Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ޝާޔަން (ފުރަތަމަބައި)✨

shama shuaib Level 410 Stories100 Comments500 Comments100 Login
April 9, 2020 3 Mins Read
7 Comments

ސްކޫލުގެ އަޑުގަދަ މާހައުލުގައި ވާހަކަ ފޮތެއް ހިފައިގެން ހިނގަމުން ދިޔަ ޝާޔަންގެ މިސްރާބު ހުރީ ލައިބްރަރީއާ ދިމާއަށެވެ. ލައިބްރަރީއަށް ވަދެވުމާއެކު ޝާޔަންއަށް ބޭއިހުތިޔާރުގައި ހީލެވުނެވެ. ހުސް ގަޑި ތަކުގައި އޭނާ އަބަދުވެސް ސްކޫލުގެ އަޑުގަދަ މާހައުލުން ސަލާމަތް ވުމަށްޓަކައި އަންނަ އޭނާ އެންމެ ގަޔާވާ ތަނަކީ އެއީއެވެ. ދިވެހި ވާހަކަ ކިޔުމަށް ޝައުޤުވެރިވާ ޝާޔަން އަވަސް އަވަހަށް އެންމެ ކަނުން ގޮނޑިއެއް ހޯދައި އިށީންދެލިއެވެ. އަދި އޭނާގެ ފޮތުގެ ތެރެއަށް ގެނބިގެން ދިޔައެވެ. “އޭ..ކްލާސް ފެށެން ޓޫ މިނެޓްސް..ސާބަސް. ޝާ ހޯދާތާ މިހާރު ކޮން އިރެއް..އާދިލް ސާރ ގެ ޣަޑިއަށް ލަސްވެގެން އަދި އެވެސް ސްކޫލް ކެޕްޓަން. ނޯވޭ…ހަހަ”

ޝާޔަންގެ އަތުގައި އޮތް ފޮތް ނަގާލަމުން ޒީވާ ބުނެލި އެތިން ޝާޔަންއަށް ހެވުނެވެ. ދެ އެކުވެރިން ދުވަމުން ކްލާހަށް ދިޔައީ ހިސާބު ގަޑިއަށް އަންނަ މުދައްރިސް އާދިލް އަކީ އެ ސްކޫލުގެ ހިޓިލަރަށް ވުމުންނެވެ. ސިކުންތެއްވެސް ލަސް ވެއްޖެނަމަ މުޅި ގަޑީގައި ހުންނަން ޖެހޭނީ ކޮޅަށެވެ. ނަސީބަކުން ދެކުދިންނަށްވެސް ގަޑިއަށް ދެވުނެވެ. އެވަގުތު ޔަނާހު ޒީވާއަށް ގޮވާލަމުން އެއްލޯ މަރާލިއެވެ. މުލި ކްލާހުގައި ހުނުމުގެ އަޑު ގުގމައިގެން ދިޔައިރު ޒީވާގެ މޫނުމަތީގައި ވަނީ ލަދުރަކި ހިނިތުންވުމެެކެވެ.

އުމުރުން ސަތާރަ އަހަރުގެ ޒީވާއަކީ އޮޅަލި ކުލައިގެ ހަންގަނޑެއްގެވެރި ރީތި ކުއްޖެކެވެ. އިސްކޮޅުން ދިގު ކަނދުރާއާ ހަމައަށް އަރާ ފަން އިސްތަށިގަނޑެކެވެ. ޒީވާއާ އަޅާ ބަލާއިރު ޝާޔަން އަކީ ހަމުގެ ކުލަ އަލި ކުއްޖެކެވެ. އިސްކޮޅުން ކުރު އެހެނަސް ފުރިހަމަ ހެދިހުރި ހަށިގަނޑެކެވެ. ބޮޑުބޮޑު ދެލޮލާއި ބޯ އެސްފިޔަތަކެކެވެ. އުނަގަނޑަށް އަރާ ފަން، ދިގު އިސްތަށިގަނޑެކެވެ. ދޮންކަމުން އަބަދުމެ އެ މޫނު ފެންނާނީ ފިޔާތޮށި ކުލައިންނެވެ. ދެކުދިންނަކީ އުމުރުން ފަސް އަހަރުން ފެށިގެން އެންމެ ގާތް އެކުވެރިންނެވެ. ދެކުދިންވެސް އެއީ ކިޔެވުމުގެ އިތުރަށް އެހެނިހެން ހަރަކާތް ތަކުގައިވެސް ސްކޫލުގައި ނަން ކިޔާލެވޭ މޮޅު ދެކުދިންނެވެ.

ޔަނާހު އަކީ އެ ކްލާހުގައި އުޅޭ ކުއްޖެކެވެ. ގްރޭޑް އަށަކުން ފެށިގެން އެކުދިންނާ އެއް ކްލާހެއްގައި އުޅެމުން އައުމުގެ ނަތީޖާ އަކަށް ވެގެން ދިޔައީ ޔަނާހުއަށް ޒީވާއާ ގަޔާވެވުމެވެ. މިޒާޖުގައި ސަކަ ގޮތެއް ހުންނަ އިސް ކޮޅުން ދިގު އަދި ބިޔަ ހަށިގަނޑެއްގެ ވެރި ޒުވާނެކެވެ. ފާޅުގައި ޒީވާއަށް އޭނާގެ ލޯބި ހާމަކުރަމުން ދާއިރު އޭނާއަށްވެސް ޒީވާ ގަޔާވާކަން އިނގެއެވެ. ނަމަވެސް ޔަނާހުވެސް އެހާ ބޮޑަށް އެކަމާ ނޫޅެނީ ޒީވާވެސް އޭލެވެލް ނިމެންދެން މަޑުކުރަން ބޭނުންވާނެކަން އިނގޭތީއެވެ. ޔަނާހުގެ އެންމެ ގާތް އެކުވެރިޔާ ލިއަމް އުޅެނީ އެ ކްލާހަކު ނޫނެވެ. ލިއަމް އަކީ މަޑުމައިތިރި ކުއްޖެކެވެ. ހިމަތޮޅި ހަޑިގަނޑެއްގެ ވެރި އެހެނަސް ދިގު އަދި ރީތި ޒުވާނެކެވެ. ލިއަމް އަކީ ސްކޫލުގެ ޑެޕިއުޓީ ކެޕްޓަނެވެ. ކިތަންމެ މަޑުން ހުއްޓަސް އަދި މީހެއް ގާތު ނުބުންޏަސް ލިއަމްއަށް ޝާޔަން ކަމުދެއެވެ. ޔަނާހު އަދި ލިއަމް އަކީވެސް ކިޔެވުމަށް މޮޅު ދެކުދިންނެވެ.

ހިސާބު ގަޑިއަކީ އެންމެ ފަހު ގަޑިއަށް ވުމާއެކު ސްކޫލުގެ މަގާމުތަކުގައި އުޅޭ ކުދިންނަށް މީޓިން އެއް އޮތުމާއެކު ޒީވާ، ޝާޔަން އަދި ލިއަމް އާ ޔަނާހުވެސް މަޑުކުރީ އެއްކޮށެވެ. ހަތަރު ކުދިންނަކީވެސް ގާތް އެކުވެރިންނެވެ. މީޓިން އޮންނަ ރޫމަށް ދެވުނު އިރު ހުރިހާކުދިން އައިސް ހަމަވެއްޖެއެވެ. އެޔާއެކު ޝާޔަން ލިއަމްގެ އެހީތެރިކަމާއެކު ބޯޑުގައި އެއްޗެހިތަކެއް ލިއެލިއެވެ. “ސޯ މި އަހަރުގެ ހައުސްޑޭ އަށް ރެޑީ ވުމުގެ ގޮތުން ކުރަން ޖެހޭ ހުރިހާ މަސައްކަތެއް ނިމިފައެއްނު ހުރީ ދޯ؟ ޔަނާހު، ޒީވާ، އަހުސަމް، ރަޔާ..ހަތަރު ހައުސް ކެޕްޓަނުންވެސް ރެޑީ ދޯ؟ އެންމެ ފުރަތަމަ އޮންނާނީ އަދަބީ ރޭސް. އަންނަ ހުކުރު ދުވަހު އަދި ހޮނިހިރު ދުވަހަށް ތާވަލް ކޮށްފަ އޮތީ. ގުޑް ލަކް ހުރިހާ ހައުސް ކެޕްޓަނުންނަށް ވެސް. ދެން އެންމެ ރަނގަޅު ގޮަސްލިއަސް.”

ޝާޔަން ދަބަސް ކޮނޑުގައި އަޅުވާލަމުން ކްލާހުގެ ހުރިހާ ބޮކިތަށް ނިއްވާލުމަށްފަހު ކްލާހުން ނިކުތެވެ. އޭރު ޔަނާހު ޒީވާ އަދި ލިއަމް އޭނާގެ އިންތިޒާރުގައި ހުއްޓެވެ. “ލެޓްސް ގޯ.” ޝާޔަން ބުނެލުމާއެކު ޒީވާ އައިސް ޝާޔަންގެ އަތުގައި ހިފައިގެން ލިފްޓަށް އަރަން ދިޔައެވެ. މީޓިންގް އޮތީ ފަސްވަނަ ފަންގިފިލާގައެވެ. އެ ސްކޫލަކީ އަށްބުރީގެ އިމާރާތެކެވެ. ޕްރީސްކުލުން ކުދިންގެ އިތުރުން މަތީ ސާނަވީ އަށްވެސް ކިޔަވައިދދޭ މި ސްކޫލަކީ ބޮޮޑު ސްކޫލެކެވެ. ހަތަރު ކުދިން އެކުގައި ސްކޫލުން ނިކުމެގެން އެއްކޮށް ގެޔަށްދާން މިސްރާބު ޖެހީ ހަތަރު މީހުންގެ ގެ ވެސް ހުންނަނީ ނުހަނު  ގާތުގައި ކަމަށް ވާތީއެެވެ.

ރަތް ކުލައިގެ ގަމީހަކާ މުށި ކުލައިގެ ޖިންސެއްގައި ހުރި ޝާޔަން ދަށަށް ޖަހާލަމުން ފުނާ އަޅާލިއެވެ. އެ ފަން ދިގު އިސްތަށިގަނޑު މިނިވަން ކަމާއެކު ދޫކޮށްލައިފައިވާއިރު ރަތްކުލައިގެ ލިޕްސްޓިކަކުން ތުންފަތްވަނީ ފަވާލެވިފައެވެ. ބަލާލަން ވަރަށްވެސް ފުރިހަމައެވެ. ސެންޓުޖަހަމުން ފޮތްތަށް ހިފައިގެން ދަބަސްއަޅުވާާލަމުން ޝާޔަން އޭނާގެ މަންމަގާތު ބުނުމަށްފަހު ނިކުތީ ޓިއުޝަނަށް ދާންށެވެ. އޭރު ޝާޔަން ބަލާ އައިސް ލިއަމް ހުއްެޓެވެ. ލިއަމްއަށް ޝާޔަން ފެނުމާއެކު ފޫހިކަމެއްނެތި ބެލެން ފެށުނެެވެ. ނަމަވެސް ޝާޔަންއަށް ފާހަގަ ވުމުގެ ކުރިން ދެކުދިން އެއްކޮށް ވާހަކައެއް ފަށަމުން އަވަހަށް ޔަނާހު އަދި ޒީވާ މެންހޯދަން ހިނގައިގަތެވެ.

ޓިއުޝަންގައި އިން ޒީވާ އިނީ ފިލާވަޅަށް ގެއްލިފައެވެ. ނަމަވެސް ދޭތެރެއަކުން ފޯނުން މެސެޖުކޮށްލައެވެ. ގާތުގައި އިން ޝާޔަންއަށެވެ. ދެކުދިން އެކަކު އަނެކަކަށް ސިއްރު ސިއްރުން ހެމުން ތިބެ ދައްކަމުން ދިޔައީ ޔަނާހުގެ ވާހަކައެވެ. ޒީވާއަށް ޔަނާހު ކަމުދާ ވާހަކަ ދައްކަމުން ދިޔަ އިރު ދެމީހުންވެސް ހެމުން ދިޔައެވެ. “އެބައޮތް ވަރަށް މުހިއްމު ކަމެއް ޑިސްކަސް ކުރަންވެފަ. އެކަމު ހައުސް ކަންތައް ނިމުނީމަ..” ޒީވާ ޝާޔަންއަށް މެސެޖު ކޮށްލިއެވެ. ޝާޔަން ކިޔާކިޔާވެސް ޒީވާ ދެން އިތުރަކަށް އެވާހަކައެއް ނުދައްކައެވެ.

ނުނިމޭ

Share Article

Follow Me Written By

shama shuaib

Level 410 Stories100 Comments500 Comments100 Login

I love writing. I love to read comments. And other stories. I'm 18 and this is my hobby. have a good day?❤️

Other Articles

Previous

ހީވޭ ހިތް ބުނާހެން 33

Next

ޒީން

Next
April 10, 2020

ޒީން

Previews
April 9, 2020

ހީވޭ ހިތް ބުނާހެން 33

7 Comments!

  1. imagination ?? says:
    April 9, 2020 at 10:37 pm

    hey everyone.. here is the first part. this is going to be a short story of around 5-10 parts. hope you enjoy it.

  2. Meekkomee says:
    April 10, 2020 at 12:08 am

    Siss …. Story he feshun varah salhi ingyy??? Masha Allah ???? whn is next….. waiting for it ????? stay home ❤️❤️ be safe ❤️❤️❤️??❤️ don’t forget to wash your hands ??❤️❤️❤️???? ttyl✌️✌️?????

    1. imagination ?? says:
      April 12, 2020 at 3:04 pm

      thank you so much ? u be safe too

  3. Yan♥️ says:
    April 10, 2020 at 5:42 am

    Varah reethi Masha Allah ?

    1. imagination ?? says:
      April 12, 2020 at 3:05 pm

      thank you?

  4. Kairaa says:
    April 10, 2020 at 9:33 am

    Varah reethi feshun????masha allah….and whn nxt…waiting for the nxt part???

    1. imagination ?? says:
      April 12, 2020 at 3:06 pm

      thanks kairaa.. mihaaru up kohllaifin ?

Comments are closed.


All Right Reserved!