އެންމެން އެކުވެރިވެ ވަގުތު ކޮޅެއް ހޭދަކޮށްލުމަށްފަހު އެންމެންވެސް ދިޔައެވެ. ބަލައިގެން އުޅުމަށް ބުނުމަށްފަހު ކިނާން އަދި ވިރާންވެސް ދިޔައެވެ. ޝާޔަން އެކަނިވިއެވެ. އޭނާއަށް ވިސްނެމުން ދިޔައީ ޒީވާއާމެދުގައެވެ. މީހުންގެ ކުރިމަތީގައި ހީލައިގެން ހުއްޓަސް އޭނާ ވަނީ ނުހަނު ބަލިކަށި ވެފައެވެ. ހަމަ އެވަގުތެވެ. ލިއަމް ވިސްނަމުން ދިޔައީ ޝާޔަންއާ މެދުގައެވެ. ޝާޔަންގެ ފޮޓޯތައް ބަލަމުން ދިޔަ ލިއަމްގެ ގަޔަށް ޖަހާލެވުނު އިންޖިކްޝަނާއެކު ލިއަމްގެ ދެލޯ މެރިގެން ދިޔައެވެ.
އާ ދުވަހަކަށް އިރު އަރައިގެން އައީ ބިރުވެރި އަޑުތަކެއް ފަތުރަމުންނެވެ. ޝާޔަންއަށް އެ ޚަބަރު ލިބުމާއެކު ހީވީ މުޅިތަން އެނބުރިގަތްހެނެވެ. ގްރޭޑް ބާރައިގައި ކިޔަވަމުންދިޔަ ކުއްޖަކު ގެއެއްގައި ދަންޖެހިފައި ހުއްޓާފެނުން ވާހަކަ ޝާޔަންގެ އިތުރުން ކިނާން އަދި ޔަނާހުވެސް އަޑު އެހީ ފުން ހިތާމަޔާއެކުގައެވެ. ކޮންމެ މީހަކުވެސް ވިސްނަމުންދިޔައީ މިކަން ކުރަމުންދިޔައީ ކާކުތޯއެވެ.
ކިނާންއަށް ލިބުނު މައުލޫމާތުތަކުން ޒީވާގެ މަރުގެ އަސްލަކީ ހަށިގަނޑުގައި ކާބަންޑައި އޮކްސައިޑް ގިނަ ވުމުންކަން އިނގިގެން ދިޔައެވެ. ވީއިރު ޒީވާ އަމިއްލައަށް ދަންޖެހެނުކަމަށް ދައްކުވަން މީހަކު މަސައްކަތް ކޮށްފައިވާ ސަބަބެއް އުޅެ އުޅެވެސް ކިނާންއަކަށް ނޭންގުނެެެވެ.
“ސޮރީ ފޮ ޔުއާރ ލޮސް…” ކިނާންގެ އަޑުގައި ވަނީ ހިތާމައާ މޮޅިވެރިކަމެވެ. ފޯނު ކަންފަތުގައި ޖަހައިގެން ހުރި ޝާޔަން ގިސްލުމުގެ އަޑު ކިނާންގެ ކަންފަތުގައި ޖެހުނެވެ. “ކީއްވެތަ؟ ފަހަރަަކު މީހަކު…؟ ވައި ޑިޑް ޒީ….” ޝާޔަންއަށް އިހުތިޔާރުންބޭރުގައި ރޮވުނެވެ. ކިނާންގެ ބުރަ މަސައްކަތުން ޝާޔަން ހުއްޓުވާލީ ލޮއެއްބާއެކުއެވެ. މަދު ވަގުތުކޮޅެއް އެކުގައި ހޭދަކުރެވިފައި ވީނަމަވެސް ކިނާން ގެ ހިތުން ޝާޔަން ވަނީ ޖާގަ ހޯދާފައެވެ. ޝާޔަން ހަމަޔަކަށް އެޅުމުން ކިނާން ޒީވާގެ މަރުގެ ހަގީގަތް ކިޔައިދިނެވެ. އަދި ލިއަމްގެ މަރަކީވެސް ހަމަ އެފަދަ މަރެއް ކަމަށް ބެލެވޭ ވާހަކަ ބުންޏެވެ. “ހީވަނީ ސީރިއަލް ކިލާރ އެއްހެން. ޔޫ ހޭވް ޓުބީ ސްޓްރޯންގް.”
ކިނާން ފޯނު ބޭއްވިއެވެ. ޝާޔަންމެންގެ ސްކޫލު ވަގުތީ ގޮތުން ބަނދުކުރެވި މުޅި ދިވެހިރާއްޖެ އެ ހަބަރު ތަކުގެ ސަމާލުކަން ހޯދިއެވެ. ޝާޔަންގެ މަންމަ ހުންނަނީ ނުހަނު ބިރުން ކަމަށް ވިޔަސް ޝާޔަންއަށް އަބަދުވެސް ހިތވަރު ދީ ހަދައެވެ.
ޝާޔަން ފޭސްބުކް ހާވަން އިންދާ ފެނުނު ހަބަރެއް ހުޅުވާލިއެވެ. ” ކްރީޕީ ސްޓޯކާރ.” ޝާޔަން ބާރަށް ކިޔާލިއެވެ. އަދި ކިނާން އަށް އަވސް އަވަހަށް ގުޅާލިއެވެ. “ޒީގެ ފޯނު އޮތިއްޔާ އަވަހަށް އޭތި ހުޅުވަބަލަ. އަހަރެން މިދަނީ ޔަނާހު މެން ގެއަށް އެތަނަށް އައިސްދީ ވަރަށް އަވަހަށް.” ވިރާން ލައްވާ ކިނާން ޒީވާގެ ފޯނު ހުޅުވިއެވެ. އަދި މެސެޖު ތަކާ ފޮޓޯތަށް ބަލަން ފެށިއެވެ. ދެމީހުންނަށްވެސް ލިބުނީ ޝޮކެކެވެ. ކިނާން ބާރުބާރަށް ހިނގާފައި ގޮސް ސައިކަލަށް އަރަމުން ޔަނާހު އަށް ގުޅާލިއެވެ.
“ޝާޔަން އެއް ނާދޭ..ކިހިނެއްވީ؟؟ އިޒް ޝީ މިސިންގް؟؟!!” ޔަނާހު ހާސްވެފައި އަހާލިއެވެ. އޭނާގެ މޫނުމަތިން ހާސްކަން ފާޅުވާން ހުއްޓެވެ. ކިނާން ބުނި ގޮތުން ވެއްޖެޔާ ޝާޔަން ދިޔައީ އެގެއަށެވެ. އެކަމު ޝާޔަން އެއް ނެތެވެ. ޔަނާހު ޓީޝާޓެއް ބޮލަށް މަހާލަމުން ގެއިން ނިކުމެ ނިކުމެ ހުއްޓާ ކިނާން އައެވެ.
“ޔަނާހު…ޒީވާ ވެސް ލިއަމް ވެސް މަރާލީ އެކަކު. ހަމަ އެއްގޮތަކަށް. އެއީ ސީރިއަލް ކިލާރ އެއް. އޭނަ ބޭނުން ވަނީ ޝާޔަން. އެންޑް މިހާރު ޝާޔަން ގެއްލިގެން މިއުޅެނީ. ވީ ހޭވް ޓު ފައިންޑް ހާރ.” ޔަނާހު ގޮވައިގެން ކިނާން ދިޔައީ ޕޮލިސް ސްޓޭޝަނަށެވެ.
“ޝާޔަން ޝާޔަން ޝާޔަން…” އިވިގެން ދިޔައީ ދަންނަ އަޑެކެވެ. ޝާޔަންގެ ހިތް ނެގި ނެގިފައި ޖެހެމުން ދިޔައެވެ.
ނުނިމޭ..
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
5 Comments!
Comments are closed.





sorry for being late. m really sick and am sorry for writing it short. dhen innaany last part ingey
Yaayyy… varah ufaa vehjje mi part lahun namavx kiyaalan libunee thee… n i understand u… anyways story varah varah reethi… N me first tha… whn is
Next part… curiously waiting for next part ❤❤❤❤
This is the first time im commenting in your story.i have read all your stories before..hama daily koh kiyan..masha allah im always hama speechless and curiously waiting to know what will happen next..hehe..i was really happy to know that you came back with another story again? get well soon dear ♥️♥️♥️ thank you mi part genesdhinyma ?wen next part? Are going to continue writing mi story ge kurin liyaan feshi story?
next part soon plssss. mi part varah rythi
Perfect ?? stry v salhi next part avahah up Kohla dhehchey seyma
Get well soon seyma keep it up ?