Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހަޤީޤީހިތާމަލޯބި

……ހަގީގީ ލޯބި؟؟؟؟؟؟-4

Hamoo✍ Level 110 Stories
February 20, 2020 2 Mins Read
9 Comments

4 ވަނަބައި

އާދުވަހަކަށް އިރުއަރައިފިއެވެ. އަހަރެންހުރީ ރޭގެ ހަނދާންތަކުގެ ތެރޭގައެވެ. އަހަންނަށް އާޒިމްދެކެ ބޭއިންތިހާއަށް ލޯބިވެވިއްޖެކަން ޔަގީންވީ ރެއަށް ފަހުގައެވެ. ހެނދުނުގެ އެވަގުތު އަހަރެން ސައިބޯލައިގެން 7 ޖަހަންވާއިރަށް ފިހާރައަށް ދިޔައީމެވެ. ފިހާރަގެއާއި މާދުރުނޫންކަމުން ފިހާރައަށްދަނީ ހިނގާފައެވެ. އަހަރެން އިނީ ހިޔާލުތަކަށް ގެއްލިފައެވެ. އެއީ ކިތަންމެ ގޯސް ކަމެއްކަން ގަބޫލުކުރަން ބޭނުންވިޔަސް އަހަންނަށް އެހިޔާލުތަކާއި ދުރަށް ދިއުމަށްކުރި މަސައްކަތްވީ ފޫނެތްފަޔަށް ފެންފުރުން ކަހަލަ ކަމަކަށެވެ. އެހެންއިންދާ ސިއްސައިގެން ދިޔައީ މީހަކުއައިސް އަހަރެންގެ ލޯމަތީގައި އަތްއެޅުމުންނެވެ. ދުވި ސެންޓުގެ ވަހުން އަހަންނަށް އެއީ އާޒިމްކަން އެގުނެވެ. އަހަރެން އާޒިމްގާތު އަހަރެން ފިހާރައިގައި އިންނަވަގުތުގައި ނައުމަށް އެދުނީމެވެ.މީގެކުރިންވެސް އަހަރެންވާނީ އެވާހަކަ ބުނެފައެވެ. އާޒިމް ދެރަވެލައިފައި ބުނީ އަހަރެންގެ މަތިން މާބޮޑަށް ހަނދާންވާތީ އާދެވުނީކަމުގައެވެ. އަހަރެންވެސް ހުރީ އާޒިމް ދެކެލަން ބޭނުންވެފައިކަމުން އޯކޭއޭބުނެލީމެވެ. އާޒިމްބުނީ އޭނައެދަނީ ރައްޓެހިންތަކަކާއިއެކު މޫދަށްކަމުގައާއި 12 ޖަހާއިރު އަހަރެންބަލާ އަންނާނެކަމުގައެވެ. “ލަވްޔޫ ބަލައިގެން އުޅޭތި” މިހެން ބުނުމަށްފަހު ދިޔައެވެ. އަހަރެން އިނީ ގަޑި ހިގާލެއް ލަސްވެފައެވެ. އަދި އަޒީމް މޫދަށްގޮސްވާތީ ނުގުޅަން މަޑުކޮށްލައިގެން ހުރީއެވެ.ގަޑިން 12 ޖެހިތަނާ އަޒީމް އަތުވެއްޖެއެވެ. އަޒީމްބުނީ އެމީހުން އަދިވެސް މޫދަށްގޮސްވި ވާހަކައެވެ.އަޒީމް މޫދަށްނޭރި ހުރީ އަހަރެންނާއި އެއްކޮށް މޫދަށްދާހިތުންކަމަށެވެ. އެހެންކަމުން އަހަރެންވެސް މަންމައަށް ގުޅާލުމަށްފަހު ފިހާރައިން ނިމިގެން ރައްޓެހި ކުދިންތަކަކާއިއެކު މޫދަށްދާވާހަކަ އަހަރެން ބުނީމެވެ. އަދި ގެއިން ނުކާނަށްކަމުގައި ބުނީމެވެ. މަންމަ ބުނީ މައްސަލައެއްނެތްކަމުގައެވެ. އެކަމަކު ކައިގެން ނަމާދުކޮށްގެން އުޅުމަށެވެ. އަހަރެން އާނއެކޭބުނެ ފޯން ބޭއްވީމެވެ. އަދި ދާންބޭނުންވަނީ ނަމާދު ކޮށްލައިގެން ކަމަށް ބުނީމެވެ. އެހެންކަމުން އާޒިމް ބުނީ މޫދަށްގޮސްލާފައި މާބޮޑަށް ލަސްނުވެ އަންނާނީ ކަމުގައެވެ. އައިސް ނަމާދު ކޮށްލާނީކަމުގައެވެ. އަހަރެންވެސް އެންމެ ރަނގަޅުކަމަށް ބުނެ ސައިކަލު ފަހަތަށް އެރީމެވެ. ސައިކަލުގޮސް މަޑުކޮށްލީ  ގަމުގައި ހުންނަ އަމްރާ ޕެލަސް ހޮޓެލް އަށެވެ. އަހަރެން މީކީއްކުރަން އައިތަނެއްތޯ ބުނުމުން އަޒީމް ބުނީ ސަޕްރައިޒެއްކަމަށެވެ. ކުއްލިއަކަށް މާދަމާ ފުރަންޖެހިއްޖެ ކަމުގައެވެ. އެހެންވެ ބޭނުންވީ އަހަރެން އަދި އޭނަގެ ރައްޓެހިންނާއިއެކު މަޖާ ވަގުތުތަކެއް ހޭދަކޮށްލުމަށް ކަމަށެވެ. އަހަރެމެން ޕޫލްކައިރިއަށް ދިޔައިރު އަޒީމްގެ އެކުވެރިން އެތާނގައި ތިއްބެވެ. ކުރުނބާ ބުއިމާއި މަޖަލުގައި ޕޫލުގައި އެކި ކުޅިވަރުތައް ކުޅުމުގައި އެތައް ވަގުތެއް ހޭދަކުރުމަށްފަހު އަހަރުމެން ދިޔައީ އެތާނގައި ހުރި ރޫމްތަކަށެވެ.  ވަރުބަލި ފިލުވައިލައިގެން ގެއަށް ދިއުމަށެވެ. އެންމެނަށްވާވަރަށް ރޫމް ހިފާފައި ހުއްޓެވެ. އަހަރެން އިތުރު ހެދުމެއްވެސް ނުގެންނަކަމަށް ބުނުމުން އަޒީމް ބުނީ ރޫމްގައި އޭނަބާއްވާފައި އޮތް ހެދުމެއް އޮންނާނެކަމުގައެވެ. ރޫމްއަށް ވަތްއިރު ރޫމް އޮތީ ވަރަށް އަނދިރި ކޮށެވެ. އަހަރެން ގާތު ލޯމަރަން ބުނުމުން ލޯމެރީމެވެ. ހުޅުވާލިއިރު ރޫމްގައި ހުރި މޭޒެއް މަތީގައި ވަރަށް ރީތިކޮށް “ވިލް ޔޫ މެރީ މީ” މިހެން ޖަހާފައި އިން ކޭކެއް އިނެވެ. ކައިރީގައި އުއްބައްތިތަކެއް ރޯކޮށްފައި ހުއްޓެވެ. އަހަރެން އަޒީމް އާއި ދިމާއަށް ބަލާލިއިރު އަޒީމް އިނީ އެއްފައި މައްޗަށް ތިރިވެ އެވެ. އޭނަގެ އަތުގައި ވަރަށް ރީތި ފިނިފެންމަލެއް އޮތެވެ. އަހަރެން ބަލާލުމުން “ނަޝް ވިލް ޔޫ މެރީ މީ” މިހެން ބުންޏެވެ. އަހަންނަށް އުފަލުން ރޮވުނެވެ. އަޒީމް ތެދުވެފައި އަހަރެންގެ ކަރުނަތައް ފޮހެލައި ދިނެވެ. އަހަރެން ތެއް ހެދުމާއިއެކު އަޒީމް ގައިގައި ބައްދާލަމުން “ޔެސް” އޭ ބުނެލީމެވެ. ” ހޫން ދެން މިފެންތަކާ އެއްކޮށްތެ ބައްދައިގެން ހުންނަނޫ”(ހޫމް ދެން މި ފެންތަކާއި އެއްކޮށްތަ ބައްދައިގެން ހުންނަނީ) މިހެން ބުނެލިއެވެ. އަހަންނަށް ހެވުނެވެ. އެހެނީ މިނޫނިއްޔާ ރަށުބަހުން އޭނަ އަހަންނާއި ވާހަކަ ދައްކާފައި ނުވެއެވެ. އޭނަ ގިނަދުވަހު ރަށުން ބޭރުގައި އުޅޭތީ ރަށު ބަހުން ވާހަކަދައްކަން އާދަނުވަނީކަމަށް ބުންޏެވެ. އަހަރެންވެސް ދޫނުކުރަންވެގެން “އާނ ހަމަ މިހެން ހުންނާނޫ.. މިފަހަރު ހުރިހާ ފެންތެކެއް ޒީމް ގައިގަ ހާކާލާފަ ދުރަށް ދާނޫ.. ހުރެބިލާ ނިކަން”( އާނ ހަމަ މިހެން ހުންނާނީ.. މިފަހަރު ހުރިހާ ފެންތަކެއް ޒީމް ގައިގަ ހާކާލާފަ ދުރަށް ދާނީ.. ނިކަން ހުރެބަލަ)މިހެން ކިޔާފައި ބައްދައިގަތުމުން އަޒީމް “އާނ މިފަހަރު ބޮޑިއެއް ދޭމޭ.. ދައްކައިބިލާ”( އާނ މިފަހަރު ބޮޑިއެއް ދޭނަމޭ.. ) މިހެން ކިޔައި އަހަރެން އުފުލާލައިގެ ގެންގޮސް ފާހާނާއަށް ވެއްދިއެވެ. އަދި ފިނިފެން އަންނަ އިސްކުރު ދޫކޮށްލިއެވެ. އިރުކޮޅެއްނުވެ ދެމީހުންތިބީ ފިނިވެގެންގޮސް ހަލާކުވާވަރު ވެފައެވެ. އިސްކުރު ބާރުކުރުމަށްފަހު އަހަރެން ގާތު މަޑުކޮށލުމަށް ބުނުމަށްފަހު އައީ ވަރަށް ރީތި ރަތްކުލައިގެ އެސްތަކެއް ޖަހާފައި ހުރި ހެދުމެއް ހިފައިގެންނެވެ. އަދި އާޒިމް ލުމަށްޓަކައި ސޯޓްބުރިއެއްވެސް އޭނަގެ އަތުގައި އޮތެވެ. މިހެދުން ލައިގެން ތެތް އެއްޗެހި ހިއްކާލަބަލަ އިނގޭ..އަހަރެންގެ ކޮލުގައި ހިފާލުމަށްފަހުު ވަރަށް ލޯބިން އެހެން ބުނެލާފައި ގޮސް އެނދުގައި އިށީންނެވެ. ކޮޓަރި ތެރޭގައި ހުރި މެށިނުން އަހަރުމެން ދެމީހުންގެ އަންނައުނު ހިއްކުމަށްފަހު އަލަމާރިން ކޮނޑެއްނަގައި އަޅުވާލުމަށްފަހު ކޮޓަރިތެރޭގައި ހުރި ހަރުގަނޑެއްގައި އަޅުވާލުމަށްފަހު  އަހަރެން އަޒީމް ގާތަށް ދިޔައީމެވެ. އެއިރު އަޒީމް އިނީ ފޯނެއްގައެވެ.އަހަރެން އައުމުން ފޯނުކޯލު ކުރުކޮށްލުމަށްފަހު ތެދުވެ ބުނީ ކޭކް ފަޅަން ހިނގާށޭއެވެ. ފޯނުކުރީ އޭނަގެ ރައްޓެއްސެއްކަމުގައެވެ. މޭޒުމަތީގައި ޕިއްޒާއާއި ކޯކްވެސް ހުއްޓެވެ. ދެމީހުންވެގެން ކޭކް ފަޅައި ޕިއްޒާއާއި ކޭކް ކައި ކޯކް ބޮއެނިންމާލުމަށްފަހު އޮށޯވެލީ ވަރުބަލި ފިލުވާލުމަށެވެ. އަހަންނަށް ސިފަވީ ލޯބިލޯބި އާއިލާއެކެވެ. އަހަރެން އަޒީމް އާއި ކައިވެނިކޮށްގެން އުޅޭނެ އުފާވެރި ދިރިއުޅުމެވެ.އަހަންނަށް ހިނިތުންވެލެވުނެވެ.

Share Article

Follow Me Written By

Hamoo✍

Level 110 Stories

i love to read an write stories <3

Other Articles

Previous

މިހިތުގެ ލޯތްބޭ ތީ

Next

ލޯބިން އަތުގައި ހިފާލާށޭ…

Next
February 20, 2020

ލޯބިން އަތުގައި ހިފާލާށޭ…

Previews
February 20, 2020

މިހިތުގެ ލޯތްބޭ ތީ

9 Comments!

  1. Yan♥️ says:
    February 20, 2020 at 10:35 am

    Varah reethi Masha Allah ? konirakun next part

    1. hamoo says:
      February 20, 2020 at 7:42 pm

      Thank u.. in shaa allah soon

  2. Yanaa says:
    February 20, 2020 at 12:51 pm

    Varah reethi ???????maa sha Allah ❤❤❤❤❤❤
    waiting

    1. hamoo says:
      February 20, 2020 at 7:43 pm

      Thank u dear

  3. Aby says:
    February 21, 2020 at 11:03 am

    When next part??

    1. hamoo says:
      February 21, 2020 at 7:35 pm

      Dhedhuvahehge thereyga kiyaalan libeyne in shaa allah

  4. hamoo says:
    February 21, 2020 at 7:37 pm

    Mibai thankolheh kurukoh liyevunee thankolheh busy kamun
    Iraadha kurehviyyaa dhen oiy part dhiguvaane.. ummeedh kuran kiuntherin kiyaalaahiyvaa kahala vaahaka akah mivaahaka vamundhaakamah

  5. Unknown says:
    February 24, 2020 at 3:19 pm

    Kobaa next part???

  6. hamoo says:
    March 14, 2020 at 8:17 pm

    Lasveethee maafah edhen in shaa mirey or maadhan next part

Comments are closed.


All Right Reserved!