Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ޝާޔަން✨ (ތިންވަނަބައި)

shama shuaib Level 410 Stories100 Comments500 Comments100 Login
April 15, 2020 2 Mins Read
11 Comments

 

ޒީވާ ވަޅުލުމުގެ ކަންތައް ނިމުން އިރުވެސް ޝާޔަންގެ އަނގައިން އެންމެ ބަހެއްވެސް ބޭރެއް ނުވެއެވެ. ނުވެސް ރޮވެއެވެ. އޭނާއަށް ހުރެވުނީ ވިސްނުމެއްގެ ތެރޭގައެވެ. ޔަނާހު އަދި ލިއަމްވެސްވަނީ ނެގިމަޑުވެފައެވެ. ގެއަށް ވަދެވުމާއެކު ޝާޔަން އެނދުގައިއޮށޯވެ ހަމަޖެހިލިއެވެ. އެވަގުތު ޒީވާގެ ހަނދާންތައް އާވެގެން ދިޔައެވެ. ކަރުނައިގެ ތެރެއިންވެސް ޝާޔަންއަށް ހީލެވުނެވެ.

ޒީވާއަކީ ޝާޔަންގެ އެންމެ ކުޑައިރުގެ އެކުވެރިޔާއެވެ. ދިމާވާ ހުރިހާ ކަމެއްގައި ދެކުދިން ތިބެނީ އެކުގައެވެ. ކިތަންމެ ހިތްދަތި ކަމެއް ވިޔަސް ކިތަންމެ އުފާވެރި ކަމެއްވިޔަސް ދެކުދިން އެކަކު އަނެކަކުގެ އުފަލާ ހިތާމައިގައި ބައިވެރި ވެއެވެ. “އަޅޭ…ވައި ޑިޑް ޝީ ކޮމިޓް ސުއިސައިޑް. އެއީ ނުލާހިކު ގޯސް ކަމެއްނު..އާހް..އައި ވިޝް ޝީހޭޑް އަ ފްރެންޑް ލައިކް ޔޫ.” ޝާޔަން ހަނދާންވެގެން ދިޔައީ ޒީވާ އެއްދުވަހު ބުނި އެއްޗެކެވެ. ޒީވާ އަކީ އަބަދުވެސް އެކަހަލަ ކަންކަމާ ދެކޮޅު ކުއްޖަކަށް ވީހިނދު ޒީވާ އެކަހަލަ ކަމެއް ކޮށްފާނެބާއެވެ؟ ޝާޔަން ގެނބިގެން ދިޔައީ ސުވާލުތަކެކެއްގެ ފުންކަނޑަކަށްށެވެ.

ކިނާން މަސައްކަތް ކުރަމުން ދިޔައީ އޭނާގެ އެކުވެރި ވިރާންއާއެކުގައެވެ. އެމީހުން އެ ސްކޫލުގެ ސެކިއުރިޓީ ފުޓެޖްތައް ބަލަމުން ދިޔައެވެ. “ހާދަ މީހުންނެކޭ އެދުވަހު ސްކޫލަށް އެވަނީ..އެދުވަހު އޮތީ އާއްމުންނަށް ހުޅުވާލާފައެއްނު..ކިހިނެތް މި އެންމެންގެ ތެރެއިން މީހަކު ހޯދާނީވެސް.” ވިރާން ދިޔައީ ކުދި ކިޔަމުންނެވެ. އޭނާ ފަހަރަކު ވިޑިއޯއެއް ބަލަމުން  ދިޔައެވެ. “ޝާޔަންއަށް މިކަން ވެދާނެ..އައި ޝުޑް ބިކަމް ހާރ ފްރެންޑް.” ކިނާން އެހެން ބުނެ ފޭސްބުކްއިން ޝާޔަން ހޯދުމަށްފަހު ފްރެންޑް ރިކުއެސްޓެއް ފޮނުވާލިއެވެ. ދެ ސިކުންތުވެސް ނުވަނީސް ޝާޔަން އެ ރިކުއެސްޓް ގަބޫލު ކުރުމަށްފަހު މެސެޖު ކުރަން ފެށިއެވެ.

“ހެއި..މި ޝާޔަން.. ތީ ކޭސް އިންޗާޖެއްނު..ޒީވާ އަމިއްލަޔަށް މަރެއް ނުވާނެ. ކޮންމެސް މީހަކު ޒީއަށް އެހެން ހެދީ. އައި ނޯ ދެޓް..ޒީ އަކީ އެކަހަލަ ކަމެއް ކުރާނެ ކުއްޖެއް ނޫން. މިގެއަށް އައިސް ދެވިދާނެތަ؟” ދެވަނަ ވިސްނުމަކަށް ނުގޮސް ހިތް އަވަސް ވެފައިވާހާލު ޝާޔަން މެސެޖުފޮނުވާލިއެވެ. އެވަގުތު ކިނާން އެގެ ހޯދާލުމަށްފަހު ސައިކަލުގައި ނައްޓާލިއެވެ.

ކިނާންއަށް އާދެވުނު އިރު ޝާޔަން ދޮރު މަތީގައި ހުއްޓެވެ. އެވަގުތު ކިނާންއާއެކު ވިރާންވެސް ހުރުމާއެކު ޝާޔަން ކޮންމެސް ވަރަކަށް ފަސްޖެހިގެން ދިޔައެވެ. ނަމަވެސް އެގެއަށް ވަނުމަށްފަހު އެމީހުންނަށް ސޯފާގައި އިށީނުމަށް ދައުވަތު ދިނެވެ. ސަލާމް ގޮވާލަމުން އެގެޔަށް ވަނީ ޔަނާހުއާއެކު ލިއަމްއެވެ. ޝާޔަން އަވަސްކަމާއެކު ވާހަކަ ދެއްކިއެވެ. “ޒީ ނުކުރާނެ އެކަހަލަ ކަމެއް. ވަރަށް ދެކޮޅު ވާނެ އެކަހަލަ ކަންކަމާ. ޔަނާހު މެންނަށްވެެެސް އިނގޭނެ. އިންފެކްޓް އެ ހައުސްގެ މިފަހަރުގެ ޑްރާމާ ވެސް އެކަމަށް ފޯކަސްކުރީ..އެއްރެއަކު ޓިއުޝަންގަ ބުންޏޭވަރަށް ބޮޑު ވާހަކައެއް ބުނަން އޮތް ވާހަކަ. އެކަމު ނުއެއް ބުނި..ވަޓް އިފް ޝީ ވޮޒް އިން ޑޭންޖަރ؟”

ކިނާން އަދި ވިރާން ދިޔައީ ކަނުލާ އަޑު އަހަމުންނެވެ. ލިއަމްއަށް ހަމަ ބެލެނީ ޝާޔަންގެ ރަތްވެފައިވާ ދެ ލޮލަށެވެ. އޭނާ ޝާޔަންއާއެކު ވާން ބޭނުންވެއެވެ. ނަމަވެސް ފަސްޖެހެވެމުން ދިޔައެވެ. ޔަނާހު ޝާޔަންއާ އެއްބައިވެ ވާހަކަ ދެއްކިއެވެ. “ތެދެއް..އެންމެ ފަހުން ފެނުން އިރުވެސް އަމް ހުރީ ވަރަށް ހެޕީކޮށްހަމަ. ޝީ އިވެން ސެޑް ޝީލަވްސް މީ…” ޔަނާހުގެ އަޑު މަޑުވިއެވެ. ކިނާން ޔަނާހުގެ ކޮނޑުގައި އަތް އަޅާލިއެވެ.

“ތިބުނީ ރަނގަޅު ވާހަކަތަކެއް ކަމަށް ގަބޫލު ކުރަން. އެކަމު ހެކި ބޭނުންވާނެ. އަސްލު ތިބުނިހެން މީހެއްގެ ހަމަލާއަކާ ވަރަށް ވައްތަރު އެކަމު އެދުވަހު ތި ސްކޫލަށް ވަތް ހުރިހާ އެންމެނެއް ނުހޯދޭނެ. މިރޭ ލިބޭ ރިޕޯޓުން ޒީވާ އަސްލު މަރުވީ ކިހިނެއްކަން އިނގޭނެ. މި މައުލޫމާތުތައް އިތުރު އެއްވެސް މީހަކާ ހިއްސާނުކުރުން އެދެން. އެންމެން އެކުގައި މަސައްކަތް ކޮށްފިނަމަ ޒީވާއަށް އިންސާފު ހޯދައިދެވިދާނެ. ”

އެންމެން އެކުވެރިވެ ވަގުތު ކޮޅެއް ހޭދަކޮށްލުމަށްފަހު އެންމެންވެސް ދިޔައެވެ. ބަލައިގެން އުޅުމަށް ބުނުމަށްފަހު ކިނާން އަދި ވިރާންވެސް ދިޔައެވެ. ޝާޔަން އެކަނިވިއެވެ. އޭނާއަށް ވިސްނެމުން ދިޔައީ ޒީވާއާމެދުގައެވެ. މީހުންގެ ކުރިމަތީގައި ހީލައިގެން ހުއްޓަސް އޭނާ ވަނީ ނުހަނު ބަލިކަށި ވެފައެވެ. ހަމަ އެވަގުތެވެ. ލިއަމް ވިސްނަމުން ދިޔައީ ޝާޔަންއާ މެދުގައެވެ. ޝާޔަންގެ ފޮޓޯތައް ބަލަމުން ދިޔަ ލިއަމްގެ ގަޔަށް ޖަހާލެވުނު އިންޖިކްޝަނާއެކު ލިއަމްގެ ދެލޯ މެރިގެން ދިޔައެވެ.

ނުނިމޭ…

Share Article

Follow Me Written By

shama shuaib

Level 410 Stories100 Comments500 Comments100 Login

I love writing. I love to read comments. And other stories. I'm 18 and this is my hobby. have a good day?❤️

Other Articles

Previous

ހީވޭ ހިތް ބުނާހެން 35 (ފަހުބައި)

Next

މަޢާފް – ހަތާވީސްވަނަބައި

Next
April 15, 2020

މަޢާފް – ހަތާވީސްވަނަބައި

Previews
April 14, 2020

ހީވޭ ހިތް ބުނާހެން 35 (ފަހުބައި)

11 Comments!

  1. imagination ?? says:
    April 15, 2020 at 8:17 pm

    salaam everyone. i hope everyone is doing well safe at home. here is the third part. i hope u enjoy reading this part too. stay safe everyone. <3

    1. Shaufa says:
      April 15, 2020 at 8:30 pm

      Yet it’s nice ….
      Waiting for next part ….

  2. MinnSnaileu says:
    April 15, 2020 at 8:23 pm

    Yea, you stay safe and too,
    N this story is amazin n creative
    Such unpredictable happenings
    ??

  3. ArUsHeE BInTh MuStHaFaA says:
    April 15, 2020 at 8:40 pm

    Alhey haadha kurey try kurachey veehaaves avahakah up kureveethow pls geyga kuraanekameh netheema vrh boring ehn ve tc this story is awesome ♡♡♡

  4. Sherher says:
    April 15, 2020 at 8:56 pm

    V reethi..whn nxt part….waiting waiting

  5. Sherher says:
    April 15, 2020 at 8:58 pm

    Me first dhw..♡

  6. AR says:
    April 15, 2020 at 9:07 pm

    Reethi ekamu kuru ingey..

  7. Yan♥️ says:
    April 16, 2020 at 5:19 am

    Varah reethi Masha Allah thankolheh kuru

  8. Hassaan Naeem says:
    April 16, 2020 at 11:35 am

    Yumm

  9. Friend says:
    April 17, 2020 at 7:00 pm

    Hey seyma dhuvass thakahfahu story eh kiyaalah libihje dhw kuriyy story thah gothah mi story vex v salhi than kolheg dhigu story eh kiyan viyy ehnu mi story kuru vaane vaahaka bunefa inyma kon dhuvass thaku ga waiting waiting…..

  10. Sajaa says:
    April 18, 2020 at 5:51 pm

    Reethi but kuru

Comments are closed.


All Right Reserved!