Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ކައިރީގައި އެހެނަސް.. ދުރުގައި… 6

Axoo Level 310 Stories100 Comments100 Login
March 23, 2020 5 Mins Read
31 Comments

” ވޭތުވެ ދިޔަދުވަސްތަކުގަ މަންމަ ހާދަ އެކަނިވެރިއެއްވިޔޭ… ނާއިޝްއާއި ނަންނި މަތިން ހަނދާން ނުވާ އެންމެ ދުވަހެއް ވެސް ނުދާނެ… ނާއިޝް މަރުވި ފަހުން ވަކިން ބޮޑަށް ދަރިފުޅު މަތިން ހަނދާންވޭ..” ނައިރާގެ މޫނުގައި ފިރުމާލަމުން ޝާކިރާ ބުންޏެވެ.

” އަހަރެން މެލޭގަ ހުރިއިރު ދޮންބެގެ ހަބަރު ލިބުނީ ރައްޓެހި ކުއްޖެއްގެ ފަރާތުން… މަންމަމެންނަށް ގުޅަން ވަރަށް ބޭނުންވި އެކަމަކު ނުކެރުނީ… މިކޮޅަށް އެނބުރި އަންނަން ވަރަށް ބޭނުންވި އެކަމަކު އޭރު ބަނޑަށް ދެމަސް… ޑޮކްޓަރުން ލަފާދީފަ އޮތީ ދަތުރުނުކުރަން… ފިރިމީހާވެސް އެދުވަސްކޮޅު ހުރީ ރަށުން ބޭރުގަ.. އޭނަ ފޯނަށް ގުޅަން އުޅެ އުޅެ ނުއެއް ގުޅޭ… ” ހަޔާތަށް އައި އެންމެ ހިތްދަތި ދުވަސްތައް މަތިން ހަނދާން އާ ކުރަމުން ނައިރާ ބުނެލިއެވެ.

” އެއީ ވަރަށް ވިއްސާރަ ރެއެއް.. ނާއިޝް އެރޭ ގެއިން ނިކުތީ އޮފީހުގަ މުހިންމު އެއްޗެއް ބާއްވާފަ އާދެވުނީމަ އޭތި ބަލާ… ވަރަށް އަވަހަށް އަންނާނަން ކަމަށް ބުނެފަ.. ބޯކޮށް ވާރޭ ވެހޭތީ ސައިކަލުގަ ނުދާންވެގެން ދިޔައީވެސް ކާރުގަ… މަންމަ ބުނިން އަވަހަށް އަންނައްޗޭ ބުނީމަ ބުނި މަންމަ ހާސްނުވާށޭ ވަރަށް އަވަހަށް އަންނާނަމޭ… އެއީ އެސޮރުގެ ފަރާތުން މަންމައަށް އިވުނު އެންމެ ފަހު ބަސް… ” ޝާކިރާއަށް އިތުރަށް ވާހަކަ ދައްކަން އުނދަގޫވެ ރޮވެން ފެށުނެވެ. ނައިރާ ޝާކިރާގެ ގާތަށް ޖެހިލާ ޝާކިރާ ގައިގާ ބައްދާލިއެވެ.

” އިރުގަނޑެއް ފަހުން ފުލުހުން ގުޅާފަ ބުނީ އެކްސިޑެންޓް ވެގެން އުޅޭ ވާހަކަ… ހޮސްޕިޓަލަށް ގެންދިޔައިރުވެސް އެސޮރުގެ ފުރާނައެއް ނެތް..” ޝާކިރާ އިތުރަށް ކިޔައިދިނެވެ. އެހިސާބަށް ދިޔައިރު ނައިރާއަށްވެސް ރޮވިއްޖެއެވެ.

” ދެން ނުރޮއެ މަންމާ.. ދޮންބެގެ ފާފަތައް ފުއްސަވާ ފުރާނައަށް ރަހުމަތް ލައްވާތޯ ދުއާ ކުރޭ.. ” ރޮވިފައި އިނދެ ނައިރާ ބުންޏެވެ.

މެންދުރުގެ ކެއުމަށް އެންމެން އިންސާފު ކުރަމުން ދިޔަ ވަގުތެވެ. ތަންކޮޅެއް ދުރުގައި އާޔަން ހުއްޓިގެން ހުރީ އެތަނުން މީހަކު އެއްޗަކަށް ބޭނުންވެދާނެތީއެވެ.

” މިތަށީގަ ރިހައެއްވެސް ނެތެއްނު… އާޔަންއަށް އެނގެން ޖެހޭނެ ދޯ އެއްޗެއް ހުސްވިއްޔާ އަވަހަށް އޭއްޗެއް މޭޒުމައްޗަށް އަރުވަން… ކޮންމެ ކޮންމެ ފަހަރަކު ހަމަ ބުނަންތަ ޖެހެނީ.. މިނޫންވަރެއް ނުވޭ ދުވަހަކު…” ޝަކިރާ ހަޅޭއްލަވައިގެތެވެ. އާޔަން އަވަސްއަވަހަށް ކައިރިއަށް ޖެހިލާ ތަށި ހިފައިގެން ބަދިގެއަށް ވަނެވެ. ނައިރާ އިނީ ބުނާނެ އެއްޗެއް ނޭނގިފައެވެ. ހިތަށް އުނދަގޫވަމުން ދިޔަނަމަވެސް ކެތްކޮށްލެވޭތޯ ބެލިއެވެ.

” އެހާ ކަންފަސޭހަ މީހުންނަށް ވިއްޔަ މަންމަ ވަޒީފާ ދިފަ ތިހުންނަނީ… ” ނައިލީވެސް އިނދެފައި ބުނެލިއެވެ. ނައިރާއަށް ނައިލީއާއި ދިމާއަށް ބަލާލެވުނީ ހިތްހަމަނުޖެހިފައި އިނދެއެވެ.

” އިރުކޮޅެއް ނުވެ އާޔަން ރިހަ ބޯތަށި ހިފައިގެން  ބަދިގެއިން ނިކުތެވެ. އެވަގުތުވީ އަޒީދު ތެދުވެގެން އަތްދޮންނަން ދިޔަވަގުތަށެވެ. އެއްވެސް މީހެއް ނުބަލާ ހުރި ވަގުތު ދަމުން ދަމުން އާޔަންގެ ކުރިއަށް ފައި ހުރަސްކޮށްލިއެވެ. އެވަގުތު އަޒީދުގެ ފައިގައި އަޅައިގަނެފައި ވެއްޓެން ދިޔަވަގުތު އަތުގައި ހުރި ރިހަ ބޯތަށި ތިރިއަށް ވެއްޓި ތަޅައިގެން ދިޔައެވެ. ރިހަތައް ބުރައިގެން ދިޔައީ އެންމެ ކައިރީގައި ނާޝިދުގެ ފަޓުލޫނަށެވެ. ނާޝިދު ކައިރިއަށް އައި ރުޅިމަތީގައި ތެދުވެ އެއްއަތުން އާޔަންގެ ގަމީހުގެ ގިރުވާނުގައި ހިފަމުން އަނެއް އަތުން އާޔަންގެ ކަންފަތްމަތީގައި ހޫނު އެތިފަހަރެއް ޖެހިއެވެ. އެއަށްފަހު އާޔަން ފަހަތަށް ކޮއްޕާލަމުން އެނބުރި ކޮޓަރިއާއި ދިމާއަށް ހިނގައިގަތެވެ. މަލާމާތުގެ ގޮތަކަށް ހެމުން އަޒީދު އަތްދޮންނަ ތައްޓާއި ދިމާއަށް ދިޔައެވެ.

އެވަގުތު ނައިރާއަށް ކޮޅަށް ތެދުވެވުނީ ބޭއިޙްތިޔާރުގައެވެ. ކައިރީގައި އިން ވިލީޝާ އަވަހަށް ނައިރާ އަތަށް ދަމާލަމުން ގަދަކަމުން ގޮނޑީގައި ބޭންދިއެވެ. އެހެން މީހަކަށް ކަމެއް ފާހަގަ ވެދާނެތީއެވެ.

” ދެން ކިހާ ދެރަކަމެއްމީ އަޅެ… އެއޮއް އަގުބޮޑު ތައްޓޭ އެތަޅާލީ.. އެއީ ކަލޭ ބަފާގެ ލާރިއަށް ގަތް އެއްޗެއް ނޫނޭ… އަނެއްކާ ބޭކާރުގޮތުގަ ބޮޑު ރިހަބޯތައްޓެއް ވިއްޔަ އިސްރާފުއެވީ… ހަނދާން ކުރާތި މީގެ ބަދަލު މިއަދު މެންދުރުގެ ކެއުމެއް ކަލެއަކަށް ނުލިބޭނެ… އެއްޗެއް ކައިފިކަން އެނގިއްޖިއްޔާ އަދަބު ބޮޑުވާނެކަން ހަނދާންކުރާތި…” ރުޅިއައިސްގެން ފަޅައިގެން ދާވަރުވެފައި ހުރެ ޝާކިރާ ބުންޏެވެ. އެގޭ މީހުން އާޔަން އާއި މެދު ކަންތައްކުރާ ގޮތުން ނައިރާ އިނީ ހައިރާންވެފައެވެ.

” ދައްތާ އެކަމަކު އާޔަން ހެނދުނުގެ ސައެއްވެސް ނުބ…” ތަށިތަޅައިގެން ދިޔަ އަޑަށް ކޮޓަރީގައި ހުރެފައި ނިކުތް ނިޝީ ބުނަން އުޅުނެވެ. ނަމަވެސް ފުރިހަމައެއް ނުކުރެވުނެވެ.

” ނިޝީ ވާހަކަ ނުދައްކާ ހުރޭ… އަދި އާޔަން އާއި ދިމާއަށް އެއްޗެކޭ ބުނާއިރަށް މީނަ ހުރިތަނަކުން ނިކުންނާނެ” ނިޝީއާއި ދިމާއަށް ނައިލީ ހަޅޭއްލަވައިގަތެވެ.

” އެއީ އަހަރެން ބަލަން ޖެހޭ ކަމެއް ނޫން… އިސްރާފުކުރީ އޭނަ.. އެބައި މަދުވަންވެސް ޖެހޭނީ އޭނަ އަތުން” އަލުން ގޮނޑީގައި އިށީންނަމުން ޝާކިރާ ބުންޏެވެ. އިތުރު ބަހެއް ނުކިޔާ އާޔަން އެތަން ސާފުކުރަން ފެށިއެވެ.

ނައިރާއަށް އެންމެ އެތިކޮޅެއްވެސް ދިރޭގޮތެއް ނުވިއެވެ. އެގޭ މީހުން އާޔަންއާއި ދޭތެރޭގައި ކަންތައް ކުރާގޮތް ފެނި ނައިރާ ބަސްމަދުވެއްޖެއެވެ. ހިތުގައި ވޭން އަޅަމުން ދިޔައީ އެއްވެސް އިޙްތިޔާރަކާ ނުލައެވެ. ހިތަށް އަޅަމުން ދިޔަވޭން ލޮލުން ފާޅުވާން އުޅެން ފެށުމުން ނައިރާ އިންތަނުން ތެދުވިއެވެ.

” ދަރިފުޅު ހާދަ އަވަހަކަށް ނިންމާލީ…” ޝަކިރާ ބުނެލިއެވެ.

” އާން.. ބަނޑުފުރިއްޖެ…” އަވަހަށް އެހެން ބުނަމުން ނައިރާ އޭނާގެ ކޮޓަރިއަށް ދާން ހިނގައިގަތެވެ. ލޮލުން ފޭބި ކަރުނަތައް ފޮހެމުން ސިޑިން އަރައިގެން ދިޔައިރު ހަމަ ރަނގަޅަށްވެސް ނައިރާއަށް ރޮވިއްޖެއެވެ.  ކޮޓަރިކައިރީގައި ބަލަހައްޓައިގެން ހުރި ނިޝީއަށް މިމަންޒަރު ފެނުނެވެ. އާޔަންދެކެ އަދިވެސް ނައިރާ ލޯބިވާކަން ނިޝީއަށް ޔަގީންވީ އެވަގުތުއެވެ.

އެދުވަހު ހަތަރުދަމު ނައިރާ ކޮޓަރިއަކުން ނުނިކުމެއެވެ. އެގޭ މީހުން އާޔަންއާއި ދޭތެރޭ ކަންތައްކުރާ އިހާނެތިގޮތުން ނައިރާގެ ހިތަށް ވަރަށް އަސަރުކޮށްފިއެވެ. އާޔަން ކޮންމެ ގޮތަކަށް ނައިރާއާއި ދޭތެރޭ ކަންތައް ކުރިނަމަވެސް ނައިރާގެ ހިތުގައި އާޔަންއަށް ޓަކާ އިންތިހާއަށް ލޯބި ނޫން އެހެންއެއްޗެއް ނުވެއެވެ. ރޭގަނޑު ކެއުމަށްވެސް ނައިރާ ނުދެއެވެ. ކާހިތް ނުވާ ކަމަށް ބުނެ ފަރުޖައްސާލީއެވެ.

އިހުވާނަށް ހޭލެވުނީ ގަޑިން ދިހައެއް ޖަހަން ގާތްވެފައި ވަނިކޮށެވެ. މާގިނައިރު ނިދުމުގެ ސަބަބުން ބޮލުގައި މަޑު ރިހުމެއް ހުއްޓެވެ. ހޭލުމަށްފަހު އެންމެ ފުރަތަމަވެސް އަވަސްވެގަތީ އާދައިގެ މަތިން ހެނދުނު ހޭލާގޮތަށް އެންމެފުރަތަމަ ދެކެން ބޭނުންވާ ސޫރަ ދެކިލުމަށެވެ. ލެޕްޓޮޕް ހުޅުވާލުމާއި އެކު އޭގެ ސްކްރީނުން ފެންނަން ހުރި އަންހެންކުއްޖާ އަށް އިހުވާންއަށް ބަލަން އޮވެވުނީ ހިނތުންވުމަކާއި އެކީގައެވެ. އެ އަންހެންކުއްޖާގެ ތުންފަތްމަތީގައިވީ ބަލާ ބަލާ ފޫހިނުވާ ކަހަލަގެ ރީތި ހިނިތުންވުމެކެވެ. ދެކޮތާފަތްމައްޗަށް އަރާފައި ހުރި ޖަންބުކުލައިން އެހުރީ ލަދުގަނެފައި ކަން އެނގެއެވެ.

ޓަކިވެސް ޖަހާލުމަކާނުލާ ކޮޓަރިއަށް ވަން އަޝްވާ ފެނި އިހުވާން އަވަސްއަވަހަށް ލެޕްޓޮޕް ލައްޕާލިއެވެ. އަޝްވާއާއި ދިމާއަށް ބަލާލެވުނީ ނިތްކުރިއަށް ރޫއަރުވާލަމުންނެވެ.

” ދޮންބޭ.. ޕްލީޒް މި ފިލާވަޅު ހަދަން ހެލެޕް ވެދީބަލަ…” އަޝްވާ އޭނަ އަތުގައި އޮތް ފޮތަށް ބަލަމުން އައިސް އިހުވާން ކައިރީގައި އިށިނެވެ.

” ކަމޯން ލިލް ސިސްޓަރ… ނޮކް ކޮށްލާފައި ވަންނަން އާދަކޮށްބަލަ… އެހެން މީހުންގެ ޕްރައިވެސީއަށް ރެސްޕެކްޓް ކޮށްބަލަ… “އަޝްވާ އާއި ދިމާއަށް ލޯކުޑަކޮށްލަމުން އިހުވާން ބުންޏެވެ.

” ދޮންބެގެ ކޮން ޕްރައިވެސީއެއް… ވައިފްއެއްވެސް ހުންނަނީއެއް  ނޫން… ގަރލްފްރެންޑެއްވެސް ހުންނަކަމެއް ނޭނގެ” އިހުވާންއަށް ޖެއްސުން ކޮށްލުމުގެ ގޮތުން އަޝްވާ ބުންޏެވެ.

” އަޝްވާއަށްތަ އެނގެނީ… އަންބެއް ހުރީމަތަ ޕްރައިވެސީ ލިބެން ޖެހެނީ… ހުރެބަލަ މިރޭ ބައްޕަ އައިމަ ޝަކުވާކޮށްލާނަން” ހިތްހަމަނުޖެހިފައި އިހުވާން ބުންޏެވެ.

” އޯވހް ޕްލީޒް.. އައި ޑޯންޓް ކެއަރ.. މިގޭގަ އަހަންނަށް ނުވަދެވޭނެ ކޮޓަރިއެއް ނުހުންނާނެ… ދެން ތިވާހަކަ ނުދައްކަ އަހަންނަށް މިތަން ހަދާގޮތް ކިޔާދީބަލަ… ކޮލެޖަށް ދާންވާއިރަށް ނިންމަން ޖެހޭ އެއްޗެކޭ… ” އަޝްވާ ކުސްތަޅާލަމުން ބުންޏެވެ. އިހުވާން އިތުރު އެއްޗެއް ނުބުނެ ދެފަރާތަށް ބޯހޫރާލުމަށްފަހު ފިލާވަޅު ހަދަން އަޝްވާއަށް އެހީވެދިނެވެ. އިހުވާން ކިޔައިދިނުމުން ފިލާވަޅުހަދަން އަޝްވާއަށް ފަސޭހަވެގެން ދިޔައެވެ.

” ތެންކްސް ބިގް ބަރްދަރ… ބަދަލުގަ ވަރަށް ޝޮކިންގ ނިއުސްއެއް ދެންތަ…” ފޮތް ލައްޕާލަމުން އަޝްވާ ބުނެލިއެވެ.

” ތިއުޅެނީ މިހާރު ދައްކާނެ ވާހަކައެއް ނޭނގިގެން… އަހަރެން ފެންވަރަން ދާންވެއްޖެ… ދެންދޭ މިތަނުން…” އޮތް ތަނުން ތެދުވެ މޯޅިއަކަށް ދެމިލަމުން އިހުވާން ބުންޏެވެ.

” ހައު ރޫޑް…. އެކަމަކުވެސް ބުނެލާނަން… ނައިރާ އެނބުރި ރާއްޖެ އައިއްސި” އަޝްވާ ދިން ހަބަރުން ހަމަ ރަނގަޅަށްވެސް އިހުވާނަށް ލިބުނީ ޝޮކެކެވެ. ތުންފަތްމައްޗަށް ލުއި ހިނިތުންވުމެއް ވެރިވީ އިރުކޮޅެއް ފަހުންނެވެ.

” ބަލާބަލަ ގަރލްއެއްހެން ރަކިވެފަ ހޭ ވައްތަރު…” އިހުވާންއަށް ވީފޮތްފެނި މަޖާވެގެން އަޝްވާ ބުންޏެވެ.

” އަހަންނަށް އެނގޭ ދޮގުކަން ތިހަދަނީ… ތިއުޅެނީ ކިޔާނެއް އެއްޗެއް ނޭނގިގެނެއްނު” ޤަބޫލުކުރަން ދަތިވެ އިހުވާން ބުންޏެވެ.

” އޭރުވެސް އެނގޭ އަހަރެން ބުނެގެން ދޮންބެ ޤަބޫލެއް ނުކުރާނެކަން… ޤަބޫލުނުކުރެވެންޏާ ގޮސް މަންމަ ކައިރީ އަހާބަލަ… ” އަނގަޔަށް ގޮތެއް ހަދާލަމުން ހަރހިނގުމެއްގައި އަޝްވާ އެތަނުން ނިކުތެވެ.

 

އިހުވާން އަވަސްއަވަހަށް ފެންވަރާ ހަދާލައިގެން ކޮޓަރިން ނިކުތެވެ. ބަދިގޭ ގައި ހަރަކާތްތެރިވަމުން ދިޔަ ނާއިފާ ފެނުމުން އިހުވާން އެދިމާއަށް މިސްރާބުޖެހިއެވެ.

” އަހަރެން ހިތަށް އަރާ މަންމަ މަސައްކަތެއް ނުކޮށް ހުންނާނެ ގަޑިއަކާ ދިމާވާނެ ބާއޭ… މަސައްކަތް ކުރާނެ މީހަކު ހުންނައިރުވެސް ގިނައިން ފެންނަނީ މަންމަ މަސައްކަތް ކުރާތަން…” ނާއިފާ ކައިރީގައި ހުއްޓެމުން އިހުވާން ބުންޏެވެ.

” މަސައްކަތް ނުކޮށް ހުރުމަކީ މަންމައަށް ވާނެ ކަމެއް ނޫން… ދަރިފުޅުވެސް  މިއަދު ހާދަވަރަކަށް ނިދާލި ދުވަހެކޭ ދޯ.. ރޭގަ ނުނިދެނީތަ…” ތަރުކާރީ ކޮށަން ހުރި ނާއިފާ އަހާލިއެވެ.

 

” ރޭގަ ކުޑަކަމެއް ނިންމާލަންވެގެން ތަންކޮޅެއް ދަންވަންދެން ހޭލާ އުޅުނީ…މަންމާ ތެދެއްތަ.. ނައިރާ އައީތަ” ނާހަން ހުރެފަވެސް އިހުވާން އަހާލިއެވެ.

” އާނ ޝާކިރާ ގުޅި ރޭގަ… ދެދުވަހެއް ވެއްޖެޔޯ އެމަންޖެ އައިތާ” ނާއިފާ ބުންޏެވެ.

” ޝާކިރާއްތަމެން ޤަބޫލުވީތަ.. ފިރިމީހާ ގޮވައިގެންތަ ނައިރާއައީ” އަނެއްކާވެސް އިހުވާން އަހާލިއެވެ.

” ނައިރާއަށް ދިމާވީ ވަރަށް ދެރަ ގޮތެއް… އެފރިހެންމީހާ އެމަންޖެ ވަރިކޮށްފަ އެހެން އަންހެނެއް ކައިރިއަށް ދިޔައިއްޔޯ… ނައިރާގެ ހުރެޔޯ ހަތަރު އަހަރުގެ ކުއްޖެއްވެސް… ” ނާއިފާ ކިޔައިދިނެވެ. އިހުވާން ވަކި އެއްޗެއް ނުބުނެއެވެ.

” ދަރިފުޅު ދާންވާނެއްނު ނައިރާއާއި ބައްދަލުކޮށްލަން” އިހުވާންގެ މޫނަށް ބަލާލަމުން ނާއިފާ ބުންޏެވެ.

” ނޫން މަންމާ.. އަދި އަހަރެން ތައްޔާރެއް ނޫން…” އިސްޖަހައިގެން ހުރެ އިހުވާން ބުންޏެވެ.

” މަންމައަށް އެނގޭ ނައިރާއާއި ކުރިމަތިލާން ދަރިފުޅަށް އުނދަގޫ ވާނެކަން… އެކަމަކު އޭރު ތިދެކުދިންގެ ކައިވެނި ހަމަޖެހުމުގެ ކުރިން ތީ ގާތް ދެ އެކުވެރިން ދޯ… މިދަނޑިވަޅުގަ ދަރިފުޅުގެ އެހީތެރިކަމާ އަޅާލުންވެސް ނައިރާއަށް ބޭނުންވާނެ… އެނގޭ ނައިރާ ދަރިފުޅާ ދޭތެރޭ ކަންތައް ކުރީ ރަނގަޅަކަށް ނޫންކަން… އެކަމަކު އަދިވެސް ދަރިފުޅު ނައިރާއާއި ދޭތެރޭ ވިސްނާކަން މަންމައަށް އެނގޭ… ނޫންތަ އަޅެ” އިހުވާންއަށް ވިސްނައިދެމުން ނާއިފާ ބުންޏެވެ.

” އަހަރެން ނައިރާއާއި ބައްދަލު ކުރާނަން.. އެކަމަކު އެއީ އަދި ތަންކޮޅެއް ފަހުން… ” ވިސްނަން ހުރެފައި އިހުވާން ޖަވާބުދިނެވެ.

” އެންމެ ރަނގަޅު… ދަރިފުޅަށް ފެންނަ ގޮތެއް.. ދެން ދޭ އަވަހަށް ސައިބޯން… ހުންނާނެ ދަރިފުޅަށް އެންމެ މީރު ބަނބުކެޔޮ ރިހައާއި ރޮއްޓާ ހަދާފަ” ނާއިފާ ބުންޏެވެ. އިހުވާން ހިނިތުންވެލަމުން ގޮސް ކާމޭޒު ކައިރީގައި އިށީނެވެ.

 

އަޔާނާ އުނގަލައިގެން ނިންދަވަން އިންއިރު ނައިރާގެ އިނީ ފުންވިސްނުމެއްގައެވެ. ފާހަނައިން ފެންވަރައިގެން ނިކުތް ވިލީޝާއަށް މިމަންޒަރު ފެނުމުން ދެފަހަރަކު ނައިރާއަށް ގޮވާލިއެވެ.

” ކީކޭ…” ސިހިފައި ނައިރާއަށް ބުނެވުނެވެ.

” އާޔޫ އެނދުގަ ބާއްވަންވީނު ދެން.. އަނެއްކާ މިއަދު އާޔަން ކީއްކޮށްގެން ވިސްނަން ތިއިނީ” ހަރުގައި ތެތް ތުވާލި އަޅުވާލަމުން ވިލީޝާ އަހާލިއެވެ.

 

” ކަމެއްކުރީކީ ނޫން… ހަމަވިސްނާލީ” އަޔާނާ ނަގައި އެނދެގައި ރީތިކޮށް ބާއްވާލަމުން ނައިރާ ބުންޏެވެ.

” ކޮންކަމަކާ ބާ” ޑްރެސިންޓޭބަލް ކައިރިއަށް ހުއްޓި ލޯޝަން އަތަށް އަޅަމުން ލޯގަނޑުން ނައިރާއަށް ބަލަންހުރެ ވިލީޝާ އަހާލިއެވެ.

” އަހަންނަށް ހީވަނީ އާޔަން ވަރަށް ބޮޑު ކަމެއް ސިއްރު ކުރާހެން…” ފުންނޭވައެއް ދޫކޮށްލަމުން ނައިރާ ބުންޏެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Axoo

Level 310 Stories100 Comments100 Login

Other Articles

Previous

ނުވާނަން ތަފާތެއް… 8

Next

ނުވާނަން ތަފާތެއް… 9

Next
March 24, 2020

ނުވާނަން ތަފާތެއް… 9

Previews
March 23, 2020

ނުވާނަން ތަފާތެއް… 8

31 Comments!

  1. Axoo says:
    March 23, 2020 at 3:26 pm

    Hii guys.. here is the 6th episode with new cover!! ? Hope you guys like both episode and the cover photo ? feel free to share your views about the episode…… And the cover… Hehe.. take care.. be safe ❤️

  2. LAZY_QUEENY says:
    March 23, 2020 at 4:23 pm

    Vvvv reethi mi part vx… Curiously waiting for next part ngey… Whn is next part…… Lysm N you are so talented…. Me first tha?????

    1. Axoo says:
      March 23, 2020 at 6:12 pm

      Thank you queeny ❤️

  3. ރާނީ says:
    March 23, 2020 at 4:55 pm

    V v v v reethi….masha Allah ♥️♥️♥️

    1. Axoo says:
      March 23, 2020 at 6:11 pm

      Thank you ❤️

  4. eysha says:
    March 23, 2020 at 4:59 pm

    Vrh hiyyygaimu. Kiyun theringe hithaa kulhelaifi.axoo ah kamiyabi ah eden.vahaka liyumuge fannuga ufaaveri musthagubaleh oth faraatheh kamugai dekeme.

    1. Axoo says:
      March 23, 2020 at 6:11 pm

      Thank you so much ❤️

  5. leash says:
    March 23, 2020 at 5:31 pm

    ވާއޮ ????މިބައިވެސް ވަރަށް ރީތި

    1. Axoo says:
      March 23, 2020 at 6:11 pm

      ޝުކުރިއްޔާ ⁦❤️

  6. Life is pain ? says:
    March 23, 2020 at 6:16 pm

    Wow mannn….varah dhuvas kohllaa dhw mi comment eh kohllevuni..baliv ulheytha lame nuveyhey mi ulhen. Sorry for that. And mi part Hama breathtaking ng..varah tuffffff..Hama buns and ehchekey v hey guy. I think emme fahun Axoo ge shock treatment in hiyy hutteynihn..ahaha.??? a ahaa aneh shock treatment ah ready Velan dhani nge dhen..?
    Waiting waiting waiting ❤️

    1. Axoo says:
      March 23, 2020 at 6:56 pm

      Ahahahah ? thank you ❤️ and get well soon ❤️

  7. Yan♥️ says:
    March 23, 2020 at 7:30 pm

    Varah reethi Masha Allah ? waiting

    1. Axoo says:
      March 23, 2020 at 9:00 pm

      Thank you Yan ❤️

  8. Fidha says:
    March 23, 2020 at 8:00 pm

    Whn nxt prt?

    1. Axoo says:
      March 23, 2020 at 9:01 pm

      Maadhan In Sha Allah

  9. ♡Maiii♡ says:
    March 23, 2020 at 8:17 pm

    Wow… varah reethi ♥❤?.. waiting for the next part. When next ?

    1. Axoo says:
      March 23, 2020 at 9:02 pm

      Thank you maii ❤️ next maadhan In Sha Allah

  10. Kairaa says:
    March 24, 2020 at 8:56 am

    Varah varah reethi….waiting for the nxt….and whn nxt Axoo….

  11. Bro says:
    March 24, 2020 at 10:27 am

    Miadhu kihaairaku vaahaka up kuranee.
    Waiting.

  12. Yana says:
    March 24, 2020 at 4:56 pm

    Axoo konirakun vaahaka up kuranee.
    Waiting waiting waiting

  13. eysha says:
    March 24, 2020 at 9:32 pm

    Axoo kobaaatha

  14. Noora says:
    March 24, 2020 at 11:38 pm

    Reethi varah.. ekamaku mee kurin genesdhin story eh .. keeve change kohlee … kurin maa bodah reethi

  15. shaman says:
    March 25, 2020 at 8:56 am

    masha allah v reethi vaahkaeh miy waitting for another episode

  16. Kiara says:
    March 25, 2020 at 12:14 pm

    Axoo whn nxt prt.varah reethi mi vaahaka.waiting.

  17. Kiara says:
    March 25, 2020 at 3:50 pm

    Axoo kobaa vaahaka.irukolhakaa eba beley vaahaka up vi tho.varah reethi axoo ge vaahaka. WAITING INGEY.

  18. RED VELVET FAN GIRL❤ says:
    March 25, 2020 at 6:07 pm

    އަޒޫގެ ތިހިރަ ފަރި ސިފަކުރުންތައް ފެނިފައި، މިވާހަކައަށް މިހިތް ދޫވެއްޖެއެވެ.ބަސްތައްވެސް އަތުރާލާފަ އެހުންނަ ގޮތެއް ދޯއެވެ.ހިތްތަށް
    ތަޅުވާލަން ހަމަ ތިވަރެއް ނެތެވެ.އަހަރެމެން ކަހަލަ، ވާހަކައަށް އަބަދު ދެވިހިފާފަ ހުންނަ ކުދިންނަށް އަމުދުން، މިކަހަލަ ސަޅި ވާހަކައެއް ދޫކޮށްލުން އެއީ ވާނޭކަމެއް ނޫނެވެ.މި ވާހަކައިގެ ބިމުގެ އަޑީގައި އެތައް އެތައް އެތައް ސިއްރުތަކެއް ވަޅުލެވިފަ ވާކަން އިނގެއެވެ.އެ ސިއްރުތައްއިނގޭ ހިތުން މިހުންނަނީ ކެތްތެރިކަން ކޮޅުންލާފައެވެ.އެހެނަސް، އަޒޫ
    ބައިތައް އަޕްކުރީމަ ނޫނީ ކިޔޭކަށް ނެތެވެ.އަވަހަށް އަޕްކޮށްދެއްޗެވެ.އަހަރެމނ
    ފޫހިކަމެއްނެތި ކުރަމުން މިދާ އިންތިޒާރުގެ ނިމުން ފޮނިކޮށްދެއްޗެވެ.(މާނައަކީ
    މިވާހަކަ އަޕްކޮށްދީފިއްޔާ ވަރަށް އުފާވާނޭއެވެ.) މި ކޮމެންޓް ނިންމާލުމުގެ ކުރިން، ލިޔުންތެރިޔާއަށް، މި ދާޢިރާއިން ކާމިޔާބަށް އެދެމެވެ.އަދި ލިޔުންތެރިޔާގެ ވާހަކަ ފޮތެއް ކިޔާލުމުގެ ނަސީބު ލިބޭނޭކަމަށް އުއްމީދުކުރަމެވެ އަދި ކޮވިޑް-19 ރައްކާވެ ތިބެއްޗެވެ.ވަރަށް ސަލާމެވެ.

  19. Mäřęé Āđhų says:
    March 26, 2020 at 8:36 pm

    Liusha Mohamed

    1. Liusha Mohamed says:
      March 26, 2020 at 8:58 pm

      Labba

  20. Bro says:
    March 27, 2020 at 8:48 pm

    Axooo .kobaa vaahaka

  21. Megan says:
    March 29, 2020 at 10:43 am

    Ey axoo ah vre gotheh balaala beya koh mes kujjeh

  22. Xaaan says:
    March 30, 2020 at 11:11 am

    Vaahaka kiyaahithun kehmadhuvany plx plx plxxxxx azoo s upkohdhyber

Comments are closed.

Next Episodeކައިރީގައި އެހެނަސް.. ދުރުގައި… 7←


All Right Reserved!