Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެން

މަޢާފް – ހަތާވީސްވަނަބައި

Hafsath Noora Level 610 Stories100 Comments100 Login500 Comments
April 15, 2020 5 Mins Read
7 Comments

އޮޕަރޭޝަން ތިއޭޓަރގެ ދޮރު ހުޅުވުނު އަޑަށް ނައިޒަކްމެން އެ ދިމާލަށް ބަލައިލިއެވެ. އޭރު ޑޮކްޓަރުންނާއި ނަރުހުން އޮޕަރޭޝަން ތިއޭޓަރުން ނުކުންނަނީއެވެ. ޑޮކްޓަރު އައިސް ނައިޒަކްމެން ކުރިމަތީ ހުއްޓިލިއެވެ. އަދި އެއަށްފަހު ހިނިތުންވެލިއެވެ. “އޮޕަރޭޝަން ކާމިޔާބު.” ނައިޒަކްގެ ކޮނޑުގައި ހިފަހައްޓައިލަމުން ޑޮކްޓަރު ބުންޏެވެ. ނައިޒަކްއަށް ލިބުނު އުފަލެއްގެ ބޮޑުކަމުން އާރިޝްމެނާއި ދިމާލަށް ބަލައިލެވުނެވެ. އޭރު އާރިޝް އާއި ޝިމާޔާ އެކަކު އަނެކަކަށް ބަލައި ހެވިފައި ތިއްބެވެ. އެންމެންގެ މޫނުމަތިންވެސް ފެންނަމުންދިޔައީ އުފާވެރިކަމުގެ ކުލަވަރެވެ. “އެންޑް. ޕޭޝަންޓް ހޭއެރިހާ އަވަހަކަށް އަޅުގަނޑުމެން ކުޑަ އޮބްޒަރވޭޝަން އެއް ހަދާލާފަ ރަނގަޅިއްޔާ ޕޭޝަންޓް ދޫކޮށްލާނަން. ދެން ވަން މަންތް ވަންދެން ޕޭޝަންޓް ހަމަ ރެސްޓުކުރުން އެންމެ ރަނގަޅު ގޮތަކީ. މިދުވަސްކޮޅު ޕޭޝަންޓް ލައްވާ އެއްވެސް ކަމެއް ކުރުން އެހާ ރަނގަޅެއް ނޫން.” ޑޮކްޓަރު ކިޔައިދިން ވާހަކަތައް އަޑުއެހުމަށް ފަހު ތިން މީހުން އެކީ ބޯޖަހައިލިއެވެ. “ޑޮކްޓަރ. ތެންކްޔޫ ވަރަށް ބޮޑަށް.” ޝިމާޔާ ކުރިއަށް ޖެހިލައި ޑޮކްޓަރު ކައިރިއަށް ގޮސް ބުންޏެވެ. “ތޭންކް ޓު ﷲ. އަޅުގަނޑުމެނަށް ކުރެވޭނީ ފަރުވާ. ޝިފާދެއްވާނީ އެކަލާނގެ.” ޑޮކްޓަރު އެހެން ބުނެ ހިނިތުންވެލުމަށްފަހު ޑޮކްޓަރުގެ ރޫމަށް ދިޔައެވެ.

ނައިޒަކްމެން ގެއަށް އައީ ޝަމީމް ރޫމަށް ބަދަލުކުރުމުންނެވެ. ނަމާދު ވަގުތު ގާތްވަމުން އަންނާތީ ތިން މީހުންވެސް ޝަމީމް އާއިއެކީ ވަގުތުކޮޅެއް ހޭދަ ކޮށްލުމަށްފަހު ގެއަށް އައީއެވެ. އަދި ޝަމީމްގެ އޮޕަރޭޝަން ކާމިޔާބުވިކަމުގެ އުފާވެރި ޚަބަރު ގޭމީހުނަށް ދިނެވެ. ރިޝާނާ އަށް ޝިމާޔާގެ ގައިގައި ބައްދައިލެވުނީ ޝިމާޔާ ކުރަމުންދާ ހިތާމަތަކަށް ކުޑަ ނަމަވެސް ލުޔެއް ލިބުނީމައެވެ.

ނަމާދުކޮށް ނިންމައިގެން ޔޫނާ ގެއިން ނުކުތީ އަސްމާގެ ގެއަށް ދިއުމަށްޓަކައެވެ. ކުށްވެރިއެއްގެ ގޮތުގައި އަސްމާ އާއި ކުރިމަތިލާން ޖެހޭތީ ޔޫނާ ހުރީ ޖެހިލުންވާގޮތްވެފައެވެ. އެހެނީ މާޒީގައި އޭނާ ވަނީ އަސްމާގެ ލޮލުގައި ޔޫނާއަކީ ކާކުކަން ނޭނގޭވަރަށް އަނދުންއަޅުވައިފައެވެ. ނަމަވެސް މާޒީ މާޒީގެ ގޮތުގައި ބާއްވައިފައި ކުރިއަށްދާން ބޭނުންވާނަމަ އަސްމާގެ ކިބައިން މަޢާފަށް އެދެން އެބަ ޖެހެއެވެ. އަސްމާގެ ދޮށީ ދަރިފުޅު ކިބައިން ވެސް މަޢާފަށް އެދެން އެބަ ޖެހެއެވެ. އެދެމައިން އޭނާއަށް މަޢާފް ނުކޮށްފިނަމަ އޭނާއަކީ މި ދުނިޔޭގައި ދިރި ހުއްޓަސް މަރުވެފައިވާ މީހެއް ގޮތުގައި ވެގެންދާނެއެވެ. ތަންކޮޅެއް ބޮޑަށް ތޮއް ޖެހިފައިވާ މަގަކަށް އާދެވުމުން ޔޫނާ ޚިޔާލުތައް އެއްފަރާތް ކޮށްލުމަށްފަހު މަގުމައްޗަށް ސަމާލުކަން ދެވޭތޯބެލިއެވެ.

“އާހް.. ކަލް ރާތް އޮންލައިން މިލި އެކް ލަޑްކީ.. މޭ ބޯލާ ޗެޓިންގް ކަރޭގޭ އޮރް ކްޔާ..” ސޯފާގައި އިށީނދެ ހަށިގަނޑު ދަމައިލަމުން ޒަމާން ތަކަކަށް ފަހު އާރިޝް ޓިކްޓޮކް ހުޅުވައިލިއެވެ. ތަފާތު ވައްތަރުގެ ޓިކްޓޮކް ލަވަތައް އާރިޝް ބަލަމުން ދިޔައެވެ. ޓިކްޓޮކް ތަރިން މޫނަށް ޖައްސާ ކޮންމެ ވައްތަރަކާއިއެކު އާރިޝްގެ މޫނަށް ވެސް ވައްތަރު ޖައްސައިލެވެއެވެ. ހީވަނީ ލަވައިގެ ތެރޭ އާރިޝް އުޅޭހެންނެވެ. “އައްދޭ. މާޒީ ހަނދާން އާކުރަނީތަ؟” އާރިޝް ސިހިގެން ދިޔައީ ދާދި ގާތުން އިވުނު އަސްމާގެ އަޑުންނެވެ. އާރިޝްއަށް ވީގޮތް ފެނި އަސްމާއަށް ހެވުނެވެ. “ދަރިފުޅު ހާދަ ވަރަކަށޭ ތީގެ ތެރެއަށް ވަދެ ތީނީ. މަންމަ މިތާ ހުންނަތާ ފަސްވަރަކަށް މިނެޓް ވެއްޖެ.” އާރިޝް ގާތުގައި އިށީންނަމުން އަސްމާ ބުންޏެވެ. “މަންމާ ދެން. މިދުވަސް ކޮޅު މިއާ ދުރުގައެއްނު މިއުޅުނީ. ދެން މިގަޑީ ކުރާނެ ކަމެއް ނެތިގެން ހިތަށްއެރީ މި ބަލާލާނީއޭ.” ފޯނަށް ނަޒަރު ހުއްޓައިލައިގެން އިނދެ އާރިޝް ބުންޏެވެ. “ދަރިފުޅު ތި އަޅުވައިގެން އިންދާ ޒެކް އަށް ފެނިއްޖެއްޔާ ވަރަށް ގޯސް ވާނެ އިނގޭ.” ކުރީގެ ހަނދާނެއް އާ ކޮށްލަމުން އަސްމާ ބުންޏެވެ. ނައިޒަކް އަކީ ލަވައެއްގެ ތަންކޮޅެއް އަޅުވައިލިޔަސް ރުޅިއަންނަ މީހެކެވެ. އާރިޝް ހިނިގަނޑެއް ޖަހައިލުމަށްފަހު އަނެއްކާވެސް ފޯނަށް ބަލައިލިއެވެ. އާރިޝް ލަވަ ބަލަމުން ބޯ ހަލުވަން ފެށުމުން އަސްމާ ދެފަރާތަށް ބޯހޫރުވައިލުމަށްފަހު އޭނާގެ ކޮޓަރިއަށް ދިޔައެވެ.

ކުރިމަތީގައި ހުރި ބޮޑު ގެއަށް ބަލަހައްޓައިގެން ވަންނަން ނުކެރިފައި ޔޫނާ ހުއްޓެވެ. ‘ޔޫނާ ތީ ފިނޑިއެއްތަ؟ ނިކަން ހިތްވަރުގަދަވެބަލަ. ފިނޑިންނަށް އެއްކަމެއްވެސް ނުކުރެވޭނެ. ރަނގަޅަށް ހަމަޖެހިގެން ދިރިއުޅެވޭނީ ކޮންމެ ކަމެއް ކުރުމުގަވެސް ހިތްވަރު ހުރެގެން.’ ޔޫނާ އޭނާގެ އަމިއްލަ ނަފްސަށް ވިސްނައިދެވޭތޯ ބެލިއެވެ. ހަށިފުރާ ނޭވާއެއް ލައި ޔޫނާ ގޭޓު ހުޅުވައިލުމަށްފަހު އެތެރެއަށްވަނެވެ. ގޭގެ ބޮޑު ގޯތިތެރެއަށް ބަލަހައްޓައިގެން އިރުކޮޅަކު ހުރުމަށްފަހު ޔޫނާ ލަސްފިޔަވަޅުތަކެއް އަޅަމުން ގޮސް ގޭގެ ބޮޑުދޮރު ކައިރީ ހުއްޓުނެވެ.

ގޭގެ ބެލްޖެހި އަޑަށް އާރިޝް ފޯނު ބާއްވައިފައި ގޮސް ދޮރު ހުޅުވިއެވެ. “ކަމަކުތޯ؟” ކުރިމަތީގައި ހުރީ ނުވެސް ދަންނަ ފަރާތެއްކަމުން އާރިޝް އަދަބުވެރިކަމާއިއެކު ސުވާލުކުރިއެވެ. “އާން. އަސްމާ ހޯދަންވެގެން.” ޔޫނާ އެހެން ބުނުމުން އާރިޝް ޔޫނާއަށް އެތެރެއަށް ވަންނަން ތަންދެއްކިއެވެ. އަދި އިށީންނަން ބުނުމަށްފަހު ސިޑިބަރިއާއި ދިމާލަށް ދިޔައެވެ.

ކޮޓަރި ދޮރުގައި ޓަކި ޖަހާ އަޑަށް އަސްމާ ގޮސް ދޮރުހުޅުވިއެވެ. “މަންމަ ހޯދަން މީހަކު އެބަހުރި އައިސް.” ތިރިއަށް އިޝާރާތް ކުރަމުން އާރިޝް ބުންޏެވެ. އަސްމާ ރެއިލިންގް ގައި ހިފަހައްޓައިލައިފައި ތިރިއަށް ބޯދިއްކޮށްލިއެވެ. ނަމަވެސް އެމީހެއްގެ މޫނު ރަނގަޅަށް ފެންނަ ގޮތެއް ނުވިއެވެ. އެހެންކަމުން އަސްމާ ސިޑިން ފައިބައި ސިޓިންގްރޫމަށް ވަނެވެ. ފަސްއެނބުރި ބަލައިލި ޔޫނާއަށް އަސްމާ ފެނުމުން ކޮޅަށް ތެދުވެވުނެވެ. އަސްމާ ހުރީ ބީރައްޓެހި ގޮތަކަށް ޔޫނާއާއި ދިމާލަށް ބަލަހައްޓައިގެންނެވެ. ޔޫނާ އަސްމާ ކައިރިއަށް ދާން އުޅުނު ވަގުތު ޒައިން އައިސް ގެއަށް ވަނެވެ. ޒައިން އަށް ޔޫނާ ފެނުމުން އެއީ ޒައިން ސަލާމަތްކޮށްދިން ދައްތަކަން ހަނދާންވިއެވެ. “ދައްތާ. ކޮންއިރަކު މިގެއަށް އައީ؟ ދައްތަ ތީ މަންމަގެ ރައްޓެއްސެއްތަ؟” ޒައިން އައިސް ޔޫނާ ގާތުގައި ހުއްޓެމުން ވަރަށް ގާތްގޮތަކަށް ސުވާލުކުރިއެވެ. ކުރިމަތިން ފެންނަމުން ދިޔަ މަންޒަރުން އަސްމާ ހުރީ ވާނުވާގައެވެ. އާރިޝް ރެއިލިންގް ގައި ލެނގިލައިގެން ޒައިންމެން ދައްކަމުން ދިޔަ ވާހަކަތައް އަޑުއަހަން ހުއްޓެވެ.

“އާނ. ކުރީގަ ވަރަށް ގާތް ދެ ރަޙުމަތްތެރިން.” ޔޫނާއަށް ޖަވާބުދެވޭވަރުވީ ދެތިން މިނެޓް ފާއިތުވިފަހުންނެވެ. ޔޫނާ އެހެން ބުނުމުން އަސްމާއަށް ދެބުމަ ގޮށްޖަހައިލެވުނީ އެއީ ކާކުކަން އޭނާގެ ސިކުނޑިއަށް ކުޑަކޮށް ނަމަވެސް ނަގައިގަނެވުމުންނެވެ. “ތީ ޔޫނާތަ؟” ޝައްކެއްގެ މަތީ ހުރެ އަސްމާ އިސްޖަހައިގެން ހުރި ޔޫނާ ކައިރީ އެހިއެވެ. ޔޫނާ މަޑުމަޑުން ބޯ ޖަހައިލިއެވެ. ޔޫނާ ކުށްވެރިއަކު ފަދައިން އިސްޖަހައިގެން ހުއްޓެވެ. ޔޫނާ އެހެން ހުންނަން ފެށުމުން މި ވާގޮތް އަސްމާއަށް ރޭކައިލާން ފެށިއެވެ. “އަހަރެން ޒައިންއަށް ބަނޑުބޮޑުއިރު އަހަންނަށް އެންމެ އަޅައިލި އެކަކީ ޔޫނާ. އެކަމަކު އެ އަޅާލުމާ އޯގާތެރިކަމުގެ ފަހަތުގަ ވަރަށް ބޮޑު ސިއްރެއްވި. އަހަރެންގެ މިހިރަ ދަރިފުޅުވެސް ވަގަށްނެގި މީހަކީ ޔޫނާއެއްނު.” އަސްމާ އެންމެ ފަހުން ބުނި ޖުމުލައިން ޒައިންއަށް އޭނާގެ ދެލޯ ބޮޑުކޮށްލެވުނެވެ. މަތީގައި ހުރި އާރިޝްއަށް ވެސް ވީ ހަމަ އެވަރެވެ.

ގޭތެރޭގައި އަޑުގަދަވާހެން ހީވެގެން މުނީޝާމެން ކޮޓަރިން ނުކުމެ ސިޓިންގް ރޫމަށް ދިޔައެވެ. ވެގެން އުޅޭގޮތް އާރިޝް ކައިރީ އެހުމުން ކުރުގޮތަކަށް ކަންވީގޮތް ކިޔައިދިނުމަށްފަހު މަންމަމެން ވާހަކަދައްކާ ނިމެންދެން މަޑުންހުރުމަށް އާރިޝް ބުންޏެވެ. އަސްމާ އަށް މިފަހަރު ނުރޮވި ހިފަހައްޓައިލައިގެން އެ ހުރެވެނީ އަރައިފައި ހުރި ރުޅިގަނޑެއްގެ ސަބަބުންނެވެ. “މަ ހިއެއްނުކުރަން ކަލޭ މަށަށް އެހާ ރަނގަޅަށް އަޅާލާ އޯގާތެރިވެފަ އެވަރުގެ ބޮޑު ޖަރީމާއެއް ހިންގަފާނެކަމަކަށް. އެވަރު ކަމެއް ނުކޮށް މަ ކައިރީގަ މިހިރަ ދަރިފުޅު ދޭން ބުނިނަމަވެސް ރަނގަޅޭ.” ޔޫނާއަށް އިސްއުފުލައިލެވުނީ އަސްމާ އެންމެ ފަހުން ބުނި ޖުމުލައިގެ ސަބަބުންނެވެ. “ނޫން ނޫން އެއްގޮތަކަށްވެސް ތިހެން ނުބުނޭ. އަހަރެން ޒައިން ވަގަށްނެގީ ވަކި އަސްމާއަށް ދެރައެއްދޭކަށްނޫން. ހަމީދާގެ އެދުމަކަށް. އޭނާއަށް އެހީތެރިވުމަށް. އޭނަވެސް އަހަންނަށް އޮޅުވައިލައިގެން ބޮޑު އޮޅުވައިލުންގަނޑެއްގެ ތެރޭ އަހަރެން ގެންގުޅުނީ. ޙަޤީޤަތުގަ އަހަރެން މިގެއަށް މިއައީ އަސްމާ ރުޅިއަރުވައި އަސްމާއާ ޒުވާބުކުރާކަށްނޫން. އަހަރެން މިއައީ އަހަންނަށް ކުރެވުނު ކުށަށް ޒައިން އާ އަސްމާގެ ކިބައިން މަޢާފަށް އެދެންވެގެން. އަސްލު އަހަންނަށް އަސްމާގެ ޙައްޤަކަށް ކަންނޭނގެ މި އަރައިގަނެވުނީ. ކޮންމެކަމެއް ކޮންމެ ގޮތަކަށް ހިނގާފަވީނަމަވެސް އަހަރެން ބޭނުމީ ތިދެމައިންގެ ކިބައިން މަޢާފަށް އެދެން.” ވާހަކަދައްކާ ނިމުނުއިރު ޔޫނާ ހުރީ ފެންކަޅިވެފައެވެ. އަސްމާ ހަމައަކަށް އެޅެން ވަގުތުކޮޅެއް ނެގިއެވެ. ޒައިންގެ ހިތުގައި ޔޫނާ އާއި ދޭތެރޭ އެއްވެސް ހިތް ބުރަކަމެއް ނެތްކަން ޒައިންގެ ތުންފަތުގައިވި ހިނިތުންވުން ހެކިވެއެވެ. އަސްމާ ހުރީ ހަދާނެގޮތަކާއިމެދު ވިސްނާށެވެ. ޔޫނާއަށް މަޢާފް ކުރަންވީބާއެވެ؟ ނޫނީ ނުކުރަންވީބާއެވެ؟ އަސްމާ އެގޮތުގައި އިރުކޮޅަކު ހުއްޓައި ޒައިން އައިސް އަސްމާގެ ކޮނޑުގައި ހިފަަހައްޓައިލިއެވެ. އަސްމާ ޒައިންއަށް ބަލައިލުމުން ޒައިން ހިނިތުންވެލިއެވެ. ޒައިން ހިނިތުންވެލިގޮތުންވެސް ޒައިން ޔޫނާއަށް މަޢާފުކޮށްފިކަން އަސްމާއަށް ޔަޤީންވިއެވެ. އަސްމާ ވެސް އިތުރަށް މިކަންތައް ބޮޑުކުރަން ބޭނުންނުވާތީ ޔޫނާ ކައިރިއަށް ގޮސް އޭނާގެ ދެއަތްތިލައިގައި ހިފަހައްޓައިލަމުން ހިނިތުންވެލައިފައި އަހަރެން މަޢާފް ކޮށްފީމޭ ބުންޏެވެ. އޭރު އެންމެންނަށް ވެސް ކުރެވުނީ ބޮޑު މުޞީބާތަކުން ސަލާމަތްވެވުނު ކަހަލަ އިޙުސާސެކެވެ.

ޔޫނާ އެދުވަހު އެގެއިން ދިޔައީ ސައިވެސް ބޮއެގެންނެވެ. ގެއިން ނުކުތްއިރު ޔޫނާގެ ތުންފަތުގައިވީ ނުފިލާ ހިނިތުންވުމެކެވެ. އެތައްދުވަހަކަށްފަހު އެ ހިތަށް ހަމަޖެހުމެއް ލިބިގެން ހިނގައްޖެއެވެ. ދެން އަސްމާގެ އުފާވެރި ޢާއިލާއަށް ދެރަގޮތެއް މިންވަރު ނުކުރެއްވުމަށް އެދި ޔޫނާއަށް ހިތާހިތުން ދުޢާކުރެވުނެވެ. ނަމަވެސް ތާ އަބަދު ކަންކަން އެއްގޮތަކަށް ނުހިނގާނެއެވެ. ކޮންމެ މީހެއްގެ ދިރިއުޅުމުގައިވެސް އަޑިގަނޑަކަށްފަހު އުސްގަނޑެއް އަންނާނެއެވެ. އުފާވާ ކޮންމެ ފަހަރަކު ﷲ އަށް ޙަމްދުކުރަންވާނެއެވެ. ދެރަކަމެއް މެދުވެރިވެއްޖެނަމަ ކެތްތެރިކަމާއިއެކު އެކަމުން އަރައިގަތުމަށް މަސައްކަތްކުރަން ވާނެއެވެ.

ޝަމީމްގެ އޮބްޒަރވޭޝަން ނިމި ހޮސްޕިޓަލް ދޫކޮށްލީ ރޭގަނޑު ހަތްގަޑި ބައިވެ ބޮޑުވިފަހުންނެވެ. ނައިޒަކްގެ އެހީގައި ޝަމީމް ކާރަށް އެރިއެވެ. އަދި ނައިޒަކް ގޮސް ފަހަތު ސީޓަށް އެރުމުން އާރިޝް ޝަމީމްގެ ގެއަށް ދިއުމަށްޓަކައި ކާރު ދުއްވައިލިއެވެ.

ދުވަސްތަކަކަށްފަހު އަނެއްކާވެސް ގެއަށް އާދެވުމުން ޝަމީމްގެ ހިތަށް ތަފާތު އިޙުސާސް ކުރެވުމުން ދިޔައެވެ. މިދިޔަ ސުވަސްކޮޅު ޝަމީމްއަށް އެ ހޭދަކޮށްލެވުނީ ހަސްފަތާލު ޙަޔާތެކެވެ. ދުވަހަކުވެސް ހޮސްޕިޓަލަށް ގޮސްގެން މިވަރަކަށް ފަރުވާކުރެވިފައެއް ނެތެވެ. ނައިޒަކްގެ އެހީގައި ހިނގައިފައި ގޮސް ޝަމީމް ސޯފާގައި އިށީނެވެ. “ކޮބާ ޝިމް؟” ޝިމާޔާ ގޭގައި ނެތުމުން ޝަމީމް އަހައިލިއެވެ. “އަހަރުން ގޭގަ. ގެންނަންވީ ދޯ އޭނަ.” އާރިޝް އެހެން ބުނުމުން ޝަމީމް ބޯ ޖަހައިލިއެވެ. އާރިޝް ދިޔުމުން ނައިޒަކް އައިސް ޝަމީމް ގާތުގައި ސޯފާގައި އިށީނެވެ.

ފަނަރަވަރަކަށް މިނެޓް ތެރޭ އާރިޝް ޝިމާޔާ ގޮވައިގެން ޝިމާޔާމެން އުޅޭ ގެއަށް އައެވެ. ނައިޒަކް ކައިރީ އިން ޝަމީމް ފެނުމުން ޝިމާޔާއަށް އޭނާގެ އަނގަމަތީގައި އަތް އަޅައިލެވުނެވެ. “ކީއްވެ އަހަރެން ގާތުގަ ނުބުނީ ދޮންބެ ދޫކޮށްލި ވާހަކަ.” ޝަމީމް ގާތުގައި އިށީންނަމުން ޝިމާޔާ އާރިޝް އާއި ދިމާލަށް ދެލޯ އަޅައިލިއެވެ. “ހެހެ… ޝިމާޔާ ހެޕީ ކޮށްލަންވެގެން.” އާރިޝް ބުންޏެވެ. “ކީކޭ ކިޔާފަތަ ޝިމް ގެނައީ؟” ޝަމީމް ޝިމާޔާގެ ކޮނޑުގައި އަތްއަޅުވަައިލަމުން އާރިޝް ކައިރީ އެހިއެވެ. “ހަހަ. ޝިމާޔާގެ ބައެއް އެއްޗެހި ބަޔަކު ވަގަށް ނެގީއޭ ކިޔާފަ އޭނަ މި ގެނައީ. ދޯ!” ޝިމާޔާއަށް ދޯދެމުން އާރިޝް ބުންޏެވެ. ޝިމާޔާ މޫނަށް ވައްތަރެއް ޖައްސައިލުމަށްފަހު އޭނާގެ ފޯނު ނަގައިގެން އެ ކުޅެން ފެށިއެވެ.

ޝަމީމް އާއިއެކު ވަގުތުކޮޅެއް ހޭދަކޮށްލުމަށްފަހު ދެބެންވެސް ގެއަށް ދިޔައީ ނިދިއައިސްފައި ހުރުމުންނެވެ. ” ދޮންބޭ. އަހަރެން މި ދަނީ ކާއެއްޗެއް ހަދާލަން. ދޮންބެ ވާނެ އަހަންނާއެކީ ކާން އިނގެ.” ޝިމާޔާގެ އެ އެދުމަށް ޝަމީމް ނޯ ޕްރޮބް އޭ ބުނެ ޓީވީ ހުޅުވައިލިއެވެ. ކޮންމެވެސްވަރަކަށް އަތާއި ފަޔަށް ތަދުވިނަމަވެސް ކުރިން ތަދުވިހާބޮޑަކަށް މިހާރު ތަދެއްނުވެއެވެ. އެވަގުތު އޮޕަރޭޝަން ކެންސަލްނުކޮށް ކުރެވުނުކަން ނަޞީބެކޭ ޝަމީމް ހިތަށްއެރިއެވެ.

ރޭގަނޑުގެ ކެއުން ނިންމައިލުމަށްފަހު ޝިމާޔާ ޝަމީމް ގެންގޮސް ކޮޓަރިއަށް ލައިދިނެވެ. އަދި އަލަމާރި ން ޝަމީމްގެ ނިދާ އެއްޗެހި ގެނެސް ޝަމީމް އަތަށް ދިނުމަށްފަހު ކޮޓަރިން ނުކުތެވެ. ތަށިތައް ނަގައި ބަދިގެތެރެ ސާފުކޮށްލުމަށްފަހު ޝިމާޔާ އައިސް ސޯފާގައި އިށީނެވެ. ޓީވީ ހުޅުވާލިއިރަށް ދައްކަން ފެށި ޝޯއަކުން ޝިމާޔާއަށް އެ ބަލަން އިނދެވުނެވެ. ޝޯ ބަލަން އިނދެ ޝިމާޔާއަށް ނިދުނުއިރުވެސް ނޭނގުނެވެ.

– ނުނިމޭ –

Share Article

Follow Me Written By

Hafsath Noora

Level 610 Stories100 Comments100 Login500 Comments

Born on 13th April 2005. Always wants to write stories. Specially Dhivehi stories. Love to read stories too. Loves to read comments. Positive and negative comments are always welcome. Lots of loves to my readers from the bottom of my heart ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

Other Articles

Previous

ޝާޔަން✨ (ތިންވަނަބައި)

Next

ކަޅު ހިޔަނި 2

Next
April 15, 2020

ކަޅު ހިޔަނި 2

Previews
April 15, 2020

ޝާޔަން✨ (ތިންވަނަބައި)

7 Comments!

  1. Dhonthy says:
    April 15, 2020 at 10:05 pm

    Salaam all readers. Here is the twenty seventh episode of this story. Unmeedhukuran hurihaa kiyuntherinnau es kamudhaanekamau. Dhonthi au ingey mi part vvv kurukan. Sorry for that. But hama mi episode au vaavarau meenee liyefa. Insha Allah dhn oiy episode miauvure dhigukolleweythw balaanan. Everyone stay safe at home. Mi dhuvaskolhu adhi amudhun beyrau nukuthun ehaa safe eh noon. So please stay safe at home everybody and pray Allah. May Allah save all of us from this novel corona virus. Enjoy reading and leave a comment. Love you all ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️?

  2. ♡Maiii♡ says:
    April 16, 2020 at 12:25 am

    Wow♡♡♡….varah varah mi bai vx????…. dhonthy thee haadha talented kujjekey???… sifakohdheefa hunna gothun vx heevanee e manzareh loakurimatheega fennahen??❤❣….hehe?… and vv reethi vaahaka gendhaa goeh vx???…. miss you?❤…. waiting for the next part?… when next???…. love you❤❣

    1. Dhonthy says:
      April 16, 2020 at 11:51 am

      Awlhey what a beautiful and colourful comment ??? Awww vvvvv ufaavejje mi comment kiyaalaafa ??? Maiii❤️❤️❤️? Vvvvvv bodah thank you dhonthi au thidhey support aa hiyvarah. Thank you so much from the bottom of my heart. ❤️❤️❤️❤️ And I miss you more dear ?? And yes dear! Keep waiting inge. Next part Sunday noonee eyge es kurin. Seedhaa upload vaane dhuvaheh neynge. Hehe. Love you too dear❤️❤️❤️❤️???

  3. Meekkomee says:
    April 16, 2020 at 12:45 am

    Dhonthyy……story varah Reethi……… curiously waiting for the next part…..stay home…be safe…luv yeahh……varah miss ingyy….ttyl✌️✌️??❤️❤️??

    1. Dhonthy says:
      April 16, 2020 at 11:54 am

      Awwww Meekkooo ❤️❤️❤️??? Thank you so much dear. Yes dear keep waiting curiously hehe.. Next part v avahah genesdheynan inge iraadhakurevviyyaa ❤️❤️ you too stay safe at home inge. Love you too dear. ❤️❤️❤️? And I miss you more Meekko ❤️❤️❤️?

  4. magnumm says:
    April 17, 2020 at 1:02 pm

    heyyyyy darlinnnn…..happy belated brthday ngeyy gurluuu…..I was lil bxy so that I didn’t comment…sorry for that anyway the stry is sooooo cutely….I really really like it….n I missed u more dontiii…much lavssss tooo????

    1. Dhonthy says:
      May 7, 2020 at 8:56 pm

      Heyyy darlooo. Ahaha thank you so much magnumm ?????❤️ Magnumm nujeheyne sorry bunaakau dhonthi kanneynge sorry bunan jeheynee because of the late reply ???? Once again thank you so much mag ?????❤️ It means a lot ??? Miss you too magnumm ???❤️? Much and much and much more loves from me dear ❤️❤️❤️❤️?????❤️❤️❤️❤️??????

Comments are closed.


All Right Reserved!