Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
Featuredހިތާމަ

ތާރާ

Aminath rau Level 110 Stories
April 12, 2020 3 Mins Read
11 Comments

އިރުގެ ދޯދިތައް ދުނިޔެއަށް މަރުޙަބާ ކިޔަމުންދިޔަ ވަގުތެވެ. ކޮވެލީގެ ނަލަ ގޮވާލުމުގެ އަޑުވެސް މަދުން ނަމަވެސް އިވެމުން ދިޔައެވެ. ޖެހެމުން ދިޔަ އަރާމު ވައިގެ ބާނިތަކުން ހިތަށް ހަމަޖެހުން ގެނެސްދޭނެކަން ގައިމެވެ. އެ ހިތްގައިމު ވަގުތުގެ އިސްތިޤުބާލުގައި އަތިރިމަތީގައި ތާރާ ފިޔަވައި އެއްވެސް މީހެއް ފެންނާކަށް ނެތެވެ. މަދު ފަހަރަކު ނޫނީ އެ އުމުރުފުރާ ގެ ކުއްޖަކު އެގޮތަށް އެކަނިމާއެކަނި އިންނަ ތަނެއް ނުފެންނާނެއެވެ. ބަލާބެލުމަށް އަދި އެއީ 18 ވަރަކަށް އަހަރުގެ އަންހެން ކުއްޖެކެވެ. ހަމުގެ ކުލަ ވަރަށްވެސް އަނދިރި އިސްކޮޅުން މާ ކުރުނޫން ނަމަވެސް ރާއްޖޭ ކުއްޖެކޭ ބަލާލާ މީހަކު ނުބުނަނީ އޭނާއަށް ލިބިފައިވާ އަނދިރި ހަންގަނޑުން ކަމަށްވެސް ވެދާނެއެވެ. ހަމުގެ ކުލަ އަނދިރިއެއް ކަމަކު ތާރާއަށް ގުދުރަތުން ދެއްވާ ފައިވާ ފަނޑު ނޫކުލައިގެ ކަޅިއަކީ ކޮންމެ މީހަކުވެސް އަޅައިގަންނާނެ ކަޅިއެއްކަން ޔަގީނެވެ.
ގޭގައި ހަޑިވެފައި ހުރި ތެލިތައް ދޮވުމަށްފަހު ތާރާ ގެއަށް ދިޔައީ ނުނިމި ހުރި ގިނަ މަސައްކަތް ތަކެއް ކުރުމުގެ ބޭނުމުގައެވެ.
“ދަރިފުޅާ… ދަރިފުޅާ……” ދޮރުގައި ޓަކި ދެމުން ނާޝިދު ގޮވަމުން ދިޔައީ އޭނާގެ ދެލޮލުގެ ކޮއި ފަދަ ނިހާއަށްށެވެ.
“ދަރިފުޅާ…. ސައިބޯން އާދޭ…. އަވަސްކުރައްޗޭ….” ނިކަން ލޯބިން ދަރިފުޅަށް ސަބޯން ގުވުމަށްފަހު ނާޝިދު ދިޔައީ ބަދިގެ ފަރާތަށްށެވެ. ކާގޭގައި ލޯބިވާ ބައްޕަ އާއި ކޮއްކޮ ގެ އިސްތިޤުބާލުގައި ، ހެނދުނުގެ ނާސްތާ ތައްޔާރު ކޮށްގެން ތާރާ ހުރީ ދޮރުން ބޯ ދިއްކޮށްލައިގެންނެވެ. ބައްޕަ އާއި ކޮއްކޮ ލަސްވުމުން ކޮބައިތޯ ބަލާލާނެ އިތުރު ގޮތެއްވެސް ނެތުމުންނެވެ. އޭރު ނާޝިދު އައިސް ކާގެއާ އަރާ ހަމަކުރަނީއެވެ. އެހެންނަމަވެސް ތާރާއަކީ އެތާގައި ހުރި މީހެއްކަން ވެސް ނާޝިދަށް ރޭކާވެސް ނުލާ ކަހަލައެވެ. ނޫނީ އޭނަ އެނގެން ބޭނުން ނުވަނީ ހެއްޔެވެ؟
ހަމުގެ ކުލަ އަނދިރި ވުމަކީ އެންމެ ކުޑަ އިރުން ފެށިގެންވެސް ތާރާގެ ހަޔާތުގައި ޖެހިފައިވާ ލަށްގަނޑެކެވެ. ދުނިޔައަށް އުފަންވި ދުވަހުން ފެށިގެން އެހަޔާތުގެ އުފާވެރިކަމުގެ ސަފުހާތަކުގައި ސިއްކަޖެހުނެވެ. ބަފައެއްގެ ލޯބީގެ ބަދަލުގައި ލިބެމުން ދިޔައީ ނަފުރަތުގެ އަލިފާނެވެ. ތާރާ ހަނދާންވެއެވެ. ތާރާގެ އުފަން ބައްޕައާ ދިމާލަށް ‘ބައްޕާ’ އޭ ކިޔާ ގޮވާލުމަކީ ވެސް ތާރާގެ އުމުރުން އެންމެ 3 އަހަރުގައި ޙުދު އެބައްޕަ މަނާ ކޮށްފައިވާ ކަމެކެވެ. ދުވަހެއްގެ ކޮޅުންވެސް އެ ބައްޕަ ދަރިފުޅާއޭ ކިޔާ ނިކަން ލޯބިން ގޮވާލި އަޑުވެސް ތާރާ އަހާފައެއް ނުވެއެވެ. ކީއްވެ ހެއްޔެވެ؟ ގުދުރަތުން ދެއްވާފައިވާ ހަމުގެ ކުލައިގެ ސަބަބުން ހެއްޔެވެ؟ އެއީ ތާރާގެ ކުށެއް ހެއްޔެވެ؟ ކުރާނީ ކީއްހެއްޔެވެ؟ ހުރިހާ ގޮތަކުން ކުރި އަރާފައިވާ މި ދުނިޔޭގެ ގިން މީހުންނަކީ އަދިވެސް ނަސްލީ ތަފާތު ކުރުމުގެ ގޮތުން މާވެސް ކުރީ ހަރުފަތެއްގައި އުޅޭބައެކެވެ. ނާޝިދު ނިހާ ދެކެ އެހާލޯތްބެއް އެވަނީ ނިހާއަކީ ތާރާއާ ހިލާފަށް ހަމުގެ ކުލައިން ދޮން ރީތި ކުއްޖަކަށް ވާތީ ކަމަށް ވެދާނެއެވެ. ތާރާ ހަނދާންވެއެވެ. އެދެބެއިންގެ މަންމަ ތޯމާގެ ދުނިޔޭގައިވެސް ނާޝިދަކީ އެދެބެއިންގެ ދެމެދުގައި ބޮޑެތި ތަފާތު ތަކެއް ކުރާ ބަފައެއްކަން އެރަށު އެންމެން ދަންނާނެއެވެ.
މީގެ 7 އަހަރު ކުރިން ތޯމާ ދުނިޔެއާ އަލްވަދާޢު ކިޔުންވެގެން ދިޔައީ ތާރާގެ މުޅި ދިރިއުޅުން ބަދަލުކޮށްލައި، ތާރާ މުޅިން އެކަނިވެރިކޮށްލި ހާދިސާއަކަށްށެވެ. އުމުރުން އެންމެ 12 އަހަރުގައި ދިމާވި އެހިތްދަތި ކަމަކީ ބަޔާންކުރަންވެސް ދަތި ހިތްދަތި ކަމެކެވެ. މަދަރުސީ ހަޔާތް ހުއްޓުމަކަށް އައިސް ، ގޭތެރޭގެ މަސައްކަތް ތަކުގައި މަސްއޫލުވެ އުޅެން މަޖުބޫރު ވީއެވެ.
“މީނަ ކިހިނެއް ވެގެންތަ މިތާ މިހުންނަނީ…” ތާރާ ސިހިގެން ދިޔައީ އޭނާގެ ކޮއްކޮ ރުޅިވެރިކަމާއެކު ބުނެލި ޖުމުލައިންނެވެ.
ތާރާގެ އަރުތެރެ ބެދޭ ގޮތްވިއެވެ. ބިރުން ގޮސް ފަހަތަށް ޖެހެވުނެވެ. ފެންކަޅި ވެފައިވާ ދެލޮލުން އެދެބަފައިންނާ ދިމާއަށް ބަލަހައްޓައިގެން ހުރީ އޯގާތެރިކަމާއި ހިތްހެޔޮކަމަށް އެދިއެދިއެވެ.
“ކަލޭ ކައިރީ ކަތައްދުވަހު ބުނާނީ އަހަރެމެން ސައިބޯން އަންނަ ގަޑީ ފެންނަހިސާބު ހުރެގެން ނުވާނެއޭ.. ކަލޭގެ ވާޖިބަކީ ސައި ތައްޔާރު ކުރުން… އޭގެފަހުން މިތާހުރެގެން ނުވާނެ… ދެންވެސް މިތަނުން ފެއްސެން އުޅޭ…”
ފުރަތަމަ ސިހުންވެރި ކަމުން އަރައި ނުގަނެވިގެން އުޅެނިކޮށް ދެން އިވުނީ ނާޝިދު އެޔަށްވުރެ ބާރަށް ހަޅޭ ލަވައިގަތް އަޑެވެ. ތާރާގެ ހިތް ރޫޅެން ފެށި ކަހަލައެވެ. ހިތަށް ތަދުވީ އިންތިހާއަށްށެވެ. އެއީ ކޮންމެ ދުވަހެއްގެ ވެސް އާދަކަމުން ކުދި ކުދި ވެފައިވާ ހިތަކާއިއެކު، ތާރާ ދުއްވައިގަތީ ބަދިގެން ނުކުންނާންށެވެ. ހިތްފަޅައިގެން ނުދަނީސް އެދެބަފައިންގެ ކުރިމަތިން ދުރަށްދިޔުމުގެ ބޭނުމުގައެވެ.
މެންދުރުގެ އެންމެ ގަދަ އަވި ބިމުގައި ރަސްކަން ކުރަމުން ދިޔަ ވަގުތެވެ. ގޭ ބިއްދޮށު ޖޯލިފަތީގައި ފަހީމާ އާއި އޭނާގެ ހުރި ހަމައެކަނި އަންހެން ދަރިފުޅު ފައިހާ ތިބީ އެކިވާހަކަތަކުގައެވެ. ބަނބުކެޔޮ ކޮށުމުގައި ފަހީމާ އިން އިރު ފިރާޝާ އޮތީ ވާހަކަ ފޮތެއް ހިފައިގެންނެވެ.
“ދޮންބެ ބުނި ދެ ހަފުތާއެއް ތެރޭ ފުރަންޖެހޭ ވާހަކަ…އަވަހަށް ކޯހުގެ ނުނިމި އޮތްބައި ނިންމާލަންށޯ.. ” އުފާވެރި ކަމާއިއެކު ފަހީމާ ދެއްކީ އޭނާގެ ދޮށީ ދަރިފުޅު ފައިސަލުގެ ވާހަކައެވެ.
ފައިސަލުގެ ހުވަފެނަކީ ނަފުސާނީ ޑަކުޓަރަކަށް ވުންކަމުން އެނާ ދިޔައީ އެކަން ހާސިލު ކުރުމަށް ހިތްވަރާއިއެކު މަސައްކަތް ކުރަމުންނެވެ. އެއީ ފަހީމާގެ ވެސް އުއްމީދެއްކަމުން ފަހީމާ ވެސް ދިޔައީ އެކަމަށް ފުރިހަމަ އެއްބާރުލުން ދެމުންނެވެ.
” އެކަމު މަންމާ… ދޮންބެ ދިޔައީމަ ހާދަ ފޫހިވާނެއޭ.. ދެ އަހަރުފަހުނޯ އަދި ނިމޭނީ..” ވާހަކަ ފޮތް ލައްޕާލަމުން ފައިހާ ބުންޏެވެ.
” ނުވާނެ އެކަންޏެއް.. އެހުރީނު ދަރިފުޅުގެ ރަހުމަތްތެރި ތާރާވެސް” ގޭގެ މައި ދޮރުވަށިން ވަދެގެން އައި ތާރާ ފެނުމުން ފަހީމާ އެހެން ބުނެލީ ހިތްހެޔޮ ކަމާއެކުގައެވެ. ތާރާ ހިނިތުން ވެލައިގެން އައިސް އެދެމައިން ގާތު އިށީންދުނެވެ.
ފައިހާ އާއި ތާރާ އަކީ ވަރަށްވެސް ގާތް ދެރަހުމަތްތެރިންނެވެ. ފައިހާގެ ރަހުމަތްތެރިއަކަށް ވުރެ ބޮޑަށް ފަހީމާ ދެކެނީ އެއީ އޭނާގެ އުފަން ދަރިއެއްގެ ގޮތުގައެވެ. ލޯތްބާއި އޮގާތެރިކަމަށް ނިހާޔަތަށް ބޭނުން ވެފައިވާ ތާރާ ވެސް ގިނަވަގުތު ހޭދަކުރަނީ އެދެމައިންނާ އެކުގައެވެ.
” ނަސީބެކޭ ތާރާ ހުންނަކަން… އަހަރެން ނުވާނެ އެކަންޏެއް… ” ތާރާގެ ކޮނޑަށް އަތް ވައްޓާލަމުން ފައިހާ ބުންޏެވެ.
“ހާދަ އޮލަވާހަކަ އެއްގަ…” އެ ތިންމައިން ފެނިގެން ފައިސަލު އެދިމާލަށް އަންނަމުން ބުންޏެވެ.
ފައިސަލަކީ ހަމުގެ ކުލައިން ދޮން ދިގު އިސްކޮޅެއް ލިބިފައިވާ މީހެކެވެ. ކަޅު ފަން އިސްތަށިގަނޑުގެ އެއްބައި ނިތް މައްޗަށް ވައްޓާލާފަ އޮތުމުން ވައްތަރީ ޔޫރަޕު ހިސާބުގެ މީހަކާއެވެ. ފައިސަލު އައިސް އިށީންނީ ތާރާ އާޖެހިގެން އިން ޖޯލީގައެވެ. ތާރާއަށް އުނދަގޫ ގޮތްތަކެއް ވީނަމަވެސް މޫނުމަތިން އެކަން ނުދައްކައެވެ. ކީއްވެ ހެއްޔެވެ؟ އެތާ އެހެން ޖޯލިތައްވެސް ހުރި އިރު ތާރާ ގާތު އިށީނަންވީ ކީއްވެ ހެއްޔެވެ؟ ތާރާ ދެކެ ލޯބިވަނީ ހެއްޔެވެ؟ އެކަމު ތާރާ އެއީ އޭނާ ލޯބިވާން ކާކު ހެއްޔެވެ؟ ތާރާއަށް އެކަމުގެ ސަބަބުން އުނދަގޫ ވީ ކީއްވެ ހެއްޔެވެ؟
“ފަހިއްތާ… ދީ އަހަރެން އަތަށް ތިކޮށާލަދޭނަށް” ފަހީމާގެ އުނގުމަތީގައި ހުރި ތަށި ނަގަމުން ތާރާ ބުންޏެވެ. ފަހީމާ ވެސް އެކަމާ ދެކޮޅު ހެދިއެވެ.
“ދައްތަ މިކަން ކޮށްލަފާނަމޭ… މިނިމުނީނު ދެން… ” ފަހީމާގެ ރާގުގައިވާ މައިވަންތަ ލޯތްބާއި ކުލުނު ތާރާއަށް ކިތަންމެ ރަނގަޅަކަށްވެސް އެނގުނެވެ.
“ފަހީމާ…. ފަހީމާ…” ފަހީމާއަށް ގޮވަމުން ދޮރުއަށިން އެތެރަށް ވަދެގެން އައީ ޝަފީގާއެވެ.
ޝަފީގާއަކީ ހުރިހާގެތަކަށް ވަދެ ހަބަރާއި ވާހަކަ ހޯދާމީހެކެވެ. ދުވަހުގެ އިރު އެރުމާއިއެކު ޝަފީގާ އުޅޭނީ އެމަސައްކަތުގައެވެ. މީހުންބުނެއެވެ. އިރު އަރައިގެން އިރު އޮއްސުމާ ހަމައަށް ވެސް މުޅި ރަށުގައި އޭނަގެ ދެފައެވެ.
“އަހަ.. ޝަފީގާ… ކޮންވަޑާމެއް… ” ހިނިތުންވެލައިފައި ފަހީމާ ބުންޏެވެ.
“ދެން މި ހަމަ ޖައްސައިލީ…” ޝަފީގާ އެހެން ބުނެ ފަހީމާމެންނާ އަރާ ހަމަކުރުމާއިއެކު ފައިސަލު ގޭތެރެއަށް ވަނަން ހިނގައިގަތެވެ. ފައިހާވެސް ވަކި ފައިސަލަކަށް ދުލެއްނުކުރިއެވެ. ލޮލުގެ އިށާރާތުން އެތެރެއަށް ދާން ތާރާގާތު ބުނުމަށްފަހު އެދެކުދިން ވެސް ގޮސް ވަނީ ގޭތެރެއަށްށެވެ.
(ނުނިމޭ)

Share Article

Follow Me Written By

Aminath rau

Level 110 Stories

Crazy person?? who loves to write✍️? A student nurse ?‍⚕️?? Just 18 years old? A Thalassophile???

Other Articles

Previous

ޝާޔަން ✨ (ދެވަނަބައި)

Next

މަޢާފް – ސައްބީސްވަނަ ބައި

Next
April 12, 2020

މަޢާފް – ސައްބީސްވަނަ ބައި

Previews
April 12, 2020

ޝާޔަން ✨ (ދެވަނަބައި)

11 Comments!

  1. Zidhan (Liyaa Kujjaa) says:
    April 12, 2020 at 3:27 pm

    Masha Allah. Great starting ❤️

    1. Aminath rau says:
      April 12, 2020 at 3:50 pm

      Thank you so much ! ♥️?

  2. Yan♥️ says:
    April 12, 2020 at 4:32 pm

    Varah reethi Masha Allah ?

  3. Aminath rau says:
    April 12, 2020 at 5:03 pm

    Thank you!?❤️

  4. reader says:
    April 12, 2020 at 6:02 pm

    waau intresting. gives a very unique and curious vibe ??.hoping we all will get to read it till the end..all the best dear ❤??❤waiting desprately

    1. Aminath rau says:
      April 12, 2020 at 6:07 pm

      Thank you sooo much. Really appreciated ❤️ insha Allah you All will get the story to read to the end. I’ll try my best? I have submitted the next part hope they will approve soon ☺️❤️

  5. Ahuu says:
    April 13, 2020 at 12:55 am

    Wooow very nice story ???rauu ❤️❤️

    1. Aminath rau says:
      April 13, 2020 at 8:59 am

      Thank you so much ❤️?

  6. Kaira says:
    April 16, 2020 at 9:51 pm

    Vrh reethi❤

  7. Hernu says:
    April 18, 2020 at 5:48 am

    I like how u started the story. There was so much descriptive words, but like you know.. I think Thaara thought that the boy fell in love with her too easily. Like, the boy just sit next to her and boom. She thinks he’s into her. Maybe he gave her some signs before. If so, it would be understandable if you highlighted about them. Overall this was very nice. Very proud of you. 🙂

  8. 13 year old says:
    July 5, 2020 at 12:49 pm

    woww… i love ur stories so much!

Comments are closed.


All Right Reserved!