”ދެން މިކަންވެސް ހަމައަކަށް އެޅެނީ މި. ހިނގަދާން ޕެކް ކުރަން.” މާޖިދު އެހެން ބުނެލާފައި ޒާހިދާގެ އަތުގައި ހިފައިގެން ގޮސް ކާރަށް އަރައިލިއެވެ. އަދި ބާރުމިނެއްގައި ދުއްވާލީ ތަނަކަށް ދާން ލަސްވެގެން އުޅޭ ފަދައަކުންނެެވެ.
***
ބޮޑު ހުދުކުލައިގެ ކޮޓަރީގެ އެއްކަނުގައި ދެފައި ކުރުކޮށްލައިގެން އިން ޔުނާންގެ ލޮލުން ދިޔައީ ކަރުނަތައް ރޮނގަކަށް ފައިބަމުންނެވެ. ތުންފަތް ހިކިވެފައިވާއިރު ނޭފަތުން ދިޔައީ ދަވަތައް ފައިބަމުންނެވެ. އެއްއަތުގައި ފޯނު އޮޮތް އިރު ބަލަމުން ދިޔައީ ފޯނުގައި އިން ފޮޓޯއަކަށެވެ. އައިލީޝްގެ ރީތި ފޮޓޯގަނޑަކަށް ނަޒަރު ހުއްޓާލައިގެން ޔުނާން އިން އިރު އެހިތުގައި ދިޔައީ އެތައް ޝަކުވާއެއް އުފެދެމުންނެވެ. އަދި އެތައް ޝަކުވާއެއް ކުރަމުންނެވެ.
ޔުނާންގެ އެއްވެސް އިހްތިޔާރެއް ނެތް ހިތަށް ވިސްނައިދިނުމަށް އޭނާއަށް ވަނީ ނުކުޅެދިފައިއެވެ. ސިކުނޑި އާއި ހިތް ހަނގުރާމަ ކުރަމުން ދާއިރު ދޭތި އެކައްޗެއް ކިޔާކަށް އެންމެ ފަހަރަކުވެސް ނޫޅޭ ފަދައެވެ. ހިތް އެއްކަމަކަށް އެއްބަސް ވަމުން ދާއިރު ސިކުނޑި ދިޔައީ އެކަމަކާ ދެބަސްވަމުންނެވެ. ޔުނާންގެ ހިތަށް ލިބެމުން ދިޔަ ވޭނާ ޒަހަމްތައް މިއަދާ ހަމައަށްވެސް އޭނާ އެއުޅެނީ މީހަކަށް ނުކިޔާދީ ފޮރުވައިގެންނެވެ. ދިހަ އަހަރުވަންދެން އެހެން އެއްވެސް މީހަކާ ވާހަކަ ނުދައްކާ ކޮންމެ ދުވަހެއް ފާއިތުވެގެން އެދަނީއެވެ. ޒަހަމްވެފައިވާ ހިތަށް ޝިފާއެއް ނުލިބިއެވެ. ވަރުބަލިވެފައިވާ ހަށިގަނޑަށް އަރާމެއް ނުލިބިއެވެ.
ފާއިތުވެގެން ދިޔަ ކޮންމެ އަހަރެއް ކޮންމެ ދުވަހެއް ޔުނާން ތަހައްމަލް ކުރަމުން ދިޔައީ ވޭނާ ހިތްދަތި ކަމާއި ހިތާމާއިގައިއެވެ. އައިލީޝް ނުލިބުމުން އެހިތް ހަލާކުވެފައިވާ އިރު ހަށިގަނޑުވެސް ދިޔައީ ބަލިކަށިވަމުންނެވެ. އާއިލާ މީހަކާ ވާހަކަދައްކާ ހިތް ނުވެފައިވާއިރު އެހެން މީހަކާވެސް އަނގާން ބުނެލާން ބޭނުން ނުވާ ފަދައެވެ. މީހަކަށް ވާހަކަ ނުދެއްކޭނެހެން ހުރިހާ ސޯސިއަލް މީޑިއާއެއް ފޯނުން ފުހެލާފަައި ވާއިރު ހަމައެކަނި ބައިންދާފައި އިނީ ވައިބާއެވެ. ނަމަވެސް އެޔަށް ވެސް ވަންނަނީއެއް ނޫނެވެ. ފޯނު ގެންގުޅެނީ ނަމަކަށެވެ. ޖީބަށް ރީއްޗަކަށް ލާފައި އޮންނަ އެއްޗެއް ފަދައެވެ. ކޮންމެ ދުވަހެއްވެސް ކޮޓަރީގެ އެއްކަނެއްގައި ހޭދަކުރަމުން ދާއިރު ފޫހިނުވާ ފަދައެވެ. އެކަނިވެރިކަން އެކުވެރިޔަކަށް ހަދައިގެން ކޮންމެ ސިކުންތެއްވެސް ފާއިތުވަމުން ދަނީ ޔުނާން ހަމައެގޮތުގަައި އިންދައެވެ.
***
ފަތިސް ނަމާދުގެ ބަންގީގެ އަޑަށް ނައިޝަމް އިން ތަނުން ތެދުވެލީ ނަމާދު ކުރަން ދިޔުމަށެވެ. އޭނާ އިން މޭޒުމަތީގައިވާ ހުރިހާ ކަރުދާސްތަކެއް ރީތި ކޮށްލުމަށްފަހު ނައިޝަމް އޮފީހުން ނުކުންނަން ހިނގައިގަތެވެ. މޯޅިއަކަށް ދެމިލަމުން ހިނގާފައި ދިޔަ ނައިޝަމްއަށް މަޑުޖެހެވުނީ ނުހަނު ބާރަށް އޭނާގެ އަތް ދޮރު ކަނީގައި ޖެހުމުންނެވެ. ކުޑަކޮށް ހަޅޭލަވާގަނެވުނު އިރު އޭނާގެ އަނގަވަނީ ތަންމިނަށް ހުޅުވިފައިއެވެ. އަތުގައި މަޑުމަޑުން ފިރުމާލަމުން ނައިޝަމް އެތަނުން ނުކުންނަން ހިނގައިގަތީ ފާހަނާއަށް ވަދެ މޫނު ދޮވެލައިގެންނެެވެ. ހަލުވި ހިނގުމެއްގައި ހިނގާފައި ގޮސް ކާރަށް އަރައި ކާރު ދުއްވާލިއިރުވެސް ނައިޝަމްގެ އަތް ދިޔައީ ތުރުތުރުލަމުންނެވެ. މުޅި ރޭ ނުނިދާ އިނުމުން ދެލޯ ކައިރި ދުޅަވެފައިވާއިރު އޭނާއަށް ދެލޯ ހުޅުވެނީވެސް ކިރިޔާއެވެ.
އިރުގެ ފެނުން ތޮޅިލި ވަގުތަކީ ނައިޝަމް މިސްކިތުން ފޭބި ވަގުތެވެ. ގުރުއާން ކިޔަވައިލައިގެން ނައިޝަމް މިސްކިތުން ނުކުތް އިރުވެސް އޭނާއަށް ދިޔައީ ހާ ފުރެމުންނެވެ. ނަމަވެސް އެންމެ ފަހަރަކުވެސް ގެޔަށް ގޮސް ނިދާލަން އޭނާގެ ހިތަކަށް ނާރައެވެ. ތަހްގީގެއް ކުރާ ކޮންމެ ފަހަރަކު ނައިޝަމްއަކީ ނުނިދާ އެކަމެއްގައި އެއްވެސް ވަރުބަލިކަމެއް ނެތި އެޅެމުންދާ ހަރުދަނާ ޒުވާނެކެވެ. އެންމެ ފުރިހަމައަށް ފަރުވާތެރިކަމާއިއެކު ކަންތައްތައް ކުރާ ޒުވާނެކެވެ.
ކާރާ ހަމައަށް ހިނގާފައި ދިޔަ ނައިޝަމް މީހެއްގެ ގައިގައި ލައިގަނެފައި ވެއްޓެން ދިޔައެވެ. ނަމަވެސް ހުށިޔާރުކާއިއެކު އަމިއްލަ ނަފްސު ނުވެއްޓި ހިފަހައްޓާލާ އެމީހާއާ ދިމާލަށް ނައިޝަމް ބަލައިލިއެވެ. ތޮތްޕެއް ބޮލުގައި އަޅާފައި އިސްޖައިލައިގެން ހުރުމުން ނައިޝަމްއަކަށް އެމީހާގެ މޫނު ފެންނަ ގޮތެއް ނުވިއެވެ. ހިނިތުންވުމެއް ރައްދު ކޮށްލާފައި ކާރަށް އަރަށް އުޅުނު ނައިޝަމްއަށް ހީވީ އޭނާގެ ފައިގައި ތަޅުއެޅުވުނު ހެންނެވެ. ކުރިއަށް އެންމެ ފިޔަވަޅެއްވެސް ނާޅާ ހުރިތަނުގައި ހުރެވުނީ އެއްޗެއް ހަނދާން ކުރާ ފަދައަކުންނެވެ. އޭގެ ދެވަނަ ސިކުންތުގައި ނައިޝަމް އޭނާގެ ފަހަތް ބަލައިލިއެވެ. ނަމަވެސް އޭރު އޭނާ ލައިގަތް ޒުވާނާ ފެންނަން ނެތުމުން ނައިޝަމް ހައިރާންވާ ގޮތްވިއެވެ. އެހައި އަވަހަށް އެމަގުން ނުދެވޭނެކަން އެނގުމާއިއެކު ނައިޝަމް ހިތުގައި ސުވާލުތައް އުފެދޭ ގޮތްވިއެވެ.
ކާރަށް އަރައިލާ އޮފީހާ ދިމާލަށް މިސްރާބު ޖެހިއިރުވެސް ނައިޝަމްގެ ސިކުނޑީގައި ވަނީ އެމީހާއެވެ. އެމީހާގެ ލޮލާ ނޭފަތް ފެންނަން ނެތް ނަމަވެސް ނައިޝަމްއަށް އެމީހާގެ ތުންފަތް ފެނުނެވެ. އެއީ އޭނާއަށް ކޮންމެވެސް ތަނަކުން ފެނުނު ތުންފަތަކާއި ވައްތަރުހެން ނައިޝަމްއަށް ހީވަމުން ދިޔައީ އިންތިހާއަށެވެ. ހިތުގެ އެއްކަނަކުން އެހެން ބުނަމުން ދިޔައިރު ނައިޝަމް އޭނާގެ ސިކުނޑިން ވިސްނަމުން ދިޔައީ އެމީހާ އޭނާއަށް ފެނުނީ ކޮންތަނަކުން ކަމެވެ.
ނައިޝަމް އޮފީހަށް ވަދެގެން ދިޔައިރު އެތަނުގައި ވަނީ މަރުފަދަ ހިމޭންކަމެކެވެ. މީހެއްގެ ހިލަމެއް ތަނުން ނުވާއިރު ތަންވަނީ ހަމަހިމޭންވެފައިއެވެ. އަވސްވެފައިވާ ހިތަކާއިގެން ނައިޝަމް އޭނާގެ ކެބިންއަށް ވަދެ ގޮޑީގައި ހަމަޖެހިލިއެވެ. އަދި ފޯނު ނަގައި އެޔަށް ބަލައިލިއެވެ. ސަތޭކައަށް ވުރެ ގިނަ މެސެޖް ފޯނަށް އައިސްފައި ވުމުން ނައިޝަމްގެ ދެބުމަ ގޮށްޖެހިގެން ދިޔައެވެ. ނުދަންނަ ނަންބަރަކުން އެހައި ވަރަކުން މެސެޖް ކޮށްފައި ހުރުމުން ނައިޝަމްގެ ހިތުގައި ސުވާލުތަކުން ފުނިޖެހުނެވެ. މެސެޖްތައް ކިޔާލިއިރު ފޮނުވާފައި ހުރި މެސެޖްތަކުން ނައިޝަމްގެ ހިތުގައި ރުޅިވެރިން އުފެދުނެވެ. އަވަހަށް އެނަންބަރު ބްލޮކް ކޮށްލާ މަސައްކަތާއިގެން ކުރިއަށް ދާން އޭނާ މަސައްކަތް ކުރިއެވެ. ނިކަން ހަމަޖެހިފައި އިން ނައިޝަމް މީހުންގެ މައުލޫމާތު ހޯދަމުން ދިޔައިރު އޭނާގެ ހިތުގެ ހަމަޖެހުން ނަގައިލީ ކަރުދާހުގައި ޕްރިންޓް ކޮށްފައިން މީހާ ފެނިފައިއެވެ. އެއީ މިއަދު ހެނދުނު ނައިޝަމްގެ ގައިގައި ލައިގަތް މީހާ ނޫން ދެވަނަ މީހެއް ނޫންކަން ނައިޝަމްގެ ހިތްގޮވަމުން ދިޔައެވެ. އޭނާގެ ގައިގައި ލައިގަތް މީހާގެ ތުންފަތާ އެމިހާގެ ތުންފަތާ އެއްވެސް ތަފާތެއްނެތެވެ. ބޮލުގައި އަޅާފައިން ތޮފި ވެސް އެއީ ފޮޓޯގަނޑުގައި އިން މީހާ އަޅާފައި އިން ތޮތްޕެވެ. އެއްވެސް ތަފާތެއް ނެތެވެ.
”އިސްމާއިލް ހަސަން.” މަޑުމަޑުން ނައިޝަމްގެ ތުންފަތް ފޫއަޅުވާލާފައި އެނަން ނުކުތުމާއިއެކު އޭނާގެ ގަޔަށް ހީވީ ކަރަންޓް ޝޮކެއް އަރައިގެން ދިޔަހެންނެވެ. ދެވަނަ ފަހަރަށްވެސް އެމީހާގެ އެހެން ފޮޓޯތައް ބަލައި ހޯދަން ފެށީ އެއީ އެމީހާ ތޯ ޔަގީން ކުރުމަށެވެ. ނައިޝަމްއަށް ދެވަނަ ފަހަރަސް ވެސް ގޮޑީގައި ލެގިލެވުނެވެ. އަދި ވަރަށް ފުންކޮށް އެކަމާ ވިސްނަން އޮތެވެ.
***
ޝާހިދުގެ ފޮޓޯގަނޑެއް އަތަށް ލައިގެން އިން ނަތާޝާގެ ލޮލުން ދިޔައީ ހުއްޓުމެއް ނެތި ކަރުނަތައް އޭގެ މަގާމު ދޫކޮށް ފައިބަމުންނެވެ. އޭނާގެ ހިތުގައި ހުރި ޝަކުވާތައް ފޮޓޯގަނޑަށް ބަންޑުކުރަމުން ދިޔައިރު މުޅި މީހާ ދިޔައީ ތުރުތުރުލަމުންނެވެ.
”ޝާހިދު ކީއްވެ؟ ކީއްވެ އަހަރެމެން ދޫކޮށްލާފަ ދިޔައީ؟ ޝާހިދު ދިޔަފަހުން ގޭތެރެއަށް ހަމަ ޖެހުމެއް ނުލިބޭ އެންމެ ހިނދުކޮޅަކަށްވެސް. ޔުނާންވެސް އެދުވަހު މިގެއިން ނިކުމެެގެން ދިޔަ ގޮތަށް އަދި ގެޔަކަށް ނާދޭ. ރާއްޖެއަށް ވެސް އައި ހެންނެއް ހިޔެއް. ގުޅީމަ ފޯނެއް ނަގަނީކީ ނޫން. އެފަކީރު އުޅޭ ހާލެއްވެސް ނޭނގެ. އަހަރެން ދެކެ އެހައި ރުޅިއައިސް ގެން އުޅޭ ސަބަބެއް އަދިވެސް ނޭނގޭ. ޒައިކްވެސް ޔޫހާ އުޅުނިއްޔާ އަހަރެންނާ ވާހަކަ ދައްކަނީ. އެނޫނިއްޔާ މިއީ ނެތް މީހެއް ފަދަ. ޝާހިދު ދަމުން އަހަރެންވެސް ގޮވައިގެން ދިޔަނަމަ. އަހަރެންނަކަށް މިތާކު ކެތެއް ނުވާނެ.” ނަތާޝާއަށް ބާރު ބާރަށް ރޯން ފެށުނެވެ. އަދި ފޮޓޯގަނޑު ކައިރީގައި ބާއްވާލަމުން ނަތާޝާ އެނދުމަތީގައި އޮށޯވެލިއެވެ. ރޯރޯ ވަރުބަލިވީ ކަމަށް ވެސް ވެދާނެއެވެ.
ވޭތުވެ ދިޔަ އަހަރުތަކުގެ ތެރޭގައި ނަތާޝާގެ ހިތަށް އެއްވެސް ހަމަޖެހުމެއް ލިބިފައިއެއް ނެތެވެ. ލިބުނީ ހުސް ވޭނާ ހިތްދަތިކަމެވެ. ހިތަށް ލިބިފައި ހުރި ޒަހަމްތަކަށް ކެތްކުރާތާ އެތައް ދުވަހެއް ވީއެވެ. ހިތްވަރު އެލޭ ގޮތްވެސް ވެއެވެ.
***
”މޭމް. އަލީ ހާމިދަކީ ހެންވޭރު ށ.ސިލްސިލާގޭގައި އުޅޭ މީހެއް. އަދި އިސްމާއިލް ހަސަނަކީ ހަމަ އެގޭގެ ދެވަނަ ފަންގިފިލާގައި އުޅޭ މީހެއް. އިބްރާހިމް މާޖިދަކީ މާފަންނުގައި ހުރި ގެސްޓް ހައުސްއެއްގައި އުޅެމުން އަންނަ މީހެއް. މީގެ ދެހަފްތާ ކުރިން އެތަން ހިފާފައި ވަނީ.” ހައްސާން އޭނާގެ އިނގިލިތަކުން ލެޕްޓޮޕްގެ ކީބޯޑުގެ ފިއްތަކަށް އޮބަމުން ބުނެލިއެވެ. އައިލީޝްއަށް ލިބެމުން ދިޔަ މައުލޫމާތުތަކުން ކުރަމުން ދިޔަ މަސައްކަތް ތަކަށް އިތުރު ކުރިއެރުންތަކެއް ލިބެމުން ދިޔައެވެ.
”އެހެންވީމަ ޒާހިދާވެސް އުޅޭނީ އޭނައާ އެކު.” އައިލީޝްގެ ހިތުން ކިތަންމެ މަޑުމަޑުން އެހެން ބުނި ނަމަވެސް ހަގީގަތުގައި އެ ޖުމުލަ އެތަނުގައި ތިބި ހަތަރު މީހުންނަށްވެސް އަޑުއިވުނެވެ. ”މޭމް. ކާކު ތޯ ޒާހިދާއަކީ؟” ސާޔާ އެސުވާލު ކޮށްލުމާއިއެކު އައިލީޝް ދިޔައީ ސިއްސައިގެންނެވެ. އަދި އަވަސްއަވަހަށް އެއީ މީހެއް ނޫނޭ ބުނެ އިތުރު ކުރިއެރުންތައް ހޯދޭތޯ ބެލިއެވެ.
”އިސްމާއިލް ހަސަން އަކީ އޭނާގެ އާއިލާއާއެކު ށ.ސިލްސިލާގޭގައި އުޅެމުން އަންނަ މީހެއް. އަނބިމީހާ އާ ދެކުދިން ތިބޭ. ނަމަވެސް އަލީ ހާމިދު އުޅެނި އެކަނި. އޭނާގެ އެއްވެސް އާއިލާ މީހެއް ހުރިކަމެއް ނޭނގެ. އިބްރާހިމް މާޖިދުގެ ދަރިއެއް ހުރޭ. ނަމަވެސް އުޅެނީ އެހެން ތަނެއްގަ.” ރައުހާ ކިޔަމުން ދިޔަ ވާހަކަތަކަށް ފުރިހައަށް ސަމާލުވެލައިގެން އިން އައިލީޝްއަށް އޭނާގެ ފަހުގެ ބުނުމުން ދިޔައީ ސިއްސައިގެންނެވެ. އިބްރާހިމް މާޖިދުގެ ދަރިއެެއް ހުންނަ ކަމެއް މީގެ ކުރިން ދުވަހަކުވެސް އައިލީޝްއަކަށް އެނގިފައެއް ނުވެއެވެ.
”ރައުހާ. އިތުރަށް އިބްރާހިމް މާޖިދުގެ ދަރީގެ މައުލޫމާތު ހޯދާލާފަ އެއީ ކާކު ކަން ބުނެދޭތި.” އައިލީޝް އޭނާގެ ލެޕްޓޮޕަށް ނަޒަރު ހިންގައިލައިގެން އިނެ އެހެން ބުނެލިއިރު އޭނާގެ އަޑުގައި ހައިރާންވުމުގެ އަސަރުތައް ހުއްޓެވެެ.
”މޭމް. އަޅުގަނޑުމެން މިދަނީ މަންޒަރު ފެނުނު މީހުން ހޯދައިލާން. ރޭގައި ސީސީޓީވީ ފުޓެޖް ތައް ބަލައިލިން. އަދި ފެނުނު ކޮންމެ ވީޑިއޯއަކުންވެސް ފަސްމީހަކު ކޮންމެ ދުވަހަކު ފެންނަ. އެމީހުން ކައިރިގައި އަހައިލުމުން އިތުރު ކަންތައްތައް އިނގިދާނެ.” ސާޔާ ބުނެލީ އޭނާގެ ދަބަހަށް ބޭނުންވާ މައުލޫމާތުތައް އަޅަމުންނެވެ. ”މޭމް އަޅުގަނޑުމެން ވެސް ދެން މިދަނީ ސީސީޓީވީ ފުޓެޖްތައް ލިބޭތޯ. އެތިން މީހުންގެ ގެ ކައިރިއަށް ގޮސް ތިން އޭރިއާއެއްގެ ފުޓެޖްތައް ބޭނުންވާނެ ދެއްތޯ؟” ހަލަފް އެހެން އަހައިލީ ގޮޑިން ތެދުވެލަމުންނެވެ. އައިލީޝް ހަތަރު މީހުންގެ ވާހަކަޔަށް ބޯ ޖަހާލުމާއިއެކު ހަތަރު މީހުންވެސް އެތަނުން ނުކުމެގެން ދިޔައީ ބޮޑު ވާހަކައެއްގައި އަޅުވާލައިގެނެވެ. އައިލީޝްވެސް މޯޅިއަކަށް ދެމިލަމުން ގެޔަށް ދިޔުމަށް މިސްރާބު ޖެހީ އިތުރު މައުލޫމާތުތައް ގޭގައި ހުރީތީއެވެ.
މަޑު ހިނގުމެއްގައި ހިނގާފައި ދިޔަ އައިލީޝްގެ ލޮލުގައި ނުހަނު ބާރަށް ކާރެއް ދިޔަތަން ފެނުމާއިއެކު މަޑުޖެހިލެވުނެވެ. ނަމަވެސް ވަކި ހިސާބަކަށް ގޮސް އޮބާލިއިރު ކާރުގެ ދުވެލި މަޑުކޮށްލާފައި ވުމުން އައިލީޝް ކުރިއަށް ހިނގައިގަތެވެ. ބޮލުގައި އިން ތޮފި ނަގަމުން ގޭގެ ދޮރާށިން ވަތް އައިލީޝްގެ ދެލޯ ފުންމައިގެން އަތަށްވެސް ނައީ ހަމަ ކިރިޔާއެވެ. މޭގަނޑު އޭގެ އެންމެ ބާރު މިނުގައި ތެޅެމުން ދިޔައިރު މޭކަށިފަޅާފައި ނުކުމެދާނެހެން ވެސް ހީވެއެވެ. ދުވެފައި ގޮސް ހުޅުވާފައިވާ ދޮރުން ގޭގެ އެތެރެއަށް ވަތް އިރު އައިލީޝްގެ އަނގަވަނީ ތަންމިނަށް ހުޅުވިފައިއެވެ. ސޯފަގައި ހުރި ކުޝަންތަކާއި އިސްޕެންޖްތައް މުޅިތަނަށް އުކާފައިވާ އިރު މޭޒުމަތީގައި ބަހައްޓާފައި ހުރި ގިނަ ތަކެތިވެސް ހުރީ ތަޅުންގަނޑުގައިއެވެ. އައިލީޝް ކަމެއް ހީވި ފަދައަކުން ނުހަނު ބާރަށް ދުވެފައި ގޮސް އޭނާގެ ބައްޕަގެ ކޮޓަރިއަށް ވަނެލިއެވެ. ފެނުނު މަންޒަރުން މިފަހަރު އައިލީޝްގެ މޭގަނޑު އަނގައަށް ނައީ ހަމަ ކިރިޔާއެވެ. ދެލޯ ތަންމިނަށް ހުޅުވާފައިވާއިރު އަނގަވެސް ވަނީ ހުޅުވިފައިއެވެ.
އެނދުގެ ބެޑްޝީޓް ނަގައި އެއްލާލާފައިވާ އިރު އެނދުމަތީގައި އެންމެ ބާލީހެއްވެސް ނެތެވެ. އަލާމާރީގައި ހުރި ހުރިހާ ހެދުން ތަކެއް އުކާލާފައިވާއިރު ދެން ފެނުނު މަންޒަރުން އައިލީޝްއަށް އެދިމާލަށް ދުއްވައިގަނެވުނެވެ.
~ ނުނިމޭ ~
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
10 Comments!
Comments are closed.







Omg what will happen nxt? Mi part V reethi… Masha Allah ❤️ I love when is nxt?
lets see dhw. thank u soo much saula
Sisssss kn hisaabakun thi ninmaaly??…..dhn kihinehbaa vaany…btw varah varah reethi mi bai vx??…..curiously waiting for the nxt part….lysm
hehe balamaa dhw dhn vaa gotheh.. thank us oo much dear.. keep waiting. stay safe. lym
Masha Allah Varah reethi mi part ves waitting.. Curiously waiting for the nxt part.. Dhen kihine baa vaany.. Guess kuraakah ves neyge…
thank u soo much jimin. balamaa dhw vaane gotheh
alhey kihineh thi vy…. enme curious v hisaabun mi part thi ninmaaly… varah avahah nxt part up kohla dhehche ige… varah reethi mi part masha allah
alhey balamaa dhw e v kihineh kan. hehe.. ya mirey insha allah dhn oii baa up kohla dheynan. keep waiting. and thank u soo much
Whm is next.
V v riythi mi story
Curiously waiting for the next part . Love this story and love u
insha allah mirey up kohla dheynan. thank u soo much mishelin.. keep waiting