Skip to content
އެސްފިޔަ

އަންޖަލް (7)

ޖައިޝް ބާރަކަށް ބޮޑު ދޮރު ލައްޕާލުމަށްފަހު އައިސް މައްޗަށް އަރާ އަންޖަލްގެ ކޮޓަރިއަށް ވަނެވެ.

” ތީ ބުދެއްތަ މީހަކު ކިޔާހާ އެއްޗަކާ ކުރާހާ ކަމެއް ބަލަން..” އަންޖަލްގެ ދެކޮޑުގައި ހިފާލަމުން ޖައިޝް ބުނެލިއެވެ.

” އައްދޯތް ތަދުވޭ..” ޖައިޝްއަށް ހިފިފައި ހުރީ ފުދޭވަރަކަށް ބާރަށް ކަމުން އަންޖަލްއަށް ތަދު އިހުސާސް ކުރެވުނެވެ. ޖައިޝް އޭނާގެ އަތް ދުރުކޮށްލީ އަންޖަލްއަށް އިތުރަށް ތަދުވެދާނެތީއެވެ.

” އަންޖަލްގެވެސް އަގައެއް އޮވޭނުން.. މީހުން ކިޔާހާ އެއްޗެއް ކިޔަން ނުހުންނާތި..” ޖައިޝް މިހެން ބުނުމަށްފަހު އެކޮޓަރިން ނިކުމެގެން ހިގައިގަތެވެ. މިރޭ ދެން ޖުނާން ނާންނާނެކަން އަންޖަލްއަށް އެގެއެވެ. އިރުކޮޅަކު އިންތިޒާރު ކުރުމަށްފަހު އަންޖަލްވެސް ގޮސް އަރާ ނިދިއެވެ.

***

ހެދުނު 7 ޖެހުމުން އާތިކާ މަރީ އަށް ގޮވަމުން ކޮޓަރިން ނިކުތެވެ. އަބަދުވެސް 7 ޖަހާ އިރު އަތިކާ ފާޑެއްގެ ސްމޫތީއެއް ބޮއެއެވެ. އުމުރުން 45 އަހަރުގައިވެސް އާތިކާ ހީވަނީ 30 އަހަރުގެ އަންހެނެއް ހެނެވެ. އެ ސްމޫތީ ބޯތީ ވާކަމެއް ތޯއްޗެކެވެ. ދެތިންފަހަރު ގޮވުމުންވެސް މަރީ ނައުމުން އާތިކާ ގޮސް ގޭގައި ގެންގުޅޭ އަންހެނުން ހުރި ކޮޓަރީގައި ޓަކި ޖަހާލިއެވެ. އިރުކޮޅަކުން ނީނާ ކޮޓަރިން ނިކުތެވެ. އަދި މަރީ ރެއިން ސުރެ ނުފެންނަ ކަމަށް ބުނެލިއެވެ. އާތިކާ ފޯނު ނަގާ މަރީއަށް ގުޅާލިއެވެ. މަރީ ފޯނު އޮތީ ނިއްވާލާފައިކަމުން ތުން ދަމާލުމަށްފަހު ކާގެއަށް ގޮސް ވަނެވެ. އޭރު އަންޖަލް މިކްސާރ އިން އެއްޗެއް ގިރަމުން ދިއައެވެ. އާތިކާ ފެނުމުން އަންޖަލް ގިރަން ހުރި އެތި ނަގާ ތައްޓަކަށް އަޅާފައި އާތިކާ އަށް ދިއްކޮށްލިއެވެ.

” އަންޖަލް އަށް ވެސް އިގޭތަ މި ގިރަން..” އާތިކާ އާމުކޮށް ބޯ ސްމޫތީ ގިރާފައި ދިނުމުން ހައިރާންވެފައި އަހާލިއެވެ.

” ލައްބަ އަޅުގަޑު މަރީ ކައިރިން ދަސް ކުރީ..” އަންޖަލް އަށް މަރީ ފޮނުވާލި ވާހަކަ ބުނާކަށް ނުކެރުނެވެ. އަނެއްކާ އަންޖަލް މިގޭގެ ކަންތައްތަކާ ބެހެނީއޭ އާތިކާ ހިތަށް އަރާފާނެއެވެ.

” އެހެންތަ ވަރަށް މީރު އިނގޭ.. ކޮބާތަ އެ މަރީގަޑު…” އަނެއްކާވެސް އާތިކާ އަހާލިއެވެ.

” އަހަރެން އޭނަ ފޮނުވާލައިފިން.. ” ފަހަތުން ވަދެގެން އައި ޖައިޝް ބުނެލިއެވެ.

” ކީކޭ… މިހާރު މިގޭގެ ކަންތައްތަކާ ޖައިޝް ބެހެންވެސް ފެށީތަ.. ބަލަ އެއީ އަހަރެން ގެނެސް ހުރި މީހެކޭ.. ފޮނުވާލަން ވިޔަސް އެގޭނީ އަހަންނަށް.. ޖައިޝްއަކަށް ނުން…” ކާގެތެރެއިން މާ އަޑުގަދަ ވެގެން އިސްހާޤުއާއި އަސްމާ އައިސް ވަނެވެ.

” މަންމަ ގެނެސް ހުރި މީހަކަސް މިގޭތެރޭ މާ ގަދަ ވަންޔާ ނުބެހެއްޓޭނެ..” ޖައިޝް ކައިރިއަށް ރުޅިއައެވެ.

” އޭނަ ގަދަވެގެން ކޮންކަމެއްތަ ކުރީ.. އޭނަ ޖައިޝާ ބެހުނީތަ.. އޭނ..” އާތިކާގެ އަޑު އިރެއް އިރަކަށް ވީ ގަދައެވެ. އެހެން ނުވާންވީ ސަބަބެއް ނެތެވެ. އާތިކާގެ ހުރިހާ ކަމެއް ބަލަހައްޓަނީ މަރީއެވެ. އާތިކާއަކީ އުޅުމުގައި ފޮނިގޮތެއް ހުންނަ ބޮޑާ އަންހެނެކެވެ. އަތުން ފައިން ކަމެއް ނުކޮށް ވާނަމަ އާތިކާއަށް ހެވެއެވެ.

” އަހަރެން އެކަނިތަ މިގޭގަ އުޅެނީ… މިގޭގަ އެހެން މީހުންވެސް އުޅެޔޭ… އޭނަ އަންޖަލް ގައިގަ ޖެހީމަ އަހަރެން.. ” ޖައިޝް އަތްމުއްކަވާލަމުން ބުނެލިއެވެ.

” އަހަރެން ކޯންޗެއް؟؟ އަންޖަލް ގައިގަ ޖެހީމަ ޖައިޝް އަށް ކޮންކަމެއްތަ… ޖައިޝް ގައިގަ ނޫނެއްނުން ޖެހީކީ..” ސްމޫތީ ތަށި ނަގާ މޭޒު މަތީ ބަހައްޓާލަމުން އާތިކާ ބުނެލިއެވެ. އަންޖަލް ބިރުން ދެއަތް ކައިރިކޮށްލައިގެން އެތާ ހުއްޓުން އަރާފައި ހުއްޓެވެ. ޖައިޝްވެސް އާތިކާވެސް އެކަކު އަނެކަކަށް ދުލެއް ނުކުރެއެވެ. އިސްހާޤުވެސް ޖައިޝް އެހާ ރުޅި އަންނާނީ ސަބަބެއް އޮވެގެންކަން އެގެއެވެ. އިސްހާޤު އާތިކާ އަށް ބާރަށް ގޮވާލިއެވެ.

” ކިހިނެއް ވެގެންތަ ތިއުޅެނީ… ޖައިޝް އޭނަ ފޮނުވާލާނީ އޭނަ ކޮންމެވެސް ކަމެއް ކުރީމަދޯ… ހުރެ ބަހައްޓާފަ މިއަދުތަ އޭނަ ފޮނުވާލަނީ.. އާތިކާވެސް މާ ޒާތް ކޮޅުބޮޑީ… ތެދެއް އަންޖަލް .. މަރީ ޖެހިތަ..” އިސްހާޤު އަހާލިއެވެ. އަންޖަލް އާއެކޭ ބުމުގެ ގޮތުން ބޯޖަހާލިއެވެ. އޭރު ޖުނާން ވެސް އައިސް ކާގޭގައި ހުއްޓެވެ. އަންޖަލް އަށް އިޝާރާތުން މައްޗަށް އައުމަށް ޖުނާން ބުނެލިއެވެ. ޖައިޝް ރުޅިއައިސްފައި ހުރިވަރުން ގެއިން ނިކުމެގެން ދިޔައެވެ. އިސްހާޤު އާތިކާއާ ކައިރިވެލިއެވެ.

” އާތިކާ ވެއްޖެ ދޯ މިހާރު ތަންކޮޅެއް ރަގަޅުވާން.. ޖައިޝްއަށްވެސް ކޮންމެވެސް ވަރަކަށް ބަލައިގެން އުޅެބަލަ.. އެވެސް އާތިކާގެ ދަރިއެއްނުން… އޭނަ ކީއްކޮށްގެން އާތިކާ އޭނަ ދެކެ ތިހާ ތި ރުޅިއަންނަނީ.. ތިވެސް މަޔެކޭ… ” އާތިކާއަށް ބުނާނެ އެއްޗެއްވެސް ނޭގުނެވެ. އިސްހާޤުވެސް މިއަދު އެރީ ޖައިޝްގެ ކޮޅަށެވެ.

އަންޖަލް ގޮސް އޭނާގެ ކޮޓަރިއަށް ވަނެވެ. އޭރު ޖުނާން އެކޮޓަރި ބެލްކަނީގައި ހުއްޓެވެ. މަޑު މަޑުން ގޮސް ޖުނާންގެ ފަހަތުގައި އަންޖަލް ހުރެ ޕޮއް ކިޔާލިއެވެ. ޖުނާން ސިހިފައި ފަހަތަށް އެބުރުނެވެ.

” ކީއްވެތަ ރޭގަ ނައި.. އަހަރެން ވަރަށް އިންތިޒާރު ކުރިން..” އަންޖަލް ތުއި ގޮތަކަށް އަހާލިއެވެ.

” ރޭގަ ނިދުނީ.. ސޮރީ އަންޖޫ.. ރޭގަ މަރީ އަށް ކިހިނެއްވީ..” ޖުނާން އަހަން ބޭނުންވާ އެތި އަވަހަށް އަހާލިއެވެ. އަންޖަލް ރޭގަ ވީ ހުރިހާ ކަމެއް ވަރަށް ސާފްކޮށް ކިޔާދިނެވެ. ޖުނާން ކައިރިއަށްވެސް ރުޅިއައީ މަރީގެ އަމަލްތަކާއި ބަސްތައް ހުރި ގޮތުންނެވެ.

” ރަގަޅަށް އެހެދީ ދޮންބެ.. އެކަހަލަ މީހުން ބަހައްޓާނެ ކަމެއް ނެތް.. އަންޖޫ ބިރުގަތްތަ މަންމަ ކައިރީ ބުނާނަމޭ ބުނީމަ..” ޖުނާން އަހާލީ އަންޖަލް ގެ ޖަވާބު އެގެން ބޭނުންވާތީއެވެ.

” ނުގަނޭ.. އަސްމާއްތަ ނުލަހިކު ރަގަޅު. އެކަހަލަ މާތް މީހެއްގެ ދަރިއެއްދެކެ އަހަރެން ލޯބިވަނީ… ދެން ކޮން ބިރެއް.. އެހެން ނޫނަސް އަސްމާއްތަ އަހަރެން ދެކެ ވަރަށް ލޯބިވޭނުން.. ސޯ ނޯ ވޮރީސް.” އަންޖަލް އަށް އަސްމާ އެކަމާ ދެކޮޅު ވުނާނެ ކަމުގެ ޔަގީންކަން އޮތެވެ. ޖުނާންގެ ކޮންމެ ކަމަކާއި އަސްމާ އާނ ބަސް ބުނާނެއެވެ. ދެމީހުން ވާހަކައިގާ ތިއްބާ ކުއްލިއަކަށް އަސްމާ އައިސް އަންޖަލްގެ ކޮޓަރިއަށް ވަނެވެ. އަންޖަލް ކުޑަކޮށް ޖުނާން އާއި ދުރުވެލިއެވެ. އަސްމާގެ މޫނުމަތިން ނުރުހުންވުން ފެންނަމުން ދިޔައެވެ. އެތާ ޖުނާން ހެވި ދިއްލިފައި ހުރިތަން ފެނުމުންނެވެ.

” ޖުނާން.. މިތާ ކީއް ކުރަނީ…” އަސްމާ އައި ގޮތަށް އައިސް އަހާލިއެވެ. އަންޖަލް ޖުނާންއަށް ބަލާލީ އަދި އެއްވެސް ކަމެއް އަސްމާއަށް ނާންގާށޭ ބުނާފަދަ ގޮތަކަށެވެ.

” މީ.. މީ އަންޖޫއަށް ވަޒީފާ އެއް ދޭންވެގެން.. އަބަދު ގޭގަ އެހެން އިންނަންޔާ ދުނިޔެތެރޭ ހިނގާ ކަމެއްވެސް ނޭގޭނެ ނުން..” ޖުނާން ދޭނެ ޖަވާބެއް ނޭގިގެން އެންމެ ފަހުން ދޮގެއް ހަދާލިއެވެ. އަންޖަލް އަށް ހައިރާންކަން ލިބުނީ އެ ބުނާ ވަޒީފާއެއް ދެން ހޯދާނެ ތަނެއް ނޭގުމުންނެވެ.

” އެހެންތަ ކޮންތަނަކުން ލިބުނީ..” އަންޖަލްގެ ހިތްތެޅެމުން ދިޔައީ އަސްމާ ފަހަރަކު ސުވާލެއް ކުރުމުންނެވެ.

” ބައްޕަ ކުންފުނިން.. މިހާރު އިންޓާންސް އެބަ ނަގާ… އެޑްމިން ބަޔަށް..” ޖުނާން ވަރަށް ހުށީއާރު ކަމާއެކު ބުނެލިއެވެ. ސުބުހާނަﷲ އެވެ. ދެން މިޖެހުނީ ވަޒީފާ އަށް ދާން ފަށަންތާއޭ އަންޖަލްގެ ހިތަށް އެރިއެވެ. ޖުނާންގެ މޫނުމަތިން އަދިވެސް ހިނިތުންވުން ފާޅުވަމުން ދިއައެވެ.

” އަންޖަލް ހިގާބަ ދައްތަ އާ އެކު ފިހާރައަކަށް ދާން.. ގަނެލަން ޖެހޭ އެއްޗެހި ކޮޅެއް އެބަހުރި..” އަސްމާ މިހެން ބުނެފައި ޖުނާންގެ އަތުގައި ހިފައިގެން އެކޮޓަރިން ނިކުތެވެ. އަންޖަލް ދޮރު ލައްޕަން ހިގައިގަތް ވަގުތު އަސްމާ ޖުނާން އާ ވާހަކަ ދައްކާ އަޑު އިވުނެވެ.

” ޖުނާން ތިހެން އައިސް އަންޖަލްގެ ކޮޓަރިއަށް ވަންނާކަށް މަންމަ ހިތްހަމައެއް ނުޖެހޭ.. އެއީވެސް މިހާރު ފުރާ ފުރިހަމަ ވެފަ ހުރި އަންހެން ކުއްޖެއް.. ” އަސްމާ މިހެން ބުނެލި އަޑު އަންޖަލް އަށް އިވުނެވެ. އަނެއްކާ މިގުޅުމަށް އަސްމާ ހިތްހަމަ ނުޖެހޭނެބާއެވެ. އަންޖަލް އިސްތަށިގަޑު ހުޅިއެއް ޖަހާލުމަށް ފަހު ތިރިއަށް ފޭބީ އަސްމާއާ އެއްކޮށް ފިހާރައަށް ދިއުމަށެވެ. އަސްމާ އަކީ އަބަދުވެސް ހިގުމަށް ލޯބި ކުރާ މީހެއްކަމުން ޝޮޕިންގްއަށް ނުކުތީ ހިގާފައެވެ. ދެމީހުން ގޮސް މަޖީދީ މަގުގައި ހުންނަ ލެކިއުޓްއަށް ވަނެވެ. އެކި އެކި ސެންޓު ތައް ބަލަމުން ދިޔަ އަންޖަލްގެ ލޮލުގައި އަޅައިގަތީ ލެކިއުޓް އަށް ވަތް މަރީއެވެ. މަރީގެ މިސްރާބު ހުރީ ސީދާ އަސްމާއާ ދިމާލަށެވެ. އަންޖަލް ތެޅި ތެޅި އޮތް ހިތަކާއިއުކު ހަލުވިކަމާއެކު އައިސް އަސްމާގެ އަތުގައި ހިފާލުމަށްފަހު ތަންކޮޅެއް ދުރަށް ގެންދިޔައެވެ.

” އަސްމައްތާ… ” ކުޑަމައި އިގިލި ދިއްކޮށްލަމުން އަންޖަލް ގޮވާލިއެވެ. އަންޖަލް ފާހަނައަކަށް ދާން ޖެހުނުކަން އަސްމާއަށް ނަގައިގަނެވުނެވެ. އަވަހަށް ދާން ހިގާށޭ ކިޔައި ދެމީހުން ގޮސް ލެކިއުޓުން ނިކުތެވެ. އަންޖަލް ފަސް އެބުރި ބަލާލީ މަރީ ކޮބައިތޯ ބެލުމަށެވެ. އޭރު މަރީ އެއްމިއްޔަކަނިން ހީލަމުން އަންޖަލް އަށް ބަލަމުން ދިޔައެވެ.

ގެއަށް އައިސް ވަތް އަންޖަލްގެ މުޅި މޫޑު ވަނީ ގެއްލިފައެވެ. އައި ގޮތަށް އައިސް ކޮޑުގައި އޮތް ދަބަސް އެދުމަށްޗަށް އެއްލާލުމަށްފަހު ޖުނާންއަށް މެސެޖްއެއް ކޮށްލިއެވެ. މަރީ އާ ދިމާވެގެން އަވަހަށް ގެއަށް އައި ވާހަކަ ބުނެލިއެވެ. ވަޒީފާގައި އަވަދިނެތި އުޅެނިކޮށް އަންޖަލްގެ މެސެޖެއް އައުމުން ޖުނާންގެ ހިތަށް ފިނިކަމެއް ލިބުނެވެ. އަދި މެސެޖް ކިޔާފައި ހިނިގަޑެއް ޖަހާލިއެވެ.

  • ތީ މަންމަދެކެ ބިރެއް ނުގަނެއޭ ބުނި އަންޖޫތަ –
  • ނޫނޭ މީ އަންޖޫގެ ސިފައިގަ ހުރި ޖިންނިއެއް –
  • އެހެންތަ އެހެންވިއްޔާ އަހަންނަށް ލޯބިވެވިގެން މިއުޅެނީ ސާދަވިލޭރޭ ހަދުފަދަ ރީތި ޖިންނިއަކާދޯ. –

ޖުނާން އަބަދުވެސް އަންޖަލްގެ ރީތިކަމަށް ތައުރީފް ކުރެއެވެ. މިފަދަ ތައުރީފްތައް ކުރާ ކޮންމެ ފަހަރަކު އަންޖަލް ލަދުން ހަލާކުވެއެވެ. އަދި އޭނާގެ ކޯ ޖަންބު ކުލައަށް ބަދަލުވެގެން ދެއެވެ.

***

ޖުނާން އިސްހާޤާ ވާޙަކަ ދެއްކުމަށްފަހު އަންޖަލްއަށް އެ އޮފީހުން ވަޒީފާ ހޯދަދިނެވެ. އަންޖަލް ތައްޔާރު ވަމުން ދިޔައީ ގަޑި ނުޖެހި އޮފީހަށް ދެވޭތޯއެވެ. އަސްމާ އައިސް ޖުނާން ކައިރީ އަންޖަލް ގޮވައިން ކާރުގައި އޮފީހަށް ދިއުމަށް ބުނެލިއެވެ. ޖުނާން ވީ އުފަލެއް ބުނާކަށްވެސް ނޭގުނެވެ. އަވަސް އަވަހަށް އާންއެކޭ ބުނުމަށްފަހު ތިރީގައި ކާރު ނެރެގެން އަންޖަލް އަންނަންދެން މަޑުކޮށްލިއެވެ. މިއަދަކީ އަންޖަލް އޮފީހަށް ދާ އެންމެ ފުރަތަމަ ދުވަސް ކަމުން އޭނާގެ ހިތް ދިޔައީ މަޑު މަޑުން ތެޅެމުންނެވެ. މޫނުގައި ފޭސް ޕްރައިމާ އުގުޅާލުމަށްފަހު ތުންފަތުގައި މިސް ރޯސް ލިޕްސްޓިކެއް އުގުޅާލިއެވެ. އަދި ކަބަޑު ތެރެއިން ލައިގެން ހުރި ހެދުމާ ގުޅޭ ދަބަހެއް ނަގާލިއެވެ. ގަޔަށް ސެންޓު ބުރުވާލުމަށްފަހު އަންޖަލް ކޮޓަރިން ނުކުތެވެ. އޭރު ޖައިޝް އޭނާގެ ކޮޓަރި ދޮރު މަތީގައި ލެގިލައިގެން އަންޖަލްއަށް ގެއްލިފައި ހުއްޓެވެ. ޖައިޝް ބަލާވަރުން އަންޖަލް ކުޑަކޮށް ލަދު ގަތެވެ. ފައި އޮޅަމުން ގޮސް ސިޑިން ފޭބި އިރު އަސްމާ އާއި އިސްހާޤު ތިރީގައި ހުއްޓެވެ.

” އަވަހަށް ދޭ… ޖުނާން އެބަހުރި ބޭރުގަ..” ޖުނާން އޭ ބުނުމުން އަންޖަލްގެ މޫނު މައްޗަށް ހިނިތުންވުން ވެރިވިއެވެ. އަދި އަވަސް އަވަހަށް ގޮސް ބޭރަށް ނިކުތެވެ. ފިޔާތޮށި ކުލައިގެ އަންހެން އޮފީސް ފަޓުލޫނަކާއި ހުދު ކުލައިގެ ބްލައުސެއް ލާފައި ހުދު ހައި ހީލްސްއަކަށް އަރައިގެން އައި އަންޖަލް ފެނުމުން ޖުނާން ހިތާހިތުން ތައުރީފް ކޮށްލެވުނެވެ. ދުލަށް ގެންނަންބޭނުންވި ބަސްތައް ހިފަހައްޓައިގެން ހުރީ ބޭރުގައި އަސްމާ ބަލަހައްޓައިގެން ހުރުމުންނެވެ. އޭރު މަތީ ބެލްކަނީގައި ޖައިޝްވެސް އަންޖަލްގެ ރީތިކަމާ ހުރެ އާޝޯހުވެފައި ހުއްޓެވެ. އެންމެން އަންޖަލްއަށް އެހާވަރަށް ބަލާތީ އަންޖަލް ލަދު ގަންނަގޮތްވިއެވެ. އަދި އަވަހަށް ހިގާފައި އައިސް ކާރަށް އަރާ ފުން ނޭވާއެއް ދޫކޮށްލިއެވެ.

=ނުނިމޭ=

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (14)

  1. Livy

    Varah Varah Varah reethi mi part ves ??
    Maa sha Allah ?? curiously waiting waiting for the next part ?✨? ly ⚡?

    1. Krystal
      Livy

      thank you livy… 🙂

  2. Afu

    Masha Allah varah reethi mi part vx ❤️❤️?? …. I bunbun-eun goengjanghada❤️❤️❤️ …. Varah gina dhuvas fahun dhww kiyaalan mi libunee … dhn inn prt avahah up kohlahchey ….. dangsin-eun choegoui jaggaibnida❤️❤️❤️❤️????…. Siss kihinei thr … Hope ur fine kamah … Saranghae ❤️❤️❤️❤️ stay safe …. na-egeseo manh-eun salang ❤️❤️❤️

    1. Krystal
      Afu

      Thank you afu ?
      Hehehe.. yes maa gina dhuvas v dhw.. aslu submit kohffa two days fahun esfiya in upload kohdhiny ehenve las v… hahaha.. kamsa kamsa ??
      Alhamdulillah I am fine afu kihinehtha??

  3. ?Ril?

    Jal jinesseyo sis Mi part ves varah sali ingey sis. Varah dhuvas fahun dhw kiyaalan mi libunee. When next. Josimheyo❤saarangeyo❤

    1. Krystal
      ?Ril?

      Nae jaljineyo… neonun???
      Thank you ril❤❤❤
      Yuh maa gina dhuvas v dhw… balaanan ingey dhen avahah upload kureveytho ?
      Nado nomu saranghae ???

  4. Jaemin,'wife

    Nice.. When next part…❤️

    1. Krystal
      Jaemin,'wife

      Thank you ?
      Now its uploaded.. sorry for the late reply

  5. Laya

    Sis layaa inthizaaru kuraathaa haadha dhuvaheh vejjeye.. alhe v salhi mibaives… hahaha jobeh neren v thaneh dhw adhivss visnany… nxt prt avas kohdhehchey.. curious kohlaafa thihen hedhyma kamaku nudhaane…

    1. Krystal
      Laya

      Ehentha,? Abadhu laya curious kohffa dhw mibehetteny…
      Thank you ☺
      Hehehe.. yuh mihaaru libeyne part 8 kiyan.. avahah kiyaalaa ingey…

    2. Laya
      Laya

      Yuh… sis haadha lahun reply thikury… baleetha??? Laya varah worry vey sis mihaaru nufennathy!

  6. Bluebird

    Maashaa Allah V v v v Salhi…. Your stories are awesome…. I waited for this part so long and finally got to read it…. This part is beautiful but I think it is a little bit short compared to other parts….. Anyway Keep it up…. You are my number ONE author.??????????????????… Josimhaeyo…. Saranghae…❤️❤️❤️❤️❤️???????????? I purple you always and forever.. ??????

  7. Bluebird

    Maashaa Allah V v v v v v v v salhi….✨✨✨✨.. Your stories are just like a movie to me…. It’s awesome…. This part also very nice but I think it is shorter compared to other parts… Are u busy or sick???? You uploaded this after a lot of days that’s why…. Hama ahaalee… BTW Keep it up eonnie… You are my number ONE author eonnie??????… Love you.???❤️❤️❤️.. 사랑해…????. 조심해요…. 보고싶어.. ??I purple you always and forever ???

  8. Bluebird

    Maashaa Allah V v v v v v v v salhi….✨✨✨✨.. Your stories are just like a movie to me…. It’s awesome…. This part also very nice but I think it is shorter compared to other parts… Are u busy or sick???? You uploaded this after a lot of days that’s why…. Hama ahaalee… BTW Keep it up eonnie… You are my number ONE author eonnie??????… Love you.???❤️❤️❤️.. 사랑해…????. 조심해요…. 보고싶어.. ??I purple you always and forever ????

Comments are closed.