Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ވީމޭ ތި ލޯތްބަށްޓަކައި-2

♡Maii♡ Level 310 Stories100 Comments100 Login
March 27, 2020 2 Mins Read
9 Comments

”އިބާ، ދެން އެހާ ބޮޑަށް ނުވިސްނާ!.. އިރާދަކުރެއްވިއްޔާ މަންމަ އަށް އަދި ވިސްނޭނެ. މާބޮޑަށް ވިސްނަަންޏާ މި ބޭބީ އަށް ކަމެއް ވެދާނެ. ހެހެ” އިބާގެ ފަސްމަސް ފުރިފައިވާ ބަނޑުގައި ފިރުމާލަމުން ރަފާފް ބުނެލިއެވެ.

****

ނަސްވާ އާއި ހާޝިމް ތިބެނީ ހަތަރު ދަރިންނެވެ. އެންމެ ބޮޑަށް ހުންނަނީ މިފްރާހްއެވެ. މިފްރާހް އަށް 26 އަހަރެވެ. ދެވަނަ އަށް ހުންނަނީ ނައިރާ އެވެ. ނައިރާ އަށް 23 އަހަރެވެ. ތިންވަނަ އަށް ހުންނަނީ ނާޒްލީން އެވެ. ނާޒްލީން އަށް 20 އަހަރެވެ. އެންމެ ކުޑައަށް ހުންނަނީ ޝިފާ އެވެ. ޝިފާ އުޅެނީ ކޮލެޖް ގައެވެ. ޝިފާ އަށް 17 އަހަރެވެ.

****

 

”އަޔާން، އާދެބަލަ!” ގެއަށް ވަދެގެން އައިި އަޔާން ފެނުމުން އަނީރާ ގޮވާލާފައި، އަނީރާ ކައިރީގައި ހުރި ސޯފާގައި، އަޔާން އިށީންނުމަށް ބުންޏެވެ.

”ދަރިފުޅަށް އިނގޭތަ ދަރިފުޅަށް ތި ކުރެވުނީ ކީއްކަން؟ މަންމަ ނުބުނަންތަ ނާޒްލީން އާ އިންނާކަށް ވެސް އަދި ނާޒްލީން އާ ވާހަކަ ދައްކާކަށް ވެސް މަންމަ ގަބޫލެއް ނޫނޭ؟؟” ހަރުކަށި ރާގަކަށް އަނީރާ އަޔާން އާ ދިމާލަށް ބުންޏެވެ. ނަަމަވެސް އަޔާން އެއްވެސް އެއްޗެއް ނުބުނެ ދެފަރާތަށް ބޯ ހޫރުވާލީ، މަންމަ އެހެން ބުނިކަން އިނގޭތީއެވެ.

”ދެން ކީއްވެ؟ ދެންވެސް މަންމަ ބުނާ އަޑު އަހަންޏާ އޭނަޔާ ގުޅުން ކަނޑާލާފައި، މަލްހާ އާ ކައިވެނި ކުރޭ” ނުރުހިފައި އަނީރާ ބުނެލިއެވެ.

އެއްވެސް އެއްޗެކޭ ނުބުނެ އަޔާން އިނީ މަންމަ އާ ޒުވާބު ކުރަން ބޭނުން ނުވާތީއެވެ. އެއްޗެއް ނުބުނެ އިނަސް ނާޒްލީން ދެކެ ރުޅިއައިސް މަންމަ އެހެން ވާހަކަ ދައްކާއިރު އަޑުއަހަން ހިތަށް ކެތްވަނީ ވެސް ކިރިޔާއެވެ. ބައެއް ފަހަރު ހިތް ފަޅައިގެން ދާވަރު ވެޔެވެ. މަންމަ ބޭނުންވަނީ ނާޒްލީން އާއި އަޔާން ދުރުކޮށްފައި މަލްހާ އާ އަޔާން ގުޅުވާށެވެ. އެހެން ވާނީ ކިހިނެއްހެއްޔެވެ؟ މަލްހާ އަކީ އަޔާން އަށް ކުޑަކޮށްވެސް ކަމުދާ ކުއްޖެއް ނޫނެވެ. އަދި މަލްހާގެ އުޅުންވެސް އަޔާން ވަރަށް ރަނގަޅަށް ދަނެއެވެ.

****

 

ހަވީރުގެ ސަޔަށް އެންމެން އިންސާފް ކުރަމުން ދިޔައިރު، އެންމެންގެ މެދުގައިވެސް ދެކެވެމުން ދަނީ ނާޒްލީންގެ ކައިވެނީގެ ވާހަކައެވެ. ނަޝްވާ އާއި ހާޝިމް، އަދި މިފްރާހް އާއި އޭނަގެ އަންހެނުން އިނާޝާ، މީގެ އިތުރުން ނައިރާ އާއި ނައިރާގެ ފިރިމީހަ ޝިހާމް، ނައިރާ އާއި ޝިހާމްގެ ހުރި ހަމަ އެކަނި ދަރިފުޅު ނީޝާ އާއި ނާޒްލީން އާއި ޝިފާ ތިއްބެވެ.

ހުރިހާ ވާހަކަ އެއް ދައްކާ ނިމުންއިރު ޝިފާގެ މޫނުމަތިން ފެންނަނީ އެހެންމީހުންގެ މޫނާ ތަފާތު އަސަރެކެވެ. ނަމަވެސް އެއްވެސް މީހަކަށް އެކަން ފާހަގަ އެއް ނުކުރެވުނެވެ. ޝިފާގެ މޫނުމަތިން ފެންނަނީ ހިތާމައިގެ އަސަރެކެވެ. އެކަމަކު އެކަން ނުދައްކާވޭތޯ ބަލަން ޝިފާ ހިނިތުންވާން މަސައްކަތް ކުރިއެވެ.

”ޝިފާ، ކިހިނެއްވެފަ؟ ހާދަ ދެރަވެފަ އިންހެން ހީވެޔޭ.” ނަޝްވާ އަށް ހީވެގެން ބުނެލިއެވެ.

”ނޫނޭ މަންމާ. ކުޑަކޮށް ބޮލުގަ ރިއްސާތީ މިއުޅެނީ” ޝިފާ ނިތްކުރީގައި އަތް ޖައްސާލިއެވެ.

”އެހެންވީމަ ޝިފާ ދާންވީނުން ބޭސް ކައިގެން އޮއްތާލަން” ނައިރާ ބުނެލިއެވެ. ޝިފާ ބޯ ޖަހާލާފައި ގޮސް މައްޗަށް އެރިއެވެ.

ކޮޓަރިއަށް ވަދެ ފުރަތަމަވެސް ޝިފާ އެނދުމައްޗަށް ވެއްޓިގައެވެ. އަދި އަނގައިގަ އަތްއަޅާ ރޯންފެށިއެވެ.

”އަޔާން… ވައި؟”

 

-ނުނިމޭ-

Share Article

Follow Me Written By

♡Maii♡

Level 310 Stories100 Comments100 Login

??

Other Articles

Previous

ވާށޭ މަށާ އެކީ-1

Next

އަނދިރިކަން _އެއްވަނަ ބައި_

Next
March 27, 2020

އަނދިރިކަން _އެއްވަނަ ބައި_

Previews
March 27, 2020

ވާށޭ މަށާ އެކީ-1

9 Comments!

  1. Kairaa says:
    March 27, 2020 at 10:20 am

    Varah reethi mi part vx….whn nxt…nxt part thankolheh dhigu kohlahchey ingey maii…..waiting

    1. ♡Maiii♡ says:
      May 12, 2020 at 4:58 am

      Thank you sooo much kairaa

  2. magnumm says:
    March 27, 2020 at 2:16 pm

    woah..varah varah rythi mi part vx???nextu part kiyaalaathithun kehmadhud???whn next loabsss??waiting ngeyyy…such much luvx??

    1. ♡Maiii♡ says:
      May 12, 2020 at 4:58 am

      Thank you sooo much magnumm….

  3. Esherr says:
    March 28, 2020 at 12:42 am

    Maii gandaaa…..vvvvvvv reethi storyy…???????…i’m speechless..keep it up t.girl????..lysm❤❤

    1. ♡Maiii♡ says:
      May 12, 2020 at 4:57 am

      Esh gandey. thanksss…. love too c.girl

  4. Lysh says:
    April 3, 2020 at 11:59 pm

    wow..habeys..avas next part up kohladheeba maikko

    1. ♡Maiii♡ says:
      May 12, 2020 at 4:56 am

      Awwwn.. thanks. Ekam next part nunere dhen vhk genesdheynee aa gothakah.

  5. Lovely girl says:
    May 13, 2020 at 2:06 pm

    Varah varah reethi❤❤❤❤kon irakun next part❤❤❤❤seriously waiting for next part❤❤❤❤

Comments are closed.


All Right Reserved!