Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

އަބަދުވެސް މިހިތުގާ ވެޔޭ 3

Krystal Level 510 Stories100 Login100 Comments
April 10, 2020 3 Mins Read
1 Comment

“ޝާން.. ހުޅުމާލޭ އިމާރާތެއްގައި މަރާލާފައި އޮތް ކުއްޖާގެ ކޭސް އެބައިން އައިސް. ނަންގަވަންވީތޯ؟ ” ޝާންގެ ސެކެޓްރީ ޝާން ކުރެން އެހިއެވެ.

“އާން.. އޭތި ގެނެސް އަހަރެން މޭޒުމަތީ ބައިންދާލާ އަހަރެން މިދަނީ މިވަގުތު ކޯޓަށް މައްސަލައަކަށް ދާން.” ކޯޓު ލަމުން ޝާން ލީނާ އަށް ބުނެލިއެވެ.

ކާރުގައި ޝާން ނައްޓާލީ ކުރިމިނަލް ކޯޓަށެވެ. މިއަދަކީ އޭނާއަށް ވަރަށް މުހިންމު ދުވަހެކެވެ. އޭނާ މިހާތަނަށް ހަވާލުވި ހުރިހާ މައްސަލަ ތަކުގެ ތެރެއިން ހެކި ނެތުމުގެ ސަބަބުން ކުށްވެރިޔާ ދޫކޮށްލަން ޖެހުނު މައްސަލައިގެ އިސްތިއުނާފް މަރުހަލާ އޮތް ދުވަހެވެ. ކާރުގައި އިދެ ޝާން ފޯނު ނަގާ ނަންބަރަކަށް ޑައިލް ކޮށްލިއެވެ.

” ހަލޯ،… އަހަރެން ކޯޓަށް ވަނުމުގެ ކުރިން ގުޅާލީ…. ކޮން އިރަކު ފްރީ ވަނީ؟” މޫނު މައްޗަށް ހިނިތުންވުން ގެނުވަމުން ޝާން ވާހަކަ ދެއްކިއެވެ.

” ހެއީ…. މާދަމައިން ފެށިގެން ސެމިސްޓާރ ބްރޭކް.. ޝާން އަންނާނަންތަ؟” އެކޮޅުން ވާހަކަ ދެއްކި އަންހެން ކުއްޖާ ވަރަށް ތުއި އަޑަކުން ބުނެލިއެވެ.

“އާން، ދަރިފުޅު ކައިރައަށާއެކު ދާނަން” ޝާން މޫނުމައްޗަށް ހިނިތުންވުމެއް ވެރި ކުރުވަމުން ބުނެލިއެވެ.

އިރުކޮޅަކު ވާހަކަ ދައްކަން ހުރުމަށް ފަހު ޝާން ފޯނު ބޭއްވިއެވެ. ޝާންގެ މޫނުމަތިން ފެންނަނީ ހިތްހަމަ ޖެހުމުގެ އަސަރެވެ. ފޯނުން ވަހަކަ ދެއްކި އަންހެން ކުއްޖާގެ ތުއި ކަމާ ލަދުރަކި ކަމަކީ ޝާން އަބަދުވެސް ކަމުދާ ލަދުރަކި ކަމެކެވެ. އެއީ މީގެ 16 އަހަރު ކުރިން މެލޭޝިއާއަށް ޝާން ކުރު ކޯހެއް ހަދަން ގޮސް ހުއްޓާ ދިމާވި ކުއްޖެކެވެ. ނަމަކީ އަރީކާ އެވެ. ޝާންގެ  ޑްރައިވަރު ލޯގަނޑުން ޝާން އަށް ބަލަހައްޓާއިގެން ހުއްޓެވެ. އަދި އިދެލާފައި ބުނެލިއެވެ.

“ސާރ ވައިފް އުފާވަނީ ސަން އުފާވަނީ.. އަހަރެން އުފާވަނީ…” ބޭރުމީހެއްކަމުން ދިވެހިން ކޮށަމުން މަށަމުން ވާހަކަ ދެއްކިއެވެ.

ޝާން ހިނިގަޑެއް ޖަހާލިއެވެ. އަދި ކޯޓާ ހަމައަށް ކާރު މަޑޫކޮށްލުމުން ފައިބައިގެން ގޮސް ކޯޓަށް ވަނެވެ.

………………………………………………………………………………………………………………………………………

ނުހާ ހުރިހާ ޝޫޓިންގްއެއް ނިންމާލުމަށްފަހު ގެއަށް އައިސް ވަތް އިރު މޭޒުމަތީގައި މާ ބޮޑިއެއް އޮތެވެ. ޝައުގުން ފުރިގެންވާ ނަޒަރަކުން އެއަށް ބަލަހައްޓައިގެން ހުރެ ލިޔެފައި އިން ނޯޓު ކޮޅު ނަގާ ކިޔާލިއެވެ.

  • ޓު ދަ ބެސްޓް އެކްޓްރެސް. ޔޫ ޑިޑް ވެލް. ފްރޮމް ޔޯ ނަންބާ ވަން ފޭން. –

ނުހާގެ މޫނުގެ ކުލަވަރު ބަދަލުވެގެން ދިޔައެވެ. ނުހާ އުންމީދު ކޮށްގެން ހުރީ އެއީ ޝާން އޭނާއަށް ގަނެދިން އެއްޗެއް ކަމަށެވެ. ނަމަވެސް މިފަހަރުވެސް މާ ބޮޑި ފޮނުވީ އޭނާ އަށް ނޭގި ނަމަވެސް އޭނާ އަށް ވަރަށް ސަޕޯޓުކުރާ ފަރާތެއްގެ ފަރާތުންނެވެ. ނުހާގެ ކޮންމެ ފިލްމެއް ނިމޭ އިރުވެސް ނުހާއަށް މިފަދަ މާ ބޮޑިއެއް ލިބެއެވެ.

“ތިއައިތަ؟ އަހަރެން މިރޭ ދަންވަރު ފުރަން މެލޭއަށް ޒާން ކައިރިއަށް” ޝާން ކުއްލިއަކަށް ވާހަކަ ދައްކަން ފެށުމުން ސިއްސައިގެން ގޮސް ނުހާގެ އަތުން މާބޮޑި ދޫވިއެވެ.

” އެއީ…” ވާނުވާގަ ހުރެފައި ނުހާ އަހާލިއެވެ.

” އަހަރެން ކިޔާ އެއްޗެއް މިހާރު އަޑު ނީވެނީތަ.. މި ބުނީ ނުން މަގޭ ދަރިފުޅު ދެކިލަންށޭ..” ޝާން ބުނި އެއްޗެއް ތަކުރާރު ކުރަން ޖެހުމުން ހިތްހަމަ ނުޖެހިނެވެ.

” އަހަރެންވެސް ދާނަން.. ޒާން ބުނި ޒާންގެ ބްރޭކް އޭ މާދަމައިން ފެށިގެން.” ނުހާ ޖެހިލުންވެފައި ބުނެލިއެވެ.

ޝާންގެ މޫނު މަތީގެ ކުލަވަރު އެއްކޮށް ކަހަލަ ގޮތަކަށް ބަދަލުވެގެން ދިޔައެވެ. އޭނާ އުންމީދު ކޮށްގެން ހުރީ މިދަތުރުގައި އެކަނި ގޮސް އަރީކާއާ އެކު ހަފްތާ ދުވަސް ހޭދަކުރުމަށެވެ. ނަމަވެސް ނުހާ ދާން ބޭނުންވުމުން ނުގެންގޮސް ދެއްކޭނެ ބަހަނާއެއް ނޯންނާނެކަން ޝާން އަށް އެގެއެވެ.

“ޝާން… ޝާން…” ނުހާ ދެފަހަރަކު ގޮވާލުމުން ޝާން ދިޔައީ ސިއްސައިންނެވެ.

” ހޫމް. ނުހާ ޝޫޓިންގްތައް ނިމުނީތަ؟ ދެންނެތް؟” ހާސްކަމާއެކު ޝާން އަހާލިއެވެ.

” އަހަރެން ދާނީ ދެދުވަހަށް. ޖަސްޓް ޓު ސީ މައި ސަން…. ދެ ދުވަސް ފަހުން އާ ފިލްމަކަށް ސޮއި ކުރަން އަންނަން ޖެހޭ” ނުހާ ޝާން އަށް ބަލަހައްޓައިގެން ހުރެ ބުނެލިއެވެ.

ޝާން އަށް ކުޑަވަރެއްގެ ހިތްހަމަ ޖެހުމެއް ލިބުނެވެ. ދެ ދުވަހު ނުހާ އާ ދަރިފުޅާ އެކު ވަގުތު ހޭދަކޮށްލާފައި ބަކީ އިން ދުވަސްކޮޅު އަރީކާއަށް ދޭނީ އޭ ހިތާހިތުން ޝާން ކިޔާލިއެވެ. ހަވީރު ސަޔަށް ކުޑަގޮތެއް ހަދާލުމަށްފަހު ޝާން ދިޔައި މެލޭޝިއާއަށް ދާން ޓިކެޓް ނަގަންށެވެ.

“އަން މިއޮތީ… މިދުވަސްކޮޅު ވަރަށް ފުލް ކޮށް އުޅެނީ… އަހަންނަކަށް ނުލިބުނު ނުހާއާ އެއްކޮށް އަންނަން ޓިކެޓްއެއް….. މިރޭ ފަތިހު ފުރާނެ” ޝާން ގަސްދުގައި އެއްހަފްތާ މަޑުކޮށްފައި އައުމަށް ޓިކެޓު ވަކިން ނެގީއެވެ.

“އެހެންތަ؟ އެހެންވިއްޔާ ޝާން ތަންކޮޅެއް ލަހުން އާދޭ… ޒާން ވަރަށް އުފާނެ ޝާން މަޑުކޮށްފިއްޔާ….” ނުހާ މަޑުމައިތިރިކަމާއެކު ބުނެލިއެވެ.

ޓިކެޓް ދިއްކޮށްލުމަށްފަހު ޝާން ވަނީ ކޮޓަރިއަށެވެ. އަދި ފޮށި ނަގާ ތައްޔާރު ކުރަން ފެށިއެވެ. މަޑު މަޑު ރާގެއް ތުމުން ފުމެމުން ގެންދިޔައެވެ. ނުހާ ކޮޓަރިއާ ދިމާލަށް ހިނގައިގަތެވެ. އަދި ކުއްލިއަކަށް ހުއްޓުން އެރީ ޝާން ފެނިފައެވެ. ޝާންގެ މޫނު މަތި އެއްކޮށް އުޖާލާވެފައި ހުއްޓެވެ. ޝާންގެ ޖާޒުވީ ހިނިތުންވުން ނުހާ ނުދެކޭތާ މިހާރު އެތަކެއް ދުވަސްވެއްޖެއެވެ. ޝާން މިހާ ހިތްހަމަ ޖެހިފައި ހުރިތަން ފެނުމުން ނުހާ އިރުކޮޅަކު ޝާންއަށް ބަލަން ހުރުމަށްފަހު މަޑު މަޑުން ގޮސް ކޮޓަރިއަށް ވަދެ އެނދުގެ ކަނުގައި އިށީދެލިއެވެ. އޭރުވެސް ޝާން ދިޔައީ ފޮށި ތައްޔާރު ކުރަމުންނެވެ. ކުއްލިއަކަށް ރީތިވާ މޭޒުމަތީ އޮތް ޝާންގެ ފޯނު ރިންގްވާން ފެށިއެވެ. ނުހާ އަތް ދިއްކޮށްލުމަށްފަހު ފޯނުނެގިއެވެ.

“އަރީޝް….” ނުހާ މަޑުމަޑުން ކިޔާލިއެވެ.

ޝާން ދުވެފައި ކަހަލަ ގޮތަކަށް އައިސް ނުހާގެ އަތުން ފޯނު ޖަހައިގަތެވެ. އަދި ބާރު ހިނގުމެއްގައި ގޮސް ބެލްކަންޔަށް ނިކުތެވެ. އަދި ފޯނަށް އިރުކޮޅަކު ބަލައްޓާއިގެން ހުއްޓެވެ. ފޯނު ނަގަންވީ ބާއޭ ނުވަތަ ނުން ބާއޭ ހިތަށް އަރަމުން ދިޔައެވެ.

 

= ނުނިމޭ =

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Krystal

Level 510 Stories100 Login100 Comments

Other Articles

Previous

ޒީން

Next

މަޢާފް – ފަންސަވީސްވަނަ ބައި

Next
April 10, 2020

މަޢާފް – ފަންސަވީސްވަނަ ބައި

Previews
April 10, 2020

ޒީން

One Comment

  1. Yan♥️ says:
    April 10, 2020 at 5:47 am

    Varah reethi Masha Allah ?

Comments are closed.

Next Episodeއަބަދުވެސް މި ހިތުގާ ވެޔޭ (4)←


All Right Reserved!