Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަ

ތަޤްދީރު 06 ވަނަ ބައި

Xiroo Thihthi Level 210 Stories
February 21, 2020 7 Mins Read
6 Comments

ޝުހާދު ވިދާން ގޮވައިގެން މަޑުމަޑުން ގޭތެރެއަށް ވަނެވެ. ” ކާކު؟ ” ސިޓިންރޫމު ތެރެއަށް ވެފައިވާ އަނދިރިކަމުގެ ތެރެއިން  ސަކީލާގެ އަޑު ޝުހާދާއި ވިދާންގެ ކަންފަތުގައި ޖެހުމާއެކު ދެމީހުންނަށް ވެސް ހުއްޓެވުނެވެ. ހަމަ އެވަގުތު ސިޓިންރޫމް ބޮކި ސަކީލާ ދިއްލާލިއެވެ. ނަމަވެސް މުޅި ސިޓިން ރޫމަށް އަލިވާވަރަކަށް ނޫނެވެ. ” ދަރިފުޅާ! އަދިވެސް ނުނިދަންތަ؟ ” ސަކީލާގެ ސުވާލާއެކު ޝުހާދު އެއްފަރާތަށް މޫނުއަނބުރާލިއެވެ. ” ނުނިދާ މިގަނޑީގަ ކީއްތިކުރަނީ ” ސަކީލާ ކުރިއަށް ފިޔަވަލެއް އަޅަމުން ދެވަނަ ފަހަރަށް ޝުހާދާ ސުވާލުކޮށްލުމުން ވެސް އެއްޗެއް ނުބުނުމުން ސަކިލާ ހައިރާން ވިއެވެ. އެވަގުތު ޝުހާދު އެއްފަރާތަށް ޖެހިލުމުން ޝުހާދުގެ ފުރަގަހުގައި ހުރި ވިދާން ސަކީލާއަށް ފެނުނެވެ. އަދި އިސްދަށަށް ޖަހާލައިގެން ހުރި ވިދާން އިސްއުފުލާ ސަކީލާއަށް ބަލާލިއެވެ. ” ވިދާން މިގަނޑީގަ؟ ” ސަކީލާ މިހާވަރަށް ބުނެލުމުން ޝުހާދު ވާހަކަ ދައްކަން ފެށުމުން ސަކީލާ ވާހަކަ ދެއްކުން މަޑު ޖައްސާލިއެވެ. ” މަންމާ. ދާން މިރޭ މިގޭގަ ހުންނާނީ ” ޝުހާދު ކުޑަ ތަންކޮށްޅެއް ފަހަތަށް ޖެހިލާ ވިދާންގެ ކޮޑުގައި އަތް އަޅާލައިގެން ގޮސް ސޯފާގައި ބޭންދިއެވެ. ” ކިހިނެއްވީ އަނެއްކާ ދަރިފުޅާ ” ސަކީލާ ސުވާލުކޮށްލިއެވެ. ވިދާން ސޯފާގައި އިށީނުމުން ޝުހާދު ސަކީލާގެ ސުވާލަށް ޖަވާބުދިނެވެ. އަދި ކަންތައްވީ ގޮތް ވަރަށް ސާފުކޮށް ޝުހާދު ސަކީލާއަށް ކިޔާދިނެވެ. ” ކަންތައް ކޮންމެ ގޮތަކަށް ވިޔަސް އަދި މިގޭގެ ދޮރުތައް ބަންދެއް ނުވޭ. އެހެންވީމާ ވިދާން އެއްވެސް ކަމަކާ ފިކުރު ބޮޑު ވާނެ ކަމެއްނެތް ” ޝުހާދުގެ ވާހަކަ އަޑު އެހުމަށްފަހު ސަކީލާ ސޯފާގައި އިސްދަށަށް ޖަހާލައިގެން، އެއް އަތް އަނެއް އަތުގެ ތެރެއަށްލާ ފިއްތާ ބާރުކޮށްލައިގެން އިން ވިދާންގެ ބޮލުގައި ފިރުމާލަމުން ބުނެލިއެވެ. އެވަގުތު ވިދާންގެ ލޮލުން ހިފެހެއްޓުމެއްނެތި ކަރުނަ އޮޮހިގަތެވެ. ” ދަރިފުޅާ ދެންދޭ ވިދާން ގޮވައިގެން އޮށޯންނަން. މަންމަ ވެސް މިދަނީ އޮށޯންނަން ދާންވެގެން ” ސަކީލާ މިހެން ބުނެފަ ގޮސް ކޮޓަރިއަށް ވަދެ ދޮރުލައްޕާލިއެވެ.

” ހިނގާ ނިދަން ” ސަކީލާ ކޮޓަރިއަށް ވަމުން ޝުހާދު ސޯފާ ކައިރީ ކޮޅަށް ހުރެފަ ފަސްއެނބުރި ވިދާންއަށް ބަލާލަމުން ޝުހާދު ބުނެލިއެވެ. އެވަގުތު ވިދާން ލޮލުން ފައިބަމުން ދިޔަ ކަރުނަ ފޮހެލިތަން ޝުހާދަށް ފެނުނެވެ. ” ކިހިނެއްވީ ދާން. ކީއްވެ ތި ރޮނީ ” ޝުހާދު ވިދާން ގާތުގައި ސޯފާގައި އިށީންނަމުން ސުވާލުކޮށްލިއެވެ. ” މިއަދު އަހަރެންނަށް މިހެން ރޯލުން ފިޔަވާ އެހެން ކަމެއް ކުރެވޭކަށް ނެތް. އަހަރެންނަށް އަހަރެންގެ މަންމަގެ ފަރާތުން ލިބެންވާ އޯގާތެރިކަމާ، ލޯތްބާ ފިރުމުން ތަކުގެ އިހްސާސް ކުރަން ޖެހިފަ މިވަނީ އެހެން ބައެއްގެ ފަރާތުން. ބައްޕަ އަހަރެންނަށް ނުފެނުނަސް މަންމަގެ އޯގާތެރިކަމާ ލޯބި އަހަރެންނަށް ލިބޭނަމަވެސް އަހަރެން ފުދިގެން ހުރީމުސް. އެކަމަކު އަހަރެންގެ ބައްޕަ ވެސް އަހަރެން ބޭނުން ނުވާފަދައިން މަންމަ ވެސް އަހަރެން ބޭނުމެއްނުވޭ. ޝުހާދު ބުނެބަލަ… އަހަރެންގެ ކުށަކީ ކޮބާ؟. މި ދުނިޔެއަށް ނޭވާލެވުމަކީ އަހަރެންގެ ކުށެއް ކަމަށް ވަންޏާ އަހަރެން މިހާރު ދުނިޔޭގައި ހުންނާކަށް ބޭނުމެއް ނޫން. އަހަރެންނަކީ އެއްވެސް މީހަކަށް ކަމެއްކޮށްދެވޭނެ މީހެއްނޫން ” ވިދާން ރޮމުން ޝުހާދު ގާތުގައި ވާހަކަ ދައްކަމުން ދިޔައިރު ޝުހާދުގެ ލޯވެސް ވަނީ ފެންކަޅިވެފައެވެ. ” ތިހެން ނުބުނޭ ދާން. އަހަރެން އިރާދުކުރެއްވިއްޔާ ދާން އެކަނި ވިޔަކަ ނުދޭނަން. އަދި އަހަރެންގެ މަންމަ ވެސް ދާން އެކަނި ވިޔަކަ ނުދޭނެ. އެކަން އަހަރެންނަށް ޔަގީން ” ވިދާންގެ ކޮޑުގައި އަތް އަޅާލަމުން ޝުހާދު ބުނެލިއެވެ. އޭރު ޝުހާދާއި ވިދާން ދައްކަމުން ދިޔަ ވާހަކަ ދޮރު ހުޅުވާލައިގެން އަޑު އަހަން ހުރި ސަކީލާއަށް ވެސް ރޮވޭ ގޮތްވުމުން މަޑުމަޑުން ދޮރު ލައްޕާލިއެވެ. ” ހިނގާ ދެން ” ޝުހާދު މިހެންބުނެ ވިދާންގެ އަތުގައި ހިފާ ކޮޅަށް ތެދުވުމުން ވިދާން ވެސް ތެދުވިއެވެ. އަދި ދެމީހުން އެކުގައި ކޮޓަރިއަށް ވަދެ ދޮރު ލައްޕާލިއެވެ.

ސަކީލާ ދޮރު ލައްޕާލުމަށްފަހު އައިސް އެނދުގައި އިށީދެލިއެވެ. އަދި ވިދާންގެ އެކަނި ވެރި ހާލާމެދު ވިސްނާލިއެވެ. ބައެއްފަހަރު ވިދާންއުޅެމުންދާ ބިކަހާލު ފެނުމުން ވިދާންއަށް ސިއްރުވެފާ އޮތް ބޮޑު ސިއްރު ފަޅާއަރުވާލަން ހިތަށް އަރައެވެ. ނަމަވެސް ސަކީލާ ވަނީ އެހެންމީހެއްގެ ސަބަބުން ސިއްރު ސިއްރުގެ ގޮތުގައި ބޭއްވުމަށް ކަސްތޮޅު އެޅިފައެވެ. ” ދައްތައަށް މާފުކުރޭ ވިދާން. ދައްތައަށް މިއަދު ހުރިހާ ކަމެއްގެ ހަގީގަތް އެނގުންނަމަވެސް އެކަން ހިތްސާ ކުރެވޭކަށް ނެތް. ދައްތަ އަކީ މިއަދު ހަގީގަތް ހާމަ ކުރުމުގަ މަޖުބޫރުވެފާވާ މީހެއް ” ސަކީލާ ހިތާ ހިތުން ވިދާންގެ ކިބައިން މާފައްއެދުނެވެ. އަދި އެނދުގައި އޮށޯވެލާ ނިއްކުރިމަތީ އަތްބާއްވާ ލޯމަރާލިއެވެ.

ސަލީމާ ހެނދުނު ކޮޓަރިން ބޭރަށް ނިކުތްއިރު ވިދާންގެ ކޮޓަރީ ދޮރު ހުޅުވާފަހުރުމުން އެދިމާއަށް ހިނގައިގަތެވެ. ” ކަލެއަށް ކޮޓަރީ ދޮރު ލައްޕާލާފަ ވެސް ބަހައްޓަން ނޭންގެނީތަ؟ ” ކޮޓަރީ ދޮރުމައްޗަށް ހުއްޓި ސަލީމާ ބުނެލިއެވެ. ނަމަވެސް ކޮޓަރިތެރެއިން އަޑެއް ނީވުމުން ސަލީމާ ކޮޓަރިއަށް ވަދެ ބޮކި ދިއްލާލިއެވެ. އަދި ވަށައިގެން ކޮޓަރިތެރެއަށް ބަލާލިއެވެ. ވިދާން ފެންނަން ނެތުމުން ބޮކި ނިއްވާލާފަ ނިކުންނަން އުޅެނިކޮށް އެނދުމަތީ އޮތް ބާލީސްދަށުގައި އޮތް ކަރުދާސްގަނޑެއް ސަލީމާއަށް ފެނުމުން އައިސް ބާލީސް ހިއްލާލިއެވެ. އަދި އެކަރުދާސްގަނޑު ނެގިއެވެ.

“” މިއަދުގެ ފަހަކުން އަހަރެންގެ ފަރާތަކުން މަންމައަށް އުނދަގުލެއް ނުވާނެ. އަހަރެންގެ ފަރާތުން ކަމެއް ވިޔަސް ނުވިޔަސް މަންމަގެ ރުޅީގެ ސިއްރެއް އަހަރެންނަށް ވިސްނާ ވިސްނާ ވެސް ނޭންގުން. ބައްޕަ ފެންނަން ނެތް ކަމަށް ވިޔަސް މަންމަގެ ފަރާތުން ލޯބި ލިބޭނެ ކަމަށް އަހަރެން އުންމީދު ކުރިން. އެކަމަކު އަހަރެގެ އެއުންމީދު ކާމިޔާބެއްނުވި. މިއަދު އަހަރެން މިދަނީ މަންމަގެ އެދުމުގެ މަތިން މަންމަޔާ ދުރަށް. އަހަރެންގެ ހުތުރު ސިފަ އިތުރަށް ދައްކާ މަންމަ ރުޅި އަރުވާކަށް ނެތިން. މަންމަ އުފާވާނީ ކޮންކަމެއް ކޮށްގެންކަން އަހަރެންނަށް ހޯދޭނެ ހިތްވަރެއް ވެސް ނެތް. އަހަރެން މަންމަ ނުފެންނަ ހިސާބުގަ ހުއްޓަސް އަހަރެންގެ ހިތުގަ މަންމަޔާ މެދު އެއްވެސް ޝަކުވާއެއް ނެތް…  ވިދާން “” ސަލީމާ ކަރުދާސްގަނޑުގައި ލިޔެފަވާ އެއްޗެއް ކިޔާލުމަށްފަހު ގަނޑު ބޮޑިކޮށްލައިގެން ކޮޓަރީ ބޮކި ނިއްވާލުމަށްފަހު، ކޮޓަރިން ނިކުމެ ދޮރުލައްޕާލިއެވެ.

” ދަރިފުޅާ. ހާދަ އަވަހަކަށް ހޭލީ ” ޝުހާދު ކޮޓަރީ ދޮރު ހުޅުވާލުމަށްފަހު ބޭރަށް ނިކުތުމުން، ހެނދުގެ ސައި ތައްޔާރުކުރަން ހުރި ސަކިލާ އަހާލިއެވެ. ” ލަހުން ހޭލިޔަސް މަންމަ ބުނާނެ ހާދަލަހުންނޭ ހޭލީ ” ޝުހާދު އަތުން އިސްތަށިގަނޑު ރީތިކޮށްލަމުން އައިސް ކާމޭޒް ކައިރީ ހުރި ގޮޑިތަކުން ގޮޑިއެއްގައި އިށީންނަމުން ބުނެލިއެވެ. ”  އަވަހަށް ހޭލީމާ މަންމައަށް ބޮޑުކަމަކަށް ވެގެނެއްނޫން މިހެން މިބުނީ. ރޭގަ އެހާ ލަހުން ނިދީމާ މިހެން މިބުނީ ” އުދުންމަތީ އިން ރިހަތެލި އުދުނުގެ އެއްފަރާތުގައި ބަހައްޓަމުން ސަކިލާ ބުނެލިއެވެ. ” ކޮބާ ވިދާން ” ތެލި ބެހެއްޓުމަށްފަހު އެނބުރިލަމުން ސަކީލާ އަހާލިއެވެ. ” ނިދާފަ އޮތީ. ލަހުން ނިދީމާ ނުގޮވަން ވެގެން މިހުންނަނީ ” ޝުހާދު ބުނެލިއެވެ. ” ދާން ބުނި ދެން އެގެއަށް ނުދާނެ ވާހަކަ. އަދި މަންމަގެ ރުޅިވެރި މޫނު ބަލާނެ ހިތްވަރެއް ވެސް ނެތް ވާހަކަ ” ޝުހާދު ބުނެލިއެވެ. ” ވިދާން ގެއަށް ދާންބޭނުންވީމަ ދަންދެން ބަހައްޓާ ” ސަކީލާ ބުނެލިއެވެ. ” މަންމަ ދޭނަން ކޮންމެވެސް ވަރަކަށް ފައިސާ. ދަރިފުޅު ވިދާން ގޮވައިގެން ގޮސް އަންނައުނު ގަނެދީ ވިދާނަށް ” ސަކީލާ މިހެން ބުނުމުން ޝުހާދު ގޮޑިން ތެދުވެގެން ގޮސް ކޮޓަރިއަށް ވަނެވެ.

” ދާން! ދެން ތެދުވޭ ސައިބޯން ދާން. މަންމަ އެބަހުރި ސައި ހަދާފަ ” ޝުހާދު ކޮޓަރީގެ އެއްފަރާތުގައި ހުރި ހަރުން ތުވާލި ނަގަމުން ބުނެލިއެވެ. ހަމަ އެވަގުތު ވިދާން ލޯހުވާ ބަލާލިއެވެ. ” ތެދުވޭ ދެން ” ތުވާލި ހިފައިގެން ފާހާނާއާ ދިމާލަށް ދަމުން ގައިމަތީ އަޅާފަ އޮތް ފޮތިގަނޑު ދަށުން ފެންނަން އޮތް ވިދާންގެ ފައިގައި ހިފާ ދަމާލަމުން ޝުހާދު ބުނެލިއެވެ. ޝުހާދު އެހެން ބުނެލުމުން ވިދާން މޯޅިއަކަށް ދެމިލަމުން ތެދުވެ އެނދުގެ ހެޑްބޯޑްގައި ލެނގިލިއެވެ.

” ހިނގާ ދާން ” ހެނދުގެ ސައި ނިންމާލުމަށްފަހު ވިދާން ސޯފާގައި އިންދާ ޝުހާދު އައިސް ވިދާންގެ ގާތުގައި ބުނެލިއެވެ. ” ކޮންތާކަށް ” ވިދާން ޝުހާދަށް ބަލާލަމުން ބުނެލިއެވެ. ” ފިހާރައަކަށް ” ޝުހާދު ބުނެލިއެވެ. ” ދެން އަހަރެން ނުދިޔަސް ވާނެއްނު. އަހަރެން ނެތް ބޭރަށް ދާހިތެއް ” މިހެން ބުނެ ވިދާން އިސްޖަހާލިއެވެ. ” ބޭރަށް ދާހިތް ނުވިޔަސް ހިނގާބަލަ ދެން. ތިހާ ކަންނެތް ވާކަށް ނުވާނެ ” ޝުހާދު ވިދާންގެ ކޮޑުމަތީ އަތް އަޅުވާލަމުން ސޯފާގެ އަތްގަނޑު މަތީގައި އިށީންނަމުން ބުނެލިއެވެ. ” ހިނގާދާން. ކިޔަންފެށިއެއްޗެއް ހުއްޓާނެ މީހެއްނޫން މީ ” ވިދާން ސޯފާއިން ތެދުވަމުން ބުނެލިއެވެ. ” ދާންއަށް އެނގޭނު އެއީކަން އަހަރެންގެ ހާއްސަކަމަކީ ” ޝުހާދު ހީލަމުން ބުނެލިއެވެ.

” ކޮންއެއްޗެއް ގަންނަންދާން ތި ނިކުތީ ” ގެއިން ބޭރަށް ނިކުމެވުމުން ވިދާން އަހާލިއެވެ. ” މަނާ ނުކުރާމަތިން ބުނާނީ ” ޝުހާދު ބުނެލިއެވެ. ” ޝުހާދު އެއްޗެއް ގަންނަން އުޅުމުން އަހަރެން މަނާ ނުކުރާނެއްނު ” ވިދާން ހިނގަމުން ބުނެލިއެވެ. ” އެހެންވިއްޔާ ބުނެފާނަން. މިދަނީ ދާންއަށް އަންނައުނު ގަންނަން ވެގެން ” ޝުހާދު މިހެން ބުނެލުމުން ވިދާން ހިނގުން ހުއްޓާލިއެވެ.     ” ކިހިނެއްވީ ” ވިދާން ހުއްޓުމުން ޝުހާދު އަހާލިއެވެ ” އަހަރެން ނުބުނަންދޯ އެއްޗެއް ގަންނާކަށް ” ވިދާން ބުނެލިއެވެ. ” އެނގޭ ނުބުނާކަަން. އެކަމަކު މަންމަ ގަންނާށޭ ބުނީމާ އަހަރެން ދާން ގޮވައިގެން މިދަނީ. އަހަރެން ފުރަތަމަ ވެސް ބުނީމެއްނު މަނާ ނުކުރާމަތިންނޭ ބުނާނީ ” ޝުހާދު ބުނެލިއެވެ. ” އަހަރެން ހީކުރީ ޝުހާދަށް ބޭނުންވާ އެއްޗެއް ގަންނަން ވެގެން ކަމަށް އުޅުނީ. އެހެންވެ އަހަރެން ބުނީ މަނަލެއް ނުކުރާނަމޭ. އަހަރެންނަށް ކިހިނެއް އެނގެނީ އެހެން ކަމެއްގަ ކަމެއް ގެއިން ނިކުތީ ” ވިދާން ބުނެލިއެވެ. ” ދެން ހިނގާދާން. ދާން އެއްޗެހި ގަންނަން އިންކާރުކޮށް އެއްޗެއް ނުގަނެ ގެއަށް ގޮސްފިނަމަ މަންމަ ކީކޭ ހިތަށް އަރާނީ ” ޝުހާދު ބުނެލިއެވެ. ހިނގާދާން. އަހަރެން ޝުހާދުގެ މަންމަ ހިތުގަ ޖެހޭނެ ކަމެއް ކުރާކަށް ބޭނުމެއްނޫން ” މިހެން ބުނެ ވިދާން ކުރިއަށް ހިނގައިގަތުމުން ފަހަތުން ޝުހާދު ވެސް ހިނގައިގަތެވެ.

ދުވަހުގެ ބޮޑުބައި ފާއިތުވެގެން ގޮސް ހަވީރު ވިއެވެ. ޝުހާދާ ވިދާން ވެސް ގޭގައި ތިބުމަށްފަހު ހަވީރު ފިންޏަށް ހިނގާލަން ނިކުތެވެ. ދެމީހުން އެކި ވާހަކަ ދައްކަމުން މަޖީދީމަގުން ހިނގަމުން ރަސްފަންނާ ދިމާލަށް ދިޔައެވެ. އޭރު މާޔޫސްކަމާއި މޮޅިވެރިކަމާއެކު ޔާނާ ރަސްފަންނުގެ ބޭރު ތޮށީގައި ޖަހާފައި ހުރި ހިލަތައްމަތީ އިނުމަށްފަހު، ގެއަށް ދިޔުމަށް ހިލަތައް މަތިން ފައިބައިގެން ހިނގައިގަތެވެ. ޝުހާދާ ވިދާން ރަސްފަންނުގެ ނަން ޖަހާފަވާ ދިމާލުން ސިމެންތިން ހަދާފަ ހުރި ދެ ހަރުފަތުގެ ސިޑިން އަރަނިކޮށް ރަސްފަންނުން ފައިބައިގެން ދާން އުޅުން ޔާނާގެ ފައި ހަރުފަތުން ފުރޮޅިގެން ވެއްޓެއް ދިޔަ ވަގުތު ވިދާންގެ ގައިގައި ޔާނާއަށް ބާރަށް ހިފެހެއްޓުނެވެ. ހަމަ އެވަގުތު ވިދާންއަށް ވެސް ޔާނާގެ ގައިގައި ބާރަށް ހިފަހައްޓާލެވުނެވެ. ވަގުތަކީ ދެމީހުންނަށް ވެސް ހަތަރުކަޅި ހަމަކޮށްލެވުނު ވަގުތުކަމުން ކައިރީގައި މީހަކު ހުރިކަން ވެސް ދެމީހުންނަށް ވެސް ނޭންގޭ ކަހަލައެވެ. އެމަންޒަރު ބަލަން ހެވިފަ ޝުހާދު ހުރުމަށްފަހު ވިދާންގެ ކޮޑުގައި އަތްއަޅާލުމުން ވިދާން ސިހިފައި ޝުހާދަށް ބަލާލިއެވެ. ޔާނާ ވެސް ތެޅިގަނެފަ ފަޔަށް ވެފާ ހުރި ތަދުގެ މަތިން ހަދާންވެގެން ތެޅިގަތެވެ. ޔާނާގެ ހަރަކާތް ހުރި ގޮތުން ހީވަނީ ގަސްތުގަ އެހެން ކަންތައް ކުރިހެންނެވެ. ” އާރ ޔޫ އޯކޭ!!! ” ޝުހާދު ޔާނާ ކުރެން ސުވާލުކޮށްލިއެވެ. ” ޔަ… އައިއެމް އޯކޭ ” ވިދާންގެ ގައިން އަތްދޫކޮށްލަމުން ޔާނާ ބުނެލިއެވެ. އަދި ކުރިއަށް ހިނގައިގަތުމުން ވިދާން ޔާނާގެ ފަޔަށް ބަލާލިއެވެ. ” ހިނގާ ދާން. އެހެން އުޅޭނެ ބިމުގަ ފައި ހަރުނުލާ ކުދިން ” ޝުހާދު ވިދާންގެ ކޮޑަށް އަތް ވައްޓާލަމުން ވިދާންގެ ކޮޑާ ދިމާއަށް ތިރިވެލަމުން ބުނެލިއެވެ. ވިދާނާ ޝުހާދު ރަސްފަންނުގަ ހުރި ހަޓް ތަކާ ދިމާއަށް ހިނގަމުން ވެސް ވިދާން ފަސްއެނބުރި ބަލަމުން ދިޔައެވެ. ނަމަވެސް ޔާނާ ފަސްއެނބުރި ބަލާވެސް ނުލާ ކުރިއަށް ހިނގަމުން ގޮސް ވިދާންގެ ލޯމަތިން ގެއްލުނެވެ.

” ހަވީރު ރަސްފަންނުން އައި ފަހުން ކިހިނެއްވެފަ ތިއިންނަނީ ” ވިދާން ސޯފާއަށް ދެފައި އަރުވައިގެން ހިޔާލެއްގައި އިން ހެން ހީވެގެން ޝުހާދު އައިސް ސޯފާ ތެރެއަށް ޖެހިގަންނަމުން ބުނެލިއެވެ. ” ކަމެއްނުވޭ ” ޝުހާދު ސޯފާއަށް ޖެހިގަތުމުން ވިދާން ސިހިފައި ހީލަމުން ބުނެލިއެވެ. އަދި ދެފައި ސޯފާއިން ބޭރަށް ތިރިކޮށްލިއެވެ. ” ނުވާނެ އެހެނެއް. އެތަނުން އައި ފަހުން ކޮންމެވެސް ގޮތެއްވެފަ ތިހުރީ ” ޝުހާދު ސޯފާގައި ހަމަޖެހިލަމުން ބުނެލިއެވެ. ” ކަމެއްނުވެއޭ ބުންޏަސް ގަބޫލެއް ނުކުރާނެ ” ވިދާން ސޯފާގެ ކައިރީގައި ހުރި މޭޒްމަތީ އޮތް ޓީވީ ރިމޯޓް ނަގަމުން ބުނެލިއެވެ. ” ދޮގު ހަދަންވެސް ނޭންގި އެކަން ކުރަން އުޅޭތީ އަހަންނަށް ޝައްކު ވަނީ ” ޝުހާދު ހެމުން ބުނެލިއެވެ. ” ތީ އަބަދުވެސް ކޮންމެވެސް ކަމަކަށް ޝައްކުވެފާ ހުންނަ މީހެއްނު ” ވިދާން ޓީވީ ހުޅުވާލަން ރިމޯޓް ޓީވީއާ ދިމާއަށް ދިއްކޮށްލަމުން ބުނެލިއެވެ. ” އެގިދާނެ ތިހުރި ވަރެއް. މަންމާ…! ” ޝުހާދު ސޯފާއިން ތެދުވަމުން ސަކީލާއަށް ގޮވާލުމުން ވިދާން ޝުހާދަށް ބަލާލުމަށްފަހު، ޝުހާދުގެ އަތުގައި ހިފާ ސޯފާއަށް ވައްޓާލިއެވެ. ” ކީއްކުރަންތަ މަންމައަށް ގޮވަނީ ” ޝުހާދު ސޯފާ ތެރެއަށް ޖެހުމުން ވިދާން ވައި އަޑުން ބުނެލިއެވެ. އޭރު ޝުހާދު ސޯފާގައި އޮވެގެން ބާރަށް ހެމުން ދިޔައެވެ.

” ކިހިނެއްވީ ދަރިފުޅާ ” ސަކީލާ ކޮޓަރިން ނިކުމެ ދޮރު ލައްޕާލަމުން ބުނެލިއެވެ. އޭރުވެސް ޝުހާދު ބާރަށް ހެމުން ދިޔައެވެ. ” ކަމެއްނުވޭ ދައްތާ. މިއަދު މި ޝުހާދު މޮޔަގޮވާ ދުވަހެއްމީ ” ވިދާން ކޮޓަރިއާ ދިމާއަށް ހިނގައިގަންނަމުން ބުނެލިއެވެ. ” އެ ދޮގެއް މަންމާ. ދާން… ” ޝުހާދަށް ހެވޭ ވަރުން ވާހަކަ ނުދެއްކިގެން އުޅުނެވެ. ” ކޮންމެހެން ފޮނިވާހަކަ ދައްކާނެ ކަމެއްނެތް ” ވިދާން މިހެން ބުނެފަ ގޮސް ކޮޓަރިއަށް ވަދެ ދޮރު ލައްޕާލިއެވެ. އޭރު ވާނުވާ ނޭންގިފާ ސަކީލާ ފާޑަކަށް ހިނިއައިސްފަ ހުއްޓެވެ. ވިދާން ކޮޓަރިއަށްވަދެ ދޮރު ލައްޕާލުމުން ސަކީލާ އައިސް ސޯފާގައި އިށީދެލިއެވެ. ” ކިހިނެއްވެގެން މާވަރަކަށް ތިހެނީ ” ސަކީލާ ޝުހާދުކުރެން އަހާލިއެވެ. ވިދާން ދިޔުމުން ޝުހާދު ހުނުން ކޮށްޓްރޯލް ކޮށްލައިގެން އިނެވެ. ” ބަލާބަލަ ރަކިވެގެން ދާން ތިޔަ ވައްތަރު. އަހަރެން ބޭނުން ވަނީ އަބަދުވެސް ދާން އެހެން ހުންނަން ” ވިދާން ދިޔަ މަންޒަރު ބަލަން އިނުމަށްފަހު ސޯފާގައި އިން ސަކީލާއަށް ބަލާލަމުން ޝުހާދު ބުނެލިއެވެ. ” ދަރިފުޅު ބޭނުންވަނީ އަބަދުވެސް ވިދާން ރަކިވެފަ ހުންނަތަން ބަލަންތަ؟ ” ސަކީލާ ސުވާލުކޮށްލިއެވެ. ” ތިހެނެއްނޫން މިބުނީ. މަންމަ ނުދެކެންތަ ދާންގެ ހިނިތުންވުމެއް. އަބަދުވެސް އެހެން ހިނިތުންވެފަ ހުންނަތަން ދެކެން އަހަރެން ބޭނުންވަނީ ” ޝުހާދު ބުނެލިއެވެ. ” ދަރިފުޅާ. އަބަދަކު އެއްވެސް މީހަކު ހިނިތުންވެފަ ނުހުންނާނެ. އަދި ނުވެސް ހުރެވޭނެ. ދިރިއުޅުމުގައި ދިމާވާނެ އެކި ކަހަލަ ކަންތައް. އެކަމަކު ކޮންމެ މީހަކު ވެސް މަސައްކަތް ކުރާނީ ވީވަރަކުން ހިނިތުންވެގެން ހިތްހަމަ ޖެހިގެން އުޅެން. މިއަދު ވިދާން ހިތްހަމަ ޖެހިގެން އުޅެންވީ ދުވަހުގަ އުޅެންޖެހިފަ އެވަނީ ހިތްދަތިކަމާ ހިތާމައިގަ. އިރާދުކުރެއްވިއްޔާ އަދި އެ ހިތާމަޔާ ހިތްދަތިކަން ވިދާންގެ ހަޔާތުންވެސް ނެތިގެންދާނެ. މަންމަ ވެސް އެދެނީ ވިދާން އެހެން ހިނިތުންވެ އުފަލުގަ ހުރުން ” ސަކީލާ ނަސޭހަތުގެ ރާގެއްގައި ވާހަކަ ދައްކަމުން ދިޔައެވެ. އެކަމަކު މަންމާ. އަހަރެންނަށް ވެސް ނޭންގުނު އެއްޗަކީ ދާންގެ ދިރިއުޅުމަށް އެހެން ވާން ޖެހުނު ސަބަބު ” ޝުހާދު ބުނެލިއެވެ. ” ދިރިއުޅުމުގަ ދިމަވާ ކަންތައްތަކަކީ އެމީހަކަށް އެނގިގެން ހިނގާ ކަންތައްތަކެއްނޫން. ކޮންމެ މީހަކަށް ވެސް ކަމެއް ދިމާވެދާނެ ” ސަކީލާ ބުނެލިއެވެ.

 

( ވާހަކަ ނުގެނެސްދެވި ލަސްވި ކަމަށްޓަކާ ކިޔުންތެރިންގެ އަރިހުން ނިހާޔަތަށް މާފަށް އެދެން )

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Xiroo Thihthi

Level 210 Stories

Other Articles

Previous

ހިތުގެ ކޮންމެ ވިންދެއްގައި – 4 –

Next

މިޝްކާ ******* (1)

Next
February 21, 2020

މިޝްކާ ******* (1)

Previews
February 20, 2020

ހިތުގެ ކޮންމެ ވިންދެއްގައި – 4 –

6 Comments!

  1. ލޫރީ says:
    February 21, 2020 at 8:54 am

    މާޝާﷲ ވަރަށް ރީތި …
    ސަކީލާާ ހުރިހައި ވާހަކައެއް ވިދާން އަށް ކިޔައިދޭނަމަ ..
    ހަމަ ވަރަށް ވެސް ރީތި އިނގޭ
    ވާހަކަ ލަހުން ގެނެސްދެވުނަސް އެއީީ މައްސަލައެއް ނޫނޭ ޒިރޫޫ ތިއްތި …
    ކިޔުންތެރިޔާ އަށް ވާހަކަ ކިޔާލަން ފަސޭހަ ވެދާނެ އެހެން ނަމަވެސް ލިޔުންތެރިޔާ އަށް ވާހަކަ ލިޔަން އުނދަގޫ ވާނެ … އަޅުގަނޑަށް ޤަބޫލު ކުރެވޭ

    1. Xiroo Thihthi says:
      March 21, 2020 at 12:33 am

      Thibuny ragalhah. Aharen jobah ves dhamun libey hus vaguthuga vaahaka liyanee… Thanx Looree

  2. Ibsha says:
    February 21, 2020 at 8:59 am

    Maaf kohfin dhen avas kohlahchey
    Vaahaka varah reethi

    1. Xiroo Thihthi says:
      March 21, 2020 at 12:35 am

      Thanx Ibsha

  3. Janoo#jan says:
    February 21, 2020 at 10:29 pm

    Nice story. I am a new reader. Cox i don’t get time to read stories. But i am a fan of reading stories. Your stories are awesome and so awesome. Insha allah u will be a great story writer one day. ??????love tis story. I thank all the story writers. They are so unique. All the best for your upcoming stories. ????????????

    1. Xiroo Thihthi says:
      March 21, 2020 at 12:35 am

      Than Janoo#jan…. 🙂

Comments are closed.

Next Episodeތަޤްދީރު 07 ވަނަ ބައި←


All Right Reserved!