Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމަކުރުވާހަކަލޯބި

“އެސް ސީ އޭ ގެ ޝިކާރަވެރިޔާ 3”

Anusha Mohamed Level 110 Stories100 Login
February 20, 2020 One Min Read
4 Comments

“ދަރިފުޅު ދޭދެންގެޔަށް. ބައްޕަ މާހިންއާ ހަވާލުވާނަން.” ބައްޕަ އަހަރެންނާ ދިމާލަށް ހިނިތުންވެލާފައި ބުންޏެވެ. ނަމަވެސް މާހިންގެ މަންމަ އިރުކޮޅަކުން އަންނާނެއޭ ބުނެ އަހަރެން މަޑުކުރީމެވެ.

“ހާދަ ރަނގަޅޭ ސަނާ! ޝުކުރިއްޔާ!” މާހިންގެ މަންމަ ރޫމް ދޮރު ހުޅުވައިލަމުން ހިނިތުންވެލާފައި ބުންޏެވެ. އަހަރެންގެ ބަރު ދަބަސް ކޮނޑުގައި އަޅުވައިލުމަށްފަހު މާހިން އަށް ރަނގަޅަށް ބަލައްޗޭކިޔާފައި ގެޔާއި ދިމާލަށްދާން ހިނގައިގަތީމެވެ. އެހެންނޫނީ އަހަރެންނަކީ ރޭގަނޑު އެކަނި ބޭރުގަ ހިނގަން ނުކެރޭ މީހެކެވެ. ނަމަވެސް މިރޭ އެއްވެސް ބިރަކާ ނުލައި ގެޔަށް އާދެވުނީ ކީއްވެބާއޭ ހިތަށް ނާރާ ދާނެހެއްޔެވެ. ސިކުނޑި ތެރޭ އެނބުރެމުން ދިޔަ ޚިޔާލުތަކަކާ ދުރެއް ނުވެވުނެވެ.

މިހާރު ފަތިސް ވަނީ އެވެ. ނިދަން ބޭނުމެކޭ ހިތަކަށްވެސް ނާރައެވެ. “ދަރިފުޅާ، އަދިވެސް ނުނިދަނީތަ؟” ފުން ޚިޔާލުތަކަށް ގެއްލިފައި ހުއްޓާ މަންމަ އައިސް ކޮޓަރި ދޮރުހުޅުވި ވަގުތު ސިއްސައިގެން ދިޔަ މީހާ ނިދާކަމަށް ހެދެގެން އޮންނަންޖެހުނެވެ. ވާނީވެސް އެހެންތާއެވެ. ދެން މާހިންއާ ދިމާވާނެ ދުވަހަކަށް އިންތިޒާރު ކުރަން ޖެހުމުން ފޫހި ވާނެ ވަރު ވިސްނާބަލާށެވެ. މާހިން އަކީ އަހަރެން ބަލަ ބަލާ ފޫހި ނުވާނެ މީހެކެވެ. އެކަހަލަ ފިރިހެންވަންތަ މީހެއް ފެނުމުން ދަހި ނުވާނެ އެއްވެސް އިންސާނެއް މިދުނިޔޭގައި ނުހުންނާނެއެވެ. ޚުދު މާހިންގެ އެންމެ ކުޑަ ކޮއްކޮ ވެސް އަޅުގަނޑުގެ ދޮންބެ ހާދަ ރީއްޗޭ ބުނާ ދުވަސް ގުނައި ނުލެވޭނެއެވެ.

ހަފްތާއެއް ވެއްޖެއެވެ. މާހިންގެ އިންތިޒާރުގައި މިއަދުވެސް ގޭޓު ކައިރީ ހުއްޓިލައިގެން ހުރީމެވެ. މިހާރު ބައި ގަޑި އިރު ވީއެވެ. އަދިވެސް އަންނާކަށް ނޫޅެއެވެ. އަހަންނަށް ލަސްވާތީ އިތުރަށް މަޑުކުރަން ބޭނުން ނުވުމުން، ގޭޓުން އެތެރެއަށް ވަންނަން ހިނގައިގަތް ވަގުތު ސަނާ އޭ ކިޔާފައި މީހަކު ވަރަށް މަޑުން ގޮވައިލިއެވެ. އަހަރެންގެ ދެލޯ ބޮޑުވެގެން ދިޔައެވެ. ފަހަތަށް އެނބުރެލައިފައި ބަލާކަށް ނުހުރެ މާހިން އާ ދިލާމަށް ދުއްވައިގަތީމެވެ. ޙާލު އަހުވާލު އެހުމަށް ފަހު އިތުރަށް ސުވާލު ކުރަން އުނދަގޫވިއެވެ. މާހިންގެ ވާހަކަ ދެއްކުން ބަދަލު ވެފައިވާކަން ފާހަގަ ކުރެވުނެވެ. އެހެންޏާ ވާހަކަ ދައްކާވަރަށް ވުރެ ލަސް ލަހުން މަޑު މަޑުން ވާހަކަދެއްކިއެއްކަމަކު އެކަމަކާ އަހަންނެއް އެއްވެސް ފަރުވާލެއް ނުބަހައްޓަމެވެ. މާހިން ފެނުމުން ކުރެވުނު އިޙުސާސް ތަކެއްގެ ސަބަބުން ސިކުނޑި ތެރޭ ހުރި ހުރިހައި އެއްޗެއް ފޮހެވިގެން ދިޔައެވެ. ހީވަނީ މެމޮރީކާޑު ފޯމެޓުވި ހެންނެވެ. މުޅި މީހާ ގައިން ދާހިއްލައި ފޯވެއްޖެއެވެ. މޫނުމައްޗަށް ހޫނުވާން ފެށިއެވެ. އުފާވި ވަރު މޫނު މަތިން ނުދައްކަން ވެގެން އިސްޖަހައި މާހިން އާއި އެކީ ކުލާހަށް ދާން ހިނގައިގަތީމެވެ.

Share Article

Follow Me Written By

Anusha Mohamed

Level 110 Stories100 Login

<21 writer

Other Articles

Previous

ރާސްތާ2 (39)

Next

މިހިތުގެ ލޯތްބޭ ތީ

Next
February 20, 2020

މިހިތުގެ ލޯތްބޭ ތީ

Previews
February 19, 2020

ރާސްތާ2 (39)

4 Comments!

  1. Yan♥️ says:
    February 20, 2020 at 10:38 am

    Varah reethi Masha Allah ?

  2. Anusha Mohamed says:
    February 20, 2020 at 12:12 pm

    thank you <3

  3. Yanaa says:
    February 20, 2020 at 12:39 pm

    Varah???reethi???maa sha Allah ❤❤❤❤waiting

  4. Anusha Mohamed says:
    February 21, 2020 at 1:01 pm

    thank you

Comments are closed.


All Right Reserved!