Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ިހިތް ކަލާޔަށް އެދޭތީ…2

Cherrychoppers Level 3100 Login10 Stories100 Comments
April 15, 2020 2 Mins Read
14 Comments

ކުރިމަތީގައި ހުރި މީހާ ފެނުމާއިއެކީ އޭނާގެ ބަޑި ފަޅައިގެން ދިޔަފަދައެވެ.

އޭރު ރަފީގާ ވެސް ހުރީ ފެންކަޅިވެފައެވެ. ޒުވާން ދަރިފުޅު ތަހައްމަލް

ކުރަމުންދާ ހިތާމައިގައި ބައިވެރިވަމުން ދިޔަޔަސް މިއަދު އެ ދަރިފުޅަށް

ޓަކައި ކަމެއްކޮށްދިނުމަށް ހުދު އޭނާވެސްވަނީ ނުކުޅެދިފައެވެ.

ގެއްލެމުން ދިޔަ ހިޔާލުތަކުން އޭނައަށް ނިކުމެވުނީ ކުއްލިއަކަށް

ޒާއިޝް އޭނާގެ މެދުހަށީގައި އޮޅުލައިގަތުމުންނެވެ. އެނދުމަތީގައި

ތުއްތު ޒުކާ މައުސޫމްކަމާއި އެކު ނިދާލާފައި އޮތްގޮތުން އެކުއްޖާގެ

ހަޔާތައް ވެރިވެގަތް ކަޅު ވިލާގަނޑުގެ ހިލަމެއްވެސް ނުވާފަދައެވެ.

އަރުތެރެ ބެދެމުންދިޔަ ނަމަވެސް ހިއްވަރުކޮށްފައި ރަފީގާ ޒާއިޝްގެ

ބޮލުގައި ފިރުމާލިއެވެ. “ޒާއިޝް…ކޮންމެ ކަމެއްވެސް އެންމެ ރަނގަޅަކަށް

މަންމައަށް އިނގޭ ދަރިފުޅު ދެރަވާނެވަރު ނަމަވެސް މިއީ ހިތްވަރު އެލުވާލަންވި

ވަގުތެއްނޫން މިކަމުގައި ދަރިފުޅުގެ ކުށެއްނެތް ޒުމްރާގެ މަރަކީ ދަރިފުޅުގެ

އިހުމާލުންވީ ކަމެއް ނޫން މިވަގުތު ދަރިފުުޅު އެންމެ އިސްކަމެއް ދޭން ޖެހޭނެ

ފަރާތަކީ ޒުކާ… މިއަދަށްފަހު ޒުކާގެ މަންމައެއްގެ ޒިންމާ އާއި ބައްޕައެއްގެ

ޒިންމާވެސް އަދާކުރަންޖެހޭނެ ފަރާތަކީ ދަރިފުޅު” ޒާއިޝް މަޑުމަޑުން ބޯޖަހާލީ

މަންމަ އާއި އެއްބަސްވުމުގެ ގޮތުންނެވެ. ދެއަތުން  މޫނު ފުހެލުމަށްފަހު

އެނދުގައި އޮށޯވެލީ ކުޑަނަމަވެސް ހަމަޖެހުމެއް ލިބޭތޯއެވެ. ރަފީގާވެސް

ކުޑައިރުކޮޅަކު އެތާ ހުރުމަށްފަހު ކޮޓަރިން ބޭރަށް ދިޔައީ ޒާއިޝްއަށް

އެކަނިވެލާނެ ފުރުސަތެއް ދެމުންނެވެ.

********************************************

ފަތިހުގެ ހިތްގައިމު ވަގުތެވެ. ރަށުތެރޭގައި މަދުމަދުން ނަމަވެސް މީހުން

ހޭލަމޭލަވެ އުޅޭތަން ފެނެއެވެ. ކާޅާއި ކޮވެލީގެ އަޑުން މުޅި ފަޒާ އޮތީ

ފަޅުފިލުވާފައެވެ. އަރަމުން އައި އިރުގެ ރަން ދޯދިތައް އަތިރިމަތީގައި

އިން އަންހެންކުއްޖާގެ މޫނަށް އެޅުމާއި އެކު އޭނާ ދެލޯ ހަނިކޮށް

ލާފިއެވެ. އޭނާގެ ދޮން މޫނަށް އިރުގެ އަލިއެޅިފައިވުމުން މާރިތިކަމަށް

ދައްކައެވެ. ލޯކައިރީ ރަތްވެފައި ހުރިއިރު ނޭފަތުގައިވެސް ހުރީ

މަޑުރަތްކުލައެކެވެ. ތުންފަތުގައި މަޑުތުރުތުރު ލުމެއް އުފެދުމުން

ދިޔުމާއެކު އަވަސް އަވަހަށް ތުންފަތުގައި ދަތްއަޅާ ބާރުކޮށް

ލައިފިއެވެ. އޭނާގެ ކޯތާފަތުގައިވެސް ކަރުނައިގެ ނިޝާން

ފެންނަން ހުރިއިރު އެސްފިޔަތަކުގައި ވެސް ތެތްކަމެއް

ވިއެވެ. “އިވީ” ފަހަތުން އަންހެން ކުއްޖެއްގެ އަޑު އިވުމާއި

އެކު އިވްރާ އޭނާ ލިޔަމުން ގެންދިޔަ ފޮތް އަވަހަށް

ލައްޕާލިއެވެ. ހީވާގޮތުން އެއީ އޭނާގެ ޑައިރީއެވެ. ކޯތާފަތް

ފުހެލަމުން އޭނާ ފުންކޮށް ދެތިން ނޭވާލިއެވެ. “ނަވް.. އަހަރެން

ދިޔަޔަސް މަންމަމެންގެ ހާލު ބަލައްޗޭ” އިވްރާ ފެންކަޅިވެފައި

ވި ދެލޮލުން ނަވާއަށް ބަލައިލުމަށްފަހު ބުނެލިއެވެ. ލޮލުގައިހުރި ކަރުނަ

ތައް ހިންދާލަމުން ނަވާ ކަރުކެހިލިއެވެ. އެއަށް ފަހުން ހިނިތުންވުމެއް

ތުންފަތައް ވެރިކުރުމަށްފަހު ބޯޖަހާލީ އެކަމާ އެއްބަސްވުމުގެ ގޮތުންނެވެ.

“ފުރަންދާ ގަޑި ޖެހެނީ ހިނގާ ދަމާ” ނަވާ އައި ކޮޅަށް ހިނގައި ގަންނަމުން

ބުނެލިއެވެ. އިވްރާވެސް ނަވާގެ ފަހަތުން ހިނގައިގަތެވެ. އެހެނަސް ކުރިޔާ ހިލާފަށް

އެދެމެދުގައި ވަނީ ހިމޭންކަމެވެ. ވާނިވެސް އެހެން ނޫންހެއްޔެވެ. 20 އަހަރު ދުވަސް

ވަންދެން އެކުގައި އުޅުނު ރަހްމަަތްތެރިޔާ އާއި ވަކިވާން ޖެހުމުން ދެމީހުންގެ ހިތަށް

ވެސްވަނީ ބުނެދޭން ނޭންގޭ ކަހަލަ ނުތަނަވަސްކަމެއް ވެރި ވެފައެވެ.

(ނުނިމޭ)

Share Article

Follow Me Written By

Cherrychoppers

Level 3100 Login10 Stories100 Comments

Other Articles

Previous

ކަޅު ހިޔަނި 2

Next

ނާމާން އަދިރި ހިޔަނި 1

Next
April 15, 2020

ނާމާން އަދިރި ހިޔަނި 1

Previews
April 15, 2020

ކަޅު ހިޔަނި 2

14 Comments!

  1. Fathun says:
    April 15, 2020 at 11:11 pm

    Maashaa Allah ? it’s amazing curiously waiting for next part?

    1. Cherrychoppers says:
      April 16, 2020 at 3:02 pm

      Thank you Fathun❤️

  2. Cherrychoppers says:
    April 15, 2020 at 11:53 pm

    Ahsalaam alaikum..here is the second part of my story..i hope everyone likes this part too..mistake eh hurihyaa faahagakohdhii bunedhinumakii alhugadah libeyne kurierumeh..hope readers ge full support alhugadah libeyne kamah?❤️

  3. Athu says:
    April 15, 2020 at 11:55 pm

    Yeysh i love this part too♥️✨
    Can’t wait to read 3rd part?

    1. Cherrychoppers says:
      April 16, 2020 at 3:03 pm

      Alhey thnanks Athu❤️

  4. Shamla says:
    April 16, 2020 at 12:38 am

    Varah reethi☺when is next part?….

    1. Cherrychoppers says:
      April 16, 2020 at 3:04 pm

      Thank you Shamla❤️…in shaa allah varah avahah

  5. Khadheeja says:
    April 16, 2020 at 12:49 am

    Mee first thaa . Awwwn story varah reethi maashaa allah keep it up sissiii ???

    1. Cherrychoppers says:
      April 16, 2020 at 3:05 pm

      yess..❤️…Thnks Khadheeja

  6. Athu says:
    April 16, 2020 at 5:43 am

    Wow maashaa allah varah reethi?♥️

    1. Cherrychoppers says:
      April 16, 2020 at 3:05 pm

      Awwn ❤️

  7. Unknown says:
    June 11, 2020 at 8:58 pm

    Maasha Allah ❤️❤️❤️ vrh reethi story eh

  8. ? ? queen ? ? says:
    June 13, 2020 at 8:18 am

    Masha allah varah reethi mi part ves

  9. Shahaama says:
    June 28, 2020 at 4:55 pm

    This story is amazing

Comments are closed.


All Right Reserved!