އޭނާ ހަމަ ފެނުމާއެކު އަހަރެން ކުރި ދިގު އިންތިޒާރު ނިމުމަކަށްއައެވެ. ހިތް އުފަލުން ނަށާލިއިރު ހިތުގެ ހިނގުންވެސް ބާރުވެގެން ދިޔައެވެ. ނުހަނު ހަލުވި ފިޔަވަޅުތަކަކާއެކު ގޮސް އޭނާގެ ކުރިމައްޗަށް ހުއްޓިލީމެވެ. ނަމަވެސް އޭގެ ދެވަނަ ސިކުންތުގައި ހިތް މާޔޫސްވެގެން ދިޔައީ އަަހަރެން ކައިރި ބަލައިވެސް ނުލައި އޭނާ އަހަރެން ފަހަނައަޅައި ދިޔުމުންނެވެ. އަނެއްކާވެސް އޭނާގެ ކުރިމައްޗަށް އެރީމެވެ. ނަމަވެސް ލިބުނީ ދިލައަކާއި ހޫނު އެކުލެވިގެންވާ ހަމަލާއެކެވެ. ކޯތާފަތުގައި އަތް އަޅާލަމުން ސުވާލުގެ ނަޒަރަކުން އޭނާއާ ދިމާލަށް ބަލައިލީމެވެ. […]
އުޝާ އިރުކޮޅަކު ދޮންބެއާއި ވާހަކަ ދައްކާލަން އިނުމަށްފަހު ބޭރަށް ނިކުމެލުމާއެކު އޭނާ އަށް ދެލޯ ބޮޑު ކޮށްލެވުނެވެ. ދެވަނަ ސިކުންތުގައި އެއްވެސް ހިފެހެއްޓުމެއް ނެތި ހެވެން ފެށުނެވެ. މިހުރާން ދޮންތަގެ ޝޯލެއް މުޅި ގައިގައި އޮޅާލައިގެން އިޝާން އާއި ދެ މީހުން ކަޕުލް ޑާންސް ކުރަނީއެވެ. އެޑް ޝީރަންގެ ‘ޕާރފެކްޓް’ ލަވަ ޓީވީއިން އަޅުވައިގެން ރިމޯޓު އަތަށް ލައިގެން ޔަނާލް ސޯފާގައި އޮވެގެން ހެނީއެވެ. އެހެން އެދެމީހުން ނަށަން ތިއްބާ ދޮންތައާއި ދޮންތަބެ އައުމުން މިހުރާން ލަދުން […]
”އިބާ، ދެން އެހާ ބޮޑަށް ނުވިސްނާ!.. އިރާދަކުރެއްވިއްޔާ މަންމަ އަށް އަދި ވިސްނޭނެ. މާބޮޑަށް ވިސްނަަންޏާ މި ބޭބީ އަށް ކަމެއް ވެދާނެ. ހެހެ” އިބާގެ ފަސްމަސް ފުރިފައިވާ ބަނޑުގައި ފިރުމާލަމުން ރަފާފް ބުނެލިއެވެ. **** ނަސްވާ އާއި ހާޝިމް ތިބެނީ ހަތަރު ދަރިންނެވެ. އެންމެ ބޮޑަށް ހުންނަނީ މިފްރާހްއެވެ. މިފްރާހް އަށް 26 އަހަރެވެ. ދެވަނަ އަށް ހުންނަނީ ނައިރާ އެވެ. ނައިރާ އަށް 23 އަހަރެވެ. ތިންވަނަ އަށް ހުންނަނީ ނާޒްލީން އެވެ. ނާޒްލީން […]
އަސްމާ އިސް އުފުލައި ބަލައިލިއިރު އޭނާގެ ކުރިމަތީގައި އެހުރީ ޒައިން ނޫން ދެވަނަ އެހެން މީހެއް ނޫނެވެ. ޒައިންއަށްވެސް އަސްމާ ގެ ސޫރަ ފެނުމުން ހުއްޓުން އަރާގޮތްވިއެވެ. އޭނާ ވަކި މިގެއަށް އައީ އަސްމާ ފެނިދާނެކަމަކަށް ނޫނެވެ. ނަމަވެސް ތަޤްދީރުގައި އެކަމެއް ވާން އޮތް ގޮތަކަށް ވާނެއެވެ. އެކަމަކަށް އަހަރުމެން އެކަކަށްވެސް ހުރަހެއް ނޭޅޭނެއެވެ. އަސްމާއަށް ޒައިންއަށް ފުރަގަސްދެވުނީ އޭނާގެ ލޮލަށް ކަރުނަތައް ބޮނޑިވާން ފެށުމުންނެވެ. ޒައިންގެ ކުރިމަތީގައި ރޯނެ ހިތްވަރެއް އަސްމާ ގެ ނެތެވެ. ކުޑަމިނުން […]
އަދޫއަށް ހީވަނީތަ އަހަރެން މިކަން ކުރާނީ ވަރަށް ސިމްޕަލްކޮށޭ.. އެހެން ހީނުކުރޭ.. ލީލާގެ ބަލާވެރިކަމުން ސަލާމަތްވާން އުޅޭތާ ކޮންދުވަހެއް…. އަދޫދެކެ އަހަރެން ލޯބިވަނީ…” އަދުރާގެ ނަމުން މުހާތަބު ކުރަމުން އެ ފިރިހެންމީހާ އަދުރާއާއި ގާތްވިއެވެ. އޭނަގެ ވާހަކަތަކުން ހީވަނީ ލީލާއާއި ދެމެދު ކޮންމެވެސް ގާތްކަމެއް އޮތް ހެންނެވެ. އަދުރާއާއި ގާތްވެލަމުން އޭނަގެ ގައިގައި އޮޅުލައިގަތެވެ. އެވަގުތު އެޒުވާނާގެ މޫނުމަތިން ނުލަފާ ހިނިތުން ވުމެއް ދުވެލިއެވެ. އެއީ މޫނުކޮޅު ދިގު ދޮން މޫނެއްގެ ވެރި ޒުވާނެކެވެ. މަސްތީ ދެލޮލަކާއި […]
“އެމީހުންގެ ބުރަކަށީގަ ދެ ލަފުހެން ހުންނަ އެއްޗެއް ނުހުރޭތަ؟…” ވިސްނަންހުރެފައި އީކަލް އަހާލީ ކައިލްއަށް ބަލާލަމުންނެވެ. “އާން!..އަހަރެން ބެލިބެލުމުގައި އެ މީހުންގެ އެއްވެސް އާދަޔާ ހިލާފު ކަމެއް ފާހަގަކުރެވިފަ ނެތް..” “ވެދާނެއްނު އެމީހުންގެ ބާރުގެ ބޭނުން ނުކުރެވޭގޮތް ހަދާފަހުރީކަމަށް…ނޫނީ އަހަރެމްނެގެ ލޯ މައްޗައް އެކަންކަން ވަންހަނާކޮއްފައިވަނީކަމަށް..” އީކަލް ކައިލްއާ ހަތަރުކަޅި ހަމަކޮއްލާފައި ބުނެލުމާއެކު ކައިލް އެކަމާ ވިސްނުންހިގާލުމަށްފަހު އެއީވެސް ވެދާނެގޮތެއްކަމުގައިބުނެ އެކަމާ އެއްބަސްވިއެވެ. ކުއްލިއަކަށް އީކަލްގެ ދެލޯ ފެހިކުލައިން ދިއްލިގެންދިޔައެވެ. “ކައިލް..ބައްޕަ އެބަ ގޮވާ..” ކައިލްއާ ނަޒަރު […]
ހޫނުވެފައިވާ ޖައްވުތެރެއަށް ފިނި ވައިކޮޅެއް އައުމާއި އެކު މީކާންއާއި އެއްވަރަށް ގަސްތަކާއި ފަތްތަށް އުދުހިގަތެވެ. ހިތުގެ އަޑީން އެ ދުވަހާއި މެދު ތައުރީފު ކޮށްލެވުނެއްކަމަކު މޫނުމަތީ ވަނީ ސީރިއަސްކަމެވެ. އެމޫނުމަތިން ނުފިލާ ސީރިއަސްކަމަކީ އޭނާގެ ސްމާރޓުކަން އިތުރުކޮށްދޭ އެހެނަސް މީހުން އޭނާ ދެކެ ޖެހިލުންވާ އެއް ކަމެވެ. އާދައިގެ މަތިން ކެބިންއަށް ދެވޭ ހަނި ރާސްތާއިން ދިމާވާ ކޮންމެ މީހަކަށް ބަލައިލުމެއްނެތި ބޯޖަހާލާފައި ދަނީ އެމީހުންގެ އަނގައިން ހެނދުނުގެ ތަހުނިޔާ އިވުމާއި އެކުގައެވެ. އެއްވެސް ތަރުތީބެއް ނެތި […]
” ވޭތުވެ ދިޔަދުވަސްތަކުގަ މަންމަ ހާދަ އެކަނިވެރިއެއްވިޔޭ… ނާއިޝްއާއި ނަންނި މަތިން ހަނދާން ނުވާ އެންމެ ދުވަހެއް ވެސް ނުދާނެ… ނާއިޝް މަރުވި ފަހުން ވަކިން ބޮޑަށް ދަރިފުޅު މަތިން ހަނދާންވޭ..” ނައިރާގެ މޫނުގައި ފިރުމާލަމުން ޝާކިރާ ބުންޏެވެ. ” އަހަރެން މެލޭގަ ހުރިއިރު ދޮންބެގެ ހަބަރު ލިބުނީ ރައްޓެހި ކުއްޖެއްގެ ފަރާތުން… މަންމަމެންނަށް ގުޅަން ވަރަށް ބޭނުންވި އެކަމަކު ނުކެރުނީ… މިކޮޅަށް އެނބުރި އަންނަން ވަރަށް ބޭނުންވި އެކަމަކު އޭރު ބަނޑަށް ދެމަސް… ޑޮކްޓަރުން ލަފާދީފަ […]
އާޔަންއާއި ދޭތެރެ ވިސްނިވަރަކަށް ނިޝީގެ ހިތުގައި އާޔަންގެ ހަޤީޤަތް ހޯދުމަށް އޮތް ޝައުޤުވެރިކަން ބޮޑުވަމުން ދިޔައެވެ. އެރޭ އުޅެއުޅެވެސް އާޔަންއަކަށް ނުނިދުނެވެ. ސިކުނޑީގައި އެނބުރެމުން ދިޔައީ ނައިރާއާއި އޭނާގެ ހަނދާންތަކެވެ. އަޔާނާގެ މައުސޫމު މޫނެވެ. ކައިރީގައި ހުރެ ނަމަވެސް މިއަދު ނައިރާއަށް ފިރިއެއްގެ ލޯބިދެވޭކަށް ނެތެވެ. އަޔާނާއަށް ބައްޕައެއްގެ ލޯބި ދެވޭކަށް ނެތެވެ. މިވަގުތު އާޔަންއަށް އިހުސާސް ކުރެވެމުން ދިޔައީ އޭނައަކީ މިވަގުތު ދުނިޔެމަތީގައި ހުރި އެންމެ ނަދުނަސީބުވެރިޔާގެ ގޮތުގައެވެ. އޭނާގެ އާއިލާގެ ކައިރީގައި ހުރިނަމަވެސް […]