Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެން

މަޢާފް – ސޯޅަވަނަ ބައި

Hafsath Noora Level 610 Stories100 Comments100 Login500 Comments
March 27, 2020 6 Mins Read
7 Comments

އަސްމާ އިސް އުފުލައި ބަލައިލިއިރު އޭނާގެ ކުރިމަތީގައި އެހުރީ ޒައިން ނޫން ދެވަނަ އެހެން މީހެއް ނޫނެވެ. ޒައިންއަށްވެސް އަސްމާ ގެ ސޫރަ ފެނުމުން ހުއްޓުން އަރާގޮތްވިއެވެ. އޭނާ ވަކި މިގެއަށް އައީ އަސްމާ ފެނިދާނެކަމަކަށް ނޫނެވެ. ނަމަވެސް ތަޤްދީރުގައި އެކަމެއް ވާން އޮތް ގޮތަކަށް ވާނެއެވެ. އެކަމަކަށް އަހަރުމެން އެކަކަށްވެސް ހުރަހެއް ނޭޅޭނެއެވެ. އަސްމާއަށް ޒައިންއަށް ފުރަގަސްދެވުނީ އޭނާގެ ލޮލަށް ކަރުނަތައް ބޮނޑިވާން ފެށުމުންނެވެ. ޒައިންގެ ކުރިމަތީގައި ރޯނެ ހިތްވަރެއް އަސްމާ ގެ ނެތެވެ. ކުޑަމިނުން ޒައިންއަށް ދަރިފުޅާއޭ ކިޔައި ގޮވައިލާކަށްވެސް އަސްމާއަކަށް ނުކެރުނެވެ. “ދަ.. ދަ.. ދައްތާ! މީތި ނައިކުއަށް ދީފާނަންތަ؟” ނޭނގޭ ސަބަބަކާހުރެ ޒައިންގެ ހިތަށް އުނދަގޫ ވެގެން ދިޔައެވެ. ހީވަނީ މަންމައަކު މާ ދުރު މީހަކަށް ހަދައިލެވޭހެނެވެ. އަސްމާ އެއޮތްވަރަށް ހިފަހައްޓައިގެން ހުރި ކަރުނަތައް އެއްވެސް އިޚްތިޔާރަކާ ނުލައި ފައިބައިގަތެވެ. އަސްމާގެ ހިތުގައި ޒައިންއާއި ދޭތެރޭ ޝަކުވާ އުފެދުނެވެ. އުފަން މަންމަ އެހާ ދުރު މީހަކަށް ހަދައިލީ ކީއްވެގެން ހެއްޔެވެ؟ މަންމަ ކުރިމަތީގައި ހުންނަ އިރުވެސް މިއީ މަންމަކަން ނޭނގެންވީ ކީއްވެގެން ހެއްޔެވެ؟ އަސްމާގެ ފަރާތުން އެއްވެސް އިޝާރާތެއް ނުލިބުމުން ޒައިން އައިކޮޅަށް ހިނގައިގަތެވެ. ޒައިންގެ ފިޔަވަޅުތަކުގެ އަޑު މަޑުވާކަހަލަ އިޙުސާސެއް ކުރެވުމުން އަސްމާ ފަސްއެނބުރި ބަލައިލިއެވެ. އޭރު ޒައިން އެ ގޭގެ ގޭޓުން ނުކުންނަނީއެވެ. “ދަރިފުޅާ މަންމައަށް މަޢާފް ކުރޭ.” މޭމަތީގައި އަތްޖައްސައިލައިގެން ހުރެ އަސްމާ އޭނާގެ އަމިއްލަ ނަފްސަށް އަޑުއިވޭވަރަށް ބުންޏެވެ. މީހަކަށް ފެނުމުގެ ކުރިން އަސްމާ އޭނާގެ ލޮލުން އޮހޮރެމުން ދިޔަ ކަރުނަތައް ފުހެލަމުން އަންނައުނު ވިއްކާ ފިހާރަ އާއި ދިމާލަށް މިޞްރާބުޖެހިއެވެ. އޭރުވެސް އަސްމާ އަށް ގިސްލެވެމުން ދިޔައެވެ.

ފިނިބުއިމެއް ބޯލުމުގެ ނިޔަތުގައި ކައިރީގައި ހުރި ރެޑްވޭވް ފިހާރައަށް ޒައިން ވަނެވެ. ކުޑަ ކޯކްފުޅިއެއް ނަގައިގެން ޒައިން ކައުންޓަރު ކައިރިއަށް ދިޔައެވެ. ނަމަވެސް އޭރު ކައުންޓަރު ކައިރީ ތިން މީހުން ތިބުމުގެ ސަބަބުން ޒައިން ހިނގައިގަތީ ފިހާރައިގައި ހުރި އެއްޗެހި ބަލައިލުމުގެ ނިޔަތުގައެވެ. ނަމަވެސް ކާކުގެ ނަޞީބެއްކަމެއް ނޭނގެއެވެ. ބިސްކޯދުތަކެއް ބަހައްޓައިފައި ހުރި ހަރުގަނޑުކައިރީ އެހުރީ ނައިޒަކް އެވެ. ޒައިން އަވަހަށް އޭނާގެ ގާތަށް ދާން ހިނގައިގަތެވެ. “ނައިކޫ.” ނައިޒަކް ކައިރީ ހުއްޓެމުން ޒައިން ގޮވައިލިއެވެ. “އާން ޒައިން. ކީއްކޮށްލަނީ؟” ޒައިންގެ އަތުގައި ހުރި އެއްޗެއްސަށް ބަލައިލަމުން ނައިޒަކް އަހައިލިއެވެ. “އަހަރެން މިއަދު ދިޔައިން ނައިކުމެން ގެއަށް. މި ސީޑީ ދޭންވެގެން. ނަސީބެއް މިތަނުން ނައިކުއާ ދިމާވިކަން. އަނ. މިއޮތީ ޝަމީމް ދިން ސީޑީ.” ނައިޒަކް އަށް ސީޑީ ދިއްކޮށްލަމުން ޒައިން ބުންޏެވެ. ނައިޒަކް އެ ސީޑީ ނަގައި އެއަށް ބަލައިލުމުން އެއީ މީގެ ތަންކޮޅެއްކުރިންދުވަހަކު އޭނާ ޝަމީމްއަށް ދިން އެއްޗެއްކަން ހަނދާންވިއެވެ. ކޮންމެއަކަސް ދެމީހުން ފިހާރައިން ނުކުތީ އެކުއެކީގައެވެ. އެއްވެސް ޚިޔާލެއް ފިކުރެއްނެތި މަގުމަތީގައި ދެމީހުން ވާހަކަދައްކާ މަޖާކުރަމުން ދިޔައެވެ. މަގުމަތީ އުޅެންޏާ އެޅޭހައި ބައެއްގެ ނަޒަރު އެ ދެމީހުންނަށް ހުއްޓިފައި ވިޔަސް އެ ދެމީހުންނަށް އެކަން ރޭކާވެސްނުލައެވެ. ޒައިންވެސް ހުރީ މީގެ މިނެޓްތަކެއް ކުރިން ހިނގައިދިޔަ ޙާދިޘާ މަތިން ހަނދާންނެތިފައެވެ.

ކޮޓަރީގައި ވާހަކަ ކިޔަން އޮތް ޝިމާޔާއަށް ގޭގެ ބޮޑުދޮރުގައި ޓަކިޖަހާހެން ހީވެގެން ކޮޓަރިން ނުކުތެވެ. ޓަކި ޖަހަނީ ތަންކޮޅެއް ބާރަށްކަމުން ޝިމާޔާ ހުރީ ކުޑަކޮށް ބިރުގަންނަ ގޮތްވެފައެވެ. ނަމަވެސް ޝިމާ އޭ ކިޔައިފައި އެމީހަކު ގޮވުމުން އެއީ ޝިމާޔާ ދަންނަ މީހަކަށްވެދާނެއޭ ހިތައި ގޮސް ދޮރުހުޅުވިއެވެ. “ފަޔާ؟” ކުރިމަތީގައި ހުރި ފަޔާޒް ފެނި ޝިމާޔާ އަށް ފަޔާޒްއަށް ގޮވައިލެވުނެވެ. “ސަރޕްރައިޒް.” ދެކޮނޑު އަރުވައިލަމުން ފަޔާޒް ބުންޏެވެ. ފަޔާޒް އަށް އައިސްފައި ހުރި ބަދަލުތައް ފެނި ޝިމާޔާ ހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ. ފަޔާޒްގެ ދިގުކޮށްފައި އޮތް އިސްތަށިގަނޑު މިހާރު ވަނީ ރީތިގޮތަކަށް ކޮށާލައިފައެވެ. ކުރިން މުޅި ހަށިގަނޑުގައި ކަހަލަ ގޮތަކަށް އަޅައިފައި ހުރި އެކި ކަހަލަ ޗޭނު ތަކާ ގަހަނާތައް މިހާރަކު ނެތެވެ. މިހާރު ފަޔާޒް އަޅައިފައި އިނީ ހަމައެކަނި ރިހި އަނގޮޓިއެކެވެ. “ފަޔާ ހާދަ ޗޭންޖް ވެއްޖެއޭ. އަންބިލީވަބްލް.” ފަޔާޒްގެ މޫނުން ފަށައިގެން ފައިތިލަ އާއި ހަމައަށް ބަލައިލަމުން ޝިމާޔާ ބުންޏެވެ. “އަހަރެން ވަންނަން ޖާގައެއް ނުދޭނަންތަ؟” އެއްބުމަ އަރުވައިލަމުން ފަޔާޒް އަހައިލިއެވެ. ޝިމާޔާ އެއްފަރާތަކަށް ޖެހިލުމުން ފަޔާޒް ގޭތެރެއަށްވަނެވެ. ޝިމާޔާ އިށީންނާށޭ ބުނުމުން ފަޔާޒް ސޯފާގައި އިށީނެވެ. “ޝިމާ ވާހަކައެއް ބުނަންތަ؟” ފަޔާޒް ގާތުގައި ޝިމާޔާ އިށީނުމުން ފަޔާޒް އަހައިލިއެވެ. ޝިމާޔާ ކުރިއަށް ގެންދާށޭ ބުނުމުން ފަޔާޒް ފުންނޭވައެއް ދޫކޮށްލުމަށްފަހު ޝިމާޔާއަށް ބަލައިލިއެވެ. “އަހަރެމެނަށް އޭރު އުޅެވުނު ގޮތާ ދޭތެރޭގަ މިހާރު ވަރަށް ދެރަވޭ. އެކަމަކު ﷲ އިރާދަކުރެއްވިއްޔާ އަހަންނަށް ރަނގަޅު ގޮތް ވިސްނިއްޖެ. ދެން ދުވަހަކުވެސް ގޯސް ގޮތަކަށް ނޫޅޭނަން. ޝިމާ ވެސް ދެން ވަރަށް ބަލައިގެން އުޅެއްޗޭ. ފާޑުފާޑުގެ މީހުނާ ދިމާވާނެ ދުނިޔޭގަ އުޅޭއިރު. ވަކިން ހާއްސަކޮށް ޝިމާ ކަހަލަ ރީތި ކުދިން މިހާރު އުޅޭމީހުން ވަރަށް ބޭނުންވާނެ. އެކަމަކު އެވެސް އެންމެ ގޯސް ގޮތުގަ. އަންޖަދު ހެދި ގޮތް ޝިމާ އަށްވެސް އެނގެޔެއްނު ދޯ.” އަންޖަދު ޝިމާޔާއާއި ދޭތެރޭ ކަންތައް ކުރި އިހާނެތިގޮތް ހިތަށް އަރައި ޝިމާޔާގެ ދެބުމަ ގޮށްޖެހުނެވެ. “އޭނާގެ ނަންވެސް އަހަރެން ކައިރީ ނުކިޔާތި.” ދަތްކުނޑި ވިކައިލަމުން ޝިމާޔާ ބުންޏެވެ. “ހެހެ. ހާދަ ރުޅިއައީތި. އަސްލު ލައި މަށަށް ކިޔައިދިން ހުރިހާ ވާހަކައެއް. އޭނަ މަށަށް އެ ހުރިހާ ވާހަކައެއް ކިޔައިދިނީމަ އަހަރެން ހިތަށް އެރީ ޝިމާ ހާދަ ހިތްވަރުގަދައޭ. އެއޮތް ވަރުގަދަ ފިރިހެނާވެސް ޝިމާގެ ކުރިމަތީގަ ނިކަމެތިކޮށްލީ. ތިކަހަލަ ކުދިން ވަރަށް މަދުވާނެ. މިހާރު މަށަށް އެނގިއްޖެ ޝިމާއަކީ ފިނޑި ކުއްޖެއް ނޫންކަން.” ފަޔާޒް ދެއްކި ވާހަކަތަކުން ޝިމާޔާގެ ހިތަށް ހަމަޖެހުން ލިބުނެވެ. ދެމީހުންވެސް އެދުވަހު ވަކިވީ ވަރަށް އަވަހަށް ބައްދަލުވާންޖެހޭނެކަމަށް ބުނަމުންނެވެ.

ރޭގަނޑުގެ ވަގުތެވެ. ޖެހިގެން ހުރި ކޮޓަރިން އަސްމާ ގެ ރުއިމުގެ އަޑު އިވޭހެން ހީވެގެން އާރިޝް އޭނާގެ ކޮޓަރިން ނުކުތެވެ. އަދި އަސްމާގެ ކޮޓަރި ކައިރިއަށް ގޮސް އެ ދޮރުގައި ކަންފަތް ޖައްސައިލިއެވެ. އާރިޝް ހީކުރި ހީކުރުން ޔަޤީނަށް ބަދަލުވިއެވެ. އެ ރުއިމުގައި ވޭން އެކުލެވިފައިވާކަން އާރިޝްއަށް ފާހަގަވިއެވެ. އާރިޝްއަށް އޭނާގެ މަންމަ ރޯއަޑު އަހާކަށް ކެތެއް ނުވިއެވެ. ކޮޓަރި ދޮރު ހުޅުވައިފައި އާރިޝް އެތެރެއަށް ވަނެވެ. “މަންމާ!” މޫނުމަތީ އަތްއަޅައިގެން ރޯން އިން އަސްމާ ކައިރިއަށް އާރިޝް ދިޔައެވެ. އަސްމާ އަދިވެސް އެ އިންގޮތަށް އިނީއެވެ. ރުއިން ހުއްޓާކަށްވެސް ބޭނުމެއް ނޫނެވެ. ލައްކަ ދުވަހު އޭނާއަށް ކެތްކުރެވިއްޖެއެވެ. ދެން އޭނާއަށް ޒައިންގެ ޙަޤީޤަތް ނުކިޔައިދީ ނުހުރެވޭނެއެވެ. އޭނާ ކައިރިއަށް ޒައިން ގެންނަން ބޭނުންވަންޏާ އޭނާއަށް ޖެހޭނީ ޒައިންއަކީ ކާކުކަން އޭނާގެ ދަރިންނަށް ކިޔައިދޭށެވެ. “މަންމާ ކިހިނެތްވީތަ ތި ރޮނީ؟” އަސްމާ ގާތުގައި އިށީނދެ އަސްމާގެ ކޮނޑުގައި ހިފަހައްޓައިލަމުން އާރިޝް އެހިއެވެ. “ދަރިފުޅާ.. މަ!” އަސްމާއަކަށް ވާހަކައެއް ނުދެއްކުނެވެ. ލޯބިވާ ދަރިފުޅު ގައިގައި ބައްދައިލެވިއްޖެއެވެ. “މަންމާ ކިޔާދީބަލަ އަޅުގަނޑަށް ތި ވެގެން އުޅޭގޮތެއް. މަންމަ ތިހެން ވީގޮތެއް ނުބުނެ ރޯތީ އަޅުގަނޑު ވަރަށް ކަންބޮޑުވޭ އެބަ. ޕްލީޒް މަންމާ! ހުއްޓާލާފަ ވީގޮތް ކިޔާދީބަލަ.” އަސްމާގެ ދެކޮލުގައި ހިފަހައްޓައި އޭނާގެ ލޮލުން އޮހޮރެމުން ދިޔަ ކަރުނަތައް ފުހެދެމުން އާރިޝް ބުންޏެވެ.

“ދަރިފުޅާ! ދަރިފުޅަށް ޤަބޫލުކުރެވޭތަ ތީކަން މަންމަގެ ދޮށީ ދަރިއަކީ؟” އާރިޝްގެ ދެ ލޮލަށް ރަނގަޅަށް ބަލައިލަމުން އަސްމާ ބުންޏެވެ. ރުއިމުގެ ސަބަބުން އަސްމާގެ އަޑުވަނީ ކުރެހިފައެވެ. ނޭފަތް އެކީ އަރިދަފުހުން ފުރިފައި ހުރުމުގެ ސަބަބުން ބައެއް އަކުރުތައް ރަނގަޅަކަށް ނުކިޔެއެވެ. “އާނ. އަޅުގަނޑަށް ފަހު އެއްނު ދެން ތިބި ކުދިން ދުނިޔެއަށް އައީ.” އާރިޝް ބުންޏެވެ. “ދަރިފުޅުގެ ކުރިން މަންމަގެ މި ބަނޑުން ކުއްޖަކު އުފަންވިހެނެއް ދަރިފުޅަކަށް އެއްގޮތަކަށްވެސް ހިޔެއްނުވޭތަ؟” އެ ޖުމުލަ އަޑުއިވިފައި އާރިޝްއަށް ދެބުމަ ގޮށްޖަހައިލެވުނީ އަސްމާ އެ ކިޔާ އެއްޗެއް އެއްގޮތަކަށްވެސް އޭނާއަށް ނުވިސްނުމުންނެވެ. “ކީކޭތަ މަންމަ ތި ކިޔަން އުޅެނީ؟” ތުނބުޅީގައި އަތް ހައިކައިލަމުން އާރިޝް އަހައިލިއެވެ. “ދަރިފުޅާ! މަންމައަށްވަނީ ދަރިފުޅުމެންނަށް ވަރަށް ބޮޑު ކަމެއް ސިއްރުކުރެވިފަ. އާރިޝްގެ ކުރިން މަންމައަށް ދަރިއަކު ލިބުނު. އަދި އެ ކުއްޖާ ވެސް ދުނިޔޭގަ ސަލާމަތުން އެބަހުރި. އަހަރުމެނާ ވަރަށް ގާތުގަ.” އަސްމާގެ ދުލުން ނުކުތް ޖުމުލަތަކުން އާރިޝްގެ ދެލޯ ބޮޑުވެގެން ދިޔައެވެ. މިއީ ދުވަހަކުވެސް އަސްމާގެ ފަރާތުން ވިޔަސް ނޫނީ އެހެން މީހެއްގެ ފަރާތުން ވިޔަސް އޭނާ އަޑުއަހައިފައިވާ ވާހަކައެއް ނޫނެވެ. އެ ފަސް ބެއިން ފިޔަވައި އިތުރު މީހަކު އެ އާއިލާގައި ހިމެނޭ ކަމެއް އާރިޝް ނުދެނަހުއްޓެވެ. “ކޮންކުއްޖެއް؟”

އަސްމާ ދިޔައީ ފުން ނޭވާތަކެއް ލަމުންނެވެ. އޭނާ ހާސްވާގޮތްވަނީއެވެ. ޒައިންގެ ނަން ބުނަން ޖެހިލުންވަނީއެވެ. ފަހަރުގައި އާރިޝް އެކަން ޤަބޫލުނުކުރުމަކީ އެކަށީގެންވާ ކަމެކެވެ. އެހެންނަމަވެސް އޭނާއަށް އެ ސުވާލުގެ ޖަވާބުދޭން މަޖުބޫރެވެ. “ބުނެބަލަ މަންމާ ކޮންކުއްޖެއްތަ؟” އާރިޝްގެ ހިތް އަވަސްވަމުންދިޔައެވެ. އެއީ ކޮންކުއްޖެއްކަން އެނގެން ބޭނުންވެފައި ހުރިވަރުންނެވެ. “އެއީ… އެއީ.. ޒް..” އަސްމާ އަށް ބުނަން އުނދަގޫވިއެވެ. “ހްމް ހްމްމް ބުނެބަލަ މަންމާ. ކޮންކުއްޖެއްތަ؟” އާރިޝް މިފަހަރުވެސް ސުވާލުކުރިއެވެ. އަސްމާ ފުންނޭވައެއްލަމުން ދެލޯ މަރައިލިއެވެ. “ޒައިން.” އާރިޝްގެ ކަންފަތުގައި ހީވީ ބާރު އެތިފަހަރެއް އަޅުވައިލިހެންނެވެ. ބުނާނެ އެއްޗެއް ވެސް ނޭނގިފައި އަސްމާ އާއި ދިމާލަށް ބަލަހައްޓައިގެން އާރިޝްއަށް ހުރެވުނީއެވެ. “ކިހިނެތް އެހެން ވާނީ؟” އަސްމާ އާއި ދިމާލަށް ބަލަހައްޓައިގެން ހުރެ އާރިޝް އެހިއެވެ.

އަސްމާ އިންތަނުން ތެދުވެ ކޮޓަރީގެ ބެލްކަނި ދޮރާއި ދިމާލަށް ދިޔައެވެ. ދޮރު ކަނީގައި އަތްއަޅުވައިލަމުން އަސްމާ އޭނާގެ މާޒީގައި ކަން ހިނގި ގޮތް އާރިޝްއަށް ކިޔައިދޭން ފެށިއެވެ. ޒައިން ލިބުނުތާ ގިނަދުވަސްތަކެއް ނުވެ ޒައިން ގެއްލުނު ވާހަކަ އާއި އޭނާ އަށް ވީގޮތެއް ނޭނގި އަސްމާގެ ދެމަފިރިން އުޅުނު ގޮތް ކިޔައިދިނެވެ. ލިބުނު ހިތާމައާއި ޝޮކުގެ ސަބަބުން ކަމާބެހޭ ފަރާތްތަކަށްވެސް އެކަން އަންގަން އެމީހުންނަށް ނޫޅެވުނު ވާހަކަ ވެސް ކިޔައިދިނެވެ. އަދި އެމީހުންނަށް އާރިޝް ލިބުނީވެސް އެ ހިތާމައިގައި ދުވަސްތައް ގުނަމުންދަނިކޮށެވެ. “ޒައިން ގެއްލުނުތާ ތިރީސް ހަތަރު އަހަރު ފަހުން މަންމަގެ ލޮލަށް އެ ދަރިފުޅު މި ފެނިލީ. ﷲ އިރާދަކުރެއްވިއްޔާ އެ ދަރިފުޅު އެހުރީ ފުރިހަމަ ޞިއްޙަތެއްގަ ބޮޑުވެފަ. މިއޮތް ހުރިހާ ދުވަހު އެ ދަރިފުޅު ބެލެހެއްޓެވީތީ މާތްﷲ ގެ ކިބަފުޅަށް ޝުކުރުވެރިވަން.” އަސްމާގެ ތުންފަތަށް ލުއި ހިނިތުންވުމެއް ވެރިވިއެވެ. އޭނާއަށް ހަމަޖެހުމެއް މި ލިބުނީ ައަދި ކިރިޔާއެވެ. އެ ވާހަކަތައް ޚިއްޞާނުކޮށް މިއޮތް ހުރިހާ ދުވަހު އަސްމާ އުޅުނު ޙާލު ޢާލްމަތަކުގެ ވެރި ﷲ ދެނެވޮޑިގެންވާނެއެވެ. “ދަރިފުޅާ!” އަސްމާ ފަސް އެނބުރި އާރިޝްއަށް ބަލައިލިއިރު އާރިޝް ހުރީ އިސްޖަހައިލައިގެންނެވެ.

އަސްމާ އަށް ބަލައިލައި ހިނިތުންވެލުމަށްފަހު އާރިޝް އެ ކޮޓަރިން ނުކުތެވެ. އާރިޝް އެނބުރި އޭނާގެ ކޮޓަރިއަށް ވަތްގޮތަށް އޭނާގެ ދެލޮލުން އިސާހިތަކު ކަރުނަ އޮހޮރެން ފަށައިފިއެވެ. ފިރިހެނެއްކަމަކު އާރިޝްއަށްވެސް ކެތްނުވީއެވެ. ވޭތުވެ ދިޔަ ދުވަސްތަކު އޭނާގެ މަންމަ އުޅޭނެ ޙާލު ހިތަށް އެރުމުން އޭނާއަށް މޭގައި އަތް ޖައްސައިލެވުނެވެ. މަންމަ މިއޮތް ހުރިހާ ދުވަހު އެ ވާހަކަ ނުބުނެ ސިއްރު ކުރީ ކީއްވެގެން ހެއްޔެވެ؟ އޭނާގެ ބައްޕަ ދުނިޔޭގައި ހުރި އިރުވެސް އެކަމާ ގުޅޭގޮތުން އެކައްޗެއްވެސް ނުބުނެއެވެ. ކުޑަމިނުން ޒައިންގެ ނަންވެސް ނުގަނެއެވެ. މާޒީގައި ޒައިން އުޅުނީ ކޮންފަދަ ޙާލެއްގައި ކަމެއްވެސް އެނގެނީއެއްނޫނެވެ. އެމީހުންނެކޭ އެއްފަދައިން ޒައިންގެ ގައިގައިވެސް ހިނގާނީ ހަމަ އަސްމާ އާއި ޒައިދްގެ ލެއެވެ. ޒައިން އެ ޢާއިލާއަށް ގެންނަން އާރިޝް ބޭނުންވިއެވެ. އޭނާއާއި އެއް ލޭ ހިނގާ މީހަކު ދުރުގައި ބަހައްޓާކަށް އޭނާ އެއްގޮތަކަށްވެސް ބޭނުމެއްނޫނެވެ. މިވީގޮތުން ޒައިންއަށް ޒައިންއަކީ ކާކުކަންވެސް ނޭނގޭނެތާއެވެ. އެންމެ ފުރަތަމަ އޭނާ ކުރަން ޖެހޭނެ ކަމަކީ ޒައިންއަށް ހުރިހާ ޙަޤީޤަތެއް ކިޔައިދިނުމެވެ. ނަަމަވެސް އެންމެ ބުއްދިވެރި ވާނީ އަސްމާ ލައްވާ ޒައިންއަށް ހުރިހާ ޙަޤީޤަތެއް ކިޔައިދިނުމެވެ.

އޭގެ އަނެއްދުވަހެވެ. ގަމީހުގެ އަތުކުރި އޮޅަމުން ޒައިން ބޭރަށް ނުކުތެވެ. މަގުމަތީ ހިނގަމުން ދިޔަ ޒައިންގެ މިޞްރާބު ހުރީ ގެއާއި މާ ދުރުނޫން ހިސާބުގައި ހުރި ފިހާރައާއި ދިމާލަށެވެ. އަތުގައި އޮތް ތަޅުދަނޑިފަތީގައި އަޅުވައިފައި އިން ޗޭނުގަނޑުގައި އެއް އިނގިލިން އަޅުވައި ހޫރުވަމުން އޭނާ ދިޔައީ ތުނބުން ފުމެމުންނެވެ. ޒައިންއަށް އަނެއްކާވެސް ވަޒީފާއެއް ލިބެން އުޅޭތީ އޭނާއަށް އުޅެވޭނޫޅެވޭ ގޮތްވެސް ނޭނގެއެވެ. ދުވަސްތަކަކަށްފަހު އަނެއްކާވެސް އޭނާ އަދާކުރަން ބޭނުންވާ ވަޒީފާއެއް ލިބެން އުޅޭތީ ޒައިން ހުރީ ވަރަށް އުފާވެފައެވެ. އެއްވެސް ޚިޔާލެއް ފިކުރެއްނެތި ހިނގަމުން ދިޔަ ޒައިންއަށް ހުއްޓެވުނީ އޭނާ ހޫރުވަމުން ދިޔަ ތަޅުދަނޑިފަތިން މީހެއްގެ ގައިގައި ޖެހުނުހެން ހީވެގެންނެވެ. ފަސްއެނބުރި ބަލައިލިއިރު އޭނާއަށް ފުރަގަސްދީގެން ހުރިި މީހަކު އެމީހެއްގެ އަތުގެ މުލައްދަނޑީގައި ފިރުމައިލަ ފިރުމައިލަ ހުއްޓެވެ. “ވަރަށް ބޮޑަށް މާފުކުރައްވާތި. އަޅުގަނޑު ގަސްދަކުނޫން.” ކިތަންމެ ޖެހިލުންވެފައި ހުއްޓެއްކަމަކު ޒައިން އެމީހެއްގެ ކިބައިން މަޢާފަށް އެދުނެވެ.

އަތުގެ މުލައްދަނޑީގައި ފިރުމަން ހުރި އާރިޝްގެ ކަންފަތުގައި ޖެހުނު އަޑުން އޭނާގެ ޙަރަކާތްތަަކަށް ހުއްޓުން އެރިއެވެ. އަތަށް އިޙުސާސްވަމުންދިޔަ ތަދުވެސް އެކީ ފިލައިގެން ދިޔަ ކަހަލައެވެ. ފަސްއެނބުރި ބަލައިލިއިރު ކުރިމަތީގައި އެހުރީ ޒައިން އެވެ. އޭނާގެ ބޭބެއެވެ. ނޫނެކެވެ. އާރިޝް މެން ފަސް ބެއިންގެ ބޭބެއެވެ. އެކަމަކު އެ ބޭބެއަށް އޭނާގެ ކުރިމަތީގައި އެހުރީ އޭނާގެ އެއްލޭ ހިނގާ ކޮއްކޮ ކަމެއްވެސް ނޭނގޭނެއެވެ. އާރިޝް ގަދަކަމުން ތުންފަތަށް ހިނިތުންވުމެއް ވެރިކުރުވަމުން އެއީ އެއްވެސް މައްސަލައެއް ނޫން ކަމުގައި ބުންޏެވެ. ޒައިން ހިނގައިގަތުމުން އަނެއްކާވެސް އާރިޝްގެ ހިތުގައި ޝަކުވާ އުފެދުނެވެ. އާރިޝް އާއި މާތްބަހުން ވާހަކަ ދައްކަން ޒައިންއަށް އޮތީ ކޮން ޙައްޤެއް ހެއްޔެވެ؟ ނަމަވެސް އެމީހަކަށް އެމީހަކީ ކާކުކަން ނޭނގޭ މީހަކަށް އެނގޭނީ ކޮން އެއްޗެއް ހެއްޔެވެ؟

ޒައިން ދިޔަ ދިމާލަށް ބަލަން ހުރުމަށްފަހު އާރިޝް ވެސް އޭނާ ދާން ބޭނުންވާ ދިމާލަށް ދާން ހިނގައިގަތެވެ. ނައިޒަކް ގެ އެހީގައި ޒައިން ދިރިއުޅޭ ތަނެއް ހޯދައިފައި ޒައިން އާއި ބައްދަލުކުރަން އާރިޝް ބޭނުންވިއެވެ. އާރިޝް އެންމެ ޙައިރާންކުރުވި ކަމަކީ ޒައިން އާއި ނައިޒަކް އާއި ދެމީހުން އެހާ ގިނަ ދުވަސް ވަންދެން އެކުގައި އުޅުނު އިރުވެސް އެކަހަލަ އެއްވެސް ކަމެއް އެ ދެމީހުން ކުރެ އެކަކަށް ވެސް ނޭނގުމުންނެވެ. ކޮންމެއަކަސް ޒައިން އާއި ބައްދަލު ކޮށް ޒައިން އަށް ޙަޤީޤަތް ކިޔައިދޭން އާރިޝްގެ ހިތުގައި އުފެދުނު ޝައުޤު އިތުރުވެގެން ދިޔައެވެ.

– ނުނިމޭ –

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Hafsath Noora

Level 610 Stories100 Comments100 Login500 Comments

Born on 13th April 2005. Always wants to write stories. Specially Dhivehi stories. Love to read stories too. Loves to read comments. Positive and negative comments are always welcome. Lots of loves to my readers from the bottom of my heart ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

Other Articles

Previous

ކޫރު – ޓްރެއިލާރ

Next

ވާށޭ މަށާ އެކީ-1

Next
March 27, 2020

ވާށޭ މަށާ އެކީ-1

Previews
March 27, 2020

ކޫރު – ޓްރެއިލާރ

7 Comments!

  1. No more 12 says:
    March 27, 2020 at 10:55 am

    Yay me first dhw.. Btw mi part vs varah salhi but thankolheh kury… N nxt part kon irak tha up vaany???

    1. Dhonthy says:
      March 27, 2020 at 2:04 pm

      Yayyyyy dear you are first. Hehe. Thank you so much dear. Yh. Ehengnaa liyaavarah vure mi bai kuruhen dhonthi au es heevanee. Dhen oiy episode dhigukollaanan Insha Allah. And seedhaa upload vaane dhuvaheh neynge ekmves v avahah upload kolla Dheynan next episode. Keep waiting dear.

  2. Quiiin? says:
    March 27, 2020 at 11:56 am

    !!!Hey dhonthy
    Vrh vrh rythi mi part vx … i really like it … avahah zain e aailaa aa gulhey nama …
    Waiting fr nxt …
    ❤Be safe
    Ly
    ?❤

    1. Dhonthy says:
      March 28, 2020 at 11:24 am

      Hi quiiin!! Thank you dear. Hehe. Zain dhaaneyey adhi zainge family kairiau. Yes dear. Keep waiting! You too stay safe dear. Love you too ❤️❤️❤️❤️?

  3. Dhonthy says:
    March 27, 2020 at 2:01 pm

    Salaam all. Here is the sixteenth episode of Ma’aaf. Unmeedhukuran gina kiyuntherinnau es kamudhaanekamau. Enjoy reading and leave a comment. Love you all ❤️❤️❤️❤️❤️❤️?

  4. Lakva says:
    March 27, 2020 at 7:27 pm

    Mi vaahakaiga loabyge evvx kameh nuvaane thr? just asking…?
    Vhk vrh rythi ma sha allah

    1. Dhonthy says:
      March 27, 2020 at 9:39 pm

      Yes Lakva. Lwbiige ehves kameiy nuvaane. And thank you so much Lakva dear. ❤️❤️?

Comments are closed.

Next Episodeމަޢާފް – ސަތާރަވަނަ ބައި←


All Right Reserved!