އިންސާފު ލިބޭނެބާ؟- 5
“ޝަބާނާ! ކޮން ހިޔާލެއްގަ؟” ޒާރާ އެނދުގައި އިށީންނަމުން އަހައިލިއެވެ.
“ދޮންބެދައްތަގެ މަރާއި ދެތޭރޭ މި ވިސްނެނީ” ޝަބާނާ ބުންޏެވެ
“ދޮންތަބެ ކިހިނެއް؟” ޒާރާ އެހިއެވެ.
“ދޮންބެ މުޅިއަކުން އަދި ރަނގަޅެއް ނުވޭ… ދޮންބެއަކަށް އަދިވެސް ގަބޫލެއް ނުކުރެވޭ ދޮންތަ މަރުވި ކަމެއް” ޝަބާނާ ބުންޏެވެ.
“ރޭގަ ވަރަށް ކަންތައްތައް އަހަންނަށް އެނގުނު… އެހެންވެ މިއައީ ޝަބާނާއަށާ ދޮންތަބެއައް އެވާހަކަތައް ކިޔާދޭން” ޒާރާ ބުންޏެވެ.
“ޒާރާ… ކޮބާ ކިހިނެއް؟” ކޮޓަރިއަށް ވަންނަމުން ލައިޝް ޒާރާ ގާތު އެހިއެވެ.
“ދޮންތަބޭ… އެއްވެސް ކަމެއް ރަނގަޅެއް ނޫން! ބައްޕަ އެ އުޅެނީ ދޮންތަގެ މަރުގެ މައްސަލަ އަނބުރާ ނަގަންވެގެން!” ޒާރާ ވަރަށް ދެރަވެ ހުރެ ބުންޏެވެ.
“މައްސަލަ އަނބުރާ ނަގާށޭ؟” ލިބުނު ހައިރާން ކަމާއިއެކު ޝަބާނާއާއި ލައިޝްއަށް އެއްފަހަރާ ބުނެވުނެވެ. ޒާރާ ރޭގަ ވީކަންތަކާއި މިއަދު ހެނދުނު ވީ ހުރިހާ ކަމެއް އަލިފުން ޔާއަށް ކިޔައިދިނެވެ. އޭރު ލައިޝްއާއި ޝަބާނާ ތިބީ ގޮތްހުސްވެފައެވެ.
“މިރޭ ނުވައެއް ޖަހަން ވާއިރަށް ހެކި ގެންދަންޖެހެޔޭ؟ ހާދަ ކުޑަ ވަގުތު ކޮޅެކޭ!” ޝަބާނާ ބުންޏެވެ.
“ބައްޕައާ ދައްތައާ ބޭބެގެ ކޮންމެވެސް ރޭވުންގަނޑެއް އެބައުޅޭ! ދޮންތަބެ ކުރިން ޝައްކު ކުރީ ހަމައެކަނި ބައްޕައަށް… އެކަމު ހިއެއް ނުކުރަން ދައްތައާއި ބޭބެގެ އަތެއް މީގައި އޮވެދާނެ ކަމަކަށް! ކުރިން ވީ ޝައްކުތާ! މިހާރު ދޮންތަބެއަށް ޔަގީން ނާޔާގެ މަރުގެ ކަންތަކުގައި މިއުޅެނީ އެތިން މީހުންކަން!” ލައިޝް ރުޅިވެރި ކަމުން ފުރިފައިވާ ރާގަކުން ބުނެލިއެވެ.
“އެކަމު ދޮންބޭ! އެމީހުންނާ ދެކޮޅަށް އެއްވެސް ހެއްކެއް ފެންނާކަށް ނެތެންނު! ޒާރާއަށް ބަޔަކު ކުޑަ ދޮރު ކައިރީ ހުރެފަ ވާހަކަ ދެއްކި އަޑު އިވުނީ… އެކަމު ޒާރާއަކަށްވެސް ނޭނގެ އެއީ ކޮންބައެއްކަމެއް! އެކަމު ޒާރާގެ ބައްޕައާ އާދިލްބެއައް ދޯ ޒާރާއަށް ޝައްކުވަނީ… ޒާރާއަށް ވާހަކަ ދެއްކި އަޑުއިވުނަސް ޕޮލިހުން ކައިރީ އެވާހަކަ ދައްކައިފިއްޔާ އެމީހުން ބޭނުންވާނެ ހެކި… ދެން ކޮންތާކުން ހެކި ހޯދާނީ؟” ޝަބާނާ ކަންބޮޑުވެފައި ހުރެ އެހިއެވެ.
“ތެދެކޭ!” ފުން ނޭވާއެއް ދޫކޮށްލަމުން ޒާރާ ބުނެލިއެވެ. “މިރޭ ނުވައެއް ޖެހުމުގެ ކުރިން މުޅި ރަށް އަތްފުނައަޅައިގެން ވިޔަސް ހެކި ހޯދަން ޖެހޭނެ… އެހެންނޫނީ މި މައްސަލަ މިހާ ހިސާބުން ބައްޕަ ހިންދާލާނެ!”
“އެހެންވެގެން ދޯ އެހާ ވަރަކުން ބައްޕަ ޕޮލިހަށް ގުޅީ… އޭރައްތާ ފަހުން އެމައްސަލަ ނެގުމުގެ ބާރު އޮންނާނީ… އެހެންވީމަ މީ ވަރަށް ކުރީއްސުރެ ރާވަމުން އައި ކަމެއްދޯ! އެކަމު ނާޔާ މަރައިލީ ކޮން ސަބަބަކާ ހުރެގެން ކަމެއް އަހަންނަކަށް ނުވިސްނޭ!” ލައިޝް ބުންޏެވެ.
“ޕިސް…. ދެން ކީއްކުރާނީ… މަންމައާ މާމައަކަށްވެސް ނުކެރޭ ބައްޕައާއި ދިމާލަށް އެއްޗެކޭ ބުނެގެން ބައްޕަ އަނގަ ތަޅުލާކަށް!” ޒާރާ ބުންޏެވެ.
“މިއަދުމީ ހުކުރު ދުވަސްދޯ! ޔެސް! ޔެސް! އެބައޮތް ވަރަށް މޮޅު ހިޔާލެއް!” ލައިޝް ޖޯޝުން ފުރިފައިވާ ރާގަކުން ބުންޏެވެ. މި މަންޒަރުފެނި ޒާރާއާއި ޝަބާނާވެސް އުފަލުން ފޮޅުނު ކަހަލައެވެ.
“ނާޔާގެ ކޮޓަރި އަދިވެސް އޮތީ އޮތްގޮތަށް ތަ؟” ލައިޝް ޒާރާ ގާތު އެހިއެވެ.
“އާން… އަދި އޮތީ އެހެން” ޒާރާ ބުންޏެވެ.
“ބަރާބަރު! އެހެންވީމަ މި އޮތީ ޕްލޭން… ބައްޕައާއި ބޭބެ ހުކުރު ނަމާދަށް ދާ ގަޑީގަ ތިދެކުދިން އެ ކޮޓަރިއަށް ވަދެ އެއްވެސް ހެއްކެއް ފެނޭތޯ ބަލާ! ދެން ދޮންތަބެ މިސްކިތުން ފައިބައިގެން ބައްޕައާ ބޭބެ ކޮންމެވެސް އެއްޗެކޭ ކިޔާފަ މަޑުކުރުވާނީ. އޭރަށް ތިދެކުދިންނަށް އިތުރުވަގުތު ލިބޭނެއެންނު… ދެން އެވަގުތު ތެރޭ ވީހާވެސް ގިނަ ހެކި ހޯދޭތޯ ބަލާތި!” ލައިޝް ބުންޏެވެ.
“ސަޅި ޕްލޭނެއް… އެކަމު އަފީފައްތަ އުޅޭނެ އެންނު ގޭގަ” ޝަބާނާ ބުންޏެވެ.
” އެ އޯކޭ ވާނެ! މާމަ ގާތު ބުނާނީ ދައްތައަށް ކޮންމެވެސް މަސައްކަތެއް ހަވާލު ކުރާށޭ… އޭރަށް ދައްތަ އައުމުގެ ކުރިން ހެކި ހޯދާ ނިމޭނެއެންނު!” ޒާރާ ބުންޏެވެ.
“ރަނގަޅު… އެކަމު ސަކީނަށްތަ އެއްބަސް ވާނެތަ މިކަމަށް؟” ޝަބާނާ އެހިއެވެ.
“ކީއްވެ ނުވާންވީ! އަހަރެން ބުނާނަން މާމަ ގާތު” ޒާރާ ބުންޏެވެ.
“ކޮބާ… އެހެންވީމަ ޕްލޭން ސާފު ވެއްޖެ ދޯ! ޒާރާ މިގަޑީގަ ދޭ ގެއަށް… ބައްޕަމެން ހުކުރަށް ދާން ނުކުތީމަ ޝަބާނާއަށް ގުޅާތި.. އޭރަށް ޝަބާނާ ދާނެ ތިގެއަށް. ޝަބާނާ މިގަޑީ ގޮއްސިއްޔާ ބައްޕަމެންނަށް ޝާއްކުވެދާނެ.” ލައިޝް ބުންޏެވެ.
ޒާރާ އެކޮޓަރިން ނުކުމެގެން ދިޔައީ ފޮނި އުއްމީދުތަކަކާއި އެކުގައެވެ. ޒާރާ އަވަހަށް ގެއަށް ގޮސް ބެލީ އެކޮޓަރި އޮތްގޮތެވެ. ނަސީބަކުން ކޮޓަރި ތެރެ އޮތީ ހަމަ ކުރިންވެސް އޮތްގޮތަށެވެ. ޒާރާ ގެއަށް ގޮސް އޭނާގެ މާމަ ގާތު ކުރަންވީ ކަންތަށް ކިޔައިދިނެވެ. މާމަ އެއްބަސް ވިއެވެ. ވަގުތު ހިނގަމުން ދިޔައި ހީވެސް ނުކުރާހާ އަވަހަށެވެ. އަހުމަދުއާއި އާދިލް މިސްކިތަށް ދިއުމުން ޕްލޭން ރޭވި ގޮތަށް ކަންކަން ހިނގަމުން ދިޔައެވެ. ސަކީނާމެން ތިމާގެ މީހަކު ބުނެގެން ފަތްކޮޅު ފިލުވައިލަދޭން އަފީފާވެސް އެގެއަށް ފޮނުވައިލެވުނެވެ. ޝަބާނާ ގެއަށް އައި އިރު ޒާރާ ހުރީ ޝަބާނާގެ އިންތިޒާރުގައެވެ. މާގިނަ ވަގުތުތަކެއް ބޭކާރު ނުކޮށް ދެމީހުންވެސް ނާޔާމެންގެ ކޮޓަރިއަށް ވަނެވެ. އެންމެ ފުރަތަމަ ވެސް ޒާރާ މުޅި ކޮޓަރިތެރެ ފޮޓޯ ނެގިއެވެ. ފޮޓޯ ނުނަގާ އެންމެ ތަންކޮޅެއްވެސް ނީންނާނެކަން ޒާރާއަށް ޔަގީނެވެ. ޒާރާއާއި ޝަބާނާ އަވަސް ހަރަކާތްތަކާއި އެކު ގެންދިޔައީ ހުރިހާ ތަނެއް ބަލަމުންނެވެ. ޒާރާއާއި ޝަބާނާ މުޅި ކޮޓަރިތެރެ އަތްފުނައެޅިއިރުވެސް އެއްވެސް ހެއްކެއް ފެންނާކަށް ނެތެވެ. ދެމީހުންވެސް ކޮޓަރިން ނުކުތީ ހުސްއަތާއެވެ. ނަމަވެސް ނެގުނު ފޮޓޯތަކުން ދެމީހުންވެސް ހިތްހަމަޖެހުނެވެ.
ހަވީރުގެ ވަގުތެވެ. ޒާރާ އާއި ޝަބާނާއާއި ލައިޝް ތިބީ ޝަބާނާ ކޮޓަރީގައި ލެޕްޓޮޕުން ނާޔާމެންގެ ކޮޓަރީގެ ފޮޓޯތައް ބަލާށެވެ. ތަންތަން ޒޫމްކޮށްފަވެސް ބެލިއެވެ. ނަމަވެސް އެއްވެސް ހެއްކެއް އަތުގަ ޖެހޭ ވަރެށް ނުވިއެވެ.
“އަޅޭ… ހާދަ ދެރައޭދޯ!! އެއްވެސް ހެއްކެއް ނުލިބުނެންނު…” ޒާރާ ވަރަށް ދެރަވެފައި ބުންޏެވެ.
“އަދި ގޮތެއް ހުހެއްނުވޭ! ހިނގާ ޕޮލިހަށް ގުޅަން!” ޝަބާނާ ލަފާ ދިނެވެ.
“އާން! ދޮންބެ މި ގުޅަނީ!” ފޯނު ނަގައި ޕޮލިހަށް ގުޅަމުން ލައިޝް ބުންޏެވެ. އެކޮޅުން ފޯނު ނެގުމުން ލައިޝް ފޯނު ސްޕީކަރަށް ލިއެވެ.
“ހަލޯ… އިއްޔަގަ ތިކޮޅުން ނާޔާގެ މަރުގެ މައްސަލަ ތަހުގީގު ކުރަންފެށިއިރު އެއްވެސް ހެއްކެއް ކަހަލަ އެއްޗެއް ލިބުނުތަ؟” ލައިޝް އެހިއެވެ.
“އިއްޔަގަ ހަމައެކަނި ތަނުގެ ފޮޓޯ ނެގުނީ… އެކަމު އެމައްސަލަ އިތުރައަށް ކުރިން ނުގެންދަން ނިންމާފައެއް ނޫންތޯ އޮތީ؟ އެހެންކަމުން އަޅުގަނޑުމެން އެ މައްސަލަ އިތުރަށް ތަހުގީގެއް ނުކުރަން” އެކޮޅުން މިހެން ބުނި އިރު ޒާރާމެން ތިބީ ވާނުވާގައެވެ.
“މައްސަލަ އިތުރަށް ތަހުގީގެއް ނުކުރަމޭ؟ އެއީ ކީއްވެތޯ؟” ލައިޝް އެހިއެވެ.
“މައްސަލަ ހުށައެޅި ފަރާތުން އެމައްސަލަ އިތުރަށް ކުރިޔަށް ގެންދަން ބޭނުންނުވާކަމަށް ބުނުމުން!” އެކޮޅުން ބުންޏެވެ. ތިންމީހުންވެސް ތިން މީހުންގެ މޫނަށް ބަލައިލިއެވެ.
“ދެން އަނެއްކާ އެ މައްސަލަ އިތުރަކަށް ތަހުގީގެއް ނުކުރެވޭނެތޯ؟” ލައިޝް އެހިއެވެ.
“ކުރެވޭނެ… އެކަމަކު ރަސްމީ ދުވަހެއްގަ ޕޮލިސް ސްޓޭޝަނަށް ދުރުވެ އަލުން މައްސަލަ ބެލުމަށް ހުށައަލުއްވާ!” އެކޮޅުން ބުންޏެވެ.
“އޯކޭ… ޝުކުރިއްޔާ” ލައިޝް ބުންޏެވެ.
“އެހެންވީމަ ބައްޕަ މާކުރިން އެ މައްސަލަ ނަގައިފި ދޯ!” ޒާރާ ވަރަށް ރުޅި އައިސްފަ ހުރެ އެހިއެވެ.
“އާން! ބައްޕަ ވަރުގަދަ ކުޅިގަނޑެއް އެކުޅެލީ… މިއޮށް ހުރިހާ އިރު ބައްޕަ އަހަރުމެން މޮޔެ ހެއްދީ! ކީއްވެތަ ފުރަތަމަ ކޮޅު އަހަރުމެންނަށް ނުވިސްނުނީ ބައްޕަ އަހަރުމެންނަށް ހެކި ހޯދަން ވަގުތު ދޭންވި ސަބަބު؟” ލައިޝް މިހެން ބުނަމުން ކޮޓަރިން ބޭރަށް ނުކުތުމަށް ހިނގައިގަތެވެ. ފަހަތުން ޒާރާއާއި ޝަބާނާވެސް ލައިޝްގެ ފަހަތުން ހިނގައިގަތެވެ. ލައިޝް ވަރަށް ބާރު ހިނގުމެއްގައި ގޮސް ޒާރާ މެންގައަށް ވަނީ ސަލާމްވެސް ނުގޮވައެވެ. ފަހަތުން އައި ޒާރާއާއި ޝަބާނާވެސް ގެއަށް ވަނެވެ.
“ކޮބާ ބައްޕަ؟” ލައިޝް ވަރަށް ބާރަށް ބުންޏެވެ. މިއަޑާއި އެއްކޮށް އަހުމަދު ފިޔަވާ އެހެން ހުރިހާ އެންމެން ސިޓިންރޫމަށް ނުކުތެވެ.
“ލައިޝް… ދަރިފުޅާ ކިހިނެއްވީ؟” ސަކީނާ އެހިއެވެ.
“މިއުޅެނީ ބައްޕަ ވަރުގަދަ ކުޅިއެއް ކުޅެގެން!” ލައިޝް ބުންޏެވެ.
“ތިބުނީ؟” އައިންތު އެހިއެވެ.
“އައްދެ އައްދޭ! މިގޭގަ ކޮން ވަޑާމެއް؟ ހާދަހަ މީހުން ގިނައޭ! ފިލްމެއް ކުޅެނީތަ؟” އަހުމަދު ގެއަށް ވަންނަމުން ވަރަށް ލާނެތް ފާޑަކަށް ބުނެލިއެވެ.
“އާން!” ލައިޝް ބުންޏެވެ. ” މީ ބައްޕަ ކުޅެން ފެށި ފިލްމެއް! ކުންނުއާ ހިސާބަށް ނުދަނީސް ބަލައެއް ނުނިންމާނަން!”
“ބައްޕަ ހާދަހާ ގޯހޭ!” ޒާރާ ބުންޏެވެ.
“އަދި ބައްޕަތަ ގޯސް ވާންވީ؟ އޭނ! ހެކި ހޯދަން ފުރުސަތުދީ ވަގުތު ދިނީމަވެސް ބައްޕަތަ ގޯސްވީ؟” އަހުމުދު ބުންޏެވެ.
“އާން! ބައްޕަ ގޯހީ! މައްސަލަ އަނބުރާ ނަގާފެއެންނު އަހަރުމެން ގާތު ހެކި ހޯދަން ބުނީ! ބައްޕަ ތިހާ މަކަރުވެރި ވާނެ ކަމަކަށް އަހަރެން ހިއެއް ނުކުރަން!” ލައިޝް އަހުމަދާއި ދިމާލަށް ބުންޏެވެ.
“އޭ! ލައިޝް! ތިއީތަ ބައްޕައާއި ވާހަކަ ދައްކަން ޖެހޭ ގޮތަކީ؟” އަފީފާ ބުންޏެވެ.
“ބައްޕައޭ؟ މިހާރު ބައްޕައަށް ބައްޕަ ކިޔަން އަހަރެން ލަދުގަނޭ! އަމިއްލަ ދަރި މަރާލާނީ ކާކު؟ އޭނ!” ލައިޝް ބުންޏެވެ.
“ތި ބުނާ އެއްޗެއް ވިސްނައިގެން ބުނެބަލަ! ލައިޝް ހިތަށް އެރިހާ އެއްޗެއް ކިޔާނެކަމެއް ނެތް! ނާޔާގެ މަރުގެ ތުހުމަތު ބައްޕަގެ ބޮލުގަ އަޅުވާއިރު ހެކިވެސް ހުންނަން ޖެހޭނެ ދޯ!” އައިންތު ވަރަށް ރުޅި އައެވެ. މި މަންޒަރު ބަލަން ހުރި އަހުމަދުގެ ހިތް އުފަލުން ނަށަނީއެވެ. އޭނާގެ އަނބިމީހަގެ އެއްބާރުލުން އޭނައަށް ލިބޭތީކި ނޫނެވެ. ލައިޝް އެ އާއިލާއިން އަބަދުގެ އަބަދަށް ބޭރުކޮށްލެވޭނެ މަގެއްފަހިވީމައެވެ.
“މަންމާ! ދޮންތަބެ އެބުނަނީ ތެދެއް! ހަމައެކަނި ބައްޕައެއް ނޫން މިކަމުގަ އުޅެނީ… ދައްތައާއި ބޭބެވެސް ހިމެނޭ!” ޒާރާ ބުންޏެވެ.
“ޒާރާ!” އަފީފާ ހަޅޭއްލަވައިގަތެވެ.
“ލައިޝް! މަންމަ ހިއެއް ނުކުރަން ދަރިފުޅު ތިކަހަލަ ދޮގު ތުހުމަތެއް ބައްޕަގެ ބޮލުގައި އަޅުވާފާނެ ކަމަކަށް! ލައިޝްވެސް މިހާރު ޖެހޭނެ ނާޔާ މަރުވިކަން ގަބޫލު ކުރަން! ލައިޝް ބައްޕައަށް ތި އެޅުވި ތުހުމަތުން ލައިޝްމެންނާއި މަންމަމެންގެ ގުޅުން ކެނޑުނީ! ނުކުމޭ މިގެއިން! މިގޭ މަގުންވެސް ފެނިގެން ނުވާނެ! މިގޭގެ ދޮރުތައް އަބަދުގެ އަބަދަށް ލައިޝްއަށް ބަންދުވީ!” އައިންތު މިހެން ބުނާނެ ކަމަކަށް އެކެއްވެސް ހިއެއް ނުކުރެއެވެ. ޙުދު އަހުމަދެއްވެސް ހިއެއް ނުކުރެއެވެ. އައިންތުއަށް ނޭނގިވެސް އޭނައަށް އެ އެހީވެދިނީ ނާޔާގެ މަރުގެ ކަންތައް ފަސްއަޅައި ވަޅުލުމަށެވެ.
“އައިންތު؟” ސަކީނާ ހައިރާންވެ ހުރެ އައިންތުއަށް ގޮވިއެވެ.
“މަންމާ! އެކަމު ދޮންތަބެ…” ޒާރާއަށް ވަކި ހިސާބަކަށް ބުނެވުނުތަނާ އައިންތު ޒާރާއާއި ދިމާލަށް ހަޅޭއްލަވައިގަތެވެ.
“އެއްވެސް އެއްޗެކޭ ނުބުނާތި! މީގެ ފަހުން އެއީ ޒާރާގެ ދޮންތަބެއެއް ނޫން!” މިހެން ބުނެފައި އައިންތު އެތަނުން ދާން ހިނގައިގަތެވެ. އަހުމަދުއާއި އަފިފާއާއި އާދިލްވެސް އެތަނުން ދިޔައީ ވަރަށް އުފާވެ ހުރެއެވެ.
“ދަރިފުޅާ… ލައިޝް… ހިތްހެޔޮ ކުރާތި! މަންމަގެ ފަރާތުން މާމަ މައާފަށް އެދެން…” ސަކީނާ ލައިޝްގެ ބޮލުގައި ފިރުމައިލަމުން ބުނެލިއެވެ.
“ނޫން މާމާ! އަހަންނަށް އިނގޭ މަންމަގެ ހާލަތު! އެކަމު ﷲ އިރާދަކުރެއްވިއްޔާ މަންމައަށް ވިސްނޭނެ! އަހަރެން ދެން ދަނީ… ފަހުން ދިމާވާނެ ކަމަށް އުއްމީދުކުރަން” ލައިޝްއަށް މިހާ ހިސާބަށް ބުނެވުނު އިރު އޭނައަށް ރޮވުނެވެ. ލައިޝް އަބަދުވެސް އެ އާއިލާ ދެކެމުން އައީ ލައިޝްގެވެސް އަމިއްލަ އާއިލާއެއް ގޮތަށެވެ. އެ އާއިލާއަށް ކަމެއް ދިމާވާ އިރަށް އެންމެ ފުރަތަމަވެސް އަންނާނީ ލައިޝްއެވެ. ކުރިން އަހުމަދުއާއި ލައިޝްގެ ދެމެދު އޮންނާނީ ޅީދަރިއާއި ބަފާބެއަކަށް ވުރެ ބޮޑަށް ބައްޕައަކާއި ދަރިއެއްގެ ގުޅުމެވެ. ނަމަވެސް މި ގުޅުން މިއަދު އެ ކެނޑުނީތާއެވެ.
“ދޮންތަބޭ…” ޒާރާއަށްވެސް ރޮވުނެވެ. “ޕްލީސް ނުދޭ! ދެން ދޮންތައަށް އިންސާފު ހޯދައިދެވޭނީ ކިހިނެއް؟”
“ޒާރާ… ދެން ތިކަމާ ނޫޅޭ… ދޮންތަބެ ބޭނުމެއް ނޫން އިތުރަށް މިއާއިލާގައި މައްސަލައިގެ މުލަށް ވާކަށް… އެހެންވީމަ ތިކަން ހަނދާނުން ނައްތާލިއްޔާ މާ ރަނގަޅުވާނެ! އެއްވެސް ހެލްޕެއް ބޭނުމިއްޔާ ދޮންތަބެއަށް ގުޅާތި… އާން! އަދިއެއްވާހަކަ… ޒާރާއަކަށް ދޮންތަބެމެންގޭ ދޮރެއް ނުލެއްޕޭ!” ލައިޝް ހީނލަމުން ބުނެ ޝަބާނާ ގޮވައިގެން އަނބުރާ ގެއަށް ދާން ހިނގައިގަތެވެ. އޭރުވެސް ޒާރާގެ ލޮލުން ކަރުނަ ނުހިކެއެވެ.
-ނުނިމޭ-
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
6 Comments!
Comments are closed.



alhey. ah ainth vs ahmedh aa ehgalakah erytha?? neyvaa hifahatailaigen indha enimuny. vr rythi bai vs. masha allah. curiously waiting for sixth part
Awwn thanks nafu?. Dhn in part kiyailyma ingedhaanetha dhn vaane goi… hehe. Keep waiting❤
Alhey … zaara mamma vx eba ah dhiyaatha… hyvx nukuraa gothakah mi v …curiously waiting for the nxt part… keep it up sissy
thanks riff 🙂 happy to see a comment from you after somedays. anyways thanks for your support! keep waiting 🙂
Alhey laish haadha dheravaane ey dhw waiting for next part
Salhi Mi part also??? keep it up