Skip to content
އެސްފިޔަ

ވާނަމޭ އުމުރަށް އެކީ ޖާނާ (ފަހުބައި)

“އަހަރެން ނުބުނާނަން ދުވަހަކުވެސް އީރަމް ނުރޮއްވާނަމޭ، ދުވަހަކުވެސް ދެރައެއް ނުކުރާނަމޭއެއް.. އެއީ ހެދޭނެ ވަރަށް ބޮޑު ދޮގެއް ކަންނޭނގެ… އެއްވެސް ގުޅުމަކީ މައްސަލަނުޖެހި އަޑިތަކާއި ކުރިމަތިލާންނުޖެހި އަބަދު އުފަލުގައި އޮންނަ ގުޅުމެއް ނޫން.. އޭގެ ބަދަލުގައި އަހަރެން ބުނާނީ، އަހަރެން އީރަމް ދެރަކޮށް ނުރޮއްވޭތޯ އަހަރެންނަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނަމޭ… އެފަދަ ދުވަހެއް އަޔަސް، އީރަމް ދެރަވެ ހިތާމަކުރާނީ އެކަންޏެއްނޫން… އެފަދަގަޑިއެއް އަޔަސް އީރަމްގެ ހިތުގެ އަޑު ނީވޭ ހިސާބަކަށް އަހަރެންނެއް ނުދާނަން…. އަހަރެން ދުވަހަކުވެސް އީރަމް އެކަނިވެރިއެއްނުކުރާނަން.. ހިތްދަތިކަމާއި، އުފާވެރިކަމާއި ކުރިމަތިލާނީ އެކުއެކީގައި… އީރަމްއަށް ލިބޭ ކޮންމެ އުފަލެއްގައި އުފަލުން ބައިވެރިވާހެން، ލިބޭ ކޮންމެ ހިތާމައެއްގައި އުޒުރެއްނެތި ބައިވެރިވާނަން.. ދިރިއުޅުމުގައި އަންނަ އަޑިތަކަށް އީރަމް ވެއްޓޭނީ އެކަންޏެއްނޫން.. އަހަރެންނާއި އެކު… އެއަށްފަހު ދެމީހުންވެސް އުސްގަނޑަށް އަރާނީ އެކުއެކީ… އެހެންވީމަ، އަހަރުތަކެއްވަންދެން މިހިތުގައި ވި އަހަރެންގެ ފުރަތަމަ ލޯބި، އަހަރެންގެ މަލިކާ، އަހަރެންގެ ރާނީ، އަހަރެންގެ ސުވާލަކީ އަހަރެންނާއި އިނދެގެން، އަހަރެންނާއި އެކު އައު ދިރިއުޅުމެށް ފަށައިގެން، މިހުރިހާ ކަމެއް އީރަމްއަށްޓަކައި ކޮށްދިނުމުގެ ފުރުސަތު އަހަރެންނަށް ދެވިދާނެތަ؟ އީރަމް މިއަށްވުރެ އުފަލުގައި ގެންގުޅުމުގެ ހައްޤު އަހަރެންނަށް ދެވިދާނެތަ؟”

މީކާން ނިންމާލި މޮޅު އިބާރާތުގެ ފަހަތުގައި ވަނީ ކިހާ އިރެއްގެ ފަރިތަކުރުންތަކެއްކަމެއް އީރަމް އަކަށް ނޭނގެއެވެ. ނަމަވެސް އެ މޫނުމަތިން އެކަނިވެސް އޭނާ ހުރީ ވަރަށް ނުތަވަސްވެފައިކަން އީރަމްއަށް އެނގުނެވެ. ސީދާ އީރަމްގެ ދެލޮލަށް ނަޒަރު ހުއްޓާލައިގެން ހުރެ މީކާން އޭނާ ކުރަން ތައްޔާރުވި ސުވާލު ތަކުރާރުކޮށްލީ އިބާރާތް އެކީ ބަދަލުކޮށްލާ ވަރަށް ހިތްގައިމުގޮތަކަށެވެ. އީރަމް ހުރީ އެއްވެސް ވަރަކަށް މިކަހަލަ ކަމަކަށް އުއްމީދުކޮށްގެންނެއް ނޫނެވެ. އޭނާއަށް ނުއެނގި އެއްވެސް ހަބަރެއް ދަބަރެއް ނެތި މީކާން މިފަދަ ކަމެއްކުރުމުން އޭނާއަށް ލިބުނު ސިހުމާއި އުފާވެރިކަމެއްގެ ސަބަބުން ރޮވެންފެށުނެވެ. މީކާންގެ އެއްއަތުގައި މާބޮނޑި އޮތްއިރު އަނެއްއަތުގައި ވީ އަނގޮއްޓިއެވެ. ރޮމުންދިޔަ އީރަމް އޭނާ އާއި ގާތްކުރާނެ ގޮތެއް ނޭނގިފައި އިނދެ މީކާން އީރަމް އާއި ކައިރިވެލިއެވެ. އީރަމް ފައިބަމުންދިޔަ ކަރުނަތަށް ފޮހެމުން ދިޔައެއްކަމަކު ހުއްޓުމަކަށް ނައެވެ. މީކާން ކޮށްލި ކުޑަކުޑަ އަމަލަކުން އީރަމްގެ ހިއްސުތަށް މަޑުޖެހުނުކަހަލައެވެ. މީގެ ކުރިން މީކާން ފެނިގެން ބަނޑުތެރޭ އުފެދޭ ގޭސްގަނޑު އަނެއްކާވެސް އުފެދުނުކަހަލައެވެ. ނޫނެކެވެ ގޭހެއްނޫނެވެ. އެއީ ކޮކާލެވެ.

އީރަމްގެ މޫނާއި ދުރަށްޖެހިލާފައި މީކާން ބޯއަރިކޮށްފައި ހިނިގަނޑެއްޖަހާލިއެވެ. އީރަމްކަޅިވެސް ޖަހާލަން ނޭނގިފައި އިންއިރު އޭނާ އިނީ ގަނޑުވެފައިކަހަލަގޮތަކަށެވެ. މީކާން ދެތިންފަހަރަކު އީރަމްއަށް ގޮވާލުމުން އީރަމް ލަދުގަނެފައި އިސްޖަހާލިއެވެ. ތުންފަތުގައި ދަތްއަޅާލުމަށްފަހު އަނެއްކާވެސް މީކާން ގެ މޫނަށް ބަލައިލީ ހިތުގައިވި ޖަވާބު އިއްވުމަށްޓަކައެވެ. އޭގެ ކުރިން މީކާންގެ އަތުގައި އޮތް މާބޮނޑި އެއްއަތުން ހިފާފައި ވާ އަތް ދިއްކޮށްލީ އަނގޮއްޓި އެޅުވުމުގެ ފުރުސަތު މީކާންއަށް ދެމުންނެވެ. މީކާން ފުރިހަމަ ހިނިތުންވުމަކާއި އެކު އީރަމްގެ ކަށިވައިއިނގިލީގައި އޭނާ ގަތް ޑައިމެންޑް އަނގޮއްޓި އަޅުވާލިއެވެ. ކުރު ހިމަ އިނގިލިތަކާއި އެ އަނގޮއްޓި ކިތަންމެހާވެސް ގުޅެއެވެ.

“އަހަރެން.. މީކާން ތި ސުވާލުކުރޭތޯ ކޮން އިރެއް އިންތިޒާރުކުރާތާ… ހިތަށް އެރީ ދެން އަހަރެންނޭ މީކާން ކައިރި އިންނަންއަހާނީ… މީކާން.. ތެންކިޔޫ… އަހަރެން ވަރަށް ބޭނުން މީކާން އާއި އެކު އުޅެން.. އެއްގެއެއްގައި އެއްހަފްތާވަންދެން އަހަރެން އުޅުނުއިރު މީކާން އަހަރެންނަށް ކެއަރ ކުރާވަރުން ބޮލުގައި ރިއްސައިގަތަސް އެއީ ކޮންމެ އަންހެންކުއްޖެއްވެސް ބޭނުންވާ އެއްކަންތައް… އަހަރެން މުޅި އުމުރަށް މިހުރީ މީކާންގެ އެ އަޅާލުމާއި ލޯބި ލިބެން ކެތްމަދުވެފައި… މީކާން އަހަރެން މިއަދު ވައުދުވަން.. މީކާން އަހަރެން ކައިރީ ދެގޮތެއް ނުވެ ހުންނަފަދައިން އަހަރެންވެސް މީކާން ކައިރި ދެގޮތެއް ނުވެ ހުންނާނަން.. އަބަދުވެސް މުޅި އުމުރަށްވެސް މީކާން އާއި އެކު ވާނަން.. އައި ލަވް ޔޫ މީކާން…” އީރަމް މީކާންގެ ގައިގާ އޮޅުލައިގަތެވެ. މީކާންވެސް އެދެއަތުތެރޭ އީރަމް ފޮރުވާލީ ނާޒުކު މަލެއް ދުނިޔެއަށް ފޮރުވާލާ ފަދައިންނެވެ. އޭނާ އަމިއްލަ ނަފްސަށް އެތަށް ވައުދުތަކެއް ވީ އޭނާގެ އަތުތެރޭ ވި ނާޒުކު މަލަށް އެއްވެސް ގޯނާއެއްނުވޭތޯއާއި ފުރިހަމަ ރައްކާތެރިކަން އެ މަލަށް ދިނުމަށެވެ. އީރަމް މިއަދު މިވަނީ އޭނާ ހަށިގަނޑު ތެރެއަށް ލާ ނޭވާހާ މުހިންމުވެފައެވެ. ގަސް ހެދިބޮޑުވާން ކާނާ ބޭނުންވާހެން އޭނާ ބޭނުންވަނީ އީރަމްއެވެ. އޭނާގެ ހުރިހާވެސް އެއްޗަކީ އީރަމްއެވެ. މިއަދު އީރަމް ނެތްނަމަ އޭނާ އުޅޭނެ ގޮތް ހިތަށް އަރުވައިވެސް ނުލެވޭނެއެވެ.

މީކާންއާއި އީރަމް މޫދާއިވީ ދިމާލަށް ކޮއްޅަށް ތިބިއިރު ދެމީހުންގެ ދޭތެރޭ ވަނީ ހަމަހިމޭންކަމެވެ. މާހައުލުގައިވި މިއުޒީ އަޑު ދެމިހުންގެ ހިތަށާއި ސިކުނޑިއަށް ދިޔައީ އުފާވެރިކަން ލިއްބައިދެމުންނެވެ. އީރަމް އަތުގައި އޮތް ބޮޑު މާބޮނޑިއަށް ބަލާލިއެވެ. އޮރެންޖުކުލައާއި ރަތްކުލައިން ހުންނަ އެކި އެކި ވައްތަރުމާތަށް އޭގައި ހުރުމުން ކޮންމެވެސް މާނައެއް އޭގައި ވާނޭކަން އެނގިހުރެ މީކާންއާއި އެސުވާލުކޮށްލިއެވެ.

“ކީއްވެ އޮރެންޖުއާއި ރަތްކުލަ ހާއްސަކޮށްފައި މީ؟” އީރަމްގެ ސުވާލުން މީކާން ހިނިތުންވެލިއެވެ. އޭނާ ދެޖީބަށް އަތްޖަހާލުމަށްފަހު އީރަމްއާއި ހަތަރުކަޅި ހަމަކޮށްލިއެވެ.

“އީރަމް އަހަރެންނަށް ހާއްސަކުރި ކުލައަކީ ނޫކުލަ.. އަހަރެން އީރަމްއަށް ހާއްސަމިކުރަނީ ރަތްކުލައާއި އޮރެންޖުކުލަ.. އެއީ ރަތްކުލައިގެ މާނައަކީ ލޯބި، އޮރެންޖުކުލައަކީ އުފާ.. އަހަރެންގެ އުފަލާއި ލޯތްބަކީ ތީ… ތި މާބޮނޑީގައި އެ ދެކުލައިގެ ކުދިމަލާއި ބޮޑުމަލާއި ތަފާތު އެކި އެކި މާ ހުންނާނެ… އެގޮތަށް… އަހަރެންގެ ދިރިއުޅުމަށް ލިބޭނޭ ކުދި ބޮޑު އަދި ތަފާތު ވައްތަރުގެ އުފާވެރިކަމާއި ލޯބި ހައްޤުވަނީ އީރަމްއަށް.. އަހަރެންނަށް ލިބޭ ކޮންމެ އުފާވެރިކަމެއްގެ އަސްލަކީ ތީ.. އެންމެ ފުރަތަމަ ހިތުގައި ކޮށްޓާލި ފަދައިން އަބަދުވެސް އަހަރެންގެ ހިތުގައި ކޮށްޓާލާނީ ތި ސޫރަ… މި ދުނިޔޭގެ ތެރެއަށް، މި ބައިބޯވާ މީހުންގެ ތެރެއަށް ގެއްލުނަސް އަހަރެންގެ ލޮލުކުރިމަތިން ނުގެއްލެއްޗޭ.. ކޮންމެ ގޮތެއްވިޔަސް އެ ހުރިހާ މޫނުތަކަށްވުރެ ކުރިން އަހަރެންގެ ކަޅި އެންމެ ފުރަތަމަ ހުއްޓޭ ސޫރައަކީ ތީ.. އެހެންވީމަ ކިތަންމެ ގެއްލުނަސް އަހަރެންނަކަށް އީރަމްއެއް ނުގެއްލޭނެ.. އޯކޭ؟ ދެން ހިނގާ ދާން.. މިހާރު މާ ފިނިބޮޑުވަނީ …” މީކާން އެހާ ލޯބި ލޯބި ވާހަކަތަށް ދައްކާފައި އީރަމްގެ ހިތްއުފާކޮށްދޭ ގޮތުން އޭނާގެ ހިތް ފުރިގެން ބަންޑުންވާކަހަލައެވެ. މީކާންގެ ދެލޮލުން އޭނާ ދައްކާ ވާހަކަތަކުގެ ތެދުވެރިކަން ސާފުކަން އީރަމްއަށް ފެނެއެވެ. އެއްވެސް އޮޅުވާލުމެއްނެތެވެ. އެދެލޮލުތެރޭވި ސާފުކަމާއި ހުދުކަން އެ ހިތުތެރޭވާކަން އީރަމްއަށް އިނގެއެވެ. އެފަދަ ބައިވެރިއެއް އޭނާއަށް ލިބުނީތީ އޭނާ ޝުކުރުގެ ބަސްތަކަކުން ހަމްދުކޮށްލެވުނީ ވެރި އިލާހަށެވެ. އަތުގައި ހިފައިގެން އޭނާއަށް ވުރެ ތަންކޮޅެއް ކުރިން ހިނގަމުންދިޔަ މީކާން އޭނާ ގެ ދިރިއުޅުމަށް ގެނައިކަމީ ހަމަ އެ ވެރި ރައްބުގެ ކުޅަދުންވަންތަކަމެވެ.

“އާނ ހަނދާންނެތުނީ.. މިއޮތީ އަހަރެމެންގެ ކައިވެނީގެ ކާރޑު… އީރަމް ނޫނެކޭ ނުބުނާނެކަން އެނގޭވިއްޔަ.. އީރަމް ކައިރި ނުވެސް އަހާ އަހަރެން ކައިވެނީގެ ކާޑު އެންމެންނަށް ބަހާލައިފިން.. އަހަރެމެންގެ ކައިވެނި އޮތީ ހަފްތާއެއް ފަހުން… ދާ ގޮތަށް އީރަމް ވަރަށް ބިޒީވާނެ އެއީ ހެދުން ކަންތަކުގައި އެކަނި.. އީރަމް ނުޖެހޭނެ އިތުރުކަމެއް ކުރާކަށް.. ހަމައެކަނި ފަހާ މީހާ ކައިރިއަށް ގޮސް ހެދުމާއި އެ ހަދާގޮތާއި ހުރިހާ އެއްޗެއް ބުނަންވީ.. ނާޒީ ދާނެ އީރަމްއާއި އެކު… އެހިސާބުން ނިމުނީ… ދެން މިހާރުން ފަށައިގެން ވިސްނާ ރަން ކިޔާނެ އަދަދު…”

“ސީރިއަސްލީ.. މީކާންންންން!!!! އެހެންވީމަ އެމީހުން އަތުގައި އޮތީ އަހަރެމެންގެ ކައިވެނީގެ ކާރޑުތައް؟؟ ޕިސްޕިސް… އަހަރެން ހީކުރިވަރަށްވުރެ ބޮޑަށްމީކާން ތައްޔާރުވެފައި އެބަހުރި…” ހައިރާންވެފައި ހުރި އީރަމް ގެ ދުލަށް ގެންނާނޭ ބަހެއްވެސް ނޭނގުނެވެ. އެހާވެސް ދުރަށް މީކާން ހުރީ ވިސްނާފައެވެ. އަތުގައި އޮތް ކާރޑުގައި ލިޔެފައިހުރި އެއްޗެހި ކިޔާލިއިރު އޭނާ ހިނިތުންވެވުނީ ކުއްލިއަކަށް ބަދަލުވާން އުޅޭ ދިރިއުޅުމަށް ފުރިހަމައަށް ތައްޔާރުވާން އޮތީ މަދުދުވަސްކޮޅެއްކަން އެނގުމުންނެވެ. އެހާވެސް މީކާންގެ ސިކުނޑީ މޮޅެވެ.

“އަހަރެން ނޫނެކޭ ބުނި ނަމަ އަޅެ މީކާން ބުނެބަލަ ކުރާނެކަމެއް؟ އަދި އިންނަންވެސް އެހީ ކާރޑު ބަހާފައޭ ދޯ؟؟”

“އަޅެ އަހަރެން ކީއްކުރަން ވިސްނަންވީކީ އީރަމް ނޫނެކޭ ބުނީމަ ކުރާނެކަމަކަށް.. އީރަމް ބުނާނީ އާއެކޭ ކަން އަހަރެންނަށް ޔަޤީނޭ…”

“އެކަމަކުވެސް އަހަރެން ކައިރީ ނުވެސް ބުނަމެއްނު…. ތިބުނީ ކައިވެނި އޮތީ އެއް ހަފްތާ ފަހުންނޭ… އަހަރެން ކިހިނެއް ތައްޔާރުވާނީ…. ޕިސްޕިސް މީކާން…. ހައިރާންވެއްޖެ އަހަރެން!” އެތެރެއަށް ވަދެގެންދިޔައިރުވެސް ދެމީހުން ދިޔައީ އެކަކު އަނެކަކާއި ތޮޅެމުންނެވެ. އީރަމް އަށް ކައިވެންޏާއި ގުޅިގެން މީކާން ރާވަމުންދިޔަ ކަންތައްތައް ކިޔައިދިނުމުން އޭނާގެ ކުދިކިޔުންތަކަކަށް ހުއްޓުމެއްނައެވެ. ކޮންމެ ގޮތެއްވިޔަސް އީރަމްއަށް ލައްވާލާފައި މިއޮތީ މާވަހަރެއްހާ އަގުބޮޑު، ދެވަނައެއްނުވާ ފިރިހެނެކެވެ. އޮފީހުގައި ނިންމާ ޕްރޮޖެކްޓްތަކުގައި ބޭނުންކުރާ ސިކުނޑި ކައިވެންޏަށްވެސް އެ ބޭނުންކުރީތާއެވެ. ވާ ލޯތްބެއްގެ ބޮޑުކަމުން މަރުވަންދެންވެސް ގެންގުޅެން އެބަޖެހޭވިއްޔާއެވެ.

…………………….

ކައިވެނީގެ ކަންތައް ކުރިއަށް ދިޔައީ ހަލުވި ބާރުމިނެއްގައެވެ. އީރަމް ދުވަހަކުވެސް އޭނާގެ ކައިވެނީގެ ދުވަސް ރާވާފައިނުވާހާ ފުރިހަމަ ގޮތަކަށް މީކާން ދިޔައީ ހުރިހާ ކަމެއްވެސް ރާވާ ތައްޔާރުކުރަމުންނެވެ. އީރަމް އަށް ނޭނގި އެ އުފަލުގައި ބައިވެރިވުމަށްޓަކައި ފަސްދުވަސްކުރިން އޭނާގެ ދޮންމަންމެންވެސް އޭނާ ކައިރިއަށް އައެވެ. ލިބުނު އުފާވެރިކަން ދުލުން ބުނާހާ ފަސޭހައެއްނުވިއެވެ. ހުވަފެނީ ދުނިޔެއެއްގައި ނުލާހިކު އުފަލުން އުޅެމުންދިޔަ އީރަމް ދިޔައީ އުދުހެމުންނެވެ. އެހާވެސް އޭނާގެ މާހައުލު އުފާވެރިއެވެ. ހުރިހާ ޝުކުރެއްގެ ވެރިޔަކީ ހަމައެކަނި މީކާންއެވެ.

އެއްރެއެވެ. މީކާން އާއި އީރަމްއާއި ދެމެދު ދެކެވެމުންދިޔައީ ޖެހިގެން އޮތް ދުވަހު ކައިވެނި ކުރަންޖެހޭ ގަޑިއާއި ޖެހެންދެން ކުރަންޖެހޭނޭ ކަންތައްތަކުގެ ވާހަކައެވެ.

“އީރަމް ކާރޑު ފޮނުވީމެއްނު؟ ހަބަރެއް ވިތަ އެގެއިން؟” ކުއްލިއަކަށް ހަނދާންވެގެން މީކާންއެހިއެވެ. ލައުޑްސްޕީކަރަށް ލައިގެން ހުރި މީކާން ދިޔައީ އަތުން އެއްޗެހިތަކެއް ރާވަމުންނެވެ. އޭނާ ހިތްހަމަޖެހޭވަރަށް މަސައްކަތްކުރެވޭނީ އަމިއްލަ އަތުން ކޮށްގެންކަން އޭނާ ކައިރި އުޅޭ އެންމެންނަށްވެސް އިނގެއެވެ. ފޯނުކޯލުގެ އަނެއްފަރާތުން މީކާންއާއި ވާހަކަދައްކަން އޮތް އީރަމް ފުންނޭވައެއް ދޫކޮށްލިއެވެ.

“ނޫން މީކާން.. އަހަރެން ބުނީމެއްނު، އަހަރެންގެ އުފަލުގައި އެމީހުން ބައިވެރިއެއްނުވާނޭ… އެމީހުންނަށް އަހަރެން އެހާ މުހިއްމުނަމަ ބައްޕަ ނިޔާވުމުން އަހަރެންނާއި ދޮންމަންމަ އެކަނިވެރި ނުކުރިސް… ދޮންމަންމަ ކޮން ހައްޤެއް އޮވެގެން އަހަރެން އެ ބެލީ؟ އަހަރެން ބަލަންޖެހޭ މީހުން އަހަރެންނަށް އަޅާވެސްނުލި… ކާރޑު ފޮނުވިއިރުވެސް އިނގޭ އެމީހުން ހަދާނީ މިހެންކަން…” އީރަމް ވާހަކަދެއްކީ އޭނާގެ ބައްޕަ ފަރާތު އާއިލާ އާއި ބެހޭގޮތުންނެވެ. ބައްޕަ ނިޔާވުމާއި އެކު އެމީހުންވަނީ އީރަމްއާއި ގުޅުން ކަނޑާލާފައެވެ. ހާލު ބަލާލަން ނުގުޅާއިރު މަގުމަތިން ފެނުމުންވެސް އަޅައިނުލާ ދަނީއެވެ. އެވަރު ބަޔަކު އޭނާގެ އުފަލުގައި ބައިވެރިވާން ނާންނާނެކަން އޭނާއަށް ޔަޤީނެވެ. ނަމަވެސް ކާރޑު ފޮނުވީ މީކާންގެ އެދުމަކަށް ވީމައެވެ. ހީނަރުވެފައިވާ ގުޅުން އާބާދުކުރެވޭނެ ގޮތަކީ އެއީކަންނޭނގެއެވެ. ކޮންމެއަކަސް އެ ވާހަކަތަކުގެ ތެރެއިން ނަޒީރާއާއި ސަނީހުގެ ވާހަކަ ދެކެވެންފެށުނެވެ.

“ހުހް.. ވަރަށް ފޫހި މީހެއް އެއީ.. ނަސީބެއް ހައްޔަރުވިކަން.. އަހަރެންނަށް އަބަދުވެސް އިނގޭ މަސްތުވާތަކެތި ބޭނުންކުރާކަން.. އާނ އެދުވަހުވެސް އަހަރެން ކައިރިއަށް އާއިރުވެސް މީހާ ހުރީ ހަމަޔަކު ނޫން… ނަސީބެއް ހަމަ…” އީރަމް ރުޅިއައިއްސާ އެހެން ބުނުމުން މީކާންގެ ހަނދާނަށް އައީ މީގެ ދުވަސްތަކެއް ކުރިން އޭނާއަށް ސާނިހު ފެނުނު ދުވަސްމަތިންނެވެ. އެކަމާއި ހިނިވެސްއައެވެ.

“އަހަރެން އަމިއްލަ ނަފްސަށް ނުކުރާހާ އިތުބާރު އީރަމްއަށް ކުރާކަން އެނގޭތަ؟”

“އިނގޭ.. އެކަމު އެއީ އޭ މައްސަލައަކީ.. އަމިއްލަ ނަފްސަށް އިތުބާރުކޮށްގެން ދޯ އަހަރެންނާއި އިންނަން ފުރަތަމަ ޖެހޭނީވެސް.. މީކާން ކިހިނެއް އެހާ ޔަޤީންކަމާއި އެކު ތިބުނެވެނީ އަހަރެންދެކެ ލޯބިވާކަމާއި އަހަރެން އެކަނިވެރި ނުކުރާނެވާހަކަ… އެއީ އަމިއްލަ ނަފްސަށް އިތުބާރުކުރެވޭތީނު… އިޓްސް ޖަސްޓް، އެހެންމީހަކަށްވުރެ ބޮޑަށް އަމިއްލަ ނަފްސަށްކުރަންވީ.. ދެން އަންނާނީ އެހެންމީހުން… އަހަރެން ބޭނުމެއްނޫނޭ މީކާން އަހަރެންދެކެ އަމިއްލަ ނަފްސަށްވުރެ ބޮޑަށް އިތުބާރުކޮށް ލޯބިވާކަށް.. އަހަރެން ބޭނުންވަނީ މީކާން އެންމެ ފުރަތަމަ އަމިއްލަ މީހާ ހުރިހާ ކަމެއްގައި އިސްކުރަން… އަމިއްލަ މީހާ އުފާނުވާހާ ހިނދު ކިހިނެއް އެހެންމީހަކު އުފާކުރެވޭނީ؟”

“ތިހެންބުނީމަ ހިތަށް އަރަނީ، މަންމައަށްވެސް އެހެންކަންނޭނގެ އެވީ… މަންމަ އަމިއްލަ ނަފްސަކަށް އިތުބާރެއްނުކުރޭ.. އެހެންވެއެއްނު އެހެންމީހަކަށް ނުކުރެވެނީ، މަންމަ އެހާ އެކަނިވެރިވީ.. ގައިމުވެސް އެހެންމީހެއް ނެތަސް މަންމަގެ އަމިއްލަ ނަފްސު ހުންނާނެ…އެކަމު މަންމަ އިތުބާރުނުކުރާ ނަފްސަކަށް ކިހިނެއް މަންމަ އުފާކުރެވޭނީ؟ މަންމައަށް ނުލިބުނު އުފާ އެހެންމީހަކަށް ކިހިނެއް ދޭނީ؟ މަންމަ އަކީ ފެށުނީއްސުރެ ހިތާމަތަކުގައި އުޅުނު މީހެއް……”

“ހުމްމމ.. އެކަމު އެ ހިތާމަތަކާއި، އެ ހާލަތާއި އެ ހުރިހާ ކަމަކީ އިމްތިހާނެއް… އިމްތިހާނާއި އެކު އަހަރެމެންނަށް އެބަލިބޭ ދެ ޗޮއިސްއެއް.. ރަނގަޅު މަގާއި ނުބައި މަގު… އެ ހިތާމައިގައި ޤަރަގުވަމުން އަހަރެމެން އިޚްތިޔާރުކުރާނީ ކޮންމަގެއް؟ މުނާއަށްވެސް އެ ފުރުސަތު ލިބުނު، ރަނގަޅު މަގުން ހިނގަން.. އެކަމް ނުބައި މަގު އިޚްތިޔާރުކުރީ މުނާ.. އެހެންވީމަ ދެންތިބި މީހުން ކުށްވެރިކުރުމުގެ ބޭނުމެއްކޮބާ؟ ލަމްޔާއަށްވެސް ކުރިމަތިވި އެ ސުވާލު.. އެކަމް ލަމްޔާވެސް އިޚްތިޔާރުކުރީ ނުބައި މަގު… ކިތަންމެ ދަތިތަކަކާއި އެކު ދުވަސްގަނޑެއް ހޭދަކުރަންޖެހުނަސް ރަނގަޅުމަގުން ނޫނީ ނުހިގައްޗޭ މީކާން..”

ގުޅުމަށް އަހަރެއްނުވާއިރު އެދެމީހުންވަނީ އެކަކު އަނެކަކާއި ގުޅި ލާމެހިފައެވެ. އެކަކު އަނެކަކަށް ނަސޭހަތުގެ ބަސްތަކާއި ހިތްވަރުގެ ބަސްތަށް ދިޔައީ އޮއްސަމުންނެވެ. އީރަމް ވާހަކަދައްކާއިރު ގެންގުޅޭ ތޫނުފިލިކަން އަބަދުވެސް މީކާން ހައިރާންކުރުވައެވެ. ހާލަތާއި ގުޅާ ގޮތަށް އޭނާ ވާހަކަދައްކާއިރު ޖެހިގެން ހުންނަމީހާގެ ހިތަށް އެ ލިބެނީ ބުނަން ނޭނގޭ ހިތްހަމަޖެހުމެކެވެ. އެ ހާލަތާއި މެދު ދެވަނަ ނަޒަރަކުން ވިސްނާނޭ ފުރުސަތެއް ތަނަވަސްވަނީ އީރަމްގެ ވާހަކަތަކުންނެވެ. ސަލީމާއާއި މީކާންގެ ގުޅުމަށް އެހާ އަވަހަށް ރަނގަޅު ކުރިއެރުމަކާއި ގާތްކަމެއް ލިބިގެންދިޔައީ ކެނޑިނޭޅި އީރަމްގެ ފަރާތުން ލިބެމުންދިޔަ ނަސޭހަތްތަކުގެ ސަބަބުންނެވެ. އީރަމް ހުރީ މާދަމާ ކުރެވެން އުޅޭ ކައިވެންޏާއި މެދު ހިތްއަވަސްވެފައެވެ. އޭނާ މީކާންއަށް ވަނީ ބޮޑު ސަޕްރައިޒްއެއް ޕްލޭންކޮށްފައެވެ. އެކަން ކުރުމަށް އޭނާއަށް އެންމެ ބޮޑު އެހީތެރިކަމެއް ލިބުނީ ސަލީމާއާއި ނާޒީގެ ފަރާތުންނެވެ. އީރަމްއަށް ނިދެންދެންވެސް އޭނާގެ އަނގައިން ވާހަކަހުސްނުވިއެވެ. ނަމަވެސް އެ ބޮޑު ސިއްރުވީ އޭނާގެ އަނގަޔަތެރޭ ގައިދުވެފައެވެ.

…………………………

ހާއްސަދުވަހަށް ކުރެވެމުންދިޔަ ތައްޔާރީތަށްވެސް ނުލާހިކު ހާއްސަވެފައި ‘ޔުނީކް’އެވެ. މީކާންގެ ބޮޑު އާއިލާގެ ފަރާތުން ލިބެމުންދިޔަ އެހީތެރިކަމުގެ އިތުރަށް އޮފީސް މުވައްޒަފުންވެސް ކުރަމުންދިޔަ މިންނެތް މަސައްކަތަށް އޭނާ ޝުކުރުވެރިވިއެވެ. ހޯލުތެރޭގެ ހުރިހާ މަސައްކަތެއް ކުރުމުގައި އޭނާގެ މުވައްޒަފުން ކުރި މަސައްކަތަކީ އޭނާގެ ކައިވެންޏަށް ކުންފުނިގެ ފަރާތުން ދޭ ހަދިޔާއެއްކަމުގައި ބުންޏެވެ. އެކަމާއި މީކާން ހިނިއައީ ކޮންމެ ގޮތެއްވިޔަސް އެއީ އޭނާގެ ކުންފުނިކަމަށް ވުމުންނެވެ. އީރަމްއަށް އެންމެ ރީތި ކުލަކަމުގައިވާ ނޫކުލައިން އެތަން ޖަރީކުރެވިފައިވާއިރު ހުދު ކުލަވީ އެ ނޫކުލަތަކުގެ އެކުވެރިއަކަށެވެ. ދެކުލަ އެކީ ފެންނަގޮތް ނުލާހިކު ހިތްގައިމެވެ. ޝާހީ ޕާޓީއަކާއި ވައްތަރަށް ދިއްލާލެވިފައިވާ ހޯލަށް އިރުއިރުކޮޅާ މީކާން ތައުރީފުކޮށްލައެވެ. އޭނާ ކިތަންމެ ދައްކަން ބޭނުންނުވިޔަސް އޭނާގެ ހިތްހުރީ އަވަސްވެފައެވެ. އެކަމުގެ ސަބަބުން ވީހާވެސް ބޮޑަށް އޭނާ މަސައްކަތުގައި އުޅެންފެށިއެވެ. އޭނާގެ ސިކުނޑި އެހެންކަމަކަށް ހުސްކުރިއެވެ. މީކާން ސިހުނި އޭނާ އަށް ގޮވާލާފައި އަތުގެ އިޝާރާތުން ކައިރިއަށް އައުމަށް އެދުނު ސަލީމާ ފެނިފައެވެ. ސަލީމާ މިތަނަށް އައީ ކީއްވެބާއޭ ހިތާ އޭނާ ސަލީމާ ކައިރިއަށް ހިނގައިގަތެވެ. އޭނާ މަޑުކޮށްގެން ހުރީ މޭޒެއް ކައިރީގައެވެ. އޭގެ މަތީ ޕެކުކޮށްފައި ހުރި ކޮތަޅެއްހުއްޓެވެ.

“މިޔޯ؟”

“ނުކައި ހުރީމައެއްނު.. އިށީނދޭ ކާން.. އިނގޭ މީކާން ކައިރި ކާން އަންނާށޭ ބުނީމަ ނާންނާނެކަން އެހެންވީމަ ކާން މި ގެނެސްދިނީ..”

“ސޯ ސޯ ކިއުޓް.. ޝުކުރިއްޔާ މަންމާ…” ސަލީމާގެ ވާހަކައަޑުއަހާފައި މީކާންއަށް ޖަވާބުދެވުނުއިރު މަންމާއޭ ބުނުމުން ދެމީހުންގެ ހަރަކާތަށްވެސް ހުއްޓުމެއްއައެވެ. އެއީ މީކާން އަށް އިޚްތިޔާރަކާއި ނުލާ ބުނެވުނު އެއްޗަކަށްވުމުން އަމިއްލަ މީހާވެސް އިނީ ސިހިފައެވެ. ނަމަވެސް އޭނާއާއި ދިމާލަށް ބަލަހައްޓައިގެން ހުރި ސަލީމާއަށް ހިނިތުންވުމެއް ދީފައި އަވަސްއަވަހަށް ކާންފެށިއެވެ. ސަލީމާގެ ލޮލަށް ކަރުނަ ޖަމާވިއެއްކަމަކު އެ ލޮލުތެރޭ ކޮންޓްރޯލްކޮށްލިއެވެ. އަދި ފުންނޭވައެއްލާފައި އޭނާގެ އަތުން ކެއްކި ކެއުމަށް އިންސާފުކުރަން އިން އޭނާގެ ހަގުދަރިފުޅަށް ބަލަންއިނެވެ.

“ވަރަށް މީރު…. މަންމަ ދެން އަންނަންވީނު ގެޔަށް.. ތިތާ އުޅެން ކިހާ ފޫހި.. ނާޒީގެ ބޭކާރު ވާހަކަ އަޑުއަހާކަށް ނުޖެހޭނެ… އީރަމްވެސް ކިޔަނީ މަންމަ ގެންނަން. މަންމަ އާއި އެކު އުޅެން މާ މަޖާވާނޭ..” މީކާން އެހެން ބުނީ ކިތަންމެ ހަމަޖެހިލާފައެއްކަމަކު ސަލީމާގެ ހިތް ދިޔައީ ފުރިގެން ބަންޑުންވެގެންނެވެ. މީކާން އޭނާ މަންމައެއްގެ ގޮތުގައި ގަބޫލުކުރިކަން އެނގި އޭނާ ޖަވާބެއް ދޭން ބޭނުންވިޔަސް ނުބުނެވުނެވެ. ބަދަލުގައި މީކާންއާއި އާދައިގެ މަތިން ވާހަކަދައްކަންފެށީއެވެ.

“ނޫނޭ… މަންމަ ކައިރިއަށް ބޭނުންއިރަކު ހަމަ އީރަމްއާއި މީކާން އަންނަންވީ.. އެކަމް މަންމަ ބޭނުންވަނީ އެގޭގައި އުޅެން… މަންމަ ކައިރި ބުނާއިރަށް ދަރިފުޅު ބޭނުން އެއްޗެއް ހަދާފައި ފޮނުވާނަން.. އެންމެ ރަނގަޅެއްނު އެގޮތް؟” ސަލީމާގެ ވާހަކަތަށް އަޑުއަހާފައި މީކާން ބޯޖަހާލީ އެކަމަށް އެއްބަސްވަމުންނެވެ. ސަލީމާ އޭނާގެ ގެ ދޫކޮށްލަން ބޭނުންނުވާހެން މީކާންވެސް އޭނާ އެންމެ ކުޑައިރުންފަށައިގެން އުޅުނު ގެ ދޫކޮށްލާކަށް ނޭދެއެވެ. އެކަމާއި ސަލީމާވެސް ހުރީ ހިތްހަމަޖައްސާލައިގެންނެވެ. މީކާން އޭނާ ކައިރި ގެންގުޅެން ބޭނުންވިއެއްކަމަކު މީކާންގެ ނިންމުންތަކަށް އޭނާ ޤަދަރުކުރެއެވެ. މީކާންގެ މިނިވަންކަމަށް ބަސްބުނެހަދާކަށް އޭނާ ނޭދެއެވެ. ކޮންމެ ގޮތެއްވިޔަސް މިހާރު މީކާން އެދަނީ މުނާ ބަންދުކޮށްގެން ގެންގުޅުނު ކޮށިން ސަލާމަތްވެ އުދުހެމުންނެވެ. ދިރިއުޅުމުގެ އުފާތައް ފުރިހަމައަށް ލިބެމުންނެވެ.

ގަޔަށް ހެޔޮވަރު ކޮށްލި އަތްދިގު ހުދުކުލައި ބޮޑު ވެޑީންޑްރެސްގައި އީރަމް ޖަހަނީ ތަނެއްގެ ރާނީގެ ވައްތަރެވެ. އީރަމް ބޭނުންވިފަދަ އާދައިގެ މޭކަޕެއްގައި އެމޫނު ހުރީ ނުހަނު ޗާލުކޮށް ނަލަކޮށެވެ. ބަލާލި ކޮންމެ މީހަކުވެސް އީރަމްއަށް ތައުރީފު ކޮށްނުލާ ދޫނުކުރާނެކަން ގައިމެވެ. އީރަމް އަށް ބަލަހައްޓައިގެން ހުރި ނާޒީ އުފަލުން އޭނާގެ ގައިގާ ބައްދައިގަތެވެ. އީރަމްގެ ރީތިކަމަށް އެތަށް ފޮނި ބަސްތަކެއް އަނގައިން ބޭރުކޮށްލިއެވެ. ބޮޑު ހުދު ހެދުމުގައި ނޫކުލައިގެ ވިދުމެއް ހުއްޓެވެ. އަމިއްލަ ސިފަ ލޯގަނޑުން ބަލާލާފައި އީރަމްއަށްވެސް ތައުރީފުކޮށްލެވުނެވެ. މީކާން އަށް އޭނާ ފެނިއްޖެނަމަ ވާނެ ގޮތަކާއި މެދު މިހާރުވެސް އޭނާއަށް ދިޔައީ ހެވެމުންނެވެ. ގައިމުވެސް މީކާންއަށް މިލިބެން އުޅޭ ހަދިޔާގެ ޒައްރެއްގެ މިންވަރުވެސް ނޭނގޭނެއެވެ. ބޮލުގެ އިސްތަށިގަނޑު ރީތިކޮށްލެވިފައިވުމުން މޫނުމަތީގެ ރީތިކަން ދިޔައީ ހާމަވަމުންނެވެ. ހުދުކުލައިގެ ގަމިސް ބެގީކުރެވިފައިވާއިރު ޖީބުގައި ޖަހާލެވިފައިވާ މަލުގައިވީ ނޫކުލައެވެ. ކަޅުކުލައިގެ ކޯޓު ލުމާއި އެކު މީކާންގެ ފިރިހެންވަންތަކަން ވީ އިތުރެވެ. މީކާންގެ ކަސްރަތީ ދިގު ހަށިގަނޑަށް ލައިގެން ހުރި އެއްޗެހި ނުހަނު ރީތިވެފައި އަޅައިގަންނަގޮތެއްހުރެއެވެ. ހިތުގައި ނުތަވަސްކަން އުފެދިފައިވީއިރު މީކާން ބޭނުންވީ ވީހާވެސް އަވަހަށް ކައިވެނީގެ ކަންތައް ނިންމާށެވެ. އޭނާ ހާސްވާވަރުން ހީވަނީ އަންހެންކުއްޖަކު އޭނާގެ ކައިވެންޏަށް ތައްޔާރުވެގެން އުޅެނީހެންނެވެ. އީރަމް އަންނާނީ ނާޒީއާއި އެކު ކަން މާ ކުރިން ހަބަރުލިބިފައިއޮތުމުން މީކާންގެ މިޝްރާބު ހުރީ އޭނާގެ ކައިވެނި ޕާޓީ އޮތް ދަރުބާރުގެއަށެވެ.

އެތަކެއް ފަހަރު ބަލަންޖެހުނަސް އޭނާ ބަލާ ފޫހިނުވާނޭފަދަ ރީތިކަމަކާއި ޝާހީކަމެއް ހޯލުތެރޭވިއެވެ. އަލީގައިވީ ފަނޑު ކުލައިން ހިތްފުރިގެންދެއެވެ. ބަލާލި ކޮންމެ ދިމާލަކުންވެސް ފެންނަނީ ނަލަކަމެވެ. ރީތިކަމެވެ. ހުރިހާ ޝުކުރެއްވެސް އޭނާގެ މުވައްޒަފުންނަށާއި އެހީވެދިން އާއިލާއަށެވެ. އީރަމްއަށް ހާއްސަކޮށްގެން އޭނާ ގެނައި ހަދިޔާ ފަސޭހައިން ފެންނަ ހިސާބެއްގައި ފޮރުވާފައި ބޭންދުމަށްފަހު އެތަނުތެރޭ ތިބި ދެބެންގެ ދެދަރި މީހުންނާއި ވާހަކަދައްކާލަން ދިޔައެވެ. ގަޑިޖެހެން ކައިރިވީވަރަކަށް މީކާންގެދެލޯ ހުއްޓެނީ ދޮރާއި ދިމާލަށެވެ. އަންނަންޖެހޭ މީހުންތައްމިވަނީ ހަމަވެފައެވެ. ނަމަވެސް އަދިވެސް އީރަމްގެ ހަބަރެއްނެތެވެ. މިހާރު ވަރަށް ގާތްވެއްޖެކަމަށް ނާޒީ ބުންޏެއްކަމަކު މީކާން އިނީ ލަސްބޮޑުވެފައެވެ. ގަޑި ހިނގާލެއް ލަހީބާއެވެ. ނޫނީ މީކާން މާ ހިތްއަވަސްވަނީބާއެވެ. އެތަށް އިރެއްގެ އިންތިޒާރު ނިމިގެންދިޔައީ ނާޒީގެ އަތުގައި ހިފަހައްޓާލައިގެން ފަރި ހިނގުމެއްގައި އައި ޖާދޫވީ ޕަރީ ފެނުމުންނެވެ. އެތަނުތެރެއަށް އުޖާލާކަމެއް ވެރިވިފަދައެވެ. ނަމަވެސް މީކާންއަށް ލިބުނު ހައިރާންކަމާއި އެކު ފަހަތަށް ފިޔަވަޅެއް އަޅާލެވުނީ ކުއްލިއަކަށެވެ. އޭނާގެ ކުރިމަތީ ނަލަ ހެދިލައިގެން އެހުރީ އީރަމްއެވެ. ނަމަވެސް އޭނާ އަބަދުވެސް ތައުރީފުކޮށް އަނގަޔަށް ތަދުކޮށްލާވަރު ކުރާ ފަން އިސްތަށީގަނޑުވަނީ ނިވާކުރެވިފައެވެ. އެއްކޮށް ނިވާވެގެން މީކާންއާއި ބައްދަލުކުރި ހޫރުޕަރީއަށް ކޮށްލާނޭ ތައުރީފެއްވެސް އޭނާގެ އަނގަޔަކަށް ނައެވެ. އެންމެން އީރަމް ވަށާލާފައި އޭނާގެ ރީތިކަމަށް ތައުރީފުކުރަމުންދިޔައެވެ. ބުރުގާ އެޅީމާ ޖަހަނީ އަރަބި ކުއްޖެއްގެ ވައްތަރުކަމަށް އެމީހުން ދިޔައީ ބުނަމުންނެވެ.

ތެދެކެވެ. ހެދުމާއި ގުޅުވާލައިގެން އޭނާގެ އައުރަނިވާކުރެވިފައިވަނީ ހުދު ޝޯލްއަކުންނެވެ. އޭނާ ބުރުގާ އެޅީ މިއަދު އަމިއްލައަށް އެކަން ކުރަން ބޭނުންވެ ހެޔޮ ނިޔަތެއްގައެވެ. މީކާންއަށް އެއްވެސް ހަބަރެއް ދަބަރެއްނެތި އެކަން ކުރީ ކުރިމަތިން މިހާރުވެސް ހަރަކާތްހުއްޓިފައިހުރި އެ ސޫރަ ފެނި މަލާމާތްކުރުމުގެ ގޮތުންނެވެ. ބުރުގާ އެޅުމުން އީރަމް އިތުރަށް ރީތިކަމަށް ދައްކައެވެ. ކުރިއަށްވުރެ ބޮޑަށް އީރަމްގެ މޫނު ވިދާ ބަބުޅާކަހަލައެވެ. ކުރިއަށްވުރެ ރީތިވެފައި ތަފާތު ނޫރެއް އެ އައު ސޫރައިން ދިޔައީ ފެންނަމުންނެވެ. މީކާން އަށް ދޫކޮށްލެވުނީ ފުންނޭވާއެކެވެ. ވަށައިގެން ތިބި އެންމެންވެސް އަޑުންއަޑުނަގާ ފެށީ ހޭށެވެ. އީރަމްއަށްވެސް ހެވުނެވެ.

“ކޮންއިރަކު….؟ އީރަމްމް.. ނުވެސްބުނަމެއްނު.. މާ ޝާ ﷲ.. އަހަރެން…..”

“އުނހު އުނހު.. ދެން ކައިވެނި ކުރެވުނީމަ ކުރިއަށް ގެންދޭ.. އީރަމް ބުރުގާ އެޅީ މިއަދު.. އަހަރެންގެކުރިމަތި ހަމަ.. އީރަމް ބޭނުންވީ ބުރުގާ އަޅަން.. އަމިއްލައަށް… ދެން ފަހުން އެވާހަކަ.. މިހާރު ހިނގާ މޭޒުކައިރިއަށް…” ނާޒީ އަވަސް އަރުވާލާފައި ތައްޔާރުވެ ތިބި ގާޒީންނާއި ހެކިވެރިންގެ ކައިރިއަށް އީރަމް އައި މީކާން ގެންދިޔައެވެ. އީރަމްގެ ނަޒަރު ހުއްޓުނީ އޭނާގެ އުފަލުގައި ފުރިހަމަ އަށް ބައިވެރިވެ އޭނާއަށްޓަކައި އުފަލުން ރޮމުންދިޔަ އޭނާގެ ދޮންމަންމައަށެވެ. އެ މަންމައަށް ޝުކުރުއަދާ ކުރާނޭ ގޮތެއްވެސް އޭނާއަކަށް ނޭނގެއެވެ. ނަޒީރާ ނުފެނި އެތަށް ދުވަހަކު ދުރުގައި އުޅެންޖެހުނަސް އެދެމީހުން ކޮންމެ ދުވަހަކުވެސް ފޯނުން އެތަށް އިރެއްވަންދެން ވާހަކަދައްކައެވެ. ފިނިވެފައި އިން އީރަމްގެ ނަޒަރު ދެން ހުއްޓުނީ އޭނާއަށް މަންމައެއްގެ ލޯބި މަދުދުވަސްކޮޅެއްގެ ތެރޭގައި ދިން ސަލީމާއަށެވެ. ސަލީމާ ބޯޖަހާލުމުން އީރަމް ހިނިތުންވުމެއްދިނެވެ. ނުހަނު ކައިރީ ހުރި ނާޒީއަށް އީރަމްގެ ނަޒަރު ހުއްޓުނެވެ. އެއީ އެތަކެއް އަހަރުވަންދެން ހިތްވަރުއެލުވާނުލާ އީރަމްއަށްޓަކައި އެތަށް ފަރުވާއެއް ހެޔޮހިތުން ކޮށްދިން ޑޮކްޓަރެކެވެ. އޭނާގެ އެންމެ ގާތްއެކުވެރިޔާއެވެ. އެތަށް އަހަރެއްވަންދެންވެސް ހިތްވަރު އެލުވާނުލާ ވަރުބަލިކަމެއްނެތި އޭނާގެ ހަމަހިމޭން ދުނިޔެ މަތިން ލޯބިވާން ދަސްކޮށްދިން ދައްތައެވެ. ނަޒީރާއާއި އެއްވަރަށް ނާޒީއަށްވެސް އެތަށް ޝުކުރެއް ހައްޤެވެ.

އީރަމްގެ ހިތް ނޭނގޭ ބާރުމިނެއްގައި ތެޅެންފެށީ ކައިރި އިން މީކާން ގެ ދުލުން ނިކުތް ބަސްތަށް އަޑުއިވިފައެވެ. އަނބިގަބޫލުކުރިކަން ގާޒީއަށް އިއްވާލާފައި ދެވަނަ ފަހަރަށް އީރަމްއަށް ނުހަނު މަޑުމައިތިރިކަމާއި އެކު އިއްވާލިއެވެ. ނަމަވެސް އެތާ ތިބި އެންމެންނަށް އެމަންޒަރު ފެނި ހިނިއަންނަގޮތްވިއެވެ. އައުކައިވެނީގެ ވަލީމާ އެންމެ ފުރަތަމަ ރަހަބެލުމުގެ ފުރުސަތު ލިބުނީ އެތަނުގައި ތިބި އާއިލާ މެމްބަރުންނަށެވެ. ފޮޓޯ ޝޫޓުތަކާއި ގެން ކުރިއަށް ދިޔަ ކުޑަކުޑަ ވަގުތުކޮޅު ނިންމާލަން މީކާން ހުރީ ނުހަނު ބޭނުންވެފައެވެ. އީރަމްއާއި ވާހަކަދައްކާލަން އޭނާ ހުރީ ވަރަށް ވަރަށް ބޭނުންވެފައެވެ. ލިބުނު ހަނި ފުރުސަތެއްގެ ބޭނުންހިފައި މީކާން އީރަމް ގޮވައިގެން ދުރަށްޖެހިލިއެވެ. އެއަށްފަހު ފައިން ފަށައިގެން ބޮލާއި ހަމައަށް ދެތިންފަހަރު ބަލާލިއެވެ. ލަދުވެތިކަމާއި އެކު އީރަމް އިސްޖަހާލުމުން މީކާން އޭނާގެ ދަތްދޮޅީކޮޅުގައި އިނގިލި އަޅުވާފައި އުފުލާލިއެވެ.

“މާ ޝާ ﷲ… އަހަރެންނަކަށް ނޭނގެ އަހަރެން އިންނަން މިއުޅުނީ ޕަރީއަކާކަމެއް… ވަރަށް ރީތި.. އަހަރެންނަށް އީރަމްގެ ތި ހަދިޔާ ވަރަށް ކަމުދިޔަ… ތެންކިޔު އީރަމް… އީރަމް ތިހެން ހުރީމަ މާ ލޯބި.. މާ ރީތި…. ވެރި ރައްބުގެ ކުޅަދުންވަންތަކަން ބަލާލާ ކޮންމެ ތާކުން ހެކިދޭނޭބުނި ބަސް މިއަދުވެސް ހަޤީޤަތަކަށްވެއްޖެ… އެ ކަލާނގެ މިންވަރުފުޅު ނުކުރައްވާނަމަ އަހަރެންގެ ފުރަތަމަ ލޯބި، އަހަރެންގެ އީރަމް މިއަދު އަހަރެން ކައިރި ނުވެސް ހުރިސް… އަލްހަމްދުލިއްﷲ..”

މީކާންގެ ވާހަކަތަކުން އީރަމް އިތުރަށް ލަދުގަތެވެ. މީކާންގެ ބޭނުމަކަށްވީ އޭނާގެ ހަދިޔާ އީރަމްއަށް ހަވާލުކުރުމެވެ. އެހެންކަމުން އޭނާ އެވަރަށް ފޮރުވައިގެން ގެނާ ފޮތް އީރަމްގެ އަތަށް ނިކަން ހަލުވިކަމާއިއެކު ލިއެވެ. އީރަމް ދެލޯ ބޮޑުކޮށްލާފައި ފޮތަށް ބަލާލީ އެއީ އޭނާ އެތަށް ދުވަހެއްވަންދެން ލިޔެލިޔެފައި މީހުންނާއި ވާހަކަދެއްކި ފޮތްކަން އެނގިގެންނެވެ. އެފޮތް އޭނާ އަތުން ގެއްލުނީއެވެ. ނަމަވެސް ފެށޭ ގަނޑުތަކުގައި ވި އީރަމްގެ ލިޔުމުން އެއީ ހަމަ އެ ފޮތްކަން އޭނާއަށް ޔަޤީންވިއެވެ. މީކާންގެ އެދުމަށް ދުރު ސޮފްހާތަކަކަށް އުކާލިއެވެ. އެއާއި އެކު އޭނާގެ ދެލޯ ބޮޑުވެފައި މީކާންއަށް ބަލާލިއެވެ. ވަކިވަކިން ކޮންމެ ސަފުހާއެއް ބަލަމުންދިޔަ އީރަމް ހުރީ އުފަލުން ފޮޅިފައެވެ. އެ ވަގުތުކޮޅު މެދުކެނޑުނީ މެހެމާނުން އަންނަންފެށުމުންނެވެ. ފުރިހަމަ ރީތިކަމެއް ލިބިފައިވި އެ ޖޯޑަށް އެތައްބައެއްގެ ތައުރީފުލިބުނެވެ. ހާއްސަކޮށް ދަންނަ މީހުންގެ ފަރާތުން އީރަމް ބުރުގާ އެޅުމުން ކުރި ތައުރީފު މާ ގިނައެވެ. އީރަމް އިރުއިރުކޮޅާ ދޮރަށް ނަޒަރު ހުއްޓާލައެވެ. ހޯލުތެރޭވި މަޑު މިއުޒިކުގެ އިތުރަށްމީހުންގެ އަޑުވެސް ވަނީ ހިފާލާފައެވެ. މީހުންތަށް ފުރިބާރުވެފައިވާއިރު އީރަމް ހޯދަން ބޭނުންވި މީހުން ހަފްލާ ނިމުނުއިރުވެސް ނާދެއެވެ. ކިތަންމެ ދެރަވިޔަސް ހުރިހާ އުފަލެއް ނުލިބޭނެކަން އޭނާ ގަބޫލުކުރިއެވެ. އެލިބުނު ކުޑަކުޑަ ހިތާމައަށްވުރެ މިވަގުތު އޭނާއަށް ލިބިފައިވާ އުފަލުގައި ހިފުންމާ މުހިންމެވެ. އާއިލާއެއްގެ ގޮތުގައި އެމީހުން ނުދެކުނެއްކަމަކު އެމީހުންނަކީ އީރަމްގެ އާއިލާގެ ބައެއްކަން އޭނާ ދެކެއެވެ. އިންތިޒާރުކުރެވުނީ އެހެންވެއެވެ.

މީހުންތަށް މަދުވާންފެށުމާއި އެކު އީރަމް ކައިރީ ހުރި މީކާންވެސް ކޮންމެވެސް ތާކަށް ގޮއްސިއެވެ. ނާޒީ އީރަމްގެ އަތުގައި ހިފައިގެން ކާމޭޒު ކައިރީ ބޭންދުމަށްފަހު ކާންފަށާށޭ ބުނިއިރު މައިކު ހިފައިގެން މީކާން ސްޓޭޖަށް އަރަނީއެވެ. އީރަމް ދެބުމަ ކައިރިކޮށްލައިގެން މީކާންގެ ހަރަކާތްތަކަށް ބަލަހައްޓައިގެން އިނެވެ. މީކާން އޭނާގެ އާއިލާއަށް ބޮޑު ޝުކުރެއްކުރިއެވެ. ނަމަވެސް އޭނާ މިވަގުތުކޮޅު ހާއްސަކޮށްލާނީ އޭނާގެ އަންހެނުންނަށްކަމަށް ބުނުމުން އެންމެން ހަޅޭލަވައިގަތެވެ. އީރަމް ލަދުން އިސްޖަހާލަންނުކެރިފައި އިނެވެ.

“އަހަރެން ހަނދާނަކަށް ނާދޭ އީރަމްގެ މޫނު ފުރަތަމަ ފެނުނުދުވަހު ހިތަށް އެރިއެއްޗެއް… އެކަމު އަހަރެންނަށް އިނގޭކަމަކީ ތި ރީތި މޫނަށް ބަލާލުން އާދައަކަށް ވެގެންދިޔުމާއި އެކު ހިތުގައި ވަރުގަދަ ލޯތްބެއްޖެހުނުކަން… ތެންކިޔު އީރަމް.. އަހަރެންގެ ދިރިއުޅުމަށް އައީތީ… އަހަރެން އީރަމްއަށް އިތުބާރު ނުކުރިދުވަހުވެސް އީރަމް އަހަރެންނަށް އިތުބާރު ކުރީތީ… އެހާ ބޮޑު ބަދަލެއް ދިރިއުޅުމަށް އައުމުންވެސް ހިތްވަރުއެލުވާނުލާ ކޮޅަށް ތެދުވީތީ ..ތެންކިޔު… އީރަމް އަމިއްލަ ނަފްސަށްޓަކައި ކުރާ ހުރިހާ ކަމަކަށް ތެންކިޔު.. އީރަމް އަހަރެންނަކަށްޓަކައި ކޮށްދިން ހުރިހާ ކަމަކަށް ތެންކިޔު… އީރަމް އީރަމްއަށް ވީތީ ތެންކިޔު… ހަނދާންވޭ އީރަމް އަހަރެންގެ ލޮލަށް އިނގިލިކޮށްޕާލިދުވަސް.. އަދިވެސް ނޭނގެ އީރަމް އޭރު ކުރިކަމެއް.. ކީއްތަކުރީ އެދުވަހު މާ ވަރަކަށް އަތް ހޫރަ ހޫރާފަ؟ އަހަރެންގެ ލޮލަށް ހާދަ ތަދުވިޔޭ… ލޯބިވިޔަކަސް އަހަރެން ހަނދާނެއް ނުނައްތާލަމޭ އެވާހަކައެއް… ބުނެބަލަ ކީއްކުރީތަ އެދުވަހު..” ދެއްކި ލޯބި ވާހަކަތަކުގެ ތެރޭ އެންމެންވެސް ތިބީ އެ ބަސްތަކުގައި ޖެހި މަސްތުވެފައެވެ. ނަމަވެސް ކުއްލިއަކަށް މީކާންގެ އަޑަށާއި ހަރަކާތްތަކަށް އައި ބަދަލުން އެންމެންނަށް ހެވެންފެށުނެވެ. އީރަމްވެސް އަނގަމަތީ އަތްއަޅާލާފައި ހޭންފެށީ މީކާން އެބުނި ދުވަހެއް ހަނދާނަށް އައުމުންނެވެ. ޖަވާބު ނައުމުން އަނެއްކާވެސް މީކާން އެސުވާލު ތަކުރާރުކޮށްލީ އެއަށް އެވަގުތުން އެވަގުތަށް ޖަވާބު ބޭނުންވާތީއެވެ.

އެންމެފަހުން އެންމެން ޖަވާބުދޭށޭ ކިޔަންފެށުމުން އީރަމް ޖަވާބުދިނެވެ. އޭނާ ކުރީގައި ވަރަށް ފޮޓޯނަގާހިތްވާކަން ބުނެދިނެވެ. ކެމެރާއެއް ނުލިބުމުން އަތާއި އިނގިލިތަކަށް ގޮތްގޮތް ހަދާފައި އެދުވަހުވެސް އޭނާ މަންޒަރުތަކުގެ ފޮޓޯނެގީކަމަށް ބުންޏެވެ. އީރަމްގެ ދޮންމޫނު ލަދުން ރަތްވެފައި ހުރިއިރު މީކާން ދެފަރާތަށް ބޯހަރަކާތްކޮށްލީ ހައިރާންވެފައިހުރެއެވެ. އެންމެން އެކީ ހޭންފެށިއެވެ. މާހައުލަށް ވެރިވެފައިވަނީ އުފާވެރިކަމެވެ.

“އޯކޭ.. ސޯ… އީރަމް.. އަހަރެންނަކީ ވަރަށް ނަސީބުގަދަ މީހެއް އީރަމް ކަހަލަ ކުއްޖެއް ލިބުނީމަ… އައި ލަވް ޔޫ އީރަމް އިސްމާއިލް..” ވާހަކަ ކުރުކޮށްލާފައި މީކާން ލަވައެއް ކިޔާލިއެވެ. އެއީ އީރަމް އޭނާ ކައިރި ލޯބިވާވާހަކަ ބުނިދުވަހު ރައްދުގައި އޭނާއަށް ދިން ޖަވާބެވެ. އެޑްޝީރަންގެ ޕާރފެކްޓް ލަވައިގެ ބައިތައް ކިޔަމުންދިޔައިރު މީކާންގެ ދެލޯ އަމާޒުވެފައިހުރީ އޭނާގެ ހިތުގެ މަލިކާއަށެވެ. އޭނާގެ އަމީރާއަށެވެ. މީކާން ފައިބައިގެން އައިސް އީރަމްކައިރީ އިށީންއިރު އެންމެންގެ ތަރުހީބު ދިޔައީ ކެނޑިނޭޅި އޭނާއަށް ލިބެމުންނެވެ. އީރަމް މީކާންގެ ގައިގާ ބޮނޑިއެއް އަޅާލިއެވެ.

“ތެންކިޔޫ… އެކަމް އެކަހަލަ ގަޑިގައިވެސް އެދެއްކީ ކޮންވާހަކައެއްތަ؟ ސާބަސް މީކް.!”

“ދެން އަހަރެން ހާދަ އިނގެން ބޭނުންވެފައޭ ހުރީ.. ހަނދާންވީމަ އެއްނު އެހޭނީ…”

“ފަހުންވެސް އެހޭނެ ދޯ؟ މީކާން ތީ ހަމަ މޮޔައެއް…”

“އީރަމް ތި މޮޔައެއްނޫންތަ އަޅެ؟؟ އަހަރެން ލޯ އެދުވަހު އިނީ ރަތްވެ ދުޅަވެފައި…. ވާހަކަދައްކާލަން ދިޔަ ފުރަތަމަދުވަހުވެސް ދިނީ އަނިޔާވިއްޔަ”

އީރަމް އާއި މީކާން ތޮޅޭތަން ފެނި އެންމެން އެއްވަރަކަށް ޕިސްޕިސް ޖަހާލިއެވެ. އެކަކަށް ދޫކުރާވަރު މީހަކު ނެތެވެ. ދެމީހުންވެސް އެހާ މޮޔައެވެ.

……………………………….

“ވާއު.. އަހަރެން ހީބިހި ނަގައިފި މަންމާ…!ބައްޕަ އާއި މަންމަގެ ލަވްސްޓޯރީ ހާދަ ލޯތްބޭ…” ސަތާރަ އަހަރުގެ ޒައިނަބް އޮށޯވެލައިގެން އޮތީ އީރަމްގެ އުނގުގައެވެ. އަދިވެސް ތުއްތު ކުއްޖެއްހެން އޭނާ އީރަމް ގެ ލޯތްބާއި ސަމާލުކަން ހުންނަނީ ބޭނުންވެފައެވެ. މަންމައާއި ބައްޕަ ދިމާވިގޮތް ކިޔައިދޭން ހުއްޓުމެއްނެތި ކިޔާވަރުން އީރަމް އޭނާގެ ޅައުމުރުންފަށައިގެން ޒުވާންދައުރު ހަމަކުރި ގަދަފަދަ ލޯބީގެ ވާހަކަ ދަރިފުޅަށް ހިއްސާކުރިއެވެ. ލިބުނު ދެ ކުދިންގެ ތެރެއިން ޒައިނަބް އަކީ އެންމެ ދޮށީ ކުއްޖާއެވެ. އޭނާއަށްވުރެ ހަތަރުއަހަރު ކުޑަ ޒައިންއަށްވުރެ ޒައިނަބްގެ ޅަކަން މާ ބޮޑެވެ. ވާނީވެސް އެހެންތާއެވެ. ލިބުނު ހަމައެކަނި އަންހެންކުއްޖާދެކެ މީކާންވެސް ވަނީ ވަރުގަދަ ލޯތްބެކެވެ.

“އެހެންވީމަ ބައްޕަ މާމަ ގަބޫލުކުރީތާ ދޯ… ހާދަ ރަނގަޅޭ.. ހާދަ ލޯބިއޭ… ހަމަ އަސްލުވެސް އޭ މަންމާ.. އަދިވެސް ކިހާ ލޯބިތަ މަންމައާއި ބައްޕަ… އަހަރެން ހަމަ މޮޔަވާވަރުވޭ..”

“ޕިސްޕިސް.. ހާދަ އަނގަގަދައޭ ދޯ ޒައިނަބްގެ.. ނާޒް ދޮންތަގެ އަނގަ ހަމަ ތީ…”

“ދެން ބުނެބަލަ ބައްޕަ މަންމަމެން މެރީ ކުރިދުވަހު ދިނީ ކޮންފޮތެއްތަ؟”

ޒައިނަބް ކުރި ސުވާލުން އީރަމް ހިނިތުންވެލިއެވެ.

……..

އީރަމް އެނދުމަތީ އިށީންއިރު އޭނާގެ އަތުގައި ފޮތެއްއޮތެވެ. އެއީ އެތަކެއް އަހަރު ރައްކާކޮށްގެން ގެންގުޅުނު ފޮތެވެ. އެފޮތުގެ ހަލާކުވެފައިވާ ބޭރުގަނޑަށްވުރެ އޭނާއަށް މުހިންމީ އޭގެ އެތެރޭގައިވީ ލިޔުންތަކެވެ. އެކި އެކި ތާރީހުތަކުގައި މީކާން އީރަމްގެ ނަންމަތީ ލިޔެފައިވާ އެތަށް ސީޓިތަކެއް ވީ އެ ފޮތުތެރޭ ގައިދުވެފައެވެ. އީރަމް ދެކެ ލޯބިވާ ވާހަކަ ބުނުމުގެ ކުރިންނާއި އީރަމް ލޯބިވާވަހަކަ ބުނުމުގެ ކުރިންވެސް މީކާން އޭނާގެ ރީތިކަމަށް ތައުރީފުކޮށްފައި ސިޓީތަކެއް ލިޔެފައިވިއެވެ. ލޯބިހުށައެޅުމަށްފަހުވެސް އެކި ތާރީހުތަކުގައި އެކި ވާހަކަތަށް ހިއްސާކޮށްފައިވެއެވެ. އެކި ދުވަހު އެދެމީހުންގެ ދޭތެރޭ ހިނގި ހަނދާނުން ފިލުވާލަން އުނދަގޫ ވަގުތުކޮޅުތަކުގެ ވާހަކަ ލިޔެފައިވެއެވެ. އެ ސިޓީތަށް އަބަދުވެސް ރައްކާތެރިކަމާއި އެކު ބޭއްވުމަށް މީކާން އެދުނެވެ. އެ ސިޓީތަކުން އޭނާގެ ލޯބިވާވަރު އީރަމްއަށް އިނގޭނެކަން އެތަކެއް ފަހަރު އެކި ސިޓީތަކުގައި ލިޔެފައިވެއެވެ. ފަހަތު ގަނޑެއްގައި ގަލަމަކުން ކުރަހާލެވިފައިވީ އީރަމްގެ ކުޑައިރުގެ ސޫރައެވެ. އެއީ މީކާންގެ ހަނދާނުގައި ހުރި ގޮތަށް އޭނާ އަމިއްލަ އަތުން ކުރަހާފައިވާ ކުރެހުމެއްކަން ގަނޑުގެ ތިރީގައި ލިޔެފައިވިއެވެ. އަދި އޭގެ އިތުރަށް ލޯބީގެ އިބާރާތެއްވެސް ލިޔެފައިވިއެވެ.

“މިއީ އަހަރެންނަށް އީރަމް އެންމެ ފުރަތަމަ ފެނުނުއިރު ހުރިގޮތް… އަހަރެން ހީކުރަން މި ސޫރަ މުސްކުޅިވަންދެންވެސް ބަލަ ބަލާ ހުންނަންޖެހޭނެކަމަށް…

ނުވާނަމޭ ބަދަލެއްހުވާ ޔާރާ…

ވާނަމޭ އުމުރުއަށް އެކީ ޖާނާ

ނޭދެމޭ ދުރުވާކަށެއް ލޯބިވާ

ނުވާނަމޭ ބަދަލެއް ހުވާ ޔާރާ..”

އީރަމް ސިހުނީ އެ ކުރެހުމުގެ ތިރީގައިއިލިޔެފައިވާ އިބާރާތްކޮޅު އޭނާގެ ހިތުގެ ރާޖާ ކިޔާލި އަޑުއިވިފައެވެ. ފަހުން ލިޔެފައި އިން ލަވައިގެ ބައިތުވެސް އެ ރާގުގައި ކިޔާލި މީކާން ހުރީ އީރަމްގެ ކުރިމަތީގައެވެ. އޮފީހުން ވަރުބަލިކަމާއި އެކު އައިނަމަވެސް އީރަމްގެ މޫނުފެނި ކުރިއެކޭ އެއްފަދައިން މިއަދުވެސް އޭނާގެ ވަރުބަލިކަން އެކީ ފިލައިގެން ހިނގައްޖެއެވެ. އީރަމްގެ ލޯބީގައި މިވަނީ ކޮންފަދަ ބާރެއްހެއްޔެވެ؟ އެ ސުވާލަށް ޖަވާބު ހޯދަންވެއްޖެނަމަ އުމުރު ހުސްވެދާނެއެވެ. އޭގެ ބަދަލުގައި އެލޯބީގައި ދީވާނާއެއްހެން އުޅެ އުމުރުހުސްކުރުން މާރަނގަޅެވެ. މީކާންގެ އަތުތެރެއަށް ވަތް އީރަމް ހުރީ އުފަލުން ފޮޅިފައެވެ. އެތަކެއް ދުވަސްފަހުން އޭނާގެ މާޒީގެ ސޮފްހާތަކަށް ހުޅުވާލެވުމުން މީކާންދެކެ އިތުރަށް ލޯބިވެވުނުހެން ހީވިއެވެ. މީކާންގެ ކޮންމެ ނިންމުމަކާއި ކޮންމެ ހަރަކާތެއްގައި ވަނީ އީރަމްއަށްޓަކައި ވާ ލޯބިކަން މިއަދުވެސް އޭނާއަށް ހާމަވެއްޖެއެވެ. އެމޫނުމަތީ ވި އުޖާލާކަމުގެ އަސްލަކީ އެދެމީހުންގެ އުފާވެރި ދިރިއުޅުމެވެ. އެ ލޯބީގެ ނިޝާންކަމުގައިވާ ޒައިނަބް އާއި ޒައިންއެވެ. އުމުރުން ދުވަސްތަކެއް ފާއިތުވެ ކައިވެންޏަށް ވިހި އަހަރު ވާންކައިރިވެފައިވާއިރުވެސް އެ ލޯތްބަކަށް އެ ގުޅުމަކަށް ކުޑަވެސް ބަދަލެއް ނާދެއެވެ. ކުޑައިރު ވީ ފަދަ ގަދަފަދަ ލޯބި އަދިވެސް އެދޭތެރޭވެއެވެ.

ނިމުނީ

Comments (53)

  1. Shina

    Niceeeeeeeeeeee

    1. Ryn
      Shina

      Thankyou ❤️

  2. Ryn

    SALAAAM! Alhumdulillah! finally, the last episode is here. Ikn you guys were waiting for it curiously and alsoo a very good morning. I hope you liked every little thing about this story and I hope this story helped you to get rid of the boredom during this STAYATHOME days. My main motive for publishing this story during this pandemic time is to make the readers enjoy at home, Before I say something else, I would like to tell you, the last part might be a beginning of a new story because I already started writing it and i will upload it nimunyma iraadha. But its like, it might take a while because I took many many days to complete this little story too. I am so gonna miss uploading stories and reading comments. I love all my readers, those who are new and those who were with me from the beginning, thankyou so much for being here. Thankyou for giving both negative and positive feedbacks that made me grow, Ikn i took way too long without writing any story, but I am glad I did not stop and continued it ;), I did not give up on my fav thing even after falling apart a several times, I hope you will do the same with every little thing that is important for you in your life. Trust yourself before you trust anyone, dont forget to love yourself because YOU COMES FIRST. Thankyou everyone. Please leave a comment about what you think about the whole story, AN overall comment, maybe that will help me alot with my new stories. Thankyou. I am gonna miss you all, also my esfiya chatroom friends, i hope you are doing great, i miss you j. 😉

  3. Dhonthy

    Woah it’s a beautiful story Maasha Allah. ❤️❤️ Comment nukuriyas kiyan mi story hama upload kuraavarakah. Unmeedhukuran adhi Ryn faraathun mikahala reethi ehen story eiy kiyaalan libeynekamau. All of your stories are hama superb. I really like and love your stories. Love you sis. ❤️❤️❤️❤️❤️ Ufaaveri dhuvasthakakau edhen ????❤️❤️❤️❤️❤️

    1. Ryn
      Dhonthy

      Thankyou dhonthy, take care and have a great day ❤️

  4. Ranaa..

    It’s so awesome ….luv ur stories….

    1. Ryn
      Ranaa..

      Thankyou Ranaa ?❤️

  5. ?QUEEN ?

    Story varah reethi ❤️❤️ Can’t wait to read your next story and good luck for the next story ❤️❤️❤️

    1. Ryn
      ?QUEEN ?

      Thankyou queen take care ❤️

  6. leash

    wow ryn thee hama best mivaahaka ves nimunee dhow haadha reehchey varah furihama baeh liyuntherin liyaairu vaki ahareh liyefa fahun jahaane ekamaku reenɡe vaahakaiɡa mi himanaifa in badhalu varah reethi rynɡe next storyɡe inthizaaruɡai hurin

    1. Ryn
      leash

      Thankyou so much leash ❤️ Thankyou for the positivity ☺️

  7. Yana

    Varah reethi mi vaahaka. Waiting for the next story

    1. Ryn
      Yana

      Thankyou Yana ❤️

  8. Afu

    OMG varah salhi …. Mi vaahaka varah habehey hama bunaanee …. Thank u mivaahaka nimendhn liyunee thee…. Miss u more …. N luv u sissy .. dhn inn story ah kiyanee kon nameh tha sissy?? Luv yah ❤️❤️

    1. Ryn
      Afu

      Adhi nameh decide nukuran afu! Probably will be about zainab ❤️? Thankyou

  9. Manha

    Masha Allah…… ??Vrh reethi mi vhk… Waiting for ur nxt story… take care…

    1. Ryn
      Manha

      Thankyou manha ☺️❤️

  10. chummmmmm

    what the?? i’m shocked! tbh, I didn’t expect this to be a true “story” she read to her daughter. hehe. btw story hama habeys! loved it! waiting for your next story sis!

    1. Ryn
      chummmmmm

      HAHA a very unexpected ending ey dhw! Thankyou chummmmmm. Take care ❤️

  11. Meekkomee

    Siss…… story is awesome ??? Masha Allah ?? varah Varah Reethi ?? one of my favourite story ever ?????? waiting for your next story ???story numunyy dhww????luv yeahhhh ❤️❤️❤️❤️??❤️❤️ stay home ❤️ be safe ❤️❤️❤️????ttyl ✌️❤️❤️❤️????✌️

    1. Ryn
      Meekkomee

      THANKYOU MEEKKOMEE! Be safe ❤️

  12. Shaakko

    Aaaaaaaah bunaane ekahcheh ves neh lolun fen ais roven ves rovijje evarah مشاء الله bas husvejje kos vejje aslu huree hama vaahaka nimuneema comment kuran Ekam vaahaka reethi kamun dhen hama neh bunaane ekahcheh ves aslu ves vaahaka hama 100 hama varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah reethi مشاء الله Ryn kahala sikundi eh libunu nama hama huvaa thee mi fahakah aiss kiyun enme salhi story مشاء الله adhives Ryn ge baivaru vaahaka thah varah avahah fennaane kamah unmmeedhu kuran Ryn ah abadhuves kaamiyaaba ufaaveri kan libumah edhen love you Ryn sis thi gothah vaahaka liyan dhaskohdhehche hehe varah miss vaane mi vaahaka mathin❤️??❤️??❤️??❤️??❤️??????????????????????????????????????????????????????????????❤️❤️??????????????
    Stay home?
    Stay safe?

    1. Ryn
      Shaakko

      Alhey shaakko thankyou for this comment. So sweet of you. Take care and stay safe ❤️

  13. Yan♥️

    Haadha rechey Masha Allah

    1. Ryn
      Yan♥️

      Thankyou yan ❤️

  14. BTS FAN LOVER

    Ohh finally storie nimunii?? varah reethiiii ??adhiii ves mihkahala ehn vaahaka eh genesdhecheyy Ryn❤️❤️see Yuh soon ???

    1. Ryn
      BTS FAN LOVER

      Yes in sha Allah. Thankyou ❤️

  15. ReadeR

    Omg… the best author after mr.zihunee.. bt u are also amazing ryn sissu.. comment nukurias i always read this story up kuraa varakun and i found this super duper.. omg i dnt knw wht to say ryn sissu.. i luv this story a lot.. hope meege 2nd part eh onnaane kamah.. have a blissful future ryn sissu.. ily??

    1. Ryn
      ReadeR

      Thankyou ReaderR, what a cute comment, made my day 1000% better. Take care ❤️

  16. imkko

    Maasha allah …. mi baihama bestttttt …. gonna miss this story sooo much …. one of the best stories iv’e ever readed far …. im so glad that im able to read such a amazing story …. mi vaahaka kiyaafa hama rovijje …. speech less …. thank you so much for letting us read your awesome stories …. N yah curiously waiting for your new story … pretty sure its also gonna be hama best …. love u and love your stories ryn ❤❤❤❤ n stay safe ❤❤❤❤❤❤ gonna miss u n this story

    1. Ryn
      imkko

      Thankyou imkkko I’m gonna miss you too as you’re one of the regular commenters ❤️☺️ Take care darling

  17. Sherher

    Wow…..varah reethi mi story…waiting for the next from u….

    1. Ryn
      Sherher

      Thankyou sherher❤️

  18. Liyaa

    Mashaa allah v v v reethi ibraetharie vaahakayae.❤️ u ryn keep it up n see u sooon ??‍?‍?‍??

    1. Ryn
      Liyaa

      Thankyou liyaa ❤️❤️

  19. Afu

    Ryn sissy if u don’t mind can you plx tell ur real name plx … If u don’t mind sissy …. Bunan beynun nethiyya okk …. Plx sissy … Miss u luv u … Dhn inn vaahakaige inthixaaruga mivaahaka nimineema dhn varah sad ekamu varah reethi n maja …. Luv u ❤️?? if u don’t mind plx tell me sissy

    1. Ryn
      Afu

      I’m sorry afu but I don’t wanna share my name here hahhahaha but ryn is a part of my name. Thankyou so much for understanding and also take care ❤️

  20. Shi R Meena

    This is very nice story ??❣️

    1. Ryn
      Shi R Meena

      Thankyou ❤️

  21. Musla

    I’m shocked that you are a bts fan

    1. Ryn
      Musla

      Oh no hahaha! At first I was just following them and liking their music until things changed and I left writing and other hobbies. And I had to hold on to something to go through and it was somehow bts ??❤️

  22. Park Jimin

    Sorry for not commenting … aslu 19 part kiyaalan beliru othee data husvefa… Just now i got it… ????
    Masha Allah.. Vvvvv reethi mi vaahaka.. Sis ge hurihaa vaahaka eh…. Kithame ginain kiyas foohi nuvaahaa reethi hurihaa vaahaka eh ves… And i would say that you would be an amazing writer… One of my biggest inspiration writers thakuge therein….. Story ge Sifakuruntha Vvvvv reethi… Sis you are soo talented… SIS YOU ARE THE BEST AUTHOR ????Mi site ga emme reethi koh Story liyaa author akee SIS ? ? ? ?… Abaduves mi story ah inthixaaru kurevey… Woww SIS this story is fantastic n interesting.. Ummeedhu kuran maa Las nuve SIS ge New Story eh kiyaalaan libeyne kamah.. Story kiyaairu aslu hama Story imagine kurevey evaagoiyy.. Hama habeys ???? i love each couple in your stories… I really love Aixan & naina and meekan & eeram…. ? ? ? ? Varah ufaavehge SIS aik ge Comment thakah Reply kuraathee ☺️☺️☺️LOVE YOU SO Much MY DEAR SIS… . I AM GONNA MISS YOU… ?????LYSM ❤️ ❤️ ❤️ ❤️ ?STAY IN HOME ? TAKE CARE ?? DON’T FORGET TO WASH YOUR HANDS? SIS ? ?????????❤️❤️❤️❤️❤️????????curiously waiting for your next story ?? ?

    1. Ryn
      Park Jimin

      Thankyou cutie pie and its totally fine, but thankyou for waiting and also reading, thankyou for the sweetest words and let yourself be your biggest inspiration because, nobody but only you know what you go through and fight for ;), I used have so many readers who were adult back then when I was a kid writer, but now that i am an adult i am getting so many young readers calling me sis, hahaha so cute… and so lovely of you 😉 Gonna miss you too and take a very good care.

  23. Kiyara

    Wow Ma Sha Allah. Varah varah furihama story. Ryn ge story akah inthizaaru koh koh huhtta mi vaahaka kiyaalan libumun varah happy vi. Ryn ge huruhaa vaahaka eh ves varah varah rythi. Ummedhu kuran kuriah oi thaagaves varah avaha alhugandu ge fav author ge stry eh kiyaalan libeyne kamah. Kurin comment nukuriyas abadhuves ryn ge vaahaka thah kiyan.

    1. Ryn
      Kiyara

      Thankyou kiyara for the sweet words and for the support. Take care 😉 Once again thankyou 😉

  24. Aish

    Mi vaahaka vvvvv reethi ???? and maira yaa sanaash men eiy Kon vaahaka eh tha want to read that story

  25. Een

    Pls ryn roadha mahun ryn he vaahaka eh beynun…. Mi vaahaka varah reethi maasha Allah????

  26. Xara❤❤

    I loved the story…hope u will write a new story soon… u are one of my favourite writer…waiting 4 a new story frm u❤❤

  27. someone

    Varah kamudhey…..varah reethii…?❤️

  28. Shyly-Rosa

    I love this story. Hope u will write a new story soon. ❤️❤️

  29. Lily Aish

    Wow this story is amazing. Love it ???

  30. Loabi

    Aaahhh Wowww ryn I love u

  31. Lol

    Mi vhk vx varah varah reethi..
    Ryn aa vaahaka eii liyaakah gasdheii nukuran thr??

Comments are closed.