަމަށް ޙަމްދުކުރެއެވެ. ނަމަވެސް ފަހުން ވާނޭ ގޮތް އިނގޭނީ ކާކައްހެއްޔެވެ؟
*********** މީގެ 10 ވަރަކަށް ގަޑިއިރު ކުރި *********
އާދައިގެ މަތިން ފަތިސް ނަމާދަށް ފަހު މިއްލީއާއި އޭނާގެ އާއިލާ އެންމެން
ސައިބުއިމަށްޓަކައި އަވަދިނެރި އަވަދިނެތި ތިއްބެވެ.
މޭޒުމަތީ މާގިނައެއްޗެއް ނެތް ކަމަކު އެކަމަށް ޝުކުރުކޮށްލައިގެން
ތިބިއިރު އެއިން އެކަކުވެސް ހިތްހަމަ ނުޖެހުމުގެ ޝުޢޫރެއް ދައްކާނުލާ ތިބީ މިއަދު އެމީހުންނަށް މިނޫންގޮތެއް ނެތުމުންނެވެ.
މިއްލީގެ ބޭބެ މާންއާއި ބައްޕަ އަބްދުލްޣަފޫރުގެ ގެ މޫނުމަތިން ވަރުބަލިކަން ފެންނަމުން ދިޔައިރު ރޭވެސް އިޒްރޭލުގެ ސިފައިންގެ ސިފައިން އެޅި ބޮމުގެ ސަބަބުން އެއްއާއިލާ އެއްގެ އެތައް މެމްބަރުންނެއް ނިޔާވި ވާހަކަ އަބްދުލްޢަފޫރު ބުނެލީ ހިތާމަޔާައެކުއެވެ. އެއާއިއެކު އަބްދުލްޣަފޫރު އެހެންދުވަސްތަކެކޭ އެއްފަދައިންއޭނައާއި ނުލާ ބޭރަށް ނުދިޔުމަށާއި ގޭގައި ތިބޭއިރުވެސް
ވިސްނައިގެން ތިބުމަށް ބުނެލީ ކަންބޮޑުވެފައެވެ.
އަދި މިއްލީ ކައިރީ ސްކޫލަށް ދާން ތައްޔާރުވުމަށް ދިޔުމަށް ބުނެލިއެވެ. ބަސްއަހާކުއްޖެއްހެން އުފަލާއެކު ބޯޖަހާލުމަށް ފަހު
އެންމެ ފުރަތަމަވެސް އޭނާ އާދައިގެ މަތިން މަންމައާއި ބައްޕަ ގައިގައި ބައްދާލިއެވެ.
އަދި އޭނާގެފަހަރި ގައިގައި ބައްދާލުމާއެކު އޭނާގެ ބޭބެ މާން ތިމަންނަ
ބާކީ ކޮށްލީއޭ ކިޔާ ރޯކަމަށް ހެދުނެވެ.
މޫނުމައްޗަށް ފޫހިވައްތަރެއް ޖައްސާލުމަށްފަހު މިއްލީ އޭނާގެ ބޭބެއާއި ދިމާލަށް ދޫ ނެރެލިއެވެ. އަދި މަޑުމަޑުން ގޮސް މާންގެ އިސްތަށިގަނޑު ހާވާލުމަށްފަހު ސްކޫލަށް ދާން އެތެރެއަށް ވަންއިރު އެ އެންމެންގެ މޫނުމަތިން ފެންނަމުން ދިޔައީ ލުއި ހިނިތުންވުމެކެވެ.
ސްކޫލަށް ދިއުމަށްޓަކައި ދޫ ކަޅު އަބާޔާއެއް ލުމަށްފަހު މިއްލީ އެންމެ ފުރަތަމަވެސް މޫނު ނިވާކުރަން އަޅާފޮތިކޮޅު ބަނދެލިއެވެ. އެއަށްފަހު ކަޅު އިސްޓާކީނަކުން ދެފައިތިލަ ފޮރުވާލުމަށްފަހު އޭނާ ލޯގަނޑަށް ނަޒަރު ހިންގާލިއެވެ. އޭނާއަށް އޭނާގެ ދެ ލޯ ފިޔަވާ ދެންތިބި ހުރިހާތަނެއް ފޮރުވިފައިވާ ތަން ފެނި އޭނާގެ ހިތަށް ލިބުނީ ހިތްހަމަޖެހުމެކެވެ. އޭނާގެބައްޕަގެ އެދުމަށް އޭނާގެ މަންމަގެ އިތުރުން ފަހަރި ނިޤާބް އެޅީ އިޒްރޭލުގެ ސިފައިންގެ ފަރާތުން ފެންނަމުން ދިޔަ ނުބައި ޢަމަލުތަކުގެ ޝިކާރައިން ސަލާމަތްވުމަށެވެ. މިއްލީއަށް ވާނަމަ އަމިއްލަ ދެލޯވެސް ފޮރުވީހެވެ. ސަބަބަކީ އޭނާ ފެންނަ ގިނަ މީހުންގެ ނަޒަރު އަމާޒުވަނީ އޭނާގެ ދެލޮލަށްކަމަށްވާތީ ކަމަށްވާތީއެވެ. ކުޑައިރުއްސުރެއް މިއްލީގެ މަންމަމެން އޭނާއަށް ލިބިފައިވާ ރީތިކަމުގެ ވާހަކަ ދައްކައެވެ. މާމުއި ކުލަޔަށްދާ އެ އޮމާން ހަންގަނޑާއިއެކު އޭނާއަށް ލިބިފައިވާ ނޫފެހި ކުލަޔަށް ދާ ލޮލަކީ ލިބިފައިވާ ނިޢުމަތެކެވެ. ޤުދުރަތުން އޭނާއަށް ކަޅުފަން އިސްތަށިގަނޑަކާއި ބޯ ދިގު އެސްފިޔަތަކެއް ލިބިފައިވި ނަމަވެސް އޭނާ އެއާއި މެދު އެއްވެސް ވަރަކަށް ފަޚުރުވެރިއެއް ނުވެއެވެ. އޭގެ ބަދަލުގައި އޭނާ ބެލީ އޭނާގެގެ އެރީތިކަން ފޮރުވޭތޯއެވެ. އެގޮތުން އޭނާގެ އުމުރުން އެންމެ 10 އަހަރުގައި ބުރުގާ އަޅާ ޖިލްބާބު ލާން ފެށީ އެހެން މީހުންގެ ނަޒަރުން ސަލާމަތްވުމަށެވެ. އަދި އުމުރުން 16 އަހަރުގައި ނިޤާބް އެޅީ ބައްޕަގެ އެދުމަށްވިޔަސް އެއީ އޭނާގެ ހިތަށް ހިތްހަމަ ޖެހުމުގެ ތަސައްލީއެއް ގެނެސްދިންކަމެކެވެ.
މަންމަމެން އޭނާގެ ރީތިކަމުގެ ވާހަކަ ދެއްކިޔަސް ދައްކަނީ އާއިލާތެރޭގައެވެ. އެހެނީ އެހެންމީހުންގެ އެސްފީނާގެ އަމާޒަކަށްވުމަށް އެ މައިމީހާވެސް ނޭދޭނެތާއެވެ.
ތައްޔާރުވެ ނިމުމުން މިއްލީ ގޮވައިގެން އަބްދުލްޣަފޫރު ސްކޫލާއި ދިމާލަށް ހިނގައިގަތެވެ. މިއްލީ އޭނާގެ ބައްޕަ އާއި އެކު ސްކޫލަށް ދިޔަ މަގުމަތީ ފެންނަމުން ދިޔައީ
ފެނި ފެނި ބާވެފައި ހުރި މަންޒަރުތަކަކަށް ވިޔަސް އެ
ލޮލުން ކަރުނަ ނީރާލަނީ އިޚްތިޔާރަކާ ނުލައެވެ.
އެހެނީ އެތައް ދަލެއް އޮހޮރުވައިގެން އެތައް އަހަރެއްގެ ބުރަ މަސައްކަތުން
މީހުން ބިނާކޮށްފައި ހުރި އެއްބައި ގެތައް ބިމާ ހަމަވެފައި ވީއިރު އަނެއްބައި
ގެތައް ވަނީ ވެއްޓެން ކައިރިވެފައެވެ. އެގެތައް ކައިރީއާއި މަގުމަތީހަތަރު ފަސްވަރަކަށް އަހަރުގެ ކުދީންތަކެއް ހިރަފުހާއި ދޮންވެލިގަނޑުތެރޭ ކުޅެންތިބި ނަމަވެސް އެ އުމުރުގެ ކުދީން ގެ ކިބައިން ފެންނަން ޖެހޭ ހަލަނިކަމެއް ފެންނާކަށް ނެތެވެ. އެއްވެސް ފޯރިއެއްނެތި މަރުވެފައިވާ ރޫޙުތަކެއް ފަދައިން އެކުދިން ތިބި އިރު ދިރިއުޅުމާ މެދު އުއްމީދު ގެއްލިފައި ތިބި ކަހަލައެވެ. އަބްދުލްޣަފޫރު މިއްލީ ގޮވައިގެން ސްކޫލާއި ހަމަޔަށް އައެވެ. އަދި މިއްލީ އަޅައިގެން ހުރި ބުރުގާގެ މަތިން އެ
ނިތްކުރީއަށް ދޮނެއް ދިނެވެ.
އަދި ހިތި ހިނިތުންވުމަކާއި އެކު އަބަދުލް ޣަފޫރު ބަސްއަހާ ކިޔަވާ މޮޅު ކުއްޖަކަށްވާށޭ މިއްލީ ގާތު ބުނެލިވަގުތު މިއްލީގެ ހިތުގައި
ބިރުވެރި ކަމުގެ ރާޅެއް ދުވެލީ ކީއްވެކަމެއް ޚުދު އޭނާއަށްވެސް ނޭނގެއެވެ.
އަބްްޣަފޫރު ދިޔުމުގެ ކުރިން މިއްލީގެ ގައިގައި ބައްދާލިއެވެ. ބުނެލާ ކަހަލައެވެ. ދަރިފުޅާއެވެ. މީ ދަރިފުޅަށް މި ބައްޕަ ފެންނާނެ އެންމެ ފަހަރެވެ.
. އެވަގުތު އެ ނިކަމެތި ބައްޕަގެ އެ ލޮލުން ކަރުނަތައް އޮހެމުން ދިޔަ މަންޒަރު މިއްލީއަށް ފެނުނެވެ. އެ ދެލޮލުން މިއްލީއަށް
ފެނިގެން ދިޔައީ އޭނާގެ ރައްކާތެރިކަމާ މެދު އެނިކަމެތި ބައްޕަ ކަންބޮޑުވެފައިވާ މިންވަރެވެ
ބައްޕަ އާއި ޢަލްވަދާޢު މިއްލީ އޭނާގެ ސްކޫލަށް ބަލާލީއެވެ. ސްކޫލްތޯއެވެ.
ސްކޫލެކޭ ބުނުމުން އެހެންމީހުންނަށް ސިފަވެގެން ދާނީ ކުދިންގެ
ސަބަބުން ތޮއްޖެހި އެއްވެސް ޚިޔާލެއް ފިކުރެއް ނެތި ކުދިން ކިޔަވާ އުޅޭ މާޙައުލެއް
ގެ ގޮތުގައެވެ.
އުސް އިމާރާތްތަކާއި ކުދިން ސަކަރާތައި މަޖަލުގެ އަޑު އަބަދުމެ އިވި އިވި މެ
ރައްކާތެރިކަން އިޙުސާސް ކުރެވޭނެ ތަނެއްގެ ގޮތުގައެވެ. ނަމަވެސް އޭނާއަށް މި މާހައުލުން ފެންނަމުން އެދަނީ ހިމޭންކަމެވެ. ކިޔަވާދެއްވާ މުދައްރިސުންވެސް ވަރަށް ވެސް ސަމާލުވެލައްވައިގެން ކުދިންނަށް އުނގަންނާ ދެއްވަމުން ދިޔައިރު ކިރިޔާ އަޑެއް އިވިލާ އިރަށް ސިހިގެން ދެއެވެ. ކުދިންގެ ޙާލުތޯއެވެ. ނުރައްކަލުން ފުރިފައިވާ މަގުތައް ކަޑައްތުކޮށް ސްކުޫލާ ހަމަޔަށް އެއަންނަނީ ތަޢުލީމު ހޯދުމަށް ފެންބޮވައިފައިވާ މިންވަރުންނެވެ. ނަމަވެސް އެ އެންމެންގެ މޫނުމަތިން ކިޔެވުމުގެ ޖޯޝު ކެނޑިފައިވާއިރު ހިމޭންކަމުން ސްކޫލެކޭ ހިމޭން ސަހަރާއެކޭ ތަފާތެއް ނެތެވެ. އާދައިގެ މަތިން ސްކޫލްގައި 6 ގަޑިއިރު ސްކޫލުގައި ހޭދަ ކުރުމަށްފަހު މިއްލީ ގެޔަށް ހިނގައިގަތީ އަވަށްޓެރި ކުއްޖެއް ކަމަށްވާ އަޔާނީގެ މަންމަޔާއެކުއެވެ. ކުރިމައްޗަށް އަންނަން އޮތް ތޫފާނުގެ ހިލަމެއްވެސް ނެތި މިއްލީއަށް އޭނާގެ ގެ ހުންނަ މަގަށް އެރުނީ ކިރިޔާއެވެ.
އިވުނު ބާރު އަޑުފަށްގަނޑާއި އެކު ހީވީ ދުނިޔެ ޤިޔާމަތް ވިހެންނެވެ.ނާމާންކަމާއި ބިރުވެރިކަމުގެ ބާނިތައް އައިސް މުޅި ބިން އެކީ ހަފުސްކުރާ
ކަހަލަ އިހުސާސެއް އޭނާއަ ށްވިއެވެ. އަލިކަމުގެ މައްޗަށް ކަޅު އަނދިރިކަން އަތްގަދަ ކުރީ ސިކުންތު ކޮޅެއްގެ ތެރޭގައެވެ.
ހަމަ އެވަގުތު އައި ބާރުގަނޑަކުން އޭނާ ދިޔައީ ވިއްސައިގެންނެވެ. މުޅި ތަން އެކީ ހިރަފުހާއި ވެލިން ފުސްވެގެން ދިޔައިރު މީހުންގެ ރުއިމާއި ހަޅޭކުގެ އަޑު ގުގުމާލިއެވެ. ޖެހުނުލެއް ބާރުކަމާއެކު އޭނާގެ ބޮލަށް އެނބުރުން އެރިއެވެ.
އެވަގުތު ފުސްވެފައިވާ މާހައުލުގެ ތެރެއިން މަތިން އުދުހެމުން ދިޔަ އިޒްރޭލުގެ
ސިފައިންގެ ހެލިކޮޕްޓަރ މިއްލީގެ ލޮލުގައި އަޅައިގަތެވެ.
ލޮލަށް ވަންނަމުން ދިޔަ ކުނޑިތަކާ ހެދި އޭނާއަށް ލޯހުޅުވާލުންވީ ދަތި ކަމަކަށެވެ.
ހިތް ތެޅެމުން ދިޔަ ބާރު މިނާއެކު
އޭނާގެ ސިކުނޑި ހިނގުން ހުއްޓުމަކަށް އައީހެން އޭނާއަށް ހީވިއެވެ.
އެވަގުތު މިއްލީއެކު އައި އަވަށްޓެރި
ކުއްޖާ އަޔާނީ އޭނާ ތެދު ކުރުމަށްފަހު ބޮން އަޅަނީއޭ ކިޔާ ރޮއެގަތެވެ. ނަމަވެސް މިއްލީއަށް އޭނާ ކީއެއްޗެއް ނޭނގުނެވެ. އޭގެ ބަދަލުގައި މިއްލީގެ ކަންފަތުގައި ހަރުލާފައި ވީ ބޫން އަޑެކެވެ.
އަޔާނީ މިއްލީގެ އަތުގައި ހިފައިގެން ގެޔާއި ދުރަށް ދުއްވައިގަތެވެ. ވާނުވާ ނޭނގި ހުރެމެ މިއްލީވެސް އޭނާއާއި އެއްކޮށް ދުވަމުން ދިޔަ ނަމަވެސް ޗާބީ ދީފައި ހުރި ބުދެކޭ ތަފާތެއްނެތެވެ.
ސިކުނޑިއަށް ލިބިފައިވާ ޝޮކްގެ ސަބަބުން އޭނާގެ ނަފްސުވީ ހުއްޓުމަކަށް އައިސްފައެވެ.
ވާނުވާއެނގި ޖެހިފައިވި ޝޮކްފިލައި ދިޔައިރު އެ ދެމީހުންނަށް ގެޔާއި
މާދުރަށްވަނީ ދެވިފައެވެ.
އެވަގުތު އަނެއްކާވެސް އިވުނު ބާރު އަޑުފަށްގަނޑާއެކު
މުޅި ބިން އެކީ ގުޑައިގެންދިޔައެވެ.
މިއްލީ އަށް ކަންފަތުގައި އަތްއަޅާ ހުރިތަނަށް ތިރިވެވުނު އިރު އަނގައި ތޫލި
އަޑެއް ލައްވާލެވުނެވެ. ދެލޯމަރާ ތަގުޅިކޮށްލައިގެން އިންނަތުާ ދެ ތިން ސިކުންތު ފަހުން އޭނާއަށްށް ދެލޯ ހުޅުވާލެވުނީ
އޭނާގެގެ ބައްޕައާއި ދެންތިބި އެންމެން މަތިން ހަނދާން ވުމުންނެވެ. އެއާއިއެކު އޭނާގެ ހިތް ނުބައި ގޮތަކަށް ތެޅިިގެން ދިޔައެވެ.
މިއްލީއަށް ވަގުތުން ތެދުވެ ދުއްވައި ގަނެވުނީ ކުރިމަތީގައި ހިނގަމުން ދިޔަ ބިރުވެރި ކަންތައްގަނޑަށް ވިސްނާލުމެއް ނެތިއެވެ. އެވަގުތު އަޔާނީ ނުދާށޭ
ބުނެ ހަލޭއްލެވިއެއް ކަމަކު އޭނާގެ ފިޔަވަޅުތަކަށް މަޑު ޖެހުމެއް ނައެވެ.
ހިތް އަވަސް ވެފައިވާ ޙާލު ހިރަފުހުން ފުސް ވެފައިވާ މަގުތައް ކަޑައްތުކޮށް އޭނާއަށް ގެ ހުންނަ
ހިސާބަށް ދެވުމާއެކު ފެނުނު މަންޒަރުން އޭނާގެ
ހަމަ ބުއްދި ފިލައިދިޔަ ކަހަލައެވެ.
މިއްލީގެ އާއިލާ އެ ފުރާޅެއްގެ ދަށުގައިވާ ގެ ބިމާ ހަމަވެފައި ވީއިރު
ދިރޭ އެއްޗެއްގެ ހިލަމެއްވެސް ނެތެވެ.
އެވަގުތު ޒަޚަމްވެފައި ތިބި އަވަށްޓެރިން ރޮމުންނާއި ގިސްލަމުން
އެކި ކޮޅު ކޮޅަށް ހަރަކާތްތެރި ވާތީ އޭނާއަށް ފެނުނެވެ.
ރުއިންތައް ގަދަ ވެފައި ވީ އިރު މެޑިކަލް
ޓީމުތަކުން ބިމާ ހަމަވެފައި ހުރި ގެތަކުގެ ދަށުގައި
ތާށި ވެފައި ތިބި މީހުން ސަލާމަތް ކުރުމުގައްޔާއި
ޒަޚަމްވެފައި ތިބި މީހުން ހޮސްޕިޓަލަށް
ގެންދިޔުމުގައި އަވަދިނެތި އުޅެމުން ދިޔައެވެ.
އޭރުވެސް ކެެތްތެރިކަމެއް ނެތި މިއްލީއަށް ފެންނަމުން ދިޔަ ކޮންމެ މީހަކާ އޭނާގެ އާއިލާގެ އެއްވެސް މެމްބަރަކު ދުށިންތޯ ސުވާލުކުރެވެމުން ދިޔައީ ކަންބޮޑުވެ ބިރުގަނެފައި ހުރެމެއެވެ. އެކަމުގައި އެތައް މިނިޓުތަކެއް ހޭދަވަމުން ދަނިކޮށް އޭގެތެރެއިން މީހަކުކޮށްލި އިޝާރާތަކާއެކު މިއްލީ ފަސްއެނބުރި ބަލާލެވުނެވެ.
“މަންމާ” މިއްލީއަށް ރޮއެގަނެވުނީ ސްޓްރެޗާރ އެއްގައި ގެންދަމުން ދިޔަނއޭނާގެ މަންމަ ފެނުމުންނެވެ.
އެ ލޮޮބުވެތި ހަށިގަނޑުގައި އެތައް ކޫރުމެއް އެޅިފައި ވީއިރު
މޫނުމަތިން ދިރި ހުރިކަމުގެ ނިޝާނެއް ފެންނާކަށް ނެތެވެ.
އޭނާގެ މަންމަގެ ފަހަތުން ލެއިން ތަތްތެޅިފައި ތިބި ބައްޕަ އާއި ބޭބެގެ އިތުރުން ފަހަރި ވެސް ގެންދިޔަތަން ފެނުނީ އޭނާގެ ކުރިމަތީގައެވެ.
ކުޑަ ތުއްތު މާލް މެޑިކަލް ޓީމްގެ މެމްބަރެއްގެ އަތްމަތީގައި ލެއިން ކަޅިވެފައި ތެޅިފައި އޮތްތަން ފެނުމާއެކު
މިއްލީއަށް ހީވީ މުޅި ދުނިޔެ އެނބުރެން ފެށިހެންނެވެ. ދެފައިން ވާގި ދޫވެ ބޮލަށް ބަރުވާފަދަ އިހުސާސެއް އޭނާއަށް ކުރެވުނެވެ.
ނުނިމޭ
9 Comments!
Comments are closed.

Hellow readers! This is my first story. I hope you would help me to improve my writings ?
Love it & first dhw
Thank you limmm. Yeah its my first☺️
Interesting story…….whn nxt….. Part… ❤️❤️
Thank you lamko. Inshaallah tuesday ga up kohdheynan ☺️
Limmmm ebuny eheneh noon kahneyge. I think She is saying that she is the one who commented first?.right Limmmm
Oh sorry!, its a misunderstanding. ☺️ sorry limmmm
When next
Haadha hadi yeh ?hahaha ???