
މަޢާފް – ސައްބީސްވަނަ ބައި
ހިތަށް އަރައި ފައިބަމުން ދިޔަ ސުވާލުތައް އެއްފަރާތްކޮށްލުމަށްފަހު ނައިޒަކް ރޫމަށް ވަނެވެ. އަދި ޝަމީމް ގާތުގައި އިށީނެވެ. “ޝައްމު. ޝައްމުގެ އޮޕަރޭޝަން ކަންތައް ހަމަޖައްސާފަ މިއައީ.” ނައިޒަކް އޮޕަރޭޝަނޭ ބުނުމުން ޝަމީމްއަށް ވީގޮތެއް ވެސް ނޭނގުނެވެ. “އޮޕަރޭޝަނޭ؟ ދެން އަހަންނަކަށް ނުކެރޭނެ އެކަމަކު ހާދަ ތޫނު އެއްޗެހި ހަރާނެޔޭ. ކެންސަލް ކޮށްލަދީ. ހެޔޮނުވާނެ.” ޝަމީމް ނައިޒަކްގެ އަތުގައި ހިފައިލަމުން އާދޭހުގެ ރާގެއްގައި ބުންޏެވެ. ޝަމީމް އަކީ ދުވަހެއްގެ ކޮޅުންވެސް އޮޕަރޭޝަނެއް ކުރި މީހެއް ނޫނެވެ. އެހެންކަމުން އޮޕަރޭޝަނެއް ކުރަން ޝަމީމް ބިރުގަންނަނީއެވެ. ޝަމީމް އުޅުނު ގޮތުން ނައިޒަކް އަށް ހެވުނެވެ. “ހާދަ ފިނޑިއޭ ދޯ. ކުޑަކުޑަ އޮޕަރޭޝަނެކޭ ކޮށްލަން ޖެހެނީ. ތިހާ ހާސްނުވެބަލަ. އަދި ބިރުގަންނަވަރެއް ނުވެއެއްނު. ހެހެހެ..” ނައިޒަކް ހެމުން ހެމުން ބުންޏެވެ. ނަމަވެސް ޝަމީމް ނައިޒަކް ބުނި ވާހަކަތައް އަޑުނާހައި ކެންސަލް ކޮށްދިނުމަށް ތަކުރާރުކޮށް ކިޔަން ފެށިއެވެ. “ޑޫޑް ހަމަޖެހިބަލަ. ހާދަހާވާ ބިރެކޭ ދޯ ތި ގަންނަނީ! ގައިމު ޑޮކްޓަރުން ނޫޅޭވިއްޔަ ޝައްމު މަރާލާކަށް. ޝައްމުގެ އެތެރެހަށީގަ ޒަޚަމްވެފަ ހުރި ތަންތަނަށް ފަރުވާކުރާކަށްނު ޑޮކްޓަރުން އެ އުޅެނީ. ޑޮކްޓަރުން ބުނީ ޝައްމު އޮޕަރޭޝަން ކުރާށޭ ޖެހޭނީ. ޝައްމު މަރާލަން ޖެހޭނެޔޭ ބުނިނަމަތާ ތިގޮތަށް އުޅެންވެސް ވާނީ.. ހަަހަހަ.” ސަމާސާ ރާގެއްގައި ނައިޒަކް އެހެން ބުންޏެއްކަމަކު ނައިޒަކް އެ ބުނީ ވަރަށް ބޮޑު ތެދުވާހަކައެކެެވެ. ޝަމީމް އެންމެ ފަހުން ހަމަޖެހިލެވޭތޯ މަސައްކަތްކުރަމުން ރަނގަޅަށް އެނދުގައި އޮށޯވެލިއެވެ.
އިރުއޮއްސި އަނދިރިވުމުން އަސްމާމެން ގެއަށް ދާން ހިނގައިގަތެވެ. ޝަމީމް ގާތުގައި ނައިޒަކް މަޑުކުރިއެވެ. ރިޝާނާ ކިޔަން ފެށުމުން ޝިމާޔާ ވެސް ދިޔައީ ރިޝާނާމެނާއިއެކީ ރިޝާނާގެ ގެއަށެވެ. ޒައިން ގާތުގައި ގޭދޮރުމަތީ މަޑުކުރުމަށް ބުނުމަށްފަހު އަސްމާމެން ގޭތެރެއަށް ވަނެވެ. ޒައިން މަޑުމަޑުން ހިނގައިލައިފައި ގޮސް ބެންޗެއްގައި އިށީންދެލިއެވެ. ޕޮޓްތަކުގައި ހައްދައިފައި ހުރި އެކި ކުލަކުލައިގެ މާތަކަށް ނަޒަރުހުއްޓައިލައިގެން ޒައިން އިނެވެ. ދޭތެެރެއަކުން ކޮކާލެއް އައިސް މަލެއްގައި ޖައްސައިލަފާނެއެވެ. ޒައިން ބޭނުންވީ ކޮކާލެއް މަލުން ފޮނިބޯން އިން މަންޒަރު ފޮޓޯއެއް ނަގައި އޭނާގެ ފޯނުގައި ރައްކާކުރާށެވެ. ނަމަވެސް އޭނާގެ ފޯނު ނެތުމުން އެކަން ކާމިޔާބު ވާގޮތެއް ނުވިއެވެ. “ދަރިފުޅާ. ހިނގާ ދާން އެތެރެއަށް.” އަސްމާ އައިސް ޒައިން ގާތުގައި ހުއްޓެމުން ބުންޏެވެ. ޒައިން ތެދުވެ އަސްމާ އާއިއެކު ގޭތެރެއަށް ވަންނަން ދާން ހިނގައިގަތެވެ.
“އޯ މީދޯ މަންމަ މާ އުފާވެފަ ހުރެ ގެއަށް ވަތް ކަމަކީ.” އަސްމާ އާއިއެކު ގޭތެރެއަށް ވަތް ޒައިން ފެނި މުނީޝާ ބުންޏެވެ. “ހެހެ.. ހްމްމް.. މަންމަގެ ގެއްލުނު ދަރިފުޅު މަންމައަށް ލިބުނީމަ އުފާވާނެއްނު. ދޯ ދަރިފުޅު!” ޒައިންއަށް ދޯދެމުން އަސްމާ ޒައިންގެ ބޮލުގައި ފިރުމައިލިއެވެ. ޒައިން ހިނިތުންވެލަމުން ބޯ ޖަހައިލިއެވެ. “ހޫން ދެން މަންމަގެ ރަންދަރި ލިބިފަ ތިހުރީ.” އުޝާ ފޫހިވާކަމަށް ހެދެމުން އަނެއްފަރާތަށް މޫނު އަނބުރައިލިއެވެ. ޒައިން ހިނިގަނޑެއް ޖަހައިލުމަށްފަހު އުޝާ ކައިރިއަށް ގޮސް އޭނާގެ ކޮނޑުގައި އަތް އަޅުވައިލިއެވެ. “އަހަރުމެން އެންމެން ވެސް މީ މަންމަގެ ރަން ދަރިންނޭ ދޯ. މިތާކު ނެތެއްނު ރިހި ދަރިންނެއް.” ސަމާސާ ރާގެއްގައި ޒައިން ބުންޏެވެ. އެއާއިއެކު އެންމެންނަށްވެސް ހެވުނެވެ. “އަމް.. މީ.. އަހަރެން ބޭނުން ގެއަށް ދާން.” އާރިޝް މެނަށް އަވަސް ނަޒަރެއް ދެމުން ޝިމާޔާ ބުންޏެވެ. “އުހުނ.. ހަމަ މި ގޭގަ މާ ކައިރީގަ އުޅެން ޖެހޭނީ ޝަމީމް ދޫކޮށްލަންދެން. ދެން ބޭބެވެސް ހުންނާނީ މިގޭގަ. ޝިމާޔާ އެކަނިން އުޅެން ކޮންމެހެން ދާނެކަމެއްނެތެއްނު ދޯ މަންމާ!” ރިޝާނާ އަސްމާއަށް ދޯ ދެމުން އޭނާއަށް ބަލައިލީ ޝިމާޔާ ގޭގައި ބަހައްޓައިދޭށޭ ބުނާފަދަ ގޮތަކަށެވެ. އަސްމާ މަޑު ހުނުމަކާއިއެކު އެކަމަށް އެއްބަސް ވުމުގެ ގޮތުން ބޯ ޖަހައިލިއެވެ. “އެކަމަކު އަހަރުމެންގެ އެއްޗެހި ހުންނާނީ އެގޭގަ.” ޒައިން ބުންޏެވެ. “ދެން އޭރުން ބޭބެއާ ތިއްތިބެއާ ދެމީހުން ދޭބަލަ އެއްޗެހި ހިފައިގެން އަންނަން އަހަރެން ޝިމާޔާގެ ކަންތައް ހަމަޖައްސާލާނަން.” ރިޝާނާ އެހެން ބުނެ ޝިމާޔާގެ އަތުގައި ހިފައިގެން އޭނާގެ ކޮޓަރިއަށް ވަންނަން ދިޔައެވެ. ޒައިން އާއި އާރިޝް ނުކުތީ ޒައިންގެ އެއްޗެހި ބަލައި ޝަމީމްމެންގެ ގެއަށް ދިއުމަށެވެ.
ދެލޯމަރައިގެން އޮތް ޝަމީމްއަށް ދެލޯ ހުޅުވައިލެވުނީ ރޫމުގެ ދޮރު ހުޅުވުނު އަޑަށެވެ. ދޮރާއި ދިމާލަށް ޝަމީމް ބަލައިލީ ނައިޒަކް މިސްކިތުން އައީކަމަށް ހީކޮށްފައެވެ. ނަމަވެސް ނައިޒަކްގެ ބަދަލުގައި އެތަނުގައި ތިބީ ހަތަރު ފުލުހުންނެވެ. ފުލުހުން މިތަނަށް މި ވަނީ ކީއްކުރަންބާވައެވެ؟ އިރުކޮޅެއްނުވެ ފުލުހުންގެ މީހަކާއިއެކު އަންޖަދު ރޫމު ތެރެއަށްވަނެވެ. ޝަމީމް އެވަގުތު އައި ރުޅިން ހަޅޭއްލަވައިގަންނަން ބޭނުންވިއެވެ. ނަމަވެސް ފުލުހުން ތިބުމުން ޝަމީމް ކެތްކޮށްލައިގެން އޮތީއެވެ. “އަޅުގަނޑުމެން މި އައީ އަންޖަދުގެ އެދިލެއްވުމަކަށް އަންޖަދު ޝަމީމް އާ ބައްދަލުކޮށްލަން ބޭނުންވާތީ. އަންޖަދު އަވަހަށް ބުނަން ބޭނުންވާ ވާހަކައެއް ޝަމީމް ކައިރީ ބުނުމަށްފަހު އަހަރުމެނާއެކު ހިނގާ.” އަންޖަދު އާއި ޝަމީމް އަށް ވަގުތު ދިނުމުގެ ގޮތުން ފުލުހުން ރޫމުން ނުކުމެ ދޮރުމަތީގައި މަޑުކުރިއެވެ.
އަންޖަދު އައިސް ޝަމީމް އޮތް އެނދު ކައިރީގައި ބަހައްޓައިފައި ހުރި ގޮނޑީގައި އިށީނެވެ. ދެބުމަ ގޮށް ޖަހައިލަމުން ޝަމީމް އަނެއްފަރާތަށް މޫނު އަނބުރައިލިއެވެ. ހަމަ އެވަގުތު ޝަމީމްގެ ހިތަށް ބިރުވެރިކަން ވަންނަން ފެށިއެވެ. ފުލުހުން އެ ނުކުތީ ބޭރަށެވެ. އަންޖަދު ހަމަ ކޮންމެފަދަ ކަމެއްވެސް ކޮށްފާނެއެވެ. މި ވަރުގެ މީހަކަށް ފުލުހުން ކުޑަަނަމަވެސް އިތުބާރެއް ކުރީތީ ޝަމީމް ޙައިރާންވިއެވެ. ޙައިރާންވެފައި އޮތް ޝަމީމް ސިހިގެން ދިޔައީ އަންޖަދު ކަރުކެހިލުމުންނެވެ. “ވަރަށް ބިރުން ދޯ ތި އޮންނަނީ؟ ހެހެ.. އަހަރެން ނޫޅެން ޝަމީމްއަށް އެއްވެސް ކަމެއް ކުރާކަށް. އަހަރެން މިއައީ ހަމަ އެންމެ ކަމެއް ކުރަން. ޝަމީމް އާ ޝިމާޔާގެ ކިބައިން މަޢާފަށް އެދެންވެގެން.” އަންޖަދުގެ ވާހަކައިގެ ރާގު ހުރިގޮތުން އަންޖަދުގެ ހިތުގައި ނުބައި ނިޔަތެއް ނެތްކަން ޝަމީމްއަށް އެނގުނެވެ. ނަމަވެސް އަދިވެސް ޝަމީމްއަށް ޝައްކުކުރެވެނީއެވެ. “އިނގޭ މާފުކުރަން އުނދަގޫވާނެކަން. އެއީ އަހަންނަށް ކުރިން އުޅެވުނު ގޮތުން. އަހަންނަށް މި ވިސްނުނީ ވެސް ވަގުތު ފާއިތުވިފަހުން. ވަގުތު ފާއިތުވުމުގެ ކުރިން ވިސްނުނު ނަމައޭ ހިތަށް އަރާ މިހާރު. އެކަމަކު ކުރާނެކަމެއްނެތް.” އަންޖަދު އިސްދަށަށް ޖަހައިލިއެވެ. އަންޖަދުގެ ވާހަކަތަކުން ޝަމީމްގެ ހިތް މަޑު ކަފަކޮޅަކަށްވެގެން ދިޔަ ކަހަލައެވެ. އޭރު އަރައިފައި ހުރި ރުޅިގަނޑުވެސް ފިނިވެގެން ދިޔައެވެ. “އަހަރެން ދެން ދަނީ….. އެކަމަކު ދިއުމުގެ ކުރިން އެއްވާހަކަ ބުނެލަން ބޭނުން. އަހަރެން ޝަމީމްއަށް އަނިޔާ ކުރި ދުވަހު ޝަމީމްގެ ފޯނު ގެންގޮސް ކަނޑަށް އެއްލައިލީ. އެނގިގެންވިޔަސް ނޭނގިގެންވިޔަސް އަހަންނަށް މިވަނީ ޝަމީމްގެ މުދަލަކަށް ގެއްލުން ދެވިފަ. އެކަމަށްޓަކައިވެސް އަހަރެން ޝަމީމްގެ ކިބައިން މަޢާފަށް އެދެން. ދެން ދަނީ.” އަންޖަދު އޭނާ ދައްކަން ބޭނުންވި ވާހަކަތައް ދެއްކުމަށްފަހު ރޫމުން ނުކުތެވެ. އަދި ފުލުހުންނާއެކީ ސްޓޭޝަންއަށް ދާން ހިނގައިގަތެވެ.
ނައިޒަކް އެނބުރި ހޮސްޕިޓަލަށް އައީވެސް ޢިޝާ ނަމާދުކޮށްގެންނެވެ. ރޫމަށް ވަދެ ގޮނޑީގައި އިށީންއިރު ނިދިފައި އޮތް ޝަމީމް ފެނުނެވެ. ނައިޒަކް އޭނާގެ ފޯނު ނަގައި އަސްމާއަށް ގުޅައިލިއެވެ. މަންމައާއި އެތައް އިރަކު ވާހަކަދައްކަން އިނުމަށްފަހު ނައިޒަކް ފޯނު ބޭއްވިއެވެ. މަންމައާއި ވާހަކަދައްކައިލެވުމުން ހިތަށް އެ ލިބޭ ހަމަޖެހުން ބަޔާންކުރުމަކީ ދަތި ކަމެކެވެ. ޝަމީމް ނުހޭލުމުން ނައިޒަކް ފޫހިވާންފެށިއެވެ. ފޯނު ނަގައި ގޭމް އަޅުވައިލެވުނީ ފޫހިފިލާނެކަމަށް ހިތައިއެވެ. ގޭމްގެ ލެވެލްތައް ނިންމަމުން ގޮސް އެންމެ ފަހުން ޖެހުނު ލެވެލް ނިންމުން ނައިޒަކްއަށްވީ އުނދަގޫކަމަކަށެވެ. ދުއިސައްތަ ފުއްޕާހަން ގޮއްވައިލަން ވާއިރު އިނީ ޖުމުލަ ތިރީސް މޫވްކޮޅެވެ. ފަންސާހަކަށް ފުއްޕާހަން ގޮއްވައިލެވޭއިރަށް މޫވްކޮޅު ހުސްވެއެވެ. އެގޮތަށް ކުޅެމުން ގޮސް އެންމެ ފަހުން ގޭމްގެ ލައިފް ކޮޅުވެސް ހުސްވިއެވެ. ނައިޒަކް އަށް ދެން ޖެހުނީ ގޭމް ނިއްވާލާށެވެ. ނައިޒަކް އެހެން އިނދެ ނިދިއަންނަން ފެށިއެވެ. ޝަމީމް އޮތް އެނދު ކައިރީ ހުރި ގޮނޑީގައި އިށީނދެ އެނދުގައި ނައިޒަކް ބޯ އަޅައިލިއެވެ. މާ ގިނައިރުތަކެއް ނުވެ ނައިޒަކްއަށް ނިދުނެވެ.
“ޝިމާޔާ. ދެން ތެދުވޭ.” މޫނުމަތީ ބާލީސް އަޅައިގެން އޮތް ޝިމާޔާގެ ކޮނޑުގައި ހިފައި ތަޅުވަމުން ރިޝާނާ ޝިމާޔާއަށް ގޮވަމުން ދިޔައެވެ. “އްމްމް. މަޑުކޮށްބަލަ. ދެން ކުޑަކޮށް ނިދާލާފަ ތެދުވާނަމޭ.” ކަންނެތްކަމާއިއެކު ދެލޯ ހުޅުވައިލަމުން ޝިމާޔާ އެހެން ބުނުމަށްފަހު އަނެއްކާވެސް ބާލީސް މޫނުމަތީގައި އެޅިއެވެ. ރިޝާނާ އަލަމާރިން ރީތި ހެދުމެއް ނެގުމަށްފަހު ސޯފާ މަތީގައި ބޭއްވިއެވެ. “ޝިމާޔާ ތެދުވެގެން ރީތިވެލައިގެން ސޯފާ މަތީގަ އެއޮތް ހެދުން ލާ އިނގޭ. އަހަރެން މި ދަނީ ސައި ހަދަން.” ރިޝާނާ އެހެން ބުނެ ކޮޓަރީގެ ބޮކި ނިއްވައިލުމަށްފަހު ކޮޓަރިން ނުކުތެވެ. ޝިމާޔާ އަނެއްފަރާތަށް އެނބުރެމުން ބާލީހުގައި ބައްދައިލަމުން އަނެއްކާވެސް ނިދޭތޯ ބެލިއެވެ.
“ކޮބާތަ ޝިމާޔާ؟” ޝިމާޔާ ނުނުކުންނާތީ ޒައިން އެހިއެވެ. “އޭނަ އަދި ނިދާލަން ބޭނުމޯ. އެހެންވެ ނުގޮވާ މިއައީ. ބޭބެ ޑިއުޓީއަށް ދާ ގަޑި ޖެހެނީ ދޯ.” ޒައިންގެ ގަމީސް އިސްތިރިކުރަން ހުރެ ރިޝާނާ އެހިއެވެ. “ނޫނޭ އަދިއެބައޮތް ފުދޭވަރަކަށް ވަގުތު. ތި އިސްތިރިކޮށްފަ އަލަމާރީގަ އަޅުވާފަ ބައިންދާ އިނގެ. ބޭބެގެ ފޯނު ވާނީ އެ ގެގަނޑުގައޭ އަދި. އަންނާނަން އެތަނަށް ގޮއްސަ.” ޒައިން އެހެން ބުނެ ގެއިން ނުކުންނަން ހިނގައިގަތެވެ. ޒައިންގެ ގަމީސް އިސްތިރިކޮށް ޒައިންގެ ކޮޓަރި އަލަމާރީގައި އެޅުވުމަށްފަހު ރިޝާނާ ތިރިއަށް ފޭބީ ދައްތަމެނާއިއެކީ ސައިހަދާށެވެ.
ނިދިފައި އޮތް ނައިޒަކްއަށް ހޭލެވުނީ އޭނާގެ ފޯނުގައި އިން ގޭމްގެ މިއުޒިކްގެ އަޑު އިވިފައެވެ. އެނދުން ބޯ ހިއްލައިލައި މޯޅިއަކަށްދެމިލުމަށްފަހު ގޮނޑީގައި ލެނގިލަމުން ނައިޒަކް އޭނާގެ ދެލޯ އުނގުޅައިލިއެވެ. ދެލޯ ކުޑަކޮށް ހިޅުވައި ބަލައިލިއިރު ޝަމީމް އޭނާގެ ފޯނުން ޓޫން ބްލާސްޓް ކުޅެނީއެވެ. “ޝައްމޫ. ދީބަލަ ފޯނު. އަހަރެން ގެއަށް ދާންވެއްޖެ.” ނައިޒަކްގެ އަޑަށް ޝަމީމް ގޭމް ނިވައިލުމަށްފަހު ނައިޒަކް އަތަށް ފޯނު ދިނެވެ. ނައިޒަކް އާރިޝްއަށް ގުޅުމަށް ފަހު އޭނާ ބަލައި ކާރުގައި އަންނަން ބުންޏެވެ. “ޝައްމޫ. އަހަރެން އަންނާނަން ގެއަށް ގޮސް ރީތިވެލައިގެން. އަނ ފޯނު ހިފައިގެން އޮވޭ. ކަމަކު ބޭނުންވެއްޖެއްޔާ ގުޅާތި ތިއްތިބެމެން މީހަކަށް.” ޝަމީމް އަތަށް ފޯނު ދެމުން ނައިޒަކް ބުންޏެވެ. “އޯކޭ. އަހަރެންނަށް ހޭލެވުނީ ފަތިސްވާން ގާތްވެފަ ހުއްޓާ. އޭރު ނައިކުގެ ފޯނު ނަގައިން ގޭމް ކުޅެން ފެށިގޮތަށް މިއޮތީ. ހެހެ..” ޝަމީމް މަޑު ހުނުމަކާއިއެކު ބުންޏެވެ. ނައިޒަކް ވެސް ކުޑަކޮށް ހިނިތުންވެލުމަށްފަހު ރޫމުން ނުކުތެވެ. ހޭވިފައި އޮތް އިސްތަށިގަނޑު ރަނގަޅުކޮށްލަމުން ނައިޒަކް ހިސްޕިޓަލުން ނުކުތެވެ. ނައިޒަކް ހޮސްޕިޓަލުން ނުކުތްތާ ދެތިން މިނެޓްތެރޭ އާރިޝް އައެވެ. ނައިޒަކް އަވަހަށް ގޮސް ކާރަށް އެރުމާއިއެކު ގެއަށް ދިއުމަށްޓަކައި އާރިޝް ކާރު ދުއްވައިލިއެވެ.
ޝިމާޔާ ތެދުވެ ފެންވަރައި ރީތިވެލައިގެން ނުކުމެ ސޯފާ މަތީގައި އޮތް ހެދުން ލިއެވެ. އެއީ ރިޝާނާގެ ހެދުމެއްކަމަކު އެ ހެދުން ޝިމާޔާއަށް ހަމަ ހެޔޮވަރެވެ. ކަކުލާއި ހަމައަށް އަންނަ ރަތްކުލައިގެ އަތްދިގު ޓީޝާޓު ޝިމާޔާ އާއި ވަރަށް ގުޅެއެވެ. އަދި ތިރިން ހުދުކުލައިގެ ސްކިނީ ލައިފައި ހުރުމުން އިތުރަށް ފުރިހަމަ ކަމަށް ދައްކައެވެ. ޝިމާޔާ ތެތް ވެފައި އޮތް އިސްތަށިގަނޑު ހިއްކައިލުމަށްފަހު އިސްތަށިގަނޑަށް ރީތިގޮތެއް ހަދައިލިއެވެ. ތުންފަތުގައި ލިޕްބާމް ކޮޅެއް ހައިކައިލުމަށްފަހު ޝިމާޔާ ކޮޓަރިން ނުކުތެވެ. އޭރު އަސްމާ ކޮޓަރިއަށްދާންވެގެން ސިޑިއަށް އަރަނީއެވެ. “ޝިމާޔާ. ދާންވީނު ސައިބޯން.” ސިޑިން ފައިބަމުން ދިޔަ ޝިމާޔާ ފެނި އަސްމާ ބުންޏެވެ. ޝިމާޔާ ހިނިތުންވެލުމަށްފަހު ސިޑިން ފައިބައި ޖެހިގެން އިން ކާކޮޓަރިއަށްވަނެވެ. އޭރު އާރިޝް އިނީ ސައިބޯށެވެ. ޝިމާޔާ ވެސް ތައްޓެއް ނަގައިގެން އައިސް ސައިބޯން ފެށިއެވެ. “އާރިޝް. ހިނގާބަލަ އަހަރެން ހޮސްޕިޓަލަށް ގެންގޮސްދޭން.” ޝިމާޔާއަށް އެކަނި ދާން ނުކެރޭތީ އާރިޝް ގާތުގައި ބުންޏެވެ. “ހްމްމް. ޒެކް ވެސް ގޮވައިގެން ދާނީ. ރޭގަ އޭނަ ހޮސްޕިޓަލުގަ އަވަހާރަފުޅު ލެއްޕެވި ދުވަހެއް.” ސަމާސާ ރާގެއްގައި އާރިޝް ބުންޏެވެ. އެއާއިއެކު ޝިމާޔާ ހޭންފެށިއެވެ. ދެ ޒުވާނުން ވެސް ވާހަކައިގައި ތިބެ ސައިބޮމުން ދިޔައެވެ.
ސިޓިންގްރޫމު ސޯފާގައި ޝިމާޔާމެން މަޑުކޮށްގެން ތިބީ ނައިޒަކް ސައިބޮއެ ނިމެންދެނެވެ. ސިޓިންގްރޫމުގައި ތިބިއިރުވެސް ދެމީހުންގެ ވާހަކަ ހުހެއްނުވެއެވެ. ދޭތެރެއަކުން އާރިޝް ކޮށްލާ ސަމަސާއިން ޝިމާޔާ އަށް ހެވެއެވެ. އަދި ޝިމާޔާ އާއި ގުޅުވައިގެން ސަމާސާކޮށްލާ ކޮންމެ ފަހަރަކު ޝިމާޔާ ލަދުން އިސްޖަަހައިލައެވެ. ދެ ޒުވާނުން އެގޮތުގައި ވާހަކަދައްކަން ތިއްބައި ނައިޒަކް ކާކޮޓަރިން ނުކުތެވެ. ތިން މީހުންވެސް ގެއިން ނުކުތީ ޝަމީމް ކައިރިއަށް ހޮސްޕިޓަލަށް ދިޔުމަށެވެ.
“ޒައިންގެ ފޯނަށް ކުރީ ދުވަހު ވަރަށް ގިނައިން ގުޅިން. ބޮޑުމީހާވެސް ކުޑަކޮށް ހިތްހަމަނުޖެހިފަ ހުރީ އޮފީހަށް އެދުވަހު ނައިސް އަނެއްކާ ފޯނު ވެސް ނުނެގީމަ. އަސްލު ކިހިނެތްތަވީ؟” ޓީވީ މޯލްޑިވްސް އިމާރާތް ކައިރީ ހުރި ކެފޭއެއްގައި ކޮފީ ބޯން ޒައިންއާއި އޭނާގެ އެކުވެރިއެެއްކަމަށްވާ ޖިއާން ތިއްބެވެ. ޖިއާން ސުވާލުކުރުމުން އެދުވަހު ކަންތައް ވީގޮތް ޒައިން ޖިއާނަށް ކިޔައިދިނެވެ. “ލާއިލާހައިއްލައްﷲ. ދެން ޒައިންއަށް އެއްވެސް ގޮތެއް ހެދިތަ އޭގެން މީހަކު؟” ޖިއާން ސުވާލުކުރިއިރު އެ އަޑުގައި ކަންބޮޑުވުން އެކުލެވިފައިވިއެވެ. “ހެހެ.. ނޫނޭ. އިރާދަކުރެއްވިއްޔާ އަހަންނަކަށް އެއްވެސް ގޮތެއް ނުވޭ. މަގޭ ފޯނަށް ވާނެގޮތެއްވެފަ މިއޮތީ.” ޒައިން އެހެން ބުނެ އޭނާގެ ފޯނުގެ ސްކްރީނުގައި ފިރުމައިލިއެވެ. ސްކްރީނުގެ މަތިން ކަނާތްފަރާތުން ވަނީ ތަޅައިގެން ގޮސްފައެވެ. ކުރަންޖެހޭ މަސައްކަތްތައް ހުރުމުން ދެ ޒުވާނުން ވެސް އަވަހަށް ކޮފީ ބޮއެ ނިންމައި ބިލު ދެއްކުމަށްފަހު އޮފީހާއި ދިމާލަށް ދާން ހިނގައިގަތެވެ.
ނައިޒަކްމެނަށް ހޮސްޕިޓަލަށް ވަދެވުނު ވަގުތަކީ ޑޮކްޓަރު ޝަމީމް ބާއްވައިފައި އޮތް ރޫމަށް ވަތް ވަގުތެވެ. ނައިޒަކްމެންވެސް އެތާ މަޑުކުރަން ނުހަދައި ޝަމީމް ބާއްވައިފައި އޮތް ރޫމަށް ވަނެވެ. “ޑޮކްޓަރ. ވަޓް ހެޕެންޑް؟” ޑޮކްޓަރު ކައިރިއަށް ގޮސް ޝިމާޔާ އެހިއެވެ. “މެންދުރުގެ ވަގުތެއްގަ ޕޭޝަންޓްގެ އޮޕަރޭޝަން ފަށާނަން. އިރާދަކުރެއްވިއްޔާ އޮޕަރޭޝަން ކާމިޔާބުވާނެ. ކުޑަކުޑަ އޮޕަރޭޝަނެއްކަމުން އަޅުގަނޑަށް ހަމަ ބޮޑަށް ހީވަނީ ޕޭޝަންޓްގެ އޮޕަރޭޝަން ކާމިޔާބުވާނެހެން.” ވާހަކަދައްކަމުން ދިޔަ ޑޮކްޓަރުގެ ތުންފަތުގައި ނުފިލާ ހިނިތުންވުމެއް ވިއެވެ. ޑޮކްޓަރުގެ ފަރާތުން އެ އިވުނު އުންމީދީ ވާހަކަތަކުން ޝިމާޔާއަށް ހުރިހާ ދަތެއް ފެންނަވަރަށް ހީލެވުނެވެ. ޑޮކްޓަރު ރޫމުން ނުކުތުމުން ޝިމާޔާ ޝަމީމް ކައިރީ އެނދުގައި އިށީންދެލިއެވެ. އަދި ޝަމީމްގެ މޭމަތީގައި ބޯ އަޅައިލިއެވެ. “ދޮންބޭ. އިންޝާﷲ ޔޫ ވިލް ބީ ފައިން.” ޝިމާޔާ އެ އޮތްގޮތަށް އޮވެ ބުންޏެވެ. ޝަމީމް މަޑުމަޑުން ޝިމާޔާގެ ބޮލުގައި ފިރުމައިލިއެވެ.
މެންދުރުގެ ވަގުތެވެ. ހޮސްޕިޓަލުގައި ހުރި އޮޕަރޭޝަން ތިއޭޓަރ އަށް ޝަމީމް ބަދަލުކުރެވުނެވެ. އެތާ ބަހައްޓައިފައި ހުރި އެކި ޒާތްޒާތުގެ ތޫނު އެއްޗެހި ފެނި ޝަމީމްގެ ހެއަށް ގޮތެެއްނުވީ ކިރިޔާއެވެ. ނޭނގޭ ބާރުމިނެއްގައި ހިތް ތެޅެން ފަށައިފިއެވެ. އެންމެ ފުރަތަމަވެސް ޝަމީމް ހޭނައްތައިލުމުގެ ގޮތުން އިންޖެކްޝަނެއް ޖެހިއެވެ. އެއާއިއެކު ޝަމީމްގެ ޚަބަރު ހުސްވިއެވެ. މީ ކުޑަކުޑަ އޮޕަރޭޝަނެއްކަމުން އަސްލު ޙަޤީޤަތުގައި ޝަމީމް ހޭނައްތާކަށްވެސް ނުޖެހޭނެއެވެ. އެކަމަކު ޝަމީމް ބޮރުގަނެފައިވާލެއް ބޮޑުކަމުން އެކަން ކުރަން މަޖުބޫރުވީއެވެ. އެތާ ތިބި ޑޮކްޓަރުންނާއި ނަރުހުންތައް ލަސްކުރުމެއްނެތި އޮޕަރޭޝަންގެ މަސައްކަތް ފެށިއެވެ.
އޮޕަރޭޝަން ތިއޭޓަރ ދޮރުމަތީ ތިބި ނައިޒަކްމެނަށް އިންތިޒާރުކުރެވެމުން ދިޔައީ ޑޮކްޓަރުން ނުކުންނާނެ އިރަކަށެވެ. ޑޮކްޓަރު ދިން އުންމީދާއިއެކުވެސް ޝަމީމް އޮޕަރޭޝަން ތިއޭޓަރަށް ވެއްދުމުން އެމީހުންގެ ހިތުގައި ޝައްކު އުފެދުނެވެ. ދޮރުކައިރީ މަޑުކޮށްގެން ތިބި ނައިޒަކްމެންގެ ސިކުނޑިތެރޭ އެނބުރެމުން ދިޔައީ ހަމަ އެންމެ ސުވާލެކެވެ. ޝަމީމްގެ މި އޮޕަރޭޝަން ކާމިޔާބުވާނެބާއެވެ؟
– ނުނިމޭ –
25 Comments!
Comments are closed.
Nice
Thank you so much Faiherr
Salaam all readers. Here is the twenty sixth episode of this story. Unmeedhukuran hurihaa kiyuntherinnau es kamudhaanekamau. Well, what do you guys think about the operation? So let’s wait for the next episode dhw. Insha Allah next episode will be uploaded on Wednesday I guess. Everyone stay safe at home, enjoy reading and leave a comment. Love you all❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
❤❤❤❤❤❤❤❤❤
Awwwwn what a beautiful comment Eeeloooooooo dear. Thank you so much ❤️❤️❤️❤️❤️❤️❤️❤️
wow..varah ryhti mi part vx..ur the best. whn next? waiting
Thank you so much Mallu. Aww next part Insha Allah soon.
On this special day❣let me wish you?lots of happiness?and love?❤I wish you an amazing life♥Happy birthday day dhonthy??????? ?❤❣
♡HAPPY BIRTHDAY DHONTHY♡
Awlhey thank you a hundred times. Vvvv ufaavejje. I think this is the best surprise I got. Once again thank you so so so so much dear ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️????
Most welcome dhonthy??….. vaahaka vx vvvvvvvvvvvvvvvvvvv reeethi ????hurihaa baeh vx comment nukurevunas. Enme fav vaahaka thakuge thereyn eh vaahaka mee❤❤❤❤❤❤❤❤❤❤❤❤…. and i miss you soooo much dhonthy??…. on vaane dhuvahakah waiting ga mihuree❤???… #stay safe…. love u????
Awwww what a beautiful comment. Bunaane echcheh es neyngifa mihunnanee. Hehe. Maii. Let’s say next month ga I think online veveyne kanneynge. Miss you more dear. You too stay safe at home. Vvvvvv bodah thank you maii. ❤️❤️❤️❤️❤️❤️❤️??????❤️❤️❤️❤️❤️???
On this special day❣let me wish you?lots of happiness?and love?❤I wish you an amazing life♥Happy birthday day dhonthy??????? ?❤❣
♡HAPPY BIRTHDAY DHONTHY♡
hellow dhonthy..Happy birthday sisooo..And mi part hama obi nge..can’t wait to read the next part..ur the best..miss u..stay home, be safe sis..Ow yh and wash ur hands nge..have fun. today is ur day.lve ya
Yes dear I had a lot of fun yesterday. Yesterday was the day that brought a beautiful smile to my face. Alhamdhulillah. And thank you so much Mal. Awww vvv ufaavejje. You too stay safe at home. Love you too Mal
Alheyyy dhnthsss appi birthday ingey…. ❤❤❣ kuryge part thakah comment nukurevunas i read it.?❤ when next… hama hurihaa baeh ves vv furihama ❤??❣❤
Dhenme comment mi fenunee es hurihaakudhinge. Anyways vvvvv bodah thank you shaakko. Next part Insha Allah soon. Awww once again thank you so much
Wow Vara salhi ?
Thank you lihaa ?
Omg i forget????……im really sorry?…..vrh late vehjje dhw wish kohllan vx….but i wish you a very happy birth day ingey dhonthy….once again sorry….be safe…miss u…lysm
Ow dear that’s not a problem. No need to say sorry dear. It’s fine. Anyways vvvvv v bodau thank you Kairaa. Dhuvasthakakaufahu Kairaage comment eiy Fenuneema vvvv ufaavejje. You too stay safe at home. Miss you dear and love you too❤️❤️❤️❤️❤️❤️❤️❤️ Once again thanks a lot dear. It means a lot for me ❤️❤️??????
Awwwn???sis aslu vx varah miss sis mathin….keehve thr aslu mihaaru nuvannanee hang outs ah….
Awlhey dear dheraveetha?? Vvv bodah sorry ehenvejjaa. Hangouts ah nuvannaneekee noon. Nuvadhevenee. Thiveegothun dhn online vaan jeheynee. Next month ga iraadhakurevviyyaa online veveythw balaanu. Now smile. ??❤️❤️❤️❤️??????❤️❤️❤️?????
Ok….??????mihaarun feshigen mi wait kurany dhonthy ol vaane dhuvahakah…..????????
Haadha childish ey dho meega ulhey firihen kudhin… Btw reethi mi ep vess..
Ow. keekkuraanee dhw shammunenau ulhen dhasvefa oiy goiy eiy. ??? Haha. Anyways thank you so much King Sindbad