Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހަޤީޤީހިތާމަލޯބި

……ހަގީގީ ލޯބި؟؟؟؟؟؟ -2-

Hamoo✍ Level 110 Stories
February 17, 2020 2 Mins Read
0 Comments

2 ވަނަ ބައި

“ވަން ނިއު މެސެޖު” އަހަރެން ސިއްސައިގެން ދިޔައީ ފޯނަށް މެސެޖެއް އައި އަޑަށެވެ. މެސެޖުގައި އޮތީ “ގުޑް މޯރނިންގ ލަވް” އެހެންނެވެ. އަހަންނަށް ހިނިތުން ވެލެވުނެވެ. އަވަސް އަވަހަށް މެސެޖުގެ ޖަވާބަކަށް “ގުޑް މޯރނިންގ ބޭބީ” މިހެން ފޮނުވައިލީމެވެ. އެއީ މިވީ ހަފަތާއެއްހާ ދުވަސްތެރޭގައި އަހަރެންގެ ދުވަސް ފެށޭގޮތެވެ.ބާއްޖަވެރި ހެނދުނަކަށް އެދި  މެސެޖެއް ކޮށްލާނެއެވެ. ނުވަތަ ގުޅާނެއެވެ. އަދި ކޮންމެ ރެއަކު އޭނަ ނިދަން ބޭނުންވާނީވެސް ގުޅައިގެން އޮވެއެވެ.ދުވާލަކު 10ވަރަކަށް ފަހަރު ގުޅާނެއެވެ. އެދުވަހު އަހަރެންގެ ޑިއުޓީ އޮތީ މެންދުރުކަމުން މަންމައާއިއެކު ބަދިގޭގެ މަސައްކަތްތައް ނިންމާލުމަށްފަހު އަވަހަށް ކޮޓަރިއަށް ދިޔައީ އާޒިމް އަށް ގުޅާލުމަށެވެ. އޭނަ އަހަރެންގެ އިންތިޒާރުގައި ހުންނާނެތީއެވެ. ކަންވީވެސް އަހަރެން ހީކުރި ގޮތަށެވެ. އާޒިމް ހުރީ އަހަރެންގެ އިންތިޒާރުގައެވެ. ފުރަތަމަވެސް އެހީ ސައިބުއިންތޯއެވެ..އަހަރެން ނުކައި ހުންނަނަމަ އޭނަ ވަރަށް ހިތްހަމަ ނުޖެހޭނެއެވެ. އާޒިމް ބުނީ އޭނަ ވަރަށް އަވަހަށް ރަށަށް އަންނާނެކަމުގައެވެ. އަދި އަހަރުމެންގެ ގުޅުމުގެ ވާހަކަ މައިންބަފައިންނަށް އަންގަންވީ ނޫންތޯވެސް އެހިއެވެ. އަހަރެން ބޭނުންވީ އަދި ދުވަސްކޮޅެއް ފަހުން ބުނުމަށެވެ. އާޒިމް ބުނި ގޮތުންނަމަ އޭނަގެ މައިންބަފައިން ގަބޫލުވާނެއެވެ. އަދި ގަބޫލުނުވިކަމުގައިވިނަމަވެސް އަހަރެން ކައިވެނިކުރަން ހުރިނަމަ އޭނަ އަހަންނާއި ކައިވެނި ކުރާނެކަމުގައެވެ. އަހަރެންގެ މައިންބަފައިން ގަބޫލުވާނޭކަމަށް ބުނީމެވެ. އެހެން ބުނުމުން އާޒިމް އެހީ އެމީހުން ނުގަބޫލުނަމަ ހަދާނީ ކިހިނެއްތޯއެވެ. އަދި އޭނައަށް އަހަންނާއި ނުލައި ނޫޅެވޭނެކަމަށެވެ. އެހެންކަމުން އެގޮތަށް ކަންތައް ވެއްޖެނަމަ ދެން އޮންނާނީ އަހަރެން ބޭނުންގޮތެއްކަމުގައެވެ. އަހަރން ބުނީ އެކަމާ ވިސްނާނީ ފަހުންކަމުގައެވެ.

 

ދުވަސްތައް މާޒީއާއި އެކުވަމުން ދެއެވެ. ކޮންމެ ދުވަހެއް ފެށިގެންދަނީ ވަރަށް އުފާވެރިކޮށެވެ. އާޒިމްގެ ފޯނުކޯލަކުންނެވެ. ނުވަތަ މެސެޖަކުންނެވެ. ގިނަދުވަސްވާވަރަކަށް އަހަރެންނަށް އާޒިމްދެކެ ލޯބިވެވޭހެން ހީވަން ފެށިއެވެ. އެއީ އޭނަގެ އޯގާތެރިކަމުގެ ސަބަބުންނެވެ. އަހަރެން މިކަންކަމާ އިންތިހާއަށް އުފާވެއެވެ.އަދި އަހަރެން އާޒިމް ގާތު ލޯބިވާވާހަކަ ބުނީމެވެ. އެކަމާ އޭނަ ވަރަށް އުފާވިއެވެ.

މިއަދަކީ އާޒިމް އޭނާ އަންނާނެކަމަށް ބުނި ދުވަހެވެ. އަހަރެން ސިޓިންގ ރޫމްގައި އިނީ އާޒިމް ރަށަށް އައިސްފައި ގުޅާނެ އިރަކަށް އިންތިޒާރު ކޮށްކޮށެވެ. އޭނަ ދެކިލުމަށްވެސް ވަރަށް ހިތްއެދެއެވެ.  އެހެން އިންދާ މީހަކުއައިސް އަހަރެންގެ ލޯމަތީގައި އަތް އެޅިއެވެ. ބަލާލިއިރު އާޒިމްއެވެ.  އަހަރެން ވަރަށް ލަދުގަތެވެ. ކަންދިމާކުރިގޮތުން އެގަޑީގައި ގޭގައި އުޅުނީ އަހަރެން އެކަންޏެވެ. އާޒިމް ބުނިގޮތުގައި މަންމަމެން ނިކުމެގެން ދިޔަތަން އޭނަދެކުނެވެ. އެހެންވެ އައީ އަހަރެން ދެކިލުމަށެވެ. އަހަންނަކަށް މާގިނަވާހަކަތަކެއް ދައްކާކަށް ނުކެރުނެވެ.ލަދުންނެވެ. އާޒިމް އަހަރެން ގާތު ލޯމެރުމަށް ބުނުމަށްފަހު އަހަރެންގެ އަތަށް ލައިދިނީ ބޮޑު ޓޮބްލެރޫން ޗޮކްލެޓެކެވެ. އަހަރެން ވަރަށް އުފާވިއެވެ. އެއީ އަހަންނަށް ވަރަށް މީރު އެއްޗަކަށްވާތީއެވެ. އުފަލުން ޝުކުރިއްޔާ އޭ ބުނުމުން  މަރުހަބާއޭ ބުނުމަށްފަހު ބައްދާލިއެވެ. އަހަރެން ދުރަން ދިއުމުން ސޮރީއޭ ބުނުމަށްފަހު އޭނަ އެދުނީ ފާހާނަ ދައްކާލަދިނުމަށެވެ. އަހަރެން ކޮޓަރިއަށްގޮސް ފާހާނަ ދެއްކީމެވެ. އެއަށްފަހު އުޅުނީ އެދުވަހު ދޮވެފަ ހުރި ހެނދުންތަކެއް ކޮނޑުގައި އަޅުވާށެވެ. އެހެން ހުއްޓާ ކުއްލިއަކަށް އާޒިމް އައިސް އަހަރެންގެ ގައިގައި ބެއްދިއެވެ. އަހަރެން ދިޔައީ ސިއްސައިގެންނެވެ. އަހަރެން އާޒިމް ގާތު މަންމަމެން އައިސްދާނެކަމަށް ބުނީމެވެ. އަދި އެހެންނޫނަސް އެގޮތަށް އުޅުން ރަނގަޅުނޫންކަމުގައި ބުނެލީމެވެ. އާޒިމް ގޮސް ކޮޓަރީގެ ދޮރުލައްޕާ ތަޅުލިއެވެ. އަދި އައިސް ބުނީ ވަރަށް ބޮޑަށް މާފުކުރުމަށް ބުންޏެވެ. ގަސްދުގައި ކުރިކަމެއް ނޫންކަމުގައިވެސް ބުންޏެވެ.އަދި ބުންޏެވެ. އެނާ އަހަރެންދެކެ އިންތިހާއަށް ލޯބިވާ ކަމުގައެވެ. އަދި އަހަންނާއި ނުލައި ނޫޅެވޭނެކަމުގައެވެ. އަދި ބުނީ ވީހާވެސް އަވަހަކަށް ކައިވެނިކުރަން ބޭނުންކަމުގައެވެ. ޗުއްޓީނިމުމުން ރިސޯޓަށް ދިއުމުގެ ކުރިން މާލެގޮސް ބެޑްރޫމްސެޓާއި އޭސީއާއި ދެންވެސް ބޭނުންވާ އެއްޗެހި ފޮނުވާނެކަމުގައެވެ. އަހަރެން ވަރަށް އުފާވިއެވެ. އިރުކޮޅަކު ވާހަކަދައްކަން އިނުމަށްފަހު ވަރަށް ވަރުބަލިވެއްޖެކަމުގައި ބުންޏެވެ. ދަނީއޭ ބުނުމަށްފަހު އަހަންނަށް ވަރަށް ލޯބިންބަލާލުމަށްފަހު ހީލިއެވެ. އަދި ނުކުމެގެންދިޔައީ ގުޅާނެކަމުގައިބުނެފައެވެ. އާޒިމް ދިޔަތަނާ މަންމަ ގެއަށް އައިސްވަނެވެ.އަދި އެހީ ދެންމެ ނިކުމެގެންދިޔައީ ކާކުތޯއެވެ. އަހަރެން ވަރަށް ހާސްވިއެވެ.

Share Article

Follow Me Written By

Hamoo✍

Level 110 Stories

i love to read an write stories <3

Other Articles

Previous

……ހަގީގީ ލޯބި؟؟؟؟؟؟ -3-

Next

ހުރީމެ އިންތިޒާރުގަ (12)

Next
February 17, 2020

ހުރީމެ އިންތިޒާރުގަ (12)

Previews
February 17, 2020

……ހަގީގީ ލޯބި؟؟؟؟؟؟ -3-


All Right Reserved!