
ހަވީރުގެ މަރިޔާދު ވަގުތެވެ. ޖެހެމުންދިޔަ ފިނި ވައިގެ ބާނިތަށް ހިތްތައް ފަތަޙަ ކުރަމުން ދިޔައެވެ. އެއަރާމު ވަގުތުގެ އިސްތިޤުބާލުގައި އެކި އުމުރު ފުރައިގެ މީހުން ފިނި މައިޒާން ތަކުގައި މަސްޢޫލު ވަމުން ދިޔައެވެ. ފަރި ހިނގުމެއްގައި ނިހާ ރަށުގެ ބޮޑު މަގުން ހިނަގައިފައި ދިޔައެވެ. ލައިގެން ހުރި ގަޔަށް ބާރު ހެދުމުގެ ސަބަބުން ކިތައްމެ ހާވެސް ރަނގަޅަށް އޭނާގެ ހަށިގަނޑު ފާޅުވަމުން ދިޔައެވެ. މަޑު މުށިކުލައެއް ޖައްސާފައިވާ ބުޅި އިސްތަށިގަނޑު އެއްފަރާތަށް ވައްޓާލައިފައި އޮތް އިރު ތުންފަތް ހީވަނީ ރަތް ފިނިފެންމަލެއް ހެންނެވެ. ކުއްލިއަކަށް މީހަކު ނިހާގެ އަތުގައި ހިފާ ގެއެއްގެ ދޮރުއަށި ތެރެއިން އެތެރެއަށް ދަމައިގަތެވެ. ގަތް ބިރާއެކު ހަޅޭލަވައިގަންނަން ހުޅުވާލި އަނގަމަތީގައި އެމީހަކު އަތް އެޅިއެވެ. ނޭވާ އަވަސް ވެފައިވާ ނިހާ ލޯތައްމިނަށް ހުޅުވައިގެން ހުރީއިރު ހިތައް ހަމަ ޖެހުމެއް ލިބުނީ އެއީ ކާކު ކަން އެނގުމުންނެވެ.
“ނަބީލު ގަނޑު ދޯ… ” ހަމަޖެހެވޭތޯ ބަލަމުން ނިހާ ބުންޏެވެ.
“އާނ.. އަހަރެން.. ކިހިނެއްވީ؟ އަދިވެސް އަހަރެން ބުނި ކަންތައް ނުކޮށްދެމެއްނު… ” ނިހާގެ މޫނުގައި އަތް ހާކާލަމުން ނަބީލު އެހެން ބުނީއިރު ޖިންސީ އެދުންވެރި ކަމަށް އޭނާ ފެންބޮވައި ގަނެފައިވާ މިންވަރު ކިތަންމެހާވެސް ރަނގަޅަށް އެދެލޮލުން ހާމަވަމުން ދިޔައެވެ.
“ތިކަން ވެސް ވާނެ އަދި… ދޫކުރޭ އަހަރެން ދާންވެއްޖެ…” އަތްފޮޅާލަމުން ނިހާ އެތަނުން ނުކުތެވެ.
“ފައިސަލް…. އަހަރެން އިތުރަށް ހިތުގަ ޖައްސަން ނޫޅޭ… ކިތަންމެ ވަރަކަށް އެހިޔަސް…. އަހަރެން ކިހިނެއް ތިކަންތައް ކުރާނީ… ހެޔޮނުވާނެ… މިގަޑީ އަހަރެން ގާތު އަންނަން ނުކިޔާ… ކިހާ ލަސްވެއްޖެ.. ޕްލީސް ފައިސަލް…” ހިތް ދަތި ރާގެއްގައި ތާރާ ފޯނުން ވާހަކަ ދެއްކީ ފައިސަލާއެވެ.
ގަޑިން މެންދަންވެ 1:30 ވަނީއެވެ. އެވަގުތުގައި ފައިސަލު ތާރާ ގާތު އަންނަން ބުނަންވީ ކީއްވެ ހެއްޔެވެ؟ ކޮންބޭނުމެއްގަ ބާވައެވެ.
“އެހެންވީއްޔާ އަހަރެން މިދަނީ ތިގެއަށް…. ދޮރު ހުޅުވާފަ ބަހައްޓާތި…” އެހެން ބުނުމަށްފަހު ފައިސަލު ފޯނު ކަނޑައިލިއެވެ.
ނުތަނަވަސް ކަމާއިއެކު ތާރާ ދެއަތް ދެއަތަށް މޮޑެމުން ދިޔައީ ހާދާނެ ގޮތެއް ނޭންގޭ ހާލުގައެވެ. ބިރުން ގޮސް ތުރުތުރު އަޅާ ކަހަލައެވެ. ހިތާ ދެކޮޅަށް ނަމަވެސް ގޮސް ދޮރުގެ ތަޅު އަނބުރައިލީ ފައިސަލުގެ ހިލަނބެއްވެސް ބައްޕައަށް ވިޔަނުދިނުމަށްށެވެ.
ކޮޓަރިތެރޭ ދެކޮޅު ދެކޮޅަށް ހިނގަހިނގައި ނިހާ ހުރީ މީހެއްގެ އިންތިޒާރުގައި ކަހަލައެވެ. އިރު އިރުކޮޅާ ފޯނަށް ބަލައިލައެވެ. ކުއްލިއަކަށް މީހަކު އައިސް ތަޅުގައި މަޑުމަޑުން ހިފާލިހެން ހީވިޔެވެ. ނިހާ މަޑުމަޑުން ގޮސް ދޮރު ހުޅުވައިލިއެވެ. އަވަސްއަވަހަށް ދޮރުން ކޮޓަރިތެރެއަށް ދެމިގަތީ ނަބީލެވެ. އަނގައިން ބަހެއްވެސް ބުނެނުލާ މިނިކާ ޖަނަވާރެއްހެން ނަބީލު ނިހާގެ ގަޔަށް އަރައިގަތެވެ. އެއީ ނިހާގެ އާދައެވެ. އޭނާ ޖިންސީ އެދުންވެރިކަން ބޭނުން ކޮންމެ ރެއެއްގައި ކޮންމެވެސް މީހެއްގެ ފަރާތުން އެ އުފާ ހާސިލު ކުރާނެއެވެ.
“ފައިސަލް… ހެޔޮނުވާނެ ތިހެން ކަންތައް ނުކޮށްބަ… ” ކޮޓަރިތެރެއިން އިވެމުން ދިޔައީ ތާރާގެ މަޑުމައިތިރި ނަމަވެސް ހިތްދަތިކަން އެކުލެވިގެންވާ އަޑެވެ.
ތާރާ ކައިރީގައި އެވާހަކަ ތައް އަޑު އަހަން ފައިސަލު އިނެވެ.
” ތާރާ… ޕްލީސް…. އަހަރެން ވަރަށް ލޯބިވޭ.. ކިހާ ދުވަހެއް ވެއްޖެ މިހާރު އަހަރެން މިކަމަށް އެދި ތާރާގެ ކިބައިގައި އާދޭސް ކުރަމުން ދާ ތާ…. އަހަރެން ބޭނުން ފުރުމުގެ ކުރިން ތާރާގެ ޖަވާބެއް…” ފައިސަލު ވާހަކަ ދެއްކީ އޯގާތެރި ކަމާއިއެކުގައެވެ.
“ފައިސަލް.. އެއްފަހަރުވެސް ވިސްނާލާބަލަ… އަހަންނާއި ފައިސަލާ ދެމެދު އުޑާއި ބިމާ ހާ ތަފާތު އެބަހުރި… އަހަރެން މީ ކާކު ފައިސަލު ލޯބިވާން… ” ތާރާއަށް ހަމަ ރަނގަޅަށްވެސް ރޮވިއްޖެއެވެ.
ތާރާ އެބުނީވެސް ދޮގެއްނޫނެވެ. ދުނިޔޭގެ ނަޒަރުގައި ތާރާ އަކީ ފައިސަލު ކަހަލަ ރީތި މީހަކާ އަޅާކިޔޭނެ ވަރުގެ ކުއްޖެއް ނޫނެވެ.
” ތާރާ ކީކޭތަ ތިކިޔަނީ…. އަހަންނާ ތާރާ އާ ހުރި ތަފާތަކީ ކޮބަތަ؟ ތާރާ އަހަންނަށް ވުރެ ކަޅުވުންތަ؟ ބަލަ އެއީ ތާރާގެ ކުށެއްތަ؟ ހަމަ އަހަރެންވެސް އުފެއްދެވި ކަލާނގެއޭ ތާރާވެސް އުފެއްދެވީ.. ހަމުގެ ކުލައިގެ ތަފާތަކީ މިދެމެދަށް އެޅެންޖެހޭނެ ހުރަހެއް ކަމުގައި އަހަރެން ނުދެކެން..” ފައިސަލު މަސައްކަތް ކުރީ އޯގާތެރި ކަމާއިއެކު ތާރާއަށް ވިސްނައިދެވޭތޯއެވެ.
“އެކަމްމ….”ތާރާގެ އަރު ބެދޭގޮތް ވިއެވެ.
ދޭނެ ޖަވާބެއް ތާރާއަކަށް ނޭންގުނެވެ. ބޭއިޙްތިޔާރުގައި ފައިސަލުގެ ގައިގައި އޮޅުލައިގަތެވެ. ފައިސަލުވެސް އެއަށްވުރެ ބާރަށް ތާރާގެ ގައިގައި ބައްދާލިއެވެ. ވަރަށްވެސް ލޯބިވެޔޭ ބުނާކަހަލަ ގޮތަކަށްށެވެ.
ދުވަހުގެ އިރު ދުނިޔެއަށް މަރުހަބާކީ އެތަށްބައެއްގެ ހިތަށް ހިތްހަމަޖެހުން ގެނެސްދެމުންނެވެ. ކަންނެތް ކަމާއެކު ތާރާ ދެލޯ ހުޅުވާލިއެވެ. ވެފައިވާ ވަރުބަލި ކަމާއެކު އެނދުން ތެދުވިއެވެ. އޭރުވެސް ތާރާގެ ސިކުނޑީގައި ކުރެހެމުން ދިޔައީ ރޭގެ އެ އުފާވެރި ވަގުތެވެ. ހިތް ކިތަންމެ އުފާވެރިކަން އިހުސާސް ކޮށްދެމުން ދިޔައެއް ކަމަކު ، ކުރެވުނީ ރަނގަޅު ކަމެއް ނޫން ކަމަށް ސިނކުޑި ވިސްނައިދެމުން ދިޔައެވެ.ފައިސަލުގެ ގައިގައި ބައްދާލެވުނު އިރު އިހުސާސް ކުރެވުނު ހިމާޔަތްތެރިކަމެވެ. އެ ހިމާޔާތްތެރި ކަމަކީ ދާއިމީ އުފަލެއް ބާވައެވެ. ތާރާ އަކީ އެ ލޯތްބާއި އޯގާތެރިކަމުގެ ވެރިފަރާތް ނުވަތަ އެކަމާ އެކަށީގެން ވާ ކުއްޖެއް ހެއްޔެވެ؟އެތަކެއް ސުވާލެއް ތާރާގެ ހިތަށް އަރާ ފައިބަމުން ދިޔައެވެ. މީގެން ދުވަހަކުވެސް ތާރާއަށް އެ އިހުސާސް ކުރެވިފައެއް ނެތެވެ. އެއީ ވަރަށްވެސް އޯގާތެރި ފިރިހެނެކެވެ.
ކަންނެތް ކަމާއެކު ފައިސަލު އެނދުމަތީ ފުރޮޅި ފުރޮޅި އޮތެވެ. އޭނާގެ މޫނުމަތިންވެސް ފެންނަމުން ދިޔައީ ކޮޅެއްނެތްހާ އުފާވެރި ކަމެވެ. އެތައް ދުވަހަކަށް ފަހު އޭނާގެ ހުވަފެންތަކުގެ ރާނީގެ ޖަވާބު އެނގުމުން ފައިސަލުގެ ހިތަށް ލިބިފައިވަނީ ބަޔާން ކޮށްދޭންވެސް ދަތި އުފާވެރި ކަމެކެވެ. ފައިސަލު ގަސްދު ކުރަނީ ކިޔަވައި ނިމުނުހާ އަވަހަކަށް ތާރާ އޭނާގެ މިލްކަކަށް ހަދަންށެވެ. މަންމަ ގާތު އެވާހަކަ ފަހުން ބުނަން ފައިސަލު ނިންމައިގެން ހުރީ މަންމަ އެކަމަށް ރުހޭނެ ކަމުގެ ފުރިހަމަ ޔަގީން ކަން އޮތުމުންނެވެ.
ތަވާމަތިން ބިސްގަނޑު ނަގައި ތައްޓަށް ލިއެވެ. ފަހީމާ ތަށިގެންގޮސް ފައިސަލު ކައިރީ ބެހެއްޓިއެވެ. ނާސްތާއަށް އިންސާފު ކުރުމަށް ފައިހާވެސް މޭޒު ދޮށުގައި އިނެވެ. އެއީ އަބަދުގެ ވެސް އާދައެވެ. ތިން މައިން އެއްކޮށް ނޫނީ ދުވަހަކުވެސް ކާން ނާރާނެއެވެ. ފަހީމާ އަކީ ނަމޫނާ މައެކެވެ. ދެދަރިންގެ މެދުގައި އެއްވެސް ތަފާތެއް ނުކުރެއެވެ.
“ދަރިފުޅާ… އަދިވެސް މީހަކާ އިންނާކަށް ނުވޭތަ؟” ފަހީމާ ކޮށްލި ސުވާލުން ފައިސަލު ކޮށި އަރާގޮތް ވިއެވެ. ކައިރީގައި ހުރި ޖޫސްތަށިން ކޯވަރެއް ބޯލިއެވެ.
އަނެއްކާ ކުއްލިއަކަށް މަންމަ އެ ސުވާލު އެކުރީ ކީއްވެބާއެވެ. އަނެއްކާ ތާރާގެ ކަންތައް މަންމައަށް އެނގުނީ ހެއްޔެވެ؟
(ނުނިމޭ)