Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހަޤީޤީހިތާމައެހެނިހެންލޯބި

ވާނަމޭ އުމުރަށް އެކީ ޖާނާ (3)

Maayu Level 2100 Login10 Stories
February 20, 2020 5 Mins Read
20 Comments

ދެން ދިޔައީ ހަމަހިމޭންކަމުގެ ވަގުތުކޮޅެކެވެ. މައިރާ އަށް ވިސްނެނީ އޭނާގެ މާޒީގައި ހިނގި ކަންތަތްތަކާ މެދުގައެވެ. އެ ހާދިސާތަކަކީ ދުވަހަކުވެސް މައިރާގެ ހިތުން ފިލައިގެންދާނެ ކަންތައްތަކެއް ނޫނެވެ. އޭނާއަށް މިއަދު މިހުރިހާ އުފަލެއް ލިބުނަސް އޭނާގެ ހިތަށް ހިތްހަމަޖެހުމެއް ލިބޭނީ ކަންތައްތައް ހިނގާދިޔަ ގޮތް ރަނގަޅަށް އޮޅުންފިލީމައެވެ. އޭނާގެ ހިތުގައިވާ ހުރިހާ ސުވާލެއްގެ ޖަވާބުތައް ލިބުނީމައެވެ.

**********************************************************

އެއީ ގާތްގަނޑަކަށް މީގެ ފަސްވަރަކަށް އަހަރު ކުރިއެވެ. މައިރާއަކީ ރާއްޖެތެރޭ ރަށަކަށް ނިސްބަތްވާ ކުއްޖެކެވެ. އޭނާ ހަނދާން ހުންނަން ފެށީއްސުރެ އޭނާ އުޅެމުން ދިޔައީ އޭނާގެ ބައްޕައާ އެކުގައެވެ. ނަމަވެސް އެބައްޕަގެ ލޯތްބާ އަޅާލުމެއް މައިރާއަކަށް ދުވަހަކުވެސް ނުލިބެއެވެ. ބައްޕައެއްގެ ފަރާތުން ދޭންޖެހޭ ލޯބީގެ ބަދަލު އެބައްޕަގެ ފަރާތުން މައިރާއަށް ލިބުނީ ހުސް ނަފުރަތެވެ. ނަމަވެސް ކޮންމެވެސް ދުވަހަކުން އެބައްޕަގެ ފަރާތުން ލޯތްބާ އަޅާލުން ލިބޭނޭކަމުގެ އުއްމީދުގައި އޭނާ ދިޔައީ ކެނޑިނޭޅި މިންނެތް މަސައްކަތްތައް ކުރަމުންނެވެ.

މައިރާ ބޮޑުވެގެންއައީ ބައްޕަ ފަޚުރުވެރިވާނޭފަދަ ދަރިއަކަށް ވުމަށްޓަކައި ބުރަ މަސައްކަތްކުރަމުންނެވެ. ހަމައެންމެ އެ ނަތީޖާތަކުގެ ރަހަ ނުހަނު ފޮންޏެވެ. މައިރާ ވެގެންދިޔައީ ލާމަސީލު ނަމޫނާއަކަށެވެ. މުޅި ރަށުގައިވެސް މައިރާއާ އަރާފޯދޭނޭވަރުގެ ކުއްޖަކު ނުހުންނާނެއެވެ. އޭނާއަކީ ކިޔެވުމަށްވެސް އެއްވަނައެވެ. މަކާރިމުލް އަޚްލާގުން ގަހަނާއަޅާފައިވާ އެހެންމީހުންނަށް އިޙްތިރާމް ކުރަން ދަންނަ ކުއްޖެކެވެ.

މިއަދު އޭނާ ކިޔަވައި މޮޅު ކުއްޖަކަށް އެވީ އޭނާގެ ބައްޕައަށްޓަކައެވެ. އެބައްޕަގެ ލޯތްބަށް އެދި ފެންބޮވައިގެންފައިވާލެއް ބޮޑުކަމުންނެވެ. އެހެނަސް މިއަދުވެސް މައިރާ ކުރިމަތިލާން ޖެހުނީ އެބައްޕަގެ ވިހަ ބަސްތަކާއެވެ. އޭނާގެ ބައްޕަ އެގޮތަށް ކަންކުރާ ސަބަބެއް މައިރާއަކަށް ނުވިސްނުނެވެ.

މައިރާ ގެއިން އެނެރެލީ އޭނާ އެބައްޕަގެ ރުހުން ހޯދުމަށްޓަކައި މައިރާ ދިއްލާފައިވާ ކުޑަކުޑަ ހުޅުކޮޅުވެސް ނިއްވާލަމުންނެވެ. އެ ބައްޕައަށްޓަކައި އޭނާ ނުކުރަނީ ކޮންކަމެއް ހެއްޔެވެ؟ ނަމަވެސް މިއަދު އޭނާއަށް އޭގެ ބަދަލު މި ލިބެނީ ކިހިނަކުން ހެއްޔެވެ؟ މައިރާ އުމުރުން ސަތާރަ އަހަރުވީއިރު ދުވަހަކުވެސް މީހަކު ގާތު ޝަކުވާއެއް ކޮއްފައެއް ނޯންނާނެއެވެ. ނަމަވެސް މިއަދު އޭނާ މި ކުރިމަތިލާން ޖެހުނު ހިތާމައިގެ ބޮޑުކަމުން އެބައްޕަގާތު ޝަކުވާ ކުރެވުނެވެ.

” ބައްޕަ ކީއްވެތަ އަޅުގަނޑަށް ތިހެން ތިހަދަނީ؟؟؟ ބައްޕަ އަޅުގަނޑު ދެކެ ކީއްވެތަ  ލޯބިނުވަނީ؟؟؟ އަޅުގަނޑަށް ކޮން ކުށެއްތަ ކުރެވުނީ މިހާބޮޑު އަދަބެއް ދޭވަރުގެ؟؟؟ އަޅުގަނޑަށް އެނގިގެން ދުވަހަކުވެސް ބައްޕައަށް ދެރައެއް ނުދެން.. ބައްޕަ ހިތްހަމަނުޖެހޭވަރުގެ ކަމެއް ނުކުރަން.. އަދި ބައްޕަގެ އަގުވެޓޭފަދަ ކަމެއްވެސް އަޅުގަނޑެއް ނުކުރަން.. އަޅުގަނޑު ބައްޕަދެކެ ނުލާހިކު ލޯބިވޭ…. ދެން ކީއްވެތަ ބައްޕާ؟؟؟ ބައްޕަ އަޅުގަނޑުދެކެ ތިހާ ނަފްރަތު ކުރާ ސަބަބެއް މިއޮއް ހުރިހާ ދުވަސްވީއިރުވެސް އަޅުގަނޑަކަށް ނޭގުނު… ބައްޕަ އަޅުގަނޑަށް ތިހެން ނަހަދާ… ޕްލީޒް ބައްޕާ… އަޅުގަނޑު ވަކި ދާނީ ކޮންތާކަށް؟؟؟ ބައްޕަނޫން އެކެއްވެސް އަޅުގަނޑުގެ ހުރީކީ ނޫން…” މައިރާއަށް ރޮވުނެވެ. ނަމަވެސް އެބައްޕައަށް މައިރާގެ އެއްވެސް ވާހަކައެއް އަޑުއިވުނު ހެނެއް ހިޔެއް ނުވެއެވެ. ނުވަތަ އެސުވާލުތަކަށް ޖަވާބު ދިނުން މުހިއްމު ނުވީއެވެ.

މައިރާ އެތަނުން ދިޔުމަށް ހިނގައިގަތީ ދާނި ވަކި މަންޒިލެއް އެނގިގެނެއްނޫނެވެ. އޭނާ ގޮތްހުސްވީއެވެ. އޭނާ މުޅިން އެކަނިވެރިވީއެވެ. އެބައްޕަގެ ރުހުން ހޯދުމަށްކުރި ހުރިހާ މަސައްކަތެއް ފެނަށްވީއެވެ.

މައިރާއަށް އެޚިޔާލުތަކުން ނުކުމެވުނީ މީހަކު އޭނާގައިގައި ހިފައި ތަޅުވާލުމުންނެވެ.

“މޭއީ… ކީއްވެތަ ތިރޮނީ… ކޮންތާކަށްތަ ތި ދަނީ… ބުނެބަ އަހަރެންގާތު… އަހަރެން މޭއިއަށް ގޮވާތާ ކިހާއިރެއް… މޭއީގެ ޖަވާބެއް ނުލިބުނީމަ މިއައީ…ޓެލް މީ…” މައިރާ ކުރިމަތީ އެހުރީ އޭނާގެ ކޮއްކޮ އަދި ހަމައެހެންމެ އޭނާގެ އެންމެ ގާތް އެކުވެރިޔާ ސަނާޝްއެވެ. ސަނާޝް ފެނުމުން މައިރާއަށް އަދި ބޮޑަށް ރޮވުނީއެވެ.

” މޭއީ ތިހެން ރޯން ހުއްޓަކަސް އަހަންނަކަށްއަކަށް ނޭގޭނެއެއްނު… ވީގޮތެއް ބުނީމަ ދޯ އަހަންނަށްވެސް އިނގޭނީ…. ދެން ބުނެބަ… ބައްޕަ އެއްޗެކޭ ބުނީތަ އަނެއްކާ؟؟.. މޭއީ ހުއްޓާލާފަ ވާހަކަ ދައްކަބަލަ.. ނާޝްވެސް ދެރަވެޔޭ މޭއި ރޯތަން ފެނުނީމަ… ނާޝްއަށްވެސް ރޮވިދާނެ.. ހުއްޓާލަބަ ޕްލީޒް…” މައިރާއަށް ވީގޮތެއް ނޭނގުމުން ސަނާޝް ހުރީ ކަންބޮޑުވެފައެވެ. ކޮންމެވެސް ބޮޑުކަމެއް ވެގެން ނޫނީ މައިރާ ނުރޯނެކަން ސަނާޝްއަށް އިނގެއެވެ. ސަނާޝް މައިރާ ގޮވައިގެން ދިޔައީ އޭނާގެ ގެއަށެވެ. މައިރާއަށް ވީގޮތް އެންމެ ރަނގަޅަށް ދެން އޮޅުންފިލުވޭނީ އޭނާގެ މަންމައަށެވެ. ޟައިރާ ހަމަ ޔަޤީނުންވެސް އޭނާގެ ބޮޑުދައިތަގެ ބަސް އަހާނެއެވެ.

ޒާހިދާ ހަނޑޫ ދޮންނަން ހުރެފަ ނުކުތީ ސަނާޝް މާ ވަރަކަށް ގޮވާތީއެވެ. ” ކިހިނެތްވީތަ ދަރިފުޅާ؟؟ ހާދަ ބާރަކަށް ތިގޮވަނީ މަންމަ ބީރެއްނުވެޔޭ އަދިއެއް…”

” މަންމާ ބަލާބަ މޭއީ… ހަމަ ރޮނީ.. އަހަރެން އަހައަހާވެސް ކިހިނެތްވީކަމެއް ނުބުނި… އަހަރެން މިހާރު އަހައަހާ ވަރުބަލިވެއްޖެ… އިކަށް މަންމަ އަހާބަ… އޭރުން ފަހަރެއްގަ ބުނެދާނެ.. އެހެންވެ މިއައީ މޭއީ ގޮވައިގެން…” ސަނާޝް އޭނާގެ މަންމަގާޓު މައިރާއަށް ވީގޮތެއް އޮޅުންފިލުވުމަށް ބުންޔެވެ.

” ތެދެއް ދަރިފުޅާ މައިރާ ބޮޑުދައިތަ ގާތު ވީގޮތެއް ބުނެބަލަ.. އޭރަށް ބޮޑުދައިތައަށްވެސް އެހީއެއް ވެވޭނީ.. ބައްޕަ އެއްޗެކޭ ބުނީތަ؟؟ ނުރޮއި ހުއްޓާލާފަ ބުނެބަލަ ދަރިފުޅާ…” ޒާހިދާވެސް މައިރާ ފެނުމުން ކަންބޮޑުވިއެވެ. މައިރާގެ ދެލޯވަނީ ރޮއިރޮއި ދުޅަވެފައެވެ.

” ބޮޑުދައިތާ… ކި..ކީއްވެތަ ބައްޕަ އެ…އެގޮތަށް….. އެ ކަންތައް ކުރަނީ؟؟؟… ކީއްވެތަ.. ބައްޕަ އަޅުގަނޑުދެކެ.. އެހާ ރުޅިއަންނަނީ…؟؟؟ ” ބޮޑުދައިތަ ފެނުމުން މައިރާއަށް ކުޑަ ހިތްވަރެއް ލިބުނެވެ. އެހެން ނުވާންވީ ކީއްވެ ހެއްޔެވެ؟ ބައްޕަ ބޮޑުދައިތަ ދެކެ ކިތަންމެ ރުޅި އަޔަސް ބޮޑުދައިތަ އޭނަ ދެކެ ނުލާހިކު ލޯބިވެއެވެ. އެހެންވެ އެވަގުތުވެސް މައިރާއަށް އޭނާގެ ނަސީބާ މެދު ޝަކުވާ ކުރެވުނެވެ.

” ދަރިފުޅާ ބައްޕަ ކީކޭތަ ބުނީ؟؟ ކިހިނެއްތަ ވީ؟؟ ވީގޮތް ކިޔާދީބަލަ.. އޭރަށް ބޮޑުދައިތަ ބައްޕައާ ވާހަކަ ދައްކާނަން…” ޒާހިދާއަށް ކުރެވުނު ޝައްކު ޔަޤީންވިއެވެ. ޔާސިރު މައިރާއާ ދިމާލަށް އެއްޗެކޭ ބުނީއެވެ.

” ބައްޕަ އަޅުގަނޑު ގެއިން ނެރެލީ… ކީއްވެކަމެއްވެސް ނޭގޭ… އަޅުގަނޑު ގޯސް ގޮތަކަށް ނޫޅެމޭ ބޮޑުދައިތާ… ދެން ކިއްވެތަ އެގޮތަށް ބައްޕަ ކަންތައް ކުރަނީ؟؟؟ ” ރޮވިފައިވާ އަޑަކުން މައިރާ ޒާހިދާއަށް ވީގޮތް ކިޔާދިނެވެ.

ޔާސިރު މައިރާދެކެ ކިތަންމެ ރުޅި އަޔަސް އޭނާ ގެއިން ނެރެލަފާނެކަމަށް ޒާހިދާ ދުވަހަކުވެސް ހިޔެއްނުކުރެއެވެ. ” މައިރާ.. ދަރިފުޅު ސަނާޝް ގާތު މަޑުކޮއްލަ އިނގޭ… ބޮޑުދައިތަ އަންނާނަން ބައްޕައާ ވާހަކަދައްކާފަ… ދެން ނުރޮއްޗޭ އިނގޭ.. އިރާދަކުރެއްވިއްޔާ ހުރިހާ ކަމެއްވެސް ރަނގަޅުވާނެ..” ޒާހިދާ އަވަސްވެގަތީ ޔާސިރުއަށް ވިސްނައިދެން ދާށެވެ.

” ނޫން ބޮޑުދައިތާ.. ބޮޑުދައިތަ ގޮއްސިއްޔާ ބައްޕަ އިތުރަށް ރުޅިއަންނާނެ… އޭރަށް މިހާރު ދައްކާ ވަރަށްވެސް ބައްޕަ ބޮޑުދައިތައާ ވާހަކަ ނުދައްކާނެ… އަޅުގަނޑު ބޭނުމެއް ނޫން އަޅުގަނޑުގެ ސަބަބުން އެހެން ވާކަށް..” މައިރާ އެވަގުތުވެސް ވިސްނީ އޭނާގެ ބޮޑުދައިތައާ މެދުއެވެ. ޒާހިދާއަށްވެސް އެވަގުތު ރޮވުނެވެ. މިކަހަލަ ރަނގަޅު ޞާލިޙު ދަރިއެއް ލިބޭނީ ނަސީބުވެރިޔަކަށެވެ. މިއަދުން ފެށިގެން އެދަރިފުޅުގެ ޒިންމާ ނަގައި މުޖްތަމަޢަށް ފައިދާ ހުރި ޤާބިލް ދަރިއަކަށް މައިރާ ހެދުމަށް ޒާހިދާ އެވަގުތު އަޒުމް ކަނޑައެޅިއެވެ.

” މައިރާ ދެން ދަރިފުޅު ނުރއްޗޭ.. ދެން މައިރާ އުޅޭނީ ބޮޑުދައިތަ ގާތު.. އެއްވެސް މީހަކަށް ނުކެރޭނެ ދަރިފުޅަށް ދެރަގޮތެއް ހަދާކަށް..” ޒާހިދާ މައިރާގެ ކަރުނަތައް ފޮހެލަމުން ބުނެލިއެވެ.

” އެކަމް ބޮޑުދައިތަ ކިހިނެއް…” މައިރާ ބުނަން އުޅުނީ ކީކޭކަން އިގުމުން ޒާހިދާ މައިރާ ހުއްޓުވިއެވެ.

” އެކަމް ކިޔާނެ ކަމެއް ނެތް.. ބޮޑުދައިތައަށް ތިދެކުދިން ބެލޭ ވަރުގެ ތަނަވަސްކަން އިރާދަކުރެއްވިއްޔާ އެބަ ހުރި… ހިނގާ އެގެޔަށް ދަރިފުޅުގެ އެއްޗިހިތައް ބަލައި…”

*****************************************************************

” ޒާހިދާ… ކީއްކުރަންތަ އޭނަ ތި ގެނައީ މިގެޔަށް…. ހަމަމިހާރު އޭނަ ނެރޭ މިގެއިން….” ޔާސިރުއަށް މައިރާ ޒާހިދާއާ އެއްކޮން އައިސް އެގެޔަށް ވަތްތަން ފެނުމުން ޔާސިރު ހަޅޭއްލަވައިގަތެވެ.

” ބަލަ އަހަރެން އޭނަ މިގެނައީ މިގޭގަ ބަހައްޓާކަށް ނޫނޭ… މިއައީ މައިރާގެ އެއްޗިހި ބަލައި.. މީގެ ފަހުން މައިރާ ހުންނާނީ އަހަރެން ގާތު.. ޔާސިރު މައިރާ ނުބެލިޔަސް އަހަރެން ބަލާނަން… ޔާސިރު ހުރިހާ ކަމެއް ހަނދާން ނައްތާލިޔަސް އަހަރެންނެއް ނުނެތޭ… ނަޝްފާ ކުރި ވަސިއްޔަތް އަހަރެން ފުރިހަމަކުރާނަން…”

” ހޫން ދޭ އޭނަ ގޮވައިގެން… އެކަމް ހަނދާކުރާތި.. އޭނައާ ގުޅުން ބާއްވަންޏާ އަހަރެންނާ އެއްވެސް ގުޅުމެއް ނޯންނާނެ.. ދެން މީގެ ފަހުން މިގެއަށް ވަދެގެން ނުވާނެ…” ޔާސިރު ފަހު ބަސް އިއްވާލިއެވެ. ނަމަވެސް ޒާހިދާ އެކަމަކަށް ފަރުވާލެއް ނުބަހައްޓައެވެ.

” މިއޮއް ހުރިހާ ދުވަހު މިގެޔަށް ވަނީ މައިރާ ހޯދަން.. އެކުއްޖާ އުޅޭނޫޅޭ ގޮތް ބަލަން.. އަހަރެން މައިރާ ގެންދިޔައީމަ މިގެޔަށް އަންނާކަށް ނުޖެހޭނެއެއްނު..” މައިރާ އޭނާގެ ސާމާނުތައް ހިފައިގެން ޒާހިދާއާ އެކު ދިޔުމަށް ނުކުތެވެ. ޒާހިދާވެސް މއިރާ ނުކުތުމުން އިތުރަށް ޒުވާބު ކުރަން ނޫޅެ ގެއަށް ދިޔުމަށް ހިނގައިގަތެވެ.

*********************************************

ދުވަސްތައް ފާއިތުވަމުން ދިޔައީ ހީވެސް ނުކުރާހާ އަވަހަށެވެ. މައިރާ އޭނާގެ ބޮޑުދައިތަގެ އެހީގައި އޭލެވެލް ކިޔަވައި ނިންމިއެވެ. އެހެނަން ނަތީޖާ ލިބެން އަދި ދުވަސް އޮތުމާއެކު މައިރާ ބޮޑުދައިތައަށް އެހީ ވުމުގެ ނިޔަތުގައި ރަށު ފިހާރައަކަށް ވަޒީފާއަށް ދާން ފެށިއެވެ. ހަމައެހެންމެ ސަނާޝް އަދި ކިޔަވަމުންދާތީ ވީވަރަކުން ސަނާޝްއަށް ވެސް އެހީވާން މައިރާ މަސައްކަތް ކުރެއެވެ.

*************************************************

މިދުވަސްވަރަކީ ޢީދަށް ރަށް ރަށަށް މީހުން ދަތުރުތައް ރާވަމުންދާ ދުވަސްކޮޅެކެވެ. ޢަޒީޒްވެސް ޢީދު ޗުއްޓީ ފާހަގަ ކޮއްލުމަށްޓަކައި މިފަހަރު ނިންމީ ރާއްޖެތެރޭ ރަށަކަށް ދިޔުމަށެވެ. އޭނާގެ ހިތި މާޒީގެ ސަބަބުން މިއަދު އޭނާގެ ދިރިއުޅުމަށް ވަނީ ބޮޑެތި ބަދަލުތަކެއް އައިސްފައެވެ. އޭނާއަށް ލޯބިވެވުނީ ބޭވަފާތެރިއަކު ދެކެއެވެ. ހަމައެހެންމެ އެއަންހެނާގެ ސަބަބުން އޭނާގެ ހިތުގެ ފަނާރު ކަމުގައިވާ ލޯބި ދެކުދިން ގެއްލުނީއެވެ. ފާއިތުވި ދިހަވަރަކަށް އަހަރު ތެރޭ އޭނާ ވަނީ ދިރިއުޅުމުގައި ކުރިއަށްދާން މަސައްކަތްކޮއްފައެވެ. އޭނާ ޢިދަށް ރާއްޖެތެރެއަށް ދިއުމުގެ މައިގަނޑު ބޭނުމަކީވެސް އެއީއެވެ. އޭނަޔާއެކު ދިރިއުޅޭނެ ރަނގަޅު ބައިވެރިޔަކު ހޯދުމެވެ.

**********************************************

މައިރާ ގޮވައިގެން ޒާހިދާ އެގެއިން ނުކުތް ދުވަހުއްސުރެ ޔާސިރު މައިރާ ދެކެ އަންނަނީ އަމަށަކު ރުޅިއެއްނޫނެވެ. މައިރާ އުފަލުގަ ހުރިހާ ދުވަހަކު އޭނާއަށް އުފަލެއްނެތެވެ. ޔާސިރު މައިރާ ދެކެ އެހާވެސް ރުޅި އާދެއެވެ. އެ ހިތި ހަޤީގަތް އެގުނު ދުވަހަކީ އޭނާގެ ހުރިހާ އުފަލެއް ބަޔަކު ނިގުޅައިގަތް ދުވަހެވެ. އޭނާގެ ލޯބިވާ އަނބިމީހާ ނިޔާވީއެވެ. މިއޮއް ހުރިހާ ދުވަހު އަމިއްލަ ދަރިއެއް ކަމުގައި ދެކުނީ އެހެން ބަޔެއްގެ މުޑުދާރު އަމަލެކެވެ.

” މައިރާ.. އަހަރެން ދުވަހަކުވެސް ކަލެއަށް މާފެއް ނުކުރާނަން… އަހަރެންގެ އަނބިމީހާ މަރުވީ ކަލޭގެ ބަފާގެ ސަބަބުން… ކަލޭގެ ބަފާ އަހަރެންގެ އަނބިމީހާ ގަޔަށް އެރިއިރު އޭނާ ކުރި އާދޭސްތަކަށް ދިނީ ބީރު ކަންފަތެއް… އަހަރެން ކަލޭގެ ދިރިއުޅުން ބަރުބާދު ކޮއްލާނަން….” ޔާސިރު ދިޔައީ މައިރާގެ ދިރިއުޅުން ހަލާކުކޮއްލުމުގެ ތައްޔާރީތައް ވަމުންނެވެ. އެތަކެއް ރޭވުންތަކެއް ރަވަމުންނެވެ.

***************************************************************

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Maayu

Level 2100 Login10 Stories

Other Articles

Previous

ކަޅު ހިޔަނި

Next

ނޭދެން ވަކިވާކަށް (12)

Next
February 20, 2020

ނޭދެން ވަކިވާކަށް (12)

Previews
February 20, 2020

ކަޅު ހިޔަނި

20 Comments!

  1. Kairaa says:
    February 20, 2020 at 6:48 am

    Varah reethi..waiting for the nxt part….

    1. Maayu says:
      February 20, 2020 at 1:05 pm

      Thnkiuu Kairaaa?❤❤❤❤

  2. Yanaa says:
    February 20, 2020 at 9:07 am

    Varah Varah reethi ?????????????????
    maa sha Allah ❤❤❤❤❤❤❤
    waiting for the next part ?????????????

    1. Maayu says:
      February 20, 2020 at 1:06 pm

      Thnkiuuuu Yanaa?❤❤❤❤

  3. Shahu says:
    February 20, 2020 at 9:43 am

    Masha allah vvv rythi.. when next ?
    ??????

    1. Maayu says:
      February 20, 2020 at 1:07 pm

      Thnkiuu Shahu?❤❤❤
      Next part Insha Allah Sunday ga?❤

  4. Maayu says:
    February 20, 2020 at 1:13 pm

    Salaam Readers.. Here’s the thrid part and dhiguvaane mi part.. And kuryga ves aii english words gina vegen comment thah.. But aslu Story gendhan visnaafa oiyy gothun hama english basthah beynun kuran jeheythyve Maayu ebai himanaafa huhnnaany.. Mifaharu adhi nayas ekahala comment eh ais dhaanethy Maayu kuriyah bunely mi… So hope you readers wont mind and do comment your viewss… Next part Insha Allah sundayga upkuraanan…

  5. mises says:
    February 20, 2020 at 8:23 pm

    Kobaa Izable haadha habare dhabare nuvy dho???busy v ma comment akun vx nufennany??.

    1. Izabell says:
      February 21, 2020 at 11:48 am

      Aan eii midhiya dhuvaskolhu kuda kon busy v ma comment eh nukureveny aslu. ?

  6. NooYas says:
    February 20, 2020 at 10:09 pm

    Ow my god! I’m so curious to see what’s gonna happen next. This episode is obviously marvellous. Really appreciate your hard work dear. Such a talented girl Maasha Allah. Curiously waiting for the next episode. Love you maayu❤️❤️❤️❤️❤️????

    1. Maayu says:
      February 20, 2020 at 10:52 pm

      Alhe Thnkiuu soo Much Dhonthy..?❤ It Really Means a lot..?❤❤❤❤ Nxt episode Insha Allah Sunday ga enme lasvegen up kureveythoa Maayu masahkaiyy kuraanan.. And Love you more ingeyy ??❤

    2. NooYas says:
      February 21, 2020 at 3:59 pm

      Vaahaka eiy ahaalanatha? Dhonthi aa eh umuregge kujjeiy dhw thee hama? I mean you’re a teenager dhw adhi ❤️?

    3. Maayu says:
      February 21, 2020 at 7:06 pm

      Lahba teen eh hama.. Um 17 yrs.. 18 vaane mi aharuga.. Hw old are yuh???

    4. NooYas says:
      February 22, 2020 at 11:21 am

      Ow I m only 14. Hehe. Ekm miaharu april ga 15 vaane. Hehe. Waiting for the next episode dear. ❤️?❤️?

  7. shamm❤ says:
    February 21, 2020 at 11:44 pm

    varah varah bxy koh ulhefa miadhu mi kiyaalevunee… mashaa allah varah furihama?♥♥♥ vara ufaa vehje kiyaa levuneema..☺?when next part

  8. shamm❤ says:
    February 21, 2020 at 11:48 pm

    wow maayu we are same age.. Bingooo ahaha.. im also 17 this year i will be 18 may ga?☺

    1. Maayu says:
      February 22, 2020 at 10:54 am

      Ohh Maayu ves May ga 18 vaany hehe

  9. Maayu says:
    February 22, 2020 at 10:35 am

    Thnkiuu Soo much Shamm
    Next part Insha Allah maadhan up kohla dheynan

  10. Kokki says:
    February 22, 2020 at 10:52 am

    Masha Allah.. V reethi mi part ves

    1. Maayu says:
      October 12, 2020 at 2:50 pm

      Thankyou Kokki

Comments are closed.

Next Episodeވާނަމޭ އުމުރަށް އެކީ ޖާނާ (4)←


All Right Reserved!