އީނާލްއަށް ދެލޯ ބޮޑު ކޮށްލެވުނެވެ. ޒައިންގެ ޓީޝާޓު އަތަށް ބޮނޑިކޮށްލެވުނެވެ. ޒައިންގެ ދެލޯ ސީދާ ވެފައި ހުރީ އީނާލްގެ މޫނަށެވެ. އީނާލްގެ ފަން އިސްތަށިގަނޑުގެ އެއްބައި އޮތީ މޫނަށް އެޅިފައެވެ. ޒައިންއަށް އެމޫނުން ކިރިޔާވެސް ތަންކޮޅެއް ފަރުދާވުން ބަރުދާސްތު ނުވިއެވެ. އޭނާގެ އަތުން އީނާލްގެ މޫނަށް އެޅިފައިވާ އިސްތަށިކޮޅުތައް ކަންފަތް ކައިރިއަށް ލައްވާލަ ދިނެވެ. ދެމީހުންގެ ހަތަރުކަޅި ހަމަވިއެވެ. އީނާލްގެ މޫނު މަޑުމަޑުން ރަތް ވާންފެށިއެވެ. ދެމީހުންގެ ހިތް ބާރު ބާރަށް ތެޅެން ފެށިއެވެ. ދެހިތުގެ ތެޅުން އެއްވަރު ވާން ނެގީ މަދު ސިކުންތުކޮޅެކެވެ. އެކަކު އަނެއްކެއްގެ ލޮލަށް ބަލަހައްޓައިގެން ހުރެވުނީ ކިހާއިރަކު ކަމެއްވެސް ނޭނގެއެވެ. “ޒައިން..” ތަނުގެ ހިމޭންކަން ފޫދުއްވާލި އީނާލްގެ އަޑުންނެވެ. ޒައިން އަށް ތެޅިގަނެވުނެވެ. އަވަހަށް އެނދުން ތެދުވަން އުޅުނެވެ. ނަމަވެސް ކަރަށް ބާރުވާހެން ހީވުމުން އީނާލްއަށް ބަލާލެވުނެވެ. ޒައިންގެ ކަރުގައި އޮތް ތަޅުދަނޑި ފަށާ އީނާލްގެ ފަށާ އޮތީ އޮޅިފައެވެ. “ސޮރީ…” އޮޅިފައިވާ ފަށް ރަނގަޅު ކޮށްދެމުން އީނާލް މާފަށް އެދުނެވެ. ދެ މީހުން ތެދުވެ ދުރަށް ޖެހިލިއެވެ. ޒައިން ދެޖީބަށް އަތް ޖަހާލަމުން ކުޑަ ދެންވެސް ހިމޭންކަމުގެ ވަގުތު ކޮޅެއް ދިޔައެވެ. “ނާހާނަންތަ؟؟؟…ދާންވީދޯ..” އީނާލް އިތުރަށް އެއްޗެކޭ ނުބުނުމުން ޒައިން އަށް ބުނެވުނީ އެއަޑު އަހާލާ ހިތްވެފައި ހުރިލެއް ބޮޑުކަމުންނެވެ. ” ނޫން ނޫން….” އީނާލް އަވަސްއަވަހަށް އަވަހަށް ބުނެލިއެވެ.
“އަހަރެންގެ ކައިރީ އަހަރެންގެ ސަލާމަތަށް ޒައިން އައީ ކީއްވެ؟؟ އެމީހުން އަހަންނާ ޝާހީ ކިޑްނެޕް ކުޜީ ކީއްވެ؟؟؟” އީނާލްގެ ސުވާލުން ޒައިން އަށް ލިބުނީ ހައިރާންކަމެވެ. އޭނާއަކީ ކާކު ކަމެއް ކީއްކުރާ މީހެއް ކަމެއް ބަލަން އީނާލް ނޫޅުމުން އޭނާގެ ހިތުގައި ސުވާލު އުފެދުނެވެ. “އަހަންނަކީ ކާކު ކަން އެނގޭކަށް ބޭނުމެއް ނޫންތަ؟؟؟ އަހަރެން ނުވެދާނެ އީނާލް ހީކުރާހާ ރަނގަޅު މީހަކަށް…” ޒައިން އީނާލްއަށް ވާގޮތް ބަލާލަން ބުންޏެވެ. ” އެހާ ރަނގަޅު މީހެއް ނޫންނަމަ ނުދަންނަ ކުއްޖަކު ސަލާމަތް ކޮށްދޭނެތަ؟؟ޒައިން ތީ ގޯސް މީހެއް ކަމަކަށް އަހަރެން ނުދެކެން…. އަހަންނަކަށް ވެސް ނޭނގެ ކީއްވެކަމެއް އެކަމަކު ޒައިން އަށް ވަރަށް އިތުބާރު ކުރެވޭ…. ޒައިން އަމިއްލަ އަނގައިން ތިއީ ކާކުކަން ބުނަންދެން އަހަރެން ވެއިޓް ކުރަނީ… ދެން އަހަރެންގެ ސުވާލަށް ޖަވާބު ދީ…” އީނާލް ޖަވާބުން ޒައިން އަށް ލިބުނީ ބުނެދޭން ނޭނގޭ އުފަލެކެވެ. ވަގުތުން އެމޫނުމަތީ އުޖާލާވެގެން ދިޔައެވެ. “އިތުބާރުކުރަންތަ އަހަންނަށް؟؟؟” ޒައިން ކުރިއަށް ފިޔަވަޅެއް އަޅާ އީނާލްއާ ކައިރިއަށް ޖެހިލިއެވެ.
“ހޫމްމް…” ޒައިންގެ މޫނަށް ނުބަލަންވެގެން އީނާލް އިސްޖަހާލިއެވެ. ޒައިން އީނާލް އަށް އަތް ދިއްކޮށްލިއެވެ. އީނާލް ޒައިންއަށް ހައިރާން ކަމުން ފުރިގެންވާ ނަޒަރަކުން ބަލާލިއެވެ. “ނުހިފާނަންތަ؟؟؟” ޒައިން އަހާލިއެވެ. އީނާލް ރަކި ހިނިތުންވުމަކާއެކު ބޯ ހޫރުވާލިއެވެ. އަދި އެއަތުގައި ހިފިއެވެ. ޒައިން އީނާލްގެ އަތުގައި ހިފައިގެން ނިކުތީ ބޭރަށެވެ. ވަލުތެރެއިން ލާފައި ހިނގަމުން ދިޔައިރު ދެމިހުން ކުރެ އެކަކުވެސް ވާހަކައެއް ނުދައްކައެވެ. އަތިރިމައްޗަށް ނިކުމެވުމާއެކު ޒައިންގެ ފިޔަވަޅުތައް ހުއްޓުނެވެ. އީނާލް އުޑުމައްޗަށް ބަލާލިއެވެ. ހަނދުވަރީ ރެއަކަށް ނުވި ކަމުގައިވިޔަސް އުޑުމަތީގައި ވާ ތަރިތަކުގެ ސަބަބުން އެރޭ ހިތްގައިމެވެ. ގޮނޑުދަށަށް ބިއްސާލާ ކުދި ރާޅުތަކުގެ އަޑު ނޫން އެހެން އަޑެއް ނީވެއެވެ.
ފުން ނޭވާއެއްލާފައި ޒައިން އޭނާގެ ވާހަކަ ފެށިއެވެ. ” އީނާލް ކިޑްނެޕް ކުރީ އަހަރެންގެ ޓާރގެޓް މިޒްރާން…އަހަންނާ ހިޝާމްއާ އަދިވެސް ބަޔަކު އެބައުޅޭ މިކަމުގެ ތެރޭގައި…އަހަރެން ދައްކަން ހުރި ވާހަކަ ވަރަށް ދިގު އެކަމަކު އެއީ މިއަދަކު ކިޔާދެވޭނެ ވާހަކައެއް ނޫން. …މިޒްރާން އަކީ އަަހަރެންގެ މަސައްކަތް ކުރިއަށްދާނެ އެންމެ ބޮޑު އެއް ވަސީލަތް….އޭނާގެ ޒަރިއްޔާއިން އަހަރެންގެ މަޤްސަދާ ކައިރިއަށް ދާން މަގު ފެންނާނެ…އަހަންނަކީ ސިފައިންގެ ސިއްރު އޭޖެންޓްއެއް….އީނާލް ކައިރީ މިވާހަކަ ބުނަން ފަސްޖެހުނީ އަހަރެންގެ ފަހަތުގައި ނުރައްކާތެރި އެތައް ބަޔެއް އުޅޭތީ…އީނާލްއަށް އަހަރެންގެ ފަރާތުން ގެއްލުމެއް ލިބެން ބޭނުންނުވާތީ….އަހަންނަށް އުދަނގޫވީ އެކަމަކު އީނާލް ކައިރީ ނުބުނެ ހުންނަން…” ޒައިން މޫދާ ދިމާލަށް ބަލާލަމުން ބުނެލިއެވެ. ” އެހެންވީމާ ޒައިންގެ މިޝަން އެއް ދޯ މިއީ…” އީނާލް ޒައިންގެ މޫނަށް ބަލާލިއެވެ. ޒައިން ބޯ ޖަހާލިއެވެ. “ދެން ޒައިންގެ މަޤްސަދަކީ ކޮބާ؟؟” އީނާލް އަހާލިއެވެ. ” އެއާރޕޯރޓް ގޮއްވާލިކަން އެނގޭނެ މީގެ 6 އަހަރު ކުރިން….. އަހަރެންގެ އާއިލާ ގެއްލުނީ އެހާދިސާގައި…. އެހާދިސާގެ އަޑީގައި އުޅޭ އެބަ ވަރަށް ބޮޑު ބައެއް….އެ ބަޔަކު ހޯދާ ހައްޤު އަދަބު ދޭން..” ޒައިން ރުޅިވެރިކަމާއެކު ބުނެލިއެވެ.
އީނާލްގެ ހަނދާނުން ބައެއް ކުރިމަތިން ފްލޭޝް ވިހެން ހީވިއެވެ. ބޮލަށް އެރީ ކުއްލި ތަދެކެވެ. މުޅި ތަން ފުސްވާހެން ހީވިއެވެ. ވެއްޓެނއ އުޅެހެން ހީވުމުން ޒައިންގެ އަތުގައި ބާރަށް ހިފުނެވެ. ޒައިން ސިހިފައި އީނާލް އަށް ބަލާލިއެވެ. “ހޭއި…އާރ ޔޫ އޯކޭ؟؟؟ އީނާލް…އީނާލް….” ޒައިން އީނާލްގެ ގައިގައި ހިފެހެއްޓިއެވެ. ” މުޅިތަން އެނބުރެނީ….” ދެލޯ މަރާލަމުން އީނާލް ވައިއަޑަކުން ބުނެލިއެވެ. ” އިޓްސް އޯކޭ….މިއަދު ކަން ހިނގި ގޮތުން ތިހިރީ އަދި ހަމައަކަށް ނޭޅި…ފަހުން ވާހަކަ ދައްކާނި…ހިނގާ ދާން ދެން….” ޒައިން ކަންބޮޑުވެފައިވާ ރާގެއްގައި ބުނެލިއެވެ. އީނާލް ބޯ ޖަހާލަފައި ހިނގައިގަންނަން އުޅުނެވެ. ނަމަވެސް އޭނާ އަރިއަޅާލިއެވެ. ޒައިން ހުޝިޔާރު ކަމާއެކު އީނާލް ވެއްޓުނަނުދީ ހިފެހެއްޓިއެވެ. ” ދިސް ވޯންޓް ޑޫ…” ޒައިން އީނާލް އަތްދަނޑި މައްޗަށް އުފުލާލިއެވެ. އަދި ކުރިއަށް ހިނގައިގަތެވެ.
ޝާހިން ވެސް މައިންބަފައިންނަށް ވީގޮތް ކިޔައިދިނީ އެއްބައި ސިއްރުކޮށްފައެވެ. އަދިވެސް އޭނާގެ ބިރު އެއްކޮށް ފިލައިގެން ނުދެއެވެ. ނަމަވެސް ބޭރުފުށުން އެކަން ފޮރުވާލީ ކުޅަދާނާކަމާއެކުއެވެ. މަންމަމެން ކައިރީ މަޑުކޮށްލުމަށްފަހު ޝާހިން ކޮޓަރިއަށް ވަން އިރު ހިޝާމް އީނީ ޝާހިންގެ އިންތިޒާރުގައެވެ. ޝާހިން ހިނިތުންވެލިއެވެ. ކުއްލިއަކަށް ބާރުމިނުގައި ހިޝާމް އައިސް ދޮރާ އޭނާއާ ދޭތެރޭ ޝާހިން ހައްޔަރު ކޮށްލިއެވެ. ޝާހިން ދެލޯ ބޮޑު ކޮށްލާފައި ހިޝާމްއާ ދިމާލަށް ބަލާލިއެވެ.” އަހަރެންވެސް ހަމަ އެއްލާލާނީތަ…ކުޑަ އިރުކޮޅެއް ކުރިން އެމީހާ އެއްލާލި ގޮތަށް؟؟؟” ލާނެތް ރާގެއްގައި ހިޝާމް އަހާލިއެވެ. ޝާހިން ބިރުގަނެފައި ހުރީތީ އޭނާގެ ބިރު ކަނޑުވާލަން ބޭނުންވިއެވެ. ޝާހިން ރަކި ހިނިތުންވުމަކާއެކު އިސްޖަހާލިއެވެ. “އޯކޭތަ؟؟؟..އަދިވެސް ތިހިރީ ބިރުންނޭ ނޫން….” ހިޝާމް ޝާހިންގެ ދަތްދޮޅީގައި ހިފާލަމުން އިސްއުފުލާލިއެވެ. “މަންމަމެނަށް ވެފައި ހުރި ގޮތުން ދެރަވެސް ވެއްޖެ….އަދިވެސް ހީވަނީ އެމީހުން އައިސްދާނޭ…..” ޝާހިންގެ ލޮލުގައި ކަރުނަ ވިދާލިއެވެ.” ހޭއި…. ނުރޯއްޗޭ….ޝާހިން ރޯތަން ބަލާކަށް އަހަންނަކަށް ފަސޭހައެއް ނޫން…” ހިޝާމް ޝާހިން އޭނާގެ އަތުތެރޭ ފޮރުވާލިއެވެ.
ޝާހިންއަށް އިތުރަށް ރޮވުނީއެވެ. އޭނާގެ ގިސްލުމުގެ އަޑު ފަނޑު ކޮށް ހިޝާމްއަށް އިވުނެވެ. ޝާހިން ކުޑަކޮށް ގަޔާ ދުރު ކޮށްލަމުން ކަރުނަ ފޮހެދިނެވެ.”ޝްޝްޝްޝްޝް…ދެން ހުއްޓާލާ……” ހިޝާމް ޝާހިން ގެ ނިތުގައި ބޮސްދިނެވެ.” ވަރަށް ލަސްވެއްޖޭ ނޫން…..ހިޝާމް ދެން ދޭ….” ރުއިން ހުއްޓާލަމުން ޝާހިން ހިޝާމް އަށް ބަލާލިއެވެ.” ދާންވީތަ؟؟؟ ” ހިޝާމް ދާހިތްނުވެފައި ހުރެ އަހާލިއެވެ. ޝާހިންގެ ހިތެއް ވެސް ހިޝާމް ދާކަށް ނޭދުނެވެ. ނަމަވެސް ހިތާ ދެކޮޅަށް އޭނާ ބޯ ޖަހާލަމުން ހިނިތުންވެލިއެވެ. ” ގުޑްނައިޓް ބިއުޓިފުލް….” ހިޝާމް އަރިވެލާފައި ޝާހިންގެ ކޮލުގައި ބޮސްދީފައި އެއްލޯ މަރާލިއެވެ. ޝާހިންގެ މޫނު ޖަންބެއް ހާ ރަތްވިއެވެ. ހިޝާމް ލުއި ހީލުމަކާއެކު ދިޔައެވެ. ޝާހިން އަށް ބަލަން ހުރެވުނީއެވެ.
ޒައިން އީނާލް ގޮވައިގެން އައިސް އީނާލް އެނދުގައި ބޭއްވިއެވެ. އީނާލްއަށް އޮތީ ނިދިފައެވެ. ގައިގައި ރަޖާއަޅާލަދިނުމަށް ފަހު ޒައިން އިރުކޮޅަކު ބަލަން ހުރެވުނެވެ. ނިދީގައި ވެސް އީނާލްގެ ރީތިކަން ފާޅުވެއެވެ. ޒައިން އެހެން ހުއްޓާ އިއަރ ފޯނުން ސިގްނަލް އައެވެ. ” ޒައިން….ހެޑް ކުއާރޓާރސް…..ފާސްޓް….އަލްފާ އިޒް ވެއިޓިން ފޯރ އެވްރީވަން…” ރަނާ ގެ އަޑު އެކޮޅުން އިވުނެވެ. ” އޮން މައި ވޭއި…..” ޒައިން ޖަވާބު ދިނެވެ. ފަހު ފަހަރަށް އީނާލް އަށް ބަލާލަމުން ދުވެފައި ގޮސް ކުޑަދޮރުން ފުންމާލިއެވެ.
އައިޒަން އާއި ރަނާ ހުރި އާޝޯހުވެފައެވެ. މިފެންނަ މަންޒަރު ތެދުބާއޭ ދެމީހުންގެ ހިތަށް އަރާ ފައިބަމުން ދިޔައެވެ ކުރިމަތީ ހުރި ވަރުގަދަ ޝަހްސިއްޔަތާ ދިމާލަށް ކަޅިޖަހާ ނުލާ ބަލަން ހުރީއެވެ. ހިޝާމް އަށް އާދެވުނީ ކުރިއަށެވެ. އޭނާ ފެނި ހިޝާމް ހުއްޓުން އެރިއެވެ. “ރިފާއު ސަރ….” ހިޝަާމް ބުންޏެވެ. “ޒައިޝް….އަހަރުތަކެއް ފަހުން މިފެނުނީ…ޔުއާރ ޑޭޑް ވިލް ބީ ޕްރައުޑް އޮފް ޔޫ އެންޑް ޔޫ ޓޫ ޒާރާ ……” ރިފާއު ހިތާމަވެރި ހިނތުންވުމާއެކު ރަނާއަށް ބަލާލަމުން ހިޝާމްއަށް ސަލާމަށް އަތް ދިއްކޮށްލިއެވެ. ހިޝާމް އިސްޖަހާލަމުން އެއަތުގައި ހިފައި ސަލާމް ކޮށްލިއެވެ. އަފްލާހް ގޮނޑީގައި އިނދެ ރިފާއުއަށް ބަލާލީ ކަމެއް ދެނެގަންނަންބއުޅޭ ފަދައިންނެވެ. ޒައިން އައުމާއެކު ރިފާއު އެދިމާއަށް ބަލާލިއެވެ. “ސަރ…” ޒައިން ރިފާއު ފެނުމުން ހައިރާންވީކަމުގައިވިޔަސް އަދަބު އިހްތިރާމްއަށް އެޓޭންޝަން އަށް އެރިއެވެ. ރިފާއު އަތްހިއްލާލަމުން އެންމެ ރަނގަޅު ކަމަށް ބުނެލިއެވެ. އެންމެން އައިސް ގޮނޑީގައި އިށީނުމާއެކު އަފްލާހް އަށް ސަމާލުކަން ހުއްޓާލިއެވެ.” މިޝަން ކާމިޔާބު ކުރީތީ އެންމެންނަށް ސަރ ސާބަސް ދެން….އެކަމަކު މި މިޝަން ކާމިޔާބު ވުމަކުން އަދި ނުނިމޭ….މިމިޝަން އަކީ ދެން އަންނަން އޮތް މިޝަންތަކާ އަޅާ ބަލާއިރު އެއްވެސް އެއްޗަކަށް ނުވާނެ…ތި އެންމެން ތަމްރީނު ކޮށްފައި ތިވަނީ އެންމެ އެކްސްޓިރީމް ލެވެލްއަށް…..ރިފާއު ސަރ މިއަދު ތި ޓީމްއާ ބައްދަލު ކޮށްލަން ބޭނުންވެގެން އެންމެން ހާޒިރު ކުރީ…ސަރ…” އަފްލާހް ރިފާއު އަށް ބަލާލަމުން ގޮސް ގޮނޑީގައި އިށީނެވެ
ރިފާއު ތެދުވަމުން އެންމެންނާ ކުރިމަތިލިއެވެ. ” ސަރ މިއައީ ތި ޓީމަށް ކުޑަ ވާހަކައެއް އިއްވާލަން….ތި ކޮމްޕްލީޓް ކުރި މިޝަން އިން ކުރިއެރުން ލިބޭ އެބަ….އަދި ތި ސަލާމަތް ކުރި 3 އަންހެން ކުދިން ގެ ތެރެއިން 2 ކުދިން މިތަނަށް ގެނެސް ދިނުމަށް އެދެން ވެގެން…އީނާލް އާއި ޝާހިން އެނގޭނެ ދޯ….ޒައިން…..ޒައިޝް..ޒިނާން…” ވަކިވަކިން ކޮންމެ ކުއްޖަކަށް ބަލާލަމުން ރިފާއު އެދުނެވެ. ހިޝާމް ގޮނޑިން ތެދުވިއިރު ޒައިން ގެ ދެލޯ ހަނިވެގެން ދިޔައެވެ.”ވަޓް؟؟؟”ހިޝާމްއަށް ބޭއިހްތިޔާރު ބުނެވުނެވެ. އަފްލާހް ސީރިއަސް ނަޒަރެއް ހިޝާމަށް ދިނެވެ. ޒައިން ހިޝާމްގެ ކޮނޑުގައި ހިފައިފައި ގޮނޑީގައި ބޭންދިއެވެ. ” މިއަކީ ކުޑަ މިޝަންއެއް ކަމަށް ބަލާ….. މާދަމާގެ ރޭގަނޑު އެ ދެ ކުދިން މިތާ ތިބެން ވާނެ…އީނާލް އަށް ހާއްސަ ސަމާލުކަމެއް ދޭތި….ޝާހިން އަށް ވަކި ހާއްސަ ވާހަކައެއް އިންނާނި…. ހުރިހާ ކުދިންނަށް ވެސް އޯލް ދަ ބެސްޓް…” ރިފާއު އިތުރު ކޮށްލުމުން ޒައިން ފާޑަކަށް ބަލާލިއެވެ. ހިޝާމް އަމިއްލަ ނަފްސު ހަމަޔަކަށް އަޅުވަން މަސައްކަތް ކުރިއެވެ.” ޒައިޝް…. އަހަރެންގެ އޮފީހަށް…” އަފްލާހް ހަރުކަށި ގޮތް ދައްކާލަމުން ރިފާއު އަށް ސެލިއުޓް ކޮށްފައި ހިނގައިގަތެވެ. ހިޝާމް ދެ ޖީބަށް އަތް ޖަހާލަމުން ފަހަތުން ހިނގައިގަތެެވެ.
ރިފާއު ހިނިތުންވުމެއް ހަދިޔާ ކޮށްލުމަށް ފަހު ރޫމް އިން ނިކުތެވެ. ” އެކަކު އެރީ ރަތަށް….އަނެއްކަކު މިއިނީ ރުޅި ފޮރުވައިގެން….މަ އިނީ ވާނުވާގަ…ހީވަނީ ހިންދީ ޑްރާމާއެއް ހެން….” އައިޒަން އަތްދަމާލާފައި ގޮނޑިގައި ހަމަޖެހިލިއެވެ. ރަނާ އައިޒަން ގައިގައި ބޮނޑިއެއް އެޅިއެވެ. ” އަދިވެސް މަޖާތަ ވަނީ؟؟؟؟..ޒައިން…އިނގޭނުން އަފްލާހް ސަރ ގެ ރޫލް…..މިޝަން ގެ ތެރޭ ނޯ ޕާރސަނަލް ފީލިންގްސް…..ދޮންބެއަށް ލެކްޗަރ އަންނާނެ..” ކަންބޮޑުވެފައި ރަނާ ބުނެލިއެވެ.” ދޮންބެ ދެކެ ހާދަ ލޯތްބެއް ވޭދޯ…. މިހާރުވެސް ކަންބޮޑުވެފައި ތިހިރީ….. މަށާ މެދު ވެސް އަޅާލާނަމަ….” އައިޒަން ލާނެތް ރާގެއްގައި ބުނެލިއެވެ. ” ޒައިން…އެއްޗެކޭ ބުނެބަލަ….” އައިޒަން އާ ދިމާލަށް ލޯއަޅާލާފައި ރަނާ ޒައިން އާ ވާހަކަ ދެއްކިއެވެ.”ހިޝާމް ވިލް ބީ ފައިން….އެންޑް ސަރ ގެ ބަސް އަހަން ރަނާ ތިހިރީ ނޫން….އަމިއްލަ ފީލިންގްސް ފޮރުވައިގެން….” ޒައިން އެހެން ބުނުމުން ރަނާ ދެލޯ ބޮޑު ކޮށްލިއެވެ. ” އޭނނ..ރަނާ…ރަނާ ވެސް މިހާރު އެ ބަލި ޖެހުނީ؟؟؟؟ ކާކު؟؟؟ މަށަށް ތިހެން ނުހަދަބަލަ ދޯ….” އައިޒަން މޭގައި އަތް އަޅަމުން ރަނާ ގެ ގޮނޑީގައި ހިފައި އޭނާ އާ ވީފަރާތަށް އަނބުރާލިއެވެ. ރަނާ އައިޒަން ގެ ގޮނޑީގައި ފައިން އަޅުވައިފައި ދުރަށް ލިއެވެ.
“ސަރ…..މިޒްރާން ގެންގޮސްފި……އެންމެ ފަހުން އެއަތުލައިގަތީ…..ރާއްޖޭ ސިފައިން ބޯގޯސް ވާނޭ ކިޔާފަ ދޫ ދިނީމަ އަހަރެމެން ގެ މީހަކު އެ އަތުލައިގަތީ…އެތައް މައުލޫމާތެއް ހުންނާނެ…..ވަރަށް ބޮޑު ގެއްލުމެއް މީ….އެ އީގަލްގެ ކަމެއް ހެން ހީވަނީ….ބޮޑުވެއްޖެ މުސީބާތެއް މި ލައިގަތީ؟؟؟” ހޮޓަލް ރޫމެއްގަި ހުރި ފިރިހެނަކު ފޯނުން ވަރަށް ރުޅިއައިސް ހުރެ ވާހަކަ ދައްކަމުން ދިޔައެވެ. އެކޮޅުން މީހަކު ރައްދު ދިނުމުން ރުޅި މަޑުކޮށްފައި އަދަބުވެރިވިއެވެ. އަދި މޭޒުމަތީ އިން ލެޕްޓޮޕް ހުޅުވާލިއެވެ. ފައިލް އެއް ލިބިފައި އިނުމުން އެ ހުޅުވާލިއެވެ. އަންހެނެއްގެ ފޮޓޯ އަކާއި އާންމު މައުލޫމާތު އޭގައި އޮތެވެ. “ރިފްޤާ އަހްމަދު ޒައުލް….” އެ މިހާ އެނަން ކިޔާލިއެވެ. އެ މައުލޫމާތު ކިޔަމުން ދިޔަވަރަކަށް އެނާގެ ތުންފަތް މަތީ ނުލަފާ ހިނިތުންވުމެއް ދުވެލިއެވެ
(ނުނިމޭ)
8 Comments!
Comments are closed.



Vaahaka v riythi mashallah ? v dhuvas fahun dhw anehkaa ves mi up viy. Keehvetha ehaa lassvaniy…. when is next. Curiously waiting for the next part.
Thanks kaisha???????….Kudakoh dhathi thakeh dhimaa vee ehn ve vaahaka up kurun las vee….v ufaa vehjeh reethi veema?????
Hishaam is my enEmy
Bytheway vaahaka salhi
Hehe y??…..Thanks enemy????????????
Mee varah reethi story eh. Ma Sha Allah.?????????? Varah dhuvas fahun aneika vx new part eh kiyaalan mi libuny. Varah interesting story eh mee. I really like this story.❤❤❤❤❤❤❤❤❤❤❤ When is next part?? Avahah up kollahche. Curiously waiting for next part.??????? Ly
Hehe….thank you so much for ur sweet words???????…..i will try insha Allah….ly too izabell?????????????
Eid mubarak hya sis….story hama habeys…xain kairivex eid mubarak bunaathi ingey… keeep it up..saranghae kim taehyung…i purple u hya???????????????????
Still waiting such a gud story pls next part that uploads kohladhee