Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންދީނީލޯބި

ފުހެވިގެން ނުދާނޭ – 01 –

Malsa Moosa Level 9100 Login100 Comments10 Stories500 Login500 Comments100 Stories1K Comments
June 17, 2020 6 Mins Read
33 Comments

ނޯޓު: މިއީ އަޅުގަނޑު މީގެ ދެތިން މަސްވަރަކަށް ކުރިން ލިޔަން ފަށާފައިވާ ވާހަކައެކެވެ. އަނެއްކާ އަލުން ބޮޑެތި ބަދަލް ތަކަކާއި އެކު މި ވާހަކަ ކިޔުންތެރިންނަށް ގެނެސްދެން އަޅުގަނޑު މިވަނީ ގަސްދުކޮށްފައެވެ. އަދި މި ވާހަކައިގެ ތެރެއިން އަޅުގަނޑުގެ ނުނިމި ހުރި ވާހަކަތަށް ‘ ހިތުގެ އުދާހުން ދުރުވާނެބާ! ‘ އަދި ‘ ނަމަވެސް..ތިޔަ ހަނދާނޭ ވަނީ ‘ ގުޅުވާލައިގެން ލިޔަން އަޅުގަނޑު މިވަނީ ނިންމާފައެވެ.

بسم الله الرحمن الرحيم

“ހުރިހާ ކަމެއް ނިމުނީތަ؟ ” ކުރިމަތީގައި ސަފުހަދައިގެންހުރި ހަ ނޯކަރު މީހުންނަށް ބަލާލަމުން ރޫބީ އަހާލިއެވެ. އެ އެންމެންވެސް އަދަބުވެރިކަމާއިއެކު އިސްޖަހާލައިގެން ތިބެ ބޯޖަހާލުމުން އެ އެންމެން ކައިރީގައި ދިޔަސް އެންމެ ރަނގަޅުކަމަށް ރޫބީ އެންގިއެވެ. ދެން އޭނާ މިސްރާބުޖެހީ ސިޑި އާއި ދިމާއަށެވެ.

ގޭތެރޭގެ މާޙައުލަށް ބަލާލި މީހަކަށް އެތަނުގެ ފެންވަރު ފެނިގެން ދާނެކަން ގައިމެވެ. މަތީގައި ބޮޑެތި ޗާންދަލިޔާ ލާފައިވާއިރު ފާރުތަކުގައި ލެވިފައިވަނީ ހުދުކުލައެވެ. ހުރިހާ ފަރުނީޗަރުތައް އަޅިކުލައިން ބޭނުންކޮށްފައިވުމުން ހިތްގައިމެވެ. ކާބަޔާއި ސިޓިންގް ރޫމު ވަކިކުރެވިފައިވަނީ އެތެރެ ފެންނަ ބޮޑު ބިއްލޫރިގަނޑެއްގެ އެހީގައެވެ. މައްޗަށް ދެވޭގޮތަށް ދެފަރާތުގައި ބޮޑު ސިޑިއެއް ހުއްޓެވެ.

އަރައިގެންހުރި އުސް ފައިވާނުގެ އަޑު މުޅިތަނުގައި ގުގުމާލާފައިވާއިރު ރޫބީ ގޮސް މަޑުކޮށްލީ، ދެވަނަ ފަންގިފިލާގައިވާ ކޮޓަރި ބަރިތެރެއިން ތިންވަނައަށްވީ ކޮޓަރީ ދޮރުމަތީގައެވެ. ދޮރު ހުޅުވާލަމުން ކޮޓަރިތެރެއަށް ނަޒަރެއް ހިންގާލިއިރު އެ ތުންފަތްމަތީގައި ހިނިތުންވުމެއް ދުވެލިއެވެ.

މޫނުގައި ރުލުގެ އަސަރު ހުރިނަމަވެސް، ބޭނުންކޮށްފައިވާ މޭކަޕުގެ އެހީގައި އެހާބޮޑަކަށް އެކަން ނަގައެއްނުގަނެވެއެވެ. ތުންފަތުގައި ގަދަ ރަތްކުލަ ޖައްސާފައިވާއިރު ދުވަސްވެ ވިދުން ގެއްލިފައިވާ ދެލޯ ވަށައިގެން އަދުނުން ފަވާލާފައިވެއެވެ. ލައިގެންހުރީ ބިސްހުދު ކުލައިގެ ފަލަމަސްގަނޑާއި ހަމައަށް އަރާ ހެދުމާކާއި އެކު ކަޅުކުލައިގެ ޖީންސްއެކެވެ. ސާޅީސް ހަތް އަހަރަށް އަޅާފައިވީ ނަމަވެސް، އެއަށްވުރެ ޒުވާންކަމަށް ދައްކަމުން އައީ ފަރުވާތެރިކަމާއެކު ބަލަހައްޓަމުންދިޔަ އިސްތަށިގަނޑުގެ އެހީގައެވެ.

“މަންމާ. ކޮންއިރަކުތޯ ބޭބެ ދުރުވަނީ؟ ” ފަހަތުން ރޫބީއަށް އޭނާގެ ނަވާރަ އަހަރަށް އަޅާފައިވާ އަންހެން ދަރިފުޅު ރިޔާ ފެނުމާއެކުގައި ރޫބީގެ ހިނުތުންވުން ފުޅާވިއެވެ.

“ބައްޕަ ވަނީ އިލްފް ބަލާ ދުރުވެ. އިރުކޮޅަކުން އަންނާނެ. ދަރިފުޅާ ކޮޓަރި ކިހިނެއްތަ؟ ” ކޮޓަރީ ދޮރު ބޮޑަށް ހުޅުވާލަމުން ރޫބީ އަހާލިއެވެ. މުޅި ކޮޓަރިވީ ކަޅު ކުލައިންނާއި އަޅި ކުލައިން ފަރުމާ ކުރެވިފައެވެ. ފާރުގައި ކަޅުކުލަ ލާފައިވާއިރު ކޮޓަރީ މެދުގައި ބަހައްޓާފައިވާ ބޮޑު ކިންގް ސައިޒް އެނދުގައިވެސްވީ ކަޅުކުލައެވެ. ނަމަވެސް އޭގެ މަތީގައި އަޅާފައިވީ ގަދަ އަޅިކުލައިގެ ބްލޭންކެޓެކެވެ. ބިތަކަށް ވާހެން ބޮޑު އަލަމާރިއެއް ހުރިއިރު ކޮޓަރީގައި ވަކިން އިށީންދެވޭނެހެން ދެ ސޯފާ އިންއިރު ކުޑަ ކަޅުކުލައިގެ ބިއްލޫރި މޭޒެއްވެސް އިނެވެ. ލައިޓުގެ ބަދަލުގައި މަތީގައި ބޮޑު ޗާންދަލިޔާއެއް ލާފައި އިނުމުން ބަލައިލިމީހެއް އާޝޯހުވާނެއެވެ.
“ވާއު. ބޭބެއަށް ކަމުދާނެކަން ޔަޤީނެއްނު. ” ދެލޯ ބޮޑުކޮށްލާފައި ކޮޓަރިތެރެއަށް ނަޒަރު ހިންގާލަމުން ރިޔާ ބުންޏެވެ. އިސްކޮޅުން ދިގުވެފައި ހިމަތޮޅި ހަށިގަނޑެއްގެ ވެރިއެކެވެ. ޤުދުރަތުން ލިބިފައިވާ ދޮން ހަށިގަނޑާއި އެ މުށި ކުލައިގެ ދެލޮލުގައި ވިދުވަރެއްވިއެވެ. ކޮނޑާ ހިސާބަށް ކޮށާލެވިފައިވާ ބުޅި އިސްތަށިގަނޑު ދޫކޮށްލާފައިވާއިރު ބަލައިލި މީހަކަށް އެ މޫނުމަތިން މަޢުޞޫމުކަން ފެންނާނެއެވެ.

“ޕާފެކްޓް! ހިނގާ ތިރިއަށް. މިހާރު އަންނާނެ. ” ކޮޓަރީ ދޮރުލައްޕާލަމުން ދެމައިން ހިނގައިގަތީ ތިރިއަށެވެ.

***
‘ޑާކްޖެމް’ ގެއަށް ވަދެގެން އައި ކަޅުކުލައިގެ ކާރު ގޭގެ މައި ދޮރުމައްޗަށް މަޑުކޮށްލުމާއި އެކު މެދު އުމުރެއްގެ ފިރިހެނެއް ނުކުތެވެ. ލައިގެންހުރި ކަޅުކުލައިގެ ސޫޓާއި ބޮލުގައިވާ ހުދު އިސްތަށިތަށް ޖެލް ލައި ފަހަތަށް ގެނެސް ތަތްކޮއްލާފައިވާއިރު ބަލައި ކޮންމެ މީހަކަށް އެއީ ކޮން ފެންވަރެއްގެ މީހެއްކަން އެނގޭނެކަން ގައިމެވެ. އެ މޫނުމަތީގައިވީ މީހުން ޖެހިލުންވާފަދަ ގޮތެކެވެ. ޝަޙުސިއްޔަތު ވަރުގަދަވެފައި މޫނުމައްޗަށް ގެނެސްފައި ހުރި ސީރިއެސްކަމުން މީހުންގެ ހިތްތައް ގުޑުވާލާނެކަން ގައިމެވެ.

ކުއްލިއަކަށް ކާރުގެ ފަހަތު ދޮރު ހުޅުވާލާފައި ނިކުތް ޒުވާނާ، ބަންލާފައި ދޮރުޖަހާލިއިރު ކާރުވެސް ގުޑިގެން ދިޔައެވެ. އޭރު ރޫބީ އާއި ރިޔާވެސް އެދެމީހުން ކައިރީގައި އައިސް ހުއްޓިލިއިރު ހުރީ ފާޑަކަށް ޖެހިލުންވެފައެވެ.

“އިލްފް..މައިޑް ޔުއަރ މެނާރސް! ” ހަރުކަށި ރާގަކަށް އިލްފްއަށް ބަލާލަމުން އަހްވަމް، އިލްފްގެ ބައްޕަ ބުނިއިރު އެ މޫނުމަތީގައިވީ މީހުން ޖެހިލުންވާފަދަ ކުލަވަރެކެވެ.

“އަހަރެން ކައިވެންޏެއް ނުކުރާނަން. ” ހަމަހިމޭންކަން އަޑަށް ވެރިކުރުވަމުން އިލްފް ބުނިއިރު އެ މޫނުމަތިން ފެނުނީ ތަރުޖަމާކުރަން ދަތި އިޙުސާސެކެވެ. ކަޅުކަންގަދަ ބުމަ ގޮއްޖަހާލައިގެން ހުރިއިރު ކަތުރުކަށިގަނޑަށް ވާންވެގެން ދިޔަ ގޮތުން ފިރިހެންވަންތަކަން އިތުރުކޮށްދިނެވެ. އެ ނޫކުލައިގެ ދެލޮލުން ފެނުނު އަލިފާން ރުޅިގަނޑުން އަހްވަމް ވެސް އެންމެ ފަހުން ނަޒަރު އެހެން ދިމާލަކަށް ނަޒަރު ބަދަލުކޮށްލި އެވެ. އެ ދެލޮލުން ފެނުނީ ނުރައްކާތެރި ވިދުވަރެކެވެ. ދެއަތް މުއްކަވާލައިގެން ހުރިގޮތުން ރުޅިގަނޑު ކޮންޓްރޯލްކުރަން މަސައްކަތް ކުރަމުންދިޔަކަން އެނގެ އެވެ. ދިގު އިސްކޮޅަކާއި ބައިމަތިފުޅާ ހަށިގަނޑެކެވެ. ކުރުކޮށް ކޮށާލެވިފައިވާ އިސްތަށިގަނޑު ވައިގެ ސަމާސާގައި ބައިވެރިވަމުންދިޔަ އެވެ. ދިގު އެސްފިޔަތަކުގެ ނިވަލުގައި ދެލޮލުގައިވީ ރުޅިވެރިކަން ވަންހަނާކުރެވޭތޯ އިލްފް ދިޔައީ މަސައްކަތްކުރަމުންނެވެ. ތަރުތީބުކަމާއިއެކު ފަޅާފައިވާ ތުނި ތުނބުޅިން އިތުރު ފުރިހަމަކަމެއް ގެނެސްދެއެވެ. ހުރިހާ ރީތިކަމެއް ހުސްކޮށްލައިގެން ހުރި ޒުވާނެކެވެ.

ވެރިވެފައިވާ ހަމަހިމޭންކަން ފޫއަޅުވާލާފައި އެކަކަށްވެސް އެއްޗެއް ބުނާކަށް ނުކެރުނެވެ. އިލްފްގެ ދެލޮލުގައިވީ ނުރައްކާތެރި ވިދުވަރުފެނިފައި ޚުދު އަހްވަމްއަށް ވެސް އެއްޗެއް ބުނާކަށް ނުކެރުނެވެ. މަންމަ އާއި ރިޔާއަށް ބަލާލުމެއްވެސް ނެތި ހަލުވިކަމާއިއެކު އިލްފް ގެއަށް ވަދެގެން ދިޔައެވެ.

“ކޮބާ އަހަރެން އޭރުވެސް ބުނިން އަހްވަމް ކައިރީ އަހަރެން ކައިވެނީގެ ވާހަކަ އިލްފް ކައިރީ ދައްކާނަމޭ. އޭނަ ރާއްޖޭ ފަސްގަނޑުގަ ފައިވެސް އެ އެޅީ ނުވަ އަހަރުފަހުން. އަނެއްކާ އަނބުރާ ރާއްޖެއިން ބޭރަށް ދާން ޚިޔާލުކޮށްފިއްޔާ؟ ” ހިތްހަމަ ނުޖެހުނުވަރުން ރިޔާ އެތަނުގައި ހުރިނަމަވެސް، ރޫބީއަށް ބުނެވުނެވެ. މަންމަ އާއި ބައްޕައަށް ބަލާލަމުން ރޭޝަމް އަވަހަށް އެތަނުން ހިނގައިގަތީ އަވަސް ފިޔަވަޅުތަކެއްގައެވެ.

“އަހަންނެއް ނުބުނަން. ނޭނގެ ކިހިނެއްކަމެއް އޭނައަށް އެނގުނީކީ. ” ރޫބީއަށް ބަލާލަމުން އަހްވަމް ބުންޏެވެ.

“އައިހަމް! ޔަޤީން އޭނަކަން ބުނާނީ..” ރުޅިގަނޑު ކޮންޓްރޯލްކުރަން މަސައްކަތް ކުރަމުން ރޫބީ ބުންޏެވެ.

“ރޫބީ. ދޭ ގޮސް އޭނާއަށް ވިސްނާދީ. ގޮސް އާދޭސް ކުރިއަސް ހެޔޮ އޭނާ އެއްބަސް ވަންދެން. އެނގެއެއްނު މީ މުހިންމު ކަމެއްކަން. އަހަރެމެން މިކަން ކުރަންޖެހޭނެ. ކޮންމެ ގޮތެއް ހަދާފަވެސް އިލްފްގެ ކައިވެނިކުރަން ޖެހޭނީ ޒީކް އާ ” މަޑުމައިތިރިކަމާއި އެކު ރޫބީއަށް ވިސްނައިދޭފަދަ ރާގަކަށް އަހްވަމް ބުންޏެވެ. ރޫބީ ހަމައެކަނި ބޯޖަހާލީއެވެ.

“ޒީކް އަންނަނީ ކޮންއިރަކު؟ ” އަހްވަމްއަށް ބަލާލަމުން ރޫބީ އެއްސެވެ.

“އިރުކޮޅަކުން. އޭގެ ކުރިން އިލްފްއަށް ވިސްނާދެވޭތޯ މަސައްކަތްކުރޭ. ” ރޫބީއަށް ބަލާލަމުން އަހްވަމް ބުންޏެވެ. ރޫބީ ބޯޖަހާލިއެވެ.

***
“ވަދޭ..” ކޮޓަރީ ދޮރުގައި ޓަކިޖަހާލި އަޑު އިވުމުން އިލްފް ބުނީ ރުޅިގަނޑު ކޮންޓްރޯލްކުރަން މަސައްކަތް ކުރަމުންނެވެ. ނަމަވެސް، އޭނާގެ ދެލޮލުން އަލިފާންކަނި ބުރަމުންދާހެން ހީވިއެވެ. ރުޅިގަދަ ކަމުގެ އިންތިހާއެވެ.

“ދަރިފުޅާ އިލްފް. މި ކައިވެނިކުރަން އެއްބަސްވެބަލަ. އިތުރު އެހެން ގޮތެއް ނެތް. ” ކިންގް ސައިޒް އެނދުކައިރީގައި ހުއްޓިހުރި އިލްފް އާއި ދިމާލަށް މިސްރާބުޖަހަމުން ވިސްނުންތެރިކަމާއިއެކު ރޫބީ ބުންޏެވެ.

“ފުރަތަމަ މަމް. އަޅުގަނޑަކަށް އަޅުގަނޑުގެ ކައިވެނި އޮންނަ ކަމެއްވެސް ނޭނގޭ. ދެވަނަ ކަމަކަށް އަޅުގަނޑަށް އަޅުގަނޑާއި ކައިވެނިކުރާ ކުއްޖާގެ ނަންވެސް ނޭނގޭ. ތިންވަނަ ކަމަކަށް ކީއްވެ އިތުރު އެހެން ގޮތެއް ނެތީ؟ ” ދެބުމަގޮއްޖަހާލާފައި ރޫބީ އާ ދިމާލަށް ބަލާލަމުން އިލްފް ބުންނިއިރު އެ އަޑުގައިވީ ގޮތްދޫނުކުރުމެވެ.
“އެއީ..އެ..މީހުން މަ..ރުވުމުގެ..ކުރިން..ވީ ވަޢުދެއް. ” ހުއްޓަމުން ކަހަލަ ގޮތަކަށް ރޫބީ ބުނީ އިލްފް އާއި ހަތަރުކަޅި ހަމަކޮއްގެންނެވެ. ހީވީ އެ ނޫކުލައިގެ ދެލޮލުން ތަފާތު އަސަރެއް ފެނޭތޯ އުޅޭހެންނެވެ. ނަމަވެސް، އެދެލޮލުން އެއްވެސް އަސަރެއް ނުފެނުނެވެ.

“ތިބުނީ އެމީ…” އިލްފްއަށް އެހިސާބަށް ބުނެވުނުތަނާ ރޫބީ ބޯޖަހާލިއެވެ. އިލްފްއަށް ދެއަށް މުއްކަވާލެވުނުއިރު ކަތުރުކަށިގަނޑަށް ވާންވެގެން ދިޔައެވެ. ދެލޮލުން ތަފާތު އަސަރެއް ފެނިލި ނަމަވެސް، ނިކަން އަވަހަށް އިޙުސާސްތައް ވަންހަނާކޮށްލިއެވެ.

“ކޮން ނަމެއް އެ އަންހެންކުއްޖާއަށް ކިޔަނީ؟ ” އިލްފްގެ އަޑުގައިވީ ފިނިކަމެވެ.

“ޒީކް..ޒީން އާ ރާކިންގެ ދަރިފުޅު އެއީ. ” އިލްފްގެ އަތުގައި ހިފަހައްޓާލަމުން މަޑުމައިތިރިކަމާއިއެކު ރޫބީ ބުންޏެވެ. އެވަގުތު އިލްފްގެ ދެލޮލުން ވޭނެއް ފެނިލިއިރު އެ ދެލޮލުގައިވީ ތަފާތު އަސަރެކެވެ. ނަގައިގަންނަން އުނދަގޫ އަސަރެކެވެ.

“ކޮބާ އެމީހުން؟ ” ދުރުބަލާލަމުން އިލްފް އެއްސެވެ.

“އެމީހުން ނި…..” ރޫބީ ބުނަން އުޅުނު ނަމަވެސް، އޭނާގެ ޖުމުލަ މެދުކެނޑިގެން ދިޔައީ ރިޔާ ދޮރުހުޅުވާލުމުންނެވެ.

“މަންމާ. ޒީކް ދައްތަ އަތުވެއްޖެ. ” ހިނިތުންވެލަމުން ރިޔާ ބުންޏެވެ.

“މަންމަ އެބަ ދަން އިލްފް ގޮވައިގެން. ދަރިފުޅު ދޭ ތިރިއަށް. ” ހިނިތުންވެލަމުން ރޫބީ ބުނެލުމާއެކުހެން ބޯޖަހާލާފައި ރިޔާ ދޮރުލައްޕާލިއެވެ.

“އަޅުގަނޑު ކައިވެނި ކުރާނަން. ” ދެއަށް މުއްކަވާލަމުން އިލްފް ބުންޏެވެ.

“މަންމަ ވަރަށް އުފާވެއްޖެ. ” އިލްފް ގައިގައި ބައްދާލަމުން ރޫބީ ބުނިއިރު އޭނާގެ ތުންފަތުގައި ފުޅާ ހިނިތުންވުމެކެވެ.

“ހިނގާ ތިރިއަށް. އެންޑް ބިހޭވް ” އިންޒާރުގެ ނަޒަރަކުން އިލްފްއަށް ބަލާލަމުން ރޫބީ ބުނެލިއެވެ. އިލްފް ކޮނޑުއަރުވާލަމުން ކޮޓަރިން ނުކުންނަން މިސްރާބުޖެހިއެވެ.

***
“ޒީކް؟ ” ފަހަތުން ރޫބީގެ އަޑުއިވުމުން ޒީކް ފަސް އެނބުރި ފަހަތް ބަލާލިއެވެ. ކުޑަކޮށް ހުއްޓުންއެރި ނަމަވެސް، ގަދަކަމުންކަހަލަ ގޮތަކަށް ހިނިތުންވެލަމުން އިސްޖަހާލިއެވެ. ރޫބީ ކައިރީގައި ހުރި ޒުވާނާ އާއި ދިމާލަށް ބަލާލަން ބޭނުން ނުވީ ކީއްވެކަމެއް ޚުދު ޒީކްއަށް ވެސް ނޭނގުނެވެ.

“ދަރިފުޅު ހާލު ކިހިނެއްތަ؟ ” ޒީކްގެ އަތުގައި ހިފަހައްޓާލަމުން ގެނެސް ސޯފާގައި އިށީންނަމުން ރޫބީ އަހާލީ ހިނިތުންވަމުންނެވެ.

“ރަނގަޅު. ދައްތަ ކިހިނެއްތޯ؟ ” ވައި އަޑަކުން ޒީކް އަހާލިއިރު ރޫބީއަށް ޒީކް ބުނި ޖުމުލަ އަޑުއިވުނީ ކިރިޔާއެވެ.

“ހަމަ ރަނގަޅު. އިލްފް، މީ ޒީކް. ޒީކް އެއީ އިލްފް. ” އިލްފް އާއި ޒީކްއަށް އިށާރާތް ކުރަމުން ރޫބީ ބުންޏެވެ. އިލްފް ޒީކް އާ ދިމާލަށް ބަލާލާފައި ފޯނަށް ނަޒަރުހުއްޓާލިއިރު، ޒީކް އިސްޖަހާލައިގެން އަތުގެ އިންގިލިތަކާއި ކުޅެލަކުޅެލާ އިނެވެ.

ރިޔާ އިލްފްގެ އަތުގައި މަޑުމަޑުން ޖަހާލުމުން އިސްއުފުލާލާފައި ރިޔާގެ ނަޒަރު ހުއްޓިފައިވާ ދިމާލަށް ބަލާލަމުން ފޯނު ނިއްވާލިއެވެ. ސޯފާގައި އިށީންނަމުން އަހްވަމް ވަކިވަކިން އެންމެންނަށް ބަލާލަމުން ހިނިތުންވެލިއެވެ. އެހެން އެންމެން ރައްދުގައި ހިނިތުންވެލި ނަމަވެސް، އިލްފްގެ މުނުމަތީގައިވީ ހުސްކަމެވެ.

“މިހާރު އަހަރެން ގަބޫލުކުރަނީ އިލްފް އާ ޒީކް ދެމީހުން ތަޢާރަފް ވެއްޖެކަމަށް. މާދަން ރޭ ކައިވެނިކުރެވިގެން ދާނެ. ” މޫނުމައްޗަށް ސީރިޔެސް ނަޒަރެއް ވެރިކުރުވަމުން އިލްފްގެ މޫނަށް ނަޒަރު ހުއްޓާލައިގެން ހުރެ އަހްވަމް ބުންނެވެ.

ދެއަތް މުއްކަވާލާފައި ދަތްތައް ޖައްސާ ބާރުކޮށްލިއިރު ދެލޯ މަރާލާފައި ހުޅުވާލީ ރުޅިގަނޑު ކޮންޓްރޯލްކުރުމުގެ ނިޔަތުގައެވެ. ކައިވެނިކުރާ ވިސްނުމެއް ނުގެންގުޅުނު ނަމަވެސް، ތަޤުދީރުގައިވާ ލިޔެވިފައިވާ ގޮތެއް އޭނާއަކަށް ނުހުއްޓުވޭނެއެއް ނޫން ހެއްޔެވެ؟

ޒީކް އާއި ދިމާލަށް ނަޒަރުހުއްޓާލަމުން އިލްފް އެ އަންހެންކުއްޖާއަށް ނަޒަރު ހިންގާލިއެވެ. ލައިގެންހުރީ ކަޅުކުލައިގެ ކަކުލާއި ހަމައަށް އަރާ ގަޔަށް ދޫ ހެދުމަކާއި ކަޅުކުލައިގެ ޖިންސެކެވެ. އިސްތަށިގަނޑު ނިވާކުރެވިފައިވީ ކަޅުކުލައިގެ ޝޯލްއެއްގެ އެހީގައެވެ. މޫނުމަތީގައި މޭކަޕުގެ ކުޑަ ނަމަވެސް، އަސަރެއް ނެތްކަމުގައި ވީނަމަވެސް، ގަދަ ފިޔާތޮށިކުލައެއް ވެރިވެފައިވާ ތުނި ތުންފަތެކެވެ. ހިމަ ބަޓަން ނޭފަތާއި ދޮން ވަށް މޫނެކެވެ. ހިތިފަތު ބުމައަކާއި ބޮޑު ދެލޮލެވެ. ކަޅިރަވައިގައި ތުނުކަމެއް ވާއިރު މައްޗަށް ލެނބިފައިވާ ބޯ އެސްފިތަކެވެ. އިލްފް އާއި ޒީކްގެ ހަތަރުކަޅި ހަމަވެގެން ދިޔައިރު އިލްފްއަށް އެ ކަޅުދެލިކޮޅެއްފަ ކަޅިން ފެނުނީ ހުސްކަމެވެ. އެ ދެލޮލުގައި ވިދުމެއްނުވެއެވެ. ހީވީ ނޭވާލިއެއްކަމަކު އެތެރެއިން މަރުވެފައިވާ ހެންނެވެ. އެކަމަކު އެއީ ކީއްވެ ހެއްޔެވެ؟

އިލްފްގެ ތޫނު ނަޒަރު އޭނާއަށް ހުއްޓިފައިވުމުން އިސް އުފުލާލަމުން ޒީކް އިލްފްއާއި ހަތަރުކަޅި ހަމަކޮށްލިއެވެ. އެ މޫނުމަތީގައި އެއްވެސް އަސަރެއް ކުރެހިފައިނުވާއިރު އެ ދެލޮލުގެ ރީތިކަން ފެނި ޒީކް އާޝޯޚުވިއެވެ. ކަޅުކަންގަދަ ބޯ އެސްފިޔަތަކުގެ ނިވަލުގައިވީ ނޫކުލައިގެ ދެލޮލުން ޒީކްއަށް އެއްވެސް ކަހަލަ އަސަރެއް ނުފެނުނެވެ. ހީވީ ހުރިހާ އަސަރެއް އެ ނޫކުލައިގެ ދެލޮލުގައި ފޮރުވާލެވިފައިވާހެންނެވެ. އެންމެފަހުނ އިސްޖަހާލީ އޭނާގެ ދެލޮލުން އިލްފްއަށް އެއްޗެސް އެނގިދާނެތީ، ސިއްރެއް ފޮރުވަން ހެން ހީވިއެވެ.

“އެހެންވީމާ ދެމީހުންވެސް ކައިވެންޏަށް އެއްބަސް ދޯ؟ ” ޒީކް އާއި އިލްފްއަށް ބަލާލަމުން ރޫބީ އަހާލިއެވެ. ޒީކް އާއި އިލްފްގެ ހަތަރުކަޅި ހަމަވެގެން ދިޔައިރު ދެމިހުންވެސް ބޯޖަހާލިއެވެ.

****
“އެލީން! ހަމަ މިހާރު އާދޭ އަހަރެން ކުރިމައްޗަށް. ” މުޅި ގޭތެރޭގައި ގުގުމާލައިގެން ދިޔައީ އަމްޖަދުގެ ރުޅިވެރި ހަޅޭކުގެ އަޑެވެ. ކޮޓަރީ ފާހަނައިން ނުކުތް އެނީލްގެ ދެލޯ ބޮޑުވެގެންދިޔައިރު، ކޮޓަރިން ނުކުންނަން ދުއްވައިގަނެވުނީ އެންމެ ސިކުންތެއްވެސް ލަސްވެއްޖެނަމަ ދޮންޕައްބަ އޭނާއަށް އަދަބު ދޭނެކަން އެނގޭނެތިއެވެ. ނުކުތުމާއިއެކުހެން ދޮރު ކުރިމަތީގައި ހުއްޓެވުނީ އަމްޖަދުގެ އަތުގައި އޮތް ބެލްޓު ފެނިފައެވެ. ދެލޯ ބޮޑުކޮށްލަމުން އުނދަގޫގޮތަކަށް ހިތްދިރުވާލީ ދެން ވާނީ ކިހިނެއްކަން އޭނާއަށް މާ ރީތިކޮށްވެސް އެނގޭތިއެވެ. ތާޒާ މޫނުމަތީގައި ދާތިކިތައް ވިދަން ފެށިއިރު ހިތް ތެޅެމުންދިޔަލެއް ބާރުކަމުން ބޭރަށް ނިކުމެދާނެހެން ހީވިއެވެ.

ބޮޑު ދެލޮލަކާއި ހިމަތޮޅި ހަށިގަނޑެއްގެ ވެރިއެކެވެ. ދޮން މޫނެކެވެ. ހިމަ ދިގު ނޭފަތަކާއި މަޑު ފިޔާތޮށި ކުލައިގެ ތުންފަތެކެވެ. ލާފައިހުރީ ފިޔާތޮށިކުލައިގެ ފަލަމަސްގަނޑުން ތަންކޮޅެއް މައްޗަށް ހުރި އަތްދިގު ހެދުމަކާއި ކަޅުކުލައިގެ ހަރަވާޅެކެވެ. އިސްތަށިގަނޑު ނިވާކުރެވިފައިވަނީ ކަޅުކުލައިގެ ވަށް ބުރުގަލެއްގެ އެހީގައެވެ. މޫނުމަތީގައި ފަސް އިނގިލީގެ ނިޝާނެއް ހުރިއިރު ތުންފަތް ކައިރީގައި ލޭގެ އަސަރު ހުއްޓެވެ.

“ހަމަ މިހާރު އާދޭ މިތަނަށް! ” ރުޅިވެރިކަމުން ފުރިގެންވި ނަޒަރަކުން އެލީންއަށް ބަލާލަމުން އަމްޖަދު ހަޅޭއްލަވައިގަތެވެ. އޭރު އޭނާގެ މަންމަ މާހިޔާ ސޯފާގައި އިށީންދެގެން އިން އިރު، އަމްޖަދުގެ އަންހެން ދަރިފުޅު ނައުރީ އިނީ ކާބަދިގޭގައި އިށީންދެގެން ކާންށެވެ.

ދޮންބައްޕަ އިތުރަށް ރުޅިއަރުވަން ބޭނުން ނުވުމުން އަވަސް ހިނގުމެއްގައިގޮސް އެލީން އަމްޖަދު ކައިރީގައި ހުއްޓިލިއިރު ހުރީ ބިރުން ތުރުތުރު އަޅައެވެ. ކުއްލިއަކަށް އަމްޖަދު އެލީންގެ ކޮލުގައި ހިފާ ބާރުކޮށްލަމުން މޫނުމައްޗަށް އެތިފަހަރެއް ވީއްލާލިއެވެ. ވޭނުން ފުރިގެންވި އާހެއް ދެތުންފަތް ފުއަޅުވާލާފައި ނިކުތް އިރު ބެލެންސް ކަޓައިގެން އެލީން ބިންމައްޗަށް ވެއްޓުނެވެ. އެވަގުތު އޭނާ ނުވަމަހާއި ނުވަދުހަވު ބަނޑުއަޅާ ވިހެއި މައިމީހާގެ ހުނުމުގެ އަޑު މުޅިތަނުގައި ގުގުމާލައިގެން ދިޔައެވެ. އާދޭހުން ފުރިގެންވީ ގޮތަކަށް ނައުރީއަށް ބަލާލި ނަމަވެސް، އޭނާ އިނީ ނުލަފާ ހިނިތުންވުމެއް ވެރިކުރުވައިގެން ނެވެ.

ކުއްލިއަކަށް އަތުގައި އޮތް ބެލްޓުން އަމްޖަދު އެލީން ގައިގައި ޖެހުނި ތަނެއްގައި ޖަހަމުން ދިޔައިރު މުޅި ގޭތެރޭގައި ގުގުމާލާފައިވީ އެލީންގެ ވޭނުން ފުރިގެންވި އަޑެވެ. ނަމަވެސް، އެކަމަށް އަޅައިލުމެއްނެތި އަމްޖަދު އޭނާ ގައިހުރި ބާރެއް ލާފައި ބެލްޓުން އެލީންގެ ގައިގައި ޖަހަމުން ދިޔައެވެ. ހިނދުކޮޅެއްފަހުން އަޑު މަޑުވަމުން ގޮސް އެއްކޮށް އެލީންގެ އަޑު ހިނދިގެން ދިޔައިރު މަޑުމަޑުން އެ ނިކަމެތި އަންހެންކުއްޖާގެ ދެލޯ މެރިގެން ދިޔައެވެ. ނަމަވެސް އަމްޖަދު ހުއްޓައިނުލައި އެލީން ގައިގައި، ބެލްޓުގެ އެހީގައި ޖަހަމުންދިޔައެވެ. އެ ހިތުގައި ރަޙުމްގެ ކަންފުޅެއްވެސް ނެތީ ހެއްޔެވެ؟

– ނުނިމޭ –

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Malsa Moosa

Level 9100 Login100 Comments10 Stories500 Login500 Comments100 Stories1K Comments

Other Articles

Previous

އިންސާފު ލިބޭނެބާ؟- 5

Next

އަންޖަލް (7)

Next
June 20, 2020

އަންޖަލް (7)

Previews
June 17, 2020

އިންސާފު ލިބޭނެބާ؟- 5

33 Comments!

  1. Anonymous says:
    June 17, 2020 at 10:31 pm

    Varah varah reethi mi part vx…..waiting for the nxt part…lysm mal

    1. Malsa Moosa says:
      June 17, 2020 at 10:33 pm

      Thanks:) ly 2. night

  2. Queen Lysh says:
    June 17, 2020 at 10:31 pm

    Hi guys. Hope you would like this part. Next part Friday night ga upload kohladhynan. And mihaa lahun mi bai upload kohladhevunee mal balive ulhuneema.
    How’s you all? Hope ur all fine. Feel free to comment. https://www.youtube.com/watch?v=zdUwhhE_Vnw
    please watch this video on YouTube. Hope you guys will like my brother’s painting. Subscribe and like the video!
    Be safe all, love you my readers. Nyyts 🙂
    Salaam

  3. Kairaa says:
    June 17, 2020 at 10:31 pm

    Varah varah reethi mi part vx…..waiting for the nxt part…lysm mal

  4. Queen Lysh says:
    June 17, 2020 at 10:35 pm

    Thanks kai. ly 2. nyt

  5. Lamko says:
    June 17, 2020 at 10:37 pm

    Mal vrh vrh reethi…masha allah….curiously waiting???☺️

    1. Malsa Moosa says:
      June 17, 2020 at 10:52 pm

      Thanks lam 🙂

  6. Faiherrr?? says:
    June 17, 2020 at 10:39 pm

    Vv nice thanq mal lysm ❤️❤️???

    1. Malsa Moosa says:
      June 17, 2020 at 10:53 pm

      Thanks faiherr. ly 2 🙂

  7. Faiherrr?? says:
    June 17, 2020 at 10:40 pm

    Hi lamko

    1. Lamko says:
      June 17, 2020 at 10:41 pm

      Hii…kn faiherr eh thi

  8. Meekkomee says:
    June 18, 2020 at 12:31 am

    Malkooo……story he feshu. Varah salhi??? Masha Allah ??? curiously waiting for the next ??? luv yeahh❤️❤️❤️miss yeahh❤️❤️take care…be safe…… ttyl✌️✌️

    1. Meekkomee says:
      June 18, 2020 at 12:32 am

      Ge*

    2. Malsa Moosa says:
      June 18, 2020 at 11:28 am

      Thanks meekko. ly 2. tc. Salam

  9. R ❤ says:
    June 18, 2020 at 6:13 am

    Finally ?? woww maasha Allah varah reethi.. I love this when next plxx avahah up kohdhehchey ?❤

    1. Malsa Moosa says:
      June 18, 2020 at 11:29 am

      Thanks R. Next part Friday night ga Insha allah up kohladhynan. Salam

  10. Afu says:
    June 18, 2020 at 8:39 am

    Wow Mal varah reethi stry ge feshun … Hama awesome ❤️❤️❤️❤️ suberb hama bunaane ehcheh neii … Speechless ???? ….. Alhey amjadh haadha gohey dhww …. aslu gabool eh nukurevey mal molhukamun thee 13 years ge kuhjjeh kameh … Ehaavx molhu …. whn nxt prt ??? Avahah up kohdhehchey … Curiously waiting 4 nxt ….. Stay safe … TC
    Lots of love from Afu ❤️❤️❤️

    1. Afu says:
      June 18, 2020 at 8:48 am

      If u don’t mind Mal can u give me ur hangout Id plx…. I’m just a girl ingey???…. If u don’t mind can u give ….

    2. Malsa Moosa says:
      June 18, 2020 at 11:31 am

      Thanks Afu. Asluves amjad haaha goahey. Eheh. thank u. next part Friday night ga insha allah. tvgc. Salaam

    3. Malsa Moosa says:
      June 18, 2020 at 11:33 am

      [email protected]
      Here u go and yupe. I don’t mind 🙂

  11. މެގްނަމް says:
    June 18, 2020 at 9:27 am

    ހޭ ކިއުޓީ ޕައި.. ހައު އަރ ޔޫ ގާރލް.. އައި ހޮޕް ޔޫ އަރ ފައިން އޭސް ވެލް..??ބައިދަވޭ ފެށުން ހަމަ ވަރަށް ކިއުޓް ރިއަލީ ލަވް އިޓް އެން ޔޫ ޓޫ ސްވީޓީ މަލަންގަނޑު..?????

  12. Queen Lysh says:
    June 18, 2020 at 11:35 am

    heyy sis. miss u. I’m fine alhamdhulillah. Thanks 🙂 Ahaha

  13. LAZY_QUEENY says:
    June 18, 2020 at 11:57 am

    Vvvv reethi mi part vx… Whn is next part… Curiously waiting for next part ngey.. N lysh you are so talented… Maashaallah.. You are one of my favourite author.. Lysm.. #stay home #stay safe… Tc… ❤️❤️❤️❤️❤️

    1. Queen Lysh says:
      June 18, 2020 at 1:48 pm

      Thanks. Insha allah Friday nyt ga. Aw thank u soo much>>3 Ooh I’m soo happy to knw that. ly2 . U too stay home be safe. tvgc. Salaam

    2. LAZY_QUEENY says:
      June 19, 2020 at 1:52 pm

      Nd I’m your age gurrrrl ❤️❤️❤️❤️❤️

  14. Livy says:
    June 18, 2020 at 12:26 pm

    Varah Varah Varah Varah reethi ❣️❣️?✨ maa sha Allah ?? curiously waiting waiting waiting for the next part ?✨? ⚡❤️?✨Ly mal gandu ?❤️?✨?

  15. Queen Lysh says:
    June 18, 2020 at 1:48 pm

    Thanks livy. ly 2. Salaam

  16. Nerr__ says:
    June 19, 2020 at 1:16 pm

    mal, story ge feshun varah varah reethi.. sifakurumaa ibaaraai kurun hama best.. curiously waiting for the next part.. ??.. hope varah avaha up kohlaa ne kama ❤️

    1. Malsa moosa - lysh - says:
      June 21, 2020 at 5:02 pm

      Thank u nerr

  17. ?Ril? says:
    June 19, 2020 at 10:49 pm

    Wow mal just amazing. An welcome back. Love ur story’s. When next. Curious ly waiting ingey malkoo an love u

    1. Malsa moosa - lysh - says:
      June 21, 2020 at 5:03 pm

      Awe thanks Ril. 🙂 up kohllaafin. ly 2

  18. Blue? says:
    June 20, 2020 at 3:22 pm

    Hellw lysh….i like the stories which u have finished uploading…but the thing is some story u are not uploading the whole story…which makes me upset and i cant have dat trust dat u will upload the whole story….and one story u didnt upload the scnd prt due to some reason which made me really disappointed…u could be a great writer if u consider these things….dont think it as a negative comment this is just my opinion…

  19. Malsa moosa - lysh - says:
    June 21, 2020 at 5:09 pm

    Thank u. Yeahh. nuliye huri stories thah hunnaanee e aa ekasheegenvaa varuge sababakaai hure nuliye dhookohlaafa. I know u guys will be really disappointed but i didn’t had any other choice. sorry for that enge. I know and I’m trying my best blue. And btw. Of coz I won’t dare to think it’s a negative comment and I’ll try my best to correct those things u just pointed out. and mi comment section ga mal ge kiyuntherinnah emeehun ge opinions thah hushaelheyne. I don’t mind. Thank u again 🙂

Comments are closed.

Next Episodeފުހެވިގެން ނުދާނޭ – 02 –←


All Right Reserved!