
ހިތުގެ ކޮންމެ ވިންދެއްގައި – 11 –
ނަމަވެސް ކޮޓަރިން ނުކުމެ ކާބަޔަށްދާން މިސްރާބުޖެހި ޔުނާންގެ ފިޔަވަޅުތަށް ގަނޑުވީ އިވުނު އަޑަކުންނެވެ. އެވަގުތު އޭނާގެ ދެލޯ ބޮޑުވިއެވެ. އިރުކޮޅަކު އެހެން ގަނޑުވެފައި ހުރެފައި ކުއްލިއަކަށް އެދެލޮލުންފެނުނު ރުޅިވެރިކަމާއި ކަތުރުކަށިގަނޑަށް ބާރުވެގެންދިޔައިރު އަތް މުއްކަވާލިއިރު އެންމެ ތަނަކަށް އެ ނަޒަރުހުއްޓުނުއިރު އޭނާ ހުރީ ހަމައިންނައްޓާލާފައެވެ. އެދިޔަ ބާރުމިނުގައި ގޮސް އޭނާއަށް ފުރަގަސްދީގެންހުރި ޒޯހަންގެ އަތުގައި އޮތް ފޯނުނަގާ ބިމަށް ޖަހާލިއިރަށް އެތިކޮޅުތަކަށް ވެގެން އެ ފޯނު ހަލާކުވެއްޖެއެވެ.
“ކީކޭ އިޑިޔަޓް..އަދި އެއްފަހަރު ބުނެބަލަ ތި ބުނި ޖުމުލަ…” ޒޯހަން ލައިގެންހުރި ގަމީހުގެ ގިރުއާނުގައި ހިފަހައްޓާލަމުން ޔުނާން އަހާލިއިރު އެ ދެލޮލުން ފެނުނީ އަލިފާން ރުޅިއެވެ. އޭނާ ހުރީ ކިރިޔަ ކިރިޔާ ހަމައިން ނުނެއްޓިއެވެ.
“އެހެ….” ޒޯހަން މަލާތުގެ ހިނިގަނޑެއް ޖަހާލުމުން އެކަންވީ ޔުނާންގެ އަލިފާން ރުޅިއަށް ޕެޓްރޯލު އެޅިފަދަ ކަމަކަށެވެ.
“ނުޖެހޭދޯ މީހުން ލައްވާ އެހެން ހަދާކަށް..މިޝެލިންއަށް ހާދަ އަނިޔާއެއް ވިއޭ…ޝީ ކާންޓް އިވެން ބްރީތް އޮން ހާރ އޯން..ހުސް މެޝިންތަކުގެ އެހީގައި އޭނަ ނޭވާވެސް ލަނީ..” ދެލޯ ތެމުނު ނަމަވެސް އެ ރުޅިވެރިކަން އެދެލޮލުން އެންމެ ތަންފުކެއްވެސް ފިލާނުދެއެވެ.
“ވެންޓިލޭޓަރު ކަނޑާލީމަ އެހިސާބުން އެ ނިމުނީއެއްނު..ކީއްކުރަން ޔަގީންކަމެއް ނެތި………..” ޒޯހަން ބުނަން އުޅުނު ޖުމުލަ ފުރިހަމަ ނުވަނިސް ޒޯހަންގެ މޫނުމައްޗަށް އެރީ ޔުނާން އަތުގެ ހޫނު އަމަލާއެކެވެ. އެއާ އެކު ދެން ދެމީހުންވެސް ތަޅާފޮޅަންފެށިއެވެ. ޔުނާން މާ ވަރުގަދަ ވެފައި ރުޅިއައިސްފައި ހުރުމުގެ ސަބަބުން އޭނާއަށް ޒޯހަން ބަލިކޮށްލަން ވަގުތުކޮޅެއްވެސް ނުނެގިއެވެ. ފަހަރަކަށްވުރެ ފަހަރެއް އޭނާ ދިޔައީ ޒޯހަންގެ މޫނުމަތީގައި ބާރަށް ޖަހަމުންނެވެ. އޭރު ޒޯހަންގެ ނޭފަތުންނާއި އަނގައިން ލޭތަށް ފައިބަ ފައިބާ ހުއްޓެވެ.
“މަގޭ ދަރި..ޔުނާން..އާދޭސް ކޮއްފަ މި ބުނަނީ ޒޯހަން ދޫކޮށްލާ…” ގޭގައި މަސައްކަތްކުރާ ނޯކަރަކު އައިސް ވަރަށް ހާސްވެފައި ޔުނާންއާ ޒޯހަން އާ ދޭތެރޭ އެބަ ހޫނު ހަނގުރާމައެއް ކުރެވެމުންދާ ވާހަކަ ބުނުމުން ޒީހާ ދުވެފައިކަހަލަ ގޮތަކަށް އައި އިރު ފެނުނު މަންޒަރަކުން ޒީހާއަށް ބުނެލެވުނެވެ.
“ޔުނާން..އާދޭސްކޮއްފަ މިބުނީ..ޒޯހަންއަށް ތިހެން ނަހަދާ..އެ ކުއްޖާގެ ފުރާނަގޮސްދާނެ…ތީ އަހަރެންގެ ފިރިމީހާގެ ހުރި ހުރިހާވެސް ހަނދާނަކީ..ޔުނާން…” ޒީހާ އެހެން ބުނިއިރު އެ އަޑުގައިވި ތުރުތުރު ލުމުގެ އަސަރުގެ ސަބަބުން ޔުނާންގެ ހަރަކާތްތައް ހުއްޓުމަކަށް އައެވެ. އޭނާ ޒީހާއާ ދިމާލަށް ބަލާލިއެވެ. ޒީހާ ދެލޮލުން ހިފެހެއްޓުމެއްނެތި ފައިބަމުންދިޔަ ކަރުނަތަކާއި މޭގައި ފިރުމާލި ގޮތާއި ދެތުންފަތް ފޫއަޅުވާލާފައި ނިކުތް ގިސްލުމުގެ އަޑާއި އެ ދެލޯ މިޔަދު ޔުނާންއަށް ވާހަކަތަކެއް ބުނެދިންފަދައެވެ. އެވަގުތު ޔުނާންގެ ހިތް ތެޅިލައިގެންދިޔައީ ކީއްވެކަމެއް ހުދު އޭނައަކަށްވެސް ނޭނގެއެވެ. ޒޯހަންއާ ހަތަރުކަޅި ހަމަކުރުމެއްވެސް ނެތި އޭނާ ގައިން ދޫކޮށްލުމަށްފަހު ގޭން ނުކުމެގެން ދިޔައެވެ.
( މީގެ ވިހިވަރަކަށް މިނެޓު ކުރި..)
ބަނޑުފައިވެގެން ކާބަޔަށްދާން މިސްރާބުޖެހި ޔުނާން ގަނޑުވީ އިވުނު އަޑެއްގެ ސަބަބުންނެވެ.
“އެހެ..އަހަރެން ކަލޭއަށް މިރޭ ދޭނަން ދިހަ ހާސްރުފިޔާ..އެނގެއޭ އެކަންތައް ކޮށް ނިމިއްޖެކަން..އަހަރެން ބުނި އެއްޗިހި ކަލޭ ފައިއްޓެ ކައިރީ ކިން ދޯ..އާން ރަނގަޅު..އެ ޔުނާން މިޝެލިން އެކްސިޑެންޓް ވެގެން ކޯމާއަށް ދިޔައީމާ ވަރެއްވެފަ ހުރީ…އެހެ..ފިނޑިއެކޭ އެއީ..މިޝެލިން އަހަރެންގެ މިލްކަކަށް ނުވަންޏާ އެ ޔުނާންގެ މީހަކަށްވެސް ނުވެވޭނެ..އޭނާއަށް ޖެހޭނީ މަރުވާން…އެ ޔުނާން ރޯތަން ފެނުނީމަ މިޔަދު އަހަރެންގެ ހިތަށް ހާދަ ހަމަޖެހުމެއްލިބުނޭ…އެހެ..” ޔުނާންއާ ފުރަގަސްދީގެންހުރި ޒޯހަން ބުނަމުންދިޔަ އެއްޗެހި ޔުނާންއަށް ނަގައިގަނެވުމާއެކު އައި ރުޅީގައި ޔުނާން ގޮސް ޒޯހަންގެ އަތުގައި އޮތް ފޯނު ނަގާ ބިމައްޖަހާލިއެވެ.
***
ކާރަށް އަރާފައި ބަންލާފައި ދޮރުޖަހާލިއިރު ޔުނާންގެ ދެލޮލުން ރުޅިވެރިކަމުގެ އަސަރު ފެންނާކަށްނެތެވެ. އޭގެ ބަދަލު އެ ދެލޮލުން ފެނުނީ ވޭނަކަށް ކެއްނުކުރެވިގެން އުޅޭފަދަ އަސަރެކެވެ. ޔުނާންއަށް އޭނާ ޒީހާއާއި ދޭތެރޭގައި ކަންތައް ކުރެވުނު ގޮތް ހިތަށް އެރަމުންދިޔައެވެ. ކޮންމެ ދުވަހަކު ޒީހާގެ ހިތުގައިޖެއްސުނު ވަރު ހަނދާންވިއެވެ. އޭނާ ދެކޭގޮތުގައި ޒީހާ ޔާއިން އާއި އިނދެގެން އެ އުޅެނީ ޔާއިންގެ މުދަލުގެ ދަހިވެތިކަމުގައެވެ. ނަމަވެސް މިޔަދު ޔުނާންއަށް އެނގުނީ އެންމެ އެއްޗެކެވެ. އޭނާ ހީކުރި ހީކުރުން އެއީ އަވާމެންދުރަކަށްވެ ނިމިއްޖެއެވެ. ކުރެވުނީ ކުންހީއެކެވެ. ޒީހާގެ ދެލޯ މިޔަދު ޔުނާންއަށް ބައިވަރު އެއްޗެހި ކިޔާދީފިއެވެ. އެ ދެލޮލުން ޔުނާންއަށް ފެނުނީ ވޭނެކެވެ.
“އާހް!!!….” އަޑުގެ ކޮޅަށް ހަޅޭއްލަވައިގަންނަމުން ކާރުގެ ހުންގާނުގައި އަތުހުރި ބާރެއްލާފައި ޖެހިއެވެ. ނަމަވެސް ހަމަޖެހިލަން މަސައްކަތް ކުރަމުން ކާރު ދުއްވާލީ މިޝެލިންއާއި ބައްދަލުކުރަން ބޭނުންވުމުންނެވެ. ތަންކޮޅެއް ބާރު ދުވެއްޔެއްގައި ދުއްވާލީ ސިކުނޑީގައި ދައުރުވަމުންދިޔަ ޙިޔާލު އެއްފަރާތް ކޮއްލާފައި މުޅި މަގަށް ނަޒަރުހުސްކޮށްލަމުންނެވެ. ނަމަވެސް ޔުނާންއަށް ބުރަކިޖައްސާލެވުނީ ކުއްލިއަކަށް ކުރިމައްޗަށް އެރި އަންހެން މީހާ ފެނިފައެވެ. އަވަސް އަވަހަށް ކާރުން ފައިބައިގެން ގޮސް އެ އަންހެން މީހާގެ އަތުގައި ހިފަހައްޓާލަމުން ރަނގަޅުތޯ އަހާލިއެވެ. އެ އަންހެން މީހާ ޔުނާންއާ ދިމާލަށް މޫނު އަނބުރާލަމުން ބޯ ޖަހާލިއެވެ. ޔުނާން ހުރީ ޝޮކެއްޖެހިފައިވާ މީހެއްފަދައިންނެވެ. އެއީ ކުރީ ދުވަހު އެއަރޕޯޓުން އައި އިރު އޭނާ ގައިގައި ލައިގަތް އަންހެންމީހާއެވެ. އެމީހާގެ މޫނު އެއްފަޅި ހަމަ އިހު ހުރިގޮތަށް އަނދާފައި ހުރުމުން ޔުނާންއަށް އެ އަންހެންމީހާ ދެނެގަންނަން ފަސޭހަވިއެވެ.
“ދަރިފުޅާ..ދައްތަ ބްލޫމްސް ހޮސްޕިޓަލަށް ގެންގޮސްދެވޭނެތަ؟…” ވަރަށް ހާސްވެފައިވާ ފަދަ ގޮތަކަށް އެ އަންހެން މީހާ ބުނުމުން ޔުނާންވެސް އެއްބަސްވީ އޭނާވެސް ދާން އުޅޭ މިސްރާބަކީ އެ އެއީކަމަށް ވުމުންނެވެ. އެ އަންހެންމީހާ ދަރިފުޅާއޭ ބުނުމުންވެސް ޔުނާންއަށް ކުރެވުނީ ތަފާތު އިޙުސާސެކެވެ. ކާރުގެ ކުރީ ސީޓަށް އެ އަންހެންމީހާ އެރުވުމަށްފަހު ޔުނާންގޮސް ޑްރައިވަރު ސީޓަށް އަރައި ހަމަޖެހިލަމުން ބްލޫމްސް ހޮސްޕިޓަލަށް ދިޔުމަށް މިސްރާބުޖެހިއެވެ.
“ކޮން ނަމެއްތަ ދަރިފުޅަށް ކިޔަނީ..” ޔުނާން ފެނުމުން އެ އަންހެން މީހާއަށް ހަނދާންވީ އޭނާ ހަނދާންކުރަން ބޭނުންވާ ސޫރައެއްނޫނެވެ. އެ ހަނދާންތައް އޭނާ ވަނީ ހިތުގެ އެންމެ އަޑީގައި ފަސްއަޅާ ފޮރުވައި ކަފުންކޮށްފައެވެ.
“ޔުނާން…ދައް..އަމްމް..ކޮން ނަމެއްތޯ ކިޔަނީ؟…” އޭނާގެ ނަން ބުނުމަށްފަހު އެ އަންހެން މީހާގެ ނަން އަހާލުމުގެ ނިޔަތުގައި ޔުނާން އެއްސެވެ. ދައްތައޭ ބުނަން ފަސްޖެހެވުނީ ކީއްވެކަމެއް ޙުދު އޭނާއަކަށްވެސް ނޭނގުނެވެ. ހީވީ އޭނާއާއި ނުހަނު ގާތް މީހަކު ދުރުކޮށްލެވުނުހެންނެވެ.
“ތީ….ޔާއިން ގެ ދަރިފުޅު ޔުނާން؟….” ކުއްލިއަކަށް ދެލޯ ބޮޑުކޮށްލާފައި އެ އަންހެންމީހާ އަހާލިއެވެ. ދެލޯ ތެމުނު ނަމަވެސް ގަދަކަމުން ކަހަލަ ގޮތަކަށް ސިހުމުގެ އަސަރު ހިނިތުންވުމެއްގެ ނިވަލުގައި ފޮރުވާލިއެވެ. ނަމަވެސް އެ ހިނިތުންވުން ލޮލާއި ހަމައަކަށް ނުފޯރިއެވެ.
“ލައްބަ…” ހުރިހާ ސަމާލުކަމެއް މަގަށް ދީގެންހުރެ ޔުނާން ބުންޏެވެ.
“ޔާއިރާ…” ޔާއިރާ އޭނާގެ ނަން ބުންޏެވެ. ދެލޮލުން ކަރުނަ ހިލެންއުޅޭހެން ހީވުމުން އަވަހަށް އަނެއް ފަރާތަށް މުނު އަނބުރާލީ ޔުނާންއަށް އެ ކަރުނަތަށް ދައްކަން ބޭނުން ނުވުމުންނެވެ.
****
ޔައިރާ ބްލޫމްސް ހޮސްޕިޓަލަށް އައި ފުރަތަމަ ފަހަރަށްވުމުގެ ސަބަބުން ޔުނާން ޔައިރާ ބުނި ހިސާބަށް އޭނާ ގެންގޮސްދިނެވެ. ދާން އުޅުނު މަގުމަތީގައި ޔައިޝް ޔުނާންއަށް ގުޅުމަށްފަހު ވަރަށް ހާސްވެފައިހުރެ ކޮންތާކުހޭ ތިހުރީ އަހާލުމުން ޔުނާންގެ ފިޔަވަޅުތައް ހުއްޓުނެވެ. ހަމަ އެވަގުތު ޔައިރާގެ ފިޔަވަޅުތައްވެސް ހުއްޓުމަކަށް އައެވެ.
“މިޝެލިންއަށް ކަމެއްވީތަ ޔައިޝް؟…” ކުއްލިއަކަށް ދެލޯ ބޮޑުކޮށްލާފައި ޔުނާން އަހާލިއެވެ. އޭރު އޭނާގެ ހިތް ތެޅެމުންދިޔައީ އޭގެ އެންމެ ބާރުމިނުގައެވެ. ޔައިރާއަށް ޔައިޝްގެ ނަން އިވުމުން ބޭއިޙުތިޔާރުގައި ޔުނާންއާ ދިމާލަށް ބަލާލެވުނެވެ.
“ނޫން..ވަރަށް އަވަހަށް އޮޕަރޭޝަން ތިއޭޓަރަށް އައިސްބަ..ވީ ނީޑް ޔޫ ހިއަރ…” ކުރު ޖަވާބަކާއެކު ޔައިޝް އެކޮޅުން ފޯނުކަނޑާލީއެވެ. ލަސްކުރެވޭ ކޮންމެ ސިކުންތުކޮޅަކީވެސް ޕޭޝަންޓްގެ ފުރާނަ ނުރައްކަލަކަށް ހުށައަޅައިލެވޭ ދަނޑިވަޅަކަށް ވުމުން ޔުނާން ޔައިރާ އާއެކު ހިނގައިގަތީ އެދިމާލަށް ދިއުމަށެވެ. ޔައިރާވެސް އެތަނަށް ދާން ބުނުމުން ޔައިރާވެސް އެ ދަނީ އެމީހަކު ކައިރިއަށްކަން ޔުނާންއަށް އެނގުނެވެ. ދިޔަ މަގުމަތީގައި ޔުނާން އޭނާގެ ކެބިންއަށް ވަދެ ޑޮކްޓަރު ކޯޓުލައިގެން ޔައިރާ އާއި ޔުނާންވެސް ދިޔައީ އޮޕަރޭޝަން ތިއޭޓަރާއި ދިމާލަށެވެ. ޔުނާންގެ ފިޔަވަޅުތައް ހުއްޓުމަކަށްއައީ އެތަނުގައި ވަރަށް ހާސްވެފައި ބަޔަކުތިބިއިރު ފިރިހެނެއްގެ މަޑު ގިސްލުމުގެ އަޑުވެސް އިވުމުންނެވެ. އެވަގުތު އެތަނަށް ދުވެފައިކަހަލަ ގޮތަކަށް އައި އަންހެންކުއްޖެއް ލައިގަތީ ޔުނާންގެ ގައިގައެވެ.
“ލޫން….” ޔުނާން ގައިގައި ޖެހިފައި ވެއްޓެންދިޔަ ކުއްޖާގެ އަތުގައި ހިފަހައްޓާލާފައި ޔުނާން އޭނާގެ އަތުން ދޫކޮށްލީ ޔައިޝްގެ އަޑުއިވުމުންނެވެ. ޔުނާންގެ އަތް ފޮޅުވާލާފައި ލޫން ޔައިޝް ކައިރީގައި މަޑުކުރިއެވެ. އޭރު އެ ދިގު އެސްފިޔަތަކުގެ ނިވަލުގައިވީ ކަރުނަތަށް ހިފެހެއްޓުމެއްނެތި ފައިބަމުންދިޔައެވެ.
“ޔައިޝް..ޕްލީޒް ސޭވް ހާރ..” އާދޭސްކުރާކަހަލަ ރާގަކަށް ލޫން ބުންޏެވެ.
“ލޫން..ވީއާރ ޓަރައިންގ އަވާރ ބެސްޓް..އިންޝާ ﷲ ކާމިޔާބުވާނެ..އައިލީން މިވަގުތު އެ ވަނީ ވަރަށް ނާޒުކުފައްތަރެއްގައި..މި އޮޕަރޭޝަން ސަކްސެސްފުލް ވާނެކަމުގެ އެންމެ ފިފްޓީ ޕަސެންޓް ދެވޭނީ..” އައިޝަމް އާއި ލޫންއަށް ބަލާލާފައި ޔައިޝް ބުންޏެވެ. އެވަގުތު އެތަނައް އައި ޒުވާނާއަށް ބަލާލާފައި ޔައިޝް ލޫންއަށް އިޝާރާތްކޮއްލިއެވެ. އަދި ޔުނާން ކައިރީގައި ވަގުތެއް ނެތް ކަމަށާއި އަވަހަށް އައުމަށް އެދުނެވެ.
“އިއްބާން..”
- – ނުނިމޭ –
35 Comments!
Comments are closed.
ސަލާމް ރީޑާރސް..މިއޮތީ ބާރަވަނަ ބައިވެސް އަޕް ކޮއްލެވިފައި..އިންޝާ ﷲ ވަރަށް އަވަހަށް އަނެއް ބައިވެސް އަޕް ކޮއްލާނަން..ވާހަކަ ކިޔާލާފައި ކިޔުންތެރިންގެ ޙިޔާލު ހުށައަޅާލަދިނުމަށް އެދެން..ނެގެޓިވް އެންޑް ޕޮސިޓިވް ކޮމެންޓްސް އާރ ވެލްކަމްޑް..ޓޭކް ކެއަރ ގައިސް..
Nice whn next waiting for next
Thankx Een?
Keevve 10 ah fahu 12
Oops..rangalhu kohllaafin..thankx?
Varah varah varah reethi ???????
Maa sha Allah ???????????
Curiously waiting waiting waiting for the next part ????????????
❤️❤️❤️❤️♥️ love you lysh♥️♥️❤️❤️❤️❤️
Aww..thankx Yan..Ehe.lve ya 2..stay home , be safe
Varah varah varah reethi ???????
Maa sha Allah ???????????
Curiously waiting waiting waiting for the next part ?????????????
❤️❤️❤️❤️Love you lysh dhoonii ❤️❤️❤️❤️
Ehe..thankx Yan..? ly 2. Be safe
wow v reethi waiting for next part malluu………..keep it up
thankx nashoo..
Wowww…varah varah reethi mi part vx…..curiously waiting for the nxt part….and whn nxt mal….lysm and be safe…….
thank kai..insha allah varah avahah..ly 2
#Be safe
It’s awesome dear. Just love it. Be safe mal dear. Miss you. Love you so much ❤️❤️❤️❤️
thankx dhonthyy..i miss u 2..lysm..
#be safe dhonthy
Siss.. plx help me. Site ah log out vefa password handhaan nethijjeyyaa kihineh hadhaany.. ?????????
Username or mail jahaafa password jahaaathaneh indhe ehnu?..ethanuga jahaaba enmen fahun mai ge handhaanuga huri password..dhen password nubai vehjiya araane ‘The password was incorrect’ eyy..Dhen ethaa Eyge mahchah araane.” ERROR:The password you entered for the username “maige username” in incorrect. Lost your password?” ehen araane..So dhen fithaanee lost ur password ah..dhen eyah fitheema araane “Please enter your unsername or email address. You will receive a link to create a new password via email” mihen..dhen eyge bunaa kanthah kohfa balaaba mail ah link eh aithw? Insha Allah it will work. Adhi doubt eh othiyya ahaalahchy..I’ll be happy eheetherivevedevennaa..Hope get vaane kahala gothakahkan kiyaadhevunee..nd Hope log in vevynekamah..gud luck
Thnkxx.. sis…. loggin vevijje.. once again thnks
Ehe..ur wc
Vvvvv……reethi ..
U r my fav ???
keep it up gurl
Couriously waiting 4 the next part ?
Be safe .❤❤❤❤
Aww..thankx faiherr..this comment means a lot to me>3
#stay home, be safe
Malkooo……. wow ??? Masha Allah ?? story is awesome ?????? varah Varah Reethi ??? whn is next… curiously waiting for it ???luv yeahhhh ❤️❤️ stay home ❤️❤️❤️❤️ be safe ❤️❤️❤️❤️ btw don’t forget to wash your hands ????????ttyl….??c u soon Insha Allah ????✌️✌️
Aww..thankx Meekko..Insha Allaah next part vx varah avahah up kohladheynan..ly 2.Ehe.
#stay home, be safe meekko
Hey kithha parts inee mi story ga dheh… Mal very y nice ur story are just awesome
thankx Zaheee. neynge dhw adhi 🙂 Ehe. hama liyamun mi dhanee..ehen veyma neyngey kithah parts kameh innaanee. thankx once again
#Stay home, be safe
Kn irakun “hithuge udhaahun dhuruvaanebaa” mi vaahaka up kuranyy
mi ulhenee thi story liye.insha allah maadhan rey ge kurin up kohladhynan
Lysh ge age akyy kobaa. Story varah reethi maashaa allah ❤❤❤
I’m 12. gonna be 13 soon insha allah.
thankx
Whaaaat. U r 12 I just can’t believe I thought u r 16 or 17 something. Maashaa allah ???? u r very talented girl. Liyuntherikamuge vahtafaalhi lysh ge vaahaka in feneyy. May Allah bless you and keep up the hard work. ?❤❤
Eheh. Thank u soo much. Its means a lot to me>3 ♥
mal miss u ……v v v reethi story .. waiting for next part
Aww..thankx ash..miss u too
Vrh vrh reethi…?? can’t wait for next part…???
Thankx Kiyara. ?