Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމަމަޖާލޯބި

ވާނަމޭ އުމުރަށް އެކީ ޖާނާ 19

Ryn 100 Stories10 Stories1K Comments500 Comments100 Comments100 Login
April 10, 2020 12 Mins Read
23 Comments

މީކާންގެ ދިރިއުޅުމުންނާއި ހިތުން މަންމަގެ މަތީދަރަޖަ ސަލީމާއަށް ހޯދޭނެހެއްޔެވެ؟ އެ ދަރަޖަ ސަލީމާއަށް ދޭން ފަސޭހަވާނެހެއްޔެވެ؟ އެތަށްއަހަރެއްވަންދެން ލޯބިވި މަންމަމަތިން ހަނދާންނެތި އޭނާގެ އަސްލު މަންމަ ދެކެ ހަމަ އެފަދައިން ލޯބިވެވިދާނެހެއްޔެވެ. ސުވާލުތަކެއްގެތެރޭ އެމުނެމުންދިޔަ މީކާން އަށް ހުރެވުނީ އެގޭ ބެލްކަނީގައެވެ. އެންމެނާއި ދުރަށްޖެހިލުމަށާއި ތާޒާ ވައި ހޯދުމުގެ ބޭނުމުގައި އޭނާ އިތުރު އެއްޗެއް ނުބުނެ އެގޭ ބެލްކަނީއަށް ނިކުމެލިއެވެ. އަމިއްލަ ޒަމީރު އޭނާއާއި އެތަށް ސުވާލެއްކުރެއެވެ. އޭނާގެ ހިތާއި ސިކުނޑި ދިޔައީ އެކި އެކި ހަނދާންތަކަކުން އޭނާގެ އެތެރެ ހަށި ހަލަބޮލިކުރަމުންނެވެ. ބޮލުގައި އުފެދިގެންދިޔަ ގަދަ ރިހުމަކާއި އެކު މީކާންގެ އަނގައިން މަޑު އާހެއް ނިކުތެވެ.

ރެއިލިންގައި ދެއަތް އަޅުވާލާފައި އޭނާގެ މޫނު ފޮރުވާލިއެވެ. މީކާން ސިހުނީ ފަހަތުން އައި ނާޒީ އޭނާ އާއި ނުހަނު ކައިރީ އައިސް މަޑުކޮށްލުމުންނެވެ. ނާޒީގެ އަތުގައި ދެ ކުޑަ ބޯތަށްޓެއް އިންއިރު އޭގެތެރޭ ވަނީ އައިސްކްރީމްއެވެ. ހަނދާނަށް އައީ ކުޑައިރު ނާޒީއާއި މީކާން އާއި ދެމެދު އަބަދުވެސް މައްސަލަ ހޫނުވެގެން ނުވަތަ ރުޅިއައިސްގެން އުޅޭއިރު، ސަލީމާ އެދެމީހުން އެއްތާކަށް ލާ ބަންދުކޮށްފައި އެދެމީހުންނަށް ދޭ އައިސްކްރީމް ތަށިމަތިންނެވެ. މީކާންއާއި އެކު ކުޑައިރުގެ މާ ގިނަ ހަނދާންތަކެއް ނެތެއްކަމަކު އެގުޅުމަކީ ވަރުގަދަ ގުޅުމެކެވެ. މުނާގެ ސަބަބުން ބައްދަލުވުމުގައި ބައެއް ދަތިތަކެއް ކުރިމަތިވިއެއްކަމަކު ސަލީމް މީކާން ގޮވައިގެން އަބަދުވެސް އެމީހުންނާއި ބައްދަލުކުރަން ގެނެއެވެ. އެފަދަ ދުވަހެއްގައި އުފެދޭ ކުދި ކުދި ހަނދާންތަކާއި ރުޅިއައިސްގެން ކުރާ ކުދި ކުދި ތަޅާފޮޅުންތައް ނާޒީގެ ހަނދާނުން ނުފިލައެވެ. މީކާން އަށް އެއްތަށި ދިއްކޮށްލުމުން އެއާއި ދިމާ މީކާން ބަލާލާފައި ނާޒީއަށް ބަލާލިއެވެ. ބޮލުގެ އިޝާރާތުން ހިފުމަށް އެދުމުން މީކާން އޭގައި ހިފަހައްޓާފައި ހަށިގަނޑު ސީދާކޮށްލިއެވެ.

“ހަނދާންވޭތަ، މަންމަ އަބަދުވެސް އަހަރެމެން ދެމީހުން ކަމަކާއި ރުޅިއައިސްގެން ދެބަސްވީމަ ކޮޓަރިއަށް ލާ ތަޅުލާފައި އައިސްކްރިމް ތަށި ދޭ ދުވަސް…؟” ނާޒީގެ ލޮލުކުރިމަތީ ސިފަވި އުފާވެރި ހަނދާނުގެ ވާހަކަ މީކާންއަށް ހިއްސާކޮށްލުމުން މީކާންގެ ތުންފަތްމަތީ ހިނިތުންވުމެއް ފެނުނެވެ. ކުޑައިރުގައި ކުޅުމާއި މުޅިންހެން ދުރުވެ އުޅުނު މީކާންއަށް ކުޅެލާނެ އަދި މަޖާކޮށްލާނެ ފުރުސަތެއް ލިބެނީ ނާޒީމެން ކައިރިއަށް އައުމުންނެވެ. ރައްޓެހިންގެ ގޮތުގައި އޭރު ތިބޭނީވެސް ހަމައެކަނި ނާޒީއާއި ނާޒީގެ ދޮންބެ ނިޒާމްއެވެ.

“އަސްލު އަހަރެންނަށް އަދިވެސް ގަބޫލެއްނުކުރެވޭ…. އެހާ ބޮޑު ކަމެއް އަހަރެމެންގެ ދިރިއުޅުމުގައި ހިނގާފައި އޮތީމަ… އަހަރެން އަބަދުވެސް މީކާން ދެކުނީ އަމިއްލަ ލޭ ހިނގާ އަމިއްލަ ކޮއްކޮއެއްގެ ގޮތުގައި.. އެކަމް އެވާހަކަ މިއަދު އަޑުއިވުނީމަ ވަރަށް އެހެން ގޮތެއްވި.. އަސްލުވެސް ހަމަ މީކާން އަކީ އަހަރެންގެ ކޮއްކޮއޭ ހިތަށްއަރާ އުފާވި.. އެކަމު ދެރަވީ މީކާން އާއި މެދު… މަންމަ ބުނިހެން މީކާން އަށް މަޖުބޫރެއްނޫން މުނާ މަތިން ހަނދާންނެތި އަހަރެންގެ މަންމައަށް މަންމަ ކިޔާކަށް… ކޮންމެ ގޮތެއްވިޔަސް މުނާ އެއްނު މީކާން ތިވަރު ކުރީ… އަހަރެންގެ މަންމަ މުނާއަތަށް މީކާން ދިނީ އުފަލުން… އަހަރެންނަކަށް ހިއެއްނުވޭ މީކާންގެ ހިތުގައި މުނާއަށްޓަކައި ވި ލޯތްބާއި ޤަދަރު މަންމަ އަތުލަން ބޭނުންވާނެހެއްނެއް…. ސޯ ޑޯންޓްވޮރީ.. ވަގުތުކޮޅެއް ދީ އަމިއްލަ ނަފްސަށް. އަހަރެންގެ މަންމައަކީ މާ ކޫލްމީހެއް…” ނާޒީގެ ނަސޭހަތް މީކާންގެ ހިތާއި ސިކުނޑިއަށް އަރާމެއް ހޯދައިދިނެވެ. އަބަދުވެސް އޭނާގެ ދައްތައެއްގެ ރޯލާއި، އޭނަގެ ގާތްއެކުވެރިއެއްގެ ރޯލް އަދާކުރި ނާޒީއަށް އޭނާ ބަލާލީ ޝުކުރުގެ ނަޒަރަކުންނެވެ. ނާޒީ އާއި އީރަމް ދިން ނަސޭހަތުގައި އޭނާ ހިފިއެވެ. އެއަށްފަހު އައިސްކްރީމް ކޮޅެއް ކާލަމުން ނާޒީއަށް ކޮންމެވެސް ޖެއްސުމެއްކުރަން ފެށިއެވެ.

ހިނިއައިއްސާ އެކަކު އަނެކަކާއި ކޯޅެމުންދިޔަ ނާޒީއާއި މީކާންއަށް ބަލަހައްޓައިގެން ތިބި އީރަމްއާއި ސަލީމާގެ ތުންފަތުގައި ވީ ހިނިތުންވުމެކެވެ. ނާޒީއަށް ވުރެ ރަނގަޅަށް މީކާންގެ ހިތުގެ ހާލު އެނގޭނޭ މީހެއްނުވާކަން ސަލީމާއަށް މާ ކުރިންވެސް އިނގެއެވެ. ކިތަންމެ ދެބަސްވެފައި ރުޅި މޫނުހެދިޔަސް އެދެމީހުން ހިއްސާކުރަނީ ވަރުގަދަ ގާތް ގުޅުމެކެވެ.

“މީކާން އަށް ވަގުތުދީ…. ވަރަށް ބޮޑަށް ސޮރީ އަސްލު މިހެން ކަންތައްވީމަ.. ގޭގެ މަސްލަހަތު ގެއްލުވުމުގެ ނިޔަތުގައެއްނޫން އަޅުގަނޑު އެކަން ކުރީ.. މީކާންއަށް ހަޤީޤަތް އެންގުމަށްޓަކައި އެކަންކުރީ… މީކާންގެ ދިރިއުޅުމުގައި މަންމައެއް ހުރިކަން އަންގައިދިނުމަށް އެކަން ކުރީ.. މީކާން ވަރަށް އަވަހަށް އެހުރިހާ ކަމެއް ގަބޫލުކުރާނެ.. މީކާން ވަރަށް ސްޓްރޯންގވާނެ…” އީރަމްގެ ބަސްތަކުން ސަލީމާގެ ހިތަށް ފިނިކަމެއްލިބުނެވެ. އުއްމީދުތަކެއް އާލާވެގެންދިޔައެވެ. އަބަދުވެސް ހިތުގެ ކަނެއްގައި އޭނާއަތުން ބީވެގެންދިޔަ ދެ ދަރިންގެ މައްޗަށް ލޯތްބާއި ކުލުނު އުފެދިފައިވެއެވެ. މީކާންއަށްޓަކައި އަބަދުވެސް ފިކުރުކުރެވެއެވެ. ސަލީމާ އީރަމްގެ ގައިގާ ބައްދާލުމަށްފަހު އީރަމްއަށް ޝުކުރުއަދާކުރިއެވެ.

“ކޮން އިރަކުންތަ މެރީ ކުރަނީ؟” ނާޒީގެ ސުވާލު އަމާޒުވީ އަމިއްލަ ތަށިން އައިސްކްރީމް ހުސްކޮށްފައި ނާޒީގެ ތަށިން އައިސްކްރީމް ކާންފެށި މީކާންއާއެވެ.

“މިހާރު މި ވާ ހުރިހާ ކަމެއްނިމުނީމަ… މަންމަގެ ކުންފުނި އެކަށް ބަރުބާދު ވެއްޖެ.. އިންޑިޔާގައި އޮންނަ އެންޖީއޯވެސް ހަމަ ބިމަށް ތިރިވީ… މުޅިންވެސް ހަމަ މުޅިންވެސް ގޯސް މަޤުސަދުގައި އެތެރެ ކުރާ ފައިސާއާއި ބޭރުކުރާ ފައިސާ… މަންމަ ކުރި ކުށުގެ އަދަބު ވަރަށް ބޮޑުވަންޖެހޭނެ.. އެއީ މަންމަ އަމިއްލަ އެދުމާއި ފޯވެގެން ކިތަށް މީހުންގެ ފުރާނަ ދުއްވާލި؟ އެކަމް ހީވަނީ ވަކި އަދަދަކަށް ޖޫރިމަނާކޮށްފަ އުމުރުދުވަހަށް ޖަލު ހުކުމެއްހެން އަންނާނީ… މީހުން ހަޅުތާލު ހަދާ މަންމަ ދަންޖައްސަން ގޮވާ ހެދިޔަސް އެކަން ރާއްޖޭގައެއްނުކުރާނެ…” ވަރަށް ހަމަޖެހިލާފައި މީކާން ވާހަކަދައްކާ ނިންމާލާފައި ނާޒީއަށް ބަލާލިއިރު އޭނާ ބަލަންހުރިގޮތަކުން އޭނާއަށް ދާދިދެންމެ ދެކެވުނު ވާހަކަތަށް ހަނދާނަށްއައެވެ. މުނާ އަކީ އޭނާގެ މަންމަ ނޫންކަން އޭނާގެ ދުލަށާއި ހިތަށް ބުނެދޭނީ ކިހިނެއްހެއްޔެވެ؟ ނާޒީ ހިނިތުންވުމެއް ދީފައި މިކާންގެ އިސްތަށިގަނޑުގައި ފިރުމާލިއެވެ. ވާހަކަ އޮޅުވާލުމުގެ ގޮތުން އީރަމް ގެ ވާހަކަތަށް އޭނާ އަހަންފެށިއެވެ. އީރަމްގެ ހާލު ރަނގަޅުތޯއާއި އީރަމް ވާހަކަދެއްކުމުގައި އެއްވެސް ވަރަކަށް ދަތިގޮތެއް ފާހަގަކުރެވޭތޯ އެހިއެވެ. މީކާން ޖަވާބުދިނުމަށްފަހު ހަނދާނަށް އައީ ނާޒީ ކައިރި ބުނަންޖެހޭ މުހިންމު ވާހަކައެއް ނުބުނެވޭ ކަމެވެ.

“އަހަރެން ފުރަތަމަ ލޯބިވީ ކާކުދެކެ؟ އެހާ ގިނަދުވަސްވަންދެން؟”

“އުމްމް.. ލަމްޔާ ދޯ؟ ލަމްޔާ… ކިހިނެއްވީ؟؟؟”

“އެއީ އީރަމް އޭ… ވަރަށް ފަހުން އެނގުނީ.. އަހަރެންނަށް އޮޅުމަކުން ދެމީހުންގެ ނަން އޮޅިފައި އިނީ… އަސްލު އަހަރެންނަށް ސުކޫލުގައި އަބަދުވެސް ފާހަގަވަނީ ހަމަ އީރަމް.. އަހަރެން ހީކުރީ އެކުއްޖާއަށް ކިޔަނީ ލަމްޔާކަމަށް… ހީކޮށް ލަމްޔާގެ މައުލޫމާތު ހޯދިއިރު ލަމްޔާ މިދުނިޔެއަކު ނެތް… މާ ފަހުން މިއެނގުނީ އެއީ އީރަމްކަން…. ލަމްޔާ އާއި އީރަމް އަކީ ބެސްޓްފްރެންޑްސް.. އަހަރެންނަށް އިވުނު ނަމަކަށް ބަރޯސާވެގެން ހުރީ އޭރު.. ލޯބިވެވުނީ ލަމްޔާދެކެޔޭ ކިޔައިގެން.. އެކަމް އަސްލު އަހަރެންގެ ހިތުގައި މިހުރިހާ ދުވަހު ވީ އީރަމްގެ ސޫރަ.. ނަން ބަދަލުވިޔަސް އެ ސޫރައާއި އެ އާދަ ކިހިނެއް ބަދަލުވާނީ؟ އެހެންވެ ކަންނޭނގެ އަހަރެންނަށް އީރަމް ފާހަގަކުރެވެން ފެށުނީ.. ލޯބިވާންފެށުނީ..”

“ވަޓްޓްޓް!!! މީކާން މީކާން.. ތިދެމީހުން ދޭތެރޭ މުޅިންވެސް މިވަނީ އިއްތިފާޤުތަ؟ ނޫނީ ހަމަ ތަޤުދީރު ތިދެމީހުންނާއި ކުޅޭގޮތް މޮޅީތަ؟ އަސްލު އީރަމް އޭރާއި މިހާރު ތަފާތޭ ހުންނަ ގޮތް.. އެކަމް އަހަރެންނަށް ހީވަނީ އެހާ ލޯބިވާ މީހަކު ވެއްޖެއްޔާ ވަގުތުން އިނގޭނެހެން އެ ސޫރަ އެތަށް އަހަރެއްފަހުން ފެނިގެން….”

“ދެން ޔަޤީނެއްނުވާނެއެއްނު.. އީރަމް އަށް ވާހަކައެއްވެސް ނުދެއްކޭ.. އަނެއްކާ ލަމްޔާއެއް ނޫން ކިޔަނީކީ…ދެން އެނގުނީ ލަމްޔާ މަރުވެއްޖެކަން.. ދެން އީރަމްއާއި މެދު ޝައްކެއްވެސް ނުކުރާނެއެއްނު..”

މީކާންގެ ވާހަކަތަކުން ނާޒީ ކައިރިއަށް ހިނިއައެވެ. އެދެމީހުންގެ ލޯބީގެ ވާހަކައަކީ މިސާލެއްކަމުގައި ބުންޏެވެ. އަށްވަނަ އަޖައިބުކަމުގައި ބުނެދިނެވެ. ރޯމިއޯ ޖޫލިއަޓަށްވުރެވެސް ކުރިއަށް ނަން އަރުވަންވީއޭ ބުނެ މަލާމާތްކުރަންފެށިއެވެ. ނާޒީ ކުރަމުންދިޔަ މަލާމާތަށް ރައްދުގައި މީކާން ހުމްމް ހުމްމް ކިޔަމުންދިޔައެވެ.

އުފާވެރި ވަގުތުކޮޅަކަށްފަހު އެމީހުން އެނބުރި ގެޔަށް ދިޔައެވެ. ސަލީމާއާއި މީކާންގެ ގުޅުމަށް އައި ބޮޑު ބަދަލު ‘އެކްސެޕްޓ’ ކުރަން މީކާންއަށް ވީ އުނދަގޫކަމަކަށެވެ. ސަލީމާއާއި ހަތަރު ކަޅި ހަމަނުކުރެވޭހާލު އިސްޖަހާލަމުން ދަނީކަމަށް ބުނެފައި އަވަސް އަވަހަށް ހިނގައިގަތުމުން އީރަމް ސަލީމާގެ ގައިގާ ބައްދާލިއެވެ. އަދި ހުރިހާ ކަމެއްވެސް ރަނގަޅުވާނޭކަމަށް ބުނަމުން މީކާންގެ ފަހަތުން ހިނގައިގަތެވެ. ގެޔާއި ހަމައަށް ދެވެންދެންވެސް އީރަމްއާއި މީކާންގެ ދެމެދުވީ ހަމަހިމޭންކަމެވެ. އީރަމް އަވަސް ނަޒަރެއް މީކާންއަށް ދިނެއްކަމަކު މީކާންގެ ފަރާތުން އެއްވެސް ސަމާލުކަމެއް ނުލިބުނެވެ. މީކާންގެ ސިކުނޑިތެރޭ ބުމަރެއްހެން އެނބުރެމުންދިޔަ ހިޔާލުތަކުގެ ސަބަބުން އެހެންކަމަކާއި މެދު ވިސްނުން ވީ އުނދަގޫކަމަކަށެވެ. ގެޔަށް ދެވުމާއި އެކު އީރަމް އަވަސް އަވަސްކޮށްލާފައި ކާރުން ފޭބުމަށްފަހު މީކާން ނިކުންނަންދެން އިންތިޒާރުކުރިއެވެ. ޕާރކުކޮށްލާފައި ކާރުން ފޭބި މީކާންއަށް އީރަމް ފެނުނީ ފުޅާ ހިނިތުންވުމެއްގައި ހުއްޓައެވެ. އެ ހިނިތުންވުމާއި އެ ސޫރަ އަކީ އޭނާގެ ހަމަޖެހުމެވެ. އޭނާގެ ހިތަށާއި ސިކުނޑީގައިވާ ވަރުބަލިކަން ނައްތާލާ  ބޭހެވެ.

ނުހުނު ލޯތްބާއި އެކު އީރަމްގެ އަތުގައި ހިފަހައްޓައިގެން މީކާން އެތެރެއަށް ވަނެވެ. އީރަމްގެ ޝަކުވާއަކަށްވީ އޭނާ ވީހާވެސް އަވަހަށް އޭނާގެ ގެޔަށް ދާން ބޭނުންވާކަމެވެ. މުނާ މެން ހައްޔަރުވި ރެއަށްފަހު އީރަމް އުޅުނީ ގެސްޓުރޫމްގައެވެ. ދެދުވަސް ވަންދެން އީރަމް އޮފީހަށް ނުފޮނުވާ ގޭގައި ބަންދުކޮށްގެން މީކާން ގެންގުޅުމުގެ ސަބަބުން އޭނާ ހުރީ ފޫހިވެފައެވެ. އަނެއްކާ ލިބުނު ސަރުކާރު ބަންދާއި ހުކުރު ހޮނިހިރުގެ ޗުއްޓީ އިތުރަށް އޭނާ ފޫހިކުރުވިއެވެ.

“ދެން ގެޔަށް ދެވޭނީ ނިމުނީމައެއްނު… ކިހިނެއްވީ؟ އަހަރެންނާއި އެކު އެއްގެޔެއްގައި އުޅެން އުނދަގުލީތަ؟” ސަބަބު އިނގޭއިރުވެސް މީކާން އެހެންބުނީ އީރަމްއަށް ޖެއްސުމެއްކޮށްލުމުގެ ނިޔަތުގައެވެ.

“ދެން މީކާން… އަހަރެން ބޭނުމޭ އޮފީހަށް ދާން.. މީކާން އާއި އެއްތާކު އުޅެންވެއްޖެއްޔާ އަހަރެން ޖެހެނީ އަބަދު އަރާމު ކުރަން.. އަހަރެންނަށް އަދި މިހާތަނަށް ދިރިއުޅުމުގައިވެސް ނުކުރެވޭހާ އަރާމު މިވީ ދުވަސްތަކުގައި ކުރެވިއްޖެ….” އީރަމްގެ ޝަކުވާ އަޑުއަހާފައި މީކާން ކައިރިއަށް ހިނިއައެވެ. ދެމީހުންވެސް ސޯފާގައި އިށީނުމަށްފަހު ވާހަކަ ކުރިއަށް ގެންދިޔައެވެ. މީކާން ބުނީ މާދަމާ އީރަމްއަށް އަނބުރާ އޭނާގެ ގެޔަށް ދެވޭނެކަމުގެ އުފާވެރި ވާހަކައެވެ. އެކަމާއި އީރަމް ހުރީ ވަރަށް އުފަލުންނެވެ.

“ދެން މީކާން… ކީކޭ ހިތަށް އަރަނީ؟ އަހަރެންނަށް މީކާން ގެ ބަލާލުން އެކަނިވެސް ފުދޭ ތިހިތުގައި ހުރި އެއްޗެއް އެނގެން… އެކަމް ބުނެބަލަ… ކީކޭ ހިތަށް އަރަނީ…”

“ހިތަށް އަރާ ބައިވަރު އެއްޗެހި.. އަހަރެންނަށް މި ލިބުނު ފުރުސަތުގެ ބޭނުން ހިފާ އައުގުޅުމަށް މަރުހަބާ ހިތުން ރުހުމުން ކުރެވޭނެބާއޭ.. އަހަރެން ބޭނުންވޭ.. އަސްލު ބޭނުންވޭ… އެކަމު ކުއްލިއަކަށް މިއައި ބޮޑު ބަދަލާއި އެކު އަހަރެންނަކަށް ނޭނގުނު ކުރާނެ ކަމެއް.. އެންމެ ކުޑައިރުންފަށައިގެން ބޮޑުދައްތަ ކިޔާ ބޮޑުދައިތައެއްގެ މަޤާމު ދީގެން އުޅުނީ.. ކުއްލިއަކަށް މަޤާމު އުސްވެފައި މާތްވެފައި ދަރިއެއްގެ ޒިންމާއަދާ ކުރާ ބައި އައީމަ އަހަރެން ކިހިނެއް ހަދާނީ؟.. އެކަމްވެސް މަސައްކަތްކުރާނަން…”

” އެހެންވީމަ މީކާންގެ ޓްވިންސެއްވެސް ހުރީތާ.. އަހަރެންނަށް އެވާހަކަ އަޑުއަހާފައި ވަރަށް ދެރަވި.. މީކާންގެ މަންމަ ކިހާ ދެރަވާނެ އެއްމަސް އެއްކޮށް އުޅެފައި ވަކިވީ.. އަނެއްކާ ދެންހުރި ކުއްޖާ ކުރިމަތީ އެނބުރުނަސް ދަރިފުޅާ އޭ ކިޔާ ގޮވާނުލެވޭނެ….” އީރަމްގެ ވާހަކައިން މީކާންގެ ނިންމުންތަކަށް އިތުރު ކުރިއެރުމެއްލިބިގެންދިޔައެވެ. ޔަޤީންޖަވާބަކަށް ދާން އޭނާ ތައްޔާރުވިއެވެ. ސަލީމާ ގެ ވާހަކައިގައި އޭނާ އަކީ މަންމަ ކަމުގައި ގަބުލުނުކުރިޔަސް އެންމެ ރަނގަޅުކަމަށް ވަނީ ބުނެފައެވެ. ނަމަވެސް އޭނާ އެ ނިކަމެތި މަންމައަށް އަޅާލުންދޭންބޭނުންވިއެވެ. އެބަނޑުންވިހޭ، އެއްމާބަނޑު ދެކުދިންގެ ތެރެއިން ދުނިޔޭގައި ހުރި ހަމައެކަނި މީހަކީވެސް މީކާންވިއްޔާއެވެ. ދެރައީ އެ ހަބަރު ލިބުނުއިރު އޭނާގެ އަސްލު ބައްޕަ ދުނިޔޭގައި ނެތްކަމެވެ. ބޭބެއެއްގެ ގޮތުގައި ދެކުނު ބައްޕަ އެމީހުންނާއި މާކުރިންވެސް ވަނީ އަލްވަދާޢު ކިޔާފައެވެ. ކޮންމެ ގޮތެއްވިޔަސް ދުނިޔޭގައި ތިބިހާދުވަހަކު ދުނިޔޭގައި ތިބި ބަޔަކަށް މީކާންގެ ފަރާތުން އަޅާލުމާއި ލޯބި ދޭން އޭނާ ނިންމިއެވެ. ވަގުތު ނެގިޔަސް އޭނާ އެގުޅުން ގަބޫލުކުރާނެއެވެ. ސަލީމާ މަންމައެއްގެ ގޮތުގައި ބަލައިގަންނާނެއެވެ. ސަލީމާގެ ހުރިހާކަމެއް އަލިފުން ފަށައިގެން ޔާއަށް ދަސްކުރާނެއެވެ.

“އަސްލު މީކާންގެ މަންމަ ވަރަށް މަޖާ ވަރަށް އުފާވެރި… މަންމަ ފެނިފައިވެސް ދުރުގޮތެއް އިހުސާސެއްނުވޭ…  މީކާން ގެ ކޮންމެ ނިންމުމަކަށްވެސް މަންމަ ޤަދަރުކުރާނެ އިޚުތިރާމްކުރާނެ..”

……………….

އޮފީހުގެ މަސައްކަތާއި މަސްއޫލިއްޔަތުތަކުގައި އަވަދިނެތި އުޅެމުންދިޔައިރު ދުވަސްތަށް ފާއިތުވެގެންދާ ގޮތެއްވެސް ނޭނގެއެވެ. އަމިއްލަ ނަފްސަށް ކުރި ވައުދާއި އެއްގޮތަށް މީކާން މަސައްކަތްކުރަމުންދިޔައީ ސަލީމާއާއި އޭނާގެ ގުޅުން ރަނގަޅުކޮށް އިތުރަށް ގާތްކުރާށެވެ. މަންމާއޭ ކިޔާ ގޮވައިނުލިއެއްކަމަކު އޭނާ އަށް ވާވަރަކުން ކޮންމެދުވަހަކުވެސް ވާހަކަދައްކާ ދެދުވަހުން އެއްދުވަހު ކަހަލަ ގޮތަކަށް އެމީހުންނާއި ބައްދަލުކުރަންދެއެވެ. އީރަމްއާއި މީކާންގެ ގުޅުމަށް މާ ބޮޑު ބަދަލުތަކެއް އައިސްފައެއްނުވެއެވެ. ލޯބީގެ ވަގުތުކޮޅުތަކުގައި އެކުއެކީ ދެލޯބިވެރިން އުޅެމުންދިޔައީ ނުހަނު އުފަލުގައެވެ. ލޯތްބާއި އެކުގައެވެ. ނަމަވެސް އެކަންތައް ވީ އޮފީހުން ބޭރުގައެވެ. އޮފީހުގެތެރޭ އިޝާރާތް އިޝާރާތުން އެކަކު އަނެކަކާއި ވާހަކަދައްކާ ލޯބިވާވާހަކަ އަންގަމުން ދިޔައެއްކަމަކު މަސައްކަތަށް ބުރޫނާރާވޭތޯ އަބަދުވެސް މަސައްކަތްކުރެއެވެ. ދިގުދެމިގެންދިޔަ މުނާގެ ކުށްތަކަށް ނިޔާ ކަނޑައެޅިގެންދިޔައިރު މީކާން އުއްމީދުކުރިފަދަ ޖޫރިމަނާއަކުންނާއި އުމުރުދުވަހުގެ ޖަލުހުކުމަކުން މުނާ އަށް އަދަބުދެވުނެވެ. ފަހުފަރަހަށް މުނާއާއި ބައްދަލުވީ ކޯޓުގެ ފަހު އަޑުއިއްވުމުގައި އީރަމްއާއި މީކާން އާއި އޭގެ އިތުރަށް ވަހީދުގެ އާއިލާ ބައިވެރިވީ ދުވަހެއްގައެވެ. މުނާގެ މޫނުމަތިން އެކަނިވެސް އޭނާ އިންތިހާއަށް ވޭނުގައި ހިތާމާގައި އުޅޭކަން ހާމަވަމުންދިޔައެވެ. އޭނާ އަށް ކުރެވުނު ކުށްތަކާއި މެދު ނިހާޔަތަށް ދެރަވާކަން ސާފުކޮށް ފެންނަމުންދިޔައެވެ. ނަމަވެސް މިހާރު މާ ލަސްވެއްޖެއެވެ.

އަތުގައި އިން ގަޑިއަށް ބަލަހައްޓައިގެން ދެބުމަ ގޮށްޖަހާލައިގެން އިން މީކާން މީޓީންރޫމްތެރޭ ތިބި އެންމެންނަށް ނަޒަރު ހިންގާލިއެވެ. މީޓިންގެ ގަޑިޖެހެން ފަނަރަ ސިކުންތައް ވެގެންދިޔައިރުވެސް އީރަމްގެ ހަބަރެއްނެތެވެ. އެހެން އެންމެންވެސް ތިބީ ހަމަވެފައެވެ. ހަމްދާއަށް މީކާން ބަލައިލުމުން ހަމްދާ ކޮނޑުއަރުވާލިއެވެ. އީރަމް ގަޑިޖެހިއްޖެނަމަ ރަނގަޅު ބޮމެއް އަންނާނޭކަން އެންމެންނަށްވެސް އިނގެއެވެ. އެއީ ވެރިމީހާގެ ލޯބިވެރިޔާކަމުގައި ވިޔަސް އޮފީހުގެ މައިދާނުގައި އެ ގުޅުން އެގޮތުގައި ނޯންނަކަން ހުރިހާ މުވައްޒަފުންނަށްވެސް އިނގެއެވެ. މީކާންގެ އުޅުމަށާއި ހަރުކަށިކަމަށް އައި ބޮޑު ބަދަލުގެ އަސްލު ޝުކުރު ހައްޤުވަނީ އީރަމްއަށް ކަމުގައި އެންމެންވެސް ދެކެއެވެ. އޮފީހުގައި އުޅޭތާ އަހަރަކާއި ދުވަސްކޮޅެއްވީއިރު އީރަމް ވަނީ އެ އެންމެންގެ ހިތުން ޖާގައެއް ހޯދާފައެވެ. އެ ހެޔޮކަމާއި ރިވެތި އަޚުލާގުން އެންމެންވެސް އޭނާ ދެކެ އިންތިހާއަށް ލޯބިވެއެވެ. ހުރިހާ އެންމެންގެ ނަޒަރު ހުއްޓިފައި ހުރީ މީކާން މަޑުކޮށްލައިގެން ހުރި ތަނުގެ ފަހަތުގައި ހުރި ބޮޑު ގަޑިއަކަށެވެ. އެގާރަ ޖަހަން ބާކީ މިއޮތީ މަދު ސިކުންތުކޮޅެކެވެ. އީރަމް އަދިވެސް ނާދެއެވެ. އެ އެންމެންގެ ހިތް ނެގިނެގިފައި ޖެހެމުންދިޔަ އަޑު ގަޑީގައި އިން ކަށްޓައްވުރެ ގަދައެވެ.

އެގާރަ ޖެހުމާއި އެކު މީކާން ކަރުކެހިލިއެވެ. އެއްވެސް ޝަރުއީ އުޒުރަކާއި ނުލާ މީޓިންއަށް ހާޒިރުނުވާ ނުވަތަ ލަހުން ބައިވެރިވާ މީހުންދެކެ އޭނާ އިންތިހާއަށް ފޫހިވެފައި ރުޅިއިސްކުރެވެއެވެ. ސަލާމުގެ ބަރަކާތުން މީކާން ފެށުމާއި އެކު އިވުނީ މީޓީން ރޫމްގެ ދޮރުގައި ބާރުބާރަށް ހިފާފައި މީހަކު ދޮރު ހުޅުވިއަޑެވެ. އީރަމް ދެލޯ ބޮޑުކޮށްލާފައި ހުރިއިރު އޭނާއަށް ދިޔައީ މައިނޭވާ ލެވެމުންނެވެ. އެންމެންގެ ނަޒަރު އޭނާއަށް ހުއްޓިފައިވީއިރު އީރަމްގެ ނަޒަރު ހުރީ މީކާންއަށެވެ. ގަޑިޖެހިއްޖެކަން އޭނާއަށް އެނގި މައާފަށް އެދެން ބޭނުންވިޔަސް އޭނާއަށް ގުޑިނުލެވި އެގޮތަށް އިރުކޮޅެއް ވަންދެން ހުރެވުނެވެ. އެއަށްފަހު ލަސް ފިޔަވަޅުތަކެއްގައި މީކާން އާއި ހަމައަށް އަރާފައި މީކާންގެ އަތަށް ކަރުދާސްތަކެއް ހަވާލުކުރިއެވެ.

“މައާފުކުރޭ… އަޅުގަނޑު ލަސްވީ ތި ލިޔުން ޕްރިންޓު ނުކުރެވިގެން…. ސޮރީ…” އޭނާ ލަސްވީ މަދުސިކުންތުކޮޅަކަށްވިޔަސް މައާފަށް އެދުމުގު މުހިންމުކަން އޭނާއަށް ވިސްނުނީ ހަރުކަށި އިބާރާތުން މީޓީންތަކަށް ލަސްނުވުމަށް އެދި މީކާން މުވައްޒަފުންނަށް ހާއްސަކޮށްފައިވާ ގަވާއިދުގެ ސަބަބުންނެވެ.  އީރަމްގެ އަތުން މީކާން އެ ކަރުދާސްތަށް ނެގުމަށްފަހު އެމީހުންނަށް ބަލަހައްޓައިގެން ތިބި މުވައްޒަފުންނަށް ބަލައިލިއެވެ. އިރަމް އަކީ އޭނާގެ ލޯބިވެރިޔާއަށްވުމުން ހަރުކަށި ނުވާނޭ މީހުން ހިތަށް އަރާކަށް އޭނާ ނޭދެއެވެ. ހުރިހާ އެންމެންނަށްވެސް ހަމަ ހަމަކަން އިސްކުރަން އޭނާ ބޭނުންވެއެވެ.

“އީރަމް މިއަދު ލަސްވީ ޝަރުއީ އުޒުރަކާއި ލައިގެން ކަމަށް ވިޔަސް، އެކަން މީޓީންފެށުމުގެ ކުރިން އަންގަންވާނޭ ވާހަކަ އޮންނާނީ ބުނެފައި… އެހެންވީމަ ދެވަނަ ފަހަރަށް މިކަން ތަކުރާރު ވިޔަ ނުދޭތި.. ކުޑަ ވަގުތުކޮޅަކަށް ލަސްވާނޭ ހީކުރެވުނަސް ނޫނީ ކަމަކާއި ލައިގަތަސް ޖެހޭނެ އަންގަން… ދޭ އިށީންނަން…” ހަރުކަށިކަމާއި އެކު މީކާން އެހެން ބުނުމުން އީރަމް ލައްބައޭ ބުނެފައި ދެން ތިބި މީހުންނާއި ބައިވެރިވިއެވެ. މީޓިން ބޭއްވި ކަމަކާއި ގުޅޭ ލިޔުމެއް އޭނާގެ އަތުގައި ވުމާއި އެކު އެ ލިޔުން އޭނާ ރަނގަޅަށް ކިޔާލިއެވެ. އެ ތުންފަތްމަތިން ސީރިއަސްކަން އެކީ ކެނޑި އުފާވެރިކަމަށް ބަދަލުވިއެވެ. އޭނާގެ ނަޒަރު އެންމެ ފުރަތަމަވެސް ހުއްޓުނީ ތަންކޮޅެއް ފަހަތުން ޖާގައެއް ހޯދައިގެން އިށީނދެ އިން އީރަމްއަށެވެ. އީރަމްވެސް ހިނިތުންވެލުމަށްފަހު ބޯޖަހާލިއެވެ. މުވައްޒަފުން ތިބީ ވާނުވާގައެވެ.

“އޯކޭ.. އެހެންވީމާ… ފުރަތަމަ މި މީޓިން ބޭއްވީ އަދިވެސް ވަކިގޮތެއް ނުނިމިފައި އޮތް އަހަރީ ޕާޓީގެ ވާހަކަދައްކަން.. އެކަމް ތެންކްސް އީރަމް މި ލިޔުމަށްޓަކައި… މި ލިޔުމުގެ ވާގޮތުގައި، ރިސޯޓު ޕްރޮޖެކްޓަށް ކުރެވުނު މަސައްކަތް ވަރަށް ފުރިހަމަވެފައި އެމީހުން އެކަމާއި މެދު އިންތިހާއަށް އުފާވާކަމަށް ބުނެފައިވޭ… އަދި އަހަރެމެންގެ އަހަރީ ޕާޓީ ބޭއްވޭނެކަމުގެ ހުއްދަ ދީފައިވާކަންވެސް މި ސިޓީގައި ލިޔެފައި އެބައިން… އެތަނުން ލިބޭ ބައެއް ޚިދުމަތްތަށް އަހަރެމެންނަށް ވަނީ ފްރީކުރެވިފައި….” މީކާން ދައްކަމުން ދިޔަ ވާހަކައިން އުފާވެ މޫނުމަތިން އެކަން ދިއްލައިނުލި މޫނެއްނުވެއެވެ. އެންމެންވެސް ތިބީ އިންތިހާއަށް އުފާވެފައެވެ. ދުވަސްގަނޑެއްވަންދެން ކުރިއަށް ދިޔަ ބޮޑު ޕްރޮޖެކްޓް ނިންމާލެވުނުއިރު އެމަސައްކަތާއި މެދު ރިސޯޓު އިސްވެރިން އުފާވާކަން އެނގި ބައެއް މުވައްޒަފުންގެ ލޮލުން ކަރުނަ ހިލުނެވެ. އެ ޕްރޮޖްކްޓެ ގެ މަސައްކަތަށް އެހެން ކުންފުނިތަކުން ވަނީ މީކާންގެ ކުންފުންޏަށް ގޮންޖަހާފައެވެ. ބަސްއުކާފައެވެ. ހާއްސަކޮށް މުނާގެ ސަބަބުން ރާއްޖެތެރެއަށް ފެތުރު ވާހަކައެއްގެ ސަބަބުން މީކާންގެ ކުންފުންޏަށްވެސް ވަނީ އެތަށް ހަޑި ނަމެއްލިބިފައެވެ. އެކަމާއި މީކާން ވާހަކަނުދެއްކިއެއްކަމަކު އޭނާގެ މުވައްޒަފުން އެކަމާއި ފުން ހިތާމަތަކެއް ކުރާކަން އޭނާ އަށް އިނގެއެވެ. ނަމަވެސް އެއިން އެކަކުވެސް މީކާންގެ މަސައްކަތަކަށް ނުވަތަ މީކާންއަށް އިނގިލި އުފުލާފައެއްނުވެއެވެ. އަދި އެކަކުވެސް މީކާންގެ ކުންފުންޏަށް ލިބެމުންދިޔަ ބަދު ބަސްތަކުގެ ސަބަބުން އެތަން ދޫކޮށް އެހެން ތާކަށް ދާނެ ޚިޔާލެއްވެސް ނުކުރެއެވެ. ހަޤީޤަތުގައިވެސް ކުންފުންޏަށް ލިބޭ މިފަދަ ބޮޑެތި ކާމިޔާބީ ތަކުގެ އަސްލަކީ މީކާންގެ ފަހަތުން ގަދައަޅާ މަސައްކަތްކުރި އޭނާގެ މުވައްޒަފުންނެވެ.

“އަދި އަދި އެއްވާހަކަ…. އެ ރިސޯޓުން ކުރިއަށް ގެންދާނެ އެފަދަ ބިލްޑިން ޕްރޮޖެކްޓްސްގެ ހުރިހާ މަސައްކަތެއް އަހަރެމެންގެ ކުންފުންޏަށް ރަސްމީކޮށް ހަވާލުކުރާނެ ވާހަކަވެސް ލިޔެފައި އެބައިން.. އަދި އެކަން ކުރާނީ ރަސްމީ ބައްދަލުވުމެއްގައި އެތަށް އިސްވެރިންތަކެއްގެ ކުރިމަތީގައި….” ފަހަރަކަށްވުރެ ފަހަރެއް އެމީހުންގެ އުފާވެރިކަން ދިޔައީ އިތުރުވެގެންނެވެ. އެތަށްބައެއްގެ ދުލުން ވެރި ރައްބަށް ހަމްދު ކުރަމުންދިޔައިރު އަނެއްބަޔަކު ދިޔައީ އުފަލުން ރޮމުންނެވެ. ކުންފުންޏަށް ލިބުނު ކަޅު ލައްގަނޑު ފޮހެވިގެންދާނޭވަރުގެ ރަނގަޅު ފުރުސަތަކަށް މިކަން ވުމުން އެންމެންގެ ދުލުން އެކަކު އަނެކަކަށްވެސް ތައުރީފުން ފުރިގެންވާ ބަސްތަކެއްގަތާލިއެވެ. އެ ކަޅުލައްގަނޑުގެ ސަބަބުން ހިތްވަރު އެލިފައި ތިބި އެންމެންނަށްވެސް ލިބުނީ އައު ހިތްވަރެކެވެ. އެންމެން އެއްއަޑަކުން ޝުކުރު އަދާކުރީ މީކާންއާއެވެ. މިކާންވެސް އޭނާގެ ޝުކުރުގެ ފޮނި އިބާރާތެއް އެވެރިންނަށް އިއްވާލިއެވެ. ކޮންމެ މީހަކަށް ވަކިވަކިން ޝުކުރުއަދާކުރިއެވެ. ޕްރޮޖެކްޓުގައި އަމަލީގޮތުން ބައިވެރިވެ އެތަށް ބުރައެއް އުފުލި ހުރިހާ އެންމެންނަށް ޝުކުރުއަދާކުރަމުން އޭނާގެ ވާހަކަ ކުރިއަށް ގެންދިޔައީ މިއަދު ނިމޭގަޑި ނުޖެހުނަސް މީޓީން ނިންމާފައި ގެޔަށް ދެވޭނެކަމުގަޔާއި މާދަމާ އެންމެންވެސް އޮފީހަށް އަންނަންނުޖެހޭނޭކަމުގެ އުފާވެރިހަބަރު ދެމުންނެވެ. އަހަރީ ޕާޓީ އަށް ދެދުވަހަށް ރިސޯޓަށް ދިޔުމަށް މާދަމާ ދަތުރުހަދާފައި، މާދަމާ ހަވީރު ފުރުމަށް ތައްޔާރުވާން އެދުނެވެ. ކޮންމެ މީހަކުވެސް ހުރިހާ ދަތްތައް ފެންނަވަރަށް ހީލައިގެން ތިބީ މީކާން ދައްކަމުންދިޔަ ވާހަކަތަށް ކަނުލާ އަޑުއަހާށެވެ.

“ހުރިހާ ޝުކުރެއް ހައްޤީ ތިވެރިންނަށް… ވަރަށް ގޮންޖެހުންތަކެއް ލިބުނު، ވަރަށް ގިނަ މީހުންގެ މަލާމާތް ރައްދުވި، ވަރަށް މީހުން ބުނި ވިޔަފާރި ހަލާލެއްނޫނޭ… މީހުންގެ މުދާ ފޭރިގަނެފައި ކުންފުނި ކުރިއަށް ގެންދިޔުމުގެ ހައްޤެއް ނެތޭ. ވަޒީފާއިން ކެނޑެންވެސް ބުނި.. ވިޔަފާރި ހުއްޓާލަންވެސް ބުނި… އެކަމު އަޅުގަނޑު މިކަން ފެށީ ލާރިއަކަށްޓަކައެއްނޫން.. ހިތުގައި އެންމެ ކުޑައިރުންފަށައިގެންވި ހުވަފެނަށްޓަކައި.. އަޅުގަނޑަށް ޔަޤީން ތިއިން ކޮންމެ ބޭފުޅެއްވެސް މަސައްކަތުގެ މައިދާނަށް ނިކުންނާނީ އޭގައި ކޮންމެވެސް އެދުމެއްވެގެން. އެއީ ލާރިވިޔަސް، އެއީ ތިމާގެ ހުވަފެންތަކެއް ވިޔަސް، އެ އެދުމުގައި ސާބިތުވެ ހުރުމަށްޓަކައި މަސައްކަތްމިކުރަނީ ދޯ.. އެހެންވީމަ އެހެންމީހެއްގެ ސަބަބުން ތިމާގެ ދިރިއުޅުން ހަލާކުކޮށްލުމުގެ ބޭނުމަކީ ކޮބާ؟ އެއީ ކިތަންމެ ގާތްމީހަކަސް އެމީހާގެ އަނދިރި ދިރިއުޅުމުގެ ސަބަބުން އަމިއްލަ ނަފުސު އަނދިރިއަށް ލުމުގެ ބޭނުމަކީ ކޮބާ؟ އެހެންމީހެއްގެ ކުށެއްގެ ސަބަބުން ކުރިއަށް ނުދެވި ހުންނަންވީ ކީއްވެ؟ އެތަށް ދުވަސްތަކެއް ވަންދެން މި ކުންފުންޏަށާއި ތިވެރިންނަށް ލިބެމުންދިޔަ މަލާމާތަށްފަހުވެސް އުއްމީދު ކަނޑާނުލުމެއްނެތި މިކަމުގައި ކުރިއަށް ދިޔައީތީ.. އެކަމަށްޓަކައި ވަރަށް ބޮޑަށް ޝުކުރިއްޔާ… ބާއްޖަވެރި ދުވަހަކަށް އެދެން… މާދަމާ ހަވީރު ރިސޯޓަށް ފުރާނޭ ގަޑި ވައިބަރ ގުރޫޕުގައި ޖަހާލެވޭނެ..” މީކާންގެ ފަހުވާހަކަތަށް އެންމެންގެ ހިތަށް ފުން އަސަރުތަކެއް ކުރިއެވެ. މީކާން އަށް ކޮންމެ މީހަކުވެސް ފުރިހަމަ ހިނިތުންވުމެއް ދީފައި މީޓީންރޫމްތެރެއިން ނިކުމެގެންދިޔައެވެ. ނަމަވެސް އީރަމް އެ އިންގޮތަށް އެތާ މީކާންއަށް ބަލަހައްޓައިގެން އިނެވެ.

އެބޮޑު ކޮޓަރިތެރޭ ދެމީހުން އެކަނިވުމާއި އެކު އެކަކު އަނެކަކަށް ހަދިޔާކޮށްލެވުނީ ލޮބުވެތި ހިނިތުންވުމެކެވެ. އަނެކާއި އާއި މެދު ފަޚުރުވެރިވާފަދަ ހިނިތުންވުމެކެވެ. ދިރިއުޅުމުގައި ދިމާވި އަޑިގަނޑުތަކާއި އުސްގަނޑުތަކުގައި މިއަދާއި ޖެހެންދެންވެސް ކައިރި ހުރީތީ ޝުކުރުވެރިވާ ހިނިތުންވުމެކެވެ. އަނގައިން ނުބުނެ އެދެލޯ އެތަށް ވާހަކަތަކެއް ހިއްސާކުރިއެވެ. އެ ހިނިތުންވުން އެތަށް އެއްޗެއް ބުނެދިނެވެ. އީރަމް ފުން ނޭވައެއްލާފައި ތެދުވެ މީކާންއާއި އެއްވަރުކޮށްލިއެވެ.

“ފުރަތަމަ ފަހަރަށް މީހަކު މީޓިންއަށް ލަސްވެގެން އުފާމިވީ.. މީހުން ކުރިމަތީވީމަ ރޯންނުކެރުނަސް އަހަރެން ހުރީ އުފަލުން ރޮވެން ކައިރިވެފައި… ޝުކުރިއްޔާ އީރަމް.. އެ އުފާވެރި ހަބަރާއި އެކު އަހަރެންނާއި  މީޓުން ފެށުނުތާ އެގާރަ ސިކުންތުފަހުން ބައްދަލުކުރީތީ..” އޭނާ ވަގުތު ގުނިކަން ހާމަކޮށްދިނުމުގެ ގޮތުން އެވާހަކައިގެ ތެރެއިން އީރަމް ލަސްވީ ސިކުންތުގެ އަދަދުވެސް ހިމަނާލިއެވެ. އީރަމް އަނގައިން އަޑެއް ލައްވާލާފައި ހިނިތުންވުމެއް ދިނެވެ. އޮފީސް ނިމުމަކަށް އައުމުން އީރަމް އާއި މީކާން އޮފީހުން ނިކުތީ އެކުއެކީގައެވެ. އާދަވެގެން އީރަމް ގެޔަށް ލާފައި އެނބުރި އަމިއްލަ ގެޔަށް ދުއްވާލާ މީކާން މިއަދުވެސް ކަންތައްކުރީ އެފަދައިންނެވެ.

…………………………..

އޮފީހުގެ ހާއްސަ ދަތުރުގައި ހުރިހާ އެންމެންވެސް ބައިވެރިވިއެވެ. ރިސޯޓުން އޮފީހުގެ ހުރިހާ މުވައްޒަފުންނަށް ހޫނު މަރުހަބާއެއްކިޔެވެ. އެއަށްފަހު ކޮޓަރިތަކަށް އެމީހުން ދިޔުމަށް އަވަސްވެގަތީ ދަބަސްތަށް ދޫކޮށްލާފައި ފެންނަ ހިތްގައިމު މަންޒަރުތަކުގެ އުފާ ހާސިލްކުރުމަށްޓަކައެވެ. ގަހުގެ ފެހިކަމާއި ދޮންވެލީގެ ހުދުކަމާއި މޫދުގައި ބަބުޅަމުންދިޔަ ނޫފެހިކަން އެންމެންގެ ހިއްސުތަށް ހޭލުއްވާލިކަހަލައެވެ. އެކި ދިމާދިމާއަށް ހުރިހާ އެންމެން ބެހިގެންދިޔައިރު އެއްބަޔަކު ބެލީ ރިސޯޓުގައިވި އާދަޔާ ޚިލާފު ޑިޒައިންތަކަށް ފަރުމާކުރެވިފައިވާ ތަންތަނާއި ޙިދުމަތްދޭ ތަންތަނެވެ. ދެން ތިބި ބަޔަކު މޫދުކައިރިއާއި ރަށުތެރެ ބަލަން އަވަސްވެގަތެވެ. އެމީހުންގެ ތެރޭ މީކާންއާއި އީރަމްވެސް ހިމެނުނެވެ.

ދެ ލޯބިވެރިން ގާތްގާތުގައި ހިނގަމުންދިޔައިރު ވަށައިގެންވާ އުފާވެރި މާހައުލުން ދެހިތަށްވެސް ދިޔައީ ފިނިކަމެއް ލިބިގެންނެވެ. އޮފީސްމާހައުލުގައި ނެގިމަޑުވެ ވާހަކަދައްކަން ނުކެރިފައި ތިބި ބަޔަކު ފޯރިނަގާ މަޖާކުރާތަން ފެނި އީރަމްގެ ތުންފަތްމައްޗަށް ލުއި ހިނިތުންވުމެއް ވެރިވިއެވެ. ޖެހެމުންދިޔަ ލުއިލުއި ވައިރޯޅީގައި ނަށަމުންދިޔަ އީރަމްގެ އިސްތަށިގަނޑު އިރުއިރުކޮޅާ އޭނާ ރަނގަޅުކުރަންޖެހެއެވެ. ބަސްމަދުވެފައި ތިއްބެއްކަމަކު އީރަމްއާއި މީކާންދިޔައީ މާހައުލުގެ ފުރިހަމަ އުފާވެރިކަން ހޯދަމުންނެވެ. އީރަމް ނުބުންޏަސް އޭނާ ދުވަހަކަށް ވަރަށް އިންތިޒާރުކުރެއެވެ. މީކާންއާއި އެކު އައު ހަޔާތެއް ފަށަން އޭނާ ހުރީ ވަރަށް ބޭނުންވެފައެވެ. އޭނާ އާއި މީކާންގެ ގުޅުމަށް މަސްތަކެއް ވެގެންދިޔަޔަސް އަދިވެސް އެ ގުޅުމަކަށް މީކާން ނަމެއް ނުދެއެވެ. އޭނާ ކައިރި ރައްޓެހިވާން ނާހާތާންގާ އިންނަންވެސް ނާހައެވެ. މުނާގެ ކަންތައްވެސް މިއޮތީ ނިމިފައެވެ. ދެން މީކާން އެ އިންތިޒާރު ކުރަނީ ކޮންކަމަކަށްހެއްޔެވެ؟ މީކާންގެ މޫނަށް ދެލޯހަނިކޮށްލައިގެން ބަލަން ހުރި އީރަމްގެ ހިތުގައިވީ ޝަކުވާއެވެ. ހިތުތެރެއިން ނިކަން ބާރުބާރަށް މީކާންއަށް އެއްޗެހިގޮވާ ހަޅޭއްލަވަމުންދިޔަޔަސް އެ އަނގަޔަކުން ބަހެއް ނުނިކުމެއެވެ.

“އެއްޗެއް ބުނިންތަ؟” މީކާން އީރަމްއަށް ބަލާލާފައި ސުވާލުކުރުމާއި އެކު ދެތުންފަތް ފިއްތާ ބާރުކޮށްގެން ދެލޯ ކުޑަކޮށްލައިގެން ހުރި އީރަމް ވަގުތުން ހިނިތުންވުމެއްދިނެވެ. ގަދަކަމުން ފުޅާ ހިނިތުންވުމަކާއި އެކު ނޫނެކޭ ބުނިއިރުވެސް އެ މޫނުމަތިން މީކާންއަށް ސާފުކޮށް ދިޔައީ ޖަވާބު ފެންނަމުންނެވެ. ހިނިއައިއްސާހުރެ އޭނާ އީރަމް ކައިރިން އެދުނީ ރީތި މަންޒަރުތަކުގެ ފޮޓޯނަގާއިރު އެއިން ކޮންމެ ފޮޓޯއެއްގައި އީރަމް ހުރުމަށެވެ. އީރަމް އެއީ ކީއްވެތޯ ސުވާލުކުރުމުން މީކާން ދިނީ ވަރަށް ފުރިހަމަ އިބާރާތަކުން ގަތާލި ފޮނި ބަސްތަކެކެވެ.

“މިއީ އަހަރެން ވާންއުޅޭ އަންހެނުންނާއި އެކު ދަތުރަކު އައި ފުރަތަމަ ފަހަރު… އަހަރެންގެ ލޮލުގައި އީރަމް އަބަދު އަޅައިގަތަސް މިއަދު އަހަރެންނަށް ފެންނަނީ މި މަންޒަރުތަށް… ކިހާ ރީތި؟ ޤުދުރަތުގެ ރިތިކަމުގެ ފޮޓޯނަގާއިރު އީރަމްވެސް އެ ފޮޓޯތަކުގައި ހުންނަންޖެހޭނެއްނު..!” އީރަމް ހިނިތުންވެލާފައި މީކާން އެދުނުގޮތަކަށް ހުރެގެން އޭނާ ބޭނުންވާކަހަލަ ފޮޓޯނަގަން ފުރުސަތު ދިނެވެ. ކޮންމެ ފޮޓޯއަކު އޭނާ ނުހުއްޓެއްކަމަކު އެތަށް ފޮޓޮތަކެއް އީރަމްގެ އަތުގައި ހިފަހައްޓައިގެން އަތާއި އެއްކޮށް އަރާނޭހެން ނެގިއެވެ. އެއްގޮތަކުން ނޫނީ އަނެއްގޮތަކުންވެސް އެ ފޮޓޯތަކަށް މީކާން އެރިއެވެ. އީރަމްއާއި އެކު ހޭދަކުރެވެމުންދިޔަ އުފާވެރި ވަގުތުކޮޅު އޭނާ ފޯނުގައި ރައްކާތެރިކުރަމުންދިޔަ ވަގުތެއްގައި އައީ ސަލީމާގެ ފޯނެކެވެ. ދުރުގައި ހުރި އީރަމްވެސް ލަސްފިޔަވަޅުތަކެއްގައި މީކާންއާއި ކައިރިވެލިއެވެ.

ލަސް ހިނގުމެއްގައި ދެވެރިން ހިނގަމުންދިޔައިރު މީކާން ދިޔައީ ސަލީމާ ކުރަމުންދިޔަ ސުވާލުތަކަށް ޖަވާބުދެމުންނެވެ. ދޭތެރެއަކުން އޭނާވެސް ސުވާލެއްކޮށްލާއިރު އެ ގުޅުން ވަރަށް ރަނގަޅުވެއްޖެކަން ކައިރި ހުރި އީރަމްއަށް އިނގުނެވެ. ސަލީމާ ކައިރި ދުވަސްކޮޅެއްކުރިން މީކާން އާއި އެކު އުޅުމަށް އަންނަން އެދުމުންވެސް ސަލީމާ އެކަމަށް އިންކާރުކުރިއެވެ. ސަލީމާ ގެ ގެޔަކީ އޭނާގެ އެތަށް ހަނދާންތަކެއް ފޮރުވިފައިވާ ތަނެއްކަން އޭނާ ބުނެދިނެވެ. މީކާން އަށް ލިބޭ އިތުރު ބުރައަކަށް ވާކަށް ސަލީމާ ނޭދެއެވެ.

“އެއްދުވަހުން އަދި ގެންނާނަމޭ…. އަހަރެންނަށް ހާއްސަ އެންމެން ގެންނާނަން މިއަށްވުރެ އަދި މާ ފުރިހަމަތާކަށް..” މަންމައޭ ކިޔާފައި ނުބުންޏެއްކަމަކު އެ ހާއްސަމީހުންތެރޭ ސަލީމާ ވަނީ ހިމެނިފައެވެ. މީކާން ފޯނު ބޭއްވިއިރުވެސް އޭނާގެ ތުންފަތްމަތީވި ހިނިތުންވުން ފަނޑެއްނުވެއެވެ.

………

ކުރިއަށް ދިޔަ ‘ބިލޭޓެޑް’ އަހަރީ ޕާޓީގެ ތެރެއިން މީކާން އޭނާގެ މުވައްޒަފުންނަށް އެތަށް ޝުކުރެއް ރަމްޒުކުރަމުންދިޔައެވެ. އެ ޕާޓީގައި ރިސޯޓުގެ އިސްވެރިން ބައިވެރިވެފާވާއިރު އެ ކުޑަ އުފާވެރި ވަގުތުކޮޅުތެރޭގައި ރަސްމީކޮށް ލިޔުމަކުން އެ ރިސޯޓުގެ ހުރިހާ ޑިޒައިނިންނާއި ބިލްޑިންގެ މަސައްކަތް މީކާންގެ ކުންފުންޏަށް ހަވާލުކުރެވިއްޖެކަން އަންގާ އިއުލާންކުރިއެވެ. އިސްވެރިންނާއި މުހާތަބުކޮށް މީކާން އެފުރުސަތު ދެއްވިކަމަށްޓަކައި ކުންފުނީގެ ނަމުގައި ޝުކުރުދެންނެވިއެވެ. އަދި ރިސޯޓުގެ އިސްވެރިއްގެ ގޮތުން އަދާކުރަންޖެހޭ ވާޖިބު އަދާކޮށް މީކާންމެންނަށް މަރުހަބާ ކިޔުމަށްފަހު އެމީހުންނާއި ގުޅުމަށް އެއްބަސްވިކަމަށްޓަކައި ޝުކުރުއަދާކުރިއެވެ. އެ ވާހަކަތަކުގައި މީކާންގެ ކުންފުންޏަށް ލިބިގެންދާނެ އެތަށް ގުނަ ފުރުސަތުތަކެއްގެ ވާހަކަދެކެވިގެންދިޔައިރު އެއަޑުއިވޭ އެންމެންގެ ތުންފަތްމައްޗަށް ވެރިވަނީ ފުރިހަމަ ހިނިތުންވުމެކެވެ. ކެއުމާއި މަޖާނެގުމުގައި އެ ޕާޓީ ފެށިގެންދިޔައެވެ. ގުރޫޕުގުރޫޕަށް އެއްވެ ތިބެގެންނާއި ވަކިވަކިން ތިބެ ފޯރިނަގަމުންދިޔަ މީކާންގެ މުވައްޒަފުންގެ އަތަށް ހަރު ގަނޑަކުން ހަދާފައިވާ ނޫކުލައިގެ ސިޓީއުރައެއް ދެވުނެވެ. އެންމެންވެސް ހައިރާންވެފައި އެކަކުއަނެކަކަށާއި އެ ސިޓީއުރައަށް ބަލަމުންދިޔައެވެ. ވާކޮޅެއްގެ އެހީގައި އެ ހުޅުވާލެވެންއިންއިރު އޭގައި ކޮށްފައިވާ ޑިޒައިން ވަނީ އެންމެންގެ ހިތްތަކާއި ކުޅެލާފައެވެ. އިރުދޭމާ ނުވަތަ ސަންފްލާވާރގައި އިން ގަދަ ނޫކުލަފެނި އެންމެންގެ ހިތުގައި އެއާއި މެދު ޝައުގުވެރިކަން އުފެދިގެންދިޔައެވެ.

އެންމެންނަށް ލިބިގެންދިޔަ ސިޓީއަށް ދުރުދުރުން ކަޅި އެއްލަމުންދިޔަ އީރަމްއަށް އެ ސިޓީއުރައެއް ނުލިބުނެވެ. ކައިރިން އަޅާފައި ދާ ކޮންމެ މީހެއްގެ އަތުގައި އެޔެއް އެބައޮތެވެ. ބައެއްމީހުން އެ ހުޅުވަން އުޅެނީއެވެ. އަނެއްބަޔަކު އޭގެ ބޭރުގައި އަތްހާކަހާކަފައި އެއަށް ތައުރީފުކުރަނީއެވެ. އޭގެ ހަޤީޤަތް ނޭނގޭ ހާލު އީރަމް އެ ފަނޑުއަލިތެރޭގައި ހޯދަމުންދިޔައީ މީކާންއެވެ. މީކާންއެއްވެސް ތާކުން ނުފެނުމުން އޭނާ ހުރިތާ މަޑުކޮށްލީ ދެރަވެލާފައެވެ. އެންމެންނަށް އެ ހާއްސަ ހަދިޔާ ލިބުނުއިރުވެސް އީރަމްގެ އަތްއޮތީ ހުހަށެވެ. އޭގައި އޮތް އެއްޗެއް އެނގެން އޭނާ ހުރީ ނުލާހިކު ބޭނުންވެފައެވެ. ފޫހިގޮތަކަށް އެ މީހުންގެތެރެއިންލާފައި އީރަމް ބޭރަށް ނިކުތްއިރު ބައެއް މީހުން ހަޅޭލަވާއަޑު އިވެމުންދިޔައެވެ. ހީވާގޮތުން އެ އެއްޗެއްގެތެރޭ އެއޮތީ އެމީހުންނަށް ކޮންމެވެސް އުފާވެރި ހަދިޔާއެކެވެ. އީރަމް ހަރުފިޔަވަޅުތަކެއްގައި އެތަނާއި ދުރަށްޖެހުނެވެ. ކައިރީ އިވެމުންދިޔަ ރާޅުގެ އަޑަށް އޭނާ ލައިގެން ހުރި ދިގު ހެދުން މައްޗަށް ހިއްލާލާފައި މޫދާއި ކައިރިވިއެވެ.

ޖެހެމުންދިޔަ ފިނިފިނި ވައިރޯޅި އޭނާގެ ގައިގާ ހޭކިލާފައި ދާ ކޮންމެފަހަރަކު ހީބިހިނަގައިގެންދެއެވެ. ފަޒާގައިވާ ފިނިކަމުން އަރާމެއް ހޯދަން މަސައްކަތްކުރަމުންދިޔަ އީރަމްގެ ހަނދާނަށް އަންނަމުންދިޔައީ އޭނާގެ ގާތްއެކުވެރިޔާގެ ހަނދާނެވެ. އެހާ އުފަލުގައި އީރަމްއުޅޭފަދައިން ލަމްޔާއަށްވެސް އުޅެވުނީސްކަންނޭނގެއެވެ. ނަމަވެސް، ދިރިއުޅުން ރަނގަޅުވެގެންދާނޭކަން ނުދަނެ ހުރެ ދިރިއުޅުމަށް ފަސްއެނބުރުނީ ލަމްޔާއެވެ. އޭނާވެސް ދިރިއުޅުން މަތިން ފޫހިވިއެވެ. ނަމަވެސް އަމިއްލައަށް މަރުވުމަކީ ހައްލެއްނޫންކަން އީރަމްއަށް އިނގެއެވެ. އޭނާއަށް އަޑިގަނޑަކަށްފަހު އުސްގަނޑެއް އަންނަކަން މިއަދު މިވަނީ އެނގިފައެވެ. ދުވަހެއްގެކޮޅުންވެސް ވާނޭކަމަކަށް އުއްމީދުނުކޮށް ހުރި އެތަށްކަމެއް އެ ދިރިއުޅުމުގައި ހިނގައިފިއެވެ. އެއީ މުޅިންވެސް އުފާވެރިކަންތައްތަކެވެ. އެކަނިވެރި ދިރިއުޅުމަށް އެތަށް ބައެއްގެ ލޯބި ލިބިގެންދިޔައެވެ. އެތަށްބައެއްގެ އެހީތެރިކަން ލިބިގެންދިޔައެވެ. މަސައްކަތުގެ މައިދާނުގައި މިވަނީ ރަނގަޅު ބައިވެރިންތަކެއް ލިބިފައެވެ. ލޯބީގެ ގޮތުން މިވަނީ އޭނާއަށް ޤަދަރުކުރާ އިޚްތިރާމްކުރާ ބައިވެރިއެއް ލިބިފައެވެ.

އީރަމް ސިއްސައިގެންގޮސް ހިޔާލުތަކުން ބޭރުވެވުނީ މީހަކު ފަހަތުން އައިސް އޭނާގެ ކޮނޑުގައި އަތް އަޅާލުމުންނެވެ. އެބީހިމުން އެކަނިވެސް އެއީ އޭނާގެ ހިތް އެކީ މިލްކުކޮށްފައިވާ ރާޖާކަން އޭނާ ދެނެހުއްޓެވެ. ފުޅާ ހިނިތުންވުމަކާއި އެކު މީކާންއާއި އޭނާ ކުރިމަތިލުމަށް ފަސްއެނބުރި ބަލާލިއެވެ. ނަމަވެސް އޭނާގެ ދެލޯ ބޮޑުވެގެންދިޔައީ މީކާންގެ ހަރަކާތްތަށް ހުރިގޮތް ފެނިފައެވެ. އެއްފައި މައްޗަށް އިށީނދެ އިންއިރު މީކާންގެ އަތުގައި ހުރީ ރަތްކުލައައި އޮރެންޖުކުލައަށް ދާ އެކި ތަފާތު ވައްތަރުގެ މާ ގުލްދަސްތާއެކެވެ. އީރަމް ހައިރާންވެފައި އެއްޗެއް ބުނަންވެސް ނޭނގިފައި ހުއްޓާ މީކާންދެން ދިއްކޮށްލީ އަނގޮއްޓިއެކެވެ. އަނގައިން މީކާން ނުބުނެވިގެން އެ އުޅޭ އެއްޗެއް އީރަމްއަށް ވަގުތުން ދޭހަވިއެވެ. އޭނާ ކަކޫމައްޗަށް ވެލިގަނޑުމަތީ އިށީންއިރު އުފަލުން ގޮސް އޭނާގެ ދެލޯ ވަނީ ފުރެންފަށާފައެވެ.

“އީރަމް… އަހަރެންނާއި އިންނަން ކެރިދާނެތަ؟ އިނދެފިއްޔާ ޖެހޭނެ ކަންނޭނގެ ވަރަށް ގިނަ ޝަކުވާކުރަން.. ޝަކުވާ ކުރާނީ އަހަރެން މާ ބޮޑަށް އީރަމްއާއި ދޭތެރޭ ވިސްނާތީ.. އީރަމްގެ ސިއްޙަތަށް ވިސްނާތީ.. އޯވަރ ޕްރޮޓެކްޓިވް ވާތީ… އެކަމު އެ ހުރިހާ ޝަކުވާއެއް އަޑުއަހަންވެސް އިންނާނީ މި ދެކަންފަތުން… ހެހެހެހެ….” މީކާން އެހި ސުވާލަކުން އޭނާއެކޭ އެއްފަދައިން ވެލިގަނޑުމަތީ ދެކަކޫ ޖައްސައިގެން އިށީނދެ އިން އީރަމް ފެށީ ހޭށެވެ. އީރަމްއަށް ޖަވާބެއް ނުދެވި އުޅެނިކޮށް އަނެއްކާވެސް މީކާންފެށިއެވެ. މިފަހަރު އެމޫނުމަތީ ވީ ސީރިއަސްކަމެވެ.

“އަހަރެން ނުބުނާނަން ދުވަހަކުވެސް އީރަމް ނުރޮއްވާނަމޭ، ދުވަހަކުވެސް ދެރައެއް ނުކުރާނަމޭއެއް.. އެއީ ހެދޭނެ ވަރަށް ބޮޑު ދޮގެއް ކަންނޭނގެ… އެއްވެސް ގުޅުމަކީ މައްސަލަނުޖެހި އަޑިތަކާއި ކުރިމަތިލާންނުޖެހި އަބަދު އުފަލުގައި އޮންނަ ގުޅުމެއް ނޫން.. އޭގެ ބަދަލުގައި އަހަރެން ބުނާނީ، އަހަރެން އީރަމް ދެރަކޮށް ނުރޮއްވޭތޯ އަހަރެންނަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނަމޭ… އެފަދަ ދުވަހެއް އަޔަސް، އީރަމް ދެރަވެ ހިތާމަކުރާނީ އެކަންޏެއްނޫން… އެފަދަގަޑިއެއް އަޔަސް އީރަމްގެ ހިތުގެ އަޑު ނީވޭ ހިސާބަކަށް އަހަރެންނެއް ނުދާނަން…. އަހަރެން ދުވަހަކުވެސް އީރަމް އެކަނިވެރިއެއްނުކުރާނަން.. ހިތްދަތިކަމާއި، އުފާވެރިކަމާއި ކުރިމަތިލާނީ އެކުއެކީގައި… އީރަމްއަށް ލިބޭ ކޮންމެ އުފަލެއްގައި އުފަލުން ބައިވެރިވާހެން، ލިބޭ ކޮންމެ ހިތާމައެއްގައި އުޒުރެއްނެތި ބައިވެރިވާނަން.. ދިރިއުޅުމުގައި އަންނަ އަޑިތަކަށް އީރަމް ވެއްޓޭނީ އެކަންޏެއްނޫން.. އަހަރެންނާއި އެކު… އެއަށްފަހު ދެމީހުންވެސް އުސްގަނޑަށް އަރާނީ އެކުއެކީ… އެހެންވީމަ، އަހަރުތަކެއްވަންދެން މިހިތުގައި ވި އަހަރެންގެ ފުރަތަމަ ލޯބި، އަހަރެންގެ މަލިކާ، އަހަރެންގެ ރާނީ، އަހަރެންގެ ސުވާލަކީ އަހަރެންނާއި އިނދެގެން، އަހަރެންނާއި އެކު އައު ދިރިއުޅުމެށް ފަށައިގެން، މިހުރިހާ ކަމެއް އީރަމްއަށްޓަކައި ކޮށްދިނުމުގެ ފުރުސަތު އަހަރެންނަށް ދެވިދާނެތަ؟ އީރަމް މިއަށްވުރެ އުފަލުގައި ގެންގުޅުމުގެ ހައްޤު އަހަރެންނަށް ދެވިދާނެތަ؟”

Share Article

Follow Me Written By

Ryn

100 Stories10 Stories1K Comments500 Comments100 Comments100 Login

Hello! I love reading stories and writing obv. I hope my stories will make you happy. Don't forget that reading is what gives you more knowledge about the world. Don't stop reading. Visit my facebook page RYN'S stories. Thankyou

Other Articles

Previous

މަޢާފް – ފަންސަވީސްވަނަ ބައި

Next

ވަރުދާާން- 1

Next
April 10, 2020

ވަރުދާާން- 1

Previews
April 10, 2020

މަޢާފް – ފަންސަވީސްވަނަ ބައި

23 Comments!

  1. Ryn says:
    April 10, 2020 at 2:48 pm

    Good Afternoon! Sorry for being late, as you know its fridayy, also Jummah Mubaarak!!! Take care guys. Tomorrow I will be uploading the last episode of this story, I am not so excited but also excited to share it with you guys because MEEKAAN & EERAM is my second fav now, i have always loved Aizan and Naina and i still do. Readers ah kon couple eh enme kamudhany ryn liyunu stories thakuge?
    I am gonna miss publishing. I will try my best to come back soon 😉 Love you guys, I will reply to your comments so dont forget to check the reply since I have never been grateful about something other than this.. Take care 😉

  2. Suma says:
    April 10, 2020 at 3:11 pm

    Aizan and naina
    Vaahaka varah reethi.. hope to see your next story soon.. love you

    1. Ryn says:
      April 10, 2020 at 3:18 pm

      Thankyou suma ❤️ We both have the same fav ey dhw ? take care

  3. Yan♥️ says:
    April 10, 2020 at 3:24 pm

    Wow varah reethi Masha Allah ? kiyaane ehche neygifamihury Hama vaahakaige furihama kamun Varah dheravey vaahaka a alvadhaau kiyaa dhuvaskairi vaatheeve

    1. Ryn says:
      April 10, 2020 at 3:50 pm

      Thankyou yan ☺️❤️

  4. Meekkomee says:
    April 10, 2020 at 3:49 pm

    Siss….. story Varah Reethi ??? Masha Allah ?? one of my favourite story ever ??alhyy dhn inaanyy ehmeh last episode ???? curiously waiting for the next part ???? letter ga ehoh thyy wedding card dhww???omg??? Luv yeahhhh ❤️❤️❤️ ttly ❤️❤️❤️ stay home ❤️ ❤️❤️❤️ be safe ❤️❤️❤️❤️ don’t forget to wash your hands siss?????✌️✌️

    1. Ryn says:
      April 10, 2020 at 3:52 pm

      Thankyou Meekkomee, yes and you too take care ❤️

  5. Imkko says:
    April 10, 2020 at 5:12 pm

    Maasha allah … mi baives hama superb …. im so happy tht meekaan proposed eeram …. btw i love each n every couple in your stories … btw i really love aasha and izaan … but abviously can’t choose my fav from your stories …. i can’t believe last ep kameh maadhama … gonna miss your stories soooo nuch dear …. curiously waiting for the next part … love this story and love u dear ❤❤❤❤❤

    1. Ryn says:
      April 10, 2020 at 7:04 pm

      Thankyou imkko 😉 love you too 😉

  6. Rish says:
    April 10, 2020 at 5:26 pm

    Aizan & Naina ulheny kon vaahaka eh ga?
    Mi vaahaka vr salhi Masha Allah!?❤️

    1. Ryn says:
      April 10, 2020 at 7:06 pm

      eii kurin liyunu vaahakaeh, thi loibahtakaa 😉 Thankyou 🙂

  7. ? QUEEN ? says:
    April 10, 2020 at 5:39 pm

    Mi story varah reethi and hope to see you next story soon Ryn ❤️❤️❤️

    1. Ryn says:
      April 10, 2020 at 7:24 pm

      Thankyou queen ❤️

  8. Muthahhar Ibrahim (Mutha/S.Hithadhoo) says:
    April 10, 2020 at 6:13 pm

    Ma Sha Allah, Varah reethi adhi furihama vaahakaeh. Fahubaige intizaaruga mihaaruves. Keep up the excellent work Ryn. Have been reading your stories for a while, and all are very unique and superb. J Wish you more and more success in the field, always. 🙂

    1. Ryn says:
      April 10, 2020 at 7:26 pm

      Thankyou mutha! I used to read your stories a lot until I stopped reading, but I’ve started again and I’ll read your new one very soon ☺️❤️ Wish you the same and thankyou!

  9. Afu says:
    April 10, 2020 at 6:34 pm

    OMG …. Masha Allah varah salhi mi part ves …. Keep it up ….. Fahu part dhww dhn …. Gonna miss u loabivaa sissy kolhu ummmmwwww ???❤️❤️❤️ fahu part ge inthizaaruga …. Luv u ❤️

    1. Ryn says:
      April 10, 2020 at 7:26 pm

      Thankyou afu! Take a very good care ❤️

  10. Manha says:
    April 10, 2020 at 7:28 pm

    Masha Allah.. Mi part vx hama vrh vrh vrh reethi…???..Curiously waiting for the nxt part.. Stay home.. Be safe n take care..

    1. Ryn says:
      April 10, 2020 at 7:31 pm

      Thankyou Manha 😉 Take care

  11. R ❤ says:
    April 10, 2020 at 9:43 pm

    Aizan and naina ❤❤ aslu ryn ge vaahaka thah kiyan feshuneeves e story ah fahu. Btw story varah reethi maashaa allah keep it up ryn. Meekaan n eeram is my second fav hehe ??☺️☺️

    1. Ryn says:
      April 10, 2020 at 10:10 pm

      Thankyou R 😉 My fav is them tooooooooo 😉 THAAAANKYOUU!!!

  12. chummmmmm says:
    April 10, 2020 at 10:05 pm

    omg omg omg omg!!!!!!!!!! Masha Allah! Finally they’re gonna get married!! yayyy! this Meekaan is every girls dream hehe. Lots of love Rynn! can’t wait for the final episode!

    1. Ryn says:
      April 10, 2020 at 10:11 pm

      Thankyou chummmmmm, annd iknnn MEEKAAN is like GOAALS dhw 😉 Made it up as prince charming hahah Take careee 😉

Comments are closed.


All Right Reserved!