”ކިހިނެއްވީ ކަމެއް. ކާކު މަގޭ ބައްޕައަކީ.” ޔޫހާއަށް އެހެން ބުނެލެވުނީ ވަރަށްވެސް މަޑުންނެވެ. ޒާހިދާއަށް ވެސް އެއަޑު އިވުނީ ނުހަނު މަޑުންނެވެ. ޔޫހާގެ ޖުމުލަ އަޑު އިވިފައި ޒާހިދާގެ އަނގަ ބަންދުވެގެން ދިޔައެވެ. އެއީ މީގެ ކުރިން އޭނާއާ ދުވަހަކުވެސް ޔޫހާ ކޮށްފައި ނުވައި ސުވާލެކެވެ. ”ދަރިފުޅާ. މިތާ އިށީންދެބަލަ. މަންމަ މިއުޅެނީ ތި ވާހަކަ ދައްކާށޭ.” ޒާހިދާ އެހެން ބުނެ ސޯފާގައި އިށީންދެލީ ބަސް ހުއްޓިފައި ހުރި ޔޫހާގެ އަތުގައި ހިފައިލައިގެން ހުރެއެވެ. ”އާކިފް އާ […]
ވިލާދާއާއި މަލާކް ދިޔައީ ހޮސްޕިޓަލަށެވެ. އަލޫކް އޮތީ ޕްރައިވެޓް ރޫމްއަކަށް ބަދަލު ކޮށްފައެވެ. އަލޫކަށް ނިދިފައި އޮތުމުން މަލާކް ނުވަދެ ޒާހިލް ގާތަށް ދިޔައެވެ. ވިލާދާ މަޑުކުރުމުން މަލާކްއާ ޒާހިލް އެކޮޅުގެ ކަންތައް ހަމަޔަކަށް އަޅުވަންދާން ނައްޓާލިއެވެ. ދިޔަ މަގުމަތީގައި ޒާހިލް ސުވާލެއް ނުކުރުމުން މަލާކް އެކަމާ ވާހަކަ ދެއްކިއެވެ. “ޕްރައިވެޓް އެއްޗެއްނު. އެހންވެ.” “ޒާހިލްވެސް އަލޫކްއަށް ޓްރީޓް ކުރާއިރު އިނގުން މުހިއްމު.” މަލާކް ޒާހިލްއަށް އެވާހަކަތައް ކިޔައި ދިނެވެ. މަލާކްގެ ދެލޯ ފުރިގެން ބަންޑުންވެގެން ދިޔައެވެ. […]
”ކީއްކުރަން؟ އަހަރެމެންނަށް ގުޅަން ނޫޅޭ މީހަކު، ގުޅީމަ ފޯނު ނުނަގާ މީހަކަށް ގުޅަނި ކީއްކުރަން. ކޮން ބޭނުމަކު” ޒައިކްގެ ޖަވާބު ނުހަނު ރުންކުރުވެފައި ސާދާއެވެ. ޒައިކްގެ އެ ބުނުމުން ނަތާޝާގެ ލޮލުން ކަރުނަތައް ފައިބަންނަން ފެށީ އެއްވެސް އިހްތިޔާރަކާއި ނުލައިއެވެ. ނަތާޝާއަށް އެއްޗެކޭ އިތުރަށް ބުނަން ނުކެރޭ ވަރުކޮށްފައި ޒައިކް ކޮޓަރިއަށް ވަދީ އެމައިމީހާއަށް ކުރާނެ އަސަރު އަންދާޒާވެސް ކޮށްނުލެވޭ ހާލުއެވެ. އެމައިމީހާގެ ހިތުގައި އަޅަމުންދާ ވޭން ތަސައްވުރުވެސް ކޮށްނުލެވޭ ހާލުއެވެ. ބުރުގާގެ ކަނެއް ނަގައި ނަތާޝާ […]
ކޮންމެ މީހެއްގެވެސް މާޒީއެއް އޮންނާނެއެވެ. ބައެއްމީހުންގެ އުފާވެރި ހަނދާން ތަކެވެ. އަނެއްބައި މީހުންނަށް ވަރަށްވެސް ހިތްދަތި ހިތާމަވެރި ހަނދާންތަކެވެ. މާޒީވެ ނިމި ގޮސްފައިވާ ކަންތައްތަކަކީ އެމީހެއްގެެެެެެެެެެ މިއަދާއިމެެެެދު ފާޑު ކިޔޭނެ ކަންތައްތަކެއް ނޫނެވެ. ނޭނގުމެއްގެެ ތެރޭގަވެސް މީހުންނަށް ނުބައި އަމަލެއް ކުރެވިދާނެ އެވެ. އެހެނަސް ހިތްވަރާއެކު ހެޔޮކަމުގެ ތިލަފަތް ބަރު ކުރުމަށް މަސައްކަތް ކުރެވޭނެ އެވެ. ކުރިޔައް އޮތްތާގައި ނުބައި މަގަކުން ނުގޮސް ރަނގަޅު މަގުގައި ފައިތިލަ ސާބިތު ކޮއްލެވޭނެ އެވެ. ހިތްވަރު ގަދަ މީހުންނަކީ އެއީ […]
ހައްޔާމްގެ މިޒާޖު އެންމެ ރަގަޅަށް އެނގޭ އެއްބަޔަކަށް ހަމަގައިމުވެސް އޭނަގެ އެކުވެރިންވާނެއެވެ. ހައްޔާމްގެ އުޅުން ހުންނަ ގޮތުން ކޮންމެ ފަދަ ކަމެއްވެސް ކޮށްފާނެއެވެ. އެހެންވެ އެ އެކުވެރިންވެސް ހައްޔާމްއާ މެދު ކަންބޮޑުވެއެވެ. ” ހާތިބު އެރަށްތަށް އޮންނަނީ ކިހިނެއްތަ؟.. އަހަރެންވެސް އެރަށްތަށް އޮންނަގޮތް ބަލަން ވަރަށް ދާހިތްވޭ..” ރާބިލް ހަތީބު ކުރެން އަހާލިއެވެ. ” ގިނިހިޔާރަށް އަސްލު އެހެންފެންނަ އިރު ހީވަނީ ހުސްފަރުބަދަ ތަކެއް ހުންނަހެން ދޯ.. އެކަމަކު އޭ ވަށައިގެން ހުންނަ ފަރުބަދަ ތަކެއް ދެން […]
ނަމަވެސް ބައްޕަ އެދުވަހު އަހރެން ސްކޫލަށް ދިޔަކަ ނުދިނެވެ. އެހެން ކަމުން އަހަރެން އެ ދުވަހު ސްކޫލަށް ނުގޮސް ޖެހުނީ ބައްޕަގެ އަމުރަށް ދަބަސް ޕެކް ކުރާށެވެ. ސުވާލު ކުރުން މަނާކޮށްފައި އޮތުމުން އަހަންނަށް އިތުރު އެއްޗެއް އެނގުނީ މަންމަ ކައިރިންނެވެ. މަންމަ ދެރަވެފައި ހުރެ ބުނީ އެހެން ރަށަކަށް ބަދަލުވާން އުޅޭ ވާހަކައެވެ. އިތުރު އެއްޗެއް މަންމަވެސް ނުބުނެއެވެ. އަހަރެމެން ބަދަލުވީ ވަރަށް ކުޑަ ރަށަކަށެވެ. އެރަށުގެ ސްކޫލުގައި އެކި އުމުރުފުރާގެ ކުދިން އުޅޭއިރުވެސް އެހުރިހާ […]
“ޑޮކްޓަރ…އަހަރެން ސުވާލެއް ކޮށްލަންތަ؟” އެއްދުވަހެއްގެ ސެޝަން ނިމިގެން މަލާކް ބޭރަށްދާން ނުކުމެ ނުކުމެ ހުއްޓާ އަލޫކް ގޮވާލިއެވެ. އޭނާ އިނީ ވަރަށް ސީރިޔަސް ވެގެންނެވެ. “ޝުއަރ އެނީތިންގް”. “އަހަރެން މޮޔައޭ ހީނުކުރައްޗެ…. ޔަގީން؟” އަލޫކް ދެން ބުނެލި ޖުމްލައިން މަލާކް ގަނޑުވިއެވެ. ވަރަށް ސީރިޔަސް ވާހަކައެއް ބުނަން އުޅެނީތާއެވެ. “އޮފްކޯރސް. ޕްރޮމިސް. ޔަޤީން.” ” އެހެންމީހުން މިވާހަކަ ބުނީމަ ހީކޮށްފާނެ އަހަރެންމީ މޮޔައެކޭ… ކުރިން އަހަރެން ހުރީ ކުޑަކޮށް ހަނދާން ނެތިފައި.. ފަހުން ފަހުން އަހަރެންނަށް ރަނގަޅަށް […]
އަޑިގަނޑަކަށްފަހު އުސްގަނޑެއް އަންނާނެއޭ ބުނާ އަޑު ތިޔައިގެ ތެރެއިން ކޮންމެ ކިޔުންތެރިއަކުވެސް އަޑުއަހަމު ނޫންހެއްޔެވެ؟ އެއްބަޔަކަށް އެ އަޑިގަނޑުން ފަސޭހަކަމާއިއެކު އެރޭއިރު އަނެއްބަޔަކަށް އެ އަޑިގަނޑުން އަރައިގަނެވެނީ އެތައް މަސައްކަތްތަކެއް ކޮށްގެންނެވެ. ވޭނާއި ކެކުޅުން ތަޙައްމަލް ކޮށްފައެވެ. ހިތްފަޅައިގެން ދާވަރުގެ ހިތްދަތި ތަޖުރިބާތަކެއް ކުރުމަށްފަހުގައެވެ. މަކަރުވެރިންގެ ނުބައި ރޭވުންތަކުގައި މިދުނިޔެމަތިން އެތައް މައުސޫމު ބަޔަކު ބެދެމުން ދެއެއްނޫންހެއްޔެވެ؟ މިކަމުގެ ސަބަބުން އެމީހާގެ އަބުރު ކަތިލެވި އެމީހާގެ މައްޗަށް އެހެން މީހުން ކުރާ އިތުބާރު ބަސްބުނާހާ ހިނދުކޮޅެއްގެ ތެރޭގައި […]
ޒާހިލް އައިސް ސައިކަލު މަޑުކޮށްލުމާއެކު މަލާކް ފަހަތަށް އެރިއެވެ. “ސޯ…މަލާ .. އާރ ޔޫ ޓޭކިންގް ދަ ކޭސް؟” ޒާހިލް ފުރަތަމަ ކޮށްލީ ސުވާލެކެވެ. ” ޔެސް… ބަޓް އޮންލީ އިފް ޔޫ އާރ ގޮއިންގް ޓު ހެލްޕް މީ. އޭޒް މައި އެސިސްޓެންޓް” ޒާހިލް ހހީލިއެވެ. އޭނާ އަބަދުވެސް މަލާކަށް އެހީވާން ހުންނާނެއެވެ. “އޮފްކޯރސް” ޙަޤީޤަތުގައި މަލާކްއަކީ ހިތްވަރު ގަދަ ކުއްޖެކެވެ. އޭނާއަށް އެކަނި ވެސް އަލޫކްއަށް ޓްރީޓް ކުރެވިދާނެއެވެ. އެކަމު ޙާލަތުގެ ގޮތުން ވަރަށް […]