“ފޮޓޯ އެއް ޕޯސްޓް ކޮށްލީއެންނު! އެވަރު ކަމެއްތަ؟” ނާއިފް ވަރަށް ނޫންކަމަށް ހަދައިފައި ބުނެލިއެވެ. “ބަލަ… އަހަރެން ބުނާ ގޮތް ހެދީމަ މި ފޮޓޯ ރިއަލިޓީއަށް ބަދަލުވެދާނެ… މި ބުނީ މަ ކެޕްޝަންގަ ލިޔެފަ އިން އެތި ވާހަކަ…މިރޭ ބުނެބަލަ ލަމްނާ ގާތު ޔޫޝައު އޭނަ ދެކެ ލޯބިވާ ވާހަކަ! ތިހާ ލަދުން އުޅެގެން އެންމެފަހުން އޮންނާނީ ކަމެއް ނުވެފަ! ބީ އަ މޭން ބުރޯ!” ޔޫޝައުގެ ކޮނޑުމަތީގައި ޖަހައިލަމުން ނާއިފް ބުނެލިއެވެ. އިރު އޭގެ ވާޖިބު އަދާކުރުމަށްފަހު ހަނދަށް ތަންދެމުން […]
ސިޑިން ތިރިއަށް ފައިބަން ދިމާކޮށްލި ނާޔާގެ ފިޔަވަޅުތަކަށް ހުއްޓުން އެރީ ދެމީހަކު ވާހަކަ ދައްކާ އަޑުއިވިފައެވެ. ކައިރިއަށް ދިޔަވަރަކަށް އެއީ ނަބީލް އާއި އައިޒަން ގެ އަޑުކަން ނާޔާ އަށް ފަހުމް ވިއެވެ. ވާހަކައިގެ ތެރޭ ނަބީލް ރުޅި އައިސް ހުރެ ޝާނިމްގެ ނަން ކިޔާލުމުން އެއީ މިކަމާ ގުޅުންހުރި ވާހަކަ އެއްކަން ނާޔާ އަށް އެނގިގެންދިޔައެވެ. މަޑުމަޑުން ދޮރާ ގާތަށް ޖެހިލުމަށް ފަހު އެ މީހުން އެ ދައްކާ ވާހަކަ އަށް ނާޔާ ސަމާލިކަން ދިނެވެ. […]
* ރޫމްއާއި ހަމައަށް ދެވެން ވާއިރަށް ޒައިލީން ޒައިދާންގެ ގައިގައި ވަރުގަދަ ބޮނޑިއެއް އަޅައިފިއެވެ. ނެޕްކިން އެއްލާލާފައި ޒައިލީން އަލްޔާގެ އަތުން ތަޅުދަނޑި ހޯދާފައި ދޮރު ހުޅުވިއެވެ. ދޮރު ހުޅުވުނުތަނާ ޒައިލީން ގަނޑުވިއެވެ. ދެލޯ ބޮޑުކޮށްލައިގެން ޒައިލީން ހުރިތަން އަލްޔާ ހެއިލަންއަށް ދައްކާލިއެވެ. ގަލުން ހަދާފައިވާ އެއްޗެއް ފަދައިން ޒައިލީން ހުންނަން ފެށުމުން ހެއިލަން ގޮސް ބަލާލިއެވެ. * ކޮޓަރިއަށް ހީވަނީ ނަގޫރޯޅިއެއް އަރާފައިވާހެންނެވެ. މުޅި ކޮޓަރިވަނީ އެފުށް މިފުށަށް ޖެހިފައެވެ. ތަރުތީބުން ހުރި އެކައްޗެއްވެސް ނެތެވެ. […]
ސާދަވަނަބައި “އޯކޭ އޯކޭ.. ނުބުންޏަސް.. އެހެން އަހާލި ކަމައްޓަކާ މިހާލު ލަދުން ތިއޮއް މޯޅިވީ.. ދެން ނާހާނަން.. އެކައްޗެއްވެސް.. ކީޕް ދެޓް މޮމެންޓްސް އިން ބިޓްވީން ޔޫ ބޯތް.. އިނގޭ.. ދެން ހިނގާ ދާން.. މިހާރު ފޮޓޯ ނަގަން އެއުޅެނީ..” ކޭތަށި ޑަސްބިނަށް ލުމަށް ފަހު އައިނާ އާއި އަޝްހާ އެންމެން ކައިރިއަށް މިސްރާބު ޖެހިއެވެ. *** އައިނާ އާއި އަޝްހާ އާއި ހިޝާން އެދެމީހުންގެ ފޮޓޯ ނަގައި ނިންމާލައިފައި އަވަހަށް ހައިފާގެ ކޮޓަރިއަށް މިސްރާބު ޖެހިއެވެ. […]
ޔޫޝައު ކޮޓަރިއަށް ވަދެ ދިޔަ ގޮތައްގޮސް އެނދަށް ޖެހިގަތެވެ. ފުދޭވަރަކަށް ބޮޑު ކޮޓަރީގައި ހުރި ބޮޑު ކުޑަ ދޮރުން ކޮޓަރި ތެރެއަށް އެޅިފައިވާ އަލިން ކޮޓަރީގެ ހިތްގައިމުކަން އިތުރު ކުރުވައެވެ. އޮށޯވެގެން އޮތް “ކުވީން” ސައިޒުގެ އެނދުގެ އެއްފަރާތުގައި ކުޑަވަރެއްގެ ކަބަޑެއް ބަހައްޓައިފައި ހުއްޓެވެ. އަދި އެ ކަބަޑު މަތީގައި “ލޭމްޕް” އަކާއި ޔޫޝާއުގެ އަވި އައިނު ބާއްވައިފައި އޮތެވެ. ކޮޓަރީގައި ލައިފައި ހުރި “ކްރީމް” ކުލައާއި ބެޑްރޫމް ސެޓު ވަރަށް ގުޅެއެވެ. ބަންޑުން އޮށޯވެލަމުން ޔޫޝައު […]
ރަވާހިބު އޭނާގެ އަސްލު ބާރު ދައްކާކަށް ބޭނުމެއް ނުވިއެވެ. އެމީހުންގެ ފަރާތުން މަދުން ނަމަވެސް ހަމަލާތައް އަމިއްލައަށް ހޯދައިގެން އެމީހުން ބިންމައްޗަށް ތިރިކޮށްލައިފިއެވެ. ދަބަސް ހިފައިގެން އެނބުރި އައިސް އެއަންހެންކުއްޖާގެ އަތަށް ދިނެވެ. ޗިންކާ ރަވާހިބުއަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރިއެވެ. އަދި އިރުކޮޅެއް ވާންދެން އެތާގައި ވާހަކަ ދައްކާން ހުއްޓެވެ. ޗިންކާއަށް ރަވާހިބުގެ ހުރިހާ ސިފަތަކެއް ކަމުދިޔައެވެ. އޭނާއަށް ރަވާހިބު ސިފަވެގެން ދިޔައީ ހީރޯއެއްގެ ގޮތުގައެވެ. އޭނާއަށް ކޮށްދިން ކަންތަކުގެ ބަދަލު ދިނުމުގެ ގޮތުން ޗިންކާއެދުނީ […]
ކަޅުފޮއި އަނދިރި ރެއެެކެވެ. ޖެހިލާ މަޑު ވައި ރޯޅިން އަހަރެންގެ ހިތަށް ކުޑަ ނަމަވެސް ފިނިކަމެއް ލިބެ އެވެ. އަހަރެންގެ ނަޒަރު ހުއްޓިފައި ވަނީ އަތުގައި އޮތް ފޮޓޯ ގަނޑަށެވެ. އެއީ އަހަރެންގެ މަންމަގެ ފޮޓޯ ގަނޑެކެވެ. މިއީ ކޮންމެ ރެއެއްގެ ވެސް އާދަ އެވެ. އެތައް އިރެއް ވަންދެން އަހަންނަށް އެ ފޮޓޯ ގަނޑަށް ބަލަހައްޓައިގެން ހުރެވެއެވެ. އަދި ހިތާ ހިތުން އެތައް ޝަކުވާތަކެއް ކުރެވެއެވެ. އަހަރެންގެ ހިތި މާޒީ މަތިން ހަނދާންވާ ކޮންމެ ފަހަރަކު […]
“އޯމައި ގޯޑް.. ހާދަ ސީރިއަސް ވީ.. އެއީ އަހަރެން މަޖަލަކަށް ބުނި އެއްޗެކޭ…” ބާރަކަށް ހިނިގަޑެއް ޖަހާލަމުން ޖޫދު ބުނެލީ އެއިން އެއްވެސް މީހެއްގެ މޫނުމަތިން ޖޫދު ބުނިއެއްޗެކަށް ރުހުނުތަން ނުފެނުމުންނެވެ. އަންޖަލްވެސް ހޭންފެށީ މިފަދަ ދަޑިވަޅެއްގައި އޭނާ ވަކިން ކުރާނެ އިތުރުކަމެއް ނެތުމުންނެވެ. “ތީ މީހުން ކުރާ ސަމާސާތަ..” ޖައިޝް ރުޅިއައިސްގެން އެތަނުން ތެދުވެގެން ގޮސް އޭނާގެ ކޮޓަރިއަށްވަނެވެ. ޖޫދު ސަމާސާއަކަށް ވިޔަސް މިފަދަ އެއްޗެއް ބުނުމުން ޖައިޝް ކައިރިއަށް އިންތިހާއަށް ރުޅިއައެވެ. ” ބައްޕާ.. […]
* “އެންމެރަނގަޅު.. މިއީ އެންމެ މުހިންމު ވަގުތުކޮޅު.. މި ސްކޫލްގެ އިންޓަނެޓްއިންވެސް މައުލޫމާތު ނުލިބޭނެ އެންމެ ބޮޑު ހިސްޓްރީ..” އަލްޔާ ވާހަކަފަށަން ކަރުކެހެލިއެވެ. * “ހެތެނީސް އެލްފޯމޭނިޔާ ހައި ސްކޫލްއަކީ ސަތޭކަ އަހަރަށްވުރެ ގިނަ ދުވަސް ވެފައިވާ ތަނެއް.. މިއީ ދެހާސް ވިހިވަނަ އަހަރު.. އެނގޭ އެކަކުވެސް ގަބޫލެއް ނުކުރާނެކަން.. ވަރަށް ކުރިއްސުރެ ފެށިގެން ނަވާރަ ސަތޭކަ ފަސްދޮޅަސް ނުވަވަނަ އަހަރާއި ޖެހެންދެން އެތަނުގައި ހުންނަނީ ފާޑެއްގެ އިމާރާތެއް ބިނާކޮށްފައި.. އެ އިމާރާތަކީ ކުރީ ޒަމާނުގެ ޖިންނީން […]