Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންމަޖާލޯބި

ސިއްރެއް 20

idontcare Level 110 Stories
May 21, 2020 4 Mins Read
3 Comments

އެއާއި ޖެހިގެން އައި ރޭ އުޝާއާއި ޔަނާލް ކުރިން ރޭ ފަދައިން ކަޅުކުލައިގެ ހުޑީއާއި ޖީންސްލައިގެން މާސްކާއި އަންގި އަދި ލެންސްވެސް ލައްވައިގެން ލިހާންމެންނާއި އެކު ކާރުގައި ދިޔައެވެ. މިފަހަރު އުޝާއާއި ޔަނާލް ވަތީ ލިހާންމެން ވަތް ފަހުންނެވެ. އެމީހުން ވަދެފައި މެސެޖް ކުރުމުން ޔަނާލް ހިނގައިގަތީ އެބިލްޑިންގެ ފަހަތަށެވެ. ޔަނާލް އެކޮޅަށް ގޮސް އުޝާއަށް ހަނާއަޅާލުމުން އުޝާ އެދިމާލަށް ހިނގައިގަތީ މަގު އެއްކޮށް ސްކޭން ކޮށްލުމަށްފަހުއެވެ.

އެއަށްފަހު ޔަނާލް ކައިރީ ހުއްޓިލިއިރު ޔަނާލް އެ އިމާރާތުގެ އެންމެ މަތިން ފެންނަން އިން ބެލްކަންޏާއި ދިމާލަށް ވާގަނޑެއް އެއްލިއެވެ. އެ ވާގނަޑުގެ އެއްކޮޅުގައި ހަރުކޮށްފައި އިން ދަގަނޑު އެތިކޮޅުގެ ސަބަބުން ބެލްކަނީގެ ފާރުކޮޅުގައި ހަރުވިއެވެ. އެއަށްފަހު އެވާގަނޑުގައި އެލިގަނެގެން ދެމީހުން މައްޗަށް އެރިއެވެ.

ބެލްކަންޏަށް އެރުމަށްފަހު ކޮޓަރިތެރެއަށް ވަތްއިރު މުޅި ކޮޓަރިއަށް ވެރިވެފައިވަނީ ކަނު އަނދިރިކަމެވެ. ނަމަވެސް އަނދިރިއަށް ލޯހޭނުމުން އެއްވެސް ހޮޅިބުރިއެއް ޖައްސާކަހަލަ ހިޔާލެއް ދެމީހުން ކުރެ އެކަކުވެސް ނުކުރިއެވެ. އުޝާ ރިކޯޑަރާއި ކެމެރާ ހަރުކުރިއިރު ޔަނާލް އަވަދިނެތި އެމީހުންގެ ކަބަޑުތައް ހުޅުވާ އެ ހޭވުމުގައި އުޅުނެވެ.

ކެމެރާ ހަރު ކުރުމަށްފަހު އުޝާ ގޮސް އެރީ އެތަނުގައި ހުރި ދެބުރި އެނދުގެ މަތީ އެނދަށެވެ. އެނދުގެ ގޮދަޑި ދަށާއި ބެޑްޝީޓް ތެރެ ބެލިއިރުވެސް އެކައްޗެއްވެސް ނެތެވެ. ދެން ބާލީސް ނެގިއިރު ބާލީހުގެ އުރައިގެ ތެރޭގައި އެއްޗެއް އޮތްހެން ހީވެގެން ބެލިއިރު ފޮތެކެވެ. އުޝާ ޔަނާލްއަށް ގޮވާފައި އެދައްކާލިއެވެ. އެނދުން ފައިބައިގެން ޔަނާލް އަތަށް އެ ފޮތް ދިނުމުން ޔަނާލް އެ ފޮތް އަތުލާފައި ހުޅުވާލިއެވ. އެގަޑީގައި އެފޮތް ތެރެއިން ކަރުދާސް ކޮޅެއް ވެއްޓުމުން އުޝާ އެނެގިއެވެ.

ބެލްކަނި ކައިރިއަށް ޖެހިލައި އެފަޑު އަލިކަމުގައި އުޝާ އަތުގައި އޮތް ގަޑުކޮޅަށް ފަރުވާތެރި ކަމާއެކު ބަލާލިއެވެ. އެއާއެކު އޭނާއަށް ހީވީ އޭނާގެ މެޔަށް ފިނިފެން އެއްޗެއް ޖެހިހެންނެވެ. ދެލޯ ބޮޑުކޮށްލައިގެން ހުއްޓުން އަރާފައި ހުރި އުޝާ ފެނުމުން ޔަނާލް އައިސް އޭނާގެ އަތުން އެ އަތުލިއެވ. ޔަނާލްއަށްވެސް ލިބުނީ ސިހުމެކެވެ. އެއީ އުޝާގެ ފޮޓޯ ގަޑެކެވެ. ޔަނާލް އެފޮޓޯގަޑު ވެއްޓުނު ފޮތަށް ރަގަޅަށް ބަލާލިއެވެ. “މީ ޑައިރީއެއް.” ޔަނާލް ބުނެލިއެވެ. “ކިހިނެއް؟………….. އެމީހުންނަށް އެނގެނީތަ އަނެއްކާ…………” އުޝާ ބުނަން އުޅުނު އެއްޗެއް ޔަނާލް ހުއްޓުވިއެވެ. “މިޑައިރީ ގެންދާނީ. މީގައި އޮވެދާނެ ޖަވާބެއް. އެހަކަށް މިތަން ރަގަޅަށް ބަލާބަލަ އެއްޗެއް ފެނޭތޯ. މިތަނަށް މީހަކު ވަތުމުގެ ކުރިން ދެވޭތޯ ބަލަން ޖެހޭ އެބަ.” ޔަނާލް ގެ އެވާހަކައަށް އެއްބަސް ވުމުގެ ގޮތުން އުޝާ އެއްބަސް ވުމުގެ ގޮތުން ބޯޖަހާލުމަށްފަހު އެ ކޮޓަރީގެ ދެންތިބި ތަންތަން ހޯދަނ ތިއްބާ ހުއްޓުންއެރީ ކުއްލިއަކަށް ކޮޓަރީގެ ދޮރު ހުޅުވާލުމުންނެވެ.

ކޮޓަރި ދޮރުމަތީގައި ހުރި ތިރީހަކަށް އަހަރުގެ ފިރިހެންމީހާވެސް ފުރަތަމަ ހުރީ ހުއްޓުން އަރާފައެވެ. އޭނާ ހަޅޭއްލަވައިގަންނަން އަނގަ ހުޅުވުމުގެ ކުރިން ޔަނާލް އޭނާގެ އަނގަ މަތީ އަތްއަޅެމަށްފަހު ކަކުލުން އޭނާގެ ބަނޑުގައި ބާރަށް ޖެހުމުން އޭނާ ވީ ތަދުން ތިރިވުމުން އޭނާގެ ދެއަތް އައްސާލިއެވެ. އުޝާ އޭނާގެ އަނގަ މަތީގައި ފޮތިގަނޑެއް އެޅިއެވެ. “ދެން ކިހިނެއް ހަދާނީ؟” ޔަނާލް ކަންތައް ބޮޑުވެފައި ހުރެ އަހާލިތަނާ އިތުރު ހަތަރު މީހަކު އެކޮޓަރިއަށް ވަނެވެ. އެމީހުންނަށް ޔަނާލްމެން ފެނުމުން ވަގުތުން އެމީހުން އަތުލައިގަންނަން އުޅުނެވެ. އެހެންކަމުން އެމީހުންނަށް މަޖުބޫރުވީ އެތަނުގައި ބޮޑު ތަޅާފޮޅުން ގަނޑެއް ފަށާށެވެ. އުޝާއަށްވުރެ ޔަނާލް މާޝަލް އާރޓްސްއަށް ފަރިތައެވެ. އެއްފަހަރާ ދެމީހުން ބަލިކޮށްލުމަށްފަހު ތިންވަނަ މީހާއާއި ކުރިމަތިލިއެވެ. އުޝާ އޭނާއާއި ދިމާލަށް އައި ފަންސަވީހަކަށް އަހަރުގެ މީހާ ބަލި ކޮށްލުމަށްފަހު އެނބުރުނީ ދޮރު މައްޗަށް އިތުރު މީހަކު އެރުމުންނެވެ. ނަމަވެސް އެމީހާގެ މޫނު ފެނުމާއެކު އުޝާ ހުއްޓުންއެރިއެވެ. އެމީހާއަށް އުޝާއަކީ ކާކުކަން ނޭނގުނީ އުޝާ މާސްކް އަޅާ ލެންސް ލައްވާފައި ހުރުމުންނެވެ. އޭނާ އުޝާއާއި ދިމާލަށް ރުޅިވެރިކަމާއެކު އަންނަން ފެށުމުން އުޝާއަށް ގޮވާލެވުނެވެ. “ކިޔާން……….” އުޝާ ބުނުމުން އެމީހާ ހުއްޓުން އެރިއެވެ. އެވަގުތު އޭނާގެ ފަހަތުން އައި މީހެއް ކިޔާންގެ ބޮލުގައި ބަރު އެއްޗަކުން ޖެހުމުން ކިޔާން ވެއްޓުނެވެ. “ނޫން….” އުޝާއަށް ހަޅޭއްލަވައިގަނެވުނެވެ. ކިޔާންގެ ފަހަތުގައި ތިބި ދެމީހުންވެސް ތިބީ އުޝާމެން ލައިގެން ހުރި އެއްޗިހި ލައިގެންނެވެ. އެހެންކަމުން އެއީ ލިހާންއާއި ޔަމާންކަން އުޝާއަށް އެނގުނެވެ.

“ހިނގާ ދާން…..” ޔަނާލް އުޝާ ދަމަމުން ކަހަލަ ގޮތަކަށް ބެލްކަންޏަށް ނުކުމެ ފައިބަން އަމުރު ކޮށްލީ އުޝާ ނުފައިބަން ގަދަ ހަދަން ފެށުމުންނެވެ. ނަމަވެސް ޔަނާލް ގަދަކަމުން އުޝާ ބާލުވަން އުޅުމުން އުޝާ ފޭބީއެވެ. އުޝާ ތިރިއަށް ފައިބާފައި ވާހަކަ ދައްކަން އުޅުމުން ޔަނާލް އުޝާ ހުއްޓުވުމަށްފަހު ކާރާއި ދިމާލަށް ހިނގައިގަތީ ލިހާންއާއި ޔަމާން އެމީހުންގެ ޓީޝާޓު މަތިން ލައިގެން ހުރި ހުޑީއާއި މާސްކާއި އަންގީގެ އިތުރުން ލެންސް ނަގާފައި އެމީހުންނަށް ދިނުމުންނެވެ. ލިހާންއާއި ޔަމާންއަށް ބަޔަކު ޝައްކު ކޮށްފާނެތީ އެމީހުން އަލުން އެ އިމާރާތް ތެރެއަށް ވަތީ އިރުކޮޅަކުން ދާނެ ކަމަށް ބުނުމުންނެވެ.

ކާރުގައި އިށީނުމަށްފަހު އުޝާއަށް އެއްޗެކޭ ނުބުނެ ނީދެވުނެވެ. “ޔަނާލް…………. އެއީ ކިޔާން.” ނަމަވެސް ޔަނާލްއަށް އެއްޗެކޭ ބުނެވޭ ވަރުވީ އޭނާގެ ވަރުބަލިކަން ފިލުވުމަށްފަހުއެވެ. “އުޝާ. އެވެދާނެ ދޯ ހަމަ ކިޔާންއާއި ވައްތަރު މީހަކަށްވެސް…” ނަމަވެސް ޔަނާލްގެ ޖުމުލަ ފުރިހަމަ ކުރިއަކަ ނުދިނެވެ. “ނޫނެކޭ. އެއީ ކިޔާންއޭ.” އުޝާ ބާރަށް ބުނުމުން ޔަނާލްއަށް ދެފަރާތަށް ބޯހޫރާލެވުނެވެ. “އެކަމަކު ކިހިނެއްތަ އެ ކިޔާންއަށް ވަނީ؟ އުޝާއަށް އެނގެއެއްނު ކިޔާންވީ……” ޔަނާލް ބުނަން އުޅުނު އެއްޗެއް ޔަނާލް ފުރިހަމަ ނުކުރިޔަސް އުޝާއަށް އެނގުނެވެ. އިރުކޮޅަކުން ޔަމާންއާއި ލިހާން ދުވެފައި އައިސް ކާރަށް އަރައި ދުއްވާލިއެވެ. “ސޮރީ. އެމީހާ ދިޔައީ ކޮޓަރިއަށް ކަމެއް އަހަރެމެންނަކަށް ނޭނގުނު. އެއްޗެއް ފެނުންތަ އަނެއްކާ؟” ލިހާން އޭނާގެ ނޭވާ ހަމައަކަށް އަޅުވާލަމުން އެހިއެވެ. ނަމަވެސް އޭނާ ހުއްޓުނީ އުޝާ އިން ގޮތް ފެނިފައެވެ. “ކިހިނެއްވީ؟” ޔަމާން އެހުމުން ޔަނާލް ދެފަރާތަށް ބޯހޫރާލީ މިގަޑީގައި ވާހަކައެއް ނުދެއްކުމަށެވެ. “މީ މަށަށް އެވަގުތު ދަމައިގަނެވުނު ސާމާނަކީ.” ޔަނާލް އެހެން ބުނި އަޑަށް އުޝާ ބަލާލިއެވެ. އެގަޑީގައި އުޝާއަށް އިތުރު އެހެން އެއްވެސް ކަމަކާއި މެދު ނުވިސްނާ އާދެވުމުން ދެރަވިއެވެ. އުޝާއަކީ އެހެންޏާ އެކަހަލަ ވަގުތުތަކުގައި އަމިއްލަ ކަންކަމަށްވުރެ މަސައްކަތް އިސްކުރާ މީހަކަށް ވެފައި މިހަކަށް ވެފައި މިފަހަރު އެހެންވުމުންނެވެ. “އެ އޯކޭ ވާނެ.” ޔަނާލްއަށް އުޝާ ވިސްނަމުންދާ ކަންތައް އެނގުމުން ބުނެލިއެވެ.

އުޝާ ބޯ ހޫރާލިމަށްފަހު ޔަނާލް ގެނައި އެއްޗިއްސަށް ބަލާލިއެވެ. އޭނާގެ ލޮލުގައި ފުރަތަމަ އަޅައިގަތީ އުޝާއަށް ފެނުނު ޑައިރީއެވެ. ޔަނާލް އޭނާގެ އަތަށް އެ ދިއްކޮށްލިއެވެ. ދެން ޔަނާލް ލިހާންއާއި ދެމީހުންވެގެން ޔަނާލް އެތަނުން ގެނައި ދަބަހެއް ހާވަން ފެށިއެވެ.

އުޝާގެ ސަމާލުކަން އެއްކޮށް ހުއްޓުނީ ފޮތަށެވެ. ފުރަތަމަ ގަނޑުގައި ކައިފް ބޮޑެތި އަކުރުތަކުން ލިޔެފައިވެއެވެ. އޭގެ ތިރީގައި ތަންކޮޅެއް ކުދި އަކުރުތަކަކުން ލިޔެފައި އިނީ ކިޔާންއެވެ. އެހެންކަމުން އުޝާއަށް ވާނުވާ އެނގުނެވެ. ކިޔާން މިހާރު އެއުޅެނީ ކައިފްއަށް ނަން ބަދަލު ކޮށްގެންނެވެ. ނަމަވެސް އުޝާއަށް ނުވިސްނުނީ ކިޔާންގެ އެންމެ ލޯބިވާ އާއިލާއާއި އޭނާގެ މުޅި ދިރިއުޅުން މިކަހަލަ ދިރިއުޅުމަކަށްޓަކައި ދޫކޮށްލަންވީ ސަބަބެކެވެ. ދެން އޭނާ ހަނދާންވީ ލިހާންމެން ދެއްކި ވީޑިއޯއިން ބުނި އެއްޗެވެ. ‘އެ ތިން މީހުންނަކީ ވެސް އާރަށާއި މުހަންމަދަށް އެމީހުން މަރާލުމަށް އެހީވި މީހުންނެވެ.’ އެއާއެކު އޭނާގެ މޫނުމަތީގައި ހީވީ މީހަކު އެއްޗަކުން ޖެހިހެންނެވެ. ކިޔާން ‘މަރުވި’ ހަބަރު ލިބުނީވެސް އޭނާގެ މައިންބަފައިންގެ މަރަށް ދެއަހަރު ވީ ފަހުންނެވެ.އޭނާގެ މައިންބަފައިންނަށްޓަކައި ރުއި ދުވަހު އެކަރުނަތައް ފޮހެދޭން ހުރީ އޭނާގެ މައިންބަފައިންގެ ގާތިލެވެ.

ނަމަވެސް އޭނާ އެކަން ގަބޫލުކުރަން ބޭނުންވީ ހެކި ހޯދުމަށް ފަހުއެވެ. އެހެންކަމުން އޭނާ ގެޔަށް ދިޔަ ގޮތަށް ބޭނުންވީ އެކަނި ކޮޓަރިއަށް ގޮސް ބެލްކަނީގެ އުނދޯލީގައި އިނދެގެން އެ ބޯފޮތް ކިޔާށެވެ. ނަމަވެސް އޭނާގެ ކޮޓަރިއަށް ދާން އުޅެނިކޮށް އޭނާގެ އަތުގައި ހިފައި ހުއްޓުވީ ޔަމާންއެވެ. އެއާއެކު އޭނާ ހިފަހައްޓާގެން ހުރި ކަރުނަތައް ދޫވިއެވެ. އޭނާ ޔަމާންއަށް ވީގޮތް ކިޔާދިނުމުން ފުރަތަމަ ޔަމާންވެސް ހުރީ ބަސްހުއްޓިފައެވެ. އުޝާ އެތަށް ފަހަރަކު މާފަށް އެދެން ފެށުމުން ދެފަރާތަށް ބޯހޫރާލިއެވެ. “އުޝާ މާފަށް އެދޭ ވަރު ކަމެއް އަދި ނުވެއެއްނު. އުޝާ ތިޑައިރީ ކިޔާފަ ވީ ގޮތެއް ބަލާ.” އުޝާ އެއް ފަހަރުވެސް މިފަދަ ކަމެއް ވެދާނެ ކަމަށް ހިއެއް ނުކުރެއެވެ. އޭނާ ޔަމާންއަށް ވައުދުވީ ކިޔާންއަކީ މިކަމުގައި ކުށެއް ނެތް މީހަކަސް އޭނާ ދެން ޔަމާން ދޫނުކޮށްލާނެ ކަމަށެވެ. ދެމީހުން އެތައް އިރަކު ވާހަކަ ދައްކަން ތިބެފައި އެމީހުންގެ ކޮޓަރިއަށް ވަތް އިރު ޔަނާލްއާއި ލިހާން އޭރުވެސް ތިބީ ގަދަ ނިދީގައެވެ.

ޔަނާލްއަށް އުނދަގުލެއް ނުވާނެ ގޮތަށް އުޝާ ފެންވަރާލައިގެން ނިދާ އެއްޗެހި ލައިގެން ބެލްކަންޏަށް ނުކުތީ އޭނާއަށް ދެން އެ ޑައިރީގެ އެއް ސަފުހާ ނަމަވެސް ނުކިޔާ ނުނިދޭނެކަން އެނގޭތީ އެވެ. އެހެންކަމުން އޭނާ އެ ލިޔުން ފަށައިގެން ކިޔަންފެށިއެވެ.

………………………………………………….

1 ޖެނުއަރީ 2011

އަހރެން މިޑައިރީ ލިޔަން މި ފަށަނީ އަހަރެންގެ ދިރިއުޅުމުގެ އުދާސްތައް ކިޔާދޭނެ އިތުރު ފަރާތެއް ނެތުމުންނެވެ. އެކަކު ކައިރީވެސް ބުނަން ނުކެރި މި ސިއްރު ހިފަހައްޓާގެން ހުރުން އުނދަގޫވެ މަންމަ ކައިރީ ޝަކުވާ ކުރުމުން އަހަރެންނަށް މި ފޮތް ދީފައި ބުނީ މި ފޮތާއި އަހަރެންގެ ހިތުގެ އުދާސްތައް ހިއްސާ ކުރުމަށެވެ. އަހަރެންގެ އުމުރަކީ އެންމެ ބާރަ އަހަރެވެ. ނަމަވެސް އަހަރެންގެ ޒިންމާ ބޮޑު މީހެއްގެ ޒިންމާއަށް ވުރެ ބޮޑެވެ. ފެށުނީއްސުރެވެސް އަހަރެންނަކީ ސްކޫލުގައި ކިޔެވުމަށާއި ކުޅިވަރުތަކަށް މޮޅު މީހެކެވެ. ނަމަވެސް އަހަންނަށް ދިހަ އަހަރު ފުރުނު ދުވަހު އަހަރެން ސްކޫލަށް ދިއުމަށް ތައްޔާރުވެގެން ނުކުތް ތަނުން އަހަރެން ހުއްޓުވީ އަހަރެންގެ ބައްޕައެވެ. އަހަންނަށް އަހަރެންގެ ބައްޕަ ފެންނަނީ މަދު ފަހަރަކުއެވެ. އެހެން ދިމާވާ މަދު ފަހަރުތަކުގައިވެސް ބައްޕަ އަހަންނާއި ވާހަކަ ދައްކަނީ މަޖުބޫރުވެގެން އެކަންޏެވެ. އެހެންކަމުން އެދުވަހު އަހަރެން ހުއްޓުވާ މިއަދު ސްކޫލަށް ދާނެ ކަމެއް ނެތޭ ބުނުމުން އަހަރެން ހައިރާންވިއެވެ. އަހަރެން އެކަމަށް އިންކާރު ކުރީ އެދުވަހު ޓެސްޓެއް އޮތްކަމަށް ބުނެއެވެ. ނަމަވެސް ބައްޕަ އެދުވަހު އަހރެން ސްކޫލަށް ދިޔަކަ ނުދިނެވެ. އެހެން ކަމުން އަހަރެން އެ ދުވަހު ސްކޫލަށް ނުގޮސް ޖެހުނީ ބައްޕަގެ އަމުރަށް ދަބަސް ޕެކް ކުރާށެވެ. ސުވާލު ކުރުން މަނާކޮށްފައި އޮތުމުން އަހަންނަށް އިތުރު އެއްޗެއް އެނގުނީ މަންމަ ކައިރިންނެވެ. މަންމަ ދެރަވެފައި ހުރެ ބުނީ އެހެން ރަށަކަށް ބަދަލުވާން އުޅޭ ވާހަކައެވެ. އިތުރު އެއްޗެއް މަންމަވެސް ނުބުނެއެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

idontcare

Level 110 Stories

Other Articles

Previous

އިންތިޒާރު 7

Next

އަބަދުވެސް މިހިތުގާ ވެޔޭ (ފަހުބައި)

Next
May 21, 2020

އަބަދުވެސް މިހިތުގާ ވެޔޭ (ފަހުބައި)

Previews
May 21, 2020

އިންތިޒާރު 7

3 Comments!

  1. idontcare says:
    May 21, 2020 at 5:09 am

    story mihaa lasvandhen nunereveythy readersge kibain vrh bodah maafah edhen. alhuganduge classthah feshumuge sababun kuda koh busykoh midhuvaskolhu mi ulheny. ekamaku madhuvegen hafthaa aku thin bai up kureveytho masakaiy kuraanan
    thanks for ur love and support

  2. Nauphoon says:
    May 21, 2020 at 11:23 am

    ❤❤❤❤❤❤

    1. Moya says:
      May 21, 2020 at 11:00 pm

      ?

Comments are closed.

Next Episodeސިއްރެއް 21←


All Right Reserved!