
“އެމީހުންގެ ބުރަކަށީގަ ދެ ލަފުހެން ހުންނަ އެއްޗެއް ނުހުރޭތަ؟…” ވިސްނަންހުރެފައި އީކަލް އަހާލީ ކައިލްއަށް ބަލާލަމުންނެވެ.
“އާން!..އަހަރެން ބެލިބެލުމުގައި އެ މީހުންގެ އެއްވެސް އާދަޔާ ހިލާފު ކަމެއް ފާހަގަކުރެވިފަ ނެތް..”
“ވެދާނެއްނު އެމީހުންގެ ބާރުގެ ބޭނުން ނުކުރެވޭގޮތް ހަދާފަހުރީކަމަށް…ނޫނީ އަހަރެމްނެގެ ލޯ މައްޗައް އެކަންކަން ވަންހަނާކޮއްފައިވަނީކަމަށް..” އީކަލް ކައިލްއާ ހަތަރުކަޅި ހަމަކޮއްލާފައި ބުނެލުމާއެކު ކައިލް އެކަމާ ވިސްނުންހިގާލުމަށްފަހު އެއީވެސް ވެދާނެގޮތެއްކަމުގައިބުނެ އެކަމާ އެއްބަސްވިއެވެ. ކުއްލިއަކަށް އީކަލްގެ ދެލޯ ފެހިކުލައިން ދިއްލިގެންދިޔައެވެ.
“ކައިލް..ބައްޕަ އެބަ ގޮވާ..” ކައިލްއާ ނަޒަރު ސީދާކޮއްލަމުން އީކަލް ބުނެލިއެވެ.
ކުއްލިއަކަށް ލައިޓުނިވި މުޅި ކޮޓަރިއަށް މަރުފަދަ ހިމޭންކަމެއް ވެރިވިއިރު އެތަނުގައި މީހެއްގެ ކީއްކުރަން ދިރޭއެއްޗެއްގެ ހިލަމެއްވެސް ނެތެވެ.
*****
“މަންމާ..އަޅުގަނޑު އެހީއެއް ވެދެންތޯ؟..” ގޭތެރެއިން ނުކުމެވެން ހުއްނަ ބެލްކަނީގައި މާގަސްތަކަށް ފެންދޭންހުރި ޒީހާ ކައިރީގައި މިޝެލިން އަހާލިއިރު އެ މޫނުމަތީގައި ރީތި ހިނިތުންވުމެއްވިއެވެ. މިޝެލިން ހޯދަމުންއައި ޔުނާންއަށް އެ އަޑު ވަރަށް ސާފުކޮށްއިވުނެވެ. ރުޅިއައިސްފައިހުރިވަރު ހާމަވެގެންދިޔައީ އެދެލޮލުން ފެނުނު ރުޅިވެރިކަމާއި ކަތުރުކަށިގަނޑަށް ވާންވެގެންދިޔައިރު އަތް މުއްކަވާލައިގެންހުރި ގޮތުންނެވެ. ދިޔަގޮތަށްގޮސް މިޝެލިންގެ އަތުގައި ހިފައިގެން ޔުނާން ކޮޓަރިއަށްދާން ހިނގައިގަތީ ޒީހާއަށް ބަލާލުމެއްވެސްނެތިއެވެ. ކޮޓަރިއަށް ވަދެވެންދެންވެސް ޔުނާން ހުރީ މިޝެލިން އޭނާގެ އަތުން ދޫކޮށްލަން އެދެމުންދިޔައިރުވެސް އެ އަތުގައި ހިފަހައްޓައިލައިގެންނެވެ. ނަމަވެސް ޔުނާން ރުޅިގަދަވެފައިހުރިވަރުން މި ހުރެވުނީ މިޝެލިންއަތުގައި ނުހަނު ބާރަށް ހިފަހައްޓައިގެންކަމެއް ނޭނގުނެވެ.
ކޮޓަރިއަށް ވަދެވުމާއެކު ބަންލާފައި ދޮރުޖަހާލިއިރު ޔުނާން މިޝެލިންގެ އަތުން ދޫކޮށްލައިފިއެވެ. އަދި މިޝެލިންއާ ގާތައް ފިޔަވަޅު އަޅަމުން ދިޔުމުން މިޝެލިންވެސް ދިޔައީ ފިޔަވަޅަކަށް ފަހު ފިޔަވަޅެއް ފަހަތަށް އަޅަމުންނެވެ. ފާރުގައި ގޮސް ބުރަކަށި ޖެހުމާއެކު މިޝެލިން ޔުނާންއަށް ބަލާލީ ދެލޯ ބޮޑުކޮއްލާފައެވެ. އޭރުވެސް ޔުނާން ހުރީ އެ ކަޅުކަންގަދަ ދެ ބުމަ ގޮއްޖަހާލައިގެން އެ ދަމާބާރުގެ އަސަރުއެކުލެވޭ ދެލޯ ހަނިކޮއްލައިގެން މިޝެލިންއާ ދިމާލަށް ބަލާންށެވެ. މިޝެލިންގެ ބޮލާދިމާލުން ތަންކޮޅެއްތިރީގައި ދެއަތް ވިއްދާލަމުން ޔުނާން މިޝެލިންއާ އެއްހަމައަކަށް ގުދުވެލަމުން މިޝެލިންގެ އަޅިކުލައިގެ ދެލޮލާ ހަތަރުކަޅި ހަމަކޮއްލިއެވެ.
” އޭނައާ ދިމާލަށް މަންމަ އޭ ނުކިޔާތި ދެން…” ރުޅިވެރިކަމާއެކު މިޝެލިންގެ ދެލޮލަށް ބަލަހައްޓައިގެންހުރި ޔުނާން ބުންޏެވެ. މިޝެލިން ހައިރާންވިއެވެ. އެ ހައިރާންކަމުތެރޭގައި ހުރެ ހިތުގައި އޮތް ސުވާލު ދުލާއިހަމަޔަށް ގެނެވުނުއިރުވެސް މިޝެލިންއަށް ނޭނގުނުފަދައެވެ.
“އެ ކީއްވެ؟…” މިޝެލިން އަހާލިއިރު ސުވާލުގައިވި ސިހުމާއި އެ މޫނުމަތިން ޔުނާންއަށް ފެނުނީ ވާނުވާ ނޭނގިފައިވާ ފަދަ ކުލަވަރެކެވެ. ޔުނާންގެ ހިތްބުނީ މިޝެލިން ކައިރީގައި އެ ވާހަކަތައް ކިޔާދިނުމަށެވެ. އެއީ އޭނާގެ އަލަތު އަނބިމީހާއެވެ. އިތުބާރުވެސް ކުރެވެއެވެ. އެހެން ނޫނަސް މިހާރު އޭނާގެ ހިތުގައި މިޝެލިންއާ ދޭތެރޭގައި ތަފާތު އިހުސާސްއެއް އުފެދެމުންދެއެވެ. އާވިންދެއް ޖަހަން ފެށިއެވެ. އެހެން އަންހެންކުދިންނަށް ނުދޭ ސަމާލުކަމެއް މިޝެލިންއަށް ދެވެންފެށިއެވެ. ޔުނާންއަށް މި އިހުސާސްތަކަށް ދޭންވީ ކޮން ނަމެއްކަމެއް އަދި ނޭނގެއެވެ. މިއީ ލޯބިކަމެއް އެހެން އެއްޗެއް ކަމެއް އޭނައަކަށް ނޭނގެއެވެ.
“އެއީ..އެއީ އަހަރެންގެ މަންމައެއް ނޫން..” އިސްތިރިކޮށްލާފައި ޔުނާން ބުނެލިއިރު އެއަޑުގައިވީ ވޭންކަމެއް ރުޅިވެރިކަމެއްގެ އަސަރުކަމެއް ދެނެގަންނާކަށް މިޝެލިންއަކަށް ނޭނގުނެވެ. މިޝެލިންއަށް އިހުސާސްކުރެވުނީ އެ އަޑުގައިވި ހުސްކަމެވެ. މިޝެލިންގެ ދެފަރާތުން ފާރުގައި ވިއްދާލާފައި އިން ދެއަތަށް ކުޑަ ދޫކަމެއް ގެނަންނަމުން ޔުނާން ގޮސް އެނދުގައި އިށީތީ ދުރަށްބަލަހައްޓައިގެން އިނދެއެވެ. މިޝެލިންއަށް ޔުނާންއާ އޭނާއާ މެދުގައިވި ހިމޭންކަމުން އުނދަގޫކުރަމުންދިޔައެވެ. އެ ހަމަހިމޭންކަން ކަމަކުނުދިޔައެވެ. ނަމަވެސް އެ ހަމަހިމޭންކަން ފޫއަޅުވާލައި ބުނާނެއެއްޗެއް މިޝެލިންގެ ސިކުނޑިއަކަށް ނައެވެ. ކުރާނެކަމެއް ނޭނގިފައި އެތާ ހުރެވުނީއެވެ. އެހެނަސް ޔުނާން އެ ހަމަހިމޭންކަމަށް ނިމުމަކަށް ގެނައެވެ.
“އަހަރެންގެ އުމުރުން ދިހަ އަހަރުގަ ޑޭޑް ޒީހާއާ އިނދެގެން އައީ..އަހަރެންގެ މަންމަވީ ތަނެއްވެސް ނޭނގޭ..ޑޭޑް ކައިރީ މަންމަގެ ވާހަކަދެއްކިޔަސް ޑޭޑް ހުންނަނީ ރުޅިދުރުވެފަ…އެ ވިޗްއާ ހެދެ ޑޭޑް މަންމަ ދޫކޮއްލީ..އައި ހޭޓް ހާރ…” ވާހަކަދައްކަން ފެށިއިރު އެއަޑުގައިވި ހުސްކަން ފަހު ތަންކޮޅު ބުނިއިރު ރުޅިވެރިކަމުގެ އަސަރަށް ބަދަލުވެގެންދިޔައެވެ. ދެއަތް މުއްކަވާލައިގެން ހުރިއިރު ކަތުރުކަށިގަނޑަށް ވާންވެގެންދިޔައިރު އެދެލޮލުން އަލިފާންކަނި ބުރާލިކަހަލައެވެ. މިޝެލިންއަށް ބުނާނެއެއްޗެއް ނޭނގުނެވެ. ހަމައެކަނި ގޮސް ޔުނާން ކައިރީގައި އިށީންނަމުން އެ އަތުގައި ހިފަހައްޓާލެވުނީއެވެ. ޔުނާން މިޝެލިންއަށް ބަލާލާފައި އެހެން ދިމާލަކަށް ނަޒަރުބަދަލުކޮއްލިއެވެ. ކުއްލިއަކަށް ޔުނާން މިޝެލިންގެ އަތުގައި ހިފަހައްޓާލިއެވެ.
”ޑޭމްއިޓް..އައިމް ސޯ ސޮރީ މިޝެލިން..އަހަންނަކަށް ނޭނގުނު މިހާ ބާރަށްކަމަށް ހިފެހެއްޓުނީ..ވަރަށް ތަދުވޭތަ؟..” މިޝެލިންގެ އަތުގައި އިން ފަސްއިނގިލީގެ ނިޝާން ފެނުމާއެކު ޔުނާންއަށް ބުނެލެވުނީ މިޝެލިންގެ އަތުގައި ހިފަހައްޓާލަމުންނެވެ.
“އިޓްސް އޯކޭ..އެހާ ތަދެއްނުވޭ…” ޔުނާން މިޝެލިންގެ އަތުގައި ހިފެހެއްޓުމުން މިޝެލިން ލަދުގަތްވަރުން ކޯތާފަތަށް ޖަންބުކުލަވެރިވިއެވެ. ޔުނާންއަށް މިކަން ފާހަގަކުރެވުމާއެކު މުޅި ކޮޓަރިތެރޭގައި ފެތުރިގެންދިޔައީ ޔުނާންގެ ފިރިހެންވަންތަ ހުނުމުގެ އަޑެވެ. މިޝެލިންގައިން ހީބިހިނަގައިގެންދިޔައެވެ. އެ ހުނުމުގެ އަޑު މިޝެލިންގެ ކަންފަތަށް މާމުއިފަދައިން ވިރުވައި އަޅަމުންދާފަދައެވެ. މިޔުޒިކަށް ވުރެ އެ ހުނުން މިޝެލިންއަށް އަޑުއަހާލަން ކަމުދިޔައެވެ. ހިނދުކޮޅެއްފަހުން މިޝެލިންއަށް އެއްޗެކޭ ބުނެލާނެ ހިތްވަރުލިބިގެންދިޔައެވެ.
“ކީއްވެތޯ ތި ހެނީ؟..” ޔުނާންގެ ހުނުން ހުއްޓުމުން މިޝެލިން ސުވާލުކޮއްލީ ލަދުގެންފަހުރެއެވެ.
“އެހެ..ރިމެމްބަރ..އަހަރެމެން އެންމެ ފުރަތަމަ މީޓްވި ދުވަސް….އޭރު ހާދަ ކެރެއޭ..އައިމީން އެއްވެސް މީހެއް ދުވަހަކުވެސް އަހަންނަށް އަމުރެއް ނުކުރޭ..ބަޓް ޔޫ ޑިޑް..އެވެސް އަދި ގާލްއެއް..އެންޑް..މިހާރު މިޝެލިން ހީވަނީ ލަދުގަހެއްހެން..އަހަރެން އެއްޗެކޭ ބުނެލާއިރަށް މޫނު ހުންނަނީ ރަތްވެފަ..އައި ލައިކް ދެޓް ޗެލެންޖިންގ ގާލް އައި މެޓް ފަސްޓް..” އެދިވެސް ހެމުންކަހަލަގޮތަކަށް ޔުނާން ބުނެލީ މިޝެލިން އިތުރަށް ލަދުގަންނަވާލަން ބޭނުންވުމުންނެވެ. އެ ހުނުން އިތުރަށް ފުންވެގެންދިޔައީ މިޝެލިންގެ މޫނު ބީޓްރޫޓްކޮޅެއްހާ ރަތްވެގެންދިޔަތަންފެނުންނެވެ.
“އައި ހޭޓް ޔޫ…” މިޝެލިން ބުނެލީ ވައިއަޑުންނެވެ. ނަމަވެސް ޔުނާންއަށް އެއަޑު ވަރަށް ރީތިކޮށް އިވުނެވެ.
“ޔޫ ލަވް މީ..” މިޝެލިންގެ މޫނާ ނުރައްކާތެރިދަރަޖައަކަށް ކައިރިވެލަމުން ޔުނާން ބުނެލިއިރު އެ ދެލޮލުގައިވި ލާނެތްވިދުވަރެކެވެ. އެ އަޑުގައިވި ޔަގީންގަކަމަކުން މިޝެލިންއަށް އޭނާގެ އިހުސާސްތައް ޔުނާންއަށް އެނގެއްޖެކަން އެނގުމުން އެ ހިތް ތެޅިލައިގެންދިޔައެވެ. މިޝެލިންގެ ސިކުނޑި އެވަގުތު ބުނަމުންދިޔައެވެ. ހިތްވަރުކޮއްފައި ތި ހިތުގައިވާ އިހުސާސްތައް ބުނާށޭވެ. ލަދަކާހުރެ ތަދެއް ނުފިލާނެއޭ އެވަގުތު އޭނާގެ ހިތަށް އެރިއެވެ. އަދި ވަރަށް ހިތްވަރުކޮށްފައި ނޭވާހިފަހަށްޓާލަމުން ބުންޏެވެ.
“އައި ލަވް ޔޫ.. ” މިޝެލިން އެހެން ބުނެލުމާއެކު ޔުނާންގެ ހުނުން ހުއްޓުނުއިރު އެ މޫނުމަތިން ފެނިގެންދިޔައީ ގަބޫލުކުރަންދަތި އަސަރެކެވެ. ނަމަވެސް އޭނަގެ ހިތުގައިވެސް މި ނާޒުކު އަންހެންކުއްޖާއަށް ވަނީ މި އިޙުސާސްތައް ކަން އޭނާއަށް ދެނެގަނެވުނީ މިޝެލިން އެ ތިންބަސް ބޭރުކޮއްލިއިރު އޭނާގެ ހިތްތެޅިގެންތިޔަގޮތުންނެވެ. ކުރެވުނު އިހުސާސަކުންނެވެ. ލިބުނު ހަމަޖެހުމަކުންނެވެ. އެވަގުތު ޔުނާންގެ ތުންފަތަށް މައުނަވީ ހިނިތުންވުމެއްވެރިވެގެންދިޔައެވެ.
“ޔޫ އާ ޑިފަރެންޓް..ބަޓް ޔޫ ނޯ ވަޓް..” މިޝެލިންގެ ކަންފަތާ ދިމާލަށް ގުދުވެލަމުން ޔުނާން ބުންޏެވެ. މިޝެލިންއަށް ނޭވާ ހިފަހައްޓާލެވުނީ ޔުނާން އޭނައާ އެހާ ކައިރީގައިހުރުމުންނެވެ.
“އައި ލަވް ޔޫ ޓޫ……” އެ ތިންބަސް ޔުނާންގެ ދުލުން ބޭރުވިއިރު މިޝެލިންގެ ގައިން ހީބިހިނަގައިގެންދިޔައީ ޔުނާން ބުނެލިއިރު އެ އަޑުގައިވި އަސަރަކުންނެވެ. ދެމީހުންގެ އަތް ލާމެހިގެން ދިޔައިރު ޔުނާން މިޝެލިންގެ އަޅިކުލައިގެ ދެލޮލަށް ނަޒަރުހުއްޓާލަމުން ހިނިތުންވެލުމާއެކު މިޝެލިންއަށްވެސް އެ ކަޅުކުލައިގެ ސިހުރެއްފަދަ ދަމާބާރުއެކުލެވޭ ދެލޮލުގެ އެންމެ އަޑިއަށް ފީނައިގަންނަމުން ހިނިތުންވެލިއެވެ. އެރެއިން ފެށިގެން ދެމީހުންގެ ހަޔާތުގެ އާ ބާބެއް ފެށިގެންދިޔައެވެ.
*****
“ސާހިބް..އީކަ………” ރިއުބާލްގެ ކޮޓަރިކޮޅުގައި ޓަކިޖަހައި ވަނުމުގެ ހުއްދަލިބުމާއެކު އިޙުތިރާމު އަދާކުރުމުގެ ގޮތުން ކުރުނީސްކުރުމަށްފަހު އޭނާގެ ޙާއްސަ ޙާދިމެއްކަމަށްވާ އިޔާސް ބުނަން އުޅުނުނަމަވެސް އެކަން މެދުކަނޑާލަމުން ރިއުބާލް އެމީހުން އެތެރެއަށް ވެއްދުމަށް އެނގިއެވެ. ހަމަ އެވަގުތު ރިއުބާލްއަށް ކުރުނީސްކުރުމާއެކު އިޔާސް ޢައިބުވެއްޖެއެވެ.
ހަމުގެ ކުލަ އަލިއިރު އިންސާނުންގެ ސިފައަށްވުރެ ރިއުބާލްގެ ސިފަ ހުތުރެވެ. ދެފަރާތަށް ދެމިފައިވާ ދެލޮލުގެ ކަޅި މަޑު ނޫކުލައަކަށް ހުރިއިރު ދެކަންފަތް މައްޗަށްދެމި ކަފިވެފައިވާއިރު އަޅިކުލައިގެ އިސްތަށިގަނޑުވަނީ ކޮނޑާހަމައަށް ދިގުކޮށްލެވިފައެވެ. މުންޑެއްކަހަލަ ހުދުކުލައިގެ އެއްޗެއް ތިރިން އޮޅާލެވިފައިވާއިރު ފައިފޮރުވިފައިވެއެވެ. އަތުގެ މެދަށްވުރެ ތަންކޮޅެއްމަތީގައި ރަނުން ހަދާފައިވާ އުޅާ އެއްކަހަލަ އެއްޗެއް އަޅާފައިވާއިރު ފަހަތަށް ދެއަށް މަހާލައިގެން ދެފަރާތަށް ހިނގާލަ ހިނގާލަ ހުރި އޭނާ ކަމަކަށް އިންތިޒާރުކުރާކަހަލައެވެ.
ކަމެއްގެ ހިލަންވިފަދައިން ރިއުބާލް ފަހަތަށް އެނބުރިލައި އޭނާގެ ނަޒަރުހުއްޓާލި ދިމާލުން ގަދަ އަލިކަމެއްގެތެރެއިން އީކަލްއާއި ކައިލް ފައުޅުވީއެވަގުތުއެވެ.
– ނުނިމޭ –
33 Comments!
Comments are closed.
Vvvv reethi mi part vx… Whn is next part… Curiously waiting for next part …… Mal thankolheh avahah next part up kohdhehchey ngey….. N Me first tha??????
thankx Lazy_Queen..Insha allah varah avahah…yeh..I’ll try:)..Eheh.yup..ur first.congrats:)
tc
salam readers.
Hope u all will like this part too. and varah maaf nge ehaa lahun up kolla dhevunima. kuda kameh jehigen lasvi. Insha allah next part liyevunu emme avahakah. Feel free to comment ur viwes.
love you all, stay safe:)
Woww…varah varah reethi….curiously waiting for the nxt part..and whn nxt…..lysm mal
thankx kai. Insha allah varah avahah. tc:)
Wow vvvv salhi mi part ves keep it up.
thanks nish:) tc
enmme fahun dhemyhun ves confess kury dhww …………v v reethi mi part ves ….. love your stories mal
Heh. Yup:D thank u soo much faiher. take care
Kashfu vumakee kameh faalhuvun dear…ethankolhu rangalhu kohlaathi ingey?kashfu ge badhaluga sirru vefaifaa nuvatha ekahala ehen baheh beynun kohlevidhaane….bytheway nice story
Kashfu vumakee {Haaama} vun dear..?
Varah varah reethi ❤❤❤❤❤❤
❤❤❤❤❤❤❤❤❤❤❤❤❤
maa sha Allah????????
waiting waiting for the next part❤❤❤❤❤❤❤❤❤❤❤❤
???love you mal????
Eheh. thankx nge..Ethankolhu rangalhu kollaifin. varah ufaavehjje ekahala kuhtah rangalhu kollumah bune ekahala than than faahaga kolladhytheeve. Shukuran:)
stay safe
Malllluuuuuuuuuuuuuuuu….alhe miss uuuu…malangandu ge habareh nuvegen varah birun hury vx….Finally u uploaded the stryyy….ekam bunan…maafeh nulibeyne ngey habareh magnumm birugahnavaalyma eh…LOL?????n da stry is really habbux…also hangouts update kohlaigen balaanan habareh veveythw…assu mi playstore gandaa hedhi vaahaa kanthakey..eyaa hedhi mi lasvany????…btw ma varah dramatic dww heheh…dhn much lavss ngeyy❤❤❤
hellow brother.. bro ge ves habareh nuvamu..Ehen ve mal vx birudhahkkaali eyy.LOL. heh. maaf nudhinan heyo. Hangout in habareh vaairah karu ufuraalaanan nge..ready ga hunnaathi..JK:) thankx nge. Eheh..Nope. dramatic eh noon mal akah. bro netheema varah vai. avahah ol vaathi.. 300 ah vure ginavaane kanne msg thah..haha..Will be waiting ol van dhen..be safe
also some of ya dialogues made meh to laugh???harukashi kujjeh sahaadheh miyaa???
Ahaha..Harukashi vx vaan jehunima vaanu dhw..avahah ol veba.. mal hunnaanan bro ge karu ufuraalan thaiyyaarah nge:D jk
brother yoa…hate uuu…dhen ekm I biru nugannuvahche koky…varah avahah ol veveythw balaanamey…happy tha…nowhere smile dhenn?
now**
Ahaha..Hate u more. owky. dhn bro buneema dhekolheh nuhedhyne dhw. yesh very happy. but i can’t smile.. nge..Ahaha
Hmmm…dhen hure ehenviyyaa?k sooooooo tonight ga habareh vaanan insha allah??till then take care
omg..see kon mirey habareh vaahchy..Insha allah..U too eyyrah vandhen take care..Ekam eyyge fahun mal bro ge karu ufuraalaanan..
habareh vaanamey mibuny mi ihnney moyagandaa…playstore rangalhu vegennu kameh vaany vx…eyrunnu hangot in ol veveyny?
Ahaha.. Enge eyy brother.. WIll be waiting. thiya playstore akah vehhje gotheh hadan dhw. Heh. gtg. 9 kan haairu ol vevytho try kuraanan mal. take care
Mie anga thalhan hadhaafa oh taneh tha? Aslu vaahaka ah comment kuraany vaahakaya behei gothun! Mee dhen konkameh
hehe.. dhn nuvaane nge ehen Insha Allah..varah dhuvax fahun habareh vevuneema v gotheh eii..sorry nge.
Keeehkuraaneee kudakudhin veema nuvisnenee
Varah reethi ❤️. Curious for the next part. .
thankx lamee
Varah reethi vaahaka waiting for next part conirakuntha next part upkuraani vvvvv reethi love you ???
Thankx shina..Insha Allah varah avahah…liyamun mi genadhenee mihaaru vx..ly 2❤
v v v v v reethi….alhe curiously waiting for next part…….enme fahun confess kohli dhw….v loabi e dhemyhunge talkings thah…..nd luv ur stories….
Thqnkx Aashy..Heh..yes..Hehe..thank u soo much?