ޒާހިލް ޖެޓީ ކައިރީގައި ސައިކަލު ޕާރކް ކޮށްލުމަށްފަހު ފިރިހެން ވަންތަ ހިނގުމެއްގައި ޖެޓީއަށް އަރައިގެން އަންނަން ފެށިއެވެ. ޖެޓީ ކޮޅުގައި އިން މަލާކް ފެނުމުން ކޮންމެވެސް ކަމެއް ގޯސްވެއްޖެކަމަށް ޒާހިލްގެ ހަވަނަ ހިއްސު ބުނަމުން ގެންދިޔައެވެ. މަލާކްއާ ޖެހިގެން އިށީނދެލުމަށްފަހު ޒާހިލް މަލާކްއާ ދިމާލަށް ބަލާލިއެވެ. މަލާކް އިސް އުފުލާލިއިރު ދެލޮލަށް ޖަމާވެފައިވާ ކަރުނަތައް ފެނުމުން ޒާހިލްގެ ހިތުގައި ހީވީ މީހަކު ވިކައިގަތް ހެންނެވެ. “ހޭ،،ވަޓްސް ރޯންގް؟” މަލާކްއަށް ގިސްލެވެން ފެށުނެވެ. ޒާހިލްގެ ހިތްހީވީ މަޑު ފުށްކޮޅަކަށްވެގެން […]
އެޕާޓްމެންޓްއަށް ފޮށި ހިފައިގެން ހިފައިގެން ދިޔައިރު ދެމީހުންގެ ނޭވާ ހުރީ ކުރުވާގޮތް ވެފައެވެ.ސިޑިން އެރުމަށް ފަހު އެޕާޓްމެންޓް ގެ ބެލް ޖަހާލުމާއި އެކު ދޮރު ހުޅުވާލީ އަންހެން ކުއްޖެކެވެ.”އޮހް މިއީ ދޯ މިއަދު އަންނާނޭ ބުނި ކުދިން.އާދޭ އެތެރެޔަށް. އަހަންނަކީ މާލް .”ހިތްހެޔޮ ހިނިތުން ވުމާއި އެކު މާލް ބުނެލިއެވެ. ނަސީބަކުން ނައިނާ އާއި ދެމީހުންނަށް ލިބުނީ އެއް ކޮޓަރިއެކެވެ.ފޮށި ބެހެއްޓުމަށް ފަހު ބޭރަށް ނުކުތީ މާލް ގެ އެދުމުގެ މަތިންނެވެ.”މިގެޔަކު މާގިނަ ކުދިންނެއް ނޫޅޭނެ.އެއިން ކޮޓަރީގައި […]
*************** ސިފައިންނަށް ހާއްސަ ކޮށްފައިވާ އޭރިޔާގެ ބޯރޑާރ ގޭޓު ކައިރީ އަފްލާހް މަޑުކޮށްލައިގެން ހުރީ ޒާޝާގެ އިންތިޒާރުގައެވެ. ނޫ ގަމީހަކާއި ކަޅު ޖިންސެއްގައި އަފްލާހް ފެންނަލެއް ހިތްގައިމެވެ. އަންހެން ކުދިންގެ ހިތް ފަތަޙަކޮށްލާ ފަދަ ރީތިކަމެކެވެ. ކިތަންމެ އާދައިގެ ފެންވަރުގެ ހެދުން އެޅިކަމުގައިވިޔަސް އެ ވަރުގަދަ ޝަހުސިއްޔަތަކަށް ބަދަލެއް ނާދެއެވެ. ޖީބުން ކުޑަ މަހުމާ ފޮށްޓެއް ނަގަމުން އަފްލާހް ހިނިތުންވެލިއެވެ. ފޮށި ހުޅުވާލުމާއެކު އޭގެން ނެގީ ތަޅުދަނޑި ފުލެއް ލާފައި އިން ރިހި ފަށެކެވެ. އެ […]
4 ވަނަބައި ދެމީހުނަށް އެއްފަހަރާ ހަޅޭއްލަވައިގަނެވުނެވެ. ފަތިހުގެ ހަމަހިމޭނަކަމުގެ ސަބަބުން އެއަޑު ރޭޝަމްއާއި ރާޝިފްގެ އިތުރުން ރަމީޒުވެސް އައީ ދުވެފައެވެ. އެމީހުނަށްވުރެ ކުރިން ނާއިލް ހުރީ އެތަނަށް އައިސްއެވެ. އޭނާ ހުރީ ހުއްޓުން އަރާފައެވެ ހުވަފެނެއްގައި ހުރި ފަދައެވެ. ނިޒާރުގެ ބޮލުން އައިސްފައިހުރި ލެއިން މުޅި ބަދިގެ ތެރޭގައިވަނީ ލޭގެ ކޯރެއް ހެދިފައެވެ. ރަމީޒަށްވެސް އެންބިއުލާންސްއަށް ގުޅަން ހޭވެރިކަމެއްވީ އިރުގަނޑެއް ފަހުންނެވެ. އެންބިއުލާންސް އަށްލައިގެން ނިޒާރު އައިޖީއެމްއެޗް ހޮސްޕިޓަލްގެ އެމެޖެންސީ ބަޔަށް ވެއްދިއެވެ. އެއިރުވެސް ނިޒާރުގެ ގައިގައި […]
ރާނީގެ ހުރިހާާ ޚިޔާލުތައް ގޮސް ހުއްޓިފައި ވަނީ އޭނާގެ އެހިތްދަތި މާޒީއަށެވެ. މަންމައާއި ވަކިވުމަކީ ކިހާވަރެއްގެ ކަމެއްކަން މިއަދު އޭނާއަށް އިޙްސާސް ކުރެވުނެވެ. އެހެނަސް މިއަދު ކުރާނެ ކަމެއް ނެތެވެ. އެމަންމަ މިދުނިޔެއާއި ވަކިވެގެން އެދިޔައީ ރާނީގެ އެވިޔާނުދާ އުޅުމުގެ ސަބަބުންނެވެ. ރާނީއަކީ ރަށްފުށުގެ ދިރިއުޅުމެއްގައި އުޅެމުން އައި އެރަށުގެ އެންމެ މުއްސަނދި އަދި އެންމެ ގަދަރުވެރި އާއިލާގެ ހުރި ހަމައެކަނި އަންހެން ދަރިފުޅެވެ. ހަމައެހެންމެ އެންމެ ހަގު ކުއްޖާ ވެސް މެއެވެ. މައިންބަފައިންގެ ލޯބި ލިބިގެން […]
ރޭގަނޑުގެ އަނދިރިކަން ވަދާޢުގެ ސަލާމް ކުރުމަށްފަހު އާދުވަހަކަށް މަރުޙަބާކިޔައިފިއެވެ. ކޮންމެ ދުވަހަކީވެސް މަސައްކަތްތައް ފުނިޖެހިފައިވާ ދުވަހެއްކަމުން، ކޮންމެ މީހަކުވެސް އެމީހެއްގެ މަސްއޫލިއްޔަތާގެން އަވަސްވެގަތެވެ. އާއެކެވެ. ތޮއްޖެހިފައިވާ މާލެއަކީ އަބަދުވެސް ހަލަބޮލިމާހައުލެކެވެ. ކޮންމެމީހަކާވެސް އެމީހަކާހަވާލުވެފައިވާ ޒިންމާތަކެއްވެއެވެ. އާއެކެވެ. އީޝަލްއަކީވެސް މިފަދަ ޒުވާނެކެވެ. އަރައިންގެންއައި އިރުގެ ދޯދިތައް ފަރުދާ ކަހާލެވިފައިވާ ކުޑަދޮރުން ފޭދިގެން އައިސް އީޝަލްގެ މޫނަށް އެޅިފައިވެއެވެ. ދޮރު ހުޅުވާލައިފައި އާލިޔާ ކޮޓަރިއަށް ވަނުމަށްފަހު ދޮންތާއޭ ކިޔާ ދެތިން ފަހަރު ގޮވާލުމުންވެސް އީޝަލް ހަމަ އެއޮތްގޮތަށް އޮތީއެވެ. “ދޮންތާ! […]
ވީޑިއޯ ކިތަންމެ އަނދިރިޔަސް މީހުންގެ މޫނު ފެންނަ ވަރަށް މަންޒަރު ސާފުވާން ހުއްޓެވެ. ”މަޑުކޮށްބަލަ. ޒޫމް ކޮށްލަބަ.” އައިލީޝްއަށް ނުހަނު ބާރަށް އެހެން ބުނެވުނު އިރު އޭނާގެ ދެލޯ ވަނީ ބޮޑުކޮށްލެވިފައިއެވެ. މޫނުމަތީގައި އުދާސްތައް ހިލެމުން ދިޔައީ އެޔެއްމިޔެއް ބަލާފައެއް ނޫނެވެ. އައިލީޝް އެމީހާގެ މޫނަށް ވަރަށް ފުންކޮށް ބަލައިލިއެވެ. ނަމަވެސް އެއީ ކާކުކަމެއް އޭނާއަކަށް ދެނެއެއް ނުގަނެވުނެވެ. މޫނުމަތީގައި އަޅައިފައިހުރި މާސްކުން ހަމައެކަނި ފެންނަން ހުރީ އެމީހާގެ ދެލޮލެވެ. ހޫޑީއެއް ލައި ބޯ ވަނީ ފޮރުވާފައިއެވެ. […]
ނޯޓު:މި ވާހަކައަކީ ހަޤީޤީ ހާދިސާއެއްގެ މައްޗަށް ބިނާކޮށް ލިޔެފައިވާ ހިޔާލީ ވާހަކައެކެވެ. މިވާހަކައިގެ ބޭނުންކޮށްފައިވަނީ އަސްލު ނަންތަކެއް ނޫނެވެ. ސާދަވިލޭރޭގެ ފުރިހަމަ ހަނދުން މުޅި ފަޒާ ޖަރީ ކޮށްލިއެވެ. ދަންވަރުގެ ހަމަހިމޭންވަގުތަށް އިތުރު ފުރިހަމަކަމެއް ގެނެސްދެނީ މުޅިރަށަށް ފެތުރިފައިވާ ހަނދުގެ ފަނޑުއަލިކަމެވެ. އެވަގުތުކިތަންމެ ހިތްގައިމުކަމުގައިވިޔަސް ބަދިގޭގެ ބޭރު ދޮރު ކައިރީ އިން ކުޑަކުޑަ އަޔާން ގިސްލަގިސްލައިފައި ރޮނީއެވެ. އެއީ އޭނަގެ އާދައެކޭ ބުންޏަސް ގޯހެއް ނުވާނެއެވެ. ވާނީވެސް އެހެންތާއެވެ. އަޔާނަށް ހިތްފުރައި ރޮއެލެވެނީވެސް އެވަގުތުގައެވެ. […]
”އަސްލު ހަގީގަތުގަ ކޮންމެ ގޮތެއް ހަދާފައިވެސް ޔޫހާމެން މަސައްކަތް ކުރަން ޖެހޭނެ އެގޯތިން ބައެއް ހޯދަން. އައިލީޝްއަށް އެކަނި އެޔޮށް ބޮޑުގޭ ކިހިނެއްތަ ލިބޭނީ؟ ގޭ އެކަންޏެއް ނޫން. މުދަލާ ފައިސާވެސް. ޔޫހާއަށް ވެސް ބައެއް ލިބެން ޖެހޭނެ ދޯ؟” ޓެރަސް މަތީގައި ހުރި އަށްޓެއް ކަހަލަ ތަނެއްގައި ޒައިކްއާއި ޔޫހާ ދެފައި ވައްކޮށްލައިގެން އިނީ ކޭކް ކާށެވެ. ދެމީހުންގެ މޫނުމަތިންވެސް މަކަރުވެރިކަން ފެންނަމުން ދިޔައީ އެހައިވެސް ބޮޑަށެވެ. ”ތިބުނީ ރަނގަޅަށް. އެކަމު ހީވޭތަ އެ އައިލީޝްގެ […]