Skip to content
އެސްފިޔަ

ލޯބިވެރިއެއް ތިނޫނީ މަށެއް ނޭދެމޭ…4

ޒީވާން އާއި ދިމާކުރަން ހަދައިގެން އިޔާޝް އަށް އެންމެ ފަހުން ކުރިމަތިލާން ޖެހުނީ ޒީވާންގެ އަތުގެ ހޫނު ހަމަލާ އަކާއެވެ. އެއަށްފަހު ވެސް އިޔާޝް އޭނަގެ ހުނުން ނުހުއްޓުމުން ޒީވާން ދެވަނަ ހަމަލާއެއް އިޔާޝް އަށް ދިނުމައްޓަކައި ތައްޔާރު ވިއެވެ. އެކަމަށް ސަމާލުވެހުރި އިޔާޝް ޒީވާންގެ އަތު ނުޖެހެންވެގެން ކުރިއަށް ދުއްވައި ގަތެވެ. ހެމުން ހެމުން ހުރެ ކުރިއަށް ދުވަމުން ދިޔަ އިޔާޝް މަތަވީ ކުރިމަތިން އައި އަންހެން ކުއްޖެއްގެ ގައިގައި ޖެހިފައެވެ. އެއާއެކު އެ ސޮރުގެ ލާނެތް ހުނުމުގެ އަޑު ވަގުތުން ކެނޑިގެން ދިޔައެވެ. ކުރިމަތި ނުބަލާ ފޯނަށް ބަލަހައްޓައިގެން ހުރެ ކުރިއަށް ހިނގަމުން އައި ނާޔާ ވެސް ހުއްޓުން އެރީ އޭނާގެ ހަށިގަނޑު މީހެއްގެ ގައިގައި ޖެހިފައި މަތަވުމުންނެވެ.

އިޔާޝް އޭނާގެ ގައިގައި ޖެހުނު މީހާގެ ކިބައިން މާފަށް އެދުމަށްޓަކައި އިސްއުފުލާ ކުރިމައްޗަށް ބަލާލިއެވެ. ނަމަވެސް އެސޮރުގެ މޫނުމަތީގައިވި ސީރިއަސްކަން ކެނޑި ވަގުތުން އެ މޫނުމައްޗަށް ލާނެތްކަން ވެރިވެގެން ދިޔައީ ކުރިމަތީ އޭނާ އާ ދިމާލަށް ލޯއަޅައިގެން ހުރި އަންހެން ކުއްޖާ ފެނިފައެވެ. އެއީ ކުރީ ދުވަހު ވާރޭ ތެރެއިން ފެނުނު އަންހެން ކުއްޖާކަން ނަގައިގަތުމަށްޓަކައި އެސޮރަށް ސައިންޓިސްޓެއްގެ ހަރުދަނާ    ސިކުނޑިއަކަށް ބޭނުމެއް ނުވިއެވެ.

” ޔޫ އެގެއިންންންންންންން…”  ކާކުކަން ފަހުމުވުމާއެކު ނާޔާ އޭނާގެ ކުރިމަތީ ހުރި ޒުވާނާއާ ދިމާލަށް ހަޅެއްލަވައިގަތެވެ. އެއާއެކު އެކަކު އަނެކަކުގެ ލޮލަށް ގެއްލިފައި ތިބި ޝާނިމް، ސާޔާ،ޝިމާ،ޒީވާން އަދި ފޯނުގެ ތެރޭ ބޯ ގާނަމުން ދިޔަ އަޔާން އަދި މީޝާ އަށް ވެސް ލިބިގެން ދިޔައީ ކުއްލި ސިހުމެކެވެ. ކުރިމަތި ބަލާލުމާ އެކު ހަ މީހުންގެ މޫނު މައްޗަށް ހައިރާންކަން ވެރިވެ ދެލޯ ބޮޑު ވެގެން ދިޔައީ ކުރިމަތީ ތިބެ އެކަކު އަނެކަކާ އަރާރުން ވަމުން ދިޔަ ނާޔާ އާއި އިޔާޝް ފެނިފައެވެ.

” ކިހާ ދެރަކަމެއް މަ ނޫން މީހަކު ކަލެއަށް ހަމަ މި އޮށް ބޮޑު މާލޭން ނުފެން ނަނީތަ؟؟ މަގެއްގެ މައްޗަށް ނިކުމެވެން ނެތޭ މި ފިރިހެނާ އާ ހެދި.. ދުވަން ނޭންގެންޏާ ވެސް ނުދުވެ ހިނގާފަ އުޅެބަލަ…”  ކުރިމަތީ އޭނާ އާއި ދިމާ ބަލަހައްޓައިގެން ހެވިފައި ހުރި ޒުވާނާ އާ ދިމާލަށް ނާޔާ ކުދިކިޔައިގަތެވެ. ރުޅި އައިސްގެން ގޮސް ނާޔާ ގެ ދޮން މޫނުމަތި ހީވަނީ ދޮންވެ ފައްކާވެފައި އިން ރަތް ޓޮމާޓޯ އެއް ހެންނެވެ. އެހާވެސް އެ މޫނު މަތީގައިވި ރަތްކަން ވަނީ އިތުރުވެފައެވެ.  ” އާޗާ މަށަށް ވެސް ހަމަ ބުނެވިދާނެ ތިހެން .. މަންޖެވެސް ފޯނަށް ބަލަހައްޓައިގެން ހުރެ ނުހިނގޭ ކަމުގަ ވަނީ ނަމަ ބޭރަށް ނުނިކުމެ ގޭތެރޭގަ އޮވެބަލަ..” ނާޔާ ބުނެލި ރާގަށް އިޔާޝް ވެސް ބުނެލިއެވެ. އެއާއެކު އިޔާޝްގެ އެ ފަން އިސްތަށިގަނޑުގައި ހިފައި ގަތުމަށްޓަކައި ނާޔާ އޭނާގެ އަތް މަޅާލިއެވެ. ނަމަވެސް އިޔާޝް ދިގުކަމުން ނާޔާ އަށް އެކަން ކުރެވޭ ކަމަކަށް ނުވިއެވެ. ނަމަވެސް ނާޔާ ހިތްވަރު އެލުވާލަން ބޭނުން ނުވުމުން ކޮރާލައިގެން ވެސް އެކަން ކުރެވޭތޯ އުޅޫނެވެ. ނަމަވެސް މިފަހަރު ވެސް ކާމިޔާބު ނުވީ ސާޔާ އައިސް ނާޔާ ހިފެހެއްޓުމުން ނެވެ .

އޭރު ނާޔާ ކުރަން އުޅުނު ކަންތައް ކާމިޔާބު ނުވުމުން އިޔާޝް ބިނދި ބިނދި ފައި ހެނީއެވެ. ” ހޭ ހޭ ސްޓޮޕް އިޓް ގާއީޒް.. ކިހިނެއްތަ މިވަނީ ތި ދެމީހުން އެކަކު އަނެކަކު ދަންނަންތަ؟” ވާނުވާ އެނގެން ބޭނުންވެފައި ހުރި ވަރުން ޒީވާން އެ ދެމީހުންނާ ސުވާލު ކޮށްލިއެވެ. އެއާއެކު ދެން ތިބި ތިން މީހުން ވެސް އެ ދެ މީހުން ގެ މޫނަށް ބަލައިލީ ޖަވާބު ބޭނުމޭ ބުނާ ފަދަ ނަޒަރަކުންނެވެ. “ނޯ”.. “ޔެސް”.. އެކަކު އަނެކަކަށް ލޯ އަޅައިގެން ތިބި ދެމީހުންގެ އަނގައިން ނިކުން މޮޔަ ޖަވާބުން ނުހޭން ތިއްބަސް މިފަހަރު އަނެއް ހަ މީހުން ނަކަށް ނުތިބެވުނެވެ.

” ވަޓް މިހާރު ދެފަހަރަށް އަހަރެމެން ދެމީހުން މި މީޓް ވީ އެ ވަރުން ވެސް ތި ކުއްޖާ ތިބުނީ ނުދަންނަމޭ.. ތިކަހަލަ މޮޔަ ވިސްނުމެއް އެހެން މީހަކަށް ނުދެއްވާށި..” ނާޔާގެ ބޮލުގައި ޖަހާލުމަށް ފަހު އިޔާޝް އޭނާގެ މޫނުމަތީ އަތްފޮހެލުމަށް ފަހު އެހެން ބުނެލީ ނާޔާ “ނޯ” އޭ ބުނުމުން އެކަން ހަޖަމު ނުކުރެވިގެންނެވެ. ” ހަހް ވަޓްއެވާ..” މޫނަށް ވައްތަރެއް ޖައްސާލުމަށް ފަހު ނާޔާ އޭނާގެ ފަރާތުން ރައްދު ބަސް އިޔާޝް އަށް އިއްވާލިއެވެ.

” އޯކޭ އޯކޭ ދެން ތި ދެމީހުން ފައިޓް ކުރާނީ ފަހުން.. މިހާރު ފައިވް ވަނީ އެ.. ހިނގާ ދެންވެސް އަވަހަށް ދެވޭތޯ ބަލަން..” މިހެން ބުނެ ޝާނިމް ސާޔާގެ އަތުގައި ހިފައިގެން ހުރެ ކުރިއަށް ހިނގައިގަތެވެ. އެކަކު އަނެކަކަށް ލޯ އަޅައިގެން ތިބި އިޔާޝް އާއި ނާޔާ ވެސް އެންމެންގެ ފަހަތުން ހިނގައިގަތީ އެ ނޫން ގޮތެއް ނެތިގެންހެން ހީވެއެވެ.

ހަތަރު ފިރިހެން ކުދިން އައީ ސައިކަލުގައި ކަމަށް ވުމުން އެ މީހުން ބޭނުންވާ މަންޒިލަށް ދާން ޖެހުނީ ސައިކަލުގައެވެ. މިކަމުގެ ސަބަބުން އަނެއްކާވެސް ނާޔާ އާއި އިޔާޝް ގެ ރުޅިގަނޑު ހިލިގެން ދިޔައީ ދެމީހުން އެއް ސައިކަލަކަށް އަރަން ޖެހުމުންނެވެ. ސައިކަލުގައި ނާދެވުނު ނަމައޭ އިޔާޝް ގެ ހިތަށް އެރީ ކިތައް ފަހަރު ކަމެއް ނޭނގެއެވެ. ނަމަވެސް ގޮތް ދޫކޮށްފައި އަރަން މަޖުބޫރުވީ ޝާނިމް ލަސްވަނީ ކަމަށް ބުނުމުންނެވެ. އޭރުވެސް ނާޔާ ހުރީ ތުންދަމައިގެންނެވެ.

ޒީވާންގެ ސައިކަލު ފަހަތަށް އަރަން ދިޔަ ޝިމާ އަށް ތޫލި އަޑަކުން ހަޅެއްލަވައި ގަނެވުނީ ގާކޮޅެއްގައި އަޅައިގަނެފައި ވެއްޓެން ދިޔުމުންނެވެ. ނަމަވެސް ވެއްޓުމުގެ ކުރިން ކައިރީ ހުރި ޒީވާން ޝިމާގެ އުނަގަނޑުގައި އަތް އަޅުވާލުމަށްފަހު އެ ވަރުގަދަ ދެ އަތުގެ ތެރޭ ޝިމާގެ ތުނިތުނި ހަށިގަނޑު ހައްޔަރު ކޮށްލިއެވެ. ” ކެއާފުލް ބިއުޓިފުލް..” ޒީވާން ގެ އަޑަށް ޝިމާ އޭނާގެ މަރާލެވިފައި ދެލޯ މަޑުމަޑުން ހުޅުވާލިއެވެ. ނަމަވެސް ހަމަ އެސިކުންތުގައި އިސް ޖަހާލަން މަޖުބޫރުވީ ޒީވާންގެ ތޫނު ނަޒަރު އެހާ ގާތުން އެ މޫނަށް ހުއްޓިފައިވުމުން ލަދުގަތްވަރުންނެވެ. ނަމަވެސް ޝިމާއަށް ވީ ގޮތް ފެނި ޒީވާންގެ މޫނު މައްޗަށް ވެރިވީ މައުނަވީ ހިނިތުންވުމެކެވެ.

” ހޮއެހޮއޭ.. ކޮންނަމެއް ކިޔާ ފިލްމެއްގެ ސީން އެއްތަ މި ފެންނަނީ…” އެކަކު އަނެކަކު ގެ އަތުތެރޭ ތިބި ޒީވާން އަދި ޝިމާ އަށް ހޭވެރި ކަމެއްވީ އިޔާޝް އެމީހުނާ ދިމާކޮށްލުމުންނެވެ. އެއާއެކު އެ ދެކުދިންނަށް ދުރަށް ޖެހިލެވުނު ގޮތްވެސް ނޭނގުނެވެ. އެދެމީހުނަށް ވީގޮތް ފެނި ދެންތިބި ހަ މީހުންގެ ގާތަށް އައީ އަމަށަކު ހިންޏެއް ނޫނެވެ. ވީގޮތް ރޭކާލުމާ އެކު ޒީވާން އޭނާގެ އިސްތަށިގަނޑުގެ ތެރޭ އަތްހިންގާލިއެވެ. ޝިމާއަށް އިސްޖަހާލެވުނީ ލަދުގަތް ވަރުންނެވެ. އަދި އޭނާގެ ރައްޓެހިން ތިއްބާ އެފަދަ ކަމެއް ވުމުން އެމީހުން ދިމާކޮށްލާނެ ވަރު ހިތަށް އަރާ ޝިމާ އަށް އޭނާގެ ތުންފަތުގައި ދައިގަނެވުނެވެ.

” އޯވްން މައި ލޯބި ލޯބި ޝިމް އިޒް ބްލަޝިންންން..” ޝިމާއަށް ވީގޮތް ފެނި ނާޔާ އަށް އެ ގޮއްޔާ ދިމާކޮށްނުލާ ނީނދެވުނެވެ. ” ހްމް އަހަރެމެންގެ ޝިމް ވެސް ބޮޑުވީއޭ ދޯ..” ސާޔާ ވެސް ނާޔާ އާއި ބައިވެރިވެލައިގެން އެކުވެރިޔާއާ ދިމާކޮށްލިއެވެ.” ހްމް މާދަން ރަންކިޔާނެ ތޯ އެއްޗެއް.. ހައްހައް..” މިފަހަރު ޝިމާ އާއި ދިމާކޮށްލީ އަބަދުވެސް އެންމެ މަޑުން ހުންނަ މީޝާއެވެ. އެންމެން ދިމާކުރަން ފެށުމާއެކު ޝިމާ އަވަސް އަވަހަށް ގޮސް ޒީވާންގެ ސައިކަލު ފަހަތަށް އެރިއެވެ. އޭރު ޒީވާންގެ މޫނުމަތީ ވެސް ވަނީ ރަކި ހިނިތުންވުމެކެވެ.

” އޭ ވާން ބްރޯ.. ކައެ އަށް ބްލަޝް ވާންވެސް އެނގޭތަ؟ އަދި އާ މަންޒަރެއްތީ.. ހައްހައް..” އަޔާން ޒީވާން އާ ކޮށްލި ސަމާސާއިން އެންމެންގެ ހިނިގަނޑު ފަޅައިގެންދިޔައެވެ. އަޔާންގެ ސައިކަލު ފަހަތުގައި އިން މީޝާގެ ހިތްތެޅިލީ އެހާ ގާތުން އަޔާންގެ ފިރިހެންވަންތަ ހުނުމުގެ އަޑުއިވުމުންނެވެ. ނަމަވެސް އެއީ ކަމަކަށް ނުހަދާ އެ ހުނުމުގައި މީޝާވެސް ބައިވެރި ވެލިއެވެ.

” ޝިމް ހަމަ އެހާ ލަދުގަނޭތަ” ނާޔާ އަށް އޭނާގެ ދޫ ހިމޭނުން ބޭއްވޭ ކަމަކަށް ނުވިއެވެ. ” އާނ އެއީ މަންޖެ އެއް ނޫނޭ އަބަދު ރުޅިދުރުވާކަށް..” އިޔާޝް މިވަގުތުވެސް ބެލީ ނާޔާ އާއި ޖަދަލު ކުރެވޭތޯ އެވެ. އެކަން ވިސްނި ނާޔާ އިޔާޝް އާ ދިމާލަށް ތުން އަނބުރާލިއެވެ. ބާކީ ތިބި ހަ މީހުން ވެސް ދެ އަތަށް ބޯ ހޫރާލުމަށް ފަހު އެމީހުންގެ މަންޒިލަށް ދިޔުމަށް މިސްރާބު ޖެހީ އެ ދެ މީހުން ކިތަންމެ އިރެއް ވިޔަސް އެއްގަލަކަށް ނާރާނެތީއެވެ.

ސައިކަލުތައް ޕާކު ކުރުމަށްފަހު އެންމެން އެކީ މިސްރާބުޖެހީ ޝާނިމްގެ ބައްޕަ އެންމެފަހުން ހުޅުވި ރެސްޓޯރެންޓް ތެރެއަށް ވަނުމަށްޓަކައެވެ. އެންމެންގެ ފަހަތުން ރެސްޓޯރެންޓްގެ މައި ގޭޓުން އެތެރެއަށް ވައިން ނާޔާގެ މަލެއްފަދަ ތުންފަތަށް ހިނިތުންވުމެއް ވެރިވީ ކުރިމަތިން ފެނުނު ސޫރައެއްގެ ސަބަބުންނެވެ. ނަމަވެސް ދެވަނަ ސިކުންތުގައި ފެނުނު މަންޒަރުން އެ ހިތްހީވީ ހަންޖަރަކުން ކޮށާ ކުދި ކުދި ކޮށްލިހެންނެވެ. އިޙްތިޔާރަކާ ނުލާ އެ ބޮޑު ދެލޯ ފުރިގެންއައީ އިންޒާރަކާ ނުލައި އެ ނިކަމެތި ހިތުގައި އެޅި ވޭނަށް ކެތްނުކުރެވިގެންނެވެ. މަޑުމަޑުން ނާޔާގެ ދެތުންފަތް ފޫއަޅުވާލާފައި ޝަކުވާގެ ރާގަކަށް ބޭރުވީ ހަމަ އެންމެ ނަމެކެވެ.

” އައިޒަން ” {ނުނިމޭ }

*** ވާހަކަ ގެނެސްދެވުން ލަސްވިކަމަށްޓަކައި ކިޔުންތެރިންގެ ކިބައިން އަޅުގަނޑު ނިހާޔަތައް މާފަށް އެދެމެވެ.****

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (25)

  1. Kairaa

    Its ok ey?….mi part vx varah reethi…??…curiously waiting for the nxt part….lysm☺️

    1. euphoria
      Kairaa

      Thnkx for understanding dear.. V ufaavehje mi part vs dear ah kamudhiyae ma.. Lym♥️?

  2. Xeen

    OK baeh faharu lasvx vedhaane. Dear thankolhen next part than dhigukohlahchey.
    V❤️❤️❤️❤️❤️❤️❤️ reethi❤️❤️❤️❤️❤️❤️❤️❤️❤️❤️ mi part vx. Waiting for the next part

    1. euphoria
      Xeen

      thnk u dear for understanding.. lahba nxt part dhigukohleveytho vv masakkai eba kuran nge dear.. btw thnkx for ur lovely comment Xeen

  3. Mint

    OK vaane baeh faharu ehen vx vaane.
    V reethi mi part vx ❤️❤️❤️❤️❤️❤️❤️
    Waiting for the next

    1. euphoria
      Mint

      thnkx dear for understanding.. v ufaavehje mi part vs Mint dear ah reethi v ma..

  4. Xeen

    V reethi mi part vx ❤️❤️❤️❤️❤️❤️❤️???????
    Thankolhen dhigukohlahchey next parts dear
    Waiting for the next part

    1. euphoria
      Xeen

      thnk u so much dear.. lahba insha allah next parts thah dhigukohla dheynan..

  5. taetae

    oh haaadha rom eyy dhw shimaa.. btw vrh reethi mi part..ekm haadha rulhi gadhayey naayaa..vvvv reethi mi part ves..proud to be your mudhahris

    1. euphoria
      taetae

      yh asluvs shimaa haadha rom ey dhw.. nd ys naayaa vs haadha rulhi gadha ey dhw ekamuge fahthuga vi sababu vs adhi ingeyne dear kuda inthixaar eh kohlaa nge.. nd thnk u so much girl.. lysm my loabi loabi mudhahris…

  6. Yanaa

    Varah varah reethi..❤️❤️❤️❤️❤️❤️❤️❤️❤️
    Maasha Allah ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
    Curiously waiting waiting for the next part ?????????????????

    1. euphoria
      Yanaa

      Awwnn thnk u so much yanaa dear❤️❤️❤️❤️

  7. Anonymous

    Shaaya and shanim ge bai haadha loebey ❤️❤️❤️❤️❤️.Shaaya and shanim ge bai ginain genes dheichey. Btw mi part vrh vrh reethi.maasha Allah

    1. euphoria
      Anonymous

      asluvs shaya nd shanim v loehbey dhw dear.. insha allah kuriah huri part thakn shaya nd shanim ge bai thah fenign dhaane nge.. btw vv ufaavehje dear ah mi part kamudhiyae ma thnk u..

  8. Kylie

    Wowwwww?????……. Vvvvvv reethi Mi part vxx???????…… Who is that Aixan.????? Eii naayage kureege bf tha??????…. Alheyyyyyy soo curious ey????…… Plx nxt part thankolheh avahah up kohladhehchey..????….. LYSM sissyyy..????…… Be safe dear

    1. euphoria
      Kylie

      awwn thnk u so much for ur lovely comment dear.. hingaa dhw balamaa aixan eii kaaku tho.. insha allah nxt part ga ingeyne aixan eii kaaku kan.. insha allah nxt part tomorrw nyt ga kiyaalan libeyne…. lym nd be safe dear..

  9. Shaya

    ❤️Wowww. varah reethi vsshakaeh. Can’t wait for next. Ehaavx interesting. Next part vx varah reethi vaane kamah mibalany????❤️

    1. euphoria
      Shaya

      awwn thnk u so much shaya.. hingaa dhw nxt part vs reethi tho balailan.. keep waiting nge dear.. insha allah tomorrw nyt ga stry ge nxt part kiyaalan libeyne…

  10. Leem

    Story varah hadi…

    1. euphoria
      Leem

      Thnk u comment kohliima.. Stry aa medhu dear dheke goih hama kohliima v happy vehje.. Ummeedhu kuran knme vs hisaabakn mi stry dear ah kamudhaane kamah??

  11. rani

    masha allah varah reethi keep it up

    1. euphoria
      rani

      Thnk u dear❤️?

  12. Mochi

    Adhives tomorrow night ei naadheytha up koinulevigen thiulheni

    1. euphoria
      Mochi

      up kohfa vaanii stry.. srry dear

    2. Jangiyaa
      Mochi

      Saabas saabas saabas
      Vaahaka liyaa myheh Hana ingeyne kihaa bxy kan vaahaka liyan time vx dhaane visnan vx jeheyne dhw ithurah geyga kuran kanthah vx hunnaane viyya
      Thakolheh visnaalaagen ulhen feney

Comments are closed.