Skip to content
އެސްފިޔަ

ކާފަ ބައްޕާ މުނިކާފަ އަޅުގަނޑަށް އައްދޯ ވޭ

ދާދ ދި އެކަކަށް ދުވަހު އަހަންނަށް ލިބުނު ވާހަކަ އަކުން އަހަންނަށް ހުރެވުނީ ތަނެއް ވެސް ނޭންގުނެއެވެ . ހީވީ ފައި ދަށުން ބިންގަނޑު ދެމިގެން ދިޔަ ހެންނެވެ ….

އެއީ އުމުރުން 2 އަހަރު ނުފުރޭ ކުޑަ ކުއްޖެއް ރޭޕް ކުރި ވާހަކަ އިންނެއެވެ … އެ ކުޑަ ކުއްޖާ އަށް ހިމާޔައްކަން ދޭން ޖެހޭ ފަރާތުން އެ ކުއްޖާ ފަހަތް އެރި ވާހަކަ އަކުންނެއެވެ .  ﷲ ގެ ކޯފާ އަކަށް ނުބަލާ އެ ކުޑަ ކުޑަ މަައުސޫމް ތުއްތު ކުއްޖާ ގަޔަށް އެރި ވާހަކަ އަކުންނެއެވެ …

***********

އަހަރެން ގެ އުމުރުން މި ބަޔާނަށް އައިރު ވެސް މި ކުޑަ ދިވެހި ރާއްޖެ އަކުން ނުފެނެއެވެ …

މިއީ ކޮންފަ ދަ ކަމެެއް ބާވައެ …

ކޮންމެ ކުއްޖަކު ވެސް އުފަން ވަނީ ކޮންމެ ވެސް ބައެއްގެ ހިމާޔަތް ދަށުގައެވެ .. އެ ކުއްޖަކު ބޮޑުވަމުން ދާނީ ވެސް ކޮންމެ ވެސް ބައެއްގެ ހިމާޔަތް ދަށުގައި ތިބިގެންނެއެވެ …

އެ ކުޑަ ކުޑަ މައުސޫމް ކުޑަ ކުއްޖާ ގެ ވެސް ހާސިލް ކުރަން ބޭނުން ވާ އަ ދި ދާން ބޭނުން ވާ ނަމެއް އޮންނާނެއެވެ …

ނަމަވެސް އެ ކުއްޖާގެ ދިރިއުޅުން އެއްކޮށް ވިއްސި ވިހާލި ވެގެން އެ ދިޔައީ …. އެ ކުޑަ ކުއްޖާ އަށް ހިމާޔަތް ކުރަން ތިބި ބައެއްގެ ފަރާތުން މެއެވެ ….

މިހެން ކިތައް ކު ދިން މިކަހަލަ ކަންކަމުގައި ސިކާރަ އަށް ވެގެން ދާނެބާ ވައޭ އަހަރެން ހިތުގައި އުފެ ދެއެވެ ….

******

ކޮންމެ އަންހެން ކުއްޖަކަށް އަ ދި ކޮންމެ ފިރިހެން ކުއްޖަކަށް ވެސް ހިމާޔަތް ކަށް އޮންނަން ޖެހެއެވެ…

ކޮންމެ ބެލެނެވެރި އަކަށް ވެސް އެ މީހެއްގެ ދަރި އަކު ރަގަޅު ގޮތުގައި ތަރުބިއްޔަތު ކުރުން މުހިއްމެއެވެ …

އަޅުގަނޑުގެ  ދުޢާ އަކީ މި ކުޑަ މުޖުތަމައު މިކަހަލަ ނުބާ ކަންކަމުން މިންޖު ކުރެއްވުމެއެވެ ….

 

Comments (4)

  1. Anonymous

    Meetheege nan ingothun heevee e haadhisaage mauloomaathu dheyn ulhunhen
    ehenkamah heekoh varah kiyaahithun hulhuvee ekam mulhin ehen ehcheh othee
    so sad?????

  2. Saadha Abdhulatheef

    Aameen

  3. Anaa###

    Haadha interesting ey

  4. N_U_X_U

    Aameen..? Masha allaah mikahala kithamme vaahaka Eh nerevey toa balaa….. ?????

Comments are closed.