Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ކައިރީގައި އެހެނަސް.. ދުރުގައި… 5

Axoo Level 310 Stories100 Comments100 Login
March 22, 2020 4 Mins Read
21 Comments

އާޔަންއާއި ދޭތެރެ ވިސްނިވަރަކަށް ނިޝީގެ ހިތުގައި އާޔަންގެ ހަޤީޤަތް ހޯދުމަށް އޮތް ޝައުޤުވެރިކަން ބޮޑުވަމުން ދިޔައެވެ.

 

އެރޭ އުޅެއުޅެވެސް އާޔަންއަކަށް ނުނިދުނެވެ. ސިކުނޑީގައި އެނބުރެމުން ދިޔައީ ނައިރާއާއި އޭނާގެ ހަނދާންތަކެވެ. އަޔާނާގެ މައުސޫމު މޫނެވެ. ކައިރީގައި ހުރެ ނަމަވެސް މިއަދު ނައިރާއަށް ފިރިއެއްގެ ލޯބިދެވޭކަށް ނެތެވެ. އަޔާނާއަށް ބައްޕައެއްގެ ލޯބި ދެވޭކަށް ނެތެވެ. މިވަގުތު އާޔަންއަށް އިހުސާސް ކުރެވެމުން ދިޔައީ އޭނައަކީ މިވަގުތު ދުނިޔެމަތީގައި ހުރި އެންމެ ނަދުނަސީބުވެރިޔާގެ ގޮތުގައެވެ. އޭނާގެ އާއިލާގެ ކައިރީގައި ހުރިނަމަވެސް އާޔަންވަނީ އެމީހުންނާ އެތައް މޭލެއް ދުރުގައެވެ. ހަޔާތުގެ މިކުރު ދަތުރުގައި އަދި ކިތައް ފަރުބަދަ ހުރަސް ކުރަން ޖެހޭނެބާއޭ އާޔަންގެ ހިތަށް އަރަމުންދިޔައެވެ. ނުނިދޭނެކަން ޔަގީންވެ ސިކުނޑިއަށް ބާރުބޮޑުވާން ފެށުމުން އާޔަން ތެދުވިއެވެ. ވުޟޫކޮށްލައިގެން އައިސް ނަމާދަށް އެރީ ހިތްހަމަޖެހުން އޮތީ އެގޮތުން ކަމުގައިވާތީއެވެ.

…………………………………………………………………………

” ނައި… މިދުވަސްކޮޅު ތިވަރަށް ވިސްނުމަކީ އެހާ ރަނގަޅުކަމެއް ނޫން.. އާޔަންއަށް ނުގުޅިގެން އުޅޭ ކޮންމެވެސް ސަބަބެއް އޮންނާނެ… ސަބަބެއް ނެތި އާޔަން ނައި އަށް ނުގުޅާ ހުންނާނެ ހެނެއް އަހަންނަކަށް ހިޔެއްނުވޭ… ” ކޮލެޖްގެ ބެންޗެއްގައި އިށީނދެގެން ތިބި ނައިރާއާއި ވިލީޝާ ވާހަކަދައްކަމުން ދިޔައެވެ.

” ވލީ އަހަރެން ކިހިނެއް ނުވިސްނާ ހުންނާނީ… އަހަރެންގެ ދޮންބެ މަރުވެގެން އެދިޔައިރު އަހަންނަށް އެމޫނު ދެކިލުމުގެ ފުރުސަތުވެސް ނުލިބުނު… މިވަގުތު އަހަރެންގެ އާއިލާ މީހުން ކުރާނެ ހިތާމަ އަހަންނަށް އަންދާޒާ ކުރެވޭ.. އަނެއްކޮޅުން އާޔަންގެ ހަބަރެއްވެސް ވަނީއެއްނޫން… ނުވިތާކަށް އާޔަންގެ ބައްޕަ ފޯނަކަށްވެސް ނުގުޅޭ.. މިވަރުން ކިހިނެއް އަހަރެން ނުވިސްނާ ހުންނާނީ… ” ކަންބޮޑުވެފައި އިން ނައިރާ ބުންޏެވެ.

” ނައި… ކޮންމެ އެއްޗަކީ ފަނާވެގެން ދާނެ އެއްޗެއްކަން ޤަބޫލުކުރަންޖެހޭނެ… މިވަގުތު މީ ނައި އުފާކުރަންވީ ވަގުތު.. ބަނޑުގައި އޮތް ދަރިފުޅަށްޓަކާ… ” ވިސްނައިދޭން މަސައްކަތް ކުރަމުން ވިލީޝާ ބުންޏެވެ.

” ކިހިނެއް އުފާކުރާނީ… މިއުފާވެރި ހަބަރު ހިއްސާކުރަން ބޭނުންވާ ފަރާތުގެ ހަބަރެއް ވަނީއެއް ނޫން… ވަރަށް ނުބައި އެއްޗެހި ހިތަށް އަރަނީ… ހިތަށް އަރަނީ ދޮންބެ ގޮތަށް އާޔަންވެސް އަހަންނަށް ގެއްލުނީ ބާއޭ” ނައިރާއަށް އެހެން ބުނެވުނުއިރު ދެލޯ ފެންކަޅިވެއްޖެއެވެ.

………………………………………………………………………….

އެނދުގެ ހެޑްބޯޑުގައި ލެގިލައިގެން އިން ނައިރާ އޭނާގެ ދެލޮލުން އޮހެމުން ދިޔަ ކަރުނަތައް ފޮހެލިއެވެ. ކައިރީގައި ވިލީޝާއަށް އޮތީ ނިދިފައެވެ. މިރޭގެ ނިދިން ނައިރާ ވަނީ މަހްރޫމްވެފައެވެ. މީގެ ފަސްއަހަރު ކުރިން ކަންތައްވީ އޭނައަށް ހީކުރެވުނު ގޮތަށެވެ. އޭނާ އެންމެ ލޯބިވި އާޔަން އޭނާއަށް ގެއްލުނީއެވެ.

 

އާދައިގެ މަތިން ފަތިސް ނަމާދަށްފަހު އާޔަން މިސްރާބު ޖެހީ ބަދިގެއަށެވެ. ހެނދުނުގެ ސައިތައްޔާރު ކުރުމަށެވެ. ބަދިގެއަށް ވަންއިރު އުނދުން ކައިރީގައި ކޮފީއެއް ތައްޔާރު ކުރަން ހުރި ނައިރާ ފެނުމުން އާޔަންގެ ފިޔަވަޅުތައް މަޑުޖެހުނެވެ. ކުރިއަށް ފިޔަވަޅެއް ނޭޅި ނައިރާ ބަލަހައްޓައިގެން ހުރެވުނީއެވެ. ނައިރާއަށް ވެސް އާޔަންއަށް ބަލަހައްޓައިގެން ހުރެވުނީ އެއްވެސް ހިޔާލެއް ފިކުރެއް ނެތިއެވެ. އާޔަން އަމިއްލަ ނަފްސު ހަމަޔަކަށް އަޅުވާލަމުން ނައިރާއާއި ނަޒަރު ވަކިކޮށްލެވުނެވެ. ހިތްވަރުކުރަމުން ނައިރާ ހުރަސްކޮށް ކާޑުގެ ބާވަތްތައް ހުރި ދިމާއަށް ދިޔައެވެ. ބޮޑު ތައްޓަށް ފުށްއެޅުމަށްފަހު ފެންހޫނުކުރާ ޖަގު ބެހެއްޓިފައިވާ އަށިގަނޑު ކައިރިއަށް ގޮސް ފުށްމޮޑުމުގެ މަސައްކަތް ފެށިއެވެ. އެހުރިހާއިރު އާޔަންގެ ހަރަކާތްތަކަށް ބަލަހައްޓައިގެން ނައިރާ ހުއްޓެވެ.

” މިގޭ މީހުންނަށް ތީ އަހަރެންގެ ފިރިމީހާކަން ސިއްރުކޮށްދޭނަން.. “ދާދި ކައިރިން އައި ނައިރާގެ އަޑަށް އާޔަން ބަލާލިއެވެ. އޭރު ނައިރާ ހުރީ އާޔަން އާއި ދާދި ގާތުގައެވެ.

” އެކަމަކު އަހަރެން ކުރާ ސުވާލުތަކަށް ތެދުތެދަށް ޖަވާބު ދިނިއްޔާ” އަށިގަނޑުގައި ލެގިލަމުން ނައިރާ ބުންޏެވެ.

” އަހަރެން ދޮގު ހެދިއްޔާ ނައިރާއަށް އެނގޭނެތަ…” ނައިރާއަށް އަވަސް ނަޒަރެއް ދެމުން އާޔަން އަހާލިއެވެ.

” ރަނގަޅު ވާހަކައެއް… އެކީގަ އުޅުނު ތިން އަހަރު ދުވަހުވެސް އާޔަންގެ ތެދު ދޮގު އަހަންނަކަށް ނޭނގުނު ވިއްޔަ… އެކަމަކުވެސް ހީކުރަން އެޓްލީސްޓް މިފަހަރު ތެދަށް ޖަވާބު ދޭނެ ކަމަށް” އަތުގައި ހުރި ކޮފީތަށިން ކޯވަރެއް ބޯލަމުން ނައިރާ ވާހަކަދެއްކިއެވެ.

” ކުރަން ބޭނުންވާ ސުވާލެއް އަވަހަށް ކުރޭ… މީހަކަށް ފެނިއްޖިއްޔާ ރަނގަޅެއް ނުވާނެ… ” ބަދިގޭގެ ދިރާ ދިމާއަށް ބަލާލަމުން އާޔަން ބުންޏެވެ.

” ހާދަ ބިރެކޭ ތިގަންނަނީ… ރިލެކްސް… އަހަރެންގެ އާއިލާއާއި އެކު އުޅުނުހާ ދުވަހު ނޭނގޭތަ އެމީހުންނަކީ މިހާ ފަތިހާ ހޭލާ ބައެއް ނޫންކަން…” ނައިރާ މަލާމާތް ކޮށްލިއެވެ.

” ކޮބާއިބާ މިހާރު ޒިވީ… އޭނަވެސް ދޫކޮށްލީތަ… އެހެންނޫނީ ޒިވީ ފޫހިވެގެން އާޔަން ދޫކޮށްލީތަ…” އަނެއްކާވެސް ނައިރާ އަހާލިއެވެ.

” ޒިވީވެސް އެބައުޅޭ… ބަނޑަށް ހަމަސް…” އާޔަން ޖަވާބުދިނީ ހިނިތުންވެލަމުންނެވެ. ނައިރާގެ ހިތަށް ތޫނު ކަށިތަކެއް ހެރުނު ކަހަލައެވެ. ދެލޯ ފެންކަޅިވެގެން ދިޔައީ ކުޑަ ހިނދުކޮޅެއްގެ ތެރޭގައެވެ. ނަމަވެސް ކެތްތެރިވެ ހިނދިރުވާލަމުން ދެވަނަ ސުވާލުކުރަން ތައްޔާރުވިއެވެ.
” ކީއްވެބާ މިގޭގަ މިކަހަލަ މަސައްކަތެއް ތިކުރަނީ.. ތީ އަހަރުމެން ކޮލެޖުގެ ޓޮޕަރ އެއްނު.. މިއަށްވުރެ މާރަނގަޅު ވަޒީފާވެސް ލިބޭނެކަން ޔަގީން.. ދެން ކީއްވެބާ މިވަޒީފާ ހިޔާރުކުރީ” ނައިރާ ސުވާލު ކުރިއެވެ.

” ފައިސާ… ނައިރާއަށް އަންދާޒާވެސް ނުކުރެވޭނެ މިގޭގަ މިމަސައްކަތް ކޮށްގެން އަހަންނަށް ލިބޭ އެމައުންޓް.. އަހަރެން ދިވެއްސަކަށްވިމަ ކަންނޭނގެ… އައިމް ހެޕީ ވިތް މައި ވަރކް” ނައިރާއަޢި ދިމާއަށް ބަލާލާފައި ހީލަމުން އާޔަން ބުންޏެވެ.

” އެހެންނޫނަސް އަހަންނަކަށް ކުރިއަކުން ނޭނގޭ ތީ މިގޭ ކުއްޖެއްކަމެއް… އެކަން އެނގުނު ނަމަ މިގެއަކަށް ނާންނާނަން…” އަނެއްކާވެސް އާޔަން ބުނެލިއެވެ.

” ހަމައެހާވެސް އަހަރެންދެކެ ރުޅިއާދޭތަ…” މިފަހަރު ނައިރާގެ އަޑު ކުރަކިވެފައި މަޑެވެ. އާޔަންއަށް ކުރަން ހުރި މަސައްކަތް މަޑުޖައްސާލެވުނެވެ.

” އަހަރެން އެއްވެސް އިންސާނެއް ދެކެ ސަބަބަކާ ނުލާ ރުޅިއެއްނާދެ… ” އަނެއްކާވެސް މަސައްކަތް ފަށަމުން އާޔަން ބުންޏެވެ.

” ދެން ކީއްވެ އަހަރެން ދޫކޮށްލީ” އަނެއްކާވެސް ނައިރާ ސުވާލުކޮށްލިއެވެ.

” ހަމަ ނޭނގިގެންތަ ތިއަހަނީ… އެދުވަހުވެސް އަހަރެން ނައިރާ ކައިރީ ބުނިން ކަންނޭނގެ” އާޔަން ބުންޏެވެ. އެދުވަސްމަތިން ހިތަށްއެރުމުން އިތުރަށް ނައިރާގެ ހިތުގައި ޖެހުނެވެ.

” އެންމެ ރަނގަޅު… އެހެންވީއިރު ކީއްވެތަ އަހަރެން ވަރިނުކޮށް އައީ” މިފަހަރު ނައިރާ ކުރި ސުވާލަށް ޖަވާބުދޭން އާޔަންއަށް ފަސްޖެހެވުނެވެ.

” ނައިރާވެސް ވަރިއަށް ނޭދޭތީ.. އިނުމުގެ ކުރިން އަހަރެން ވައުދުވިން  ނައިރާ ވަރިއަށް ނޭދެހާ ހިނދަކު ވަރިނުކުރުމަށް… ނައިރާ މިހާރު ބުންޏަސް އަހަރެން މިހުރީ ވަރިކޮށްދޭން ތައްޔާރަށް” އާޔަން ފަހު ޖުމްލަ ބުނެލިއިރު ހިތް ބިރުގަނެ ބާރަށް ތެޅެމުން ދިޔައެވެ.  ނައިރާގެ ދުލުގައި ތަޅެއް ލެވުނު ކަހަލައެވެ. ވަރި އެލަފްޒު ހިތަށް އެރިޔަސް ނައިރާ ގައިން ހީބިހި ނަގައިގެން ދެއެވެ. ވަރިއަށް އެދެން އަދި ނައިރާ ތައްޔާރެއް ނޫނެވެ.

” އެވައުދު ހަނދާން ހުރިއްޔާ އަހަރެންވެސް ވައުދެއްވިން… އަހަރެން ވައުދުވިން ދުވަހަކުވެސް އާޔަން ކައިރިން ވަރިއަށް ނޭދެން…” ލޮލުން ފޭބި ކަރުނަތައް ފޮހެލަމުން ނައިރާ ބުންޏެވެ. ކޮފީތަށި ހުރިގޮތަށް އަށިގަނޑު ބަހައްޓަމުން އެތަނުން ދާން ހިނގައިގަތެވެ. އިރުކޮޅަކުން ހުއްޓިފައި އެނބުރި އާޔަންއަށް ބަލާލިއެވެ.

” ހަނދާންކުރާތި.. އަޔާނާއެއީ ހަމައެކަނި އަހަރެންގެ ދަރިއެއް… އޭނަގައިގަ އިނގިލި ކުރިވެސް ޖައްސާލައިގެން ނުވާނެ… ” މިހެން ބުނެ ހަރު  ހިނގުމެއްގައި ނައިރާ އެތަނުން ނިކުތެވެ.

ނައިރާ ދިޔައީކަން ޔަގީންވުމާއި އެކު އާޔަންއަށް ފުންނޭވައެއް ދޫކޮށްލެވުނެވެ. އަބަދު ނައިރާގެ ކުރިމަތީގައި ހަރުހިތެއްގެ ވެރިޔަކަށް ވެގެން އުޅެވިދާނެބާއޭ އާޔަންގެ ހިތަށް އަރައެވެ. ނައިރާގެ އެދެލޮލުން ފައިބާ ކަރުނަތައް ދުށުމަކީ އާޔަންއަށް ކެތްކުރަން ދަތި ކަމަކެވެ. މިގެއިން ދާން ބޭނުންވިޔަސް އެކަމެއްވެސް ވާކަށް ނެތެވެ. އަމިއްލައަކަށް މަރުވަންވެސް ހިތަށް އަރާ ފަހަރުއާދެއެވެ. އެހެނަސް އެއީ ހަރާމްކަމެއްކަން އެނގިހުރެ އެކަން ކުރާކަށް ނުކެރޭނެއެވެ. ކުރިމަތިވެފައިވާ މަޖުބޫރީ ހިތަށް އެރުމުން ފިރިހެނެއް ނަމަވެސް އާޔަންއަށް ރޮވުނެވެ. ނައިރާއަށް ހަޤީޤަތް ކިޔައިދޭން އިންތިހާއަށް ބޭނުންވިނަމަވެސް ހަޤީޤަތް އެނގުމުން ނައިރާ އޭނައަށް ނަފްރަތު ކުރާނެއެވެ. ތަޤުދީރުގައި އަނބިމީހާއާއި ދަރިފުޅުގެ ލޯބި ލިބެން ނެތީކަން މިހާރު ޔަގީންވެއްޖެއެވެ.

 

ޝާކިރާގެ ކޮޓަރީގެ ދޮރުގައި ނައިރާ ޓަކިޖަހާލީ މިވަގުތު އެމީހުން ހޭލާއުޅޭނެކަން އެނގޭތީއެވެ. ގިނައިރުތަކެއް ނުވެ ނާޝިދު ދޮރުހުޅުވާލިއެވެ.

” ދަރިފުޅާ މިހާރު ރަނގަޅުދޯ… އާދޭ އެތެރެއަށް..” ނައިރާގެ ކޮނޑުގައި އަތް އަޅުވާލަމުން ނާޝިދު ބުންޏެވެ. އެނދުގެ ހެޑްބޯޑުގައި ލެގިލައިގެން އިން ޝާކިރާގެ ތުންފަތްމައްޗަށް ހިނިތުންވުމެއް ވެރިވީ ނާޝިދާއި އެކު އެތެރެއަށް ވަން ނައިރާ ފެނިފައެވެ.

” ދަރިފުޅާ އާދޭ މިތާ މަންމަ ކައިރީ އިށީނދެލަން…ރަނގަޅު ދޯ މިހާރު… ވަރަށް އުފާވެއްޖެ ދަރިފުޅު މިކޮޓަރިން ފެނުނީމަ” ނައިރާއާއި ދިމާއަށް އެއް އަތް ދަމާލަމުން ޝާކިރާ ބުންޏެވެ.

” އާނ… މިހާރު ރަނގަޅު…” ޝާކިރާ ކައިރީގައި އށީންނަމުން ނައިރާ ބުންޏެވެ.

” ބައްޕަ އޮފީހުން އަންނައިރު އަހަންނަށް ސިމްކޮޅެއް ގެނެސްދެއްޗެ… ” ތުވާލި ހިފައިގެން ފާހަނާއާއި ދިމާއަށް ނާޝިދު ކައިރީގައި ނައިރާ އެދުނެވެ. ނާޝިދު އެންމެ ރަނގަޅޭ ބުނުމަށްފަހު ފާހަނާއަށް ވަނެވެ.

” ވޭތުވެ ދިޔަދުވަސްތަކުގަ މަންމަ ހާދަ އެކަނިވެރިއެއްވިޔޭ… ނާއިޝްއާއި ނަންނި މަތިން ހަނދާން ނުވާ އެންމެ ދުވަހެއް ވެސް ނުދާނެ… ނާއިޝް މަރުވި ފަހުން ވަކިން ބޮޑަށް ދަރިފުޅު މަތިން ހަނދާންވޭ..” ނައިރާގެ މޫނުގައި ފިރުމާލަމުން ޝާކިރާ ބުންޏެވެ.

” އަހަރެން މެލޭގަ ހުރިއިރު ދޮންބެގެ ހަބަރު ލިބުނީ ރައްޓެހި ކުއްޖެއްގެ ފަރާތުން… މަންމަމެންނަށް ގުޅަން ވަރަށް ބޭނުންވި އެކަމަކު ނުކެރުނީ… މިކޮޅަށް އެނބުރި އަންނަން ވަރަށް ބޭނުންވި އެކަމަކު އޭރު ބަނޑަށް ދެމަސް… ޑޮކްޓަރުން ލަފާދީފަ އޮތީ ދަތުރުނުކުރަން… ފިރިމީހާވެސް އެދުވަސްކޮޅު ހުރީ ރަށުން ބޭރުގަ.. އޭނަ ފޯނަށް ގުޅަން އުޅެ އުޅެ ނުއެއް ގުޅޭ… ” ހަޔާތަށް އައި އެންމެ ހިތްދަތި ދުވަސްތައް މަތިން ހަނދާން އާ ކުރަމުން ނައިރާ ބުނެލިއެވެ.

Share Article

Follow Me Written By

Axoo

Level 310 Stories100 Comments100 Login

Other Articles

Previous

ނުވާނަން ތަފާތެއް… 7

Next

ބޭވަފާގެ އިންތިހާ

Next
March 22, 2020

ބޭވަފާގެ އިންތިހާ

Previews
March 22, 2020

ނުވާނަން ތަފާތެއް… 7

21 Comments!

  1. Axoo says:
    March 22, 2020 at 3:23 pm

    hey guys!! welcome to the 5th episode.. i hope you will like it.. feel free to share your views about this story.. take care!!

  2. Kai says:
    March 22, 2020 at 4:12 pm

    Masha allah varah rythi. When next part???

    1. Axoo says:
      March 22, 2020 at 4:16 pm

      Thanks Kai❤️.. next part tomorrow in Sha Allah

  3. magnumm says:
    March 22, 2020 at 4:23 pm

    varah varah thafaathu cute vaahaka eh masha allah???varah kiyaa hiyy vey secrets thakun furifa huhna mikahala stryss????whn next axoo…will be waiting ngeyyyy???much lavss

    1. Axoo says:
      March 22, 2020 at 4:59 pm

      ❤️ ❤️ ❤️ awwwnnn..
      ❤️ thank you magnumm

  4. Safu Abdulla says:
    March 22, 2020 at 4:45 pm

    V reethi

    1. Axoo says:
      March 22, 2020 at 5:00 pm

      Thank you safu ❤️

  5. Kairaa says:
    March 22, 2020 at 7:56 pm

    Varah reethi mi part vx….waiting for the nxt part….

    1. Axoo says:
      March 22, 2020 at 8:17 pm

      ❤️ Thank you kairaa

  6. Nooree says:
    March 22, 2020 at 9:21 pm

    Alhey ….so sweet…? hiy Hama heevanee falhaigen higaidhaanehen .next paat avass kohla dhehchey ❤️❤️❤️❤️

    1. Axoo says:
      March 22, 2020 at 9:41 pm

      Thank you Nooree ❤️

  7. Yan♥️ says:
    March 22, 2020 at 9:27 pm

    Varah reethi Masha Allah ? waiting for the next part who is zivee aayan ge dhe abinthibeytha curious to know the truth about aayan

  8. Axoo says:
    March 22, 2020 at 9:39 pm

    Thank you Yan ❤️

  9. LAZY_QUEENY says:
    March 22, 2020 at 9:45 pm

    Vvvv reethi mi part vx…….. Curiously waiting for next part ngey… Lysm ????

    1. Axoo says:
      March 22, 2020 at 10:20 pm

      Thank you queeny.. lv u mre ❤️

  10. eysha says:
    March 22, 2020 at 11:38 pm

    Kiyun theringe hiyyy thakaa kulhelan fisaaari molhu..azooo ah kaamiyaabi ah eden.azoooooo

    1. Axoo says:
      March 23, 2020 at 4:34 am

      Thank you eysha ❤️❤️❤️❤️

  11. Han says:
    March 23, 2020 at 12:09 am

    Mee kurin mi site ga liyafa oih story ehtha

    1. Axoo says:
      March 23, 2020 at 4:35 am

      Yes.. ehbai liyefa medhu kenduny..

  12. eysha says:
    March 23, 2020 at 8:44 am

    Mifaharu vaaane ehkoh ninmaalan ingey.eyrunthaaa dhw ehchakah vaaani axoooo

    1. Axoo says:
      March 23, 2020 at 11:10 am

      Yes in Sha Allah ?

Comments are closed.


All Right Reserved!