Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަބިރުވެރިއެހެނިހެންމަޖާލޯބި

ޝަހަރު 4ވަނަ ބައި

kudhoo Level 310 Stories100 Comments
May 21, 2020 4 Mins Read
2 Comments

ދެބަފައިން ގިނިހިޔާ ރަށަށް ދާން އުދުއްސައިގަތުމުން ދެމައިން ތިބިތަނުން ތެދުވުނެވެ.

އެމަންޒަރު ބަލަން އާޝޯޚުވެފައި އިން ސުމައްޔާ އޭނާގެ މަންމައާ ސުވާލުކުރަން ފެށިއެވެ. ” މަންމާ އަހަރެންގެވެސް އެހަކަލަ ރީތި ވަރައެއް ހުރޭތަ..” “އާނ! ދަރިފުޅާ އަހަރެމެން ނަސްލުގައި އެންމެންގެވެސް ވަރައެއް ހުންނާނެ.. އެކަމަކު އެކި މީހުނަށް ލިބިފައި ހުންނާނީ އެކިކަހަލަ ވަރަ.. ބައްޕަގެ އެހުރި ވަރައަކީ ދަރިފުޅުގެ ކާފަގެ ނަސްލުން ލިބިފައި ހުރި ވަރައެއް.. ދަރިފުޅަށް އަދި ފަހުން ހުރިހާ އެއްޗެއް އެނގޭނެ..” އާސިޔާ އޭނާގެ ދަރިފުޅުގެ ސުވާލުތަކަށް ޖަވާބުދެމުން ބުންޏެވެ. ” މަންމަގެވެސް ހުރޭތަ އެކަހަލަ ވަރައެއް..” މަންމަގެ ވަރަވެސް ދެކޭ ހިތުން ކެތްމަދުވެފައިވާ ސުމައްޔާ އަހާލިއެވެ. ” އާނ! ދަރިފުޅާ މިބުނީނު އެންމެންގެވެސް ހުންނާނޭ.. މަންމަގެ ވެސް ހުރޭ.. އެކަމަކު އެއްވެސް ކަމަކާ ނުލާ ވަރައިގެ ބޭނުން ކުރުމަކީ ރަގަޅުކަމެއް ނޫން.. ވަރަށް ބޮޑު ބޭނުންތަކުގައި ވަރަ ބޭނުން ކުރަން ޖެހޭނީ.. ބައްޕަވެސް ބޭނުން އެކުރީ އަހަރެމެންނަށް ކަނޑުގެ ލޮނުގަނޑުން ދަތުރު ނުކުރެވޭނެތީ.. ކަނޑުގެ ލޮނުގަނޑުގައި އުޅެވޭނީ ލޮނުގަނޑުގައި އުޅެވޭ ކަހަލަ ނަސްލުގެ ބައަކަށް.. އެކަމަކު އެމީހުން ލޮނުގަނޑު އަރާ މަހަކަށް ވުރެ ގިނަ ދުވަހު ނޫޅެވޭނެ.. އެއީ އެމީހުންނަށް އެއާ ނުލާ ނޫޅެވޭނެތީ..” އާސިޔާގެ ވާހަކަތަކުން ސުމައްޔާގެ ހިތުގައި އިތުރު ސުވާލުތަކެއް އުފެދުނެވެ. ނަމަވެސް އެހުރިހާ ސުވާލްތަކަށް މިވަގުތު ޖަވާބު ނުލިބޭނެކަން އެނގޭތީ ހުއްޓާލިއެވެ. ދެމައިންވެސް ރަށުތެރެއަށް ގޮސް އެމީހުންގެ ރައްޓެހިންނާއެކު ހޭދަކުރަމުންދިޔައެވެ.

” އާސީ.. ދަރިން ލިބުނު ފަހުން އަދި އާސީ ނުދަމެއްނު އާސީގެ ރަށަކަށް.. ކިހިނެއްވީ ނުގޮސް ތިހުންނަނީ.. އަހަރެން ވަރަށް ގިނަ ދުވަސްވެއްޖެ މިހެން އަހާލަން ހުންނަތާ.. ކުރިން އަހަރެން ވިސްނީ ދަރިން ކުޑަވީމަ ނުދާންވެގެންކަމަށް.. އެކަމަކު އެހެނެއް ނޫން ދޯ؟..” އެކުވެރި ޤިލާދާ އަހާލިއެވެ. ” އެހެނެއްނޫން.. އަދި ދާނަން.. ވަރަށް ދުރު ހިސާބަކަށް ވީމަ ވަރަށް ތައްޔާރުވެގެނެއް ނޫންތަ ދެވޭނީ.. ދަރިން ގޮވައިގެން ދާއިރު އެތަށް ޝަހަރެއް ހުރަސް ކޮށްފައި ދާން ޖެހޭނީ.. އެހެންވެ އަދި މަޑުކޮށްގެން މިހުންނަނީ..” އޭނާގެ އެކުވެރިޔާގެ ހިތުގައި އުފެދިފައިވާ ސުވާލަށް ޖަވާބު ދިނެވެ. ” އާސީގެ ބައްޕަ އެންމެ ފަހުން އައީ ހަތީބު ވަރަށް ކުޑައިރު.. އޭގެ ފަހުން ނާދޭ ދޯ މިކޮޅަށް..” ” އާނ!.. ބައްޕައަކީ ރަށުގެ ރަސްކަލަކަށް ވީމަ ވަރަށް ގިނަ ކަންތައްތައް ކުރަން ހުންނާނެ.. އެހެންވީމަ އެހާ ފަސޭހައިން ނާދެވޭނެ.. އެހެންނޫނަސް ބައްޕަ އެންމެ ފަހުން އައިރު ބުނިން އެހާބުރަކޮށް އުޅެމުން އަންނާނެ ކަމެއް ނެތޭ.. ކޮންމެވެސް ދުވަހަކުން ދަރިންގޮވައިގެން އެކޮޅަށް ދާނަމޭ  ބުނިން..” އެކުވެރިންގެ ހިތުގައި ވަރަށް ގިނަ ސުވާލުތައް އުފެދިފައި ހުއްޓެވެ. އާސިޔާއަކީ އެހާ ގިނައިން ބޭރުތެރޭގައި އުޅޭ މީހަކަށް ނުވާތީ އެމީހުންނާ އާސިޔާއާ އާންމުކޮށް ދިމާވަނީ އާސިޔާމެންގެއަށް ގޮސްގެން ނުވަތަ އާސިޔާ އެގޮތަށް އެމީހުންނާ ބައްދަލު ކުރަން އަންނަ ރެއެއްގައެވެ. އާންމުކޮށް އާސިޔާ ބޭރަށް ނިކުންނާނީ ވަރުދާންއާ އެކީގައެވެ. އެހެންކަމުން އެމީހުނަށް ވަރުދާން ހުއްޓާ އާސިޔާއާ ވާހަކަ ދައްކާކަށް ނުކެރެއެވެ.

ގިނިހިޔާ ރަށަށް ދެބަފައިންނަށް ދެވުމުން ރަށަށް ތިރި ކުރިއެވެ. ހާތިބުއަށް ކުރިން އެރަށް ފެންނަނީ ބޮޑެތި ފަރުބަދަ ތަކެއް ހެންނެވެ. ނަމަވެސް އެއީ ރަށުގެ ވަށައިގެން ހުރި ފަރުބަދަތަކެކެވެ. އެރަށުގެ މަތީގައި ހުންނައިރު އެރަށުގެ ކައިރީގައި ތިބި ރަށްތަށްވެސް ވަރަށް ރީތިކޮށް ފެނެއެވެ. ގިނިހިޔާ ރަށުގެ ފަރުބަދަތައް އުސްކަމުން ރަށުގައި ހުންނައިރު ނުފެންނަ ރަށެއްވެސް މިއަދު ހާތިބުއަށް ފެނިއްޖެއެވެ. ” ބައްޕާ އެއީ ކޮން ރަށެއްތަ؟..ވަރަށް ރީތި ރަށެއް އެއީ..” “އެއީ މަލަފެހި ރަށް.. އެރަށަކީ އާންމުކޮށް ޕާޓީތަކަށް މީހުން އަންނަ ރަށެއް… ޢާންމުކޮށް ބޮޑެތި ހަފްލާތައް ބޭއްވުމަށް އެކި ޝަހަރުތަކުގައި ތިބޭ ޝާހީ އާއިލާތަކާ ބޮޑެތިބޭފުޅުންގެ އާއިލާތަކުން އަންނަ ރަށެއް.. ވަރަށް ރީތިވާނެ.. މި ތަމްރީނުތައް ފުރިހަމަކޮށް ނިމުމުން ދަރިފުޅު ގޮވައިގެން އެރަށް ބަލައިލަން ދާނަން.. ހިނގާ ދެން ފަށަމާ..” ރަށްތަކާ ތަންތަން ފެންނަން ފެށުމުން އެކަމަށް އާޝޯޚުވެ ގެއްލިފައި ހުރިވަރުން ހާތިބު ކުރަން އައި ކަންތައްވެސް ހަނދާނެތުނެވެ. ހާތިބުއަށް ހޭވެރިކަމެއް ލިބުނީ ބައްޕަ ފަށަން ހިނގާށޭ ބުނުމުންނެވެ. ވަރުދާން ފުރަތަމަވެސް ދަސްކޮށްދޭންފެށި ކަނޑީގައި ހިފާނެ ގޮތެވެ. އަދި ކަނޑި ކަމަރުގައި އަޅުވައިގެން ހުންނާނެ ގޮތާއި ކަމަރުން ނަގާނެ ގޮތްތަކެވެ. އަދި ކަނޑި އަނބުރާނެ ގޮތާއި އެފަދަ ދެތިންކަމަކަށް އެރޭ ހަތީބު ތަމްރީނު ކުރަމުން ދިޔައެވެ. ހާތިބުއަކީ ކަންކަން އަވަހަށް ދަސްކުރާ ކުއްޖަކަށް ވުމުން ވަރަށް ފަސޭހައިން ބުނާއެއްޗެއް ނަގާގަނެއެވެ. ދެބަފައިން އެ މަސައްކަތުގައި އުޅުމަށްފަހު ރަށަށް އައީ ނިދަންގާތް ވުމުންނެވެ. ދެބަފައިންނަށް ގެއަށް ދެވުނު އިރު އާސިޔާގެ ދެމައިން ތިބީ ނިދާފައެވެ.

ކޮންމެ ރެއެއްގައިވެސް ވަރުދާންމެން އެރަށަށް ހާތިބުގެ ތަމްރީތަކަށް ދެއެވެ. އެހެންދަމުންގޮސް މައްސަރެއްވީއިރު ކަނޑީގެ ހުރިހާކަމެއް ހާތިބުއަށް ދަސްވެއްޖެއެވެ. ” ދަރިފުޅާ މިހާރު ކަނޑި ބޭނުން ކޮށްގެން ދަސްކުރަންޖެހޭ ހުރިހާ އެއްޗެއް ދަސްތިވީ.. އެހެންނަމަވެސް ދަރިފުޅަށް މިހުރިހާ އެއްޗެއް ދަސްކޮށްދިނަސް ނަހަމަ ގޮތުގައި މީގެ އެއްވެސް އެއްޗެއް ބޭނުން ނުކުރާތި.. އަދި ދަރިފުޅުގެ ވަރަވެސް ރަށުތެރޭގައި އުޅޭ އިރު ބޭނުން ނުކުރާތި.. ބޭނުން ކުރަންޖެހިއްޖެ ހާލަތެއްގައި އެކަނި ބޭނުން ކުރާނީ..” ވަރުދާން އޭނާގެ ދަރިފުޅަށް ނަސޭހަތް ދެމުން ބުންޏެވެ. ” އާނ ބައްޕާ!.. އިރާދަކުރެއްވިއްޔާ ބައްޕަ ބޭނުންވާ ކަހަލަ ދަރިއަކަށް އަހަރެންވާނީ.. ދެން ކޮންއިރަކުން ފަށާނީ..” ބާކީ ހުރި ކަންތައްވެސް ދަސްކުރާ ހިތުން ހާތިބު އަހާލިއެވެ. އޭނައަށް ކޮންމެ ރެއެއްގައިވެސް ދަސްވެގެންދާ އާކަންތައްތަކުން ހާތިބު އެކަމަށް ވަރަށް ޝަޢުޤުވެރިވިއެވެ. ” މިރޭ.. މިރޭދާނީ ޖެހިގެން އޮތް ވެލިފަސް ރަށަށް.. މިރޭ ފަށާނީ ދަރިފުޅަށް ލިބިފައި ހުރި ބާރުތައް ބޭނުން ކުރަން ދަސްކުރަން..” ބައްޕަ އެހެން ބުނީއްސުރެ ހާތިބު އިންތިޒާރު ކުރަމުން އައީ އިރުއޮތްސޭނެ އިރަކަށެވެ. ކޮންމެ ރެއެއްގެވެސް އާދައިގެ މަތިން ދެބަފައިން ފުރަން ދާއިރު ދެމައިން އަތިރި މައްޗަށް ދެއެވެ. މިރޭވެސް ދެބަފައިން އުދުއްސާގެން ދާ މަންޒަރު ބަލަން ދެމައިން ތިއްބެވެ. ދުރުން އެދެބަފައިން ފެންނައިރު ހީވަނީ އެކިކުލަކުލައިން ވިދަވިދާހުރި އަލި ގުޅައަކާ ނޫކުލައިން ވިދާ ބަބުޅަމުންދާ އަލިގުޅައެއް ފެންނަނީހެންނެވެ. އެމަންޒަރަކީ ބަލާ ފޫހި ނުވާނެ ފަދަ މަންޒަރެކެވެ.

ވެލިފަސް ރަށް މަތިން ފެންނައިރު ހީވަނީ އުސް ވެލި ފުނިތަކެއް ހުރިހެންނެވެ. އެރަށުގައި ބޮޑެތި ގަސްތަކެއް ނުހުރެއެވެ. ހުރީވެސް ވަރަށް މަދު ގަސްތަކެކެވެ. ރަށަށް ފޭބުމުން އެނގުނީ ވެލީގެ އިތުރުން އެރަށުގައި ހުރީ ބޮޑެތި ގާތަށް ކަމެވެ. ހީވަނީ ފަރުބަދަ ތަކެއް ކަނޑައި ބިމަށް ފައިބައިފައި ހުރި ހެންނެވެ. ބިމަށް ފައިބައި ފިޔަގަނޑު ލައްޕާ ލުމުންވެސް މުޅިތަނަށް ބުރައިގެން ދިޔައީ ހިރަފުސްތަކުން ވަނީ ބޮޑު ދުންގަނޑެއް އުފެދިފައެވެ. ތަންތަން ފެންނަވަރުވެސް ވީ އިރުކޮޅެއްފަހުންނެވެ. މިގޮތަށް ކޮންމެ ރެއެއްގައިވެސް ދަމުންގޮސް ހާތިބުއަށް އޭނާގެ ބާރުގައި ބިމުން ގާތަށް ނަގާނެ ގޮތާއި ގާތަށް އުކާނެ ގޮތާއި ދުންގަނޑު އުފައްދާނެގޮތައި ގާތައް އަމާޒަށް އުކާނެ ގޮތާއި އޭނާގެ ހަށިގަނޑު ތެރޭ ހުރި ބާރު ބޭނުންކޮށްގެން އެއްޗެހި ދުރުކުރާނެ ގޮތާ އެހެންގޮސް ވަރަށް ގިނަ ކަންތައްތައް ދަސްކޮށްދިނެވެ. ވެލިފަސްރަށުގައި ހޭދަކުރި އެންމެ ފަހުރޭ ކުރިން ކަނޑިން ދަސްކޮށްދިން ކަންތަކާ އަދި އެރަށަށް އައިސް ދަސްކުރި ކަންތައްތައް އަމިއްލައަށް ކުރުމަށް ދިނެވެ. ވަރުދާންގެ ބޭނުމަކަށްވީ އޭނަ ދަސްކޮށްދިން ހުރިހާކަމެއް ހާތިބުއަށް ދަސްވެ ހަނދާނުގައި ހުރި މިންވަރެއް ބެލުމެވެ. ހާތިބުގެ މަސައްކަތްތައް ބަލަން ވަރުދާން ތަންކޮޅެއް ދުރުގައި ހުރި ގާފުނިއެއްގައި އިށީދެގެން ހުއްޓެވެ. ހާތިބު އެއްވެސް ކަމެއް ވައްޓާނުލާ ކުރަމުން ދިޔައެވެ. ” މާޝާﷲ ދަރިފުޅު ހުރިހާ ކަމަކަށްވެސް ވަރަށް ކުޅަދާނަ.. ދެން އޮތީ އެންމެ ބުރަ ކަންތައްތައް ފެށުން.. އެކަމަކު މާދަމާރޭ ހިނގާ ބްރޭކެއް ނަގަމާ.. ރެސްޓެއްވެސް ނަގާލަން ވާނެއެއް ނޫ…” ވަރުދާންއާ އެއްބަސްވުމުގެ ގޮތުން ހާތިބު ބޯ ޖަހާލިއެވެ. ނަމަވެސް އޭނާ ބޭނުންވަނީ އެންމެ ރެއެއްވެސް ވައްޓާނުލާ ކުރިއަށް ގެންދާށެވެ. އެހެންނަމަވެސް ބައްޕަ ބްރޭކެއް ނަގާ ވާހަކަ ބުނުމުން އެކަމާ ދެކޮޅު ހަދަން ބޭނުން ނުވީއެވެ.

” ހާތިބު ކޮންކަމެއްތަ ހާތިބު ބައްޕަ ދަސްކޮށްދިނީ.. އަހަރެން ވަރަށް ބޭނުން ބަލައިލަން.. އަހަރެން ހަނދާން ހުރޭ އަހަރެންގެ ބޭބެ ބޮޑުވުމުން އަހަރެންގެ ބައްޕަ އޭނައަށްވެސް ޓްރެއިނިންގ ދޭން ތަންތަނަށް ގޮވައިގެން ދާނެ.. އޭރު ކުޑަވީމަ މާބޮޑަކަށް ނޭނގެ..” ހައްޔާމު އަހާލިއެވެ. ބައްޕަ ރައްޓެހިންނަށް ހުރިހާ ވާހަކައެއް ކިޔައި ނުދޭން ބުނެފައި އޮތުމުން ހާތިބު އެވާހަކަ ދައްކަން ބޭނުން ނުވިއެވެ. ނަމަވެސް ކޮންމެ މީހަކަށް ހަށިގަނޑު ތެރޭގައި ބާރުތަކެއް ލިބިފައިވާނެކަމަށް އެކުވެރިންނަށް ކިޔައިދިނެވެ.  “ހައްޔާމްވެސް ދިރިއުޅުމަށް ތިއަށް ވުރެ ސީރިއަސް ވެބާ.. އޭރުން ހައްޔާމްގެ ބައްޕަވެސް ދަސްކޮށް ދޭނެ.. އެދުވަހު ބުނީމެއްނޫ ބައްޕަ ފޮތްތަކެއް ދިން ވާހަކަ.. އެ ކިޔައިފިންތަ؟..” ޒަހުރާން ބުންޏެވެ. ” އާނ! ބަލައިފިން އެކަމަކު އެއީ އާއިލާ ތެރޭ ސިއްރަކަށްވާތީ ބައްޕަ ބުނުއްވި ނުދައްކަން.. އެއީ އެކިމީހުންނަށް އެނގޭނީ އެކިއެކި ކަންކަމަށް ވާތީއޭ ބުނި..” ހައްޔާންގެ ވާހަކަތަކާ ގުޅުވައިގެން ދިފްރީސްވެސް ވާހަކަ ދެއްކިއެވެ. ” އަހަރެމެން ނޫޅެމޭ އެއީ ކޮންކަމެއްތޯ ބަލާކަށް.. މިހާރު އެނގިއްޖެއެއްނޫ ބައްޕަ ބުނާ ގޮތް ހެދުމުން ދެރައެއް ނެތްކަން.. އަހަރެންނަށް ޔަޤީން އެފޮތްތަކުން ހައްޔާމްއަށް ވަރަށް ފައިދާ ކޮށްފިކަން.. އަހަރެން ދޭނެ ނަސޭހަތަކީ އެއިން ލިބުނު އެއްޗެއް ހެޔޮގޮތުގައި ހިފަން.. މަޖަލަކަށް ހަދާފައި ބޭނުން ނުކުރަން” ހައްޔާމްގެ މިޒާޖު އެންމެ ރަގަޅަށް އެނގޭ އެއްބަޔަކަށް ހަމަގައިމުވެސް އޭނަގެ އެކުވެރިންވާނެއެވެ. ހައްޔާމްގެ އުޅުން ހުންނަ ގޮތުން ކޮންމެ ފަދަ ކަމެއްވެސް ކޮށްފާނެއެވެ. އެހެންވެ އެ އެކުވެރިންވެސް ހައްޔާމްއާ މެދު ކަންބޮޑުވެއެވެ.

( ނުނިމޭ )

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

kudhoo

Level 310 Stories100 Comments

I really appreciate people who correct me, because with out them, I might have been repeating mistakes. " The more that you read, The more things you will know "

Other Articles

Previous

ވާށޭ މަށާ އެކީ-24

Next

ޝާޔަން ✨ (ހަތަރުވަނަބައި)

Next
May 21, 2020

ޝާޔަން ✨ (ހަތަރުވަނަބައި)

Previews
May 21, 2020

ވާށޭ މަށާ އެކީ-24

2 Comments!

  1. thiththa says:
    May 22, 2020 at 12:57 am

    masha allah kudhu….mi baives varah furihama…….cant wait for next part

    1. kudhoo says:
      May 22, 2020 at 4:36 am

      ?thnx thithaa

Comments are closed.

Next Episodeޝަހަރު 5ވަނަ ބައި←


All Right Reserved!