ސާރާ އެތެރެޔަށް ވަދެ ގެނައި އެއްޗެހި އެތުރުމުގެ މަސައްކަތުގައި ނައިނާ އާއި އެކު ބައިވެރިވިއެވެ.ސާރާ ނިދުމަށް ޓަކައި ތައްޔާރުވުމަށް ފަހު ނިކުތީ ކޮޓަރީގައި ފެންފުޅިއެއް ނެތުމުންނެވެ.ފެންފުޅި ހިފައިގެން ކޮޓަރިޔަށް ހިގައިގަތް ވަގުތު ހަޝްމާ ކޮޓަރިން ނިކުންނަނީއެވެ.ސާރާ ވަގުތުން ހިނިތުންވެލިނަމަވެސް ހަޝްމާ ކަމެއްވާކަމަށް ވެސް ހަދާނުލާ ފައިވާން ހަރުގަނޑުން ބޫޓެއްނަގައ ބޭރަށް މިސްރާބުޖެހިއެވެ. ސާރާ އެވަރުކަމަކަށް ހަދާނުލައި ކޮޓަރިޔަށް ވަތްއިރު ނައިނާ އޮތީ ސީރީޒް އެއްބަލަންށެވެ.ސާރާވެސް އެހާ އަވަހަށް ނިދުމުގެ ހިޔާލެއް ނެތުމާއިއެކު ނައިނާ ކައިރީ ގޮސް ބާލީހެއް […]
ޒީވާން އާއި ދިމާކުރަން ހަދައިގެން އިޔާޝް އަށް އެންމެ ފަހުން ކުރިމަތިލާން ޖެހުނީ ޒީވާންގެ އަތުގެ ހޫނު ހަމަލާ އަކާއެވެ. އެއަށްފަހު ވެސް އިޔާޝް އޭނަގެ ހުނުން ނުހުއްޓުމުން ޒީވާން ދެވަނަ ހަމަލާއެއް އިޔާޝް އަށް ދިނުމައްޓަކައި ތައްޔާރު ވިއެވެ. އެކަމަށް ސަމާލުވެހުރި އިޔާޝް ޒީވާންގެ އަތު ނުޖެހެންވެގެން ކުރިއަށް ދުއްވައި ގަތެވެ. ހެމުން ހެމުން ހުރެ ކުރިއަށް ދުވަމުން ދިޔަ އިޔާޝް މަތަވީ ކުރިމަތިން އައި އަންހެން ކުއްޖެއްގެ ގައިގައި ޖެހިފައެވެ. އެއާއެކު އެ ސޮރުގެ […]
އީނާލްއަށް ދެލޯ ބޮޑު ކޮށްލެވުނެވެ. ޒައިންގެ ޓީޝާޓު އަތަށް ބޮނޑިކޮށްލެވުނެވެ. ޒައިންގެ ދެލޯ ސީދާ ވެފައި ހުރީ އީނާލްގެ މޫނަށެވެ. އީނާލްގެ ފަން އިސްތަށިގަނޑުގެ އެއްބައި އޮތީ މޫނަށް އެޅިފައެވެ. ޒައިންއަށް އެމޫނުން ކިރިޔާވެސް ތަންކޮޅެއް ފަރުދާވުން ބަރުދާސްތު ނުވިއެވެ. އޭނާގެ އަތުން އީނާލްގެ މޫނަށް އެޅިފައިވާ އިސްތަށިކޮޅުތައް ކަންފަތް ކައިރިއަށް ލައްވާލަ ދިނެވެ. ދެމީހުންގެ ހަތަރުކަޅި ހަމަވިއެވެ. އީނާލްގެ މޫނު މަޑުމަޑުން ރަތް ވާންފެށިއެވެ. ދެމީހުންގެ ހިތް ބާރު ބާރަށް ތެޅެން ފެށިއެވެ. ދެހިތުގެ ތެޅުން […]
އެންމެން އެކުވެރިވެ ވަގުތު ކޮޅެއް ހޭދަކޮށްލުމަށްފަހު އެންމެންވެސް ދިޔައެވެ. ބަލައިގެން އުޅުމަށް ބުނުމަށްފަހު ކިނާން އަދި ވިރާންވެސް ދިޔައެވެ. ޝާޔަން އެކަނިވިއެވެ. އޭނާއަށް ވިސްނެމުން ދިޔައީ ޒީވާއާމެދުގައެވެ. މީހުންގެ ކުރިމަތީގައި ހީލައިގެން ހުއްޓަސް އޭނާ ވަނީ ނުހަނު ބަލިކަށި ވެފައެވެ. ހަމަ އެވަގުތެވެ. ލިއަމް ވިސްނަމުން ދިޔައީ ޝާޔަންއާ މެދުގައެވެ. ޝާޔަންގެ ފޮޓޯތައް ބަލަމުން ދިޔަ ލިއަމްގެ ގަޔަށް ޖަހާލެވުނު އިންޖިކްޝަނާއެކު ލިއަމްގެ ދެލޯ މެރިގެން ދިޔައެވެ. އާ ދުވަހަކަށް އިރު އަރައިގެން އައީ ބިރުވެރި އަޑުތަކެއް […]
ދެބަފައިން ގިނިހިޔާ ރަށަށް ދާން އުދުއްސައިގަތުމުން ދެމައިން ތިބިތަނުން ތެދުވުނެވެ. އެމަންޒަރު ބަލަން އާޝޯޚުވެފައި އިން ސުމައްޔާ އޭނާގެ މަންމައާ ސުވާލުކުރަން ފެށިއެވެ. ” މަންމާ އަހަރެންގެވެސް އެހަކަލަ ރީތި ވަރައެއް ހުރޭތަ..” “އާނ! ދަރިފުޅާ އަހަރެމެން ނަސްލުގައި އެންމެންގެވެސް ވަރައެއް ހުންނާނެ.. އެކަމަކު އެކި މީހުނަށް ލިބިފައި ހުންނާނީ އެކިކަހަލަ ވަރަ.. ބައްޕަގެ އެހުރި ވަރައަކީ ދަރިފުޅުގެ ކާފަގެ ނަސްލުން ލިބިފައި ހުރި ވަރައެއް.. ދަރިފުޅަށް އަދި ފަހުން ހުރިހާ އެއްޗެއް އެނގޭނެ..” އާސިޔާ އޭނާގެ […]
”ދެން މިކަންވެސް ހަމައަކަށް އެޅެނީ މި. ހިނގަދާން ޕެކް ކުރަން.” މާޖިދު އެހެން ބުނެލާފައި ޒާހިދާގެ އަތުގައި ހިފައިގެން ގޮސް ކާރަށް އަރައިލިއެވެ. އަދި ބާރުމިނެއްގައި ދުއްވާލީ ތަނަކަށް ދާން ލަސްވެގެން އުޅޭ ފަދައަކުންނެެވެ. *** ބޮޑު ހުދުކުލައިގެ ކޮޓަރީގެ އެއްކަނުގައި ދެފައި ކުރުކޮށްލައިގެން އިން ޔުނާންގެ ލޮލުން ދިޔައީ ކަރުނަތައް ރޮނގަކަށް ފައިބަމުންނެވެ. ތުންފަތް ހިކިވެފައިވާއިރު ނޭފަތުން ދިޔައީ ދަވަތައް ފައިބަމުންނެވެ. އެއްއަތުގައި ފޯނު އޮޮތް އިރު ބަލަމުން ދިޔައީ ފޯނުގައި އިން ފޮޓޯއަކަށެވެ. އައިލީޝްގެ […]
އަނެއް ފަރާތުގައި ހުރި ޒުވާނާގެ ނަޒަރު އަމާޒުވެފައިވަނީ ދިގުއެސްފިޔަތަކުން ވަށާލެވިފައިވާ އީޝަލްގެ ރީތިރީތި ދެލޮލަށެވެ. އެއްވެސް އިޚްތިޔާރަކާނުލާ އެވަގުތު ދެމީހުންގެ ހަތަރުކަޅި ބައްދަލުވެގެން ދިޔައެވެ. އީޝަލް ހިނގަމުންދާވަރަކަށް އެބޯޑުގެ އަނެއް ފަރާތުގައި ހުރި ޒުވާނާވެސް އީޝަލްއާއި އެއްވަރަށް ހިނގަމުން ދެއެވެ. މިހެން ގޮސް ދެމީހުން އެކަކު އަނެކަކުގެ ކުރިމައްޗަށްއަރާ އެކަކު އަނެކަކުގެ ގައިގައި ޖެހުނެވެ. ދެމީހުންނަށް ސޮރީއޭ ބުނެވުނީ އެކުއެކީގައެވެ. އަދި މިއަށްފަހު އީޝަލް ބޯޑުގެ އަނެއް ފަރާތަށް ދާން ތަން ދެއްކިއެވެ. އީޝަލް އަނެއްކާވެސް ގަނޑުތަކަށް […]
” އަހަންނަކީ ވަރަށް ބޮޑު ކުއްވެރިއެއް… އަހަރެން ވަނީ ނުހާ، އަރީކާ އަދި އަހަރެންގެ ދަރިފުޅު ޒާންއަށްވެސް ހިތާމަ ދީފައި… އަހަންނަށް މައާފް ކުރާށެކޭ އަހަންނެއް ނުބުނާނަން… ހަމަ އަސްލުވެސް ނުހާ.. އަހާބަލަ އަރީކާ ކުރެން.. އަހަރެން ނުހުންނާނެ އަރީކާއާ އެކު އެކަހަލަ ގުޅުމެއް ހިންގާފަ… އަހަރެން މީ ވަރަށް ނިދި މަޑު މީހެއްކަން ނުހާއަށްވެސް އެގޭނެ… އެފަދަ ކަމެއް އަހަންނަށް ނޭގި ނުވާނެ… އަރީކާ އެހަދަނީ ދޮގުކަން އަހަންނަށްވެސް އެގޭ…” ޝާން ނުހާގެ ދެލޯ ފޮހެލަމުން […]
އެއާއި ޖެހިގެން އައި ރޭ އުޝާއާއި ޔަނާލް ކުރިން ރޭ ފަދައިން ކަޅުކުލައިގެ ހުޑީއާއި ޖީންސްލައިގެން މާސްކާއި އަންގި އަދި ލެންސްވެސް ލައްވައިގެން ލިހާންމެންނާއި އެކު ކާރުގައި ދިޔައެވެ. މިފަހަރު އުޝާއާއި ޔަނާލް ވަތީ ލިހާންމެން ވަތް ފަހުންނެވެ. އެމީހުން ވަދެފައި މެސެޖް ކުރުމުން ޔަނާލް ހިނގައިގަތީ އެބިލްޑިންގެ ފަހަތަށެވެ. ޔަނާލް އެކޮޅަށް ގޮސް އުޝާއަށް ހަނާއަޅާލުމުން އުޝާ އެދިމާލަށް ހިނގައިގަތީ މަގު އެއްކޮށް ސްކޭން ކޮށްލުމަށްފަހުއެވެ. އެއަށްފަހު ޔަނާލް ކައިރީ ހުއްޓިލިއިރު ޔަނާލް އެ އިމާރާތުގެ […]