Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ކައިރީގައި އެހެނަސް.. ދުރުގައި… 8

Axoo Level 310 Stories100 Comments100 Login
April 5, 2020 5 Mins Read
12 Comments

އެންމެ ފުރަތަމަ އިހުވާން ކުލާހުން ފެނުނު ދުވަހުން ފެށިގެން ނިޝީގެ ހިތް އިހުވާންއަށް ދެވުނެވެ. އިހުވާން ކިޔަވައިދޭއިރު އެމޫނަށް ބަލަހައްޓައިގެން އިނދެވެނީ އެއްވެސް ފޫހިކަމެއް ނެތިއެވެ. އިހުވާން ބަލާލުމުން އިސްޖަހާލެވެނީ ހަތަރުކަޅި ހަމަކުރަން ނުކެރޭތީއެވެ. އެހުރިހާ ކަމެއް އިހުވާންއަށް ފާހަގަވެދާނެ ކަމަކަށް މީގެ ކުރިން ނިޝީއަށް ހީކުރެވިފައެއް ނުވެއެވެ. މިރޭ އިހުވާންގެ އަމަލުތައް ހުރި ގޮތުން ނިޝީ ލަދުން މަރުވެއްޖެއެވެ. އިހުވާންގެ ހިތް އޮތްގޮތްވެސް ކޮންމެވެސް ވަރަކަށް އެނގިއްޖެއެވެ. އެއަޑުގައިވި ފިރިހެންވަންތަކަށް ހަމަ ރަނގަޅަށްވެސް ނިޝީ މޮޔަކޮށްލައިފިއެވެ.

ރޮމުން ރޮމުން ނައިރާއަށް ނިކުމެވުނީ މަގުމައްޗަށެވެ. އޭރު ނައިރާއަށް ގޮވަމުން ވިލީޝާވެސް ފަހަތުން އާދެއެވެ.

” ނިޝީ.. އަހަރެން ހިތްހަލާކުވެއްޖެ… އާޔަން ހެދީ ތެދުކަން މިހާރު ޔަގީން ވެއްޖެ.. އޭނަ އެއީ ބޮޑު ބޭވަފާތެރިއެއް… ” ރޮމުން ރޮމުން ނައިރާ ކިޔަމުން ދިޔައެވެ.

” އަހަރެން އޭރުވެސް ބުނީމެއްނު… އަނެއްކާވެސް ނައި ހަރޓް ވެދާނޭ…” ނައިރާގެ ކުރިމަތީގައި ހުއްޓި އޭނާގެ ކޮނޑުމަތީގައި އަތް ބާއްވާލަމުން ވިލީޝާ ބުންޏެވެ.

” ސޮރީ ވިލީ.. ވަރަށް ބޮޑަށް ސޮރީ.. އަނެއްކާވެސް ބޭކާރު އުއްމީދުތަކެއް އަހަންނަށް ކުރެވުނީ… ސޮރީ” ރޯވަރުން ނައިރާ ކިޔާ ނުކިޔާ އެއްޗެއްވެސް އެނގެނީ ހަމަކިރިޔާއެވެ.

“ޝްޝް… ދެން ހުއްޓާލާ… ހިނގާ ދެން ގެއަށް ދާން.. ޑްރައިވަރަށް ގުޅަނީ މި” މަގުމަތިން ދާ ބައެއް މީހުންގެ ނަޒަރު އެމީހުންނަށް ހުއްޓެމުން ދާތީ ވިލީޝާ ބުންޏެވެ. ދަބަހުން ފޯނު ނަގަން އުޅުނު ވަގުތު ނައިރާ އެކަން މަނާ ކުރިއެވެ.

” އަހަރެން ބޭނުމީ ހިނގާލާފަ ދާން… ” ނައިރާ އޭނާ ބޭނުންވާ ގޮތް ފާޅު ކުރިއެވެ.

” އޯކޭ ބަޓް ނައި ދެން ނުރޯތި… މިވީހާ ދުވަހުވެސް ކެތްތެރިވީމެއްނު.. ދެންވެސް ކުރެވޭނެ” ނައިރާގެ މޫނުގައި ހިފަހައްޓާލާފައި މޫނު ފޮހެލައި ދެމުން ވިލީޝާ ބުންޏެވެ.

އެތަކެއް ދުވަހަށް ފަހު އާޔަންއަށް ލިބުނު ޒިވީގެ ކޯލަށް ފަހު އާޔަންގެ ހަމަޖެހުން ގެއްލިއްޖެއެވެ. ޒިވިއާއި ބައްދަލުކުރަން ނައިރާ އެގެއަށް ގޮސްދާނެ ކަމަކަށް އާޔަންއަށް ހިކުރެވިފައެއް ނެތެވެ. ދެވަނަ ފަހަރަށް އެކަހަލަ ކަމެއް ތަކުރާރުވުމުގެ ކުރިން ނައިރާއާއި ވާހަކަދައްކައި އެކަން ހުއްޓުވަން އާޔަން ބޭނުންވެއެވެ. އެހެންނޫނީ ނައިރާއަށް ހުރިހާ އެއްޗެއް އެނގޭކަށް މާގިނަ ދުވަހެއް ނުނަގާނެއެވެ.

ގެއަށް ވަދެވުމާއި އެކު ނައިރާ މިސްރާބުޖެހީ ނޯކަރުން އުޅޭ ކޮޓަރިތަކާއި ދިމާއަށެވެ.

” ނައި… މިހާރު ކީއްކުރަން ތިއުޅެނީ” ނައިރާގެ ފަހަތުން ދަމުން ވިލީޝާ ސުވާލުކުރިއެވެ.

” ޓްރަސްޓް މީ ވިލީ… މިފަހަރު މިކަން ކޮންމެސް އެއްކޮޅެއްގަ ޖައްސާފަ ހުއްޓާލާނީ” ފަހަތަށް ބާލާވެސް ނުލައި ނައިރާ ބުންޏެވެ. އެއަޑުގައި ވަނީ ސާބިތުކަމެވެ.

” މީހަކަށް ފެނިދާނެ… ޕްލީޒް ޑޯންޓް ޑޫއިޓް” އަނެއްކާވެސް ވިލީޝާ ބުންޏެވެ. ނަމަވެސް ނައިރާ ޖަވާބެއް ނުދީ ކުރިއަށް ދިޔައެވެ.

އާޔަން އުޅޭ ކޮޓަރިއާއި އަރާ ހަމަވި ވަގުތަކީ އާޔަންވެސް ކޮޓަރިން ނިކުތްވަގުތެވެ. ދެމީހުންގެ ހަތަރު ކަޅި ބައްދަލުވެގެން ދިޔަވަގުތު އާޔަން އޭނާގެ ނަޒަރު ވަކިކޮށްލިއެވެ. އެއަށްފަހު ފުންނޭވައެއް ލަމުން ނައިރާގެ އަތުގައި ހިފައިގެން އޭނާގެ ކޮޓަރިއަށް ވަނެވެ. ފަހަތުން ވިލީޝާވެސް ވަނެވެ. ކޮޓަރިއަށް ވަނުމަށްފަހު އާޔަން ނައިރާ އަތުން ދޫކޮށްލިއެވެ.

” އާޔަން އަކާ ނުޖެހޭނެ ތިގޮތަށް ނައި އަތުގައި ހިފައިގެން ގަދަކަމުން ކޮޓަރިއަށް ވައްދަން.. ” ހިތްހަމަނުޖެހިފައި ވިލީޝާ ބުންޏެވެ.

” ނައިރާ އެއީ އަދިވެސް އަހަރެންގެ އަންބެއް… އަހަންނަށް ހައްޤު އެބައޮތް” އާޔަން ޖަވާބު ދިނެވެ. ވިލީޝާ ދަތްކުޑިވިކާލަމުން ޖަވާބު ދޭން އުޅުމުން އަތުގެ އިޝާރާތުން ނައިރާ އެކަން ހުއްޓުވިއެވެ.

” ކީއްކުރަން ޒިވީ ހޯދަން ދިޔައީ” ނައިރާއަށް ބަލާލަމުން އާޔަން ސުވާލުކުރިއެވެ.

” އާޔަން ހެދީ ތެދުތޯ ޔަގީން ކުރަންވެގެން… ” ފަސްޖެހުމެއް ނެތި ނައިރާ ޖަވާބު ދިނެވެ.

” ނައިރާ ހީކުރަނީ އަހަރެން މިހަދަނީ ދޮގުކަމަށްތަ… ލޮލަށް އެކަން ދެއްކީމަވެސް ޤަބޫލުނުކުރެވޭތަ.. ބަލަ އެދުވަހު ނައިރާގެ ކުރިމަތީގައެއް ނޫންތަ އަހަރެން ޒިވީ ޗޫޒް ކޮށް އޭނަ ގޮވައިގެން ދިޔައީ… އެވަރުންވެސް ނައިރާއަށް ޤަބޫލު ނުކުރެވެންވީ ސަބަބެއް އަހަންނަކަށް ނޭނގުނު… ” އާޔަންގެ ޖުމްލަތަކުން ނައިރާގެ ހިތް އެތެރޭން ފުނޑުފުނޑޫވަމުން ދިޔަނަމަވެސް ކެތްތެރިވަމުން ދިޔައެވެ.

” އަހަންނަކީވެސް އިންސާނެއް… އުއްމީދުތަކެއް ހުންނާނެ… ހިނދުކޮޅަކަށް އަހަންނަށް ހީކުރެވުނީ އާޔަން އަހަންނަށް ކޮންމެވެސް ކަމެއް ފޮރުވަނީއޭ… އާޔަންއަށް ކޮންމެސް މަޖުބޫރީއެއް ވެގެންނޭ އެގޮތަށް ކަންތައް ކުރީ… އެކަމަކު މިހާރު ޔަގީން ވެއްޖެ…” ލޮލުން ވެއްޓުނު ކަރުނަތިކި ފޮހެލަމުން ނައިރާ ބުންޏެވެ. ނައިރާގެ ވާހަކަތައް އަޑިއިވިފައި އޭނާދެކެ ނައިރާ ވާލޯބި އާޔަންއަށް އަންދާޒާ ކޮށްލެވުނެވެ. ނައިރާ ހިތުގައި ޖެއްސޭވަރު އިހުސާސްވެ ހިތުގައި ޖެހުނެވެ. ކައިރިއަށް ގެނެސް މާފަށްއެދެން ބޭނުންވިއެވެ. އެހެންނަމަވެސް އާޔަން ހިތްވަރު ކުރިއެވެ. އަމިއްލަ އިހުސާސްތައް ފޮރުވާލަމުން ލާނެތް ގޮތަކަށް ހިނތުންވެލިއެވެ.

” މިހާރު ޔަގީންވެއްޖެއްނު… ދެވަނަ ފަހަރަށް ޒިވީ ހޯދަން އެގެއަށް ގޮސްގެން ނުވާނެ… ” އާޔަން ބުނެލިއެވެ. މިފަހަރު ނައިރާގެ މޫނުމައްޗަށް ރުޅިވެރިކަން ވެރިވިއެވެ.

” އަހަރެން ދާންވީ ތަނެއް ނުދާންވީތަނެއް ބުނާކަށް އާޔަންއަކަށް ނޭނގޭނެ… އަހަރެން ބޭނުންތާކަށް ދާނަން… ޒިވީ ކައިރިއަށް ދާން ހިތަށް އެރިއްޔާ އޭނަ ކައިރިއަށްވެސް ދާނަން… އާޔަންއަށް ކީއްކުރެވޭނީ.. އެންމެ ބޮޑުވަރަކަށް ވެސް ވަރިދޯ ކުރެވޭނީ… ކީއްވެތަ އެކަން ނުކުރެވިގެން ތިއުޅެނީ… އަހަންނާ އަހަރެންގެ ދަރިފުޅު ބޭނުން ނުވާއިރު އަހަރެން ވަރިނުކޮށް ބެހެއްޓުމުގެ ބޭނުމަކީ ކޮބާ… ނިކަން ކެރެންޏާ އެކަން ކޮށްބަލަ” ރުޅިއައިސްގެން ގޮސް ނައިރާއަށް ކިޔޭ ނުކިޔޭ އެއްޗެއްވެސް ނޭނގޭ ކަހަލައެވެ.

” ކުރަންވީތަ” ތެޅިތެޅި އޮތް ހިތަކާއި އެކު އާޔަން އަހާލިއެވެ. ހިނދުކޮޅަކަށް އެދެމެދަށް ހިމޭންކަމެއް ވެރިވެގެން ދިޔައެވެ.

” ހާދަ ފިނޑިއޭ ދޯ… ކެރެންޏާ އެކަން ކުރާށޭ ބުނީމަ ތިއަހަނީ ކުރަންވީހޯ… ހަމަ އެންމެ ދެބަސް ބުނެލަން ޖެހޭނީ… ކޯޓުން ނިންމަން ޖެހޭ ކަމެއްވެސް ނޯންނާނެއްނު… ކޯޓުން ބޭރުގަ ވިއްޔަ ކައިވެނިވެސް ކުރީ” ހިތްވަރުކޮށްފައި ނައިރާ ބުނެލިއެވެ. އާޔަން ބަސްކިޔަން އިނދަގޫވެ އިރުކޮޅަކު ނައިރާގެ މޫނަށް ބަލަހައްޓައިގެން ހުއްޓެވެ. ނައިރާވެސް އާޔަންގެ މޫނަށް ބަލަހައްޓައިގެން ހުރީ ޖަވާބަކަށް އިންތިޒާރު ކުރާ ފަދައަކުންނެވެ. ދެމީހުންގެ ހިތްވެސް ތެޅެމުން ދިޔައީ އޭގެ އެންމެ ބާރި މިނުގައެވެ.

 

” އެންމެ ރަނގަޅު… މީގެ ފަހުން ނައިރާ ތީ… އަހަރެންގެ..އަންބެއް ނޫން… ތިހިރީ..ވަ..ވަ..ރިކޮށްފަ” ނައިރާގެ މޫނުން ނަޒަރުވަކިކޮށްލަމުން ވަރަށް އުނދަގުލާއި އެކު އާޔަން ބުންޏެވެ. އެވަގުތު އާޔަންގެ ހިތަށް އަޅަމުން ދިޔަ ވޭން ބަޔާން ކުރަންވެސް ދައްޗެވެ.

އާޔަންގެ ދުލުން އެލަފްޒު އަޑިއިވިގެން ދިއުމާއި އެކު ނައިރާގެ ބޮލަށް އެނބުރުން އަރައިގެން ދިޔައެވެ. އަރިއަޅާލިވަގުތު ކައިރީގައި ހުރި ވިލީޝާ ހިފަހައްޓާލިއެވެ. ނައިރާގެ ދެލޮލުން ހޯސްލާފައި ކަރުނަ އަންނަން ފެށީ އެއްވެސް އިޙްތިޔާރަކާ ނުލައެވެ. ހިތަށް އަޅަމުން ދިޔަ ވޭނަށް ކެތްކުރަން ދަތިވެ މޭފިތޭކަހަލަ އިޙްސާސެއް ކުރެވެމުން ދިޔައެވެ.

” ތީވަރަށް ރަހުމްކުޑަ މީހެއް… އާޔަން އަހަރެންގެ މުޅި ދިރިއުޅުން ބަރުބާދުކޮށްލީ… އާޔަންއަށްޓަކާ އަހަރެންވީ ކޮންފަދަ ޤުރުބާނީއެއް… އަހަރެންގެ އާއިލާވެސް ދޫކޮށްލީ… އަހަރެންގެ ދޮންބެ ނިޔާވި ދުވަހު މޫނުބަލާކަށް ވެސް އަހަންނަކަށް ނާދެވުނު.. ހަމަ އާޔަންގެ ސަބަބުން… އާޔަން އަހަރެން ދޫކޮށްލާފަ އައީ އަހަރެންގެ ބަނޑުގައި އާޔަންގެ ދަރިއެއް އޮތްކަން ބުނާނެ ފުރުސަތެއްވެސް ނުދީ… އަހަރެންގެ އާއިލާ ކައިރިއަށް އަންނަން ނުކެރި އެދަރިފުޅު ގޮވައިގެން އަހަރެން އުޅުނީ ކޮންފަދަ ހާލެއްގަ… އެންމެ ފަހުން އަހަރެންގެ ކިޔެވުންވެސް ހުއްޓާލަން ޖެހުނީ… އަހަރެން ދުވަހަކުވެސް އާޔަން އަކަށް މާފެއް ނުކުރާނަން…ދުވަހަކުވެސް ނުކުރާނަން… މިއަދަށް ފަހު އަހަންނަށް އާޔަން މަރުވެއްޖެ… ” ގިސްލަމުން ނައިރާ ބުނަމުން ދިޔައެވެ.

” ﷲ އިރާދަކުރެއްވިއްޔާ މިދުނިޔެމަތީގައި އާޔަންއަށް މިކަމުގެ އަޒާބު ދައްކަވާނެ… ހިނގާ މިތަނުންދާން ނައި” ނައިރާގެ ހާލު ފެނި ރޮވޭ ހާލު ވިލީޝާ ބުންޏެވެ. އެއަށްފަހު ނައިރާގެ އަތުގައި ހިފައިގެން މަޑުން މަޑުން އެކޮޓަރިން ނިކުންނާން ދިޔައެވެ. ނައިރާ ވިލީޝާއާއި އެއްކޮށް ދިޔައިރު މަރުވެފައިވާ މައްޔިތެއް ފަދައެވެ. ދެމީހުން ކޮޓަރިން ނިކުތުމާއި އެކު އާޔަން ގޮސް ކޮޓަރީގެ ދޮރުލައްޕާލިއެވެ. ދޮރުގައި ބޯޖައްސާލާލެވުނީ އިހުސާސްތައް ކޮޅުންލުމުންނެވެ. މަޑުމަޑު އާޙަކާއި އެކު އާޔަންއަށް ރޮވެން ފެށުނެވެ. ކުރެވެމުން ދިޔައީ ހަށިގަނޑުން އެއްބައި މަދުވިކަހަލަ އިހުސާސެކެވެ. އެހެން ހުރެލާފައި ކުއްލި ހަރަކާތަކާއި ދޮރުގައި ދެތިން ފަހަރަކު ގޮށްމުށުން ޖެހިއެވެ. ނައިރާއަށް ލިބުނު އަނިޔާގެ ބަދަލު އަމިއްލަ ނަފްސަށް ދޭން ބޭނުންވެގެންނެވެ.

ވިލީޝާގެ ކޮނޑުމަތީގައި ބޯއަޅައިގެން އިނދެ ނައިރާ ރޮމުންދިޔައެވެ. ހުއްޓާލަން މަސައްކަތް ކުރިނަމަވެސް ހިތަށް އަޅަމުން ދިޔަ ވޭން މާބޮޑެވެ. ކުރިމަތީގައި ހުރި އެނދުގައި ލޯބިކޮށް ނިދާލާފައި އޮތް އަޔާނީއަށް ބަލާލެވޭ ކޮންމެ ފަހަރަކު އެވޭން ދެގުނައަށް ބޮޑުވެގެން ދެއެވެ. މީގެ ފަސްއަހަރު ކުރިން އާޔަން ދޫކޮށްލާފައި ދިޔަދިވަހުވެސް މިހާ ތަދެއް ހިތަށް އިހުސާސެއް ނުކުރެވެއެވެ. އަޔާންގެ ދުލުން އެހެން ބުނި އަޑު އަދިވެސް ނައިރާގެ ކަންފަތުގައި ގުގުމަމުން ދިޔައެވެ. ނައިރާ ރޯނެ ވަރަކަށް ރޯން ދޫކޮށްލައިގެން ވިލީޝާ ދޫކޮށްލައިގެން އިނީ މިވަގުތު ނައިރާއަށް ކުރާނެ އަސަރު ތަސައްވުރު ކުރެވޭތީއެވެ.

 

އާޔަންގެ ކޮޓަރިއަށް ނިޝީ ދިޔައީ މިރޭ އާޔަންއާއި ބައްދާލުކުރާނަން ކަމަށް ބުނެވިފައި އޮތުމުންނެވެ. އާޔަން އިހުވާންގެ ވާހަކަ ކިޔައިދޭހިތުންވެސް ނިޝީއަށް ހުރެވެނީއެއް ނޫނެވެ. ދޮރުގައި އެތައް ފަހަރަކު ޓަކިޖެހުމުންވެސް އާޔަން ދޮރެއް ނުހުޅުވިއެވެ. ދެތިން ފަހަރަކު ގޮވާލުމުންވެސް އާޔަންގެ ހަބަރެއް ނުވިއެވެ. ނިދާފައި ކަމަށް ވިސްނާފައި ނިޝީ އަލުން އަނބުރާ އޭނާގެ ކޮޓަރިއަށް ދިޔައެވެ.

 

ދޮރުގައި ލެގިލައިގެން އިން އާޔަން އެތަނުން ތެދުވީ ފަތިސް ނަމާދު ބަންގީގެ އަޑަށެވެ. ތެދުވެ ފަތިސް ނަމާދުކޮށްގެން އެހެން ދުވަސް ދުވަހާ ހިލާފަށް އާޔަން މިސްރާބު ޖެހީ ޝާކިރާގެ ކޮޓަރިއާއި ދިމާއަށެވެ. އެތެރެއިން ދޮރުހުޅުވީ އާޔަން ޓަކިޖަހާތާ އެތައް އިރެއް ފަހުންނެވެ.

” ކަލޭ މިގަޑީ ކޮންހާ އުނދަގުލެއް ތިކުރަނީ… ނިދޭވަރެއް ނޫނޭ…” ދޮރުމަތީގައި ހުރި ޝާކިރާ ހަޅޭއްލަވައިގަތެވެ.

” އާޔަން ތަ” އެތެރޭން ނާޝިދު ބުނި އަޑިއިވުނެވެ.

” ދެން އެހެން ކާކު މިކަހަލަ ޖެއްސުން ކުރާނީ… ފާޑުފާޑަށް ބަލަން ނުހުރެ ތިއައި ކަމެއް ބުނެބަލަ… ” ޝަކިރާ ބުންޏެވެ.

” އަހަރެން ބޭނުން މިގެއިން ދާން…” އާޔަން ބުންޏެވެ.

” ކީކޭ…ދާށޭ..” ރުޅިއައިސް ރަތްވެފައި ޝާކިރާއަށް ބުނެވުނެވެ. އާޔަން އެހެން ބުނި އަޑަށް  އެނދުމަތީގައި އޮތް ނާޝިދުވެސް ތެދުވެގެން އައިސް ޝާކިރާގެ ފަހަތުގައި ހުއްޓުނެވެ.

” އެހާ ފަސޭހައިން ކަލެއަކަށް ނުދެވޭނެ.. ފަނަރަ އަހަރުގެ ކޮންޓްރެކްޓެއްގަ ކަލޭ އޮތީ ސޮއި ކޮށްފަކަން ހަނދާން ނެތުނީތަ… އެހެންނޫނީ ކަލޭ ބޭނުންވަނީ ފަންސަވީސް އަހަރުގެ ޖަލު ހުކުމެއްތަ” މަލާމާތް ކުރާ ކަހަލަ ގޮތަކަށް ނާޝިދު ބުންޏެވެ.

” މިތަނަށްވުރެ ޖަލުވެސް މާރަނގަޅު…” ކުރަކިވެފައިވާ އަޑަކުން އާޔަންއަށް ބުނެވުނެވެ.

” އެންމެ ރަނގަޅު… އެކަމަކު އޭގެ ފަހުން ހޮސްޕިޓަލުގައި އޮތް ކަލޭގެ ބަފަޔަށް ވާނެގޮތަކާއި މެދު އަހަރުމެން ޒިންމާއެއް ނުވާނަން… އެގޮތަށް އެއްބަސް ވެގެން ކަލޭ ދާން ބޭނުންވިއްޔާ ދާންވީ… ކަލޭ ވިސްނާނެ ގޮތަކަށް ވިސްނާފަ އަހަރުމެންނަށް ޖަވާބެއްދީ.. އެކަމަކު މިގަޑީގަ މިތަނުން ދާން އުޅޭ… ކަލެއާ ހެދި އަހަރުމެންގެ އަރާމު ނިދިކޮޅު ދުއްވާލާކަށް ބޭނުމެއްނޫން…” މިހެން ބުނުމަށް ފަހު ޝާކިރާ ބާރަކަށް ކޮޓަރީގެ ދޮރު ލައްޕާލިއެވެ. އާޔަންއަށް ކަރުއެލުވާލުން ނޫން ކަމެއް ނުކުރެވުނެވެ. އެއްކޮޅުން ލޯބިވާ ބައްޕައެވެ. އަނެއްކޮޅުން ނައިރާއާއި ދަރިފުޅެވެ.

Share Article

Follow Me Written By

Axoo

Level 310 Stories100 Comments100 Login

Other Articles

Previous

ހީވޭ ހިތް ބުނާހެން 31

Next

ހިތުގެ ކޮންމެ ވިންދެއްގައި – 10 –

Next
April 5, 2020

ހިތުގެ ކޮންމެ ވިންދެއްގައި – 10 –

Previews
April 5, 2020

ހީވޭ ހިތް ބުނާހެން 31

12 Comments!

  1. Axoo says:
    April 5, 2020 at 4:52 pm

    Hi guys!! How are you all?? Welcome to the 8th episode.. I hope you will love it and please feel free to share your views about this episode. Love you ?❤️

  2. Nervi? says:
    April 5, 2020 at 5:22 pm

    Wow wow this story is awesome❤??.. I’m curiously waiting for the next part???. When next??

    1. Nervi? says:
      April 5, 2020 at 5:23 pm

      Btw me first dhw yeyey?

    2. Axoo says:
      April 5, 2020 at 8:10 pm

      Thank you ❤️

  3. Iraish says:
    April 5, 2020 at 5:26 pm

    Wow wow varah salhi
    Whn next

    1. Axoo says:
      April 5, 2020 at 8:10 pm

      Thank you ❤️

  4. Yana says:
    April 5, 2020 at 6:55 pm

    Axoo mi faharu ehaa lasnukoh vaahaka up kohlachey.

    1. Axoo says:
      April 5, 2020 at 8:11 pm

      Balaanan ?❤️

  5. Kairaa says:
    April 5, 2020 at 7:10 pm

    Varah varah reethi mi part vx…Waiting for the nxt part…. Nxt part avahah up kohlladhehchey axoo….

    1. Axoo says:
      April 5, 2020 at 8:12 pm

      Thank you ❤️

  6. Ahu____________shan says:
    April 7, 2020 at 1:01 am

    Axoo mi vaahaka ves varah varah reethi ??mee aharen 2 vanayah ke ehmeareethi vaahaka ?❤️Axoo avahah nxt part upload kohdee ❤️??

  7. ??? says:
    April 9, 2020 at 1:49 pm

    Axoo.. Kobaa 9 vana part….?

Comments are closed.


All Right Reserved!