Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

އަބަދުވެސް މި ހިތުގާ ވެޔޭ (1)

Krystal Level 210 Stories100 Login100 Comments
April 6, 2020 3 Mins Read
1 Comment

މުޅި ކޮޓަރިއަށް ވެރިވެފައިވަނީ ހަމަ ހިމޭން ކަމެވެ. އަންހެން ކުއްޖެއްގެ ރުއިމުގެ އަޑު މަޑު މަޑުން އިވެމުން ދިޔައެވެ. އެ އަޑުގައި ވަނީ ވެނީ އާހެކެވެ. އަދި އެ އަޑު އިވޭމީހަކަށް އެއަންހެން ކުއްޖާއަށް ކޮށްފައިވާ އަސަރު އިޙްސާސް ކުރެވޭނެއެވެ. ކުއްލިއަކަށް ކޮޓަރީގެ ދޮރު ހުޅުވުނެވެ. އެ އަންހެން ކުއްޖާގެ ނަޒަރު ދޮރާ ދިމާލަށް ހުއްޓުނެވެ.

“ކަޓް. ނެކްސްޓް ސީންއަށް ރެޑީވޭ” ޑައިރެކްޓާރު ބުނުމުން ނުހާ ތެދުވެގެން ގޮސް އޭނާ އަށް ހާއްސަ ކުރެވިފައިވާ ގޮޑީގައި އިށީދެލިއެވެ. ނުހާ އަކީ މިހާރު ދިވެހިރާއްޖޭގެ ފިލް އިންޑަސްޓްރީގައި ހުރި އެންމެ ފުންނާބު އުސް ތަރިއެވެ. ސްކްރީން ކުރިމަތީގައި ކިތަންމެ ހެވިފައި ހުއްޓެއްކަމަކު ނުހާގެ ދިރި އުޅުމުގެ ކަންތައްތަކަކީ އެންމެނަށް ސިއްރު ކުރެވިފައިވާ ހިތާމަވެރި އަދި އެކަނިވެރި ދިރިއުޅުމެކެވެ.

ނުހާ އަކީ އެނާ ކުރާ ކޮންމެ ކަމެއްވެސް ވަރަށް ވިސްނައިގެން ކުރާ މީހެކެވެ. ސަބަބަކީ ނުހާއަށް ކުރެވޭ ކުޑަ ކުޑަ ކަމަކުންވެސް އޭނާއާއި އޭނާގެ ފިރިމީހާގެ ދިރިއުޅުން ހަލާކު ވެދާނެތީއެވެ. ނުހާގެ ފިރިމީހާ ޝާންއަކީ މާލޭގައި ނަންހިންގާ އެންމެ ނުފޫޒުގަދަ އަދި އެންމެ މޮޅު ދައުލަތުގެ ޤާނޫނީ ވަކީލެކެވެ. މިހާތަނަށް ހިންގާފައިވާ މަރުގެ މައްސަލަތަކުގައި ޤާތިލާ ދެކޮޅަށް އުފުލާފާއިވާ ހުރިހާ ދައުވާއެއްހެން އޭނާވަނީ ކާމިޔާބު ކޮށްފައެވެ. ދެމަރިފިންނަކީވެސް ގިނަ ބަޔަކު ދަންނަ ދެޖޯޑަށް ވުމުން ކޮންމެ ކަމެއް ކުރުމުގައިވެސް ނުހާ ވަރަށް ފަރުވާތެރިކަން ބަހައްޓައެވެ. އެެއްވެސް މީހަކު ނުހާއާއި އޭނާގެ ފިރިމީހާއަށް އިގިލިދިއްކޮށް އެއްޗެއް ބުނުން އެއީ ނުހާ އެއް އިރެއްގައިވެސް ބޭނުންވާ ކަމެއް ނޫނެވެ.

” ޒީ މިއަދަށް އެއްވެސް އިތުރު ޝެޑިއުލެއް އެބައިންތަ؟ ނެތިއްޔާ އަހަރެން ބޭނުން ގެއަށް ގޮސް ރެސްޓް ކޮށްލަން. ” ވަރުބަލިވެފައިވާ އަޑަކުން ނުހާ އެނާގެ މެނޭޖަރަށް ބުނެލިއެވެ.

“އާން މިއަދަށް ނިމުނީ! ދެން އޮތް ޝޫޓިން އޮތީ ހަފްތާއެއް ފަހުން ސޯ ނުހާ ހަފްތާއެއް ވަންދެން އޯކޭ ރެސްޓް ނެގިޔަސް.” ނުހާ އަށް ބަލާލަމުން ޒީ ބުނެލިއެވެ.

“އަސްލުވެސްތަ ދެން ނެތް ހަފްތާއެއް ފަހުން ނޫނީ؟” ހައިރާކަމާއެކު ނުހާ އަހާލިއެވެ.

“ކިހިނެއްވީ؟ ނުހާ އަށް ރަގަޅެއްނުން ލޯބިވާ ފިރިސޮރާ އެކު ވަގުތު ހޭދަކޮށްލަން ފުރުސަތު ލިބުނީނުން. ބުނަން ނުހާ ތި ދެމީހުންގެ ލައިފް އާ ދޭތެރޭ ވަރަށް ގިނަ މީހުން ޖޭ ވޭ. ޝާން ކަހަލަ ރީތި ރަގަޅު ފިރިއެއް ކޮންމެ ކޮންމެ…..” ޒީ އަން ބުނެވުނީ އެހިސާބަށެވެ.

” ހޫން ދެން ހުއްޓާލާ ކޮންމެހެން މަގޭ ފިރިމީހާގެ ވަހަކަ ދައްކާނެ ކަމެއްނެތް. ކޮންމެވެސް އެހެން ކަމަކާ އުޅޭ.” ނުހާ ސަމާސާ ރާގަކަށް ބުނެލިއެވެ. ހަޤީޤަތުގައި ނުހާ އޭނާގެ ފިރިމީހާގެ ވަހަކަ ދައްކަން މާ ޝައުޤުވެރިކަމެއް ނުހުރެއެވެ. ގެއަށް ދެވުމާއެކު ނުހާ އަވަސް ވެގަތީ ފާޚާނާއަށް ވަދެ ފެންވަރާލައިގެން އޮށޯވެވޭތޯއެވެ. އޭރު ގަޑިން މެދަމުން އަބުރާ 2 ޖަހަން ކައިރިވަނީއެވެ. ފެންވަރާލައިގެން ނުކުތް އިރު ޝާން އިނީ އެދުމަތީގައި ފޮތެއް ކިޔަންށެވެ.

“އަހަރެން އައިމަ އަހަންނަށް ގޮވާލުންވެސް މިހާރު ނެތީތަ؟” ހިތްހަމަ ނުޖެހިފައިވާ ރާގަކަށް ނުހާ އަހާލިއެވެ.

“އައިތަ؟ ދެން އޮށޯވެ ނިދާ.” ޝާން އެއްވެސް ޝައުގުވެރިކަމެއް ނެތި ނުހާއަށް ބަލާވެސް ނުލާ ބުނެލިއެވެ.

ނުހާގެ ހިތުގައި ޖެހުނެވެ. އަދި ކޮޓަރިން ނިކުމެގެން ގޮސް ސިޓިންގް ރޫމްގައި އިން ސޯފާގައި އިށީދެލިއެވެ. ކޮންމެ މީހަކު ކޮންމެ އެއްޗެކޭ ކިޔަސް ނުހާއަށް އޭނާގެ ދިރިއުޅުމުގެ އަދިރިކަމާ ތަހަންމަލް ކުރަން ޖެހިފައިވާ ހިތާމަތަށް އެގެއެވެ. މީހުންގެ ލޯތަކަށް އެދެމަފިރިން ކިތަންމެ އުފާވެރިކޮށް ފެނުނެއްކަމަކު ނުހާގެ އެކަނިވެރިކަމަކީ އެކަކަށްވެސް ވަޒަން ނުކޮށްލެވޭނެ ކަމެކެވެ. ނުހާ ކަރުނައިން ފުރިފައިވާ ދެލޮލުން ކޮޓަރީގެ ދޮރާ ދިމާލަށް ބަލާލިއެވެ. އޭރުވެސް ކޮޓަރީގެ ބޮކިހުރީ ދިއްލާފައެވެ. ނުހާ ތެދުވުމަށްފަހު މަޑުމަޑުން ހިގާލާފައި ގޮސް ކޮޓަރީގެ ދޮރުމައްޗަށް ހުއްޓުނެވެ.

އޭރު ޝާން އޮތީ މަޑު ނިންޖެއްގައި ނިދާފައެވެ. ޝާންގެ ބަދަލުތައް ދުވެހެއް ދުވަހަކަށް ދަނީ އިތުރު ވަމުންނެވެ. ނުހާ ޝާންއާ ލޯބީގެ ގޮތުން ގުޅުނީ ހަޔާތުގެ ބާކީ ދުވަސްތައް އުފަލުގައި ހޭދަކުރުމަށެވެ. ނަމަވެސް 17 އަހަރު ހޭދަވެގެން މިދަނީ ނުހާގެ ހުވަފެންތައް އެފުށް މުފުށަށް ޖަހަމުންނެވެ. ކައިވެންޏަށް ދަރިއަކު ލިބިފައިވާއިރު ދަރިފުޅު ހުންނަނީ ނުހާގެ ބޭބޭ ކައިރީ މެލޭޝިއާގައެވެ. ދޭތެރެ ދޭތެރެއިން ދަރިފުޅު ދެކިލުމަށް ނުހާ ދެއެވެ. ދިރިއުޅުމުގައި ނުހާވެސް އަދި ޝާންވެސް އުޅޭ ބިޒީ ކަމުން ދަރިފުޅަށް އެއްވެސް ވަރަކަށް ވަގުތެއް ނުދެވެއެވެ. މާލެ ކަހަލަ ތަނެއްގައި ދަރިފުޅު އެކަނި އުޅެ ބޮޑުވާންވެއްޖެނަމަ ރަގަޅު ގޮތުގައި ތަރުބިއްޔަތު ނުކުރެވިދާނެކަމުގެ ބިރަށް ދަރިފުޅު މެލޭޝައާއަށް ފޮނުވާލީއެވެ. ޝާންއާ އިނުމުގެ ކުރިން އުޅުނު އުފާވެރިކަން ވިސްނުމުގެ ތެރޭގައި އޮއްވާ ނުހާއަށް ނިދުނު އިރެއް ނޭގެއެވެ. މިއީ ކޮންމެ ރެއެއްގެވެސް ހާލެވެ.

****

އާދުވަހަކަށް އިރު އެރީ މުޅިރާއްޖެ ސިއްސުވާލަމުންނެވެ. ހުޅުމާލޭގައި ހަދަމުން ދިޔަ އިމާރާތެއްތެރޭ އަންހެންކުއްޖަކު މަރާލާފައި އޮތް ހަބަރު އެކި އެކި ހަބަރު ފަތުރާ ޗެނެލްތަކުން ދައްކަމުން ދިޔައެވެ. ކަމުގެ ހަޤީޤަތް އެއްވެސް މީހަކަށް އެގިފައެއް ނުވެއެވެ. ހެދުނުގެ ނާސްތާ ކުރަން ނުހާ އިނީ ޓީވީ ހުޅުވައިންނެވެ. އޭރު ޝާން އޮފީހަށް ދާން ތައްޔާރުވަމުން ދިޔައެވެ. ދޭތެރެ ދޭތެރެއިން ކޮޓަރިން ބޭރަށް ބޯދިއްކޮލުމަށްފަހު ހަބަރު އަޑު އަހާލައެވެ. ތައްޔާރުވެގެން ޝާން ނިކުތީ ސައިބޯންށެވެ.

“ޝާން އަހަރެން މިހަފަތާ އެއްކޮށް ފްރީ.” ނުހާ އުންމީދުން ފުރިގެންވާ ރާގެއްގައި ބުނެލިއެވެ. ޝާން އޭނާއާ އެއްކޮށް ވަގުތު ހޭދަކުރަން ބުނާނެކަމުގެ ފޮނި އުންމީދުގައި ޝާންގެ މޫނަށް ބަލަހައްޓައިގެން އިނެވެ.

“އެހެންތަ. މެލޭއަށް ދާންވީނުން ޒާން ކައިރިއަށް. އަހަރެން ޓިކެޓް ނަގާދޭނަން މިއަދު” ޝާން ޕާން ފޮތީގައި ޖޭމު ޖަހަމުން ނުހާއަށް ބަލާލިއެވެ.

“އަހަރެން މި ވަހާކަ މިބުނީ ކޮންމެހެން މެލޭއަށް ނުދެވިގެންނުން. އަހަންނަށް ހުސްވަގުތެއް ވާއިރަށް ކީއްވެތަ ޝާން އަހަރެން ފޮނުވާލަން ތިއުޅެނީ؟ އަހަރެން ދެކެ ހަމަ އެހާ ފޫހި ވަނީތަ؟ އަހަރެންގެ ކުށަކީ ކޮބާ؟” ނުހާއަށް ރޮވޭ ގޮތްވިއެވެ.

ޝާން ކާން އިން ޕާފޮތި ތައްޓަށް ލުމަށްފަހު ތެދުވެގެން ހިގައިގަތެވެ. ނުހާ ކައިރިއަށް އައި ރުޅިން އަތުގައި އޮތް ދޮންކެޔޮވަށް ނަގާ ޝާންއާ ދިމާލަށް އެއްލާލިއެވެ. ޝާން ފަހަތަށް ބެލުމެއް ނެތި ގެއިން ނިކުމެގެން ހިގައްޖެއެވެ. މުޅި ދުވަސް އެކަނި ހޭދަކުރަން އަނެއްކާވެސް ނުހާއަށް ޖެހުނެވެ. ފިރިއެއް ހުއްޓަސް ނުހާވަނީ ފިރިއެއްގެ ލޯބިން މަހުރޫމްވެފައެވެ. ކުއްލިއަކަށް ބެލް ރިންގްވާންފެށިއެވެ. ނުހާ ދިޔައީ ސިއްސައިގެންނެވެ. މިހާ ހެދުނާ ގެއަށް އަންނާނީ ކާކު ބާއޭ ހިތާ ހިތުން ކިޔަމުން ގޮސް ދޮރުހުޅުވާލިއެވެ.

“ހޭ ކުއީން…. ކޮބާ ޝާން ދިޔައިތަ ޖޮބަށް… އަހަރެން ވަރަށް ގުޅައިފީމޭ… ކޮބާތަ ފޯނު؟ ސައިބުއީތަ؟ ނުބޮންޏާ އަހަރެން ސައި ހަދާދެންތަ؟ ކީއްކުރަނީ ތީ؟…” މާ ބޮޑިއެއް ހިފަހައްޓާލައިގެން ދޮރުމަތީ ހުރި ފިރިހެންމީހާ އެތައް ސުވާލެއް އެއްފަހަރާ އަމުނާލިއެވެ.

“އަޅޭ! އަހަރެން ކިތައްފަހަރުތަ ބުނާނީ ތިގޮތަށް ކުއީންނޭ ކިޔާފަ އަހަންނަށް ނުގޮވާށޭ! މީހަކަށް އަޑު އިވިއްޖެއްޔާޔޯ؟” ނުހާ ދޮރުން ބޭރު ދެކޮޅަށް ބަލާލަމުން ވަރަށް ހާސް ކަމާއެކު ބުނެލިއެވެ.

 

= ނުނިމޭ =

Share Article

Follow Me Written By

Krystal

Level 210 Stories100 Login100 Comments

Other Articles

Previous

އެކަނި ވެރި ކަން

Next

ސިއްރެއް 9

Next
April 6, 2020

ސިއްރެއް 9

Previews
April 6, 2020

އެކަނި ވެރި ކަން

One Comment

  1. Kairaa says:
    April 6, 2020 at 8:57 am

    Varah varah reethi….waiting for the nxt…and whn nxt…

Comments are closed.


All Right Reserved!