Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

ސިއްރެއް 24 (ފަހުބައި)

idontcare Level 110 Stories
June 17, 2020 7 Mins Read
3 Comments

އިރުކޮޅަކުން އެމީހުން އަންނަތަން ފެނުމުން އާމިރުއާއި މޯޑް ތިރިއަށް ފޭބުމުން އަހަރެން އެތަނުގައި ހުރި ކޮންކްރީޓް ތަބެއްގައި ލެގިލަމުން އެތަނުގައި ވާނުވާ ބަލަން ހުރީމެވެ. އާނިޔާއާއި ޔާސިރު ގޭގެ ކުރިމަތީގައި ހުއްޓިލުމުން އާމިރުއާއި މޯޑް އެމީހުން ފަހަތުގައި ހުއްޓުނުތަންވެސް ފެނުނެވެ. އަހަރެން ބަލަން ހުއްޓާ ދެމީހުން އެއްފަހަރާ އެދެމީހުންގެ ބުރަކަށްޓަށް ވަޅި ހަރާލިއެވެ. އެއަށްފަހު ހުއްޓުމެއް ނެތި އެމީހުންގެ ގަޔަށް ވަޅި ހަރަމުން ދިޔައެވެ. އަހަރެން ދެން ބަލާލީ އެ މަގުގައި ހުރި ފިހާރައިގެ ކެމެރާއަށެވެ. އެކެމެރާ ހުންނާނީ ނުނިއްވައެވެ. އާމިރު ހުރީ އޭނާގެ ޓެޓޫ ބައެއްފަހަރު ކެމެރާއަށް އަރާނެހެންނެވެ. އެއީ އާނިޔާއާއި ޔާސިރުއާއެކު މަސައްކަތް ކުރާ މީހުންނަށް ދޭ އިންޒާރެކެވެ. އިރުކޮޅަކުން އަހަރެން އަނެއްކާވެސް މަގުމައްޗަށް ބަލާލީ ސައިކަލެއް ސްޓާޓް ކުރި އަޑަށެވެ. އާމިރާއި މޯޑް އެތަނުން ނައްޓާލުމުން އަހަރެން މަގުމަތި ރަގަޅަށް ސްކޭން ކޮށްލީމެވެ. މަގުމައްޗަށް އެއްވަމުން ދިޔަ މީހުންގެ ތެރެއިން މީހަކު އޭނާގެ ފޯނުނަގާ މީހަކަށް ގުޅާލިތަން ފެނުނެވެ. އަހަރެން އެއީ ކާކުތޯ ބެލީމެވެ. އެއީ އަހަރެން މިރޭ ދިޔަ ކޮފީޝޮޕްގައި މަސައްކަތް ކުރަން ހުރި މީހާއެވެ. އޭނާ ފޯނު ބޭއްވުމަށްފަހު އެތަނުން ދާން ހިނގައިގަތުމުން އަހަރެން އޭނާގެ ފަހަތުން ދިޔައީމެވެ. އަދި މީހުންނަށް ނުފެންނަ ހިސާބަށް ދެވުމުން އަހަރެން އޭނާގެ ކޮނޑުގައި ހިފާ އަހަންނާ ދިމާލަށް އަނބުރާލީމެވެ. އޭނާއަށް އަހަރެން ފެނުމުން ދެލޯ ބޮޑު ކޮށްލިއެވެ. އަހަރެމެން ހުއްޓި ހުރީ ވަރަށް އާދައިގެ ގޮތަކަށް ހަދާފައި ހުރި ގެއެއްގެ ކުރިމަތީގައެވެ. އަހަރެން އޭނާއަށް އެއްވެސް އެއްޗެއް ނުބުނެ ހުންނަން އިންޒާރު ދިނީމެވެ. އިތުރު އެއްޗެއް ބުނަން އަނގަ ހުޅުވާލިތަނުން އެގޭގެ ދޮރު ހުޅުވާލާފައި ނުކުތީ އެފިރިހެން މީހާއާއި އެއް އުމުރެއްގެ ބަނޑުބޮޑު އަންހެނެކެވެ. އެއަންހެންމީހާ ނުކުމެ އެފިރިހެން މީހާގެ އަތުގައި ހިފާލުމުން އެއީ އޭނާގެ އަންހެނުންކަން އަހަންނަށް ވިސްނުނެވެ. އަހަރެން އެ ފިރިހެން މީހާއަށް އިންޒާރުގެ ބަލާލުމަކުން ބަލާލުމަށްފަހު ހިނގައިގަތީމެވެ.

އޭގެ އަނެއް ދުވަހު ހޭލެވުނީ މެންދުރު ވީ ފަހުންނެވެ. ފޯނު ބަލާލިއިރު އުޝާ ގުޅާފައި އޮތެވެ. އެހެންކަމުން އޭނާއަށް އޭނާގެ މައިންބަފައިންގެ ހަބަރު ލިބިއްޖެ ކަން އެނގުނެވެ. އަހަންނަށް ހިންދެމިލެވުނީ އަހަރެންގެ ބަދަލު ހިފިއްޖެކަން އެނގުމުންނެވެ. ދެތިން ޙަބަރު ސައިޓަކުން އެމީހުންގެ މަރުގެ ހަބަރު ކިޔުމަށްފަހު ފެންވަރާގެން ރީތިވެގެން އެއްޗެއް ބަނޑަށް ލާން ނުކުތް އިރު ބައްޕައާއި މަންމަ މެންދުރު ކާން ތިބުމުން އަހަރެންވެސް އިށީނީމެވެ. އަހަރެން ބައްޕަ ކައިރީ މޯޑާއި އާމިރު ވީތަނެއް އެހުމުން ބައްޕަ ބުނީ ގަރާޖުގައި ކަމަށެވެ. ދެދުވަސް ފަހުން އެމީހުން ލަންކާއަށް ދާން ފުރާނެއެވެ. އަހަރެން ދައްކަން ބޭނުންވާ ވާހަކަ އަހަރެން ބައްޕަ ކައިރީ ބުނީ އެގަޑީގައެވެ. ރޭގައި ގެއަށް އައި ފަހުން އަހަރެން އަލުން މިހުރިހާ ކަމަކާ މެދު ވިސްނީމެވެ. އަހަރެން އިތުރަށް ކިޔަވާކަށް ބޭނުމެއް ނޫނެވެ. ކިޔަވައިގެން އަހަންނަށް ލިބޭނެ ފައިދާއެއް ނެތެވެ. އެހެންކަމުން އަހަރެން ބޭނުންވީ އާމިރުއާއި މޯޑާއި އެކު ދާށެވެ. މަންމަ ވަގުތުން އެކަމާއި ދެކޮޅު ހެދިއެވެ. ނަމަވެސް އަހަރެން އާދޭސް ކުރަން ފެށުމުން ބައްޕަ އެއްބަސްވިއެވެ. ނަމަވެސް އަހަރެން ލަންކާއަށް އެންމެ އަވަހަށްވެސް ދެވޭނީ ހަފްތާއެއް ފަހުންނެވެ. އެއީ އެއްވެސް މީހަކު ޝައްކު ކޮށްފާނެތީއެވެ. އަދި އަހަރެންގެ އެކުވެރިން ކައިރީ ލަންކާއަށް ދަނީ އަހަރެންގެ އާއިލާގެ ބައެއް މީހުން ކައިރީގައި ކިޔެވުމަށް ބުނާނީއެވެ.

ކައި ނިމިގެން އަހރެން އުޝާއަށް ގުޅާލީމެވެ. އޭނާ ފޯނު ނަގާފައި ހަލޯ ބުނެލީ ކުރެހިފައިވާ އަޑަކުންނެވެ. އަހަންނަށް ހިންދިރުވާލެވުނީ ބޭއިޙްތިޔާރުގައެވެ. އަހަރެން އޭނާ ކައިރީ ވީ ގޮތް އެހީ ޖަވާބު އެގި ހުރެއެވެ. އޭނާ ރޮމުން އަހރެން ކައިރީ ހުރިހާ އެއްޗެއް ކިޔާދިނުމުން އަހަރެން މިދަނީއޭ ބުނެ ފޯނު ކަނޑާލުމަށްފަހު އޭނާގެ ދައްތަގެ ގެއަށް ދިޔައީމެވެ.

އުޝާ ފެނުމުން އަހރެން ހުއްޓުން އެރިއެވެ. އުޝާ ހީވަނީ ހިތާމައިގެ ތަސްވީރެއް ހެންނެވެ. އަހަރެންނަށް ހީވީ އަހަރެން ހިތުގައި މީހަކު ހިފާ ފިތާލިހެންނެވެ. އަހަރެން އޭނާއަށް އެފަދަ ގޮތެއް ހަދަން ހިތަށްވެސް އެރުވުނީ ކިހިނެއް ބާއޭ ހިތަށް އެރިއެވެ. އެދުވަހުގެ ބާކީބައި އެއްކޮށް ކަހަލަ ގޮތަކަށް އަހަންނަށް އުޅެވުނީ އުޝާއާއި އެކުއެވެ. އެރޭ ދިހައެއް ޖެހި ފަހުން އަހަރެން އުޝާގެ ދައްތަ ކައިރ ބުނެލުމަށްފަހު އެތަނުން ނުކުންނަން ހިނގައިގަތް ތަނުން އަހަރެންގެ ކުރިމައްޗަށް ޖެހުނީ އިޝާންއެވެ. އެއާއެކު އަހަރެން ރުޅި ގަދަވިއެވެ. ނަމަވެސް އަހަންނަށް އެއްޗެކޭ ބުނެވުމުގެ ކުރިން އޭނާ އެތެރެއަށް ވަދެގެން ހިނގައްޖެއެވެ. އަނެއްކާވެސް އަހރެން އުޝާދެކެ ރުޅި އާދެވުނެވެ. ނަމަވެސް އޭނާ ފެނުމުން އެހުރިހާ ކަމެއް ހަނދާން ނެތެނީ ކީއްވެ ހެއްޔެވެ؟

 

24 ފެބްރުއަރީ 2015

 މިއަދު އަހަރެން މިދަނީ ލަންކާއަށް ފުރާށެވެ. އަހަރެން އުޝާއާއި ކްލާސް އެންމެން ކައިރީ ބުނީ އަހަރެންގެ ބޮޑުބޭބެ ކައިރިއަށް ކިޔަވަން ދާ ވާހަކައެވެ. މަންމަ އާއި ބައްޕަ ދެވޭނީ މިކޮޅުގައި ހައްޔަރު ކުރި ގޭންގު މީހުންތައް ދޫކޮށްލި އިރަކުންނެވެ. ހުރިހާ އެއްޗެއް ޕެކްކުރުމަށްފަހު ދެޙިޔާލެއްގައި ހުރެފައި މޯޑާއި އާމިރު އާނިޔާއާއި ޔާސިރު މަރާލަން ބޭނުންކުރި ވަޅިތައްވެސް ޕެކްކުރީމެވެ. ޕްލާސްޓިކް ވްރެޕް އޮޅާފައި ފޮއްޓަކަށް ލާފައި އެދެމީހުން އަހަންނަށް އޭތި ފޮނުވީ އަހަރެން އެންމެ ފަހުން ބެންކޮކަށް ދާއިރު ގެންދިޔުމަށް އެދިއެވެ. ލަންކާއަށް ގޮއްސަ އެކޮޅުގެ ވިޔަފާރީގައި އަހަރެން ބައިވެރިވުމަށްފަހު ކޮންމެވެސް އިރަކުން އަހަންނަށް ބެންކޮކަށް ދެވޭނެތާއެވެ. އަހަރެމެންގެ ލޯގޯ ޖަހާފައިވާ އެދެވަޅިއަކީ ބެންކޮކުގައި އަހަރެމެން ހަތިޔާރު ގުދަނުން ގެނައި އެއްޗެކެވެ. އެއީ އަހަރެމެން ވަޅީގެ ހަރަކާތްތަކައް ފަރިތަކުރަން ގެންގުޅުނު ވަޅިތަކެކެވެ. ލޭތައް ސާފު ނުކޮށް ބާއްވާފައި އޮތީ ވަގުތު ނެތިގެންނެވެ. ނަމަވެސް އަހަރެންވެސފަހުން ފޮހެން ނޫޅުނީ ހަނދާން ނެތިގެންނެވެ.

އުޝާއާއި ވަދާއުގެ ސަލާމް ކުރިއިރު އޭނާގެ ލޮލުން ފައިބަން ތައްޔާރުވެފައިވާ ކަރުނަތައް ފެނުމުން އަހަރެން އަނެއްކާވެސް މިކުރަން އުޅޭ ކަންތަކާއި މެދު ވިސްނާލެވުނެވެ. އުޝާ ދެކެ ރުޅި އަންނަންވީ ސަބަބެއްވެސް އަހަރެން ހަނދާން ނެތުނެވެ. ބައްޕަ އަހަރެން ކައިރީ އަވަހަށް ދާން ބުނުމުން އަހަރެން ދިޔައީ ހިތް ރޮމުން ދިޔަ ހާލުގައެވެ. ނަމވެސް އަހަރެން ފަސް އެނބުރި އެންމެ ފަހު ފަހަރަށް ބަލާލިއިރު އުޝާގެ ފަހަތުގައި އުޝާގެ ދޮންތަގެ އާއިލާއާއި ވާހަކަދައްކަން ހުރި އިޝާން ފެނުމުން އަހަރެންގެ ލޭ ކެކިގަތެވެ. އެއަށްފަހު އެއްޗެކޭ ނުބުނެ ފްލައިޓަށް އެރީ އަހަންނާއެކު ލަންކާއަށް ދާން އައި އާދިލްއާއެކުއެވެ. އަހަރެންގެ އަމިއްލަ ނަފްސަށް މަލާމާތް ކުރެވުނެވެ. އުޝާ ފެންނަ ކޮންމެ ފަހަރަކު ހުރިހާ ކަމެއް ހަނދާން ނެތެނީ ކީއްވެ ހެއްޔެވެ؟

 

25 ނޮވެމްބަރ 2015

ލަންކާގައި އަހަރެމެންގެ ހަށި ވިއްކުމުގެ ވިޔަފާރިއާއި މަސްތުވާ ތަކެތީގެ ވިޔަފާރި ހިންގުމުގައި އަހަރެން އުޅެން ޖެހެނީ އަވަދި ނެތިއެވެ. އިއްޔެ ބައްޕަ ގުޅާފައި އަހަރެން ކައިރީ ބުނީ އަހަރެން އުޝާއަށް ނުގުޅާތީ އަހަރެންގެ ހާލު ބަލަން މަންމައަށް ތިން ފަހަރު މިމަހު ގުޅި ކަމަށެވެ. ނަމަވެސް އަހަރެން އިތުރަށް އުޝާއާއި ގުޅުމެއް ބޭނުމެއް ނޫނެވެ. އަދި ކުރީގެ އެކުވެރިންނާއިވެސް ވާހަކަ ދައްކާކަށް ބޭނުމެއް ނޫނެވެ. އަހަރެން ބޭނުންވަނީ އަލުން ފަށާށެވެ. މިކޮޅުގައި އާ ނަމަކާއި އެކު ވިޔަފާރިއާއިގެން ކުރިއަށް ދާން ބޭނުންވާ ވާހަކަ ބައްޕަ ކައިރީ ބުނުމުން ބައްޕަ އަހރެން ކައިރީ ބުނީ އަހަރެންގެ މަރުގެ ޙަބަރު އެމީހުންނަށް ދިނުމަށްފަހު އާ އައިޑީއަކާއެކު ބެންކޮކަށް ރަޖިސްޓްރީ ކުރުމަށެވެ. އެކަމަށް އަހަރެން އެއްބަސްވީމެވެ. އެހެންކަމުން ކައިފްގެ ނަމަށް އަހަރެން ބަދަލު ވުމަށްފަހު ބެންކޮކަށް ރަޖިސްޓްރީވީ އަހަރެން އެކްސިޑެންޓް ވީ ކަމުގެ ޙަބަރު އެހެން އެންމެންނަށް ދިނުމަށްފަހުއެވެ. ދެދުވަސް ފަހުން އަހަރެން ކޯމާއަކަށް ދިޔަ ޙަބަރު ދިނީމެވެ. އެއަށްފަހު އަދިއަދާ ޖެހެންދެންވެސް އަހަރެން ނުހޭލާ ކަމަށް ބުނީމެވެ. އަންނަ އަހަރުގެ ޖުލައި މަހު އަހަރެންގެ މަރުގެ ހަބަރު ދޭން ނިންމީއެވެ.

 

29 ޖެނުއަރީ 2017

އަހަރެން ލަންކާއަށް އައި ފަހުން މިކޮޅުގެ ވިޔަފާރީގެ ކަންތައް ދަނީ ވަރަށް އޮމާން ކޮށެވެ. ނަމަވެސް އަދިވެސް ރާއްޖޭގައި އަހަރެމެންގެ މީހުންތައް ދޫކޮށެއް ނުލައެވެ. ބައްޕަގެ މަސައްކަތުން ގިނަ ބަޔަކު ގޭ ބަންދަށް ދޫކޮށްލިއެވެ. އެއްބައިމީހުން އަދިވެސް ރިހެބްގައެވެ.

ވިޔަފާރި އޮމާންކޮށް ކުރިއަށް ދިޔައިރު މިކަހަލަ ވިޔަފާރީގައި އުޅޭ އެހެން މީހުންނާއި އަހަރެންނާއި ދުޝްމަންކަން އުފެދެމުން ދިޔައީ ނުހަނު އަވަހަށެވެ. އެމީހުންގެ ގޭންގުތަކުން އަހަންނަށް އަންނަ ހަމަލާތައް މަދެއްވެސް ނޫނެވެ. ނަމަވެސް އަހަރެމެން އަތުގައި ހުންނަ ކަހަލަ ހަތިޔާރުތަކެއް އެމިހުން ނުގެންގުޅެއެވެ. ނުވީތާކަށް އަހަރެމެން ހަދާފައިވާ ޓްރެއިނިންގް އެއް ވެސް އެމީހުންނެއް ނަހަދައެވެ. މިހާރު އަހަރެން ބޭރަށް ނުކުމެވެނީވެސް ދެ ބަޑި ހިފައިގެންނެވެ. އަހަރެންނަށް ހަމަލާ ދޭން އުޅުމުން ބަޑި ޖަހާ މަރާލެވުނީ ކިތައް މީހުން ކަމެއްވެސް އަހަންނަށް ނޭނގެއެވެ. ކުރިން އަހަރެންނަށް އެކަމުން އެކިކަހަލަ އުނދާގޫތައް ވިއެވެ. ނަމަވެސް އަހަރެން އަމިއްލަ ނަފްސަށް ވިސްނާދިނީ އެއީ އަހަރެންނަށް މަޖުބޫރު ވެގެން ކުރާ ކަންކަން ކަމުގައެވެ. މިހާރު އަހަރެންނަށް އެކަހަލަ ކަންކަމާއި މާ ބޮޑަށް ނުވިސްނާ އުޅެވެއެވެ.

 

24 ޖުލައި 2017

މިއަދު އަހަރެންގެ މަރުގެ ޙަބަރު އެހެން މީހުންނަށް ދިނީމެވެ. މަންމަމެން އަހަންނަށް އެކޮޅުގައި ޖަނާޒާއެއްވެސް ބޭއްވިއެވެ. ޖަނާޒާގެ ކަންތައް ކުރިއަށް ދިޔައިރު އަހަރެން އިނީ ގޭގައި އެތަނުގައި ހަރުކޮށްފައި ހުރި ކެމެރާއިން ޖަނާޒާގެ ކަންތައް ބަލާށެވެ. އަހަރެން އެކި ކަހަލަ އިހުސާސްތައް ވިއެވެ. އެތައް ބަޔަކު ދެރަވެ ރޯތަންވެސް އަހަރެންނަށް ފެނުނެވެ. ނަމަވެސް އަހަރެން ހުއްޓުންއެރީ އުޝާ ފެނުމުންނެވެ. އޭނާ ހީވަނީ ހިތާމައިގެ ތަސްވީރެއް ހެންނެވެ. އަހަރެންގެ ސިފައިގައި ހަދާފައިވާ ބުދެއް ކަފުން ކޮށްފައި ބާއްވާފައި އޮތެވެ. އެވެސް ބެންކޮކުން ހަދައިގެން އެކޮޅަށް ފޮނުވި އެއްޗެކެވެ. އެއީ ފޭކެއްކަން ނޭނގޭ ނަމަހީ އަހަރެން ޔަގީން ކަމާއެކު އެއީ އަސްލެއް ކަމަށް ބުނެވިދާނެއެވެ. ‘އަހަރެން’ގެ މޫނު ފެނމާއެކު އުޝާގެ ލޮލުން ހިފެހެއްޓުމެއް ނެތި ކަރުނަ ފައިބަމުން ދިޔައެވެ. އޭނާގެ ބޭބެ އޭނާގެ ކައިރީ ހުއްޓި ހުރެ އޭނާ ހަމައަކަށް އެޅުވޭތޯ ބެލިއެވެ. އުޝާ ރޯތަން ފެނުމުން އަހަންނަށް ހީވީ މީހަކު އަހަރެން ހިތުގައި ހިފައި ފިއްތާލިހެންނެވެ. އިތުރަށް އެތަން ބަލަން ކެތް ނުވެ ލެޕްޓޮޕް ނަގާ އެއްލާލެވުނު އިރު އަހަރެންނަށް ރޮވެމުން ދިޔައިރު ނޭވާ ލާންވެސް އުނދަގޫވިއެވެ.

އަހަރެންނަށް އާދައިގެ ހަޔާތަކަށް ލިބުނު ފުރުސަތު ދޫކޮށްލާފައި އަހަރެން މިކުރަނީ ކީއްވެ ހެއްޔެވެ؟ ހަށި ވިއްކުމާއި އެކި ކަހަލަ ޑްރަގް ގެ ވިޔަފާރީގެ ދުނިޔޭގައި އަހަރެން އަމިއްލައިން ހައްޔަރުވީ ކީއްވެ ހެއްޔެވެ؟ މިއީ ކުރިން އަހަރެން ބޭނުންވި ގޮތެއް ނޫނެވެ. އަހަރެން މިހާ ބަދަލު މިވީ ކިހިނެއް ހެއްޔެވެ؟

 

29 ޖޫން 2020

އަހަރެން މިހާ ދުވަހަށް ފަހު އަނެއްކާވެސް ލިޔަން މިފެށީ އަހަރެންގެ ހަޔާތް ބަދަލުވާން އުޅެން ފެށުމުންނެވެ. މޯޑާއި އާމިރު ބެންކޮކަށް ބަދަލު ވިފަހުން އަލަމްއާއި ވިޔަފާރީގެ ކަންތައް ބަލަން ހަމަޖެއްސުމަށްފަހު އަހަރެން ބެންކޮކަށް ބަދަލުވީއެވެ. އާނިޔާއާއި ޔާސިރުގެ މަރުގެ ކަންތަކާއި ޕޮލިހުން ނޫން ބަޔެއް އުޅޭކަން ކަށަވަރުވީ އިޝާން އަތުލުމަށްފަހުއެވެ. އޭނާ ސަލާމަތް ކުރަން ޕޮލިހުން ނޫން ބަޔަކު ދިޔަކަން ކަށަވަރެވެ. އެއިން ބަޔަކު ބެންކޮކަށް އައިސްފި ހާލަތެއްގައި އަހަރެމެން ހުރިހާ ކަމެއް ބަދަލު ކުރަން ޖެހޭނެތީއެވެ

 

………………………………………………………..

އުޝާ އެފޮތް ކިޔާ ނިމުން އިރު އިރު އަރާފިއެވެ. އޭނާއަށް ލިބުނު މައުލޫމާތުން އޭނާއަށް ހުރީ ހަދާނެ ގޮތެއްވެސް ނޭންގިފައެވެ. ރުޅިގަދަވެ ތުރުތުރު އަޅަމުން ދިޔައިރު އޭނާއަށް ރޮވެންވެސް ފެށިއްޖެއެވެ. މާ ރުޅި ގަދަވުމުން އޭނާއަށް އަބަދުވެސް ރޮވޭ ގޮތް ވެއެވެ. އެފޮތް ނަގާ ކޮޓަރިތެރެއަށް ހޫރާލެވުނުއިރު އެފޮތް ތެރޭގައި ހުރި ކަރުދާސްތައްވެސް މުޅި ތަނައް ދިޔައެވެ.

ފޮތް ގޮސް ބިންމަތީގައި ޖެހުނު އަޑަށް ޔަނާލްއަށް ސިހިފައި ތެދުވެބުނެވެ. އުނދޯލީގައި އިން އުޝާއަށް އެއްފަހަރު ބިންމަތީގައި އޮތް ޑައިރީއަށް އަނެއްފަހަރު ބަލާލުމުން ޔަނާލަށް ކޮންމެވެސް ވަރަކަށް ވާނުވާ އެނގުނެވެ. އުޝާ ކައިރީ އުނދޯލީގައި އިށީނުމުން އުޝާ އޭނާގެ ކޮޑުގައި ބޯއަޅާލިއެވެ. އުޝާ ހަމައަކަށް އެޅޭގޮތް ވުމުން ފަހަރަކ މީހެއް ފާހަނާއަށް ވަދެ ރީތި ވެގެން ސައިބޯން ނުކުތް އިރު ޔަމާން ސައިބޯން އިނެވެ. ލިހާން އޭރު ނުހޭލައެވެ.

ސައިބުއި ގަޑީގައި އެކަކުވެސް ވާހަކައެއް ނުދައްކައެވެ. ސައިބޮއި ނިމިގެން ސޯފާގައި އިށީނީ ރޭގައި ގެނައި އެއްޗިހިތައް ބަލާށެވެ. ޔަނާލް ގެނައި ދަބަސް އޮތް ގޮތައް ކޮފީ ޓޭބަލް މަތީގައި ބާއްވާފައި އޮތެވެ. ނަމަވެސް ފުރަތަމަ ތިން މީހުންވެސް ބަލަން ބޭނުންވީ ޑައިރީއެވެ. އުޝާއަށް އެނގުނު ހުރިހާ އެއްޗެއް ކިޔާދިނުމުގެ ކުރިން މިހުރާންއަށް ވީޑިއޯ ކޯލް ކުރިއެވެ. މިހުރާން އޭރު އިނީ ހޮސްޕިޓަލްގައި އިޝާން ކައިރީ ކަމުން އިޝާންވެސް އެމީހުންގެ މަޝްވަރާގައި ބައިވިރިވިއެވެ.

ކިޔާންގެ ސިއްރު އެނގުމުން އެންމެންވެސް ތިބީ ބަސް ހުއްޓިފައެވެ. މި ހުރިހާ ދުވަހު ހޯދި މީހުން މިތިބީ ހީކުރިވަރަށް ވުރެ ކައިރީގައެވެ. ނަމވެސް މި ގޭންގުގެ އިސް މީހުންވެސް ހޯދިއްޖެއެވެ. އެމީހުންގެ އަތުގައި އޮތް މާޑަރ ވެޕަން ލިބިއްޖެނަމަ އެމީހުންނަށް މިހާރު ހޯދިފައި ހުރި ހެކިތަކާއެކު މިކަން ސާބިތު ކުރެވިދާނެއެވެ.

“އަހަރެން ބެލި ބައެއް ކޯލުތަކުން ތީގެ ގިނަ ކަންތައް ސާބިތު ކުރެވެން އެބަހުރި.” މިހުރާން ބުނެލިއެވެ. “ދެން އަވަހަށް އިންޓާރނޭޝަނަލް ޕޮލިހަށް ގުޅައިގެން ތި މައްސަލަ ހރިހާ ހެކި ތަކާއެކު ރިޕޯޓު ކޮށްބަލަ. މިތަނުގަޔާއި ތިކޮޅުގައި ތިބި ޕޮލިހުން ތިބީ އެމީހުނާއި އެއްކޮޅަށް. އަވަހަށް ތިކަމާ ނޫޅެންޏާ އެމީހުން ފިލާފާނެ. ނޭނގެއެއްނު ތިމީހުން ރޭގަ ފެނުމަށްފަހު އެމީހުން މިހާރުވެސް ނުފިލާ ކަމެއް؟”އިޝާން ބަލި އަޑަކުން ބުނުމުން މިހުރާން ބޯހޫރާލިއެވެ. “ނޫން. އަހަރެމެންގެ ކޭސްއަކީ މަރުގެ ކޭސްއެއް. އެމީހުންގެ ޑްރަގް ވިޔަފާރިތަކާއި ހިއުމަން ޓްރެފިކިންގެ ގެ މައްސަލަ ބަލަނީ ލިހާންއާއި ޔަމާން. ތިމީހުން ތިކޮޅުން ޕޮލިހަށް ކޮންޓެކްޓް ކުރޭ. ތިހެކިތަކާއެކު ސާރޗް އޯޑާރ އެއް ލިބުނީމަ އަހަރެމެން މާޑާރ ވެޕަން ހޯދިދާނެ. އޭރުން އަހަރެމެންނަށް މިކޮޅުގައި ތިބި އެމީހުންގެ އަންޑާރ ކަވާ މީހުން ބަސްޓު ކުރަން އާ ކޭސްއެއް ހެދީމަ އަހަރެމެން އަތުން އިތުރަށް އެގޭންގު މީހަކަށް ސަލާމަތެއް ނުވެވޭނެ. ދެން އަހަރެން މިދަނީ ތޮކިާ ކޮފީ ޝޮޕްގައި މަސައްކަތް ކުރި މީހާ ހޯދަން.”

މިހުރާންގެ ވާހަކައަށް އެއްބަސްވަމުން ޔަމާން ތެދުވެ އިންޓަރނޭޝަނަލް ޕޮލިހަށް ކޮންތޭކްޓް ކުރުމަށް ދިޔައެވެ. އޭރު ޔަނާލް އަންގި ލައްވާގެން އެމީހުން ރޭގައި ގެނައި ދަބަސް ހާވަން ފަށައިފިއެވެ. ގިނައިން އޭގައި ހުރީ ބޮޑު ފިރިހެނެއްގެ އަންނައުނާއި ރީތިވާ ސާމާނެވެ. ނަމަވެސް ރަގަޅަށް ބެލުމުން އެދަބަހުގެ އެންމެ އަޑީގައި ކޯޑެއް ޖަހާފައި އޮތް ފޮއްޓެއް ފެނުނެވެ. އެގަޑީގައި ސައިބޮއެގެން އެތަނަށް އައި ލިހާން އެ އަތުލުމަށްފަހު ބިންމަތީގައި އިށީނީ ކޮފީޓޭބަލް އަޑީގައި ހުރި ޓޫލްބޮކްސް ހިފައިގެންނެވެ. ލިހާން އެހުޅުވަން މަސައްކަތް ކުރަން އިންއިރު ޔަނާލް އޭނާ ކައިރީ އިށީނދެ އެހީވާން އިންއިރު އުޝާ އެދަބަހުގެ އެކި ބައިތައް ބަލަމުން ދިޔައެވެ. ނަމަވެސް ފާހަގަ ކުރެވޭ ކަހަލަ އެއްޗެއް ނުފެނުނެވެ. އެހެންކަމުން އެދަބަސް ބެހެއްޓިއެވެ.

އިރުކޮޅަކުން ޔަމާން އައިސް އުޝާ ކައިރީ އިށީނެވެ. “އެމީހުންގެ ޓީމެއް އަންނާނެ މެންދުރު ފަހު. އޭގެ ކުރިން އަހަރެމެންނަކަށް ނުދެވޭނެ އެތާކަށް. އިތުރު އެއްޗެއް ފެނުންތަ؟” ޔަމާންގެ ސުވާލަށް ޖަވާބު ދިނުމުގެ ގޮތުން އުޝާ ލިހާން އަތުގައި އޮތް ފޮއްޓަށް އިނގިލި ދިއްކޮށްލިއެވެ.

ލިހާންއަށް އެފޮށި ހުޅުވުނުއިރު މެންދުރު ވެއްޖެއެވެ. އުޝާއާއި ޔަނާލް އަދި ޔަމާން ކާން ތިއްބައި ފޮށި ހުޅުވިއްޖެއޭ ކިޔާފަ ލިހާން ހަޅޭއްލަވައިގަތުމުން ތަށިތައް އަތައް ނަގައިގެން ތިން މީހުން ސިޓިންރޫމަށް ނުކުތް އިރު ލިހާން އިނީ އަންގި ލައްވައިގެން އެތެރޭގައި ހުރި އެއްޗިހިތައް ނަގަނީއެވެ. އެންމެން އެތަނާ ކައިރިވެގެން ބަލަން ތިއްބެވެ. ފޮށީގެ އެންމެ މަތީގައި ހުރީ ޕްލާސްޓިކް ކޮތަޅެއް ފުރާ ހުރި ބޭސް ގުޅަތަކެކެވެ. އެކަކަށްވެސް އެއީ ކޮންވައްތަރެއްގެ ބޭހެއް ކަމެއް އެކަކަށްވެސް ނޭނގުނެވެ. އެހެންކަމުން އެ ފޮނުވީ ލެބަށެވެ. އޭގެ އަޑީގައި ހުރި އެއްޗިހި ފެނުމާއެކު އެންމެންވެސް ހުއްޓުން އެރިއެވެ.

ވަކި ވަކިން ޕެކްކޮށްފައވާ ޕްލާސްޓިކް ޕެކެޓްތަކެއްގައި ލެއިން ފޯވެފައިވާ ދިހަ ވަރަކަށް ވަޅި އޮތެވެ. އެހުރިހާ ވަޅިތަކުގައިވެސް ލޭތައް ވަނީ ހިކިފައެވެ.  އެވެސް ހުރިގޮތަށް ލެބަށް ފޮނުވާލިއެވެ.

މެންދުރު ފަސް ވުމުން ސާރޗް އޯޑާރއަކާއެކު އިންޓާރނޭޝަނަލް ޕޮލިހުން ގޮސް ކިޔާންމެން ފެނުނު އިމާރާތް ހޯދިއެވެ. އާމިރާއި މޯޑުގެ އިތުރުންވެސް އެގޭންގުގެ އެތަށް ބޔަކު އެކި ތަންތަނުން އަތުލައިގަތެވެ. އެމީހުންނަށް އެހީތެރިވި އެކި ގައުމުތަކުގެ ޕޮލިހުންނަށްވެސް އަދަބު ދެވުނެވެ. ކިޔާންމެން ތިބި އިމާރާތަށް ދިޔައިރު އެތަނުގައި ތިބި މީހުން ފިލައިފިއެވެ. ނަމަވެސް އެމިހުން ރަގަޅަށް ބެލުމުން އެމީހުން އތުލައިގަނެވުނީ އެ އިމާރާތުގެ ބިންގަރާހުންނެވެ. އަތުލައިގަނެވުމުންވެސް އެމީހުން ގޮތް ދުލެއްނުކުރިއެވެ. އޮފިސަރުންނަށް ހަމަލާ ދީގެން އަށް އޮފިސަރުންނަށް އަނިޔާވިއެވެ.

އެމީހުންގެ ‘ވިޔަފާރި’ ތަކާއި ބެހޭ އެތށް މައުލޫމާތެއް ހޯދުނެވެ. އުޝާމެންނަށް ފެނުނު ބޭސް ކޮތަޅުން އާ ވައްތަރުގެ ޑްރަގްތައް އެމީހުން އުފައްދަމުން ދިޔަކަންވެސް ފަޅާއެރިއެވެ.

ލިހާންމެންގެ ކޭސް ކާމިޔާބުވުމުން ލިހާންއާއި ޔަމާންއާއި ދެމީހުންނަށްވެސް ޕްރޮމޯޝަން ލިބުނެވެ. ދެމީހުންނަށް ވެސް ބްރެޒިލްގެ ކުޑަ ސިޓީއަކުން ފުރުސަތު ލިބުނެވެ. ލިހާން އެ ފުރުސަތުގެ ބޭނުން ހިފާ އެކޮޅަށް ބަދަލުވީ ޔަނާލްއާއެކުއެވެ. ޔަމާން ރާއްޖޭގައި އުޝާއާއެކު މަޑު ކުރިއެވެ. އުޝާއާއި ޔަމާން އަދި ޔަނާލް އާއި ލިހާން ކައިވެނި ޕާޓީ ބޭއްވީ އެއްކޮށެވެ. ޔަނާލްއާއި ލިހާން ބަދަލުވުމުން ބެންކޮކުން ހުސްވި ދެ ބައި ފުރިހަމަ ކުރީ މިހުރާންއާއި އިޝާންއެވެ.

މިހުރާންއަށް އާނިޔާއާއި ޔާސިރުގެ މަރު ރިޕޯޓުކުރި މީހާ ހޯދުނެވެ. އެމީހާ ހެކި ބަސް ދޭން އެއްބަސް ވިއެވެ. އެމީހާގެ ހެކި ބހާއެކު އުޝާއަށް އޭނާގެ މައިންބަފައިންނަށް އިންސާފު ހޯދައިދެވުނެވެ. އެމީހުން ކޯޓަށް ދިޔަ ދުވަހު އަތުގައި ބިޑި އަޅުވާފައި އިން ކިޔާން ފެނުން ކަމަށްވެސް އުޝާއެއް ނަހަދައެވެ. އުޝާ އެތަނަށް ގޮސް ހުރީ އޮފިސަރެއްގެ މަގާމުގައެއް ނޫނެވެ. އެހެންކަމުން އެއީ އަންޑަކަވާ ޕޮލިހެއް ކަމެއް އެމީހުންނަކަށް ނޭނގުނެވެ. އެއެންމެން އުމުރު ދުވަހަށް ޖަލަށް ލެވުމުން އުޝާއަށް ހަމަޖެހުމުގެ ނޭވާއެއް ލެވުނެވެ. އޭނާއަށް ހީވީ އޭނާގެ ބޮލުގައި އޮތް ބޮޑު ގާގަނޑެއް ނެގުނުހެންނެވެ. އުޝާގެ ދޮންބެވެސް ލަންކާގައި ތިބި މީހުން ހައްޔަރުކުރަން އެހީ ވެދިނުމަށްފަހު އެދުވަހު ރާއްޖެއަށް އައެވެ.

އެމީހުން އެތަށް ބަޔަކަށް އިންސާފު ހޯދައިދެވުނެވެ. ނަމަވެސް އެމީހުންގެ މަސައްކަތަކީ މިއަދާއި ހމއަށްވެސް ސިއްރެކެވެ.

ނިމުނީ

Share Article

Follow Me Written By

idontcare

Level 110 Stories

Other Articles

Previous

ފުރަ މެންދަން 7

Next

ހުދާއްކޮ8

Next
June 17, 2020

ހުދާއްކޮ8

Previews
June 17, 2020

ފުރަ މެންދަން 7

3 Comments!

  1. sama says:
    June 17, 2020 at 1:48 pm

    Mi vaahaka genesdheefa oii goii varah Reethi ekam ninmun ehaa ennoon
    heevanee avas kollaafa nimman ulhunhen
    nimmamun kiyaan ah aslu hageegaii engai
    thankolheh thafseelukoh nimmaalinama vaahaka hama v habeysvaane
    thedhah bunanyaa mi part ge vaanuvaaves neyngunu fahukolhu
    kanthah thah dhiyaleh avas kamun

  2. Naani says:
    June 17, 2020 at 8:09 pm

    Mee varah thafaathu salhi vaahaka eh. Maasha Allah varah varah reethi ?????????????????
    Kuriyah oiy dhuvas thakuga ves idontcare ge reethi vaahaka thakeh fennan beynun☺️☺️☺️☺️☺️

  3. Seceret gigglee says:
    September 14, 2020 at 2:50 pm

    Masha allah❤️❤️varah salhi..

Comments are closed.



All Right Reserved!