
ބައްޕަ އައި ގޮތައް އައިސް އަހަރެންގެ އަތުގައި ހިފާ ދޮންމަންމަގެ އަތުން އަހަރެންގެ އަތް ދަމައި ގަތެވެ. އަހަރެން ހީކުރީ ބައްޕަ އެނުލަފާ އަންހެނާގެ އަތުން އަހަރެން ސަލާމަތް ކުރަން އުޅެނީ ކަމަށެވެ. އަދި ދޮންމަންމަގެ މޫނުމަތިން އެކަމުގެ ޖެހިލުންވުމާއި، ސިހުމާއި، ބިރުވެރިކަން ފެންނާނެކަމަށެވެ. ނަމަވެސް އަހަރެންނަށް ފެނުނީ އޭރުގައި ހުރި ނުލަފާ މަކަރުވެރި ހިނިތުން ވުމެކެވެ. އެހެންކަމުން އަހަރެންގެ މޫނުމަތިން ފެންނަން އުޅުނު ކުޑަ ހިނިތުންވުންވެސް ފިލައިގެން ދިޔައީ އެސްފިޔަ ޖަހާލާހާ ކުޑަ ހިނދުކޮޅެއްގެ ތެރޭގައެވެ.
އަހަރެން ހީކުރި ގޮތާ ޚިލާފަށް ބައްޕަ އަހަރެންގެ އަތުން ދޫކޮށްލި ގޮތުން އަހަރެން ތަޅުން މައްޗައް ވެއްޓި ތިރީ މެދު ދެދަތް މަތީ ތުންފަތައް ހެރި ތުންފަތް ފަޅައިގެން ދިޔައެވެ. އޭގެ ދެތިން ލޭތިކިން އެހުދު ތަޅުން ކަޅި ކޮށްލިއެވެ. ހީވަނީ ދުވަހަކު އެއަތުގައި ދެން ތިމަންނައެއް ނުހިފާނަމޭ އޭ ބުނެލިހެންނެވެ. އަހަރެން ސިއްސައިގެން ދިޔައީ ބައްޕަގެ ބަރު، ބާރު އަޑުން އަހަރެންނަށް ގޮވާލީމައެވެ. ހީވަނީ ބޮޑު ފާފައެއް އަހަރެންނަށް ކުރެވިގެން އުޅޭ ހެންނެވެ. “އާޝާ!!!! ކިހިނެތް ވެގެންތަ ތިއުޅެނީ.. ބަލަ ސަމީ އެއީ ކަލޭގެ މަންމަގެ މަޤާމުގައި އިން މީހާއޭ.. އޭނައަށް އިހުތިރާމް ކުރާކަށްވެސް ކަލެއަކަށް ނޭނގޭތަ؟ ބަލަ އޭނާ އެއުޅެނީ ހުޅުގައި ރިއްސާތީއޭ.. މީގެފަހުން ކަލޭ ޖެހޭނެ މެންދުރު އެކެއްގެ ކުރިން ކާން ހަދަން… ނުހެދިއްޖެއްޔާ މަވަރުގެ ނުބައި މީހެެއް ނުހުންނާނެ.. ކާން ހަދާފަ މިތަނުން، މަގޭ ލޯކުރިމަތިން ދޭ..”
ބައްޕަ ބުނި ބަސްތައް ރުވާފައި އައި ތީރުތަކެއްހެން ހެރުނީ އަހަރެންގެ މިނާޒުކު ހިތަށެވެ. ދުނިޔޭގައި ހުއްޓާ ބައްޕަގެ ފަރާތުން މިކަހަލަ އަމަލެއް ފެންނާނެކަމަށް އަހަރެން ހުވަފެނެއްގައިވެސް ނުދެކެމެވެ. މިއީ އަހަރެންނަށް ފެންނަ ބިރުވެރި ހުވަފެނަކަށް ވާނަމައޭ އަހަރެންގެ ހިތައް އެރީ ކިތައް ފަހަރުކަންވެސް ޚުދު އަހަރެންނަށް ނޭނގެއެވެ. ސަމިއްތަ ހީކުރަނީ ކީކޭ ހެއްޔެވެ. އަހަރެންނަކީ އެދޮންމަންމަ ބޭނުންހާ ގޮތަކަށް އަތުރާލަން ހުރި ރާޒުވާ ކުޅިބައެކޭ ހެއްޔެވެ. އޭނާ ހީކުރަނީ އަހަރެންގެ މޭގެ ތެރޭގައި އޮންނަނީ ދަގަނޑުން، ނުވަތަ ހިލައިން، ނުވަތަ ލަކުޑިން ހަދާފައި އޮންނަ އިހުސާސް ތަކެއް ނުވާ ހިތެއްހެއްޔެވެ. ނޫނެކެވެ. އަހަރެންގެ ވެސް އޮންނަނީ އެހެންމީހުންހެން ކައްޓާއި މަހުން ހަދާ، އިހުސާސް ތަކެއް ލައްވާފައިވާ ހިތެކެވެ. އަހަރެންވެސް ދިރިއުޅުމަށް ފޮނި އުއްމީދުތަކެއް ކުރަމެވެ. އަހަރެންގެ ހިތްވަނީ ލޯތްބައް ފެން ބޮވައިގަނެފައެވެ. އިތުރު ލޯތްބެއް ނޫނެވެ. މަންމަ އާއި ބައްޕަގެ ލޯތްބެވެ. އެލޯތްބަކީ އަހަރެންނަށް އިތުރު މީހެއްގެ ފަރާތުން ލިބޭނެ ލޯތްބެއް ނޫނެވެ. ހަމަ އެދެމީހުންގެ ފަރާތުން ލިބޭނެ ލޯތްބެވެ. ނަމަވެސް އަހަރެންނަށް އަވަސް މުސްތަޤްބަލެއްގައި އެކަން ނުކުރެވޭނެއޭ އަހަރެންގެ ހިތައް އަރަމުން ދިޔައެވެ.
އެނުލަފާ އަންހެނާގެ ކެހިވެރި މަޅިގައި އަހަރެންގެ ބައްޕަ ރަނގަޅައްވެސް ހައްޔަރުކޮށްލީ އަހަރެންގެ މިދެލޯކުރިމަތީގައެވެ. ނަމަވެސް އެކަންވީވެސް ޚުދު އަހަރެންނަށް އެޅުނު ކަތިފިޔަވަޅަކުންކަން އަހަރެންނަށް އިގެއެވެ. އަހަރެންގެ ދިރިއުޅުމުގެ ހުންގާނު އަހަރެން އިނީ ތަޤުދީރުގެ ނިޔާގެ މައްޗައް ދޫކޮށްލައިގެންނެވެ. އަހަރެންގެ ކަޅާ ހުދު ހުވަފެން ތަކުގައި ކުލަޖައްސާ ދޭނެ މަންމަ އަދި ބައްޕަ ވަނީ އަހަރެންނާއި ނުހަނު ދުރުގައެވެ. އެންމެ ކައިރީގައި ހުރި ބައްޕަވެސް އަހަރެންނަށް ކުރަނީ ނަފްރަތެވެ. މާތް ކަލާކޯއެވެ. މިއީ ކޮންފަދަ އިމްތިޙާނެއް ހެއްޔެވެ. އަހަރެން މިއިމްތިޙާނުން އަހަރެން ފާސް ވޭތޯ އަހަރެންނަށް ދުޢާކުރެވުނީ ކިތައް ފަހަރުކަން ވެސް އިނގޭނީ ދިރުއްވާ މަރުގެންނަވާ ފަރާތަށެވެ. އެއީ އެހެން ދެވަނަ ފަރާތެއް ނޫނެވެ. ރަޙްމާނުވަންތަ މާތް ﷲ އެވެ.
ކާން ހަދާފައި އިތުރައް އެއްމެ ސިކުންތެެއްވެސް މަޑު ކުރުމެއްނެތި އަހަރެން ކާގެއިން ނިކުމެގެން އައީމެވެ. އެއްމެ ފަހަރަކުވެސް އެނާ އަހަރެން ލަސްވިސަބަބެއް އާހލިއްޔާ ކޮންފަދަ ހެއްޔެވެ. އަހަރެންނަށް މިއަދު ކާން ނުހެދުނީ އަންނައުނުތައް ދޮވެ، ފަތްޖަހާއެއްޗެހި ފަތްޖަހާ، އިސްތިރިކޮށް އަލާމާރިއަށް ލާން ހެދުމުންނެވެ. އަދިކޮބާ ހެއްޔެވެ. އަހަރެންގެ އެއްޗެހިނަމަތާއެވެ. އަހަރެންގެ އަންނައުނެއްވެސް ނޫނެވެ. ހަމަ އެދެމީހުންގެ އަންނައުނެވެ. އަހަރެންގެ އެއްޗެހި ނުދޮވެ އެހެރީ ދާވަށިގަނޑުގައެވެ. ނުވިތާކަށް އެބޮޑުގޯއްޗާއި ގޭތެރެ އަދި މަގުމަތި ކުނިކަހާފައި ކާންހަދަން އަހަރެންނަށް އުޅެވުނީ ބާރަޖަހާ ބޮޑުވިފަހުންނެވެ. އެއްމެ ކަމެއްވެސް ބަދިގޭގައި ކޮށްފައި ނެތުމުން އަހަރެންނަށް ލަސްވީއެވެ. ނުވިތާކަށް ސަމިއްތަ އާއި ބައްޕަ ކޭތަށިތައްވެސް ހުރީ ސިންކުގައެވެ.
އަހަރެން ހިތުގައި ޖެހުނުވަރުން އެދުވަހު ކާންވެސް ނުނިކުންނަމެވެ. އަހަރެން ނުކާނަންތޯ އެއިން މީހަކުވެސް އަހަރެން ކައިރީ އަހާނުލައެވެ. ނަމަވެސް ހަވީރުގައި މާބޮޑައް ބަނޑުހައި ވުމުން އަހަރެން ކާން ނިކުތީމެވެ. ކޮޓަރިން ނިކުމެފައި އަހަރެންއަހަރެން ކުދި ފިޔަވަޅުތަކެއްގައި ދިޔައީ ކުނޑި ފުކެއްވެސް ގުޑުވާ ނުލައެވެ. ލިވިންގް ރޫމައް ނިކުންނަ ދޮރުމައްޗައް އަހަރެންގެ ފިޔަވަޅުތައް ގަނޑުވީ އަހަރެންނަށް އިވުނު ވާހަކަ އަކުންނެވެ. ސިއްރުން ދެމީހެއްގެ ވާހަކަ އަޑުއެހުމަކީ ކިތަންމެ ނުރަނގަޅުކަމެއް ނަމަވެސް އަހަރެންނަކަށް އިތުރައް އެންމެ ފިޔަވަޅެއްވެސް ކުރިއަށް އެޅުންވީ ނާދިރު ކަމަކަށެވެ. ހީވަނީ ދެފައިގައި ކަސްތޮޅު އަޅާފައިވާ ހެންނެވެ. އެއިވުނީ އިތުރު ދެމީހެއްގެ އަޑެއް ނޫނެވެ. އަހަރެންގެ ލޯބިވާ ބައްޕަގެ އަޑާއި އަހަރެންގެ މުޅި ދިރިއުޅުން ނަރަކައައް ހަދާލި ސަމިއްތަގެ އަޑެވެ. އެއިވުނު ވާހަކައަކުން އަހަރެން ފެންކަޅިވިއެވެ. ވާންވީ އުފާކަމެއް ދެރަކަމެއް އަހަރެން އިނީ ނުވިސްނިފައެވެ.
_ނުނިމޭ
ނޯޓް: މިބައި ދެބަޔަކަށް ބަހާލަން އަޅުގަނޑު ގަސްތުކުރީ އެއީ މިބައިން ވާހަކައިގެ ބަޡަލާގެ ދިރިއުޅުމައް ބޮޑެތި ބަދަލު ތަކެއް އަންނާނެ ބަޔަކަށް ވުމުންނެވެ. މިބައި ކުރުވި ކަމައްޓަކާ މާފައް އެދެމެވެ.
މިވާހަކަ ކުރިއަށް ގެންދާ ގޮތް ކަމުނުދާ ކިޔުންތެރިއެއް ހުރީ ނަމަ އަދި އެކަމަކީ ކޮބައިކަން އަޅުގަނޑައް ކޮމެންޓަކުން އެކަން އަންގާލަ ދިނުން އެދެން. އަދި އަޅުގަނޑުގެ ކުއްތަ ފާހަގަ ކޮށްލުމަކީ ވަރަށް އެދެވިގެންވާ ކަމެއް… ޖަޒާކުމުﷲ ޚައިރަން..
5 Comments!
Comments are closed.
Ibaarai kuraagoh varah reethi Masha Allah
vv ufaavehje Yan ah kamudhiya eema jazaakallah khairan
lasvi kamahtakaa vvv bodah sorry.. dhen oi bai liyevunuhaa avahak up koh dhey nan
Vv vv reeethi ekuhjaa ah a haabodah dheranudhee gendhi Un ragalhu
jazaakallah khairan.. ehaa bodakah nudemehnu.. insha allah kiyuntheriyaa beynunvaagiy veytho balaanan