Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ކަނު ލޯބި- 2

Aisshh Level 1
January 5, 2020 One Min Read
2 Comments

5 އަހަރު ކުރި …

އަހަންނަށް ތައްޔާރު ވެވޭނެ އެންމެ ފުރިހަމަ އަށް ތައްޔާރު ވެވުމަށްފަހު  ލޯގަނޑު ކުރިމަތީ ހުރި އަހަރެންގެ ސޫރައަށް ބަލާލީމެވެ. އެހިނދު އެތަކެއް ޝަކުވާއެއް އަހަރެންގެ ހިތުތެރޭ އެނބުރި ގަތެވެ. އަހަރެންގެ އުމުރުގެ އެހެން ކުދިން ފަދައިން އަހަރެން ރީތި ނޫނީ ކީއްވެހެއްޔެވެ؟ ހާމުގެ ކުލަ ކަޅު ވެފަ އަހަރެންގެ މުޅި މޫނު މަތީ ބިހި ނަގާފައި ހުއްޓެވެ.ކިތަންމެ ރީތި ވާން މަސައްކަތް ކުރިޔަސް އަހަރެން ރީއްޗެއް ނޫނެވެ. ކްލާހުގައި އުޅޭ އެއްމެން ކުދިން ކުދިންނާއި ރައްޓެހި ވެގެން އުޅޭ އިރު އަހަރެންނާއި އަނގައިން ބުނެލާނެ ފިރިހެން ކުއްޖެއް ވެސް ނުވެއެވެ. މިރޭ އަހަރެން ތައްޔާރު ވެގެން މިހުރީ އަހަރެންގެ އެންމެ ގާތް އެކުވެރިޔާގެ 18 ވަނަ އުފަންދުވަހުގެ ޕާޓީއަށް ދާށެވެ.އެހެނަސް އަހަރެންނަށް އަހަރެންގެ ފުށުން އެންމެ ރީތި ކަމެއްވެސް ނުފެނުނެވެ. މިރޭވެސް އެންމެންގެ މަލާމާތާއި އަހަރެން ކުރިމަތިލާން ޖެހޭނެ ކަން ގައިމެވެ. އެހެނަސް ހިތްވަރު ކޮށްލާފައި އަހަރެން ސާނީގެ ގެއަށް ދިއުމަށް ހިނގައިގަތީމެވެ.

އަހަރެން ހީކުރި ވަރަށް ވުރެ ޕާޓީގައި މީހުން މަދެވެ. ކުރިމައްޗަށް ވައްޓާލެވިފައިވާ އަހަރެންގެ ޝޯލްގެ އެއް ކަނުގައި ހިފަހައްޓައިގެން އަހަރެން އިނީ އެތަނުން ދެވޭނެ އިންތިޒާރެއްގައެވެ. މީހުން ކިތަންމެ މަދަސް ނުދަންނަ ބައެއްގެ ތެރޭގައި އެހާ ގިނައިރު އިންނަން އަހަރެން ހުރީ ޖެހިލުންވެފައެވެ. ބައެއް ފަހަރު އެންމެން އަހަރެންނާއި ދިމާލަށް ބަލާހެންވެސް ހީވެއެވެ. އަހަރެންނޭ ކިޔައިގެން ޖެހިގެން ހުންނަ މީހާ ކައިރީ ސިއްރުން ވާހަކަ ދައްކާހެންވެސް ހީވެއެވެ. އެކަހަލަ ހިޔާލުތަށް ކުރެވެން ފެށުމުން އަހަރެން ބަލާ އަންނާނެ ކަމަށް ބުނި އަހަރެންގެ ކުޑަ އިރުން ފެށިގެން އެކުވެރި ރާވީގެ ފޯނަށް ގުޅާ ލަސްވާތީ ޝަކުވާ ކޮށްލީމެވެ.

” ކޮބާތަ. މިހާރު ކޮންއިރެއް މި އަންނަނީ މި އަންނަނީ އޭ ކިޔާތާ. އެކަނި ދަނީ ދެން މި.” އަހަރެން ހާސްވެފައި ހުރިވަރުން ފަތިވަރަކަށް ހުރިހާ އެއްޗެއް އަމުނާލީމެވެ.

” މި އައީއޭ. އަސްލު ފްރެންޑެއް ގޮވައިން އަންނާތީ ލަސްވީ. ނިކުމޭ އިނގޭ.” މިހެން ބުނުމަށްފަހު ރާވީ ފޯނު ކަނޑާލިއެވެ. އަހަރެން ބުނާނެ އެއްޗެއް އަޑު އަހާކަށް އޭނާ މަޑެއް ނުކުރިއެވެ. ނުދަންނަ މީހަކު ގޮވައިން އައުމުން އަހަރެން ހިތްހަމަ ނުޖެހޭނެކަން އޭނާއަށް ރަނގަޅަށް އިނގޭނެއެވެ. ވީއިރު އޭނާގެ ރައްޓެއްސެއް ގޮވައިން އެއައީ ކީއްކުރަން ހެއްޔެވެ؟

ގެނައި ދަބަސް ކޮނޑުގައި އަޅުވާލުމަށްފަހު އަހަރެން ހަލުވި ފިޔަވަޅު ތަކާއެކު އެގެއިން ނިކުތީ އައިސްފައިވާ ރުޅީގެ ބޮޑުކަމުން ސާނީ ކައިރީ ދަނީ އޭ ވެސް ބުނެ ނުލައެވެ. އެގޭ ދޮރުމަށްޗަށް ނިކުމެ ދެފަރާތް ދެފަރާތް ހޯދާލުމަށްފަހު ރާވީ ފެނުމުން އޭނާ ހުރި ދިމާލަަށް އަހަރެން ބާރަށް ހިނގައިގަތީމެވެ. އޭނާ އާއި ދިމާލަށް އެއްޗެކޭ ބުނަން އަނގަ ހުޅުވާލި ވަގުތު އޭނާ ކައިރީ ހުރި ޒުވާނާ ފެނި ބުނަން އުޅުނު އެތި ވެސް އަހަރެން ހަނދާން ނެތުނެވެ. އަރުތެރެ ބެދުނު ކަހަލަ އިހުސާސެއް ކުރެވުނެވެ. ކަޅި ޖަހާނުލާ އެ ސޫރައަށް ބަލަން އަހަރެންނަށް ހުރެވުނެވެ. ދިގު އިސްކޮޅެކެވެ. ހަމުގެ ކުލަ ދޮން ނޫނަސް ރީއްޗެވެ. ޒަމާނާ އެއްގޮތަށް ސްޓައިލްކޮށް ލެވިފައިވާ އިސްތަށިގަނޑެކެވެ. ގަމީހުގެ އަތްކުރި އުޅަބޮއްޓާ ހަމައަށް އޮޅާލެވިފައިވާއިރު ފެޝަނަށް ލޯބިކުރާ ކުއްޖެއްކަން ކިތަންމެ ރީއްޗަށްވެސް އިނގެއެވެ. އަހަރެން ބަލަން ހުރިކަން އިނގިގެން ކަންނޭގެއެވެ. ފޯނާ ކުޅެން ހުރި އެ ޒުވާނާ ފޯނުން ނަޒަރު ވަކި ކޮއްލާ އަހަރެންނާއި ހަތަރު ކަޅި ހަމަކޮށްލިއެވެ. މަޑު ބްރައުން ކުލައިގެ އެ ދެލޮލުގެ އެތެރަށް އަހަރެން ފީނައިގެން ފަދައެވެ.

” ހާދަ ވަރަކަށް ތި ބަލަނީ …” ރާވީ އަހަރެންނާ ދިމާކުރާ ރާގަކަށް އެހެން ބުނެލިއެވެ. އަހަރެންނަށް ހޭވެރިކަންވެ ހަމަބިމަށް ފޭބުނީ އެއަޑަށެވެ. އޭރު އެ ޒުވާނާވެސް ހުރި ހިނިއައިސްފައެވެ. ހީލާ އިރު އޭނާގެ ކޮލަށް އެ އެޅޭ އަޑިކޮޅުން މީހާ އިތުރަށް ފުރިހަމަ ވެފައި ރީތި ކަމަށް ދައްކައެވެ.

” ޖުމާ، މީ ރައުލް. ރައުލް، ޖުމާ ” ރާވީ އަހަރެމެން ދެމީހުން އެކަކު އަނެކަކަށް ތައާރަފު ކޮށްދިނެވެ.

” ރައުލް…” އަހަރެން ހިތާއިހިތުން އެނަން ކިޔާލީމެވެ. ގައިމެވެ. ފިރިހެނެއްފެނި މިވަރެއް އަދި އަހަރެންނެއް ނުވަމެވެ. ކީއްވެކަމެއް ހުދު އަހަންނަކަށްވެސް ނޭނގެއެވެ. ހިނިތުންވެލަމުން އަހަރެން އެދެމީހުންނާއިއެކީ ގެއަށް ދާން ހިނގައިގަތީމެވެ. ޔަގީނެވެ. ތަގުދީރު ގައި އަހަރެމެން ދެމީހުންގެ ވާހަކަ ލިޔެވިފައިވާގޮތް އަހަރެންނަށް ކުޑަ ކޮށްވެސް އިނގުން ނަމަ އަހަރެން އަހަރެންގެ ބަސްނާހާ ހިތް މައްޗަށް ބާރު ފޯރުވީހެވެ.

Share Article

Follow Me Written By

Aisshh

Level 1

Other Articles

Previous

މޮޔަ ހިތް މަގޭ…19

Next

އިންތިޒާރުގާ ހުންނަމޭ ލޯބިން

Next
January 5, 2020

އިންތިޒާރުގާ ހުންނަމޭ ލޯބިން

Previews
January 5, 2020

މޮޔަ ހިތް މަގޭ…19

2 Comments!

  1. Lamko says:
    January 5, 2020 at 6:12 am

    Mistakes???liyefa huri ehchehi rangalhah nu vc feney…… Nxt part rangalhu kohlaathi

  2. މަލް says:
    January 5, 2020 at 6:16 pm

    I’m really sorry but jumlathakuge ehbai othy page in beyruvefa… ehenve nukiyunu.. hope ragalhukollaane kamah…??

Comments are closed.



All Right Reserved!