Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހަޤީޤީހިތާމަލޯބި

……ހަގީގީ ލޯބި؟؟؟؟؟؟ -3-

Hamoo✍ Level 110 Stories
February 17, 2020 3 Mins Read
13 Comments

3 ވަނަބައި

އެންމެފަހުން ހާސްވެ ބިރުގަތްނަމަވެސް އަހަރެން މަންމައަށް ހުރިހާ ވާހަކައެއް  ތެދަށް ކިޔާދިނީމެވެ. މަންމަ ބުނީ އަހަންނަށް ކަމުދާނަމަ މަންމައަށްވެސް އެންމެ ރަނގަޅުކަމުގައެވެ.އަދި އެއާއިލާއަކީ ރަނގަޅު އާއިލާއެއް ކަމަށާއި އެހެންކަމުން އާޒިމްވެސް ގޯސްވާނެހެން ހީނުވާކަމުގައެވެ. އެހެންނަމަވެސް ގޯސްކޮށް ނޫޅުމަށް މަންމަ ނަސޭހަތްދިނެވެ. އަހަރެން އެވާހަކަ އާޒިމްގާތު ބުނުމުން އޭނަވެސް ހުރީ ވަރަށް އުފާވެފައެވެ.އަދި އޭނަގެ އާއިލާ މީހުނަށްވެސް އަހަރުމެންގެ ގުޅުން އެންގިއެވެ. އޭގެ ފަހުން ކޮންމެދުވަހަކުވެސް އޭނާ އަހަރެންގެގެއަށް އާދެއެވެ. އާޒިމްވީ އަހަރެންގެ މަންމަމެންނާއި ކޮއްކޮމެނަށްވެސް ވަރަށް ކަމުދާ ވަރަށް ރުހޭ މީހަކަށެވެ. އެހެންކަމުން މަންމަ ގާތުން ހުއްދަ ހޯދުމަށްފަހު އަހަރެން އާޒިމް  އާއި އެކު ސައިކަލު ދުއްވާލަންވެސް ދަމެވެ. އަދި ހަމައެފަދައިން އާޒިމް  ގެ އެދުމަށް އޭނަގެ ގެއަށްވެސް ދިޔައީމެވެ.އެގެއިން އަހަރެންނަށް މަރުހަބާ ކީއެވެ. އަހަރެން އާޒިމްގެ ކޮޓަރިވެސް ބަލާލަން ވަނީމެވެ. އެއީ އާދައިގެ ކޮޓަރިއެކެވެ. އޭސީ ހުރީ ހަލާކުވެފައެވެ.

އާޒިމް އަކީ ގިނައިން ރިސޯޓްގައި އުޅޭމީހެއްކަމުން އޭސީ ހަދަން ނޫޅެވެނީކަމުގައި ބުންޏެވެ.އެގޭގައި ތިބެނީ އޭނަގެ ދޮންތައާއި ދޮންބެގެ އިތުރުން ކުޑައްތައެވެ.އާޒިމްއަކީ އެގޭ އެންމެ ހަގު ކުއްޖާއެވެ. އޭނަ ފިޔަވައި ދެންތިބި އެންމެންވެސް އުޅެނީ ކައިވެނި ކޮށްގެންނެވެ.ދޮންބެ އަދި ދޮންތަގެ ހުންނަނީ އެންމެ ކުއްޖެކެވެ.ދޮންތަގެ އަންހެން ކުއްޖެކެވެ.ދޮންބެގެ ފިރިހެން ކުއްޖެކެވެ. ކުޑައްތަގެ އަންހެން ކުއްޖަކާއި ފިރިހެން ކުއްޖަކާއި ދެކުދިން ތިބެއެވެ. އެންމެންވެސް އަހަންނަށް ވަރަށް ހެވެވެ. އާޒިމް އަކީ އެންމެ ހަގު ކުއްޖާކަމަށް ވެފައި އަހަރެން އޭނައާއި ރައްޓެހިވެގެން އުޅޭތީ ކަމަށް ވެދާނެއެވެ. އާޒިމް ބުނީ އަހަރެންވެސް އެމީހުނަށް ދޮންތަ އާއި ދޮންބެ އަދި ކުޑައްތަ ކިއުމަށެވެ. އެގޭ މީހުންގެ އިތުރުން އާޒިމްގެ އެކުވެރިންވެސް އަހަންނަށް ނުލާހިކު ރަނގަޅެވެ. އަހަރެންގެ ދައްތަމެން ގާތުގައިވެސް އަހަރެންގެ ވާހަކަ ދައްކާކަމަށްވެއެވެ. އާޒިމްގެ އެކުވެރިން އަހަރެން މަގުމަތިން ފެނިއްޖެނަމަ އެނިމުނީއެވެ. ފަހަރި ގެނަމުން މުޅި މަގުމަތި ހިވަނީ ގުގުމާހެނެވެ. އެކަމާހުރެ ބައެއްފަހަރު އަހަރެން ލަދުން ހަލާކުވާވަރުވެސް ވެއެވެ. އާޒިމް ޗުއްޓީއަށް އައިސް މަޑުކުރަން ހަމަޖެހިފައި އޮތީ ތިން ހަފްތާއެވެ. އޭނަގެ ފިރިހެން އަދި އަންހެން އެކުވެރިން ވަރަށް ގިނައެވެ. ދުއްވާލަން ދިއުމަކީވެސް އެމީހުންގެ އާދައެކެވެ. ނަމަވެސް އެއީ މައްސަލައެއް ނޫންތާއެވެ. އަހަރެން އެއީ މައްސަލައަކަށް ނަހަދަމެވެ. އަހަރެންވެސް ބައެއްފަހަރު އެމީހުނާއި އެކު ދަމެވެ. ބާބަކިއު ހެދުމާއި ދުއްވާލަން ދިއުމަކީ އަހަރެން މީގެކުރިން މާބޮޑަށް ކުރާހިތްވާ ކަންކަމެއް ނޫނެވެ. ނަމަވެސް އާޒިމް ބުނެފިނަމަ ބައެއްފަހަރު އޭނައާއިއެކު ދަމެވެ.

ދުވަސްތައް ވަރަށްވެސް ހަލުވިކަމާއިއެކު އުފަލާއި މަޖަލުގައި ފާއިތުވަމުން ދެއެވެ.އެއްރެއެވެ. ދެދުވަސް ފަހުން އާޒިމް ފުރާތީވެ އަހަރެން ތައްޔާރުވަމުން ދިޔައީ އާޒިމްއާއި އެކު ކާން ދިއުމަށެވެ. އެހެން ގޮތަކަށް ބުނާނަމަ ޑޭޓް އަކަށް ދިއުމަށެވެ. އާޒިމް އައިސް ގުޅާފައި ބޭރުގައި ހުރިވާހަކަ ބުނުމުން އަހަރެން މަންމަ ގާތުގައި ބުނެލާފައި ނިކުތީމެވެ. އަހަރެން ހުރީ ކަޅުކުލައިގެ ހެދުމެއް ލައިގެންނެވެ. ހެދުމުގެ މެމަތީގައި އޮރެންޖު އެސްތަކެއް ޖަހާފައި ހުއްޓެވެ. އަދި އޮރެންޖުކުލައިގެ ޝޯލައެއް އެޅީމެވެ. އަހަރެން ގޮސް އަޒީމް ގާތުގައި ހުއްޓުމުން އަޒީމް ބުނީ އަހަރެން ވަރަށް ރީތިކަމުގައެވެ. އަހަރެން ލަދުން އިސްޖަހައިލީމެވެ. އަދި އާޒިމްގެ ސައިކަލް ފަހަތަށް އެރިމެވެ. އޭނަ ކުއްލިއަކަށް ދުއްވާލުމުން އަހަރެން އައިސް ޖެހުނީ އާޒިމްގެ ބުރަކަށީގައެވެ.އޭނަގެ ގައިން ދުވި “ބޮސް” ސެންޓުވަހުން އަހަންނަށް ބޭއިހްތިޔާރުގައި އަޒީމްގެ ގައިގައި ބައްދާލެވުނެވެ. އެހެންޏާ އަޒީމް އަންނާނީ ސީކްރެޓް ބްރޭންޑްގެ ސެންޓުޖަހައިގެންނެވެ.އޭނަ ބުނީމިފަހަރު ތަފާތު ކޮށްލީކަމުގައެވެ. އަހަރުމެން ދިޔައީ ނަން މަޝްހޫރު ލެޒިޒް އަށެވެ. ވަރަށް ހިތްގައިމު މާހައުލެކެވެ. އަހަރުމެން ދެ ބީފް ސަބްމެރިންގ އަށް އޯޑަރުދިނުމަށްފަހު ކާއެއްޗެހި އައުމުން ކެއީމެވެ. ކާއެއްޗެހި ވަރަށްވެސް މީރެވެ. އެހެންކަމުން ވަރަށް އަވަހަށް އެހުސްކޮށްލެވުނެވެ. ނަމަވެސް އަހަރެން އިނީ އާޒިމް އެނބުރި ދާދުވަސް ކައިރިވާތީ ވަރަށް ދެރަވެފައެވެ. އާޒިމްވެސް އިނީ ދެރަވެފައެވެ. ނަމަވެސް އޭނަ މަސައްކަތްކުރީ އަހަރެން ހެއްވާލެވޭތޯއެވެ. ގޭގައި ކޮއްކޮމެން އުޅޭ ގޮތްގޮތުގެ ވާހަކަ އާއި ތަފާތު މަޖާ ވާހަކަ ދައްކަމުންގޮސް އަހަރެންގެ މޫޑް ރަނގަޅު ކޮށްލިއެވެ.ކައިނިމިގެން ބިލްދެއްކުމަށްފަހު އަހަރުމެން ލިންކް ރޯޑްގެ އެއްކޮޅުން އަނެއްކޮޅަށް ދުއްވާލަންދިޔައީމެވެ. ވަރަށްވެސް ފިންޏެވެ. ފިނިވެގެންގޮސް މީހާ ހީވަނީ ރޫޅިދާނެ ހެންނެވެ. އެހެންވެ އަހަރެންއިނީ އަޒީމްގެ ގައިގައި ވަރަށް ބާރަށް ބައްދާލައިގެންނެވެ.ކައްދޫގައި އޮންނަ ރީތި ބީޗަށް އެތަން ބަލައިލަން އަހަރުމެން ދެމީހުން ދިޔައީމެވެ. ހަނދުވަރުގެ އަލީގައި އެތަން ވަރަށް ހިތްގައިމެވެ. އަހަރެންގެ ގައިގައި ވަރަށް ލޯބިން އާޒިމް ބައްދާލިއެވެ. އަދި އަހަރެންގެ ކޮލުގައި ބޮސްދިނެވެ. އެއަށްފަހު އަހަރެން އުރާލިއެވެ. އެތާ ދޮންވެލިގަނޑު މަތީގައިތިބެ ލޯބީގެ އެތަށް އަހުދެއް ވުމަށްފަހު އަހަރުމެން ގެއަށް ދިޔައިރު 12ވެސް ޖަހައިފިއެވެ. އެއިރު މަންމަމެން ނިދައިފިއެވެ. އެހެންކަމުން އާޒިމްވެސް ގެއަށްދިއުމަށާއި ގޮއްސަ ގުޅާލުމަށް ބުނުމަށްފަހު އަހަރެން ކޮޓަރިއަށްވަދެ އަވަސް އަވަހަށް ބުރުގާ ބޭލުމަށްފަހު ފާހާނައަށްވަނީ ފިނިވެފައި ހުރިވަރުން ހެދުން ބަދަލުކޮށްލުމަށެވެ. އަދި އަހަރެން ހުރީ ވަރަށް ނިދިއައިސްފައެވެ. އެހެންކަމުން އަވަހަށް ނިދުމުގެ ބޭނުމުގައެވެ. ނިދަންލާ އަތްކުރު ޓީޝާޓްކޮޅަކާއި ކަކުލާހަމައަށްދާ ހަރުވާޅެއް ލައިގެން އަހަރެން ނިކުތީ ބޮލުގެ އިސްތަށިގަނޑު ރޫޅަމުންނެވެ. އަހަރެން ސިއްސައިގެން ދިޔައީ އަހަންނާއި ދިމާއަށް ނަޒަރު ހުއްޓިފައިހުރި އާޒިމް ފެނުމުންނެވެ. އެވަގުތު އާޒިމްގެ އަތުގައި އޮތް ޗޮކްލެޓް މުށިތައް މައްޗަށް ވެއްޓުނެވެ. އަދި އޭނާގެ ފިޔަވަޅުތައް ހުރީ އަހަންނާއި ދިމާއަށެވެ. އަހަރެންގެ ހިތްހީވަނީ މޭ ފަޅާލައިފައި ނިކުމެދާނެހެންނެވެ. މިވީހައިތަނަށް އަހަރެން ރައްޓެހިވި އެއްވެސް މީހަކަށް އަހަރެން ބުރުގާ ނާޅައި ހުއްޓައި ފެނިފައެއް ނޯންނާނެއެވެ.  އެހެންކަމުން އަހަރެން ބޭނުންވީ ދުވެފިލާށެވެ. ނަމަވެސް އަހަންނަށް އެންމެ ފިޔަވަޅެއް ކުރިއަށްވެސް އަދި ފަހަތައްވެސް ނޭޅުނެވެ. ކުރިމަތީގައި ހުރީ އަހަރެން ހިތާއި ފުރާއިން އެންމެ ލޯބިވާ އިންސާނާ ކަމުގައި ވާތީއެވެ. އާޒިމް އައިސް އަހަރެންގެ މޫނަށްނޭވާ އެޅޭހައި ކައިރީގައި ހުއްޓުނެވެ.އަދި އަހަރެންގެ ތުންފަތަށް ބަލާލިއެވެ. އަހަންނަށް ހުރެވުނީ އޭނަގެ ލޮލުގެ ތެރެއަށް ގެއްލިފައެވެ. އާޒިމް އަހަންނާއި އަދިވެސް ބޮޑަށް ކައިރިވެލުމަށްފަހު އަހަރެންގެ ތުންފަތުގައި ބޮސްދޭންފެށިއެވެ. ކިތަންމެ އިންކާރު ކުރަން ބޭނުނުވިނަމަވެސް އަހަންނަށް ދެލޯމަރާލެވުނެވެ. އަހަރެންނަށް ހުރީއެހައިވެސް ބޮޑަށްއާޒިމްދެކެ ލޯބިވެވިފައެވެ. އެހެންކަމުން އާޒިމްގެ ގައިގައި ވަރަށް ބާރަށް ބައްދާލެވުނެވެ.އަދި އޭނާގެ އެއަމަލުގައި އަހަންނަށް ފުރިހަމައަށް ބައިވެރިވެވުނެވެ.ހިތާއި ފުރާނައިންނެވެ. ދެމީހުންގެ ނޭވާކުރުވިއިރުވެސް އެކަކުވެސް ހުއްޓާލާކަށް ބޭނުމެއް ނުވިއެވެ. އެކަމަކީ އަހަންނަށް މުޅިން އައު ތަޖުރިބާއެކެވެ. ވަރަށްވެސް ފޮނި އުފާވެރި އިހުސާސްތަކެކެވެ. އަނެއްކާވެސް އާޒިމް އަހަރެންގެ ތުންފަތުގައި ބޮސްދޭންފެށިއެވެ. އަދި ކަނދުރާގައިވެސް ބޮސްދިނެވެ. މަޑުމަޑުން އޭނަގެ އަތް އަހަރެންގެ ޓީޝާޓްގެ ދަށަށް ދާންފެށިއެވެ.އަދި އަހަރެން ގެންގޮސް އެނދުގައި ބޭންދިއެވެ. އެއަށްފަހު އަހަރެންގެ ހުރި ހުރިހާ އަންނައުނެއްވެސް އޭނާ އަހަރެންގެ ހަށިގަނޑާއި ވަކިކުރަންފެށިއެވެ.  އަހަންނަށް ހުރެވުނީ އާޒިމް ކޮންމެގޮތަކަށް ކަންކުރިނަމަވެސް އެކަމަކަށް ރުހިގެންނެވެ. އަދި އަހަރެން ހުރީ އެއްވެސް ކަމަކާއި އިންކާރު ކުރެވޭފަދަ ހާލަތެއްގައެއް ނޫނެވެ. އަހަރެން ބޭރަށް ދިޔައީ އެއާކޯން ޖައްސާފައިކަމުން އޭރު ކޮޓަރިތެރެ ހުރީ ވަރަށް ބޮޑަށް ފިނިވެފައެވެ.އެހެންކަމުން އަހަރެން ބޭނުންވީ އަރާމެވެ. އަހަންނަށް އެފިނިކަމުގައި އަހަރެންގެ މުޅި ހަށިގަނޑު އާޒިމްއަށް ހިބަކޮށްދެވުނީ އޭނދެކެ ވާލޮތްބެއްގެ ބޮޑުކަމުންނެވެ. އެހެންކަމުން ލޯބީގެ ދާނުގެ އެންމެފުނަށް  އޭނާ އަހަރެން ގެންދިޔައެވެ. އަހަރެންގެ އެންމެ އަގުހުރި ހަޒާނާ އޭނައަށް ހިބަކޮށްދިނީމެވެ. ލޯބީގެ އެތަށް ވަގުތުތަކެއް ހޭދަކުރުމަށްފަހު އާޒިމް ގެއަށްދިޔައީ  ފަތިހު ހަތަރެއް ޖަހަން އުޅެނިކޮށެވެ. އާޒިމް ބުނިގޮތުގައި އޭނައައީ އަހަންނަށް ޗޮކްލެޓް ދޭށެވެ. ނަމަވެސް އަހަރެން ފެނުމުން އަހަރެންދެކެ ލޯބިވާލެއް ބޮޑުކަމުން ކެތްނުވީއެވެ. އަދި އެކަމަށްޓަކައި އަހަރެންގެ ކިބައިން އޭނާ ނިހާޔަތަށް މައާފަށް އެދުނެވެ. ނަމަވެސް އެކަމުގައި އޭނައެކޭ އެއްވަރަށް އަހަރެންގެވެސް ކުށް އޮތްވާހަކަ އަހަރެން ބުނީމެވެ. އަދި ދުވަހަކުވެސް އަހަރެން ދޫކޮށްފަނުދާށޭ ބުނީމެވެ. އޭނަބުނީ އަހަރެންހައި ހުރިހައި ގޮތަކުންވެސް ރަނގަޅު މީހެއް ނުދެކޭކަމުގައެވެ.ވީމާ ދުވހަކުވެސް ދޫކޮށް ނުލާނޭކަމުގައެވެ. އަދި މިހާރު އަހަރެންދެކެ ވާލޯބި މާބޮޑަށްވެސް ބޮޑުވެއްޖެކަމުގައި ބުންޏެވެ.

Share Article

Follow Me Written By

Hamoo✍

Level 110 Stories

i love to read an write stories <3

Other Articles

Previous

ހާދަހާ ލޯބިވޭ ( 1 ވަނަ ބައި)

Next

……ހަގީގީ ލޯބި؟؟؟؟؟؟ -2-

Next
February 17, 2020

……ހަގީގީ ލޯބި؟؟؟؟؟؟ -2-

Previews
February 17, 2020

ހާދަހާ ލޯބިވޭ ( 1 ވަނަ ބައި)

13 Comments!

  1. Yanaa says:
    February 17, 2020 at 3:42 pm

    Varah reethi..maa sha Allah..curiously waiting for the next part..❤❤❤❤❤❤❤❤

    1. hamoo says:
      February 17, 2020 at 4:26 pm

      Thank u❤

  2. Looeiii says:
    February 17, 2020 at 4:25 pm

    Salhi
    Ma sha allah
    ??❤

    1. hamoo says:
      February 17, 2020 at 4:28 pm

      Thank u❤

  3. IIII ishu says:
    February 17, 2020 at 4:33 pm

    Yep vrh vrh reethi ingey waiting for the next part

    1. hamoo says:
      February 17, 2020 at 5:23 pm

      Thank u❤

  4. IIII ishu says:
    February 17, 2020 at 4:34 pm

    Love it???

  5. Aby says:
    February 17, 2020 at 5:13 pm

    Waiting for next part….

    1. hamoo says:
      February 17, 2020 at 5:24 pm

      Thank u❤

  6. Noor says:
    February 17, 2020 at 11:27 pm

    varah reethi azim nubaeh hadhaanehen haadha ebaheevey?

    1. hamoo says:
      February 18, 2020 at 10:24 pm

      Thank u..
      Lets see.. Azim ge gotheh ves egidhaane thaa hehe

  7. shaaaaaaaarrr says:
    February 26, 2020 at 11:22 pm

    aslu vx hageegee vhk eh tha meee vrh salhi mi vhk

  8. Anonymous says:
    March 3, 2020 at 1:42 pm

    knirakuntha next part up kurani…its been so long

Comments are closed.


All Right Reserved!