Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ޝާޔަން ✨ (ދެވަނަބައި)

shama shuaib Level 410 Stories100 Comments500 Comments100 Login
April 12, 2020 2 Mins Read
4 Comments

“އެބައޮތް ވަރަށް މުހިއްމު ކަމެއް ޑިސްކަސް ކުރަންވެފަ. އެކަމު ހައުސް ކަންތައް ނިމުނީމަ..” ޒީވާ ޝާޔަންއަށް މެސެޖު ކޮށްލިއެވެ. ޝާޔަން ކިޔާކިޔާވެސް ޒީވާ ދެން އިތުރަކަށް އެވާހަކައެއް ނުދައްކައެވެ.

އެ ހަފްތާ ނިމިގެން ދިޔައީ ވަރަށްވެސް އޮމާންކަމާއެކީގައެވެ. ހުކުރު ދުވަސް އައިސް ޖެހުނު އިރު ހުރިހާކުދިން ވެސް އުޅެމުން ދިޔައީ ނުހަނު ބުރަކޮށެވެ. ދިވެހި އަދަބީ ރޭހުގެ ހަރަކާތްތަށް ބަލާލުމަށް އާއްމުންނަށް ފުރުސަތު ހުޅުވާލެވިފައި ވީއިރު މުޅި ސްކޫލު ވަނީ ފުރި ބާރުވެފައެވެ. ޝާޔަންވެސް ކަންކަން އިންތިޒާމު ކުރުމުގައި ލިއަމްއާއެކު އުޅެމުން ދިޔައީ އަވަދިނެތިއެވެ.

“”އޭ..ވާނެ ހައުސްތަކުގެ ޑްރާމާ ބަލަންދާން. ތިންވަނަ ފަންގި ފިލާގަ އޮތީ.. ޒީވާ ވެސް ގޮއްސި އެތަނަށް. އެމީހުން ހައުސް އެންމެ ފުރަތަމަ ޑްރާމާ ހުށަހަޅަނީ. ހިނގާ މިކަން ބާއްވާފަ އިހަށް ދާން. ޔަނާހު އަށް ގުޅާލަބަ. އެމީހުން އެއީ ހަތަރުވަނަ ކަންނޭންގެ.” ޝާޔަން ވަރަށް ޖޯޝާއެކު އެހެން ބުނެލުމާއެކު ލިއަމްވެސް ހީލުމަށްފަހު މިދަނީ އޭ ބުންޏެވެ. ލިއަމްއަށް މަޑުކުރުމެއްނެތި ޝާޔަން ސިޑިން ދުވެފައި މައްޗަށް އެރީ ޒީވާއަށް ގުޅަމުންނެވެ. ޑްރާމާ އޮންނަ ކްލާހުގައި ސްކޫލުގެ އިސްވެރިންވެސް ތިއްބެވެ. ނަމަވެސް ޒީވާއެއް ނެތެވެ.

ޝާޔަން ޒީވާއަށް ގުޅާގުޅާވެސް ފޯނު ނުނެގުމުން ޝާޔަން ހާސްވިއެވެ. އެންމެ ފަހުން އެ ހައުސްއަށް ހާއްސަ ކުރެވިފައިވާ ކްލާހަށް ދިޔައެވެ. “ޝާޔަން ކޮބާ ޒީވާ؟ ވަރަށް ގުޅައިފިން. ޑްރާމާގެ ޕްރޮޕްސް ބަލާ ދިޔަ ގޮތަކަށް އަދި ނާދޭ.” އިރަމް ޝާޔަން ވަނުމާއެކު ބުނެލިއެވެ. އޭރު އެ ހައުސްކުދިން ޒީވާ ނުފެނިގެން ހާސްވެގެން އުޅެއެވެ. ޝާޔަންގެ ބޯ ހާސްވިއެވެ. އެވަގުތު ޔަނާހުވެސް އެތަނަށް އައީ ޒީވާގެ ހަބަރެއް ބެލުމަށެވެ. “ޝާ..ކޮބާތަ ޒީވާ..”

ޝާޔަންއަށް އެއްވެސް މީހަކަށް ރައްދެއް ނުދެވުނެވެ. ހާސްވެފައިވާ ހާލު ފަހަރަކު ކްލާހެއް ބަލަމުން ދިޔައެވެ. ވަނީ ކީއްކަން ނޭންގޭހާލު ޔަނާހުވެސް ޝާޔަންގެ ފަހަތުން ކްލާސްތަައް ބަލަމުން ދިޔައެވެ. “މަންމާ…..!” އިވިގެން ދިޔައީ ޝާޔަންގެ ހަޅޭކުގެ އަޑެވެ. އެޔާއެކު މުޅި މާހައުލު އަޑުގަދަވެގެން ދިޔައެވެ. ޝާޔަން ހޭ ހުސްވެގެން ވެއްޓުނީ އެވަގުތު އެތަނަށް ގާތްވި ލިއަމްގެ އަތްދަނޑި މައްޗަށެވެ.

ޝާޔަން މަޑުމަޑުން ލޯހުޅުވާލިއެވެ. ގާތުގައި އޭނާގެ މަންމަ  ހުއްޓެވެ. ޔަނާހު އާ ލިއަމްގެ އިތުރުން ސްކޫލުގެ ޕްރިންސިޕަލް އާއެކު ދެތިން ފުލުހުން ތިއްބެވެ. ޝާޔަންގެ ލޮލުން ކަރުނަ އޮހޮރިގެން ދިޔައީ އެންމެ ގާތް އެކުވެރިޔާގެ ހަނދާން އާވުމުންނެވެ. ޒީވާ ފަންކަލުގައި ދަންޖެހިފައި އޮއްނަ މަންޒަރު ތަކުރާރުކޮށް ފެންނަމުން ދިޔައެވެ. “ޝާޔަން..ހަމަޖެހިލާފަ ވާހަކަ ދައްކާލަ އިނގޭ..މީ ކިނާން. މި ކޭސް އާ ހަވާލުވެ މިހުރީ އަޅުގަނޑު. ތީ އެންމެ ފުރަތަމަ ޒީވާ ފެނުން ކުއްޖާ ވީމަ ޕްލަސް ޒީވާ ބެސްޓް ފްރެންޑް ވީމަ އެބަހުރި ބައިވަރު ސުވާލު. އެކަމު ފުރަތަމަ ޝާޔަން ހަމަޖެހިލާ އިނގޭ.”

ކިނާން ވާޙަކަ ދައްކަމުން ދިޔައިރުވެސް ޝާޔަންއަށް އެއަޑު ނީވޭ ކަހަލައެވެ. ހުއްޓުން އަރާފައި އިނދެ ރޮމުން ދިޔައީ ހިތްދަތި ވެފައިވާލެއް ބޮޑުކަމުންނެވެ. އަދިވެސް ފެނުނު މަންޒަރު ގަބޫލު ނުކުރެވިފައި އިން ޝާޔަން އަށްޒީވާގެ މައިންބަފައިން ފެނުމާއެކު އިތުރަށް ރޮވުނެވެ. އެއާއެކު އެތަނަށް ވަދެގެން އައި ނަރުހަކު ޝާޔަންގެ ގައަށް ޖެހި އިންޖިކްޝަނަކާއެކު އަނެއްކާވެސް ޝާޔަންގެ ލޯ މެރިގެން ދިޔައެވެ.

“ޝާޔަން…މިވަގުތު މިތަނުގަ މިތިބީ އަހަރެމެން ދެމީހުން…ދެން ލޯ ހުޅުވާލިއަސް އެންމެ ރަނގަޅު..ޝާޔަން ވެސް ބޭނުންވޭނު އެކުވެރިޔާއަށް ވީ ގޮތް އިނގެން.” ޝާޔަން އޮތީ ހޭލާކަން އިނގުމާއެކު ކިނާން ވާހަކަ ދެއްކިއެވެ. ޝާޔަން މަޑުމަޑުން ލޯ ހުޅުވާލިއެވެ. އޭރު އޭނާގެ ދެލޯ ވަނީ ދުޅަވެފައެވެ. “ހަމަ ޖެހިލާފަ ކިޔައިދީބަ..އިނގޭ އުދަގޫ ވާނެކަންވެސް..” ކިނާނަ އަށް ޖުމްލަ ފުރިހަމައެއް ނުކުރެވުނެވެ. “ކޮބާ މަންމަ؟ ޔަނާހު؟ ފާތުންދައްތަ؟ ހާދަ ދެރަ ވާނެއޭ….އެންމެންވެސް.” އަނެއްކާވެސް ޝާޔަން އަށް ރޮވެނެވެ. ކިނާން އެންމެ ފަހުން އެތަނުނއ ނިކުތީ މިވަގުތު ޝާޔަންއަށް ވާހަކަ ނުދެއްކޭނެ ކަން އިނގުމުންނެވެ.

ޒީވާ ވަޅުލުމުގެ ކަންތައް ނިމުން އިރުވެސް ޝާޔަންގެ އަނގައިން އެންމެ ބަހެއްވެސް ބޭރެއް ނުވެއެވެ. ނުވެސް ރޮވެއެވެ. އޭނާއަށް ހުރެވުނީ ވިސްނުމެއްގެ ތެރޭގައެވެ. ޔަނާހު އަދި ލިއަމްވެސްވަނީ ނެގިމަޑުވެފައެވެ. ގެއަށް ވަދެވުމާއެކު ޝާޔަން އެނދުގައިއޮށޯވެ ހަމަޖެހިލިއެވެ. އެވަގުތު ޒީވާގެ ހަނދާންތައް އާވެގެން ދިޔައެވެ. ކަރުނައިގެ ތެރެއިންވެސް ޝާޔަންއަށް ހީލެވުނެވެ.

ނުނިމޭ…

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

shama shuaib

Level 410 Stories100 Comments500 Comments100 Login

I love writing. I love to read comments. And other stories. I'm 18 and this is my hobby. have a good day?❤️

Other Articles

Previous

ޒީން

Next

ތާރާ

Next
April 12, 2020

ތާރާ

Previews
April 12, 2020

ޒީން

4 Comments!

  1. imagination ?? says:
    April 12, 2020 at 2:58 pm

    hi guys.. i know mi bai varah kurukan but in sha allah maadhamaage part dhiguvefa interesting vaane…have a nice day <3

  2. Yan♥️ says:
    April 12, 2020 at 4:23 pm

    Why did she even think of sucide ekam varah reethi Masha Allah

    1. imagination ?? says:
      April 12, 2020 at 5:55 pm

      haha…u will know more maadhan in sha allah

  3. Laamu girl?? says:
    April 12, 2020 at 6:04 pm

    Adhi vaahaka dhaa goiy v reethi and interesting???♥️♥️
    Curious to know the reason y zeevaa commited sucide??

Comments are closed.

Next Episodeޝާޔަން✨ (ތިންވަނަބައި)←


All Right Reserved!