Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހަޤީޤީހިތާމަ

މާޒީގެ ހަދާން

venom Level 110 Stories
April 6, 2020 3 Mins Read
5 Comments

ދިރިއުޅުމަކީ އިމްތިހާނެކެވެ . އެކި ފަހަރު އެކި ކަންކަމާ ކުރިމަތި ލާން ޖެހެއެވެ . އެކި  ގޮތް ގޮތަށް ވެސް މަސައްކަތް ކުރަން ޖެހެއެވެ . މިއީ ޒުވާން ކުއްޖަކަށް ދިމާ ވެފައިވާ ހަޤީޤީ ހާދިސާ އަކަށް ބިނާ ކުރެވިފައި ވާ ވާހަކައެކެވެ . މިވާހަކަ އިން ބަލާލާނީ އޭނަގެ އުމުރު މިހާތަނަށް ދިޔަ ގޮތުގެ ވާހަކައެކެވެ . މީހަކަށް ނުވަތަ ބަޔަކަށް ނިސްބަތް ވާނަމަ އެކަމަށް މާފް ކުރުން އެދެމެވެ .

އުމުރުން 22 އަހަރު 23 އަހަރު ފުރެން ކާރިވެފައިވާ ޒުވާނަކީމެއެވެ . އަހަރެންނަށް ހޭލެވުނީ ފަތިސް ނަމާދު ބަންގި ގޮވަން ފެށި ތަނާ ހެންނެއެވެ .. އަހަރެން ވެސް ފަތިސް ނަމާދު ކުރަން ތައްޔާރު ވުމުގެ ގޮތުން ފާޙާނާ އަށް ވަދެ ރީތި ވެލައިގެން އަހަރެން ވެސް ހިގައިގަތީ މިސްކިތާ ދިމާ އަށެއެވެ . ތެއް ފިނީގައި އަހަރެން ދިޔައީ މަތިވެރި އަޅުކަން އަދާ ކުރުމުގެ ނިޔަތުގައެވެ .

ފަތިސް ނަމާދު ކުރުމަށް ފަހު އަހަރެން ދިޔައީ ރަށު ޖެޓީ ހުންނަ ދިމާލަށެއެވެ . އެއީ އިރު އަރާ މަންޒަރު ބަލާލުމަށް ޓަކައެވެ . އެއީ އަހަރެން އާއްމު ކޮށް ކުރަމުން އަންނަ ކަމަށް ވާތީ އެވެ . އަދި އެ މަންޒަރު ބަލާލުމުން އަހަރެންގެ މާޒީގެ ސަފްހާތަށް އަހަރެންގެ ލޯ ކުރިމަތީގައި ސިފަ ވެގެން ދެއެވެ .

ސާފް ހިތް ގައިމު ވައި ގައިގައި ބީހެމުން ދާ އިރު އަހަރެންނަށް ކުރެވޭ އިހުސާސް ތައް ހިތަށް ވެސް ނުގެނެވެއެވެ . އަހަރެންނަށް ގަޑި ދާ ގޮތެއް ވެސް ނޭންގެއެވެ .

ނަމަވެސް އަހަރެންގެ ފޯން ރިންގުވާ އަޑު އިވުމުން އަހަރެންނަށް ހަމަ ބިމަށް ފޭބުނެއެވެ . މާޒީގެ ސަފްހާ ތައް ލައްޕާ ލެވުނެއެވެ . އަދި އަވަސް އަވަހަށް ޖީބުން ފޯން ނެގޭތޯ ބެލީމެއެވެ . ނަމަވެސް ފޯން ކެޑިގެން ދިޔައެވެ .

އަހަރެން އެކަމަކަށް ފަރުވާލެއް ނުބަހައްޓަމެއެވެ . އަހަރެން ހިގައިގަތީ ގެޔާ ދިމާލަށެއެވެ .

އިރު ކޮޅެއްގެ ފަސް އަހަރެންނަށް ގެޔަށް އާދެވިއްޖެއެވެ . އަހަރެން އުޅުނީ  ކޮފީ ތައްޓެއް ގިރާލުމަށެއެވެ . ކޮފީ ޖޯޑް ހިފައިގެން އަހަރެން ނިކުތީ ގޯތި ތެރެއަށެއެވެ . ގޯތީގައި ހުރި މާ ބަގީޗާ ތައް ބަލާލުމަށެއެވެ .މިއީ އަހަރެންގެ އާއްމު ހާލަތެއެވެ . އަހަރެންނަށްނަކީ އާއްމު ދިރިއުޅުމުގައި އުޅެމުން އަންނަ މީހެއްކެވެ .  ސަކަރާތް ޖެހުމާ އެކުގައެވެ .  

2019 ވަނަ އަހަރު ނޮވެމްބަރ އަކީ އަހަރެން ގެ ދިރިއުޅުން އެއްކޮށް ބަދަލު ވި ފަހަރެކެވެ . އަހަރެން އުފަންވި ރަށް ދޫ ކޮއްލުމަށް ފަހު އަހަރެން ހިޖުރަ ކުރީ ދިވެހި ރާއްޖެ ވެރި ކަން ކުރަމުން އަންނަ މާލެ އަށެއެވެ . މާލެ އަކީ މީހުން ބާ ބޯ ތަނަކަށް ވެފައި އަދި ދުއްވާ އެއްޗިހި ގިނަ ރަށެކެވެ . 4 އަވަށެއް ވާއިރު މާލޭ މަގުމަތީގައި ހިގާ ލެވެނީ މީހުން ގައިގައި ކޭއްތެމުންނެވެ .

އުޅެން ބޭނުން ނުވިޔަސް އަހަރެންނަށް ޖެހުނީ މާލެއަށް ހިޖުރަ ކުރާށެއެވެ . ލޯބިވާ މަންމަގެ ހައްގުގައެވެ .

###

އަހަރެންނަށް އެތަނުން ގޮތް ނޭންގޭ އެތަކެއް ކަމެއް ކުރިމަތި ކުރުވެގެން ދިޔައެވެ . އަދި އަހަރެންނަށް އިހުސާސް ކުރެވެގެން ދިޔައީ އަހަރެންނަކީ އެކަނިވެރި އެއް ކަމަށެއެވެ . ކޮންމެ އަކަސް އަހަރެން އުޅެމުން އައި އުފާވެރި ހަޔާތް މުޅިން ބަދަލު ބެގެން ދިޔައީ އަހަރެންގެ އެންމެ ގާތް އެކުވެރިޔާ އަދި އަހަރެންނާ ދެބެންގެ ދެދަރި ކުއްޖަކު އަހަރެންނަށް ހެދި ގޮތަކުންނެއެވެ ، އެ ދުވަސް ކޮޅު އަހަރެން ނުލާ ހިކު ދެރަ ވިއެވެ . އަދި ހިތް ހަމަ ވެސް ނުޖެހުނެއެވެ . ނަމަވެސް އަހަރެންނަށް އެކަން ނުވިސްނުނީއެވެ …

މާލޭގައި 5 މަސް ހޭދަ ވެގެން ދިޔައިރު އަހަރެންނަށް އެހެން ކަންތައް ދިމާ ވުމުން އަހަރެންނަށް ނިދި ވެސް ވަނީ ދުރު ވެފައެވެ . ނިދަން މަސައްކަތް ކުރިޔަސް … އަހަންނަކަށް ނުނިދެއެވެ … ކާން އުޅުނަސް އަހަރެންކަށް އެހާ ރަގަޅަކަށް ނުކެވެއެވެ .

އަހަރެން އެހެން މީހުން ކުރިމަތީގައި އަހަރެން ދައްކުވައިދެނީ އުފާވެރި ކަމުގެ ކުލައެވެ . އަހަރެންނަށް އެއްވެސް ކަމެއް ނުވޭ ބުނެ އެތަކެއް ފަހަރު މަތިން ބުނަމެއެވެ . އަހަރެންނަށް ދުނިޔެ ވީ ފޫހި ކުރުވި ކަމަކަށެއެވެ …. ކުރިން އުޅުނު މަޖާ ކަމާ އުފާ ވެރިކަން ދިޔައީ ވިސް ވިހާލި ވެގެންނެވެ . އަހަރެން ޓިކް ޓޮކް އިން ދިމާ ވި ކުއްޖަކަށް މި ވާހަކަށް ކިޔާ ދިނީމެއެވެ .. އެއީ އަހަރެން އެ ވާހަކަ ކިޔާދިން އެންމެ ފުރަތަމަ މީހާ އެއެވެ . 2 މީހުން ވެގެން ކޮފީ އަކަށް އެރުމަށް ފަހު އަހަރެންގެ އިހުސާސް ތައް އޮއްސާލީމެއެވެ .

އެ އިހުސާސް ތައް ކިޔާ ދިނުމުން އޭނަ އަހަރެންނަށް ވަރަށް އެހީ ތެރި ވެދިނެއެވެ . އަދި ކަން ކުރަން ވީ ގޮތް ކިޔާ ދިނެއެވެ .

ނަމަވެސް އަހަރެންނަށް އެކަން ގަބޫލް ވެސް ނުކުރެވުނެއެވެ . އަހަރެންނަށް އަނެއްކާ ވެސް އެހެން ރައްޓެއްސެއް ވެސް ލިބުނެއެވެ . ކޮއްމެ އަކަސް އަހަރެންނަށް  ވަނީ ކަޅު ބޮޑު ވިލާ ގަނޑެއް ބޯ މައްޗައް އަރާފައެވެ . އެއް ވެސް ކަމެއް ކުރާ ހިއް ވެސް ނުވެފައި ހުރީމެއެވެ ……

އެ ކުއްޖާ އަކީ އަހަރެން ނަޒަރުގައި ވަރަށް ވެސް ފުރިހަމަ ކުއްޖެކެވެ . އަހަރެންނަށް ވަރަށް ނަސޭހަތް ތެރި ކުއްޖެކެވެ … ވަރަށް ހިތް ހެޔޮ ކުއްޖަކީމެއެވެ .

އެ ކުއްޖާ އަހަރެންނަށް ވަރަށް ފުރިހަމަށް އެހީވެދެއެވެ  . އަހަރެންނަށް އަހަރެންގެ މުހިއްމު ކަން އޭނަ ގެ ސަބަބުން ކޮންމެވެސް ކަމެއް ވެދެއެވެ . ވަރަށް ވެސް އުފާ ވެރިއެވެ …

ލޮބުވެތި ޒުވާނުން …. މިޔަދު ކިތަކެއް ޒުވާނުން އަހަރުން ކަހަލަ ގޮތަށް ދާނޭ މަންޒިލެއް ނޭންގިފައި ހުންނާނެ ތޯ އެވެ ….

އެ މީހުންނަކީ ވެސް އިންސާނުންނެވެ . އެމީހުން ވެސް ކޮންމެވެސް އެހީ ތެރި ކަމެއް ދެއްވާށެއެވެ . އަހަރެން ފަދައިން  އެހީ ތެރި ކަމެއް ބޭނުން ވެފައި ތިބި މީހުންނަށް ނުވަތަ ވާހަކަ ތައް ހިއްސާ ކުރަން ބޭނުން ވާ ބަޔަކު ވެސް ތިބި ކަން ހަދާން ކުރާށެއެވެ . އިންސާނުންނަކީ ފުރިހަމަ ބައެއް ވެސް ނޫނެއެވެ .  އިންސާނުން ނަކީ ކޮންމެވެސް ބަޔަކަށް އެހީތެރި ކަމެއް ލިބެން ބޭނުން ވާ ބައެކެވެ …….

އާދެ ! ޑިޕްރިޝަން އަކީ ވަރަށް ވެސް އުދަގޫ ވޭނެކެވެ . ހަމަ ލޮލަށް ނުފެންނަ ބައްޔެކެވެ .  ބައެއް މީހުންނަށް ހީވެދާނެ ޑިޕްރިޝަން އަކީ ވަރަށް ފަސޭހަ އެއްޗެއް ކަމަށެއެވެ . ނަމަވެސް ޑިޕްރިޝަން އަކީ މީހާ މުޅި ދިރި އުޅުން އެއްކޮށް ދާނެ އެއްޗެކެވެ . މޮޔަ ނުވަތަ ރަޑެ ނުވަތަ ކަންކަން ނުކުރެވޭ މީހެކޭ ނުގޮވަމާ ……

އަޅުގަނޑު ގެ ދުޢާ އަކީ އެހެން މީހުންނަށް އެހީތެރި ވެދޭ ޖީލް އެއް އުފެދިގެން އައުން …

އަދި އަޅުގަނޑުމެން މި ކުޑަ ދިވެހި ރާއްޖެ ކޮވިޑް 19 އިން ސަލާމަތް ވުން ……..

ޝުކުރިއްޔާ

Share Article

Follow Me Written By

venom

Level 110 Stories

Other Articles

Previous

ވާށޭ މަށާ އެކީ-6

Next

މަޢާފް – ބާވީސްވަނަ ބައި

Next
April 6, 2020

މަޢާފް – ބާވީސްވަނަ ބައި

Previews
April 6, 2020

ވާށޭ މަށާ އެކީ-6

5 Comments!

  1. Kairaa says:
    April 6, 2020 at 9:07 am

    Varah reethi…☺️☺️

  2. Shahu says:
    April 8, 2020 at 12:25 pm

    Vvvvv reethi ingey?

    1. venom says:
      April 8, 2020 at 10:50 pm

      thank

  3. Ille says:
    April 9, 2020 at 2:04 am

    vaahaka varah reethi, mistakes ebahuri, you can do better

  4. unnknownn says:
    April 17, 2020 at 10:16 pm

    vvvvvvvvvvvvvvvvvvvv salhi

Comments are closed.


All Right Reserved!